Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންދީނީ

މާޔޫސްވުމުގެކުރިން – 1 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 4, 2020 4 Mins Read
12 Comments

މުޅި ނަފްސަށް ވެރިވެފައިވީ ހާސްކަމާއެކު ހިތް ނެގިނެގުފައި ޖަހަމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ކާރު އޮއްވާވެސް ގޭޓުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނުއިރު ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ޒަޔާންގެ ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމިގަތެވެ. ލަގޮނޑިއަށް ބާރުވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ލިބުނު ޚަބަރަކުންނެވެ. ޒަޔާންގެ ދުނިޔެ ފުނޑުފުނޑުކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް، ތެދުމަގަށް ލޯހުޅުވައިލެވުނު ވަގުތުވެސް މެއެވެ. މަގުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުންށާއި ދުއްވާއެއްޗަކަށް ބެލުމެއްނެތި ޒަޔާން ހަލުވިދުވުމެއްގައި ދިޔައީ އެންމެ މިސްރާބަކަށް ދިޔުމަށެވެ. ގިނަ މީހުންގެ ބެލުންތަށް ޒަޔާންއަށް ހުއްޓެމުން ދިޔަނަމަވެސް، ޒަޔާން ހުރީ އެހެންމީހުން އޭނާއާ ދޭތެރޭގައި ދެކެފާނެ ނަޒަރެއް ނުވަތަ ބުނެފާނެ އެއްޗަކަށް ސަމާލުކަން ދެވޭފަދަ ހާލެއްގައެއް ނޫނެވެ. އެއަށްވުރެ އޭނާ ވަނީ ނާޒުކުފައްތަރެއްގައެވެ. މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ؟ ކިތަންމެ އުފާވެރިކަމާއި މުއްސަނދިކަންމަތީ އާސްމާނުގައި އުދުހިފައި އުޅުނަސް، ހަމަ ބިމަށް ތިރިވެވޭނޭ ދުވަހެއް އަންނާނެއެވެ. މީހުން ކުރާ ފާފައިގެ ޖަޒާ ދައްކަވާކަމީ ޙަޤީޤަތެއްކަން މިޔަދު ޒަޔާންއަށް ޤަބޫލުކުރެވުނުކަމެކެވެ. އޭނާގެ ދިރިއުޅުމުގައިވާ އަލިކަން ނިވި ނިމުމެއްނެތްފަދަ އަނދިކަމެއްގެ ތެރެއަށް ނަފްސުވަނީ އެކުވެގެން ގޮސްފައެވެ. ދެން އޮޑިގޮސް ފަރުޖައްސާނީ ކޮން މިސްރާބެއްގައިކަމެއް ނޭނގެއެވެ. އޭނާއަށް ކުރެވިފައިވާ ނުބައިކަންތައްތައްވެސް ފެންމަތިވެގެން ދިޔައީ އެހުމެއް އެނގުމެއްނެތިއެވެ.

ދުވެފައިގޮސް އޭ.ޑީ.ކޭ އަށް ވަތް ޒަޔާންގެ ފައިގައި ކަސްތޮޅުއެޅުނު ފަދައެވެ. އެނިކުއްދުވަނީ އޭނާގެ ލޯބިވާ މަންމަގެ ފުރާނަނެތް މަސްގަނޑެވެ. މޫނު ހުދު ފޮތިގަނޑަކުން ނިވާކުރެވިފައިވާއިރު އޭނާގެ ދޮންބެ އާއި ދައްތަގެ އިތުރުން ކޮއްކޮވެސް އެތަނުގައިހުރެ ގިސްލަގިސްލާފައި ރޮމުންދިމަ މަންސަރުފެނި ޒަޔާންއަށް އިސްޖަހާލެވުނެވެ. ނަމަވެސް ދެން އޭނާއަށް ދުވެފައިގޮސް މަންމަގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަނެވުނީއެވެ. ފިރިހެނެއްކަމަކު މިޔަދު ޒަޔާންއަށް އަޑުންއަޑުނަގާފައި ރޮވުނެވެ. ގިސްލެވުނެވެ. ކުރެވުނީ ކިހާ ނުބައިކަމެއްކަން އެނގި ހެޔޮ ނުބައި ވަކިކުރަން އެނގުނުނަމަވެސް، ނުބައިމަގުގައި ހިނގުމުގެ ނަތީޖާ ވަރަށްވެސް ހިތިކޮށް މިއޮތީ ލޯކުރިމަތިން ފެންނާންށެވެ.

