ފުހެވިގެން ނުދާނޭ – 04 –
* އެއްވެސްގޮތެއް ނުވުމުން މަރާ ބާރުކޮށްލެވިފައިވާ އެސްފިޔަތަށް ހުޅުވާލުމާއެކު އެލީންގެ ހަތަރުކަޅި ހަމަވެގެން ދިޔައީ ޒެވިޔަންގެ ކަޅުކަންގަދަ ކަޅިއާއެވެ. ކުއްލިއަކަށް އެލީންއަށް އިޙުސާސްކުރެވުނީ ފާރާއި ޒެވިޔަން އާއި ދޭތެރޭގައި އޭނާ ފިތިގެން ދިޔަކަމެވެ. އޭރު އެލީން އާއި ޒެވިޔަންގެ މޫނު ވަނީ ނުރައްކާތެރިދަރަޖައަކަށް ކައިރީގައެވެ. ޒެވިޔަން އެލީންގެ ކަންފަތާ ދިމާލަށް ގުދުވެލުމާއެކު އެލީންއަށް ލޯ މަރާލެވުނެވެ.
“ވެލްކަމް ޓު ހެލް ވައިފީ! ” *
ވައިއަޑުން ޒެވިޔަން އެހެން ބުނެލުމާއެކު އެލީންއަށް ދެލޯ ހުޅުވާލެވުނެވެ. ޒެވިޔަންގެ ކަޅުދެލިކޮޅެއްފަދަ ކަޅި އެހާ ކައިރިންފެނުމުން ގައިން ހީބިހިނަގައިގެން ދިޔައީ ސަބަބަކާއި ނުލައެވެ.. އެދެލޮލުގައި އެތަށް އަސަރެއް ވިއެވެ. އެ ދެލޮލުގައި އެތަށް ކަމެއް ފޮރުވިފައި ވާކަހަލައެވެ. ނޫނީ އެއީ އެލީންއަށް ހީވިގޮތެކެވެ.
“ލައިނާ!! ” ކުއްލިއަކަށް ޒެވިޔަންގެ ރުޅިވެރި އަޑު މުޅި ގޭތެރޭގައި ގުގުމާލައިގެން ދިޔައިރު އެލީންއަށް ބިރުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭރު ޒެވިޔަން އެލީންއާ ދުރަށް ޖެހިލަމުން ދުވެފައިކަހަލަ ގޮތަކަށް އެތަނަށް އައި މެދު އުމުރެއްގެ އަންހެން މީހާއާދިމާލަށް ބަލާލިއެވެ.
“އޭނަގެ ކޮޓަރިއަށް އޭނާ ގެންދޭ!” އެހެން ބުނުމަށްފަހު ޒެވިޔަން ސިޑިން އަރައިގެން މައްޗަށް ހިނގައްޖެއެވެ.
ޒެވިޔަން ދިޔަފަހުން މާޙައުލަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭންކަން ނައްތާލަން އެލީންއަކަށް ނުކެރުނެވެ. އެންމެ ފަހުން ލައިނާ އިސްނަގައި އަމިއްލައަށް ތަޢާރަފުވިއެވެ.
“އައްސަލާމު ޢަލައިކުމް. ” ސަލާމަށް އަތް ދިއްކޮށްލަމުން ލައިނާ ބުނީ ހިނިތުންވަމުންނެވެ. އިސްކޮޅުން އެހާ ދިގު ނޫންނަމަވެސް، ކުރެކޭވެސް ނުބުނެވޭނެއެވެ.
“ވަޢަލައިމުކުއް ސަލާމް. ” ލައިނާގެ އަތުގައި ހިފަމުން އެލީން ހިނިތުންވެލިއެވެ. އެލީން މޫނު ބުރުގާ އަޅައިގެންހުރި ނަމަވެސް، ލައިނާއަށް އެލީން ހިނިތުންވެލިކަން އެނގުނީ ލޮލަށް އައި ބަދަލުންނެވެ.
