Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އަންޖަލް (13)

Krystal Level 510 Stories100 Login100 Comments
July 19, 2020 6 Mins Read
68 Comments

“އޯމައި ގޯޑް.. ހާދަ ސީރިއަސް ވީ.. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ…” ބާރަކަށް ހިނިގަޑެއް ޖަހާލަމުން ޖޫދު ބުނެލީ އެއިން އެއްވެސް މީހެއްގެ މޫނުމަތިން ޖޫދު ބުނިއެއްޗެކަށް ރުހުނުތަން ނުފެނުމުންނެވެ. އަންޖަލްވެސް ހޭންފެށީ މިފަދަ ދަޑިވަޅެއްގައި އޭނާ ވަކިން ކުރާނެ އިތުރުކަމެއް ނެތުމުންނެވެ.

“ތީ މީހުން ކުރާ ސަމާސާތަ..” ޖައިޝް ރުޅިއައިސްގެން އެތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ޖޫދު ސަމާސާއަކަށް ވިޔަސް މިފަދަ އެއްޗެއް ބުނުމުން ޖައިޝް ކައިރިއަށް އިންތިހާއަށް ރުޅިއައެވެ.

” ބައްޕާ.. އަޅުގަޑު ބޭނުމީ ބައްޕަގެ ހެންވޭރުގަ ހުރި ގެސްޓް ހައުސްގެ އެންމެ މަތި އަޅުގަޑު ދިރިއުޅެން ދެން..” އަންޖަލް ވެސް އޭނާ ދެކެ ޒައްރެއްގެ މިންވަރުވެސް ލޯބިނުވާކަން އެގެއެވެ. އަދި ޖުނާން އާއި އަންޖަލް ދެމީހުންގެ ދެމެދުގައި ގުޅުމެއްވާކަން އެގެއެވެ. އޭނާގެ ހިތް އަންޖަލް އަށް ދެވިފައި ވިއެއްކަމަކު އޭނާގެ ލޯތްބަށް ދޭނެ އެއްޗެއް އަންޖަލްގެ އަތަކު ނެތެވެ.

” އެއީ ކީއްކުރަން… ދަރިފުޅުވެސް މަންމަ ބާކީ ކޮށްލާފަ ދާންތަ ތިއުޅެނީ..” ޖޫދު ވަކިން އެހެން ތަނަކަށް ބަދަލުވުން އެއީ އާތިކާއަށް ކެއްވާވަރު ކަމެއް ނޫނެވެ.

” މަންމާ… މަންމަ ކީއްވެތަ ބާކީ ވާންވީ.. މިހިރީ ބައްޕަ، ދޮންބެ އެބަހުރި.. އައި ޖަސްޓް ނީޑް ސަމް ސްޕޭސް..” ޖޫދު މިވަގުތު އެތާ އިންނާކަށް ބޭނުމެއްވެސް ނޫނެވެ. އިސްހާޤު ދޭނެ ޖަވާބަކަށް ނުބަލާ އެތަނުން ތެދުވެގެން ޖޫދުވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި މިދައްކަނީ އޭނާ ގަދަ ދިހައެއްގައި ހިމެނިއްޖެނަމަ ވާނެ ކަމެއްގެ ވާހަކައެވެ.

އެރޭގެ ވަގުތެވެ. އަންޖަލް މަޑު މަޑުން އައިސް ޖޫދުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ފައިހާ އާ އެއްކޮށް ފިލްމަކަށް ދާން އަންޖަލް ހުރީ ތައްޔާރުވެގެންނެވެ. ޖޫދު މިއަދު މާ މޫޑީ ވެފައި ހުރުމުން ފައިހާ ގާތު އަހާފައި ޖޫދުވެސް ގޮވައިން ދާން އަންޖަލް ނިންމިއެވެ.

“ކިހިނެއްވީ..” ފޫހި ގޮތަކަށް ޖޫދު ބުނެލިއެވެ.

” އަހަންނާއެކު ފިލްމަކަށް ދާނަންތަ..” އަންޖަލް ޖެހިލުންވެފައި އަހާލިއެވެ. ޖޫދުގެ މޫނުމަތި އަލިވެގެން ދިޔައެވެ. އެއީ މިހާރުގެ ކުދިން ޑޭޓް ކުރާ ގޮތެވެ. ޑޭޓަކަށް ދާން ފުރުސަތު ލިބުމުން ޖޫދު އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

” އަހަރެން މިހިރީ ތިރީގަ.. ރެޑީވެގެން އާދޭ..” އަންޖަލް މިހެން ބުނުމަށްފަހު ގޮސް ގޯތިތެރޭގައި މަޑުކޮށްލިއެވެ. ސިޓިންގްރޫމުގައި އެކަކުވެސް ފެންނާކަށް ނެތެވެ. ތުމުން މަޑުމަޑު ރާގެއް ކުޅެމުން އަންޖަލް އެތާ ހިގަމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް އަންޖަލް ގައިގާ ބައްދާލިއެވެ.