ބޮޑާ ކަމާއި ކިބުރުވެރިކަން އިސްކުރަމުންއައި ޒަޔާން މިޔަދު ވަނީ ބިކަވެ ހަދާނެގޮތް ހުސްވެފައެވެ. ތުރުތުރުއަޅަމުންދިޔަ އަތް އުފުލާލަމުން މަޑުމަޑުން މަންމަގެ މޫނު ނިވާކުރެވިފައިވާ ހުދު ފޮތިގަނޑު އެއްފަރާތްކޮއްލީ މަންމަގެ ވަންހަނާކުރެވިފައިވާ މޫނުދެކިލުމުގެ ނިޔަތުގައެވެ. އެވަގުތު އެ އަންމައަށް ލިބުފައިވާ އަނިޔާ ފެނިފައި އޭނާގެ ހިތް ރޫރޫ އަޅައިގެންދިޔައީ އެ މަންމަ އޮތް ޙާލުފެނިފައެވެ. މޫނުގެ ބޮޑުބައެއް ޗިސްޗިސް ވެފައިވާއިރު ކަރުގައާއި މޫނުގައިވާ ވަޅީގެ ނިޝާންތައް ފެނުމުން ޒަޔާންއަށް ވޭނާއި ރިހުންއެކުލެވިފައިވާ ރުއިމަކުން ގިސްލެވެންފެށުނީ އަމިއްލަ ނަފުސު ކުއްވެރިކުރެވުނުލެއް ބޮޑުކަމުންނެވެ. އެވަގުތު ގާތުގައިހުރި ޑޮކްޓަރުގެ އިށާރާތަށް ޒަޔާންގެ މަންމަ ކައިރީހުރި ނަރުހަކު މަންމަގެ އުނަގަނޑާއި ހިސާބަށް ފޮތިގަނޑު ތިރިކޮށްލުމާއެކު ޒަޔާންގެ ބޮލަށް އެނބުރުން އަރައިގެންދިޔަފަދަ އިޙުސާސެއް ކުރެވުނެވެ. މިފަހަރު އޭނާއަށް އަޑުވީއްލާ ރޮއިގަނެވުނީ އެ މަންމައަށް ލިބި ތަޙަންމަލް ކުރެވުނު ވޭން ހިތަށް އެރުމުންނެވެ.

” ފަނަރައަށްވުރެ ގިނަފަހަރު ބަނޑަށް ވަޅިން ހަމަލާދީފައިވޭ! ” ޑޮކުޓަރިގެ އިޝާރާތަށް އިހު ހުރި ނަރުސްކުއްޖާ މަންމަގެ ހަށިގަނޑު މުޅިންހެން ފޮރުވާލީ ހުދު ފޮތިގަނޑުގެ ނިވަލުގައެވެ.

“މީހުސް ކަލޭގެ ކަންތައް. މަން..މަންމަ ނިޔާވީ ކަލޭގެ ސަބަބުން..މިދިޔަ އަހަރު މަރައިލި ދެމީހުންނަކީ ކަލޭގެ ކަމެއްކަން އެނގުމާއެކު މަންމަގެ ޙާލުދެރަވެ ތި އުޅުން ދޫކޮށްލަން ބުނީމަ ކަލޭ ދިނީ އެއަޑަށް ބީރުކަންފަތެއް. އެންމެ ފަހުން ކަލޭގެ ފަރާތުން ބަދަލުހިފަންވެގެން އެމީހުން އެ މަރާލީ މަޢުސޫމު ފުރާނައެއް. އަހަރެމެންގެ މަންމަ. ކަލޭގެ މަންމަ! ކަލޭގެ ސަބަބުން އެ ނިޔާވީ..” ބޭބެ އޭނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލި ނަމަވެސް، މިޔަދު ޒަޔާންއަށް އޭނާއަށް ލިބިފައިހުރި ބާރެއް ނުދައްކައެވެ. އެބާރު ދިޔަތަނެއްވެސް ނޭނގެއެވެ. ނޭވާލިއެއް ކަމަކު މިޔަދު ޒަޔާން ވަނީ އެތެރެއިން މަރުވެފައެވެ. އަމިއްލަ ނަފުސު ކުއްވެރިކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ކުރިން ދިރިއުޅުމުގައި ރަނގަޅުގޮތް އިޙުތިޔާރުކުރެވުނުނަމައޭ ހިތަށް އެރިއެވެ. ނަމަވެސް ދެން ނަމައަކުން ވާނެކަމެއް ނެތެވެ. ލިބޭނެ ފައިދާއެއް ނެތެވެ. އަނބުރާދިޔަ ވަގުތުތައް ލިބޭކަށް ނެތެވެ. މަރުވެފައިވާ މަޢުސޫމު ފުރާނަތަކެއް އަނބުރާ އައުމެއްނެތެވެ. ކުރިކަމެއް ނުކުރާކަމަށް ނުވާނެއެވެ. ނަފުރަތުން ފުރިފައިވާ ހިތްތަކުގެ މަޢާފު ލިބުމެއްނެތެވެ. އެހެން އާއިލާތަކަށް ދެވުނު ނިކަމެތިކަމާ، ވޭނާއި ރިހުން ފިލުވައެއްނުކެވޭނެއެވެ.

