Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 13

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 5, 2020 10 Mins Read
24 Comments

* ވިސްނާކަށް މިނެޓެއްވެސް ރަވިކާންއެއް ނުދިނެވެ. ޒައިލީންގެ ދެކޮނޑުގައި ހިފާ ރަވިކާން ވަޅުގެ ތެރެއަށް ޒައިލީން ކޮއްޕާލިއެވެ. ވެއްޓެމުންދިޔަ ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. “ހާސްނުވޭ.. އަހަރެންވެސް އެބަ އަންނަމޭ..” މަލާމާތް ކޮއްލަމުން ރަވިކާން ވަޅަށް ފުންމާލިއެވެ.

އަރައިގެން ދިޔައީ ވަރުގަދަ އައްޔެކެވެ. ލޯހުޅުވާލަން ދަތިވެގެން ޒައިލީން ލޯމަރާލިއެވެ. “ޒައި..!؟” ކަންފަތުގައި ޖެހުނީ ޒައިދާންގެ އަޑެވެ. *

ޒައިލީންއަށް ލޯހުޅުވާލެވުނުގޮތަށް ފުންމައިގެން ތެދުވެވުނެވެ. ”އޭތް..!! ރަވިކާންގަނޑާ..!!!” ޒައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ގާތުގައި ހުރި އަލްޔާވެސް ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު ހެއިލަން އެދިމާލަށް އަންނަނީއެވެ.

“ޒައިލީން..!!” ޒައިދާން އާއި އަލްޔާ ޒައިލީންގެ ގައިގައި އޮޅުލައިގަތެވެ. ޒައިލީންއަށް އެހުރެވުނީ ޒައިދާންމެންގެ ގާތުގައިކަން އެނގުމުން އުފަލުންގޮސް ނުރޮވުނީ ކިރިޔާއެވެ. “ރަވިކާން..” ޒައިލީންއަށް ދެކޮޅު ބަލާލެވުނެވެ. އޭނާއާއި އެކީގައިހެން ވަޅަށް ފުންމާލި ރަވިކާން ފެންނާކަށެއް ނެތެވެ. ޒައިލީން ވަށައިގެން ބަލާލީ ރަވިކާންގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް ރަވިކާންގެ ނިޝާނެއްހާ ހިސާބުވެސް ނެތެވެ.

“އަލް ބުނީ ހަމަ ރަނގަޅަށް.. ހަންޓަރުންތައް ޒައި ކިޑްނެޕް ކުރީދޯ..؟؟” ޒައިދާން އަވަހަށް އަހާލިއެވެ. ޒައިލީންއަށް ވަށައިގެން ބަލާލެވުނެވެ. އޭރު ޒައިލީންއަށް ހުރެވުނީ އައުލްކީން އޭނާ ޖިންނި މާހައުލަށް ގެންދިޔުމުގެ ކުރިން ހުރެވުނު ތަނުގައެވެ. “ޒައި ގެއްލުނުފަހުން ދޮންބެ އުޅުނީމޭ ކޮޕްސްއަށް އަންގަން ވެސް.. އެކަމް އަލް ބުނީމަ ނުކުރަން.. ކޮންމެ ދުވަހު ކާން، ފެންވަރަން އަދި ނިދަން ނޫނީ ދޮންބެމެން ހުންނަނީ މިތަނުގައި.. ޒައިގެ އިންތިޒާރުގައި..” ޒައިދާން ބުނެލިއެވެ. “ދެން ދޮންބެ ނުނިދަންތަ..؟؟” ޒައިލީންއަށް އެހުނެވެ. “ޒައިކޮއްކި ނެތިއްޔާ ދޮންބެ ލޮލުފިޔަ ޖަހާލާނީވެސް ކިހިނެތް..؟” ޒައިދާންއަށް ހީނލެވުނެވެ. ޒައިލީން ޒައިދާންގެ ކޮނޑުގައި ޖަހާލުމުންނެވެ. “އޭތް ޒައީ..!!” ހެއިލަން އައިގޮތަށް އައިސް ޒައިލީންގެ ގައިގައި ބައްދާލިއެވެ. އަލްޔާވެސް ހިނިތުންވެލިއެވެ.

