Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 8 & 9

Hawwa jabeela Level 110 Stories
August 5, 2020 4 Mins Read
5 Comments

8 ވަނަ ބައި

ކުއްލިއަކަށް އިދާންގެ ނޭވައި ހާސްވާން ފެށިއެވެ.
********************
އިމްޝާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އޭތި ހޭންފެށިއެވެ. އަދި ބުންޏެވެ.” އަހަރެން ކަލޭމެން މިތަނަށް ގެނައީ ކަލޭމެން އަހަރެމެން ދެމީހުންނަށް ވަރަށް ބޮޑު ކަމެއް ކޮށްގެން.. ” އޭތި ކައިރީގައި ހުރި ކުޑަ އެއްޗަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އޭރު އިދާންގެ ނޭވާވެސް ކުޑަކޮށް ރަނގަޅެވެ. ޒިންޔާ ހުރީ ބިރުންގޮސް ހަދާނެގޮތް ނޭނގިފައެވެ.

އިދާންވެސް ކެއްސަމުން ވިސްނަން ފެށިއެވެ.” އަހަރެމެން ނުކުރަން ކަމެއް.. އަހަރެމެން ކާކަށް އުނދަގޫ ކުރީ.. ” އިދާން ބުނެލިއެވެ. އޭތި ވަގުތުން ރުޅިއައެވެ. އޭރު އޭތީގެ ދެލޯއިނީ ރަތްކުލައިން ދިއްލިފައެވެ. އިމްޝާ އިނީ ކިރިޔާ ނުރޮވިއެވެ. އޭތި މާ ބޮޑުކަމެއް ނުކޮށް އެތަނުން ގެއްލުނެވެ. އިދާންހުރީ ވިސްނާ ވިސްނާ ގޮސް ބޯ ހާލާކުވާވަރު ވެފައެވެ.

ދަންވަރުވީ އިރު ވެސް އިދާން ދިޔައީ ވިސްނަމުންނެވެ. އިމްޝާ ހުންނަނި ބިރުންނެވެ. ޒާޔާއާއި ޒިންޔާއަށް ވެސް ވެފައި ހުރީ އެވަރެވެ. އަބަދުވެސް ޒަހާގެ ކަމަކީ މީހުންނަށް ހިތްވަރު ދިނުމެވެ. އެހެން މީހުންނަށް ހިތްވަރު ދިނަކަސް ޒަހާ ވެސް ވިސްނައެވެ.

ކުއްލިއަކަށް މީހަކު އިދާންގެ ކުރިމައްޗަށް އެރިއެވެ. އޭރު އިރުއަރަނިއެވެ. އިދާން ނިދިފައި އޮތީމައި އެމީހާ އިދާންއަކަށް ނުފެނެއެވެ. ޒަހާއަށް ހޭލެވުނީ ހޫނުވާތީއެވެ. އޭރު އިދާން ކުރިމަތީގައި ހުރި މީހާ ޒަހާއާއި ދިމާއަށް އެނބުރެނީ އެވެ. ޒަހާ ބިރުން ދެލޯ ބޮޑުވިއެވެ. ނަމަވެސް އޭތި ފަރުވާލެއް ނުބަހައްޓައި ޒަހާއާ ދިމާއަށް އައިސް ކުރިމަތީގައި ފެން ފުޅިއަކާއި މޭވާއެއް ބާއްވައިލިއެވެ. ޒަހާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

އިދާންމެން ހޭލިއިރުވެސް ޒަހާ އިނީ ބިރުންނެވެ. އިދާންމެން ހޭލައިގެން އެތާހުރި މޭވާތައްކައިގެން ހަމަޖެހިލިއެވެ. އަނެއްކާވެސް ކައިގެން އިދާންފެށީ ވިސްނަންށެވެ. ޒަހާއަށް އެކަން އިނގިގެން ބުންޏެވެ.” ތިހާވަރަށް ނުވިސްނަބަލަ.. މިތަނުން ސަލާމަތް ވެވޭނެ ގޮތެއް ވޭތޯ ބަލަންހިނގައިބަލަ.. މިހާރު މަންމަ ވެސް ނޭނގެ ކިހިނެއް ކަމެއްވެސް އުޅޭނި.. ” އެހެން އެމީހުން ތިއްބައި އިމްޝާ ސިފައިގައިހުރި ކުއްޖަ އައެވެ. އޭތި ހުރީ ވަރަށް ރުޅިއައިސްފަ ކަން އޭތީގެ މޫނަށް ބަލައިލިޔަސް އިނގެއެވެ.

