Skip to content
އެސްފިޔަ

އައިނާ (2) 13

ތޭރަވަނަބައި

ސިޑިން އަރައިގެން އައިސް ވާތް ފަރާތައް ވީދިމާ އަށް އައިނާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އައިނާ ސިއްސައިގެން ދިޔައީ އައިނާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު އެންމެ ކައިރީގައި އިން ކޮޓަރިއަށް ވެއްދުމުންނެވެ.

***

ހަޅޭއް ލަވައިގަންނަން ހުޅުވާލި އަނގަ މަތީގައި އެމީހަކު އަތް އެޅުމުން އައިނާ އިތުރައް ބިރުގަތެވެ. އަވަހަށް ސަލާމަތް ވާންވެގެން ތެޅި ފޮޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހިޝާންވެސް އައިނާގެ ގައިން ދޫކޮށްލީ އައިނާ ބިރުގަނެފައި ހުރިކަން އިހުސާސް ވީމައި ތޯއްޗެކެވެ.

***

މިހުރިހާ މަންޒަރެއް ބަލަން ނަޝްވާ އިނީ ނިކަން ރުޅި އައިސްސައެވެ. ހިޝާން އައިނާ އަތުގައި ހިފާލައިފައި އެތެރެއަށް ވެއްދުމުން ނަޝްވާގެ ހިތައް ތަދުވެލި އެވެ. އޭގެ ދެގުނައަށް އައިނާ ދެކެ ރުޅި އާދެވުނެވެ.

“އަހަރެންގެ ގައިގައި ނެތް ކޮން ސިފައެއްތަ އެއައިނާގެ ހުރީ.. އަހަރެން މިހާރުވެސް އައިނާ އަށް ވުރެ މާރީތި.. އެހެން ވެގެންނު އަދި އައިނާ އަށް ބޯއީފްރެންޑެއްވެސް ނުލިބިގެން އެއުޅެނީ.. ހަހަ… އަހަރެން މާކާމިޔާބު.. މާރީތި.. ބަލަން ހުންނާތި އަހަންނަށް ހިޝާން ނުލިބި އެއައިނާ އަށް ލާހިކެއްނޫން ހިޝާން ލިބޭކަށް.. ލިބިއްޖެއްޔާ އަހަރެންގެ ނަމަކީ ނަޝް.ވާ އެއް ނޫން.. ހަހަހަހހ” މިވަގުތު ނަޝްވާ ފެންނަ މީހަކަށް ހީވާނީ ދުނިޔެއިން މޮޔަވެފައި އިން މީހެއް ހެންނެވެ.

ނަޝްވާ މަޑު މަޑުން ނިކުމެ ދޮރުކައިރީގައި މަޑުކުރީ އެތެރެއިން ދައްކާ ވާހަކައެއް އަޑު އެހުމުގެ ބޭނުމުގައެވެ. އެވަގުތު އައިނާގެ އަޑު ނަޝްވާގެ ކަންފަތުގައި ޖެހުނެވެ.

“ހިޝާންން.. ކޮން ސަކަރާތެއްތަ..؟ އަހަރެން ކިރިޔާ ބިރުން ހަލާކު ނުވީ..” އައިނާ ހިތްހަމަ ނުޖެހިފައި މިހެން ބުނުމުން ހިޝާން ގާތައް ވަރަށް ހިނިއައެވެ. “ވަރަށް ރީތި.. ރުޅި އައީމަ ހީވޭ މާފުރިހަމަ ހެން..” ވަގުތުން އައިނާ މޫނުހަދާލީ ލަދުގަތްކަން ނާންގަން ވެގެނެވެ.

ހިޝާން އައިނާ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އައިނާވެސް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޮސް ތަތްވީ ކޮޓަރީގެ ދޮރުގައެވެ. “ހިޝާން ކީއްތި….” އައިނާގެ ވާހަކަ ހުއްޓުވަން ވެގެން ހިޝާން އައިނާގެ އަނގަމަތީގައި އަތް އެޅިއެވެ.