އެންމެން އުފާވެފައި ހުރުމުން ޒައިލީން ހިނިތުންވެލައިގެން އިންކަމަކު ޒައިލީންގެ ހިތުގައިވަނީ އެހެން ސުވާލެކެވެ. “ދެންމެ މިފެނުނީ ހުވަފެނެއް ނޫންބާ..؟” ޒައިލީންއަށް އަމިއްލަ އަމިއްލައަށް އެހެމުން ދިޔައެވެ. އެކަމާއި ދޭތެރޭ ވިސްނިވަރަކަށް ޒައިލީންގެ ސިކުނޑިއަށް ވަންނަނީ ޖަވާބެއް ނެތް ސުވާލު ތަކެކެވެ. “އަހަރެމެން މިއުޅެނީ ހެއިލްމެންގެ ގެއަށްދާން.. ޒައިވެސް އޯކޭއެއްނު..؟ އިހަކަށް އާދޭ މިތާ ދޮންބެމެން އުޅޭ ގެއަށް ދާން.. ނައިކްމެންނާއި ރޫބީމެންވެސް އެބައުޅޭ.. އެގެއަށް ގޮސްފައި ޒައިވެސް ރެސްޓް ކޮއްލާ…” ޒައިދާން ބުނެލިއެވެ. ޒައިލީން ބޯޖަހާލިއެވެ.

ޒައިލީން ގޮވައިގެން އެ ގެއަށް ދެވުނުއިރު ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. “ޒައިލީން..!” ޒައިލީން ފެންނައިރަށް ހީވީ ކުޅުންތެރިޔަކު ގޯލެއް ޖެހުމުން ޓީމް މެންބަރުން އުފާފާޅު ކުރަން ފެށިހެންނެވެ. ނައިކެން، ރޫބީ އަދި ލައުރާ ދިޔަގޮތަށްގޮސް ޒައިލީންގެ ގައިގައި އޮޅުލައިގަތްގަތީނުން އެންމެން އެކީގައި ވެއްޓުނެވެ. ހީނހީނގޮސް ބަލިވާވަރުވެފައި ހުރެ އައިދިން ދުރުގައި ކުޅި ބަލަން ހުރީއެވެ.

“ދޭ ފެންވަރަން.. ލައޫ އާއި އަހަރެން ޒައިއަށް ކާން ހަދާދޭނަން…” ރޫބީ އަވަހަށް ޒައިލީން ކޮޓަރިއަށް ވައްދާލާފައި ބޭރަށް ނުކުތެވެ. ޒައިލީންއަށް ވިސްނާލަން ކުޑަ ވަގުތުކޮޅެއް ލިބުނީ ދެނެވެ. “ރަވިކާން.. ހީ ވޯޒް އަ ޑްރީމް..؟؟” ޒައިލީންއަށް ބުނެވުނެވެ. އަދި ކުރިމަތީ ހަރުކޮށްފައިވާ ލޯގަނޑުން އަމިއްލަ ނަފްސާއި ދިމާލަށް ބަލާލެވުނެވެ. ޒައިލީންއަށް ހުރެވުނީ ރަވިކާންއާއި އެކީގައި ހުރިއިރު ލީ ކަޅުކުލައިގެ ގައުން ލައިގެންނެއް ނޫނެވެ. ޒައިލީންއަށް ހުރެވުނީ ގޯލްޑް ސްވާން ހޮޓެލް އިން ނުކުމެ ދާން އުޅުނުއިރު ލައިގެން ހުރި ދަނބު ޓީޝާޓާއި އަޅިކުލައިގެ ޖިންސް ލައިގެންނެވެ.

ޒައިލީންއަށް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެވުނެވެ. “ރަވިކާން..” ހުއްޓުމަކާނުލާ ޒައިލީންއަށް ރަވިކާންގެ ނަން ތަސްބީހަ ކިޔާހެން ކިޔެމުން ދިޔައެވެ. ޒައިލީންއަށް އަތުގައި ތެތް އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. “ކަރުނަ..؟؟ އޭމް އައި ކްރައިންގ…؟” ޒައިލީންއަށް އަމިއްލަ ކޯތާފަތް މަތީގައި އަތް ޖައްސާލެވުނެވެ. އާނއެކެވެ. ޒައިލީންއަށް އެ ރޮވެނީއެވެ. “ކީއްވެގެންތަ..؟ ރަވިކާން ނެތީމަ މި ރޮވެނީ ކީއްވެގެންތަ..؟ ފެނުނު ހުވަފެނަކާއި ދޭތެރޭ ވިސްނާ މި ރޮވެނީ ކީއްވެގެންތަ..؟؟” ޒައިލީންއަށް ކުރެވުނީ ހިތާއި ސިކުނޑިއަށްވެސް ޖަވާބެއް ދޭން ނޭނގުނު ސުވާލެކެވެ.

