ނޭނގި ވެވުނީ ލޯތްބޭ- 15 & 16
15 ވަނަ ބައި
“ލަމްނާ ބުނެގެން ދޯ؟ ޑިޑް ޝީ ބްލެކް މެއިލް ޔޫ؟!” ރީމްގެ ސިކުނޑި ސުވާލުން ފުރި ބަންޑުން ވަނީއެވެ. ޔޫޝައު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
“ރީމް ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ؟ މަންމަ އުޅޭނެ މިހާރު ހޯދަން! ހިނގާ ދަމާ!” ވާހަކަ ބަދަލު ކޮށްލުމަށްޓަކައި ޔޫޝައު މިހެން ބުނެ ކޮޅަށް ތެދުވިއެވެ.
“ނޫން! ޔޫޝައު މިހާރު ވާހަކަ ބަދަލުކުރަނީ ތި! އައި ނޯ ޔޫ އިނގޭ! ލަމްނާ މެންގެއަށް ގޮސް އައިފަހުން ކޮންހެނެއް ވެފަތަ ތި ހުންނަނީ؟ ޔޫޝައު ތިހެން އުޅެންޏާ އަހަންނަށް ޔަގީން ވާނެ ލަމްނާ ބްލެކްމެއިލް ކުރަނީކަން!” ރީމްވެސް އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ. އެއްޗެކޭ ނުބުނެ ސޯޓުގެ ޖީބަށް އަތްޖަހައިލައިގެން ޔޫޝައު ހިނގައިގެތެވެ.
“ޔޫޝައު!” ޔޫޝައުގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ” މިހާރު ފިލްމަކަށް ވުރެ ގޯހެންނު މިކަންތަށް! ލަމްނާ ބުނީދޯ ކޮންމެވެސް މީހަކަށް ގެއްލުމެއް ދޭނަމޭ ދޯ؟ އެހެންވެގެން ދޯ އެއްޗެކޭ ނުބުނަން ތިހުންނަނީ؟” ރީމްއަށް ވިސްނުން ގޮތަށް ރީމް ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އޭނައަށް ނޭނގޭ ކަމަކީ އޭނައަށް ދެއްކެނީ ތެދު ވާހަކަތަކެއް ކަމެވެ. ޔޫޝައު އެއްވެސް އެއްވެކޭ ނުބުނެ ހުރީއެވެ.
“ޔޫޝައު އެއްޗެކޭ ނުބުނެ ތިހެން ހުރީމަ އަހަންނަށް ވަރަށް ހީވޭ އެއީ ތެދެއްކަން! ޔޫޝައު ހަމައެކަނި އެކަމަށް އިޝާރާތެއް ކޮށްލިޔަސް އަހަންނަށް އިނގޭނެ! އެކަމަށް އިޝާރާތް ކުރަން ބޭނުމިއްޔާ ދަމުން ފަހަތަށް އެނބުރިލާ!” ރީމް ބުންޏެވެ. ޔޫޝައު ހިނގައިގަންނަން ފެށިއެވެ. ޔޫޝައު ފަހަތަށް އެނބުރިލާނެ ފުރުސަތަކަށް ރީމް ހުރީ ބަލަބަލައެވެ. ނަމަވެސް ޔޫޝައު މަގަށް ނުކުތެވެ. ލިބުނު މާޔޫސް ކަމެއްގެ ބޮޑު ކަމުން ރީމް އަނެއްފަރާތަށް އެނބުރުނެވެ. އެވަގުތަކީ ޔޫޝައު އަނެއްކާވެސް އެތަނަށް ވަން ވަގުތެވެ. ނަމަވެސް ރީމް އަނެއްފަރާތަށް އެނބުރެހުރުމުން ޔޫޝައު އަވަހަށް އެތަނުން ނުކުތެވެ.
“އޭ! ޔޫޝައު… އެއްވެސް އެއްޗެކޭ ނުބުނެ ގެއަށް ދާންވީ!” ޔޫޝައު އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ޔޫޝައު ގެއަށްދާން ހިނގައިގަތެވެ. ނަމަވެސް ފިޔަވަޅުތަށް ހުއްޓުނީ ރީމް އެކަނި އެތާގައި ބަހައްޓާފަ ދެވޭކަން ރޭކާލުމުންނެވެ. އަނެއްކާވެސް ޔޫޝައު އެތަނަށް ވަންނަން ހިނގައިގަތެވެ. މިފަހަރު އެރުނީ ސީދާ ރީމްގެ ކުރިމައްޗަށެވެ.
“އިޝާރާތެއް ނޫން މިކުރީ! ރީމް ބަލާ މިއައީ! އަނެއްކާ ގެއްލިޖެއްޔާ އަހަންނަށް ވިއްޔަ ހޯދަންވެސް ޖެހޭނީ!” ފޫހި ފާޑަކަށް ޔޫޝައު މިހެން ބުނެލުމަށްފަހު އަނެއްކާވެސް ހިނގަން ފެށިއެވެ. ރީމް މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން އައިސް ޔޫޝައުއާއި އެއްވަރުކޮށްލިއެވެ.
“ފެނިއްޖެ ދެންމެ ތި ޖެއްސި ވައްތަރު!” ޔޫޝައު ކުރިމައްޗަށް ބަލަމުންހުރެ ބުނެލިއެވެ.
“ހެޔޮ ފެނުނަސް!” ތުން އަނބުރާލަމުން ރީމް ވަރަށް މަޑުންބުނެލިއެވެ.
“ބުނި އެތިވެސް އަޑު އިވިއްޖެ!” ޔޫޝައު އަނެއްކާވެސް ބުނެލިއެވެ.
“އަހަރެން ޖައްސާ ވައްތަރުތަކާ އަހަރެން ބުނާހާ އެއްޗެއް އަޑު އިވޭންނު އަބަދު އަހަންނަށް ސަމާލުކަން ދީގެން ހުންނަންޏާ!” ހަށަންބަނދެލަމުން ރީމް ބުނެލިއެވެ. ޔޫޝައު ރީމްއަށް ބަލައިލައިފައި އެއްބުމައަރުވައިލިއެވެ. ރީމްއަށް ބުނެވުނެ އެއްޗެއް ރީމްއަށްވެސް ފަހުމުވީ ދެނެވެ.
“ސޮރީ…” މިހެން ބުނެފައި ރީމް ހިނގައިގަތެވެ. ނަމަވެސް ޔޫޝައު ހުރީ ރީމްއަށް ބަލަހައްޓައިގެންނެވެ. ޔޫޝައުއަށް ހީނލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ދެވުފައި ކަހަލަ ގޮތަކަށް ގޮސް ރީމްއާއި އެއްވަރުކުރިއެވެ.
***
ޔޫޝައު ލަމްނާ މެންގެއިން ނުކުމެގެން ދިއުމުން ލަމްނާ އޭނަގެ ކޮޓަރިއަށް ވަދެ ފޯނު ނަގައި ނާއިފަށް ގުޅިއެވެ.
“ހަލޯ ލޯބީ!” ފޯނު ނެގުމާއި އެކު ނާއިފް ބުނެލިއެވެ.
“ލޯބީއޭ! ދެން އެހެން ގޮވައިގެނެއް ނުވާނެ! ކުރިން ދުވަހު މިގެއިން ނުކުންނަނިކޮށް ރީމްއަށް ނާއިފް ފެނުނުތަ؟” ލަމްނާ ވަރަށް ރުޅިއައިސް ހުރެ ބުނެލިއެވެ.