” ޖުނާން..” ބައްދައިން ހުރި އަތުގައި ހިފާލަމުން އަންޖަލް ބުނެލިއެވެ. އަދި ހެވިފައި ފަހަތަށް އެބުރިލިއެވެ.

” އަހަންނަށް ނުބުނެވޭތަ އަހަރެން ގާތު ޖުނާންގެ ވާހަކަ ނުދައްކާށޭ..” ޖައިޝް ބުނެލިއެވެ.

” އަހަންނަށް ކިހިނެއް އެގެނީ ޖައިޝް އައިސް އަހަރެން ގައިގަ ބައްދާނެ ކަމެއް..” އަންޖަލް ރައްދެއް ދިނެވެ.

” އަންޖަލް ގައިގަ ބައްދަން ހުއްދަ އޮންނަނީ ޖުނާންއަށް އެކަނިތަ؟ ބަލަ އަހަރެންވެސް އަންޖަލް ދެކެ ލޯބިވެޔޭ..” ޖައިޝް މަޑުމަޑުން ބުނެލިއެވެ. މީ ޖައިޝް ލޯބިވާހަކަ އަންޖަލް ގާތު ބުނި ފުރަތަމަ ފަހަރެވެ. ކުޑަކޮށްލަދު ގަތްކަމަކު މިފަހަރު ނުބުނެ ދޫނުކޮށްލަން ޖައިޝް ހުރީ ނިންމައިންނެވެ.

” ލޯބިވުމުގެ މާނައަކީ ޖައިޝް އައިސް އަހަރެންގެ ގަޔަށް ބޮލަށް އެރުންތަ.” ކުޑަކޮށް ހުއްޓުން އަރާފައި ހުރެ އަންޖަލް ރުޅިއަންނަ ކަން ދައްކާލަމުން ބުނެލިއެވެ.

” އޯ… ސޮރީ.. އަހަރެން ހީކުރީ އަންޖަލްވެސް އަހަރެންދެކެ..” ޖޫދު އަންނަތަން ފެނުމުން ޖައިޝް ވާހަކަ މެދުކަޑާލިއެވެ.

” ހިގާ ދާން..” ޖޫދު އަތް ދިއްކޮށްލަމުން ބުނެލިއެވެ.

“ކޮންތާކަށް..” ޖައިޝް އަށް މިހާރު ޖޫދު އަންޖަލް އާ އެހާ ގާތް ވާން ހިތެއް ނޭދެއެވެ. މިއަދު ދެއްކި ވާހަކައަކީ ސަމާސާއެއް ނުންކަން ޖައިޝްއަށް އެގެއެވެ.

” ޑޭޓަކަށް.. އޫޕްސް ސޮރީ ފިލްމަކަށް…” ޖޫދު ހެމުން ހެމުން ބުނެލިއެވެ.

” އަހަރެންވެސް ދާނަން..” ޖައިޝް ޖޫދު އަންޖަލްއާ ދުރުކޮށްލަމުން ބުނެލިއެވެ. އަދި ޖޫދުގެ ކޮޑަށް އަތްވާޓާލައިގެން ހިގައިގަތެވެ. ޖައިޝް ޖެލަސްވިކަން އަންޖަލްއަށް އިގުމުން ހިނިއާދެވުނެވެ.

އޮލިންޕަސް ދޮރު ކުރިމަތީ އަންޖަލްގެ އިންތިޒާރުގައި ފައިހާ ހުއްޓެވެ. ކާރުގައި ތިންމީހުން އައިތަން ފެނުމުން ފައިހާ ހަނާއަޅާލިއެވެ. ޖައިޝްވެސް އަންޖަލް ފަހަތުން އަންނަތަން ފެނުމުން ފައިހާ ހައިރާންވެފައި އަންޖަލް އަށް ބަލާލިއެވެ.

” ޑަބަލް ޑޭޓް އަކަށްތަ މިވީ..” ޖޫދު ސަކަ ގޮތަކަށް ޖައިޝް ކައިރީ މަޑު މަޑުން ބުނެލިއެވެ.