އަލްޔާ ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަނެވެ. “އޭ.. އަދިވެސް ފެންވަރަން ނުވަންނަނީތަ..؟ ސާބަހޭ.. ކޮޓަރި ދޮރު ތަޅުލާފައި އިނގޭ ވަންނާނީ.. ފާޚާނާ ތަޅު ހުރީ ހަލާކުވެފައި… ނަމެއްގައި ނައިކްމެން އެތެރެއަށް ވަދެ ޕީކް ކޮށްލަފާނެ..” އަލްޔާ ހެވިފައި ބުނެލި ވާހަކައިން ޒައިލީންއަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. “ޒައި.. ރޮނީތަ..؟” އަލްޔާއަށް ޒައިލީންގެ ލޮލުން ނީރާލި ކަރުނަތައް ފެނި އެހުނެވެ. ޒައިލީން އަވަހަށް ކަރުނަތައް ފޮހެލިއެވެ. “ރުއިމަކީ މައްސަލައެއް ނޫނޭ.. ރުއީމަ ލޯ ސާފުވާނެ.. އަދި ޒައިއަށް އެހާ ދުވަސްކޮށްލާފައި އާދެވުނީމައި އުފާވާނެކަން އަލްއަށް އެނގެޔޭ..” އަލްޔާ އެހާ ދުވަސް ކޮށްލާފައޭ ބުނެލިގޮތުން ހީވަނީ ޒައިލީން އެ އައީ އަހަރެއްހާ ދުވަސްކޮށްލާފައި ހެންނެވެ. ”ހްމް އަލް އާއި ދޮންބެމެން މަތިން ވަރަށް މިސްވި..” ރަނގަޅު ބަހަނާއެއް ނުވިސްނިފައި އިންދާ އަލްޔާ އުފާވެގެން ރޯ ވާހަކަ ބުނުމުން ޒައިލީން އަވަހަށް ފުރުސަތުގެ ބޭނުން ހިއްޕެވެ. “އިޓްސް އޯކޭ ޒައި… ދެންވެސް ދޭ ފެންވަރަން.. ލޭޓަރ، ޓެލް މީ ވަޓް ހެޕެންޑް..” އަލްޔާ އެއްލޯ މަރާލާފައި ނުކުތުމުން ޒައިލީން ދޮރު ތަޅުލާފައި އޭނާގެ ދަބަސް ހޯދަން ފެށިއެވެ.

ދަބަހުން ކަޅު ޓީޝާޓަކާއި ޑެނިމް ޖެކެޓްއެއް ނަގާފައި ޒައިލީން ކަޅުކުލައިގެ ޓައިޓްކޮޅެއްވެސް ނަގާ ގޮނޑި މަތީގައި ބާއްވާފައި ފެންވަރަން ވަނެވެ. ހޫނު ފެނުން ފެންވަރާލެވުމުން ޒައިލީން ހިތްހަމަޖެހުނެވެ. ފެންވެރި އިރުވެސް ޒައިލީންއަށް ހުރެވުނީ އަސްލާއި ހުވަފެން ވަކިކުރަން ނޭނގިފައެވެ. “ދޮންބެ ބުނީ ޒައި ގެއްލުނު ވާހަކަ.. އެކަމަކު ފަހުން ރަވިކާން ފެންނާކަށް ނެތް… ވޯޒް އައި ހެލޫސިނޭޓިން..؟؟” ޒައިލީންއަށް އެހުނެވެ. ފެންވަރާ ނިމިގެން ޒައިލީން ހެދުން ލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ކުލަ ފަނޑުވެފައިވާ އޭނާގެ މޫނުމަތިން ކުޑަ ދިރުމެއް ފެންނަން ފެށިއެވެ. ފުނާއަޅާ ނިންމާފައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިގެން ސެންޓް ބުރުވާލާފައި ޒައިލީން ކޮޓަރިން ބޭރަށް ނުކުތެވެ.