 

ހިތަށް އަރަމުންދިޔަ ކަންތައްތަކުގެ ސަބަބުން ޒަޔާން މާޔޫސްވެއްޖެއެވެ. އިސްޖަހާލަމުން މަންމަގެ ފުރާނަނެތް މަސްގަނޑާއި އާއިލާ މީހުންނަށް ބަލާލެވުނީ އެތަނުން އެކެއްގެ ލޮލުންވެސް އޭނާއަށް ނަފުރަތު ނޫން އެހެން އަސަރެއް ފެނިދާނޭކަމުގެ ކުޑަކުޑަ އުންމީދަކާއެކުގައެވެ. ނަމަވެސް އެއީ އަވާމެންދުރެއްފަދައެވެ. ކުންހީއެކެ. އެހެން ހީކުރެވުމުންވެސް ޒަޔާންއަށް އަމިއްލަ ނަފުސަށް ކޮށްލެވުނީ މަލާލާތެވެ. ކޮއްކޮއާއި ދައްތަ އަދި ބޭބެގެ ފަރާތުން ފެނުނު ރުޅިވެރިކަމުގެ ސަބަބުން ދިރިއުޅުމުގައިވީ ކުޑަކުޑަ ހުޅުކޮޅު ނިވިގެންދިޔައީ އޭނާއަށް މަޢާފު ޙައްޤެއް ނޫނޭ ހިތަށް އެރުމުންނެވެ.

 

މަންޒިލެއްނެތް މުސާފިރެއްފަދައިން މުޅި މާލެތެރޭގައި ޒަޔާން ހިނގަމުންދިޔައިރު ވިސްނުނީ ކުރިން އުޅެވުނު ގޮތާދޭމެދުގައެވެ.

 

އޭނާއަކީ މާލޭގެ ނަން މަޝްޙޫރު ވިޔަފާރިވެރިއެއް ކަމަށްވާ ނާހިޒު ނަވާޒްގެ ދަރިފުޅު ޒަޔާން އެވެ. ދެ އަހަރެއްހާ ކުރިން ބައްޕަ ނިޔާވުމުން ޒަޔާން އުޅެމުން އައީ އޭނާ ބޭނުން ގޮތަކަށެވެ. އެދުވަސްކޮޅު ހިތާމަކޮށްކޮށް މަންމައަށް އޭނާއާ ދޭތެރޭގައި އަޅައިލެވޭވަރު ނުވުމުން ދިމާވި ގުރޫޕަކާ އެކުވެރިކަން ބަދަހިކުރިއެވެ. ނަވާރަ އަހަރުވީއިރު ޒަޔާން އަކީ މާލޭގެ އެންމެ ނަންމަޝްޙޫރު ގޭންގެއްގެ އިސްވެރިއެކެވެ. ރޭގަނޑުގައި ވައްކަންކުރުމާއި ތަންތަން ލޫޓުވުމަކީ އާންމުކޮށް ކުރާކަންކަމެވެ. އެހެން ގޭންގުތަކަކީ އެމީހުންގެ ގޭންގު ކުރިމަތީގައި އެއްވެސް ފެންވަރެއް ހުރި ބައެއް ނޫންކަން ޢަމަލުތަކުން ދައްކަމުން ދިޔައެވެ. ބާރާއި ބޮޑާކަން ދެއްކުމުގެ ބޭނުމުގައި މަޢުސޫމު ނިޔަނެތި ފުރާނަތަކެއް ނަގާލީ އެއްވެސް ޙައްޤަކާއިނުލައެވެ. އެންމެ ފަސް އަހަރުގެ ކުޑަކުޑަ ކުއްޖަކު މަރައިލިއިރު އޭނާގެ ހިތަށް ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރު ނަމަވެސް، ވެރިނުވިކަމަށްޓަކައި މިޔަދު ޒަޔާން ޙައިރާންވިއެވެ. އެ ކުއްޖާގެ ލެއިން އަތް ކަޅިވެގެންދިޔައިރު ހަމްދަރުދީގެ ކަންފުޅެއްވެސް އެދުވަހު ހިތުގައި ނެތުމުން އަޖައިބުވިއެވެ.