“އަޅުގަނޑުމީ ލައިނާ. މިގޭގައި މަސައްކަތްކުރާ މީހާ. ” އެލީންގެ އަތުން ދޫކޮށްލަމުން ލައިނާ ތަޢާރަފްވެލިއެވެ.
“އެލީން. ދައްތަ އަޅުގަނޑު ކިޔައިގެން ވާހަކަ ނުދައްކައްޗޭ އަޅުގަނޑާ.” ލައިނާ އެލީންގެ ފޮށީގައި ހިފަން އުޅުމުން އެލީން ފޮށީގައި ހިފިއެވެ.
“ދައްތަ އެހާ ބަރު އެއްޗެހި އުފުއްލާކަށް ނުވާނެ. އަޅުގަނޑަށް ވާނޭ. ” ހިނިތުންވެލާފައި އެލީން ބުންޏެވެ. އެލީން އެހެން ބުނެލިގޮތުން ލައިނާ އެއްބަސްވިއެވެ.
ފޮށިހިފައިގެން ސިޑިން އަރައިގެން މައްޗަށް ދިޔައިރު އެލީންގެ އަތަށް ތަދުވިނަމަވެސް، ހިތްވަރުކޮށްލާފައި މައްޗަށް ފޮށި ހިފައިގެން އެރިއެވެ. ހަތަރު ކޮޓަރީގެ ކުޑަ ގެއެއް ނަމަވެސް، ބަލައިލި ކޮންމެ ތަނަކުން ފެންނަނީ މުއްސަނދިކަމެވެ. ތިރީގައި އެއް ކޮޓަރި ހުރިއިރު މަތީގައި ވަނީ ތިން ކޮޓަރިއެވެ. ކާކޮޓަރިއާއި ކައްކާބައި ހުރީ ތިރީގައެވެ.
“މީ ޒެވިޔަންގެ ކޮޓަރި. އެ ކޮޓަރިއާ ޖެހިގެން އެހުރީ ޒެވިޔަން މަސައްކަތްކުރާ ކޮޓަރި. ދައްތަ އުޅެނީ ތިރީގަ ހުންނަ ކޮޓަރީގަ ” ސިޑިން އަރައިގެން އަންނަ އިރު ފުރަތަމަށް އިން ކޮޓަރިއަށް އިށާރާތްކޮއްލާފައި ދެން ދެވަނައަށް އިން ކޮޓަރިއަށް އިށާރާތް ކޮށްލަމުން ލައިނާ ބުންޏެވެ. އެލީން ހަމައެކަނި ބޯޖަހާލީއެވެ.
“މީ އެލީންގެ ކޮޓަރި. ” ޒެވިޔަން މަސައްކަތްކުރާ ކޮޓަރިއާއި ޖެހިގެން އިން ކޮޓަރީ ދޮރު ހުޅުވާލަމުން ލައިނާ ބުންޏެވެ.
“ޝުކުރިއްޔާ! ” ލައިނާއަށް ބަލާލަމުން އެލީން ބުނެލިއެވެ. ލައިނާ ބޯޖަހާލުމުން އެލީން ދޮރުލައްޕާލީ އަދި އެއްފަހަރު ލައިނާއަށް ޝުކުރުއަދާކުރަމުންނެވެ.
ފުންނޭވާއެއްލަމުން އެލީން ދެލޯ މަރާލިއެވެ. ބޭރުން ކިތަންމެ ރަނގަޅުކަމަށް ދައްކައިގެން ހުރިނަމަވެސް، އެލީންގެ ހިތްދިޔައީ ރޮމުންނެވެ. ހިތްވަރުކުރަން ބޭނުންވެއެވެ. ނަމަވެސް، ބައެއްފަހަރު ކެއްކުރަން އުނދަގުލީއެވެ. މަންމަ އާއި ބައްޕަގެ ފަރާތުން އަޅައިލުމެއް އޯގާތެރިކަމެއް ނުލިބުނުއިރު އަމިއްލަ ފިރިމީހާގެ ފަރާތުންވެސް އަޅާލުމާއި އޯގާތެރިކަން ލިބޭނެކަމެއް ނޭނގެއެވެ. އެވެސް ނުވެސް ދަންނަ މީހެއްގެ އަބިމީހާކަމުގައި ވެހުރެއެވެ.