“ހާއި.. ޒައިލީން ވަޓްސް އަޕް..؟” އައިދިން ގޮސް ޒައިލީންގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. ނައިކެން އާއި އައިދިންއަށް ޒައިލީން ފެނުނީ އެންމެ ފަހަރަކު ނަމަވެސް ޒައިލީންއާއި ދޭތެރޭ ވަރުގަދަ ގުޅުމެއް އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އުފެދިގެން ދިޔަކަން ހާމަވަނީ އައިދިން އާއި ނައިކެން އުފާވެގެން އުޅޭ ވަރުންނެވެ. “ނަތިން މަޗް…” ޒައިލީން ހީނލާފައި ގޮސް ގޮނޑިއެއްގައި އިށީނެވެ. އެކަނިވެލާށެވެ. ނަމަވެސް ހެއިލަން އެ ފުރުސަތު ދޭން ބޭނުންވެފައި ހުރިހެން ހިޔެއް ނުވެއެވެ. ޒައިލީންގެ ގާތުގައި ހުރި ގޮނޑީގައި އިށީނދެ ހެއިލަން ޒައިލީންގެ ދެއަތުގައި ހިފާލިއެވެ. “ދެން ދުވަހަކުވެސް އަހަރެމެން ދޫކޮށްފައި ނުދާތި އެއްވެސް ތަނަކަށް…” ހެއިލަންގެ އަޅި ދެލޮލުން ދައްކުވާދެނީ ޒައިލީން އެނބުރި އައުމުން އުފާވެފައިވާ މިންވަރެވެ. “ދެން.. ކޮންމެވެސް އެއް ދުވަހަކުން ގައިމުވެސް ހެއިލްމެން ދޫކޮށް ޒައި ޖެހޭނެޔޭ ދާން..” ޒައިލީން ހިނިތުންވެލީ ގަދަކަމުންނެވެ. އޭނަ އެނބުރި އައުމުން އުފާވެފައިވާ އެންމެންގެ އުފާވެރިކަން ގެއްލުވާލާކަށް ޒައިލީން ބޭނުން ނުވާތީއެވެ. “އެކަމަކު އަލުން ޖަންނަތުގައި މީޓް ވާނެކަމަށް ވަރަށް ދުޢާ ކުރާނަން..” ހެއިލަން އެހެން ބުނެލުމުން ޒައިލީންއަށް ހިނިތުންވެވުނެވެ. “ޔެސް.. ހެއިލް އަކީ މުސްލިމެއް..” ޒައިލީންގެ ކައިރިން ލާފައި ދަމުން އަލްޔާ ވައިއަޑުން ބުނެލިއެވެ. ޒައިލީން ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލާފައި އިންޝާ ﷲ އޭ ބުނެލިއެވެ.

ހެއިލަން ވާހަކަ ދައްކަން ފެށިގޮތަށް ހުއްޓައެއް ނުލިއެވެ. ޒައިލީން ނެތުމުން ޒައިދާން އުޅުނު ގޮތާއި އަލްޔާ ވެސް ދެރަވެފައި އުޅުނު ގޮތާއި އެންމެންގެ ހާލު ބުނެދިނެވެ. ޒައިލީން ހެއިލަން ދައްކާ ވާހަކައަށް އާނ ހޫން ކިޔުން ނޫންކަމެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް ރަވިކާންގެ ޚިޔާލުތައް ވަނީ ޒައިލީންގެ ސިކުނޑި ތޮއްޖައްސާލާފައެވެ.