“ކިހިނެއް ވީ ހާދަ ރުޅި އައިއްސަ؟” ވަރަށް ސާދާ ގޮތަކަށް ނާއިފް އެހިއެވެ.
“ފުރަތަމަ އަހަރެން އެހި ސުވާލަށް ޖަވާބުދީ!” ލަމްނާ އަމުރުކޮށްލިއެވެ.
“އާން! އޭނައަށް ފެނުން! އަހަރެން ވަރަށް ނޫންކަމަށް ހަދާފަ އެތަނުން ދިޔައީ… އަހަންނަކަށް ހިއެއް ނުވޭ އޭނައަށް ކުޑަމިނުން ޝައްކު ވާނެ ހެންވެސް!” ނާއިފް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ.
“ޝައްކެއްވެސް ނުވާނެޔޭ؟ ހުވާ މި ބުނީ… އަހަރެން ރުޅި ނާރުވަ ނާއިފް! ދެން ކީއްވެތަ ފަހުން ރީމް ފެންނަ ހިސާބަށް ދިޔައީ؟ މިއަދު ހަމަ ކިރިޔަ ކިރިޔާ ޔޫޝައު އަހަންނާއި ބްރޭކް އަޕް ނުކޮށް އެދިޔީ! އަނެއްކާ އޭނައަށް ޝައްކު ވެއްޖެ އަހަރުމެން ދެމީހުން ކަމެއް އޮތްކަން!” ކޮޓަރީގެ ދެފަރާތަށް ހިނގަމުން ލަމްނާ ވާހަކަ ދެއްކިއެވެ.
“ރަނގަޅެންނު… ދެން ކީއްވެޔޯ ބްރޭކް އަޕް ނުވީ؟” ނާއިފް ފުންނޭވާއެއް ދޫކޮށްލަމުން އެހިއެވެ.
“އަހަރެން އާދޭސް ކޮށްގެން!” ލަމްނާ ބުނެލިއެވެ.
“އެ ކީއްވެގެން އާދޭސް ކުރީ؟ ލަމްނާ ބުނީމެންނު އޭނައާ ބްރޭކް އަޕް ވާން ސަބަބެން ބޭނުމޭ؟ ދެން އޭނަ އެކަން ކުރީމަ ކީއްކުރަން ކޮންމެހެން އާދޭސް ކުރަން ފެށީ؟ މިހާރު ހަތަރު ވަރަކަށް މަސްވެދާނެ އަހަރެން ލަމްނާގެ އިންތިޒާރުގަ ހުންނަތާ…” ނާއިފްގެ ވާހަކަ ހުއްޓާލަން ޖެހުނީ ލަމްނާ ހަޅޭއްލައިގަތުމުންނެވެ.
“މަޑުން ހުރޭ! އަހަންނެއް ބޭނުމެއް ނޫން ދެނެއް މި ގުޅުން ހިންގާކަށް!” ލަމްނާ ހަޅޭއްލިވިއެވެ.
“ލަމް! ކީއްވެ ކުއްލިއަކަށް ތިހެން ތިހެދީ؟” ނާއިފް އަޑުގައި ވަނީ ހާސްކަމެވެ.
“ތީ އަހަރެން ފޫހި ފިލުވަން ގެންގުޅުން އޮޕްޝަންއެކޭ!” އައި ރުޅީގައި ލަމްނާ ހުރިހާ ހަޤީޤަތެއް ކިޔާދޭން ފެށިއެވެ. ” ޔޫޝައު ވަރަށް ފަހުން ދިޔަ ތިންމަހުގެ ޓްރެއިނިންގ އަކަށް! އެތަނަށް ދިޔަފަހުން އޭނަ އަހަންނަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ އަހަންނާއި ވާހަކަ ދެއްކުންވެސް ވަރަށް މަދުވި! އެއްދުވަހު ވަރަށް ބިޒީއޭ ކިޔާގެން އަހަންނާ ވާހަކަވެސް ނުދައްކާ ހުރީ! އެހެންވެގެން އަހަރެން އޭނަ ދެކެ ފޫހިވީ! ދެން ފަހުން ފަހުން އައިސް އަހަރެން ނާއިފްއާ ވާހަކަ ދައްކަން ފެށީ… އަސްލު ފޫހި ފިލުވަން ވެގެން ނާއިފްއާ ރައްޓެހިވީވެސް! ނާއިފަށް ހީވޭތަ ޔޫޝައުހާ މުއްސަނދި މީހަކު އެއްލާލާފަ އަހަރެން ނާއިފް ފަހަތުން ދާނެހެން؟”
“މިއޮށް ހުރިހާ ދުވަހު ލަމްނާ… ލަމްނާ އަހަރެން ދެކެ ލޯތްބެއް ނުވޭ؟” ނާއިފްގެ އަޑު އައީ ކުރަކިވެގެންނެވެ.
“އާން!” ލަމްނާ ރުންކުރު ގޮތަކަށް ބުންޏެވެ.
“އަހަރެން ލަމްނާ ދެކެ ހާދަ ލޯތްބެއް ވިއޭ!… ހަލޯ؟! ހަލޯ؟! ލަމް..” ލަމްނާ ފޯނު ކަނޑައިލިއެވެ. ނާއިފަށް އިންތަނަށް ތިރިވެވުނެވެ. ހަތަރު މަސް ވޭތުވެ ދިޔައިރު ނާއިފް އެ ހުންނަނީ ލަމްނާގެ އިންތިޒާރުގައެވެ. ލަމްނާ ބުނިއްޔާ ބުނި އެއްޗެއް ގެނެސްދީގެން ނުލާހިކު ލޯބިން ނާއިފް ލަމްނާ ގެންގުޅުނެވެ. ނަމަވެސް ލަމްނާއަށް ނާއިފް ވެގެން ދިޔައީ ފެން ކައްކާ ބޮއްޔަކަށެވެ. މިހާރު ނާއިފް ހިތަށްއަރައެވެ. ކުރިން މިކަމާއި ދޭތެރޭ ވިސްނުނުނަމަ ކިހާ ރަނގަޅެއް ވީސްހެއްޔެވެ؟ ޔޫޝައުއާއި ލަމްނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގޭއިރުވެސް ލަމްނާ ފަހަތުން އުޅެވުނީ ކީއްވެހެއްޔެވެ؟ މިހާރު ނާއިފަށް ވިސްނެއެވެ. އޭނައަކީ ކިހާ ގޯސް އެކުވެރިއެއް ހެއްޔެވެ؟ ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާނީވެސް ކިހާ ގޯސް އެކުވެރިއަކަށް ވީމަ ހެއްޔެވެ؟
ދުވާލު ދަންފަޅި ނިމި ރޭގަނޑުގެ ރާނީ ކަމަށްވާ ހަނދު ޖައްވުގައި ރަނިކަން ކުރަނީއެވެ. ޔޫޝައު އޮތީ އޭނަގެ އެނދުގައި އޮށޯވެލައިގެން ފުން ވިސްނުމެއްގައެވެ.