ދެލޯ މަރައިގެން ހުރިނަމަވެސް، ފޫއަޅުވާލާފއި ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބައިގަތީ ނިމުމެއްނެތް ފަދައިންނެވެ.
“ޔާ ﷲ މިއަޅާއަށް ކެއްތެރިކަން ދެއްވާށި ” އިރުކޮޅަކު އެގޮތުގައި ހުރެފައި އެލީން އަވަސްވެގަތީ ތާޒާވެލައިގެން ނުކުމެ އަންނައުނުތައް ތަރުތީބުކުރުމަށްފަހު ނިދާލުމަށެވެ.
***
ހުކުރު ދުވަސްކަމުން ފަތިސް ވަގުތުގައި މަގުމަތީން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ނަމަވެސް، ނިއުޕޮޓް ވިއުގެ ސިޑީގައި އިށީންދެލައިގެން އިން ޒުވާނާ ދިޔައީ މި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ. ނޫނީ އެއީ މީހުންނަށް ފެންނާނެ ގޮތެވެ.
ޖެހިލާ މަޑު ވައިރޯޅީގެ ސަމާސާގައި ބައިވެރިވަމުން އެޒުވާނާގެ ކަޅު ރޭގަނޑެއްގަދަ ފަން ނަމަވެސް ކުރު އިސްތަށިގަނޑު އެ ޒުވާނާގެ ލޮލަށް ނިވާ އަޅާލައެވެ. މާދުރަށް ބަލަހައްޓައިގެން އިން އިރު އެ ޒުވާނާގެ މަޑުމުށި ކުލައިގެ ދެލޮލުގައިވާ އަސަރުތަށް ބަޔާންކޮއްދޭން ޝާޢިރަކަށްވެސް ނޭނގޭނެކަން ގައިމެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކާލާއިރު ދެލޮލުން ފެންނަ ރުޅިވެކަމާއި ދެއަތް މުއްކަވާލާގޮތުން ކޮންމެސް ކަމަކާއި ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާކަހަލައެވެ. ލައިގެން ހުރީ ކަޅުކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ޖިންސްއެކެވެ.
ކުއްލިއަކަށް ކޮޅަށް ތެދުވަމުން ފައިހުރި ބާރެއް ލާފައި ސިޑީގެ ހަރުފަތެއްގައު ޖެހީ ރުޅި ފިނިކޮށްލަންހެން ހީވިއެވެ. ދެން އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ހިތި ގޮތަކަށް ހިނިތުންވެލީ ސިކުނޑީގައި ދެން ކުރާނެ ކަންތައް ރާވާލަމުން ނެވެ.
“އައި އޭމް ކަމިންގ ފޯ ޔޫ ޒީކް.” ވައިއަޑުން އެހެން ބުނެލިއިރު އެ އަޑުގައިވީ ރުޅިވެރިކަމެވެ. ދެލޮލުން ފެނިލީ ނުރައްކާތެރި ވިދުވަރެކެވެ. ހޫޑް އިން މޫނު ފޮރުވާލަމުން އެޒުވާނާ ހިނގައިގަތެވެ.
****
” ދަރިފުޅު ބޭނުންވާހެން ކޯޓުން ކައިވެނިކުރަން ހަމަ ޖެހިއްޖެ މިރޭ ” އިލްފްއަށް ބަލާލަމުން އަހްވަމް ބުންޏެވެ. އިލްފް ހަމައެކަނި ބޯޖަހާލީއެވެ. އިލްފް ޒީކް އާއި ކައިވެނިކުރަން ބޭނުންވީ ކޯޓުގައެވެ. މި ކައިވެނީގައި ލޯބި ނުވާއިރު ބޭކާރު ހަރަދުތަކެއްކޮށް ބޮޑު ޕާޓީއެއް ބޭއްވުމުގެ ބޭނުމެއް އޭނާއަކަށް ނުފެނުނެެވެ.