” ޖޫދު..” ޖުދާ ދިމާލަށް ލޯއަޅާލަމުން ޖައިޝް ގޮވާލިއެވެ. ފައިހާގެ އަތުގައި ހިފައިގެން އަންޖަލް ގޮސް އެންމެނަށް ޓިކެޓް ނެގިއެވެ. މީހުންތަށް އަވަސް އަރުވާލައިގެން ސިނެމާއަށް ވަންނަމުން ދިޔައެވެ. އަންޖަލްގެ ދެކޮޅުން ޖައިޝް އަތް ދިއްކޮށްލައިގެން ހުރީ އެހާ ބާރަށް މީހުން ކޮށްޕަމުން ދިއުމުން އަންޖަލްއަށް އަނިޔާއެއް ވެދާނެތީއެވެ. ޖޫދު އާ ފައިހާ ވާހަކައިގާ ގޮސް ސީޓުގައި އިށީދެލިއެވެ. އަންޖަލް މެންވެސް ތަންކޮޅެއް ފަހަތުގައި ތިބުމުން އިރުކޮޅެއްފަހުން އައިސް އިށީނެވެ. ޖައިޝް ކައިރީ އަންޖަލް އިށީނީ ޖޫދު ގޮސް ފައިހާ ގާތު އިށީދެގެން އިނުމުންނެވެ. އަންޖަލް އަކީ އަބަދުވެސް ބިރުވެރި ފިލްމު ބަލާހިއްވާ މީހެކެވެ. ބިރުގަތެއްކަމަކު އަންޖަލް އާ ލޯބީގެ ރޮމޭންޓިކް ފިލްމް ތަކަށް ވުރެ ބިރުވެރި ފިލްމު ކަމުދެއެވެ. އަނެއްކޮޅުން ޖައިޝްއަކީ ބިރުވެރި ފިލްމު އެއްގޮތަކަށްވެސް ބަލަން ބޭނުން ނުވާމީހެކެވެ. އެއީ އޭނާ ބިރުގަންތީ ނޫނެވެ. ފިލްމްތަކުގައި މާ އެކްޓް ބޮޑުކަމުން އެ އެއްޗެހި ބަލަން ބޭނުން ނުވަނީއެވެ. މިވަދެވުނީ ބިރުވެރި ފިލްމަކަށް ކަން ޖައިޝްއަށް އިގުނީ ފިލްމް ފެށުމުންނެވެ. ފިލްމް ފަށައިގެން 10 މިނިޓަށް އެޅިތަނާ ބާރު އަޑުފަށްގަޑެއް ފިލްމުން އިވުމުން އަންޖަލްއަށް ބިރުން ޖައިޝްގެ އަތުގައި ބާރަކަށް ހިފާލެވުނެވެ. ޖައިޝް ފުރުސަތުގެ ބޭނުން ހިފަމުން އަންޖަލްގެ އަތުގައި ރީތިކޮށް ހިފާލިއެވެ. ބިރުން އިނުމުން އަންޖަލް ޖައިޝްގެ އަތުން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ދޭތެރެ ދޭތެރެއިން ދެލޯ ބާރުކޮށްލަމުން ޖައިޝްގެ ކޮޑުގައި މޫނު ފޮރުވާލައެވެ. ޖައިޝްއަށް އަންޖަލްގެ ކޮންމެ ހަރަކާތެއްވެސް ވަރަށް ކަމުދިޔައެވެ. ފިލްމް ނިމިގެން އެންމެން ބޭރަށް ނިކުންނަން ތެދުވާން ފެށިއެވެ. އަންޖަލް އާއި ޖައިޝްވެސް އެކު އެކީހެން ތެދުވެގެން ހިގައިގަތެވެ. ބޭރަށް ނުކުތް އިރު ފައިހާ އާއި ޖޫދު ބޭރުގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

“ތިޔޯ..” ފައިހާ އާއި ޖޫދުއަށް އެކު އެކީ އަންޖަލް އާއި ޖައިޝްއާ ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލެވުނެވެ. ދެމީހުން އެއްފަހަރާ ތިރިއަށް ބަލާލިއެވެ. އޭރުވެސް ޖައިޝް ހުރީ އަންޖަލްގެ އަތުގައި ހިފައިގެންނެވެ. އަވަސް އަވަހަށް ދެމީހުން އަތް ދޫކޮށްލިއެވެ.

” މި ޖައިޝް މާ ބިރުން އުޅެނީ.. އަދިވެސް އެހެރީ ބިރުން..” އަންޖަލް ބިރު ނުގަންނަކަން ދައްކާލަމުން ޖައިޝް ބޮލަށް ޖަހާލިއެވެ.

” ދޮންބެ.. ތީ ނުވާނެ ކަމެއް.. ދޮންބެ އެއީ ބިރުވެރި ފިލްމް އެންމެ އަޑު ގަދަކޮށް ބަލާ މީހާ… ހަމަ އަންޖަލް އަތުގަ ހިފަންވެގެން..” ޖޫދު މަލާމާތް ކޮށްލަމުން ބުނެލިއެވެ. އެންމެން އެއްފަހަރާ ހިނިގަޑެއް ޖަހާލިއެވެ.