“ލަމްނާ އަހަރެން ބްލެކް މެއިލް ކުރިއްޔޭ ކިޔާފަ އަހަރެން ޖެހޭތަ އޭނަ ބުނާހާ ގޮތެއް ހަދަން؟ އަހަރެން ރީމް ގާތު އެވާހަކަ ބުންޏަސް ލަމްނާ އަކަށް ނޭނގޭނެ އެންނު އެއްވެސް ކަމެއް! ލަމްނާ ގެއްލުމެއް ދޭ ވާހަކަ ބުނެފިއްޔާ އޭނަ ދީފާނެ… ކާކު އެއީ؟ އެހެންމަ އަހަރެން ޖެހޭނެ ވަރަށް ބަލައިގެން އުޅެން! މިހާރު ބުނަންވީ ދޯ… ގަޓު ލިބިފަ ހުރި ވަގުތުގަ ގޮސް ބުނީމަ ބުނެވޭނީ! ކިހިނެއް ބުނާނީ… ޔެސް! ރީމްގެ ނަމްބަރު!” ޔޫޝައު އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން އެނދުން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ ފޯނު ނަގައި ރޭ ސޭވް ކުރި ނަމްބަރަށް ގުޅާލިއެވެ.
“ހަލޯ” އެކޮޅުން ވާހަކަ ދެއްކީ ހުދާއެވެ. ވަގުތުން ޔޫޝައު ފޯނު ބޭއްވިއެވެ. އަނެއްކާވެސް ޔޫޝައު އެ ނަމްބަރަށް ގުޅާލިއެވެ. މިފަހަރުވެސް ފޯނު ނެގީ ހުދާއެވެ. އެހެންކަމުން ޔޫޝައު ފޯނާއި އެއްކޮށް އެނދަށްޖެހިގަތެވެ.
“ދޮންތަ އަނެއްކާ އަހަންނަށް ލަނޑެއް ދިނީތަ؟” ޔޫޝައު ހިތަށް އެރިއެވެ. އަދި ރީމް ގުޅާނެ އިރަކަށް އިންތިޒާރު ކުރިއެވެ. އިރުކޮޅެއް ވީ އިރުވެސް ރީމް ނުގުޅާތީ ޔޫޝައު ރީމްއަށް މެސެޖެއް ފޮނުވައިލިއެވެ.
“ހާއި… މީ ޔޫޝައު… ވަރަށް އަވަހަށް ބޭރަށް އައިސްބަލަ! އައި އޭމް ވެއިޓިންގ!” ޔޫޝައު މެސެޖު ފޮނުވައިލައިފައި ބޭރު ޖޯލިފަތީގައި އިށީންދެލިއެވެ. އިރުކޮޅެއް ފަހުން ރީމް އައިސް ޔޫޝައުއާއި ޖެހިގެން އިން ޖޯލީގައި އިށީންދެލިއެވެ.
“ކިހިނެއްވީ؟” ރީމް އެހިއެވެ. ޔޫޝައުއަށް ރީމްއާއި ދިމާލަށް ބަލަން އިނދެވުނީއެވެ. ހަނދުގެ އަލިކަން ރީމްގެ މޫނުމައްޗަށް އެޅިފައިވާއިރު ބަލާ ފޫހި ނުވާނެއެވެ. އެވާހެސް ރީމް ލޯތްބެވެ. ޔޫޝައުއަށް ރީމްއާއި ދިމާލަށް ބަލަން އިނދެވުނީ ކަޅިވެސް ޖަހާނުލައެވެ.
“ޔޫޝައު؟” ރީމް ޔޫޝައުއަށް ގޮވައިލުމުން ސިހިފައި ކަހަލަ ގޮތަކަށް ޔޫޝައު އޮއިލިއެވެ.
“ރީމް އަހަރެން ބުނާ ވާހަކައެއް ގަބޫލު ކުރާނަންތަ؟” ރީމް އިން ފަރާތަށް އެނބުރެ އިނދެ ޔޫޝައު އަހައިލިއެވެ. ޖަވާބު ދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލިއެވެ.
“ޔެސް ޔޫ ވާ ރައިޓް! ލަމްނާ ބްލެކް މެއިލްޑް މީ!” ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ. “އިޝާރާތް ކުރިން އެތަނުން ނުކުމެފަ އަނެއްކާ ވަދެފަ… އެކަމް ރީމް ހުރީ އަނެއްފަޅިއަށް އެނބުރިގެން!”
“އަޅޭ! އަހަރެންވެސް ޖެހޭ ވިއްޔަ ފޮނިވެގެން އަނެއްފަރާތަށް އެނބުރެން!” ރީމް ބޭނުންވީ ޔޫޝައު ހެއްވާލާށެވެ. އެކަން ރީމްއަށް ވަރަށް ރަނގަޅަށްވެސް ކާމިޔާބު ވިއެވެ.
“އޭ! މަޑު މަޑުން!” ޔޫޝައު ބުނެލިއެވެ.
“އުޕްސް… ސޮރީ… ކީކޭ ކިޔައިގެން ލަމްނާ ބްލެކްމެއިލް ކުރީ… ނޫން ފުރަތަމަ ވީގޮތް އެއްކޮށް ކިޔާދީ!” ރީމް ބުންޏެވެ. ޔޫޝައު ވީހުރިހާ ކަންތަށް އަލިފުން ޔާޔަށް ކިޔައިދިނެވެ. މި ހުރިހާ ވާހަކަ ތަކުން ރީމް ހުރީ ހަމަ ރަނގަޅަށްވެސް އަންތަރީސްވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ރީމްއަށް ޖެހުނީ އެހެން އިންނާށެވެ.
“އަހަރެން ހިތަކަށް ނާރާ ލަމްނާ އެއީ އެވަރުގެ އަންހެނެއް ކަމެއް! އަހަންނަށް އަދިވެސް ނޭނގޭ ކަމަކީ ލަމްނާ ނާއިފްއާ ހެދި އުޅޭއިރު ކީއްވެހޭ ޔޫޝައު ދޫނުކުރަނީ!” ރީމްއަށް ބުނެވުނެވެ. ބުނެވުނު އެއްޗަކުން ރީމް ޔޫޝައުއާއި ދިމާލަށް ބަލައިލިއެވެ.
“ހާދަ ވަރަކަށް ތިބަލަނީ… ރުޅިއެއް ނާންނަމޭ!” ޔޫޝައު ހަމަޖެހިލަމުން ބުނެލިއެވެ.
“އެހެންތަ… އެހެންމަ ނުޖެހޭނެ ދޯ ޕްރޫފް ކޮށްދޭކަށް!” ރީމް އަހައިލިއެވެ.
“ޖެހޭނެ! އިޓްސް ނޮޓް އޮންލީ އެބައުޓް ލަމްނާ… ނާއިފްވެސް މީގަ އުޅޭތީވެ އައި ވޯންޓު ޓު ނޯ!” ވިއްސާރަ ވިލާތަކުން ފޮރުވެން ގާތްވެފައިވާ އުޑަށް ބަލަން އޮވެ ޔޫޝައު ބުނެލިއެވެ.
“ހިނގާބަލަ!” ޔޫޝާއު ކޮޅަށް ތެދުވަމުން ބުނެލިއެވެ.
“ލަމްނާމެން މީހަކަށް ފެނިއްޖިއްޔާޔޯ؟” ކޮޅަށް ތެދުވެލަމުން ރީމް އަހައިލިއެވެ.