އޭތި އައިގޮތަށް އައިސް ޒިންޔާ ކައިރީގައި ހުއްޓުނެވެ. އޭރު ޒިންޔާ ބިރުން ހަޅޭއްލަވަނީއެވެ. އިމްޝާ ވެސް ޒިންޔާއެކޭ އެއްގޮތަށް ހަޅޭއްލަވަމުން ދިޔައެވެ. އިދާން ބޯ ހާސްވިއެވެ. ނަމަވެސް އެއްޗެކޭ ބުނުމުގެ ކުރިން ޒިންޔާއާ އެއްކޮށް ގެއްލުނެވެ. ޒާޔާ ވެސް ހަޅޭއްލަވައި ގަތެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ.

ޒިންޔާއަށް ލޯ ހުޅުވާލެވުނުއިރު ހުރެވުނީ ކުޑަ ކޮޓަރިއެއް ކަހަލަ ތަނެއްގައެވެ. އެތާ އުއްބައްތިނުލައި އެހެން އަލިކަމެއް ނުވެއެވެ. ޒިންޔާ ބިރު ގަންނަން ފެށިއެވެ. އެތާ ކައިރީގައި ހުރި އުއްބައްތި ނަގައި މުޅި ތަނަށް އަލިވާގޮތަށް ބެހެއްޓިއެވެ. ވަށައިގެން ބެލިއިރުވެސް ދޮރެއްފެންނަ ވަރެއް ނުވިއެވެ. ޒިންޔާ އިސްތަށިގަނޑައި ހިފާ ބާރުކޮލިއެވެ. އޭރުވެސް ދިޔައީ ރޮވެމުންނެވެ. ކުއްލިއަކަށް މީހަކު ވާހަކަ ދައްކާއަޑު އިވުނެވެ.

” ތިހެން ރުޔަކަސް ސަލާމަތެއް ނުވާނެ.. އަމިއްލައަށް ސަލާމަތް ވާނެ މަގު ހޯދާ… ” ޒިންޔާ ވަށައިގެން ބަލަބަލަ ވެސް އަޑު އަންނަ ދިމައެއް ސާފެއް ނުވިއެވެ. ވަގުތުން މޫނުމަތި ފުހެލާފައި ކޮޅަށް ތެދުވިއެވެ. އޭތި ސަލާމަތް ވާނެ ގޮތް ހޯދާށޭ ބުނުމުން ޒިންޔާއަށް ޔަގީންވީ އެތަނުން ސަލާމަތް ވެވޭނެކަމެވެ. ކުޑަ ކޮށް އެ ކޮޓަރިއެއް ކަހަލަތަން ބަލައިލިއެވެ. ނަމަވެސް އެތާ ޒިންޔާ ނުލައި ހަމަ އެކައްޗެއްވެސް ނެތެވެ.

ވަރުބަލިވެގެން ޒާޔާއަށް އޮތީ ނިދިފައެވެ. ޒަހާވެސް އޮށޯތީ ނިދޭތޯއެވެ. އިދާން ބޮލަށް ތަދުވާ ވަރުން ބޯފަޅައިގެން ދާނެހެން ވެސް ހީވެއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން އިދާންވެސް ނިދަން އޮށޯތެވެ. މާލަހެއްނުވެ އިދާންއަށް ނިދުނީ ވެފައި ހުރި ވަރުބަލިންނެވެ. ޒަހާއަށްވެސް އެތާ އޮއްވައި ނިދުނެވެ.