“ހެހެ.. ހެއިލް.. ޒައި.. އާދޭ ދެން ކާން..” ރޫބީ އައިސް ލަދުރަކިގޮތަކަށް ހީނލައިގެން ހުރެ ބުނެލިއެވެ. “ތެދެއް.. މަވެސް އެހީވިން ކައްކަން. ވަރަށް މީރުވާނެ…” ނައިކެންވެސް އައިސް ރޫބީގެ ކޮނޑަށް އަތް ވައްޓާލާފައި ބުނެލިއެވެ. ޒައިލީން ތެދުވެ ގޮސް ކާމޭޒު ދޮށުގައި އިށީނދެލިއެވެ. “ޒައި.. މިއީ މިސެސް ވިލްސަން.. މިގޭގެ ވެރިމީހާ.. މިސެސް ވިލްސަން.. މިއީ އަހަރެންގެ ކޮއްކޮ.. ޒައިލީން..” ޒައިދާން ކާން އަރާފައި އެދައްތައަށް ޒައިލީން ތައާރަފް ކޮށްދިނެވެ. “އަހާ.. ގެއްލިގެން އުޅުނު ކުއްޖާދޯ..” އެ ދައްތަ އަޅައިގެން ހުރި އައިނު ލޮލަށް ހެޔޮވަރު ކޮށްލާފައި އެއްސެވެ. “އާނ..” ޒައިދާން ކުރު ޖަވާބެއް ދީފައި ކާން ފެށީ ބަނޑުހައިވެފައިވާ ވަރުންނެވެ. ރޫބީ އާއި ލައުރާގެ އިތުރުން ނައިކެން ކައްކާފައި ވަނީ ނޫޑްލްސްއެވެ. ޒައިލީންއަށް އަވަހަށް ކާންދޭން ވެގެން އެންމެ އަވަހަށް ރޫބީމެންނަށް ތައްޔާރު ކުރަން އެނގުނީ އެޔެއެވެ. ޒައިލީންވެސް ކާން ފެށިއެވެ.

ޒައިލީންއަށް ބަލާލެވުނީ ޖެހިގެން އިން ހެއިލަން އަށެވެ. ބާރީއާއި އެކީގައި ކާން އިންއިރު ޖެހިގެން ރަވިކާން އިން މަތިން ހަނދާންވެގެން ޒައިލީން ފެންކަޅިވިއެވެ. ޒައިދާންމެން އެންމެން އެކިއެކި ވާހަކަ އަޅުވާލައިގެން އިންއިރު އެއިން އެއްވެސް ވާހަކައަކަށް ޒައިލީންއަށް ސަމާލުކަމެއް ނުދެވުނެވެ. ޒައިލީން ވާހަކަ ނުދައްކާ މަޑުން އިންނަވަރުން ޒައިދާން އެކަން ފާހަގަކޮށް ސުވާލުވެސް ކުރިއެވެ. ނަމަވެސް ޒައިލީން ކަމެއްނުވެޔޭ ބުނެ އެ ޖަވާބުން ފުއްދާލަނީއެވެ. ނޫޑްލްސް ނުކެވިގެން ޒައިލީން އެންމެފަހުން ކާ ކަމަށް ހެދިގެން އެތަނުގައި އިނީ އެހެން މީހަކު ނިމެންދެނެވެ. އަލްޔާއާއި އައިދިން ކައި ނިމިގެން ތެދުވުމުން ޒައިލީންވެސް ތެދުވެ ތުން ދޮވެލާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

“އެ ދައްތަ އެކަނި އުޅޭތީ މާ ގިނަ ސާމާނެއް ކޮޓަރިއަކު ނުހުންނާނެ.. ނިދަން ޖެހޭނީ ބިންމަތީ ގޮދަޑި އަޅައިގެން..” އަލްޔާ އެމީހުންގެ ހާލު ޒައިލީންއަށް ކިޔާދިނެވެ. ”ހްމްމް.. އޯކޭ.. ޒައިގެ ގޮދަޑި ކޮބާ..؟” ޒައިލީން އަހާލިއެވެ. އަލްޔާ ގޮދަޑި އަޅާދީފައި ޒައިލީންއަށް ދެ ބާލީސް ދިއްކޮއްލިއެވެ.