“ނުފެންނާނެ… ލަމްނާއަކީ ރޭގަނޑު ބޭރަށް ނުކުންމީހެއް ނޫން!” ޔޫޝައު ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ. ދެމީހުންވެސް އެކުއެކީ ހިނގައިގަތެވެ. ޔޫޝައު މިސްރާބުޖެހީ ރަށު ގެސްޓު ބީޗާއި ދިމާލަށެވެ. ހޮސްޕިޓަލާއި ސުކޫލު ފަހަނައަޅައި ގޮސް ޔޫޝައު ވަނީ ގެސްޓް ބީޗަށެވެ. ދުވަސްވަރަކީ ގެސްޓުން އައުން މަދު ދުވަސްތަކަށް ވުމުން އެ ބީޗަށް އާންމުންނަށް ވަދެހަދައި އުޅެވެއެވެ. ބީޗަށް ވަދެވެން އިންނަ ހިމަ މަގުން ރީމްއާއި ޔޫޝައު ބީޗަށް ވަދެގެން ދިޔައެވެ. ކުޑަތަންކޮޅަކަށް ހިނގާލުމަށްފަހު އެތާ ބަހައްޓައިފައި ހުރި ސަންބެޑުތަކުގައި ރީމްއާއި ޔޫޝައު އިށީންދެލިއެވެ.
“ރީމް… ލަމްނާ ބުނި…” ޔޫޝައުއަށް ހުއްޓަން މަޖުބޫރުވީ ވާރެ އޮއްސައިލަން ފެށުމުންނެވެ.
“އޭ! އެއޮށް އޮއްސައިގަތީ… ހިނގާ ދާން!” ރީމް ތެދުވަމުން ބުނެލިއެވެ. ފަހަތަށް އެނބުރެ ރީމް ހިނގައިގަންނަން އުޅެނިކޮށް ޔޫޝައު ރީމްގެ އަތުގައި ހިފިއެވެ. ރީމްއަށް ވީގޮތެއްވެސް ނޭނގުނެވެ. ހިތުގެ ވިންދު އަވަސްވެ ރީމްގެ އަތްފައި ފިނިވެގެން ދިޔަކަހަލައެވެ. އިސާހިތަކު ކެރިގަނޑު އޮއްސައިގަތީ އެޔެއް މިޔެއް ނުބަލައެވެ. ވައިވެސް ގަދަވާން ފެށިއެވެ. ޔޫޝައު ރީމްއާއި ކުޑަކޮށްގާތްވެލިއެވެ. އަދި ރީމް އަނެއްއަތުގައިވެސް ހިފައި ބާރުކޮށްލިއެވެ. އެވަގުތަކީ ދެމީހުންގެވެސް ހަތަރު ކަޅި ހަމަވި ވަގުތެވެ. ޔޫޝައުއަށް ދުވަހަކުވެސް ނުކުރެވޭ ކަހަލަ އިޙްސާސެއް ވެގެން ދިޔައެވެ. ރީމްގެ ދެލޮލަށް އަބަދުމެ އަބަދަށް ގެއްލިފައި އިންނަން އޭނަ ބޭނުންވިއެވެ. ހީކަރު ވުމުގެ ސަބަބުން ރީމްގެ ފިޔާތޮށި ކުލައިގެ ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ރީމް… ލަމްނާ ވިލް ހާރޓް ޔޫ އިފް ޝީ ނޯސް ޔޫ ނޯ އެބައުޓް އޯލް ދީސް! އަހަރެން ބޭނުމެއް ނޫން ރީމްއަށް އެއްވެސް ގެއްލުމެއް ވިޔަ ދޭކަށް! އެހެންމަ ވަރަށް ބަލައިގެން އުޅޭތި… ބޭރަށް ދިޔަޔަސް ދާނީ އަހަންނާއި އެއްކޮށް! އައި ޑޯންޓް ވޯންޓް ޓު ޓޭކް އެނީ ރިސްކް ފޯ ދަ ސޭކް އޮފް ޔުއަރ ލައިފް! ވަރަށް ބޮޑަށް ސޮރީ… ކުރިންދުވަހު ރީމްގެ އަތުގައި ބާރަށް ހިފުނީމަ… އަދި ރީމްއާއި ތަންކޮޅެއް ބާރަށް ވާހަކަދެއްކުނީމަ! ޕްލީސް ފޮގިވް މީ! ރީމް ޕްލީސް ފޮގިވްމީ!” ޔޫޝައުއަށް ރޮވެން ފެށުނެވެ.
“ޔޫޝައު… ނުރޮއިބަލަ… ޔޫޝައު ރޯތަން ފެނުނީމަ ހާދަ ދެރައެއް ވެޔޭ… އައި ފޮގިވް ޔޫ! އިނގޭތަ ދާނިޝްގެ ފަހުން އަހަންނާއި ތިހާ ލޯބިން ވާހަކަ ދެއްކީ އަދި ޔޫޝައު އެކަނި! އަހަރެން ޔޫޝައުއަށް އިތުބާރު ކުރަން! އިންޝާﷲ… އަބަދުވެސް ކުރާނަން! އަހަންނަށް އިނގޭ ޔޫޝައު އަހަންނަށް އެއްވެސް ގެއްލުމެއް ވިޔަ ނުދޭނެކަން! އަހަރެން މި ވާހަކަ ބާއްވާނީ ސިއްރު ކޮށްފަ!” ރީމްއަށް އުފަލުން ރޮވުނެވެ. ޔޫޝައު ރީމްގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ. ދެން ދުވަހަކުވެސް ދޫކޮށްފައި ނުދާނަމޭ ބުނާ ފަދައިންނެވެ. ޔޫޝައު ބޭނުމީ އަބަދުވެސް ރީމް އޭނާ އަތުތެރޭގެ ހިމާޔަތް ކަންމަތީ ބާއްވާށެވެ.
“ދެންވެސް ހިނގާދާން! ތިއޮށް މިހާ ހީކަރުވާ ގަނެގެން ވާނެ އެއްޗެއް ވަނީ!” ޔޫޝައު ރީމް ދުރުކޮށްލަމުން ބުނެލިއެވެ. ރީމްއަށް ހެވުނެވެ.
“ބައި ދަ ވޭ… ހޫ އިސް ދާނިޝް؟” ލާނެތް ފާޑަކަށް ޔޫޝައު އަހައިލިއެެވެ.
“ވިލް ޓެލް ޔޫ ލޭޓާ!” ރީމް ވާހަކަ ހިންދާލިއެވެ.
“ހިނގާ ރޭސް ޖަހަން!” ރީމް ބުނެލިއެވެ.
“މިވަގުތު؟’ ޔޫޝައު އެހިއެވެ. “ލަމްނާއަށް ފެނިއްޖެއްޔާ؟”
“ތިހުރީ އެންނު މައި ގާޑިއަން!” ހެވިފައި ހުރެ ރީމް ބުނެލިއެވެ.
“އަހަރެން އެއްވަނައަށް ދާނީ!” މިހެން ބުނެ ރީމް ދުއްވައިގަތެވެ.
