ހާތިބު ދިޔަ ދިމާލަށް ބަލަން ހުރި ރާވިންގެ ހިތުގައި އެތައް ކަމެއް ހިނގާލިއެވެ. ރާވިން ދިޔައި ހިތްހަމަޖައްސާލުމަށްޓަކައި އުނދޯލިތައް ތިބި ދިމާލަށެވެ. ހާތިބަށް އުނދޯލީގައި ނުއިށީ ދެވެނީސް އޭނާއާ ދިމާލަށް ބާރެއް އަންނަކަމުގެ އިހުސާސެއް ވިއެވެ. އެހެންކަމުން އެއަންނަ ދިމާލަށް ވަރަށް ފަރުވާތެރިވެގެން ހުއްޓެވެ. ހާތިބު އިނގިލިން ކޮށްލި އިޝާރާތާއެކު ބާރު މިނުގައި ހާތިބުއާ ދިމާލަށް އައި ދަނޑިބުރި ބިންމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ދެވަނަ ހަމަލާއެއްއައެވެ. ނަމަވެސް ހާތިބުއާ ހަމައަށް ނުފޯރަނީސް ވެއްޓިއްޖެއެވެ. ރާވިން ދިން ހަމަލާ […]
8 ވަނަ ބައި ކުއްލިއަކަށް އިދާންގެ ނޭވައި ހާސްވާން ފެށިއެވެ. ******************** އިމްޝާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އޭތި ހޭންފެށިއެވެ. އަދި ބުންޏެވެ.” އަހަރެން ކަލޭމެން މިތަނަށް ގެނައީ ކަލޭމެން އަހަރެމެން ދެމީހުންނަށް ވަރަށް ބޮޑު ކަމެއް ކޮށްގެން.. ” އޭތި ކައިރީގައި ހުރި ކުޑަ އެއްޗަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އޭރު އިދާންގެ ނޭވާވެސް ކުޑަކޮށް ރަނގަޅެވެ. ޒިންޔާ ހުރީ ބިރުންގޮސް ހަދާނެގޮތް ނޭނގިފައެވެ. އިދާންވެސް ކެއްސަމުން ވިސްނަން ފެށިއެވެ.” އަހަރެމެން ނުކުރަން […]
* ވިސްނާކަށް މިނެޓެއްވެސް ރަވިކާންއެއް ނުދިނެވެ. ޒައިލީންގެ ދެކޮނޑުގައި ހިފާ ރަވިކާން ވަޅުގެ ތެރެއަށް ޒައިލީން ކޮއްޕާލިއެވެ. ވެއްޓެމުންދިޔަ ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. “ހާސްނުވޭ.. އަހަރެންވެސް އެބަ އަންނަމޭ..” މަލާމާތް ކޮއްލަމުން ރަވިކާން ވަޅަށް ފުންމާލިއެވެ. އަރައިގެން ދިޔައީ ވަރުގަދަ އައްޔެކެވެ. ލޯހުޅުވާލަން ދަތިވެގެން ޒައިލީން ލޯމަރާލިއެވެ. “ޒައި..!؟” ކަންފަތުގައި ޖެހުނީ ޒައިދާންގެ އަޑެވެ. * ޒައިލީންއަށް ލޯހުޅުވާލެވުނުގޮތަށް ފުންމައިގެން ތެދުވެވުނެވެ. ”އޭތް..!! ރަވިކާންގަނޑާ..!!!” ޒައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ގާތުގައި ހުރި […]
***މަޑުމަޑުން ބާލީހެއްގައި ބައްދާލައިގެން އޮތް އައިރާއަށް ވިސްނެމުންދިޔައީ މިއަދު ފެނުނު ޒުވާނާއާ ދޭތެރޭގައެވެ. އެއީ “އޭނާ” އަށް ވެދާނެބާއެވެ؟ އެއީ ދަންނަ މީހެއްބާއެވެ؟ ހަމަގައިމުވެސް ކޮންމެވެސް ތާކުން ދުންހަނދާނެއްވެއެވެ. އަނެއްކާ އެއީ އޭނާއަށް ހީވާހީވުމެއްބާވައެވެ؟ އެފަދަ ހިޔާލްތަކެއްގައިއޮށްވާ އައިރާއަށް ނިދުނެވެ. ފެންވަރައިގެންނިކުމެ ލޯގަނޑުކުރިމަތީ ހުއްޓިލައިގެންހުރި ކައިޔަންގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އެހިނިތުންވުމުން ނަގަންވީ މާނައެއްނޭނގުނުކަމުގައިވިޔަސް އެމޫނުމަތިވަނީ އުޖާލާވެފައެވެ. “އައިއެމް ކަމިންފޯ ޔޫ!!! ވެއިޓްފޯރ މީ!!”**** *** *** *** *** *** **** “އޭތް!!!