“ލެޓްސް ހޭވް ސަމް ފަން..!!” ކޮޓަރިއަށް ވަތްގޮތަށް ނައިކެން އެހެން ބުނެލީ ނުހަނު ބާރަށެވެ. “ހޭ ޝްޝްޝް.. މިސެސް ވިލްސަން އިޒް އެސްލީޕް..” ރޫބީ ނައިކެންގެ އަތުގައި ވިކާލާފައި ބުނެލިއެވެ. “މައި ބޭޑް..” ނައިކެން އޭނާގެ ގޮދަޑި މަތީގައި އިށީނެވެ. “އަން ޒައިގެ ފޯނު…” ޒައިދާން ޒައިލީންގެ އަތަށް ފޯނު ދިއްކޮށްލިއެވެ. އަތުގައި ފޯނެއް އޮންނަކަންވެސް ޒައިލީން ހަނދާންވީ ދެނެވެ. އޮންލައިން ވެލިއިރު ވައިބަރ އިން އެކަނިވެސް ފަސްސަތޭކައަށްވުރެ ގިނަ މެސެޖް އައިސްފައިވެއެވެ.

“އޭ އެޑިން އެބަ ރާވާ އިސްތަށިގަނޑު ކޮށާލަން.. ލައޫ ބުނެބަލަ.. މި ތަނުން އެޑިން އާއި އެންމެ ގުޅޭނީ ކޮން ސްޓައިލެއް..؟” ނައިކެން ލައުރާއަށް ފޯނު ދައްކާލާފައި އެއްސެވެ. “އަމްމް.. މި ހެއަރ ސްޓައިލް..” ލައުރާ ހިނިގަނޑެއް ޖަހާލާފައި ފޮޓޯގަނޑެއް ދައްކާލިއެވެ. “ނޫން.. ތި ކަޑަ.. ޓޫ މެސީ އެ ސްޓައިލް..” އިސްތަށިގަނޑު ހާވާލާފައިވާ ހުރުމުން އައިދިންއަށް އެ ސްޓައިލް ކަމަކު ނުދިޔައެވެ. ”އަޅެ ދެން ޒައި.. މި ސްޓައިލް އެޑިންއާއި ނުގުޅޭނެތަ..؟” ނައިކެން ޒައިލީންއަށް ފޯނު ދައްކާލަމުން އެހެން އެހީ ލައުރާއާއި އެއްބަސްވާށޭ ވައިއަޑަކުން ކިޔަމުންނެވެ. ސްނެޕްޗެޓް ހުޅުވައިގެން އިނދެފައި ޒައިލީން ނައިކެންގެ ފޯނަށް ބަލާލިއެވެ.

“ރަވިކާން..” ކަޅުކުލައިގެ ހާވާލާފައިވާ އިސްތަށިގަނޑު ފެނުމުން ޒައިލީންއަށް ބޭއިޚްތިޔާރުގައި އެ ނަން ބޭރު ކޮށްލެވުނެވެ. ”ރަވިކާން..؟؟؟ އެއީ ކޯޗެއް..؟” ނައިކެން އަނގަ ހަދާލާފައި އަހާލިއެވެ. “ހްމްމް.. ރަވިކާން.. ޒައި އަނބުރާ އައި ގަޑީވެސް ތިކަހަލަ އެއްޗެއް ބުނިއަޑު އެހިން.. ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ އެހެން ބުނީވެސް.. އަލްވެސް ބިރުގަތް..” އަލްޔާ ބުނެލިއެވެ. “ދޮގެއް ނޫނޭ..” ޒައިދާން ދެން ބަލާލީ ޒައިލީންގެ މޫނަށެވެ. ޒައިލީން ދެކޮނޑު އަރުވާލާފައި ގޮދަޑީގައި އޮށޯވެ ސްނެޕް ޗެޓް ހުޅުވާލިއެވެ. އަދި ސްނެޕްއިން ފޮޓޯއެއް ނަގާފައި ”ބެކް ހޯމް”އޭ ޖަހާލިއެވެ.