“އެހެނެއް ނުވާނެ!” ޔޫޝައުވެސް ރީމް ފަހަތުން ދުއްވައިގަންނަމުން ބުނެލިއެވެ. ދެމީހުންވެސް ސަކަރާތުގައި ފަހަރަކު މަގެއް ގިރާ ކުރުމަށްފަހު ގެއަށް ވަނެވެ. ހެވިދިއްލިފައިވާ ޔޫޝައުއާއި ރީމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ކުރިމަތިން ފެނުނު މީހުންގެ ސަބަބުންނެވެ.
16 ވަނަ ބައި
“އެހެނެއް ނުވާނެ!” ޔޫޝައުވެސް ރީމް ފަހަތުން ދުއްވައިގަންނަމުން ބުނެލިއެވެ. ދެމީހުންވެސް ސަކަރާތުގައި ފަހަރަކު މަގެއް ގިރާ ކުރުމަށްފަހު ގެއަށް ވަނެވެ. ހެވިދިއްލިފައިވާ ޔޫޝައުއާއި ރީމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ކުރިމަތިން ފެނުނު މީހުންގެ ސަބަބުންނެވެ. ކުރިމަތީގައި އުނަގަނޑުގައި އަތް ވިއްދައިލައިގެން އެހުރީ އައިނާއާއި ހުދާއާއި ޒިއުނީއެވެ. އެމީހުން ތިބީ ލާނެތް ފާޑަކަށް އެދެމީހުންނާއި ދިމާލަށް ބަލާށެވެ. ރީމްއާއި ޔޫޝައު އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންވެސް ތިބީ ހީކަރުވައިގެނެގެން ގޮސް ވާނެ އެއްޗެއް ވެފައެވެ.
“ދަރިފުޅާ! ދެން މީ މީހުން ވާރެޔާ ތެމެން ދާ ގަޑިއެއްތަ؟” ފަހަތުން ދެ ތުވާލި ހިފައިގެން އައި މަރިޔަމް ބުނެލިއެވެ.
“އެހެންޏަ! ރީމްއާ ޔޫޝައު ނުފެނިގެން ހޯދާތާ ކޮން އިރެއް މިހާރު! ކޮންތާކަށް ގޮއްސަ ތިއައީ؟” އައިނާ ރީމްއާ ޔޫޝައު ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން އަހައިލިއެވެ.
“މީ… މީ ރީމް ބުނީ ބޭރަށް ދާން ބޭނުމޯ!” ޔޫޝައު އަވަހަށް ބުނެލިއެވެ. އަދި ރީމްއަށް އެއްލޯމަރާލިއެވެ.
“އޭނ؟ އެ ދޮގެއް!” ރީމް ބުންޏެވެ. ވައްކަޅިން ޔޫޝައު އާ ދިމާލަށް ބަލައިލަމުން ރީމް ތުން ދަމާލިއެވެ.
“އަހަރެން ކީއްކުރަން ދޮގު ހަދަންވީ؟” ޔޫޝައު އަނެއްކާވެސް ބުނެލިއެވެ.
“ހުމްމް… ދެން ހެވޭ! އަހަރުމެންނަށް އިނގެޔޭ ކޮންތާކަށް ގޮއްސަ ކަން ތި އައީ!” ޒިއުނީ ލާނެތް ފާޑަކަށް ބުނެލިއެވެ. ރީމް ހުރީ ލަދުން ވިރޭ ވަރުވެފައެވެ. އެންމެންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައީ އެއްފަހަރާއެވެ. މަރިޔަމް ލޯބިން ފުރިފައިވާ ނަޒަރަކުން ރީމްއާއި ޔޫޝައުއާއި ދިމާލަށް ބަލަން ހުއްޓެވެ.
“ސުބުހާނަﷲ! ހާދަ ވަރެއް އަރުވާލާފަ!” ގޭ ދޮރު މަތީ ހުރި ސުމައްޔާ ބުނެލިއެވެ.
“ތިއްތަވެސް!” ޔޫޝައު ބުނެލިއެވެ.
“އާން! މާ ވަރަކަށް ހޭ އަޑު އިވޭތީ އައި އިރު ތި ތިބީ ތި ދެމީހުންނަށް ވެފަ ހުރި ވަރު! ވާރެ ތެމެން ދިޔައީތަ؟” ސުމައްޔާވެސް ޖެއްސުން ކޮށްލިއެވެ. ރީމް އިތުރަށް އެތާ ހުރެފިއްޔާ އޭނަ ލަދުން ގޮސް ހަލާކު ވާނެކަން ރީމްއަށްވެސް އެނގެއެވެ. އެހެންކަމުން އަވަސް އަވަހަށް ރީމް ގޭތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅެއް ފަހުން ޔޫޝައުވެސް އޭނަގެ ކޮޓަރިއަށް ވަނެވެ. ދެމީހުން އުޅުނު ވައްތަރުން އެންމެންވެސް އެތާ ތިބެ ދެއްކީ އެވާހަކައެވެ.
“ދައްތާ!” ޒިއުނީ ގޮވައިލިއެވެ. “ކޮންމެވެސް ކަމެއް އެބަ އުޅޭ! ރަނގަޅަށް ބަލާތި!”
“ހަހަހަ! ދައްތައަށް ވެސް ހީވެޔޭ!” ހިނިގަނޑެއް ޖަހައިލަމުން މަރިޔަމް ބުނެލިއެވެ.
“މަންމާ! އަދިވެސް ބައްޕައާ ތިއްތަބެއެއް ނާދޭތަ؟” އައިނާ އުނދޯލީގައި ތިބި ޒިއުނީއާއި ހުދާ ގާތު އިށީންނަމުން އެހިއެވެ.
“އާން! ކޮންމެވެސް މީޓިންއަކަށް އަތޮޅު އޮފީހަށް ގޮސްވީ!” ގެޔަށް ވަންނަމުން މަރިޔަމް ބުނެލިއެވެ.
“އޭ! އައިނާ! މި ޔޫޝައުއާ ރީމް އުޅުނީ ރުޅި އައިސްގެނެއް ނޫންތަ؟” ހުދާ އެހިއެވެ.
“ތިއެށް ވާ އެނގޭނީ އެދެމީހުންނަށް!” އައިނާ ބުނެލިއެވެ.
ހޫނު ފެނުން ފެންވަރައިލައިގެން ރީމް ނުކުތީ ބޯހިއްކަމުންނެވެ. އެ ދިގު ރާޅު ބާނީ އިސްތަށިގަނޑުގައި ތުވާލި އޮޅާލައިފައި ހިއްކަން ބެހެއްޓިއެވެ. ލައިގެން ހުރި ރޮނގުދެމި އަތްދިގު ޓީޝާޓުގެ އަތްކުރި ރަނގަޅު ކޮށްލަމުން ރީމް ލޯގަނޑު ކުރިމައްޗަށް އެރިއެވެ. މިރޭ ވީ ކަންތަކާއި ދޭތެރޭ ވިސްނާލުމުން ރީމްގެ ދެކޯ ރަތްވެގެން ދިޔަތަން ޙުދު ރީމްއަށްވެސް ފެނުނެވެ.
