ނާމާން – 4
އިދާންގެ ހިތަށް ބިރުވެރިކަން ވަނެވެ.
********************
އިދާން ފަހަތް ބަލައިލި އިރު ހަމަ އެކަކުވެސް ނެތެވެ. އިދާން އަވަސް އަވަހަށް އޮށޯވެ ލޯ މަރައިލީ ނިދޭތޯ އެވެ. ނަމަވެސް ްނުނިދުމުން ތީއެވެ. ޒާޔާއަށް ވެސް ވީ ހަމަ އިދާންއަށް މީ ގޮތެވެ. ނުނިދިގެން އެތާ އޮތީ އިރުއަރަންދެންނެވެ. އިރު އެރުމާއެކު ތެދުވެ އެންމެންނަށް ގޮވައިގެން ފަތިސް ނަމާދު ކޮށްގެން ދިޔައީ ސައި ހަދާށެވެ.
ޒާޔާ މިއަދު ހުރީ ވަރަށް މަޑުމަޑުންނެވެ. ތަނަކަށް ދަންޏާ ދަނީ މީހަކާ އެކީގައެވެ. ޒާޔާ އެހެން ހެދުމުން އިދާން ހުންނަނީ ބިރުންނެވެ. މީހަކު ޒާޔާއާ ބެހެގޮތުން ސުވާލެއް ކޮށްފާނެތީއެވެ. ކަންތައް ވީވެސް އެހެންނެވެ. ޒަހާޔާ ޒިންޔާ އައިސް އިދާން ކައިރީގައި ސުވާލުކުރިއެވެ.” އިދާންބޭ.. ކީއްވެތަ މިހާރު ޒާޔާ އެހެން އެ އުޅެނީ.. އިމް ވެސް.. އިދާންބެ ވެސް.. ކީއްވެތަ.. އަޅެ ބުނެބަލަ.. ” ޒިންޔާ އެހެން ބުނުމުން ޒަހާ ވެސް ބުންޏެވެ.” އާނ.. އިދާންބެ ވެސް އަހަރެމެންނަށް ކަމެއް ފޮރުވަނީތަ…؟ ”
އިދާން އެހާ އަވަހަށް އެ ވާހަކަ ކިޔާ ދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ވާހަކަ އޮޅުވާލަން މަސައްކަތް ކުރިއެވެ. ” ދެން ނޭނގެ.. މިހާރު ދަތުރު އެހާ މަޖަލެއް ނޫން.. އެހެންވީމަ ދެން އަވަހަށް ރަށަށް ދާންވީނުން.. ” އިދާން އެހެން ބުނުމުން ޒަހާ ވަގުތުން ނޫނެކޭ ބުންޏެވެ. ” ދެން އިދާންބޭ.. ކީއްވެތަ މިހާ އަވަހަށް ތި ދާންއުޅެނީ.. އަދި ވި އެންމެ 4 ދުވަސް.. އަޅެ ދެން އިދާންބޭ.. ނުދައްޗޭ.. ” ޒިންޔާއަށް ހުރީ ގަބޫލު ނުކުރެވިފައެވެ.އިދާން އެއީ ދަތުރު އެންމެ ދާހިތުން އުޅުނު މިހާާއެވެ. ދެން މިހާރު އެހާއަވަހަށް ދާން އުޅުމުން ޒިންޔާ ހައިރާންވިއެވެ.
ހަވީރު ވިއިރުވެސް ޒާޔާގެ ބިރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޒަހާ އިންނަނީ ރަށަށް ދާން އަވަސް ކުރާ ވާހަކަ ބުނުމުން ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ފޯނު ރިންގުވާ އަޑަށް އިދާން ފޯނު ނަގައި ބަލައި ލިއެވެ. އެގުޅަނީ އިދާންމެންގެ މަންމައެވެ. ނަމަވެސް ފޯނުގަ އިނީ 1 ޕަސެންޓެވެ. ނަމަވެސް އިދާން ފޯނުނެގިއެވެ. ” ހަލޯ.. އިދާން.. ހާލުކިހިނެއް.. ކޮބާ އިމް.. ޒިންގެ ހާލު ރަނގަޅުތަ.. ޒަހާ ކޮބާތަ.. ޒާޔާ ވެސް.. ” އިދާންގެ މަންމަ ހުރިހާ ވާހަކައެއް ދެއްކީ އެއް ނޭވައިންނެވެ. އިދާންއަށް ކުޑަކޮށް ހެވުނެވެ. އަދި ޖަވާބުދިނެވެ.” މަންމަ ވެސް ދެން.. އަހަރެމެން ރަނގަޅޭ.. މަންމަ ކިހިނެއްތަ.. ކޮބާ ބައްޕަ.. ”
” ބައްޕަ އެބައިން މިތާ ސައި ބޯން.. އިދާން މެން ސައި ބޮއިފިންތަ؟.. ” އިދާންގެ މަންމަ އެހެން ބުނި ތަނާހެން ފޯނު ނިވުނެވެ. ” ޕިސް.. މިގަޑީގަ އަދި އިނގޭނި ފޯނު ޗާޖު ދާންވެސް.. ” އިދާން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ދެން އިވުނީ ޒާޔާގެ ފޯނު ރިންގު ވާއަޑެވެ.” ކިހިނެއްތަ ވީ.. ކޮބާ އިދާންބެ.. ފޯނުވެސް ކަނޑާލައިފި.. އަނެއްކާ މާ ބޮޑު ކަމެއް ވީތަ.. ” ޒާޔާއަށް ވެސް ހެވުނެވެ. ” މަންމާ.. އިދާންބެގެ ފޯނު ޗާޖު ދިޔައިއްޔޭ.. ޒިންގެ ފޯނުވެސް ޗާޖު ގޮއްސި ކުރިން ދުވަހު.. ” ޒާޔާ ބުންޏެވެ. ” ނޭނގޭނެނުން. މަންމަ ހީކުރީ ކަމެއް ވީކަމަށް.. ” އެހެން ވާހަކަ ދައްކަން ތިބެފައި ފޯނު ބޭއްވީ އިރުއޮއްސެން އުޅުމުންނެވެ. ޒާޔާ ހުރީ ކުޑަކޮށް ހިތްހަމަޖެހިފައެވެ.