“ކިހާ ދުވަހަކު އަހަރެން މަޑު ކުރަންވީ.. މިހާރު ކެތްވަނީކީ ނޫން.. އެކަމް އައިނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގަ ހުންނާނަން މުޅި އުމުރަށްވެސް..” ހިޝާން ކެތްތެރިކަން ކޮޅުންލާފަދަ ގޮތަކަށް ބުނެލިއެވެ. “އެހެންތަ..؟ އެހެން ވިއްޔާ އަހަރެން މުސްކުޅިވެ ގައިބާރު ދެރަވީމަ އާދޭ.. އެދުވަހަކުން ބުނާނަން..” އައިނާ ހިޝާން ދުރައް ކޮށްޕާލަމުން ބުނެލިއެވެ.

ދޮރުގެ އަނެއްފަރާތުގައި ހުރި ނަޝްވާ ހީވަނީ ރަތް މިރުހެއްހެންނެވެ. ބޮމެއް ހެން ރުޅިން ގޮސް ގޮވާ ހިސާބައްވެސް ދިޔައެވެ. “ޔޫ އައިނާ.. އައި ވޮންޓް ސްޕެއާރ ޔޫ..” ނަޝްވާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން އިނދެ ބުނެލިއެވެ.

“އަޅެ.. ޕްލީސް ކޮންއިރަކުންތަ ޖަވާބެއް ދޭނީ.. މާދަން ނޫން އޭގެ އަނެއް ދުވަ……….” “ޔެސް..” ހިޝާންގެ ވާހަކަ ހުއްޓުވުމަށްފަހު އައިނާ ބުނެލިއެވެ. “ޔެސް..؟” ހިޝާން އިނީ ސުވާލު މާރކެއްގެ ތެރޭގައެވެ. “ދެންމެގަ އެއްނު ބުނީ ޖަވާބެއް ދޭށޭ.. ޔެސް!!!!” އައިނާ ހަމަޖެހިލާފައި މިހެން ބުނުމުން ހިޝާން ހީވީ އުފަލުން އުދުއްސައި ގަނެފާނެ ހެންނެވެ.

“އަސްލު..!! އޯހް ގޯޑް އައިމް ސޯ ހެޕީ އައިނާ..” އައިނާ ބިމުން އުފުއްލާލަމުން ހިޝާން ބުނެލިއެވެ. އޭރު މުޅި މާޙައުލުގައި ހިފާފައިވަނީ އެދެމީހުންގެ ހުނުމުގެ އަޑެވެ. އެގޮތުގައި އިރުކޮޅަކު ތިބެފައި ހިޝާން އާއި އައިނާ އެނދުމަތީގައި އިށީންދެލި އެވެ.

“އެކަމް އައިނާ ތިބުނީ ހަމަ އެކަނި ޔެސް އެކޭނު..؟” ހިޝާން މިހެން ބުނުމުން އައިނާ އަށް އެބުނީ ކީކޭ ކަން ވިސްނުނު ނަމަވެސް ހިޝާން ތަޅުވާލުމުގެ ގޮތުން ނޭނގޭ ކަމަށް ހަދާލިއެވެ. “އާނ.. އެއީ އެއްނު ޖަވާބަކީ..” އައިނާ ބުނެލިއެވެ.

“ދެން ކަމް އޯން.. ތިސިކުނޑި އަށްބާރުލައިފައި ވިސްނައިފައި ބުނެބަ..” ހިޝާން އަނެއްކާވެސް ބުނެލިއެވެ. އައިނާ އިސްޖަހާލުމުން ހިޝާން އަށް ޖަވާބު ލިބުނަސް އައިނާގެ ދުލުން އެހެން ބުނާ އަޑު އަހާލަން ބޭނުންވަނީ އެވެ. “އޯކޭ އޭ.. ބާރަށް ބުންޏަސް.. އޭރުން ދޮރުކައިރީގައި ތިބި މީހުންނަށް ވެސް އަޑު އިވޭނެއެއްނު.. ބާރަށް ބުނަން ނުކެރެންޏާ އަހަރެންގެ ކަންފަތް ދަށުގައި ބުންޏަސް މައްސަލައެއް ނޫނޭ.. އޭރުން އެކަކަށްވެސް ނީވޭނެ..” ހިޝާން އެއްމިޔަނަކުން ހީލަމުން ބުނެލިއެވެ.