“އޯއެމްޖީ! އޭމް އައި ބްލަޝިންގ؟” ރީމް ކޮލުގައި އަތް އަޅާލަމުން ބުނެލިއެވެ. އަވަސް އަވަހަށް ރީތި ވެލައިގެން ބޮލުގައި ހުޅިއެއް ޖަހާލުމަށްފަހު ބުރުގާ ބޮލަށް ހެޔޮވަރުކުރަމުން ރީމް ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަދެ ފެންފޮދެއް ބޯލުމަށްފަހު ރީމް މިސްރާބު ޖެހީ އައިނާމެން ގާތަށް ދިއުމަށެވެ. ރީމް ބޭރު ދޮރާއި އަރާ ހަމަވި ތަނާހެން ޒިއުނީ ބާރުބާރަށް ކަރު ކެހިލިއެވެ. އެކަމާ އަޅާނުލާ ރީމްވެސް އެތިން މީހުން އިށީންދެގެން އިން އުދޯލީގައި އިށީންދެލިއެވެ. އެވަގުތު ވާރޭ ވެހުން ކުޑަކޮށް ނަމަވެސް މަޑުކޮށްލައިފިއެވެ.
“ކޮބާ ޔޫޝައު؟” ހުދާ ވަރަށް ނޫން ކަމަށް ހަދާލައިފައި އަހައިލިއެވެ.
“މިއޮތީ ޖީބު ތެރޭ!” އައި ރުޅީގައި ރީމްލައިގެން ހުރި ޖޮގާރ ގެ ޖީބު ދައްކަމުން ރީމް ބުނެލިއެވެ. އެންމެންވެސް ފެށީ ހޭށެވެ.
“ހަހަހަ! ރީމް ދެޓް ވޯސް އަ ނައިސް ވަން އިނގޭ!” އައިނާ ހެމުން ހެމުން ބުނެލިއެވެ. އެތިން މީހުން އުޅުނު ވައްތަރުން ރީމްވެސް ހިނިއައެވެ.
“ޒިއުނީ މަދުވީތަ ހުދާވެސް ތިހެން ތި އުޅެނީ؟” ރީމް އަހައިލިއެވެ.
“އާން! ދެން އަދި އައިނާވެސް ފަށާނެ!” ހުދާ މިހެން ބުނެލުމުން އަނެއްކާވެސް އެންމެން ހީނަން ފެށިއެވެ.
“އާން! އަހަރެންވެސް ފަށާނަން!” އައިނާވެސް ހުދާއާއި ބައިވެރިވެލުމަށް ބުނެލިއެވެ.
“ހުވާ މި ބުނީ… މަ ހީ ހީ ހަލާކު!” ޒިއުނީވެސް ހޭންފެށިއެވެ.
“އަޅެ ކީއްވެތަ ތިހާވަރަށް ތި ހެނީ؟ މިތާ މީހަކު ލާފިންގ ގޭސް ގެންގުޅެނީތަ؟” ރީމް އެހިއެވެ.
“އައްދެ އައްދޭ! ހާދަ ވަރަކަށް ތި ހެނީ؟” ދުވަމުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަން ހަސަނު އެހިއެވެ.
“ބައްޕާ! ހޭނެއެންނު… މި ރީމް ވަރަށް މޮޅު ވާނެ ހެއްވަން!” އައިނާ ހެމުން ބުނެލިއެވެ.
“ތި ހެއްވާ ގޮތަށް އަހަރުމެންވެސް ހެއްވާލަ ބަލަ!” ފަހަތުން ވަން ނާހިލްވެސް ބުނެލިއެވެ.
“ނޭނގެ އަޅުގަނޑަށް ކިޔުނު އެއްޗެއްވެސް! މި މީހުން ތިބެނީ ދިމާކޮށްފަ ހޭން ފުރުސަތަކަށް ބަލަ ބަލަ ވިއްޔަ!” ރީމް ބުނެލިއެވެ.
“މިރޭ އަވަހަށް ނުނިދައްޗޭ! މިރޭ ވާނެ ބިރުވެރި ފިލްމެއް ބަލަން! ޕިއްޒާވެސް އޯޑަރު ކޮށްފަ މިއައީ… ދޯ ބައްޕާ!” ނާހިލް ހަސަނަށް ދޯ ދެމުން ބުނެލިއެވެ.
“އާން! ޕިއްޒާ ގެނައީމަ ހިފައިގެން ވަދޭ އިނގޭ!” ހަސަން ގެއަށް ވަންނަމުން ބުނެލިއެވެ.
“އޭ! ހަސަންބެ ހާދަ ކޫލް އޭ ދޯ؟” ޒިއުނީ އަހައިލިއެވެ.
“އާން! ކޫލް ވަނެ އެންނު! މާލެ އުޅުނުއިރު ކޮންމެ ހުކުރު ވިލޭރެއަކީ ކޮންމެވެސް ފިލްމެއް ބަލާރެއެއް! ވަރަށް މަޖާ ދުވަސްތަކެއް ދޯ އެއީ!” އައިނާއަށް ނިތްއަރުވައިލަމުން ރީމް އެހިއެވެ.
“އާން! އަދި ޔޫޝައު ހުރިނަމަ އެއަށް ވުރެވެސް މަޖާވީސް!” އައިނާ ލާނެތް ފާޑަކަށް ބުނެލިއެވެ.
“ދެން ޕްލީސް! ދަނީ! ޕިއްޒާއައީމަ ގޮވާތި!” ރީމް ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
“ލަދުވެސް ގަނޭޔޭ ދޯ!” ޒިއުނީ ބުނެލިއެވެ.
ރީމް ކޮޓަރިއަށް ދިޔަގޮތަށް ގޮސް އެނދުގައި ބަންޑުން އޮށޯވެލިއެވެ. އަދި ފޯނު ނަގައި އޮންލައިން ވެލިއެވެ. އޮންލައިން ވެލި ތަނާހެން ފޯނަށް ނޮޓިފިކޭޝަންއެއް އައެވެ. އޭގައި ބުނާގޮތުން ނަމަ ޔޫޝައު ވަނީ ރީމްއަށް އިންސްޓަގުރާމުގައި ފޮލޯ ކޮށްފައެވެ. އަވަސް އަވަހަށް ރީމްވެސް ޔޫޝައުއަށް ފޮލޯ ކޮށްލިއެވެ. އަދި ޔޫޝަގެ ފޮޓޯތަށް ބަލަން ފެށިއެވެ.
“ފިސާރި މޮޑެލް ފަށެއް ކޮށްލައޭ ދޯ؟” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދައްކަން ފެށިއެވެ. “މީނަ ގާތުން ފޮޓޯ ނަގަން ދަސްކުރަންވީ!”
އެހެން ފަހަރަކު ފޮޓޯއެއް ބަލަމުން ބަލަމުން ގޮސް ރީމްގެ ލޮލުގައި އަޅައިގަތީ މީގެ ދޮޅު އަހަރު ކުރިން ބޮޑު ޢީދުގައި ލަމްނާއާއި ޔޫޝައު ނަގައިފައި އިން ފޮޓޯއަށެވެ. އޭގެ ކެޕްޝަންގައި އިނީ “20.8.18 އެންޑް ފައިނަލީ ޝީ ސެޑް ޔެސް!” މިހެން ލިޔެފައެވެ. މިއީ އެދެމީހުން ރައްޓެހި ވި ދުވަސްކަން ރީމްއަށް ދެނެގަނެވުނެވެ. އިތުރަށް ބެލުމުން މި ފޮޓޯ ވަނީ ނާއިފް ޔޫޝައުއަށް ޓެގު ކޮށްފައިކަންވެސް އެނގުނެވެ.