އެތައް ފުރާނަތަކުގެ ފަހަތުގައިވީ ޒަޔާންގެ އަތް ނަމަވެސް ކިރިޔަ ކިރިޔާ ސަލާމަށްވެވެނީ އެއިން ކޮންމެފަހަރަކު ރާއްޖޭން ބޭރަށް ދިއުމުގެ ސަބަބުންނެވެ. ދެން ކޮންމެފަހަރަކު ޤާރިލުމީހާ ކަށަވަރުނު ނުކުރެވުމުން ކޭސް ބަންދުކުރުމާއެކު ޒަޔާން އަނބުރާ މާލެ އާދެއެވެ. މަންމަމެންނަށް އޭނާގެ އަތެއް އެކަމުގައި ވާކަން އެނގުމުން ރޮއިރޮއިފައި ތަޢުބާވުމަށް އާދޭސްކުރަމުންދިޔައިރު ޒަޔާން އެއަޑަށް ދިނީ ބީރުކަންފަތެކެވެ. އެ މަންމަގެ ބަހަށްވުރެ އެކުވިންގެ ބަސް އޭރު އޭނާއަށްވީ މުހިންމުވެފައެވެ. ރަނަށްވުރެވެސް އެ ނުބައި އެކުވެރިންގެ އަގު އޭރު ޒަޔާންގެ ކުރިމަތީގައިވީ މަތިވެފައެވެ.

 

އަހަރެއްފަހުން ޒަޔާން ކުއްލިގޮތަކަށް މާލެދާން ޖެހުނީ ބަޔަކު މަންމައަށް ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ ވާހަކަ އެކުވެރިޔަކު ގުޅާފައި ބުނުމުންނެވެ.

 

ހިޔާލުތަކުން އެއްފަރާތްވެލެވުނީ މީހަކު އަޑުގެކޮޅަށް ހަޅޭއްލަވައިގަންނަމުން އެކޮޅަށްޖެހޭށޭ ބުނުމުންނެވެ. ނަމަވެސް ޒަޔާންގެ ހިތަށް އެރިއެވެ. ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މީހުންގެ ފުރާނަ ދަމައިގެންފައި ދިރިއުޅުމާއިގެން ކުރިއަށް ދިމުނުގެ ޙައްޤު މިޔަދު މިޔަދު އޭނާއަށް ލިބިފައިވޭ ހެއްޔެވެ؟ އޭނާފަދަ އިންސާނަކަށް މަޢާފު ދޭނީ ކާކު ހެއްޔެވެ؟ ރުޅިވެރިކަމުން ފުރިގެންވި ނަޒަރުތަކާއި ކުރިމަތިލާނީ ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ ހިތަށް އެރީ އެންމެ އެއްޗެކެވެ. އަމިއްލައަށް މަރުވުމަށްވުރެ އިތުރު ގޮތެއްނެތެވެ. އެހެން ހިތަށް އެރުމާއެކު ޒަޔާން އެ ޕްރައިވެޓު ކާރު ކުރިމަތީގައި މަޑުކޮށްލައިގެންހުރީ ދެލޯމަރާ ބާރުކޮށްލައިގެން ހުރެއެވެ. މީ އޭނާގެ އެންމެ ފަހު ވަގުތުކޮޅުކަމުގައި ހީކުރެވުނުނަމަވެސް، މީހަކު އޭނާގެ އަތުގައި ހިފަހައްޓާލުމުން ސިއްސައިގެން ދިޔައި ޒަޔާންއަށް ލޯ ހުޅުވާލެވުނެވެ.

 

“ދަރިފުޅާ…ތަނަކަށް ތަދުވިތަ؟ ކިހިނެއްވެފާ ތިހުރީ؟ އާދޭ ކާރަށް އަރަން. ” ޒަޔާންގެ މޫނުގައިވާ ކުލަވަރު ފެނުފައި ކާރުން ފައިބައިގެން އައި މުސްކުޅި ބޭބެ ޒަޔާންގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ޒަޔާން ކާރަށް އެރުވިއެވެ. އޭރު ޒަޔާންގެ ދެލިލުން ކަރުނަތަށް ފައިބައިގަތީ ނިމުމެއްނެތް ފަދައިންނެވެ.