އިރުއޮސުމުން ޒާޔާ ޓެންޓުތެރެއިން ވެސް ނުނިކުތެވެ. އެންމެފަހުން އިދާން ވަރަށް އާދޭސް ކޮށްގެން ކާންނިކުތެވެ. ނަމަވެސް ޒާޔާ އުޅެނީ އިދާން ކައިރީގައެވެ. އިރުކޯކޮޅާ ފަހަތް ބަލައިލައެވެ. މިތަން އިދާންއަށް ފެނުމުން އިދާން ބުންޏެވެ.
” ތިހެން ނުޅެބަލަ ޒާޔާ. ތިހެން ހަދައިގެން އެންމެންނަށް އިނގޭނެނުން.. ” އިދާން އެހެން ބުނުމުން ޒާޔާ މާ ނޫން ކަމަށް ހަދައިފައި ކާންފެށިއެވެ.
އެންމެން ކައި ނިންމައިގެން ލަސްނުކޮށް ނިދީއެވެ. ނަމަވެސް ޒާޔާއަކަށް ނުނިދުނެވެ. ޒާޔާއަށް ހީވަނީ ލޯމަރާލިއަސް ކޮންމެވެސް ޖިންނިއެއް ކައިރީގައި އިންނަހެންނެވެ. އެހެން ޒާޔާ އޮއްވައި އިރުއެރިއެވެ. އެންމެން ތެދުވެ ފަތިސް ނަމާދު ކޮށްގެން ހެންދުނުގެ ސައިބުޔެވެ. ޒަހާ މިއަދު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޒަހާ އެހެންހުރީމައި އިދާން ސުވާލު ކުރިއެވެ.
” ޒަހާ.. ކިހިނެއްވެފަތަ ތި ހުންނަނީ.. ހިނގާބަ މޫދަށް އެރެން.. އެންމެން ގޮވައިން ދާނީ..ހިނގާބަ.. “. ޒަހާ އަތުގައި ހިފާފައި އިމްޝާ މެންނާ ދިމާއަށް ހިނގައި ގަންނަމުން އިދާން ބުންޏެވެ. އެއްޗެކޭ ނުބުނެ ޒަހާ ވެސް ހިނގައި ގަތީ އިދާން ފަހަތުންނެވެ. ޒަހާ އެހެން ދަނިކޮށް ރަތް ކުލައިގެ ހެދުމެއް ލައިގެންހުރި މީހެއް ފެނުނެވެ. ނަމަވެސް މޫނު އެހާ ސާފު ވާގޮތެއް ނުވިއެވެ. ޒަހާ އަޅައިނުލައި އިދާން އާ އެއްކޮށް އިމްޝާ މެން ކައިރިއަށް ދިޔައެވެ. ” އޭ.. ހިނގާބަ މޫދަށް ދާން.. ” އެހެން ބުނުމުން އިމްޝާ ވަގުތުން ދުވެލާފައި ގޮސް މޫދަށް އެރުނެވެ. ދެންތިބި މީހުންވެސް ދިޔައީ ދުވެލާފައެވެ. ނަމަވެސް ޒާޔާ ހުރީ ކުޑަކޮށް ބިރުންނެވެ. އިދާން ލޯ ބޮޑުކޮށްލާފައި ބަލާލުމުން ކުޑަކޮށް ދުވެލާފައި ޒާޔާ ވެސް ދިޔައެވެ.