“ނާއިފް ކީއްވެތަ އެހެން އެ ހެދީ؟ އަދި މިކަންތަށް ޖެހޭޔޭ ޔޫޝައުއަށް ޕްރޫފް ކޮށްދެންވެސް! އެކަމު ޔޫޝައުއަށް ހަޤީޤަތް އިނގިޖެއްޔާ އޭނަ ކިހާ ދެރައެއް ވާނެ!” ރީމް ވާހަކަދެއްކިއެވެ. ރީމް ސިއްސައިގެން ދިޔައީ ޒިއުނީ އޭނަގެ ފޯނު ޖަހައިގަތުމުންނެވެ.
“ހުދާ! އައިނާ! ބަލާބަލަ ރީމް މިއޮށް ކުރާ ކަމެއް!” ޒިއުނީ އަޑުގެ ނެތްކޮޅަށް އެދެމީހުންނަށް ގޮވިއެވެ.
“އޭ! ޒިއުނީ ފޯނު ދޭންވީ! އަވަސް!” ރީމް ޒިއުނީ އަތުން ފޯނު އަތުލަން މަސައްކަތް ކުރިއެވެ.
“ކިހިނެއް ވެގެން ތި އުޅެނީ؟” ހުދާ ކޮޓަރިއަށް ވަދެ އަހައިލިއެވެ.
“ބަލަ ރީމް ޔޫޝައުގެ އިންސްޓާ ސްޓޯކް ކުރަނީ!” ޒިއުނީ ނިކަން ހެވިލައިފައި ހުރެ ވާހަކަ ދެއްކިއެވެ.
“ދޮގު!” ހުދާވެސް އައިސް ފޯނު ބަލަން ފެށިއެވެ.
“ދެން ފޯނު ގެނެ! މިހާރު އޮންނާނީ ވާ ވަރަށް ބެލިފަ!” ރީމް ބުނެލިއެވެ.
“އެކަމު ރީމް! ތިހެން އުޅެންޏާ އަހަރުމެންވެސް ދިމާ ކުރާނެ ދޯ!” ޒިއުނީ ބުނެލިއެވެ.
“ދެންވެސް ހިނގާ ދާން! އެންމެން އެބަ ތިބި ރީމް އަންނަންދެން!” ހުދާ ބުނެލިއެވެ. ރީމް މެންވެސް ލަސްނުކޮށް ސިޓިންގރޫމަށް ހިނގައިގަތެވެ. ބޮޑެތި ހުރިހާ އެންމެން ތިބީ ސޯފާގައި އިށީންދެގެންނެވެ. ރީމްއާއި އައިނާއާއި ހުދާއާއި ޒިއުނީ އަދި ޔޫޝައުމެން ތިބީ ބިންމަތީ އިށީންދެގެންނެވެ. ހިންދީ ފިލުމު “ސްތްރީ” އަޅުވައިގެން އެންމެންވެސް ޕިއްޒާ ކައިފައި ކޯކު ބޮނީއެވެ. ސިޓިންގރޫމުގެ ލައިޓުތަށް ނިއްވައިގެން ތިބިއިރު ތަނުގައި ހުރި އަލިކޮޅެއްވިއްޔާ އެޅެނީ ޓީވީންނެވެ. އެވަގުތު ވަރަށް ބޯކޮށް ވާރޭ ވެހި ވިދާ ގުގުރަމުން ދިޔައެވެ. ބިރުވެރި ފިލްމެއްގެ މާހައުލު ބިރުވެރިވަނީވެސް މިވަރަށެވެ. ޔޫޝައު އިނީ ރީމް ގާތުގައި އިށީންދެގެންނެވެ. ރީމް އިރު އިރު ކޮޅަކާހެން ފެންނަ ބިރުވެރި މަންޒަރުތަކުގެ ސަބަބުން ލޮލުމަތީގައި އަތް އަޅައެވެ. ހުދާއާއި ޒިއުނީއާއި ސުމައްޔާގެ ހާލަކީވެސް ހަމަ މިއެވެ. ނާހިލްއާއި ހަސަނާއި މަރިޔަމާއި ޔޫޝައުއާއި އައިނާއަށް ކަމެއް ވާހެނެއްވެސް ހީނުވެއެވެ. ރީމް އަކީ ބިރުވެރި ފިލްމު ބަލަން ކިތަންމެ ބިރު ގަންނަ މީހަކަސް ބިރުވެރި ފިލްމުތަށް ބަލަން ނިކަން ފޯރިވެސް ހުންނަ މީހެކެވެ. މި ފިލްމަކީ މަޖާ ފިލުމަކަށްވެސް ވުމުން ރީމްގެ ހިތަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ކުއްލިއަކަށް ފެނުނު “ޖަމްޕް ސްކެއަރ”އެއްގެ ސަބަބުން ރީމްއަށް ހަޅޭއްލަވައިގަނެވުނެވެ.
“ރީމް… އޯކޭތަ؟” ނާހިލް ހެވިފައި ހުރެ އެހިއެވެ. އިރުކޮޅެއް ވަންދެން އެންމެންވެސް ރީމްއަށް ވީގޮތުން ހީ ސަކަރާތް ޖަހަން ތިބެފައި އަނެއްކާވެސް ފިލްމަށް ސަމާލުކަން ދިނެވެ. ދެއްކި ބިރުވެރި ތަންކޮޅަކާއި އެއްކޮށް ކަރަންޓު ގޮސް މުޅިތަން އަނދިރިވެގެން ދިޔައެވެ. މީހެއްގެ ލޮލަށް އިނގިކޮށްޕާލެވުނަސް ނޭނގޭހާ ވަރަށް މުޅި ތަނުގައި ވަނީ އަނދިރިކަމެވެ. ކަރަންޓު ގޮސް އިރުކޮޅެއް ވުމާއިއެކު ވަރަށް ބާރަށް ގުގުރައިލިއެވެ. ގަތް ބިރުން ރީމްއަށް ހަޅޭއްލައިގަނެވުނެވެ. އަދި ގާތުގައި އިން ޔޫޝައުގެ އަތުގައި ހިފާބާރުކޮށްލިއެވެ. ރީމްއާއި އެކު ހުދާއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. ގުގުރިއާއި ވިދިގެން ވިދާލި ވިދުވަރުން މުޅި ތަން އަލިވެގެން ދިޔައެވެ. ރީމް އޭނާގެ ދެލޯ މަރައި ތަގުޅި ކޮށްލިއެވެ. އިރުކޮޅަކުން އިވިގެން ދިޔަ ކުޑަކުއްޖެއްގެ ރުއިމުގެ އަޑާއިއެކު ރީމް އިތުރަށް ޔޫޝައުއާއި ގާތްވެލައި ޔޫޝައުގެ އަތުގައި އިހުނަށް ވުރެ ބާރަށް ހިފިއެވެ.
“އެއީ އައިރީންއޭ! ހަމަޖެހޭ! އެބަ އަންނަން އޭނަ ހަމައަކަށް އަޅުވާފަ!” ހުދާމެންވެސް ބިރުން އުޅޭތީ ނާހިލް ފޯނުން ފްލޭޝް ދިއްލުމަށްފަހު އޭނަގެ ކޮޓަރިއަށް ހިނގައިގަތެވެ.