 

“ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިވަނީ މާޔޫސްވެފައި. ދިރިއުޅުމާއި މެދު އުންމީދުގެއްލިފައި. އަހަރެންކުރި ފާފައިގެ ޖަޒާ ދުނިޔެމަތިން ދައްކަވައިފި. އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ. ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ. ކާކު އަހަރެން ކަހަލަ މީހަކަށް މަޢާފު ދޭނީ؟ ކާކު އަހަރެން ބަލައިގަންނާނީ؟ ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކަ ހަތަރުކަޅި ހަމަކުރާނީ؟ އަހަރެން މިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބުގެއްލި ހުންގާނު އަނބުރާލާނެ މަންޒިލެއް ނޭންގިފައި. ކޮންމެ އައްސޭރިޔަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން ދާނީ އަނދަމުން. ނޭވާލިއެއްކަމަކު އަހަރެން މިޔަދު މިވަނީ އެތެރެއިން މަރުވެފައި. ދިރިއުޅުމުގެ ހުޅުކޮޅު މިވަނީ ނިވިފައި. އެ ދިއްލާލަދޭނެ މީހަކު ނުވާނެ. އަހަރެން މިވަނީ މުޅިން މާޔޫސްވެފައި. ” ގިސްލަގިސްލާފައި ނުވެސް ދަންނަ އެ މުސްކުޅި ބޭބެ ކައިރީގައި ޒަޔާންއަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ. އެމުސްކުޅި އާރެއް ބާރެއްނެތް ބޭބެއަށްވުރެވެސް މިޔަދު ޒަޔާންވީ ބަލިކަށިވެފައެވެ.

– ނުނިމޭ –

ނޯޓު : މީ ދެ ބައި ހިމެނޭ ކުރުވާހަކައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ފުހެވިގެން ނުދާނޭ – 05 –

Next

ކިއަރާ (4 ވަނަބައި)…

Next
August 5, 2020

ކިއަރާ (4 ވަނަބައި)…

Previews
August 4, 2020

ފުހެވިގެން ނުދާނޭ – 05 –

12 Comments!

  1. malsamalkkomal says:
    August 4, 2020 at 6:17 pm

    Helo guys? Mee 2 part himeney kuruvaahaka eh. Maadhan next part. Kamudhaane kamah ummeedhu kuran. Luv ya all. Tc salaam.♥

  2. Falakk❤️? says:
    August 4, 2020 at 6:24 pm

    Varah reethi masha allah malkolhuu…im also ur age.??….tmr ga up kuraanan dho..keep ot up darling❤️❤️❤️?⚡

    1. Malsa Moosa says:
      August 4, 2020 at 6:55 pm

      Thank you soo much falak. Ohh ehe. Labba tmr ga upload kohladhynan next part. Tc?

  3. Rainstorm says:
    August 4, 2020 at 9:49 pm

    dhe nazarakun genesfa inii… ethankolhu rangalhu kohlaa

    1. Malsa moosa - lysh - says:
      August 4, 2020 at 10:11 pm

      oh sorry. will correct that

  4. Anonymous says:
    August 4, 2020 at 10:38 pm

    ekathi nunimenees anekathi fashaathi… amilla fenvaru dhekigen ulhibea

    1. Scarlet says:
      August 4, 2020 at 11:58 pm

      How rude.. Negative comments manaeh noon but mi gothah, mihaa rude kon nubune reethikn bubeveynedhw.. Ehnoonas Mee kuru vaahaka ekey.. And koba massala aky 3 or 4 vaahaka ehkn genesdhinas.. Don’t worry sis, MaShaaAllah you’re very talented.. These people are just jealous..

  5. Anonymous says:
    August 4, 2020 at 10:44 pm

    Admin keehvetha vaahaka thah upnuvanee… mihaaru mi site ah lahun vaahaka thah up vaathy varah foohi

  6. Rooya says:
    August 5, 2020 at 12:00 am

    Alhe keehvetha vaahaka thah up nuvanee. Mihaaru varah lahun mi site ga vaahaka thah up vanee

    1. Scarlet says:
      August 5, 2020 at 12:04 am

      Yh right

  7. Falakk❤️? says:
    August 6, 2020 at 3:15 pm

    Alheyy kobaa tha mi story??????

  8. Malsa moosa - lysh - says:
    August 9, 2020 at 11:58 pm

    upload kohladheefin.

Comments are closed.

Next Episodeމާޔޫސްވުމުގެކުރިން – 02 – ފަހުބައި←


All Right Reserved!