ދޮރުމަތީގައި އިން ނަޝްވާ ދިޔައީ ހިޝާން ބުނިއެއްޗަކުން ސިއްސައިގެނެވެ. އޭނާ ހީކުރީ އެތާގައި އޭނާ އިނދެގެން ސީދާ ބުނެލިބަހެއް ހެންނެވެ. ނަމަވެސް ފަހުބައި އަޑު އިވުމުން އެއީ ހަމަ އެހެން ބުނެލި އެއްޗެއްކަން އިނގުނެވެ.

“އަ.. އައި.. އައި ލަވް ޔޫ…….” އައިނާ އިސްޖަހާލަމުން ބުނެލިއެވެ. ހިޝާންގެ ހިތައް ލިބުނު އުފަލަކުން އައިނާގެ ގައިގައި ބައްދައި ގަނެވުނެވެ. އައިނާވެސް ހިޝާންގެ ފިރިހެން ވަންތަ ހަށިގަނޑުގައި ދެއަތް ވަށައިލި އެވެ.

އެތެރެއިން އިވުނު އަޑުތަކުން ނަޝްވާ އިނީ ރުޅިން ފަޅައިގެން ދާވަރު ވެފައެވެ. އައިނާ ވެސް ހިޝާންދެކެ ލޯބިވާކަން އިނގުމުން ނިކަން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އޭނާ ހުއްޓާލާނީ އެދެމީހުން ދުރުކޮށްފައެވެ. އޭނާ އަށް ހިޝާން ނުލިބެންޏާ އެހެން މީހަކަށް ވެސް ލިބުނަކަ ނުދޭނަމޭ ނަޝްވާގެ ހިތައް އެރިއެވެ.

ދެން ނަޝްވާ ކުރާނީ އޭނާ ދުވަހަކުވެސް ކުރަން ހިތުލި ކަމެއް ނޫނެވެ. ނަމަވެސް އޭނާ އަށް މިޙާލަތުގައި މަޖުބޫރޭ ހިތައް އަރުވައިފައި މޫނުމައްޗައް ވެރިވި ހިނިތުން ވުންފެނިފައި ނަޝްވާ ފެންނަ މީހަކުވެސް ޖެހިލުންވާނެ އެވެ. ސިޑިން ފައިބައިގެން ނަޝްވާ ގޮސް ދޮރުމައްޗައް އެރުނީ އަޝްހާގެ ކުރިމައްޗަށެވެ.

“ދެކުނިންތަ އައިނާ..؟؟” އަޝްހާ އަހާލި އެވެ. “ހިޝާންގެ ކޮޓަރިއަށް ވަންނަނިކޮށް ދުށިން…” އަވަހަށް ހިޝާން އާއި އައިނާ ދެމީހުން ދެތަން ކުރުމުގެ ގޮތުން ނަޝްވާ މިހެން ކިޔާފައި އަވަހަށް ދިޔައެވެ. “ހޫން އަހަންނަށްވެސް ސިއްރުން މިދިޔައީ މިތަނަކަށް ދޯ.. ވާނެ މިފަހަރު ނިކަން ލަދު ގަންނަވާލަން އޭރުން އެހެން ފިލައިގެނެއް އަނާ އަކަށް ނުދެވޭނެ ދޯ..”

އަޝްހާ މައްޗައް އަރައިގެން ގޮސް ޓަކިވެސް ޖަހައިނުލާ ދޮރުހުޅުވާފައި ވަނެވެ. ދެމީހުންނަށްވެސް ދުރުވެލެވުނީ ދޮރުހުޅުވުމުންނެވެ. ދޮރާއި ކުރިމައްޗައް ވާގޮތައް އިން އައިނާ އަށް ކުއްލި އަކަށް ފުންމާފައި ތެދުވެވުނީ އަޝްހާގެ ދިމާ ކުރާކަހަލަ ހިނިތުންވެފައި އިން މޫނު ފެނުމުންނެވެ.

އަޝްހާ އަވަހަށް އަނެއްފަރާތައް އެނބުރުނެވެ. “ސޮރީ ސޮރީ.. ހަނދާން ނެތުނީ މިހާރު ތިދެމީހުން އެއްތާކު ތިބެއްޖިއްޔާ ވަންނަން ޖެހޭނީ ނޮކް ކޮށްފަކަން..” އަޝްހާ އަވަހަށް ބުނެލިއެވެ. “އަހަރެން އަސްލު ވަނީ މިކަހަލަ މަންޒަރެއް ބަލާކަށް ނޫން..