ޒިންޔާ ވަރުބަލިވެގެން އެތާ ހުރި ފާރުގައި ލެނގިލައިގެން އިށީނެވެ. ހޫނުވެފައި ހުރުމާއެކު އިސްތަށިގަނޑު އައްސައިލިއެވެ. މުޅިތާ އެނބުރުން އިރުވެސް ނިކުންނާނެ ދޮރެއް ނުފެނުނެވެ. ޒިންޔާ އަށް ބަނޑުހައިކަން އިހްސާސް ކުރެވުނެވެ. ޒިންޔާއަށް ވެސް ނިދުނީ ވަރުބަލިވެގެންނެވެ.

ޒިންޔާއަށް ހޭލެވުނުއިރު ކައިރީގައި މޭވާތަކެއް ހުއްޓެވެ. ބަނޑުހައިވެފައި ހުރުމުން އަވަށް އެ މޭވާތައް ކައިފައި އެތާ ހުރި ފެންފުޅިން ފެން ފޮދެއް ބޯލިއެވެ. ޒިންޔާ ވިސްނާ ވިސްނާ ބޮލަށް ތަދުވީއިރުވެސް ނިކުންނާނެ ގޮތެއް ނޭނގުނެވެ. މާގިނައިރު ނުކޮށް އަނެއްކާވެސް ތެދުވެ އެތަނުން ސަލާމަތްވާނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަން ފެށިއެވެ.

އިދާންއަށް ހޭލެވުނީ ހޫނުވެގެންނެވެ. އޭރު އެންމެން ތިބީ ނިދާފައެވެ. އިދާންތެދުވެ ރަނގަޅަށް ހަމަޖެހިލިއެވެ. އޭރު ބޮލުގަ ރިހުންވެސް ވަނީ ލުއިވެފައެވެ. ކުރިމަތީގައި ހުރި މޭވާތައް ފެނުމުން އިދާންއަށް ބަނޑުހައިކަން އިހްސާސް ކުރެވުނެވެ. ލަސްނުކޮށް އިދާން ކާންފެށިއެވެ. އޭރު ޒަހާއަށް ވެސް ހޭލެވިއްޖެ އެވެ. ޒަހާވެސް އަވަސް އަވަހަށް ކާންފެށިއެވެ.

އިމްޝާއަށް ހޭލެވިގެން ތެދުވެ އިށީނެވެ. އިދާންމެން ކާތަން ފެނުމުން އިމްޝާވެސް އޭނަ ކައިރީގައި ހުރި މޭވާތަކުން މޭވާއެއް ނަގައި ކައިލިއެވެ. އިމްޝާ ކައިގެން އެތާ އޮށޯވެލިއެވެ. އޭރުވެސް އިމްޝާގެ ލޮލުން ނިދީގެ އަސަރު ފެންނަން ހުއްޓެވެ. އިމްޝާއަށް އަވަހަށް ނިދުނީ ބޮލަށް ތަދުވާތީއެވެ.

ޒިންޔާ ގޮސް އުއްބައްތި ނަގައި މުޅި ތަނުގައި ހިނގަން ފެށިއެވެ. އިރުކޮޅެއް ނުވެ އުއްބައްތި ނިވުނެވެ. ޒިންޔާ އަށް ހަޅޭއްލަވައި ގަނެވުނެވެ.
ނުނިމޭ…..

9 ވަނަ ބައި

ޒިންޔާއަށް ހަޅޭއްލަވައި ގަނެވުނެވެ.
********************
ބިރުން ގޮސް ހާލާކުވާވަރު ވެފަ ހުރި ޒިންޔާ ކުއްލިއަކަށް އެތަނަށް ވެއްޓުނެވެ ޒިންޔާގެ ބޮލަށް އެރި ތަދާއެކު ލޯ މަރާލެވުނެވެ.