“ޒީކް؟ ” ސިޑިން ފައިބައިގެން އައި ޒީކް ފެނިފައި އަހްވަމް ޒީކްއަށް ގޮވާލާފައި ކައިރިއަށް އައުމަށް އެދުނެވެ. އިލްފް ދާން އުޅުމާއެކު އިލްފް ކައިރީވެސް މަޑުކުރުމަށް އެދުނެވެ. ޒީކް އައިސް އިލްފް ކައިރީގައި މަޑުކޮށްލުމާއެކު އަހްވަމް ހީނލިއެވެ.
“މިރޭ ކޯޓުގަ ތި ދެކުދިންގެ ކައިވެނިކުރެވިގެން ދާނޭ. ދެކުދިންނަށްވެސް ބާއްޖަވެރި ޙަޔާތަކަށް އެދެން. ” އިލްފްގެ އަތް މަތީގައި ޒީކްގެ އަތް ބާއްވާލަމުން އަހްވަމް ބުންޏެވެ. އިލްފް އާއި ޒީކްގެ މަޑުމުށިކުލައިގެ ހަތަރުކަޅި ހަމަވެގެންދިޔައިރު ދެމީހުންވެސް ބަހެއް ނުބުންޏެވެ. ޒީކް އިލްފްގެ އަތުތެރެއިން އޭނާގެއަތް ނަގަމުން އަހްވަމްއަށް ބަލަލާފައި ބޯޖަހާލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ.
“އޮވްހް އިލްފް. ދޭބަލަ އެއަރ ޕޯޓަށް. މިޔަދު ޔައިކް އަންނާނެ. ” ކަމެއް ހަނދާންވިފަދައަކުން އިލްފްއަށް ބަލާލަމުން އަހްވަމް ބުންޏެވެ. އިސްއުފުލާލަމުން އަހްވަމް އާއި އިލްފް ހަތަރުކަޅި ހަމަކޮށްލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. ޒީކްއަށްވެސް އެކަން ނަގައިގަނެވުނެވެ.
“ފައިން. ” ދަތްތައް ކާރުވައިގަންނަމުން އިލްފް ބުނީ ދެބުމަގޮށް ޖަހާލަމުންނެވެ.
“ޒީކް ވެސް ގޮވައިގެންދޭ. މިހާރު ގޭ ހުރެހުރެ ޒީކް ފޫހިވެފައެއްނު ހުންނާނީ ދޯ؟ ” ޒީކްއަށް ދޯ އެއްލަމުން އަހްވަމް ބުންޏެވެ. އިލްފްއަށް އެއްޗެކޭ ނުބުނެވެނީސް ބޯޖަހާލަމުން ޒީކް ގޭން ނުކުންނަން ހިނގައިގަތެވެ. ދެއަތް މުއްކަވާލަމުން އިލްފްވެސް ދިގު ފިޔަވަޅުތަކެއް ނަގަމުން ޒީކްއާ އެއްވަރުކޮށްލިއެވެ.
“މަޑުކުރޭ. އަހަރެން އެބަ އަންނަން ކާރު ނަގައިގެން. ” އެހެން ބުނުމަށްފަހު ޒީކްއަށް ބަލާލުމެއްނެތި އިލްފް ކާރުނަގަން ދިޔައެވެ.
ވެރިވެފައިވީ ހަމަހިމޭންކަން ފޫއަޅުވާލަން އެކެއްވެސް ބޭނުން ނުވީކަންނޭނގެއެވެ. ނޫނީ ދައްކާނެ ވާހަކައެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގުނީއެވެ. އެއަރޕޯޓަށް ދެވެންދެސް މުޅި ކާރުތެރޭގައިވީ ހަމަހިމޭންކަމެވެ.