” ހިގާ ޕިއްޒާ ކާން… އިޓްސް އޮންމީ..އެންޑް ޖޫދު ދޮންބެ ބިރުވެރިފިލްމެއް ނުބަލަން…” ޖައިޝް ބުނެލީ އަދި އަންޖަލް އާ އެކު ވަގުތު ހޭދަކުރަން ބޭނުން ވުމުންނެވެ. 4 މީހުން ގޮސް މަޖީދީ މަގުގައި އިންނަ ޕިއްޒާ ބޯނާއަށް ވަނެވެ.

***

ޖުނާން ކޮޓަރި ތެރޭގައި ދެކޮޅަށް ހިގަމުން ދިޔައީ އަންޖަލް އާ އިންނަން ބޭނުންވާ ވަހަކަ އަސްމާ ގާތު ބުނާނެ ގޮތަކާމެދު ވިސްނަމުންނެވެ. އިރުކޮޅަކޮށް އެހެން ހިގުމަށްފަހު ކޮޓަރިން ނިކުމެގެން އަސްމާ މެން ކޮޓަރިއަށް ދާން ހިގައިގަތެވެ. ދޮރުގައި ޓަކިޖަހާލީ އިސްހާޤު ހުރެދާނެކަމަށް ބަލާފައެއް ނޫނެވެ. އިސްހާޤު އައިސް ދޮރު ހުޅުވާލުމުން އެތެރެއަށް ވަންނަން ޖުނާން ޖެހިލުންވިއެވެ.

” ދަރިފުޅާ ހާދަ ދަމަކު.. މިހާރު އެޔޮށް 11 ޖެހީނުން.. ކިހިނެއްވީ..” ޖުނާން ކަމަކާ ވިސްނަމުން ދިޔަކަން އިސްހާޤަށް ފާހަގަ ކުރެވުނެވެ.

“މަންމަ…” ޖުނާން އަހާލީ އަސްމާ ކޮބައިތޯ ބެލުމަށެވެ. އިސްހާޤު އެތެރެއަށް ވަނުމަށް ޖުނާން އަށް ދޮރު ހުޅުވައިލަ ދިނެވެ. އަސްމާ އެދުގައި އޮށޯވެލައިން އޮތުމުން ޖުނާން އެތެރެއަށް ނުވަދެ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ކާކު..” އަސްމާ އަހާލިއެވެ.

” ދެން ކާކު މިކޮޓަރިއަށް އަންނާނީ…” އިސްހާޤު ބުނެލިއެވެ.

“ދޭބަލަ ވާޙަކަ އެއް ދައްކަން ކަންނޭގެ… ފާޑަކަށް ހުރީ..” އިސްހާޤު މިހެން ބުނުމުން އަސްމާ ތެދުވެގެން ޖުނާން ގެ ކޮޓަރިއަށް ގޮސް ވަނެވެ.

***

ޕއްޒާ އަދި ބުއިމަށް އޯޑަރު ދިނުމަށްފަހު 4 މީހުން ހަމަޖެހިލިއެވެ. ފައިހާ އާއި އަންޖަލް ކޮންމެވެސް ވާހަކައެއް ސިއްރު ސިއްރުން ދައްކާފައި ހެމުން ދިޔައެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟” ފައިހާ އަހާލީ ޖޫދުއަށް ބަލާލަމުންނެވެ. ޖޫދު ރީތިކަމުން ފައިހާގެ ހިތް މަޑުމަޑުން ތެޅުމުންދިޔައެވެ. ޖޫދު ފައިހާ އާ ހަތަރު ކަޅިހަމަކޮށްލުމުން ފައިހާ ލަދުން އިސްޖަހާލިއެވެ.

” ޖޫދު ކޮންކަމެއްތަ ބޭނުން ވަނީ؟ މިބުނީ ޓޮޕް 10 ގަ ހިމެނުނީމަ… ” ފައިހާ މިހެން އަހާލީ އޭނާ އަސްލު އަހަން ބޭނުންވާ ކަންތައް ސީދަލަށް ނާހަންވެގެންނެވެ.

” ބައްޕަގެ ގެ… ކިހިނެއްވީ؟” ކުއްލިއަކަށް މިއަދު އަދި އަލަށް ދިމާވި މީހަކު މިފަދަ ސުވާލެއް ކުރުމުން ޖޫދު ހިތްހަމަ ނުޖެހުނެވެ.

” ބައްޕަ ކޮށްދޭދޯ ޖޫދުމެން ބޭނުން ކޮންމެކަމެއް.” ފައިހާ މަޑުމަޑުން އަސްލު މައުލޫއާ ދިމާލަށް ދިޔައެވެ.

” އާނ.. އެކަމް ކިހިނެއްހޭ ވީ…”

” ދެން ޖައިޝް އާ ޖުނާން ބުނީ ކޮންކަމަކު އޯ.. ޓޮޕް 10 އަށް ދިޔައިމަ..” ފައިހާ މިކުރި ސުވާލުން ޖައިޝްއަށް އުދަގޫތަކެއް ކުރެވެން ފެށުނެވެ. ޖޫދުއަށް މީ ރަނުގެ ފުރަސަތަކަށް ވިއެވެ.