“ޔޫޝައު! ފްލޭޝް ދިއްލަބަލަ!” ރީމް ވައިއަޑުން ބުނެލިއެވެ.
“ޔޫޝައު އެއީ ކާކު؟” ރީމް ބިރުން ގަންފައި އިނުމުން ޔޫޝައު ބޭނުންވީ ސަމާސާކޮށްލާށެވެ.
“ދެން ޔޫޝައު ސަކަރާތް ނުޖަހާ އަވަހަށް ފޯނުން ފްލޭޝް އޮންކޮށްބަލަ ހެޔޮނުވާނެ!” ރީމް އަވަހަށް ބުނެލިއެވެ. އައިނާއަށް ރީމް ބުނި ވާހަކަ އަޑުއިވި ރީމްއާއި ދިމާލަށް ފްލޭޝް އަލިކޮށްލިއެވެ. އެންމެންނަށްވެސް ރީމް އިން ގޮތް ފެނި ހޭންފެށިއެވެ. ޔޫޝައު އިނީ ރީމް އިން ގޮތުން ގުޑިލަންވެސް ނުކެރިފައެވެ. ދެފައި ގަޔާއި ކައިރިކޮށްގެން އިން ރީމް އިނީ ވާއަތުން ޔޫޝައުގެ ކަނާތު އަތް ވަށައިލައިފެވެ. އަދި ހަމައެ އަތުން ވާތުކަންފަތުގައި އަތްއަޅައިގެންނެވެ. އަނެއް އަތުންވެސް ރީމް އިނީ ކަންފަތުގައި އަޅައިގެންނެވެ. ދެލޯމަރައި ތަގުޅިކޮށްލައިގެން އިން އިރު ރީމް ހީވަނީ ބޮޑުބިރެއް ފެނިގެން އިންހެންނެވެ. ރީމް އިތުރަށް ބިރުގަންނަވަން އެންމެންވެސް ބޭނުންވިއެވެ. އެހެންކަމުން އެންމެންވެސް ތިބީ ހިނިގަނޑު ބަނޑުތެރޭގައި ހިންދައިގެންނެވެ.
“ޔޫޝައު ދޭބަލަ ކަރަންޓު ބޯޑު ބަލާލަން! ސްވިޗު ވެއްޓިފަ އިނދެދާނެ!” ކަރަންޓު ނައިސް ލަސްވުމުން ސުމައްޔާ ބުނެލިއެވެ. ޔޫޝައު ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ރީމް ޔޫޝައު ތެދުވުމާއިއެކު ޔޫޝައުގެ އަތަށް ދަމައިގަތެވެ.
“ރީމް… ދޫކޮށްލަބަ… މި އަންނަނީ އޭ! އެހެން އެންމެންވެސް އެބަ ތިބިއޭ މިތާ!” ޔޫޝައު ހިނިއައިސްފައި އިނދެ ބުނެލިއެވެ.
“ނޫން… ނުދާތި… ވަރަށް ބިރު ގަނޭ… ތި ފްލޭޝް އޮންކޮށްބަލަ!” ރީމްއަކަށް އައިނާ ފޯނުން ފްލޭޝް ލައިޓު ދިއްލައިގެން އިންކަމެއް ނޭނގެއެވެ.
“ތިހެން ވެއްޖިއްޔާ އާދޭ އަހަންނާ އެއްކޮށް!” ޔޫޝައު ބުންޏެވެ. އެ އިން ގޮތަށް ތެދުވެގެން ރީމް ޔޫޝައުއާއި އެއްކޮށް ކަރަންޓު ބޯޑާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒިއުނީ ދިޔައީ އެ ހުރިހާ މަންޒަރެއް ރިކޯޑު ކުރަމުންނެވެ. ޔޫޝައު ގޮސް ކަރަންޓު ބޯޑު ބެލިއިރު ހުރިހާ ސުވިޗެއް ހުރީ މައްޗަށް ވާ ގޮތަށެވެ.
“ތިއްތާ! ރަށު ސްޓެލްކޯއިން ކަރަންޓު ގޮސްގެން ކަންނޭނގެ އެ އުޅެނީ!” ޔޫޝައު ސުމައްޔާ ގާތު ބުނެލިއެވެ. ޔޫޝައުމެން ގޮސް ކުރީ އިންތާ އިށީނުމާއި އެއްކޮށް ބަރު އަޑަކުން މީހަކު ހޭ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އެންމެންވެސް ތިބީ ވާނުވާގައެވެ.
“ހަސަނޫ! އަހަރުމެން ބިރު ނުގަންނުވާ މަޑުން އިނދެބަލަ!” މަރިޔަމް ހަސަނުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“މަރިޔަމަށް ވާ ސާބަސް! އަހަރެން މި އިންނަނީ މަރިޔަމް ގާތު! ގައިމު އަހަރެން ހީނިނަމަ މަރިޔަމަށްވެސް އެނގޭނެ ދޯ!” ހަސަނުގެ ބަސްތަކުން އެންމެންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދެން ފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



masha allah masha allah.. 16 vana bai vr majaa.. and vr vr salhi.. masha allah.. rym aa yooshau aa haadha gulhe ey.. wow.. waiting for next part.. waiting.. stay safe.. luv u
alheyy… thank you sooo much nafu❤❤❤ yeah vrh majaa dhw? in sha allah vrh avahah 17 vana bai genesdheynan?? stay safe luv u❤❤❤?
Vvvv reethi. Rym n yooshau dho. Curiously waiting for the nxt……. When nxt….
Luv u
Stay safe
Tc
Thanks riff❤❤❤
Vvvv reethi. Rym n yooshau dho.❤️❤️❤️❤️❤️❤️❤️❤️ Curiously waiting for the nxt……. When nxt….❤️❤️❤️❤️❤️❤️
Luv u
Stay safe
Tc
Varah reethi mi part ves curiously waiting for the next part ☺️☺️☺️
Thanks starlight vixx?? in sha allah vrh avahah 17 vana bai genesdheynan???
Maadhen kiyaalan libey varu vaane 17 vana part??
In sha allah… mirey submit kohlaanan? dhn situn vaahaka upload kurihaa avahakah kiyaalan libeyene?
Varah varah reethi mi parts thah ves??Cox waiting for the next part ?
Thanks dead already?? in sha allah vrh avahah genesdheynan❤❤
Kobaa konirakun next part kiyaalan libeyny??
In sha allah maadhama kiyaalan libeyne kamah mi balany??❤
Kobaa thr next part?
17 vana part reyga submit kohlin?? in sha allah miadhu kiyaalan libeyne??
Raaya ah kithah aharu vejje? kuda intro eh dhevidhaane tha?
born on 7 january 2005, currently 15 years old. studying in VAEC and i am from v.felidhoo
Kobaa thr next part?
Iyye noon ehah dhuvahu submit kurin… neyge keevve kameh adhivx site ah upload nuvany… but iyye ga in ehn vaahaka eh up vefa… neyge mi vaagothehvx??
Site ah gulhaafa ahaabala??alhey haadha lahey?.
Gulhaafa ahaabala
Kobaa thr next part haadha Gina dhuvahekey vany????
alheyy… i also dont know what is happening 🙁 🙁
dhn inna part ga innaany 17 and 18 bayaai ehkoh laafa 🙂
Konirakun thr 17 and 18 upload vany?