ކާރުން ފައިބަމުން އިލްފް ކާރުގައި ލެގިލީ ޔައިކް އަންނަން ދެނެވެ. ލައިގެންހުރި ހުދުކުލައިގެ ޓީޝާޓުންނާއި މަޑު ނޫކުލައިގެ ޖިންސްއެއް ލައިގެން ހުރިއިރު އަވިއައިނެއް އަޅައިގެން ހުރުމުން އެތަށް ބައެއްގެ ނަޒަރު އިލްފްއަށް ހުއްޓެމުންދިޔައެވެ. ބައެއް މީހުން އެނބުރިއެނބުރިފައިވެސް ބަލަމުންދިޔައެވެ. ނަމަވެސް އިލްފްއަށް ކަމެއް ވާހެންވެސް ހީނުވާފަދައެވެ.
ޒީކްވެސް ކާރުން ނުކުންނަމުން އިލްފް އާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލަމުން ކާރުގައި ލެގިލިއެވެ.
“ހެލޯ ބްރޯ. ” ކުއްލިއަކަށް އައިނައިތަނެއް ނޭނގި ޒުވާނަކު އިލްފްގެ ކޮނޑަށް އަތް ވައްޓަަލަމުން މަލާމާތުގެ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން ބުންޏެވެ.
“ޔައިކް. ” ފުންނޭވާއެއްލަމުން ޔައިކްގެ ނަމުން އެޒުވާނާއަށް ގޮވާލަމުން އޭނާގެ ކޮނޑުމަތީގައިވަ އަތް ނަގާ ދުރަށްލުއެވެ.
ބައިމަތިފުޅާ ރީތި ހަށިގަނޑެކެވެ . އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލެވިފައިވީ ނަމަވެސް، ހަޑިއެކޭ ނުބުނެވޭނެއެވެ. ކަޅުކަންގަދަ ކަޅިއަކާއި ދިގު އިސްކޮޅެކެވެ.
“ހެލޯ ބިއުޓިފުލް. ” ކުއްލިއަކަށް ޒީކްއަށް ޔައިކްގެ ނަޒަރުހުއްޓުނުއިރު ޒީކްގެ ކޮނޑަށް އަތްވައްޓާލަން މަސައްކަތްކުރަމުން ޔައިކް ބުންޏެވެ. ނަމަވެސް ޒީކް މާ ހުށިޔާރެވެ. އޭނާގެ ކޮނޑާއި ދިމާލަށް ދިޔަ ޔައިކްގެ އަތުގައި ހިފަހައްޓަަލަމުން އަތް ދުރައްލިއެވެ.
“ފައިސްޓީ. އައި ލައިކް އިޓް. ” އެއްލޯ މަރަލަމުން ޔައިކް ބުންޏެވެ. ޒީކް އަސަރެއްނެތް ގޮތަކަށް ޔައިކްއަށް ބަލާލާފައި ދުރުބަލަލީއެވެ.
ކުއްލިއަކަށް ޔައިކް ޒީކްގެ އަތުގައި ހިފިއެވެ. މަންޒަރު ބަލަންހުރި އިލްފް އެންމެ ފަހުން އެދެމެދަށް ވަންނަން އުޅުނީ ޔައިކްގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް އިލްފްގެ ދެލޯބޮޑުވިއިރު ހުއްޓުންއެރީ ދެން ޒީކް ކޮއްލިކަމަކުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.








As’salaamu alaykum readers. Sorry for the delay. I’m working on the next part soo vrh avahah kiyaalan libeyne 5th vana part. EID MUBARAK enmenah. Vrh lahun dhw mi bunevunyy? Btw kiyuntherinnah heevanee zeek keeh hen huree yaik ah?
Take care guyxx.
Love you all. Salaam♥❤
Haadha kurey.. ehaa dhuvaskohfa nehla iru thankolheh dhigukoh nehlaanma ehnnu.. konme dhuvahaku nehlaanma mi vary okay vaane
Okay readee.miyadhahfahu konme dhuhu insha Allah mivarah kiyaalan libeyne.