” ތިއްތި ބޭނުން ވީ ޝަންމަ އާ އިންނަން… ތިއްތި ވަރަށް ފޯރި ހިއްޕާލި ޝަންމައާ އިންނަންވެގެން..” ޖޫދު ދޮގު ހަދާލީ ޖައިޝްއަށް އެކަމުގެ ހަގީގަތް ނޭގޭތީއެވެ. މިބުނި އެއްޗަކުން އަންޖަލް ކުޑަކޮށް ދެރަވާގޮތްވިއެވެ.

” ދެން ދޮންބެ ދޯ.. ދޮންބެ ދިޔައީ ލަންޑަންއަށް ކިޔަވަން… އެތަނުން ރީތި ދޮން….” ޖައިޝް ކުއްލިއަކަށް ތެދުވެގެން ހިގައިގަތުމުން ޖޫދު ހުއްޓާލިއެވެ. މިގޮތަށް ތެދުވެގެން ދިޔުމުން އަންޖަލްވެސް ޖައިޝްގެ ފަހަތުން ހިގައިގަތެވެ.

” ޖައިޝް.. ޖައިޝް… މަޑުކޮށްބަލަ..” އާރޓިފިޝަލް ބީޗާ ދިމާލަށް ބާރު ހިގުމުގައި ހިގަމުން ދިޔަ ޖައިޝްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އަންޖަލް އައެވެ. ޖައިޝް ގޮސް ބީޗަށް ވަނެވެ. އަންޖަލް ޖައިޝްއާ އަރާ ހަމަކޮށްފައި ޖައިޝްގެ އަތުގައި ހިފާ އޭނާއާ ދިމާލަށް އަބުރާލިއެވެ. އޭރު ޖައިޝްގެ ލޮލަށް ކަރުނަތަށް ޖަމާވެފައި ހުއްޓެވެ. މޭގައި އަތް އަޅާލައިން ޖައިޝް ހުރީ އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރުންނެވެ. އޭނާ ބޭރަށް ކިޔަވަން ދިޔަ ވާހަކަ އަކީ އެއްވެސް ވަރަކަށް އޭނާ ހަދާނުގައި ބަހަޓަން ބޭނުންވާ ކަންތައްތަކެއް ނޫނެވެ. ޖައިޝްގެ މޫނަށް އަންޖަލް ފުން ނަޒަރަކުން ބަލާލިއެވެ. އެލޮލުން ހިތާމަ ފާޅުވޭވޭ ހުއްޓެވެ. ޖައިޝްއަށް ފުން އަސަރު ތަކެއް ކޮށްފިކަން އަންޖަލްއަށް ދެނެގަނެވުނެވެ. ބޭއިޙްތިޔާރުގައި އަންޖަލް ޖައިޝްގެ ގައިގާ ބައްދާލިއެވެ. އަންޖަލްގެ މިއަމަލުން ޖައިޝްއަށް ރޮވޭގޮތްވިއެވެ.

” އަހަރެން ބޭނުމެއްނުން އަންޖަލް ބީވެދާކަށް.. އަންޖަލް ތީ އަހަރެންގެ މީހެއް..” ޖައިޝްގެ ލޮލުން ކަރުނަ ހިލުނެވެ. އަންޖަލް މަޑުމަޑުން ޖައިޝްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ޖައިޝްގެ ހިތުގައިވާ ހުރިހާކަމެއް ބުނަންދެން އަންޖަލް މަޑުކުރާނެއެވެ.

***

“ދަރިފުޅާ ކިހިނެއްވީ؟ ” އަސްމާ އައިސް ޖުނާން އޮށޯވެގެން އޮތް މަގަތުގައި އިށީނަމުން އަހާލިއެވެ. އަސްމާ އައުމުން ޖުނާން ތެދުވެލިއެވެ.

” ވާހަކައެއް ދައްކަންވެގެން..” ޖުނާން ނުކެރިފައި ހުރެ ބުނެލިއެވެ. އަސްމާ އަވަހަށް ބުނާށެ ބުނެލިއެވެ.

” އަހަރެން ބޭނުން އަންޖަލް އާ ވީހާވެސް އަވަހަށް ކައިވެނި ކުރަން…” ޖުނާން މިބުނި އެއްޗަކުން އަސްމާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ވަރުގަދަ އެތިފަހަރެއް ޖެހިހެންނެވެ.

” ކީކޭ؟ ޖުނާން ތިހިރީ ހަމައިގަތަ… މަންމަ އެހާވަރަށް ބުނިންދޯ އަންޖަލްއާ ގާތް ނުވަން.. މަންމަ ހިތްހަމަ އެއް ނުޖެހެޔޭ..” އަސްމާ ނުރުހުންތެރިކަމާއެކު ބުނެލިއެވެ.