އެންމެން މޫދުން އެރީ މެންދުރު ނަމާދަށް ގޮވަން އުޅެނިކޮންނެވެ. ޒާޔާމެން އަވަސްއަވަހަށް ތައްޔާރުވީ މެންދުރު ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމިގެން އެންމެން ކައިގެން ދިޔައީ ހިނގައިލާށެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ރަށުގެ އަނެއް ފަރާތައް ދެވުނެވެ. ޒާޔާ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް އެންމެން އެތާ ހުރުމުން މާ ނޫން ކަމަށް ހެދުނީައެވެ. އިމްޝާ ވެސް ހުރީ އެވަރެއްގައެވެ. އެހެން އުޅެނިކޮށް ޒާޔާގެ ފޯނުން އިވުނީ ބަންގި ގޮވާ އަޑެވެ. އަވަސް އަވަހަށް އެންމެން ދިޔައީ ނަމާދުކުރާށެވެ.
ދިޔަ މަގުމަތީގައި ޒާޔާއަށް ކަޅު ހިޔަންޏެއް ފެނުނެވެ. ޒާޔާއަށް ކައިރީގައި ހުރި އިމްޝާ އަތުގައި ބާރަށް ހިފައި ލެވުނެވެ. އިމްޝާ ކުއްލިއަކަށް ބަލައިލި ވަގުތު އިމްޝާ އަށް ވެސް އެހިޔަނި ފެނުނެވެ. އޭރު ޒާޔާހުރީ ބިރުން ގޮސް ހާލާކުވާވަރު ވެފައެވެ. ނަމަވެސް އިދާން ހިތްހަމަނުޖެހިދާނެތީ ހުރީއެވެ. ވަރަށް ދުރަށް ހިނގަން އޮތުމާއެކު އިމްޝާ ވެސް ކުޑަކޮށް ބިރުގަނެފައި ހުރީއެވެ. ޒަހާއަށް އެދެމީހުން އުޅުނު ގޮތުން ކޮންމެސް ކަމެއް ގޯސްވެއްޖެކަން އިނގުނެވެ. ނަމަވެސް ސުވާލު ނޭހީ އެމީހުން ތެދަށް ޖަވާބު ނުދޭނެތީއެވެ.
ޓެންޓުކައިރިއަށް އާދެވުމާއެކު އެންމެން ވުޟޫ ކޮށްގެން ފެށީ ނަމާދު ކުރާށެވެ. އޭރު 4 ޖެހީއެވެ. ނަމާދު ކޮށް ނިންމައިގެން ްއެންމެން ހަވީރުގެ ސައި ބުޔެވެ. އެތާ ކުޑައިރުކޮޅަކު ސަކަރާތް ޖަހަން އުޅެފައި އެންމެން ވެސް ވަނީ ޓެންޓު ތެރެއަށް ކުޑަކޮށް އަރާމު ކޮށްލާށެވެ. އެންމެން ދިއުމުން ޒާޔާއަށް އެކަނި އެތާ ހުންނާކަށް ނުކެރުނެވެ. އަވަސް އަވަހަށް ހިނގައި ގަންނަން އުޅުނު ވަގުތު މީހަކު ޒާޔާއޭ ކިޔާފަ ގޮވާލި އަޑުއިވުނެވެ. ޒާޔާގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ޒާޔާ ފަހަތް ބަލާލި އިރު ހަމަ އެކަކުވެސް ނެތެވެ. ޒާޔާއަށް ރޮވެން ފެށީ ބިރުންނެވެ. ނަމަވެސް ގަދަކަމުން ހިނިތުން ވެލައިގެން ޒާޔާ ޓެންޓުތެރެއިން ވަދެ އޮށޯވެލިއެވެ.
އެންމެންނަށް ވެސް އެހެން އޮއްވައި ނިދުނެވެ.ދެން ހޭލެވުނީ ރޭގަނޑު 7 ޖަހަން އުޅެނި ކޮންނެވެ. އެންމެ ކުރިންހެލެވުނީ އިމްޝާ އަށް ކަމުން އަވަހަށް ދެންތިބި މީހުންނަށް ގޮވައި މަޢްރިބު ނަމާދު ކޮށްގެން އެންމެން ފެށީ ކިޔަވާށެވެ. އެންމެން ކިޔަވައި ނިންމައިލީ އިޝާ ނަމާދަށް ގޮވާަަޑު އިވުމުންނެވެ.
އިޝާ ނަމާދު ކޮށްލައިގެން އެންމެން ކައިގެން ލަސްނުކޮށް އޮށޯތީއެވެ. އިމްޝާ އެއްފަރާތަށް އެނބުރުނު ގަޑީގައި އިމްޝާ އަތުގައި އެއްޗެއް ޖެހުނެވެ. އިމްޝާ ދެލޯ ހުޅުވާލލަމުން ބަލާލިއެވެ. އެތާހުރީ ކަޅުކުލައިގެ އެއްޗެކެވެ.މޫނުއެހާ ސާފުކޮންނެއް ނުފެނެ އެވެ. ކުއްލިއަކަށް އިމްޝާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭތި އިމްޝާއާ އެއްކޮށް އެތަނުން ގެއްލުނެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Nice wrk???❤❤❤❤Masha allah… kyp it up
Thank you laalu… ??☺️
Kaifa haaluk dr????
??☺️
birun gos halaaku nuvee hama kiriyaa??
anekkaa aneh kolhun aharen miothee ekani andhiri kohgen.
Thank you anaan… ??☺️
yh me too…