އެކަމު މިހާރު ޕާރޓީ ނިމެނީ އެހެންވެ ފޮޓޯ ޝޫޓްގެ ކުރިއަށް އަހަރެމެން ދެމީހުން ކައިގެން އަވަހަށް ހައިދައްތަގެ ރޫމް ޑެކަރޭޓް ކޮށްލަންވެގެން.. އެބަތިބީ ނޫހްބެގެ ފެމިލީ އަހަރެމެން އޭޖްގެ ކުއްދިން ކޮޅެއްވެސް އަހަރުމެންނަށް ހެލްޕް ވެދެން ރެޑީ.. އެހެން ނޫނަސް މީމަފޮޅުވާ ގަޑިއެއް ވެސް ނޫނޭ..” އަޝްހާ ކުރިއަށް ހިނގަމުން ބުނެލިއެވެ.

“އަ.. އާނ.. ހިނގާ ދާން..” އަވަހަށް އައިނާ ބުނެލީ ހިޝާންގެ ތޫނު ނަޒަރުން ފިލަން ވެގެންނެވެ. އައިނާ އާއި އަޝްހާ ސިޑީން ފައިބަމުން ދިޔައީ ދެމީހުން ކުރެ އެކަކުވެސް ވާހަކަ ނުދައްކައެވެ. ކާތަކެތި އަޅައިގެން ދެމީހުންވެސް ގޮސް ޖައްސާލީ ތަން ކޮޅެއް އެކަހެރިކޮށް އިން މޭޒެއްގައެވެ.

“އަހަރެންނަށް އިނގޭ އަނާ އާއި ހިޝާންބެގެ ގުޅުން.. އަދި އެންމެ އުފާވާނެ އެކަކު އަހަރެންމީ.. އެކަމު ތިގޮތައް ކޮޓަރިން ބައްދަލު ކުރާކަން ދޮންބެ އަށް އެނގިއްޖެއްޔާ ރުޅި އަންނާނެ ކަން އަނާ ދަންނަން ވާނެ..” އަޝްހާ ކަމުން ބުނެލިއެވެ.

“އަޝޫ.. އަހަރެން ހައިރާނެއް ނުވަން އަޝޫ އެހެން ބުނީމައެއް.. އަހަރެންގެ އެންމެ ކައިރީގައި ތިއުޅެނީ އަޝޫ.. އަދި އަހަރެންގެ ހުރިހާ ފީލިންގްސް އެއް އެންމެ ކުރިން ސުރެ އަޝޫ ދަނޭ.. އެހެން ވީމައި ނޭނގި އެއް ނޯންނާނެ ތާ ދޯ.. ދެން އަޝޫ ތިބުނަން ބޭނުންވާ އެއްޗެއް ތަންކޮޅެއް ތިލަ ކޮށް ބުނެދީބަ..” އައިނާ އަޝްހާ އަށް ބަލާލަމުން ބުނެލިއެވެ.

“އަހަރެން ބުނަން ބޭނުންވަނީ ހިލޭ އަންހެނަކާއި ހިލޭ ފިރިހިނެއް އެކަނި ވާވަގުތުތަކުގައި ތިންވަނަ މީހަކަށް އަބަދުވެސް އެންމެ ކައިރީގައި އިންނާނީ ޝައިޠާނާ އޭ.. އެނގިއްޖެ ދޯ މިބުނި އެއްޗެއް.. އަހަރެން އަނާ އަށް އެއްވެސް ދެރަގޮތެއް ވާކަށް ބޭނުމެއް ނޫން..” އަޝްހާ ބުނެލިއެވެ.

އައިނާ ބޯޖަހާލިއެވެ. “އަސްލު އަހަރެން ވަރަށް އުފާވޭ އަޝޫ ކަހަލަ ކޮއްކޮއެއް އަދި ބެސްޓް ފްރެންޑެއްވެސް ލިބުނީމަ.. ވަރަށް ޕްރައުޑް ފީލްވޭ.. އަބަދުވެސް ތިކަހަލަ ނަސޭހަތް ދެއްޗޭ.. އިނގޭތަ..؟ އެންމެ ރަނގަޅު ރަހުމަތް ތެރިންނަކީ އަނެއް ރަހުމަތްތެރިންނަށް ހެޔޮގޮތް އެދޭ އަދި ގޯސް ގޮތަކަށް އުޅޭނަމަ ރަނގަޅު ކުރަން ބުނާ ރަނގަޅު ގޮތް ބުނެދޭ އެކުވެރިން.. އެ އެކުވެރިންނަކީ ޙަޤީޤީ ރަހުމަތްތެރިންނަކީ..” އައިނާ އަޝްހާގެ އަތް މަތީގައި އަތް ބާއްވާލަމުން ބުނެލިއެވެ.