”  އެކަމް އަހަރެން އަންޖަލްދެކެ ވަރަށް ލޯބިވޭ..” ޖުނާން ހިތަވަރު ކޮށްފައި ބުނެލިއެވެ.

” އަހަރެން ވިއްޔާ އަހަރެން އަންޖަލް ވިއްޔާ އަންޖަލް.. ޖުނާން އެ އަންޖަލް އާ ކައިވެނި ކޮށްފިއްޔާ ބަލާ މަމީ ޖުނާންގެ މަންމަ ނުންކަމަށް..” އަސްމާ މިހެން ބުނީ ޖުނާން ބިރު ގަންނަވާލަންށެވެ.

” އަހަންނަށް ހެޔޮ މަންމަ ކޮންމެ އެއްޗެއް ކިޔަސް އަހަރެން އަންޖަލް އާ އިންނާނަން.. އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ..” ޖުނާން މިހެން ބުނުމުން އަސްމާ މޭމަތީގައި އަތްއަޅާލުމަށްފަހު ބިންމައްޗަށް ވެއްޓިގަތެވެ. ޖުނާން ހާސްވާގޮތްވިއެވެ. އޭނާ ހީކުރީ އަސްމާއަށް ހާރޓްއެޓޭކެއް ޖެހުނީ ކަމަށެވެ. ޖުނާން އަސްމާ އަތްދަޑީ މައްޗަށް ލައިގެން އިސްހާގުއަށް ގޮވަމުން ތިރިއަށް ފޭބިއެވެ. އަސްމާ ކުރަމުން ދިޔައީ އެކްޓްކަމެއް ޖުނާން އަކަށްވެސް އަދި އިސްހާޤަކަށްވެސް ނޭގެއެވެ. ހޭނެތިފައި ކަމަށް ހެދިގެން އޮތް އަސްމާގެ އަތުގައި ހިފަހައްޓައިގެން ހުރެ ޖުނާން ރޮމުން ދިޔައެވެ. އޭނާއަށް މިބުނެވުނީ ކިހާވަރެއްގެ ބަހެއްކަން އިހުސާސް ކުރެވެން ފެށުނެވެ.

= ނުނިމޭ =

 

ނޯޓު: މިދިޔަ ޕާރޓްގަ ކްރިސްޓަލް ނަންތަކެއް ދިނުމަށް ކޔުންތެރިންނަށް ހުޅުވާލިން.. ވަރަށް ބައިވަރު ރީތި ނަންތަކެއް ލިބުނު.. ނަންތައް ދިން ހުރިހާ ކުދިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ހަމަ ޗޫސް ކުރަންވީ ކޮންނަމެއްތޯ ނޭގިފަ މިހިރީ.. އެހާވެސް ރީތި.. ވަރަށް ވިސްނާފަ ކްރިސްޓަލް ޗޫސް މިކުރީ : ކައިލް، ކިޔާން، އަދި އަކްޔަން މި ތިންނަން… ސޯ މިފަހަރު މިތަނުން އެންމެ ރީތިނަމެއް ކޮންމެ ކުއްޖެއްވެސް ކޮމެންޓްގަ ލިޔެލާ… އިންޝާﷲ އެންމެ ގިނަ ކުދިންނަށް ރީތިވާނަން ކްރިސްޓަލް ދެންލިޔާ ވާހަކައިގެ މި ކެރެކްޓާރއަށް ދެވޭނެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ނާމާން – 4

Next

މާޒީގެ ހިތި ހަނދާންތައް

Next
July 19, 2020

މާޒީގެ ހިތި ހަނދާންތައް

Previews
July 19, 2020

ނާމާން – 4

68 Comments!

  1. Ram says:
    July 19, 2020 at 8:12 pm

    Maasha allah v reethi (kiyaan)

    1. Krystal says:
      July 20, 2020 at 10:43 am

      Thank you Ram ?

  2. ?Ril? says:
    July 19, 2020 at 8:18 pm

    Annyeong eonni???
    Jal jinesseyo ????
    Mi part ves varah Sali Masha Allah. ????????Amazing Hama. Jaish egen propose kuree dhw aley so cute.. ❤️❤️hope anjal and jaish guley thoo. ??And movie he thanko varah cute Ril ah hehehe. ??❤️❤️
    And Ril ah eneme reethi namakee ❤️Kail?
    Waiting for the next ????
    Saarangeyo??
    Joshimheyo ❤️❤️?? sisoo

    1. Krystal says:
      July 20, 2020 at 10:45 am

      Annyeong ril…
      Nae jal jinesseo…
      Thank you ril ?
      Haha.. aann emme fahun buny dhw loabivaa vahaka…
      Saranghae ????