އައިރާ… ތެދުވެބަލަ.. މިނިކުންނަނިއްޔޭކިޔާފަ ތިއޮތީ.. […]
މުޅި ނަފްސަށް ވެރިވެފައިވީ ހާސްކަމާއެކު ހިތް ނެގިނެގުފައި ޖަހަމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ކާރު އޮއްވާވެސް ގޭޓުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނުއިރު ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ޒަޔާންގެ ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމިގަތެވެ. ލަގޮނޑިއަށް ބާރުވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ލިބުނު ޚަބަރަކުންނެވެ. ޒަޔާންގެ ދުނިޔެ ފުނޑުފުނޑުކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް، ތެދުމަގަށް ލޯހުޅުވައިލެވުނު ވަގުތުވެސް މެއެވެ. މަގުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުންށާއި ދުއްވާއެއްޗަކަށް ބެލުމެއްނެތި ޒަޔާން ހަލުވިދުވުމެއްގައި ދިޔައީ އެންމެ […]
* ކުއްލިއަކަށް ޔައިކް ޒީކްގެ އަތުގައި ހިފިއެވެ. މަންޒަރު ބަލަންހުރި އިލްފް އެންމެ ފަހުން އެދެމެދަށް ވަންނަން އުޅުނީ ޔައިކްގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް އިލްފްގެ ދެލޯބޮޑުވިއިރު ހުއްޓުންއެރީ ދެން ޒީކް ކޮއްލިކަމަކުންނެވެ. * “އަތުން ދޫކުރޭ! ” ރުޅިވެރިކަމާއެކު ޔައިކްއަށް ބަލާލަމުން ޒީކް ބުންޏެވެ. “ދޫނުކޮށްފިއްޔާ؟ ” އެއްބުމަ ހިއްލާލަމުން ޔައިކް އަހާލިއެވެ. ފުން ނޭވާއެއްލަމުން އިލްފްއަށް ބަލާލާފައި ޔައިކް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް އެއްމިޔަކުން ހީނލިއެވެ. އަދި އަވަސް […]
* އެއްވެސްގޮތެއް ނުވުމުން މަރާ ބާރުކޮށްލެވިފައިވާ އެސްފިޔަތަށް ހުޅުވާލުމާއެކު އެލީންގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ޒެވިޔަންގެ ކަޅުކަންގަދަ ކަޅިއާއެވެ. ކުއްލިއަކަށް އެލީންއަށް އިޙުސާސްކުރެވުނީ ފާރާއި ޒެވިޔަން އާއި ދޭތެރޭގައި އޭނާ ފިތިގެން ދިޔަކަމެވެ. އޭރު އެލީން އާއި ޒެވިޔަންގެ މޫނު ވަނީ ނުރައްކާތެރިދަރަޖައަކަށް ކައިރީގައެވެ. ޒެވިޔަން އެލީންގެ ކަންފަތާ ދިމާލަށް ގުދުވެލުމާއެކު އެލީންއަށް ލޯ މަރާލެވުނެވެ. “ވެލްކަމް ޓު ހެލް ވައިފީ! ” * ވައިއަޑުން ޒެވިޔަން އެހެން ބުނެލުމާއެކު އެލީންއަށް ދެލޯ ހުޅުވާލެވުނެވެ. ޒެވިޔަންގެ ކަޅުދެލިކޮޅެއްފަދަ […]
ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް؛ މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ އެޓައިމްލައިންގައި މިހާރުވެސް ހުރި ކަހަލަ ގޮތަކަށް. 2 ޓައިމްލައިން ތަފާތުކޮށް ވަކި ކުރެވިފައި ވާނީ ސްޓާރ(***) ބޭނުންކޮށްގެން. ކިޔުންތެރިން ސުވާލު އުފެދިދާނެތީ ސަމާލުކަމަށް އެވާހަކަ ބުނެލަން. ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ފަސޭހަވާނެކަމަށް ހީކުރަން. އުންމީދުކުރަން ތަފާތު ގޮތަކަށް މިވާހަކަ […]
15 ވަނަ ބައި “ލަމްނާ ބުނެގެން ދޯ؟ ޑިޑް ޝީ ބްލެކް މެއިލް ޔޫ؟!” ރީމްގެ ސިކުނޑި ސުވާލުން ފުރި ބަންޑުން ވަނީއެވެ. ޔޫޝައު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ. “ރީމް ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ؟ މަންމަ އުޅޭނެ މިހާރު ހޯދަން! ހިނގާ ދަމާ!” ވާހަކަ ބަދަލު ކޮށްލުމަށްޓަކައި ޔޫޝައު މިހެން ބުނެ ކޮޅަށް ތެދުވިއެވެ. “ނޫން! ޔޫޝައު މިހާރު ވާހަކަ ބަދަލުކުރަނީ ތި! އައި ނޯ ޔޫ އިނގޭ! ލަމްނާ މެންގެއަށް ގޮސް […]