“ހޫމް.. މާއިމޯޗަނަލްވީ.. އެއީ އަހަރެންގެ ޓައިޕް އެއް ނޫން.. ހުމްމްމް.. ދެން ބުނެބަލަ އަނާ ކިހިނެތްތަ ހިޝާންބެ ގާތުގައި ޔެސް އޭ ބުނީ..” އަޝްހާ މަޖާވެލާފައި އެހެން ބުނުމުން އައިނާގެ ކޯ ޗެރީ ކޮޅެއްހާ ރަތްވެލިއެވެ.

“އޯކޭ އޯކޭ.. ނުބުންޏަސް.. އެހެން އަހާލި ކަމައްޓަކާ މިހާލު ލަދުން ތިއޮއް މޯޅިވީ.. ދެން ނާހާނަން.. އެކައްޗެއްވެސް.. ކީޕް ދެޓް މޮމެންޓްސް އިން ބިޓްވީން ޔޫ ބޯތް.. އިނގޭ.. ދެން ހިނގާ ދާން.. މިހާރު ފޮޓޯ ނަގަން އެއުޅެނީ..” ކޭތަށި ޑަސްބިނަށް ލުމަށް ފަހު އައިނާ އާއި އަޝްހާ އެންމެން ކައިރިއަށް މިސްރާބު ޖެހިއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Maash

    ??Wooow mi part hama Varah Varah reethi Maasha Allah ☺️?when is the next part ☺️?

    1. A aaR
      Maash

      Jazaakallah khairan Maash.. ??

  2. A aaR

    Here is the 13th prt.. Tonight I’ll submit 14th prt too.. Enjoy episode 13.. Stay safe ❤️??

    1. ?Ril?
      A aaR

      Tonight tha 14 th part ves wow
      Thankx

    2. A aaR
      A aaR

      Hehe yh

  3. ?Ril?

    Wowww Mi part ves vrh Sali ….?????????? Keep it up.. enmefahun aainaa aa hishaan guluny dhw.??????❤️ E moment haadha cute ey vrh cute ethan koo ?????heheh but this ??nashvaa I hate her???
    Btw waiting for the next ????
    Love uuuu ❤️❤️❤️❤️?
    TC an stay safe ❤️❤️❤️❤️?

    1. A aaR
      ?Ril?

      Jazaakallah khairan Ril.. Nashwa dhw.. ❤️❤️???

  4. Aalif

    Awwn…..A aar ure the goodest…kehnuvefa mihurii 14 kiyaa hithun☺️☺️☺️☺️

    1. A aaR
      Aalif

      Jazaakallah khairan Aalif.. im v happy.. ❤️️???

  5. Aalif

    Masha allah ?

    1. A aaR
      Aalif

      jazaakallah khairan.. ?

  6. Aalif

    I am so happy about ure kindness A aar ???

    1. A aaR
      Aalif

      jazaakallah khairan Aalif ? ❤️ ? ?

  7. Aalif

    Umm..kon irakun 14 vana part nereyny A aar.and A aar school nimunythe misuvaal mikohly visnun salhi v ma Masha Allah Insha Allah ????

    1. A aaR
      Aalif

      jazaakallah khairan Aalif15th prt also submitted.. n nope.. i study in gr. 8 ? ❤️ ? ?

  8. Aalif

    Oh ok

    1. A aaR
      Aalif

      ?

  9. 16 SHABAKKO 7

    ?Reethi ????
    ?#salhi#?

    1. A aaR
      16 SHABAKKO 7

      jazaakallah khairan

  10. 16 SHABAKKO 7

    ?Reethi ????
    ?#salhi#??

    1. A aaR
      16 SHABAKKO 7

      🙂

Comments are closed.