  3. ?Ril? says:
    July 19, 2020 at 8:19 pm

    Mee 2nd dhw

  4. Laalu says:
    July 19, 2020 at 8:22 pm

    Mashaa Allah…❤❤ kiyaan v reethi … nxt prt avahah up kohdhehchey pls pls pls

    1. Krystal says:
      July 20, 2020 at 10:45 am

      Thank you laalu ?
      Insha allah v avahah upkohdheynan ingey

  5. Starlight vixx says:
    July 19, 2020 at 8:24 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️ (kiyaan)

    1. Krystal says:
      July 20, 2020 at 10:46 am

      Thanks starlight vixx…. ???

  6. Yan♥️ says:
    July 19, 2020 at 8:25 pm

    Masha Allah (kail

    1. Krystal says:
      July 20, 2020 at 10:47 am

      Thank you Yan ❤

  7. Yes says:
    July 19, 2020 at 8:34 pm

    Kiyaan

    1. Krystal says:
      July 20, 2020 at 10:48 am

      Noted kiyaan ??

  8. Aalif says:
    July 19, 2020 at 8:42 pm

    Umm..pls vrh avahah 14 part liyelahchey alhugandu vrh kiyaa hihvehje??kiyaan and kail vrh reethi 2 nan

    1. Krystal says:
      July 20, 2020 at 10:48 am

      Haha.. okay aalif.. avahah upkohdheveytho balaanan ingey insha allah ??

  9. Aish says:
    July 19, 2020 at 10:24 pm

    Kail

    1. Krystal says:
      July 20, 2020 at 10:49 am

      Aish.. kail dhw.. noted

  10. Shaima shaee says:
    July 19, 2020 at 10:58 pm

    Alhey sis mihaaru 3 boys are falling love to one girl. Hahaha dhen miothy guruathulaan Vefa dho. ???????????kaakahbaa dhen anjal libeyni.aslu shaee ah enme gulheny anjal and jaish.curiously waiting for the next part. Lymorrrr sis. Keep it up be safe ??????

    1. Krystal says:
      July 20, 2020 at 10:51 am

      Haha… guru athun hoveyny kaakuba shaee???
      Hehe.. lets see dhe shaee kaakah tho libeyny ?
      Tc. Be safe….

  11. Someone says:
    July 19, 2020 at 11:16 pm

    Kiyaan reethi

    1. Krystal says:
      July 20, 2020 at 10:51 am

      Noted… kiyaan ?

  12. Shaanee✨ says:
    July 19, 2020 at 11:41 pm

    Kiyaan

    1. Krystal says:
      July 20, 2020 at 10:52 am

      Kiyaan… noted ingey shaanee ☺

  13. Shaima shaee says:
    July 20, 2020 at 8:43 am

    Kail Reethi shaee ah. ?????

    1. Krystal says:
      July 20, 2020 at 10:53 am

      Kail and kiyaan dhw gina kudhinnah reethy… okay shaee kail noted ???

  14. Faathimath Naaya Abdulla says:
    July 20, 2020 at 9:47 am

    Akiyan

    1. Krystal says:
      July 21, 2020 at 1:10 pm

      For the first time akyan… notes naaya..

  15. Thihu says:
    July 20, 2020 at 10:11 am

    Wow. Mi part vx vrh reethi Masha Allah❤️ Kiyaan

    1. Krystal says:
      July 20, 2020 at 10:53 am

      Thank you thihu????

  16. އާޔޫ says:
    July 20, 2020 at 12:45 pm

    kiyaan.and mi part ves varah reethi.

    1. Krystal says:
      July 21, 2020 at 1:12 pm

      Thank you aayoo (ayu ??).. okie kiyaan noted..

  17. ?Black Swan? says:
    July 20, 2020 at 1:21 pm

    Kail and kiyaan Varah reethi nameh

    1. Krystal says:
      July 21, 2020 at 1:12 pm

      Ummhhmmm… v reethi dhw..

  18. Bluebird says:
    July 20, 2020 at 1:31 pm

    Maashaa Allah V v v v v Salhi…… ✳️✳️✴️✴️✴️✳️✳️✳️✴️✴️✴️Awwwwwwn soooooo romantic…. ?????Hope anjal accept Jaish… I like it…..❇️❇️❇️❇️❇️. I will choose Kail…… ☺️ Love you eonnie…❣️❣️❣️???????????????????? Take care…. ????

    1. Krystal says:
      July 22, 2020 at 10:34 am

      Awwnnn dongsaeng thank you ????
      Heehehe… lets see dhw…
      Okie kail noted… saranghae ???
      TC

  19. Shyly says:
    July 20, 2020 at 1:33 pm

    This part also very nice as usual… Kail… ☺️ ☺️ Love you.. ❤️❤️❤️❤️

    1. Krystal says:
      July 22, 2020 at 10:35 am

      Thank you shyly ???
      Saranghae ??