Mashah heevi ekaan bunihem ehkoh liye ninmaafaey up kuranshey ulheny..hama ehthaaku dhw mi jeheny mihaaru vx ehaa las up vaaleh..ehkoh nuliyaairu ga vx ehaa las..dhen konme faharaku sorry for being late ey bunyma aharmen v hevifa thiben dhw..theena up kuriyyaa dhw aharennah kiyeynee ma kithanme vrh kiyas
Dho. I did said that but life isn’t dhw? Plan kuraa kanthah nuve hingaidhaane. Sorry ey bunan vaane. Up kohdheynamey kiyaafa nukurevuneema i know everyone will be disappointed. Ekam dhn konme dhuhuku mivarah kiyaalan libeyne part eh. Sorry again.
Aan ekey bodu kameh
Ikrr
Hii Mal????????
It’s Okey ey Mal busy ves vaane dhw …alaalaaehche noon eykeee..?????
Mi part ves vrh Sali ????????
Amazing ???????
Eleen haadha deravaaney dhw I am feeling sad for her…???????????
And who is the one saying “i am coming for u zeekk”… Curious??????????
Zeek egen yaik ge hand ah thadukohleekaneyge misaalakah hand aburaalee heheheh????
Yaa Mal ah ves Eid Mubarak ????
Waiting for next ??????
Luv yaa ❤️❤️❤️❤️
Stay safe ❤️❤️❤️
Thank you Ril?
Yeah I aslo feel sad for her. Ehe neynge dhw balamaa eii kaakutho.aha Zeek kurikanthah balaalaa hithun mal ves mi hunnanee. Ly 2 be safe♥
vrh vrh reethi mi part vx… whn nxt…. Alhe Eleen ah ehn hadhaakah nuvaane ehnnu…. Mal mi vhk dhn huttaa nulaa genes dhehchey… vrh reethi mi vhk dhaa goyy… enme inthizaaru kurevey vhk mee mihaaru… Daily kh mi vhk up eh nukureveyne thr… vrh vrh reethi hama… maasha allah
Thanks No name. It means a lot>3 yh dhw. Elyn ah ehen hadhaakah nuvaanu aslu. Yupe I’m not going to stop thia story and yh. Miyadhahfahu konme dhuhuku ves mivarah baeh kiyaalan libeyne.? tc
Malloo… this part is also Amazingg…. & vrh reethi mi vaahakaiga beynun khfa huri nan thah… mal thee vrh hunaruveri kuhjeh.. Maasha Allah.. Alhe zyk kyh thr e kuree…. yaik ah gotheh hadhaalee kanneyge… hehe… curiously waitin 4 the nxt part… tc…
Eheh thanks Unknown girl. It means a lot>3 ehe zeen kuri kameh balaalan mal ves vrh beynun vey eba. Lets see dhw. Tc?
Mal ge vhk thah vrh reethi. Masha Allah. Dhn part pls avas kolla dhehchey. And I guess we have the same birth date. What a coincidence. Lol. Luv ya. Tc sis.❤️❤️❤️
Aw thanks lvee yup next part vrh avahah kiyaalan libeyne. Mirey noonee miyadhu. Woah♥♥ Ehehe. Ly 2. Tc lvee.❤
Alheyyyyyyy malluuu dhoonyyyyy?????I am speechless after reading your storyyy darlingg????? it’s just awsomee♥️♥️♥️♥️♥️I love it ❤️❤️❤️❤️waitting for next part?????stay safe Maluu???
Thanks cutie?? be safe
Darling mi part vx hama amazing. but thankolheh kuru. anyways waiting for the next part .lyysmm?? be safe
EID MUBAARAK!
Thank zaakko. Ly 2. Tc
Mal..i mail kurin mal ah kurin vhk thakuge pdf libeyney bunyma..please i ah mail kolladheeba..mal ge vhk thah vrh vrh reethi..hama kiyaahithun nuhurevey mi vhk vx
Thanks Sara. But Mal mails thah balaalaifin. Neh sara ge mail eh.
[email protected]
Mi mail ah tha msg kuree?
hey dudex….ummydhu vx nukuran upkuraane kamakah ehehehe?!mmmm the stry lookx like really interesting❤?!!Totally lav it!!n can plx do meh a favor??…Tell my regards to z_ _ ingey..Tell that m missing her so much ey…n bunelaathi adhi insha allah habareh vaanamey vx??