އިމްޝާއަށް ނިދުމާއެކު އިދާން ފުންނޭވާއެއްލިއެވެ. ކޮންމެ ފަހަރަކު ވެސް އިދާންއާއި ޒަހާ ހިތަށް އަރަނީ މަންމަ އެމީހުން ނައިސްގެން އުޅޭނެ ހާލެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތުގައިޖެހެއެވެ. ކެތްތެރި ވޫން ނޫން ގޮތެއް ނެތެވެ. ޒާޔާ އޭރުވެސް އިނީ ހޭލައެވެ. ޒާޔާ އޮތީ ރޮއި ރޮއި ވަރުބަލިވެފައެވެ.

ޒިންޔާ ހޭ އެރި އިރު ކުރީގެ ހުރިތަނުގައި އުއްބައްތި ދިއްލާފައި ހުއްޓެވެ. ޒިންޔާ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އަލުން ތެދުވެ މުޅިތަން ހޯދަން ފެށިއެވެ. މިފަހަރު ވެސް ކާމިޔާބެއް ނުވިއެވެ. ޒިންޔާ މާޔޫސްކަމާއެކު އިށީނެވެ. ކުއްލިއަކަށް އެއްކަލަ މީހާ ވާހަކަ ދައްކާ އަޑުއިވުނެވެ.
” އަނެއްކާވެސް އުންމީދު ކަނޑައިލީތަ؟؟ ތިހެން އިނދެގެން ސަލާމަތެއް ނުވާނެ… ” އެމީހާގެ އަޑު ކުއްލިއަކަށް ކެނޑުނެވެ.

ޒިންޔާ މޫނުގައި އަތް ހާކައިލިއެވެ. އޭރު ނިއްކުރިމަތިން ލޭ ފައިބަމުން ދިޔައެވެ. ޒިންޔާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ޒިންޔާ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އޭނަ އެންމެ ބޮޑަށް ހާސްވީ އޭނަ އެކަނި އެތާ އުޅެންޖެހޭ ތީއެވެ.

އިދާން ވިސްނަމުން ދިޔައީ ޒިންޔާއާއި މެދުއެވެ. އެކުއްޖާ އެކަނި އެތާކު އުޅޭނެ ހާލު އިނގެނީކީވެސް ނޫނެވެ. އެވަގުތު އިދާން ހިތަށް އެރީ ކީކޭކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހުރެފަ އަތުގައި އައްސާފައިއޮތް ޗޭނުގަނގުގައި ހިފާ ދަމައިގަތުމާއެކު އިދާންގެ އަތުން އެ ޗޭނު ގަނޑު ނެއްޓުނެވެ. ގައިގައި އައްސާފައި އޮތް ވާގަނޑު ވެސް މޮހަލިއެވެ. އިދާން ދުވެފައި ގޮސް އެތާތިބި އެންމެންގެ އަތުގައި އައްސާފައި އޮތް ޗޭނުތަކާއި ވާތަށް މޮހެލުމަށްފަހު އެތަނުން ނިކުމެވޭތޯ އުޅުނެވެ. ޒާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފަލުން ހުރެ އިދާންއާ އެއްކޮށް ޒަހާވެސް ހިނގަމުން ދިޔައެވެ. ނަމަވެސް ދެން އިތުރަށް ކުރިއަށް ދެވޭނެގޮތެއް ނުވިއެވެ.

ވިސްނިވަރަކަށް ޒިންޔާގެ ބޮލަށް ތަދުވަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް އަދިވެސް އެއްވެސް ގޮތެއް ފެންނަ ވަރެއް ނުވެއެވެ.

ޒާޔާ ދެލޯ ބޮޑުކޮށްލަމުން އިދާންއާއި ދިމަ ބަލައިލީ ހާސްވެފައެވެ. އޭރު ޒަހާވެސް ހުރީ ހައިރާންވެފައެވެ. އިދާންމެން ވަރަށް މަސައްކަތުން ވެސް ނިކުމެވޭ ގޮތެއް ނުވިއެވެ. އިދާންގެ ހިތަށް ބިރުވެރިކަން ވަނެވެ.