  20. Shaina says:
    July 20, 2020 at 2:00 pm

    Kiyaan varah reethi

  21. Naajy says:
    July 20, 2020 at 2:02 pm

    Naaj ah Emmen reethee Hama kiyaaan

  22. Aika says:
    July 20, 2020 at 3:15 pm

    Kiyaan

    1. ?Black Swan? says:
      July 20, 2020 at 7:22 pm

      Oh.. My name is also aika.. Nice to meet you..

    2. Krystal says:
      July 22, 2020 at 10:36 am

      Okay aika????

  23. Bluebird says:
    July 20, 2020 at 7:21 pm

    Ah those names are tough to decide but in my opinion Kail is cute for a boy and kiyaaan is nice for teenagers… Anyway I like Kail…..

    1. Bluebird says:
      July 20, 2020 at 7:26 pm

      Oops sorry this is baathil I can’t see my comments because my tab display is half broke…. I thought it didn’t publish…. I checked it through sisters tab and saw now… So soooooo Sorry….. I Hope you understood so cancel this okay…… Love you….

    2. ?Black Swan? says:
      July 20, 2020 at 7:30 pm

      There goes my sis… Worrying about nothing… Mistakes happen…. You Don’t have to explain that much eonnie will understand…. Love you ? ? ? ? ? ? ? ?

    3. Krystal says:
      July 22, 2020 at 10:37 am

      Yes.. these names are really nice.. i had trouble choosing these names even…

    4. Krystal says:
      July 22, 2020 at 10:38 am

      Heheh.. yes I understand.. comment publish nuvanya dhen hama kuran v publish vandhen dhw aiko..

  24. Anonymous says:
    July 20, 2020 at 7:23 pm

    Kail ❤️

    1. Krystal says:
      July 22, 2020 at 10:39 am

      Noted ??

  25. Bookworm says:
    July 21, 2020 at 6:46 am

    I choose Kail… Btw this prt is also vvv nice as usual… One of my favourite strys…

    1. Krystal says:
      July 22, 2020 at 10:40 am

      Thank you for the support ???
      Awwnn thanms bookworm for liking this story ??

  26. Rose ? says:
    July 21, 2020 at 1:09 pm

    Kail..

    1. Krystal says:
      July 22, 2020 at 10:41 am

      One for kail.. okay rose ?????

  27. Afu says:
    July 21, 2020 at 4:53 pm

    Wow varah reethi Masha Allah ♥️♥️♥️♥️ sorry for the late comment ???? oooooooooohhhhh afu dhin list dhww miothee …. Kail aslu reethee small boy akah …. So neyge hovaane nameh kail n kiyaan I’ll choose ?????? curiously waiting for nxt
    Saranghae ♥️♥️♥️♥️

    1. Krystal says:
      July 22, 2020 at 10:43 am

      Thanks afu??
      Oh you dont have to be sorry dear.. its okay even if you didnt comment make sure you read the story ????
      Aa afu dheefa in list dhigukamun krystal hury hadhaane goi neygifa…

  28. Afu says:
    July 21, 2020 at 6:21 pm

    So I think I’ll choose kail ???

    1. Krystal says:
      July 22, 2020 at 10:43 am

      Haha.. okay… ?

  29. Noooo says:
    July 21, 2020 at 6:22 pm

    Masha Allah nice stry ♥️♥️♥️
    I’ll choose kail

    1. Krystal says:
      July 22, 2020 at 10:44 am

      Thank you noooo ??

  30. Xyna says:
    July 21, 2020 at 6:23 pm

    Wow this stry is nice Masha Allah ???
    Xyna ah reethy kail

    1. Krystal says:
      July 22, 2020 at 10:45 am

      Thank you xyna ❤

  31. Aalif says:
    July 22, 2020 at 10:39 am

    Ehkala vaaahaka liyunythe krystal??

    1. Krystal says:
      July 22, 2020 at 10:46 am

      Kon vahaka eh aalif?? Mihaaru anjal vahaka nimunyma evahaka start kuraany.. eyge script nimifa iny… mi nimey irah hama full story liyan fashan v… why what happen dear??

  32. Aalif says:
    July 22, 2020 at 10:53 am

    Nothing ?

  33. Aalif says:
    July 22, 2020 at 10:55 am

    Umm..how many years old r u krystal

  34. Anonymous says:
    July 22, 2020 at 2:10 pm

    Kail

  35. ✨Anaa naako✨ says:
    July 22, 2020 at 10:27 pm

    Kail

  36. Chimmy says:
    July 26, 2020 at 9:03 am

    Kiyaan

Comments are closed.

Next Episodeއަންޖަލް (14)←


All Right Reserved!