Maisaruuuuu u hama reply nudheyn vegn dhw hury I ehaa loabi loabi reply eh dhinyma(LOL)?n happy to knw that u r doinn well with ur rashu buddiex…n u got such a caring besty that anyone lav to have…but poor mehhhh?..I just have a besty who really far away from meh… Can’t share anythin to her becuz of this stupid account??..really miss u guyssssssssss?hope u all r doinn well if m not there…
n mal! I may not be able to comment on ur stry after the school reopens…cuz there will be lots n lots of school stuffs to do u knw dhw..ehnve. I knw my besty will understand my situation inge…but I’ll promise that komme part eh vx kiyaane kamuge??
SARANGHAE U TOO
(sorry for the extraaa longgg comment)
Awwwn magnumm miss u moreeee??❤❤❤❤❤❤❤??❤?❤?❤?.. online vaane dhuvahakah mi wait kurany adhivx???????????????❣
thihn viyyaa mai adhi bodah thalhuvaalaafa onvaany?!! E dhogeh.. acc ge problems solve kurevuhaa avahakah I will go back to hangouts ..trust meh!! I promise that will never let u guyss down!plxxx dhn avahah stry upkohba?
mihaaru zamaan gandeh vehje upnukuraathaa vx?!!.avahah up kurahche ingey?lwbsss u moreeeeeeee..❤Take care n be safe at home?!!..okayyyyyyyy
z– ge mail eh nethey dude. dhen kihineh hadhan v? brw mal ah mail kohlan v nu eyna mail?
Yeah dude. It’s okay I understand ?? will miss yuh and rangalhah kiyavaathi. Will be waitinn ol vandhen.?? eheh it’s okay brw. Tc be safee
yeshhhhhh mallu lwbssssss?..kiyavaanan ingey??..n u athuga mail nethiyyaa dhn alhaa nulaa..hangouts in vefa I’ll do something with it?ok brusss??stay home? n be safe.. where a mask if u r goin outside??lwbsss u infinity my pumpkinn gandu❤
Haadha kurey… Thankolheh dhigu koh genesdhybala plxxxxxxxxxxxxx…. Mi vhk vrh vrh vrh rythi…. Avahah up kohdhehcheyyyy plxxxxxx
Thanks shuaa. Labba dhn konme dhuhuku ves baeh kiyaalan libeyne insha Allah. Next part mirey ga noony miyadhu. ?
omg.. zeek keeh kurybaa yaik ah.. yaik vattaaly kanneyge.. btw.. mi prt vx varah varah reethi.. varah kiyaa hithun indha thi ninmaaly.. love it ❤️❤️.. looking forward to read the next part soon ?
tc and lot of love from ner
Thanks Nerr? eheh balamaa dhu zeek yaik ah kuri kameh. Tc ?
keehvethr mal ah laairah up vanee… plx answ…
Idk eii baeb writers ah hadhaa dheefa hunna gotheh. Ig
Kurin bunii mehnu ehkoh vhk ninmafa ey up kuran falhanii… Ekam mihaaru vrh las prt thr up kuraleh vxx… Btw vhk hama habeys.. M
Thanks. Yh but life isn’t fair baeh faharu plan kuraa gothah kanthahthah nugosdhaane. But insha Allah miyadhun feshigen konme dhuhuku part eh kiyaalan libeyne.♥
Varah Varah Varah Varah reethi ❤️?❤️?maa sha Allah ?❤️?❤️?❤️?❤️?❤️
Waiting waiting waiting for the next part ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
?❤️?❤️?Love you mallu ?❤️?❤️
Thanks livy? it means a lot>3 tcc
Malooo this prt is hama amazing ❤️♥️♥️♥️♥️?? speechless ?? alhe zeek kurikameh neyge afu akah zeek kurikameh igeynee zeek ah hama ????????? curiously waiting for nxt ♥️♥️♥️♥️ lysssssmmmmmm ❤️❤️❤️❤️❤️
Stay safe ♥️♥️
TC ??
Luv yah maloooo ????
Thanks afuu?? aha dhw dhn next part ga zeek kuri kameh engynethaa.ly 2 tc