ޒިންޔާއަށް ނިދުނީ އެހެން ވިސްނަން އޮށްވައެވެ. އިރުކޮޅެއް ނުވެ ޒިންޔާއަށް ހޭލެވުނީ ފިނިއެޗެއް މޫނުގައި ޖެހޭހެން ހީވެގެންނެވެ. އެއްވެސް އެއްޗެއް އެތާކު ނެތެވެ. ނަމަވެސް ކާންގެނައްސަ ހުއްޓެވެ. ޒިންޔާ ތެދުވެގެން ގޮސް ގެނައްސަ ހުރި ކާއެއްޗެހި ކާންފެށިއެވެ. ޒިންޔާ އެވަގުތު ހިތަށް އެރީ އެތާ އޭނައާއި އެއްކޮށްކޮށް އެންމެން ތިބޭނެ ނަމައެވެ. އެކަން ނުވާނެ ކަން އިނގިހުރެ ވެސް ބޭނުން ވަނީއެވެ.

މިގޮތަށް އުޅޭތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އެއިން އެކަކަށް ވެސް ނިކުންނާނެ ގޮތެއް ނުފެނުނެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ މާޔޫސް ވާށެވެ. ނަމަވެސް އެމީހުން ގަބޫލު ކުރަނީ އަދި ނިކުމެވޭނެ ކަމަށެވެ.

އިދާންއިނީ މަންމަގެ ހާލާއި މެދު ވިސްނަންށެވެ. އިމްޝާވެސް ކައިރީގައި އިނެވެ. ޒާޔާ އަނގައިން ބުނަނީ ކޮންމެހެން ވާހަކައެއް ބުނަން ވެއްޖެއްޔާ އެވެ. ޒަހާގެ ކަމަކީ އެކަނިމާއެކަނި ރުއިމެވެ.

ބޮލަށް ތަދުވާވަރުން ނުތެދުވެވިފައި ޒިންޔާއަށް އޮވެވުނެވެ. އިރުކޯކޮޅާ ނޭފަތް ދަމާލާއަޑު އިވެއެވެ. ޒިންޔާ ބޭނުންވަނީ މީހެއްގެ އެހީއެވެ. އަބަދު ވިސްނާ ވިސްނާ ހުންނަނީ ބޮލަށް ތަދުވެފައެވެ.ކުއްލިއަކަށް ޒިންޔާއަށް ކޮޅަށް ތެދުވެވުނެވެ.
ނުނިމޭ…

ހުރިހާ ކިޔުންތެރީންނަށް..
މި ވާހަކަ ގެނައުން ލަސްވި ކަމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދެން.. އަދި މި 2 ބައި ކުރުވާނަމަ ވެސް މާފަށް އެދެން.. އިރާދަކުރެއްވިޔާ ދެން ކުރިއަށް އޮތް ބައިތައް މިއަށް ވުރެ އަވަހަށް ކިޔާލަން ލިބޭނެ انشاءﷲ… ކިއުންތެރިން ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… މި 2 ބައިވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން..????⁦☺️⁩⁦☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ފިޔަފަތް 13

Next

ވވަމޭ ތިލޯބި އެދިއެދި ( ފެށުން )

Next
August 5, 2020

ވވަމޭ ތިލޯބި އެދިއެދި ( ފެށުން )

Previews
August 5, 2020

ފިޔަފަތް 13

5 Comments!

  1. Boo says:
    August 5, 2020 at 12:46 pm

    Foohi varah

  2. Kill u says:
    August 5, 2020 at 1:05 pm

    To be honest, How old are you Jabeela..?? Because i think this story is written by a kid between 9 and 12.. The describings are not so well.. always crying and screaming.. I mean what the hell..? Please tell your age

  3. Anonymous says:
    August 5, 2020 at 1:05 pm

    Dumb story written by a kid

  4. enko says:
    August 10, 2020 at 12:21 pm

    really..?????? is this a story. are you a kid or not??????????

  5. Chimmy says:
    August 10, 2020 at 7:22 pm

    Wow jabee v ufedhuntheri maasha Allah!?????

Comments are closed.

Next Episodeނާމާން – 11←


All Right Reserved!