“އެކްސްކިއުޒް މީ..” ހެއިލަންގެ ފޯނަށް މެސެޖެއް އައުމުން ހެއިލަން ފޯނަށް ބަލާލިއެވެ. ”ނެއިލޮން ސަރއަށް ކިހިނެތްވީ..؟؟” ޒައިލީންގެ މެސެޖެކެވެ. ޒައިލީން އެއޮތީ ވާހަކަ ދައްކާ ހިތް ކެނޑިގެންކަން ހެއިލަންއަށް އިހުސާސްވުމުން ހެއިލަން ރިޕްލައި ލިޔެލިއެވެ. “ގޯލްޑް ސްވާން ހޮޓެލްއިން އަހަރެމެން ދިޔަފަހުން އަދި ވީގޮތެއް ނޭނގޭ.. އަހަރެންނާއި އަލްޔާ ކުރި އެއްވެސް ކޯލަކަށްވެސް މެސެޖަކަށްވެސް ޖަވާބެއް ނުދޭ..” ހެއިލަންގެ ރިޕްލައި ކިޔާލާފައި ޒައިލީން ފުންނޭވާއެއް ލިއެވެ. ނެއިލޮން ސަރ މި ދުނިޔޭގައި އެބަހުރިބާވައޭ ހިތަށް އެރުމުން ޒައިލީންގެ ހިތް ނުތަނަވަސްވާން ފެށިއެވެ.

“ދެން އިޔާން އާއި އެހެން ކުދިންތައް..؟” ޒައިލީން ފޮނުވާފައިވާ މެސެޖް ކިޔާލާފައި ހެއިލަންއަށް ހިނިތުންވެވުނީ ޒައިލީން އެހެން އެންމެންނަށް އަޅާލާވަރު އެނގުމުންނެވެ. “އިޔާންވެސް އެފަހުން ނުދެކެން.. ގިނަ ކުދިން ހުރީ ހަމަ އެކުއްޖެއްގެ ގޭގައި… ގްރޫޕް ހަދައިގެން ބައެއް ކުދިން އެބަހުރި އެއްގެއެއްގައި… އޮންލައިންކޮށް ވަރަށް ގިނަ ކުދިން އެބަހުރި ޚަބަރެއް ވެފައި..” ހެއިލަން ޖަވާބު ލިޔެލިއެވެ. “ގުޑް ޓު ނޯ.. ސްވީޓް ޑްރީމްސް ހެއިލް.. ގުޑްބާއި..” ޒައިލީންގެ ރިޕްލައި ކިޔާލާފައި ހެއިލަން ފޯނު ބޭއްވިއެވެ.

އެހެން އެންމެން ނިދަން ދިޔުމުން ޒައިލީންވެސް ނިދަން މަސައްކަތް ކުރިއެވެ. ފިރިހެން ކުދިންތައް އޮތީ ފާޚާނާއާއި ވީ ފަޅީގައެވެ. އަންހެން ކުދިންތައް އޮތީ ދޮރާއި ދިމާލުގައެވެ. އެ ދެމެދަށް އަލްޔާ އާއި ލައުރާ ވަނީ ދަބަހާއި ލަގޭޖާއި ގޮނޑިތައް ޖަމާ ކޮށްފައެވެ. ނައިކެންމެން މީހަކު އެ ދިމާލަށް އައިސްފާނެ ކަމުގެ ބިރަށްޓަކައެވެ.

ނޫކުލައިގެ ވޯލްޕޭޕަރ އާއި ދިމާލަށް ބަލަހައްޓައިގެން ޒައިލީން އޮއްވާ އެހެން އެންމެން ނިދައިފިއެވެ. ޒައިލީންއަށް އަދިވެސް އޮތީ ނުނިދިފައެވެ. ރަވިކާންގެ މަތިން ހަނދާންވާވަރުން ނިދި އޭނައާއި ރުޅި ވެއްޖެއެވެ. ލޯ މަރާލާއިރަށްވެސް ސިފަވަނީ ރަވިކާންއެވެ. ކަޅުކުލައިގެ ބޮޑުބޮޑު ދެވަރައާއި ބުޅަލުގެ ހުންނަ ފަދަ ކަންފަތެވެ. އަނދިރީގެ ތެރެއަށް ފާޅުވާ ރީނދޫ ކުލައިގެ ދެލޮލެވެ. އެ ރުޅިވެރި މޫނެވެ. ހާވާލެވިފައިވާ ކަޅު އިސްތަށިގަނޑެވެ. ނިދަން މަސައްކަތް ކުރާވަރަކަށް ޒައިލީންއަށް ހީވަނީ ރަވިކާން ރުޅިނައިސް ހުންނަ ވަގުތުތަކުގައި ޖަހާލާ މަޖާ ހިނިގަނޑުތައް ކަންފަތްބުޑުގައި އިވޭހެންނެވެ. ރަވިކާން އާއި ވަކިވުމުގެ ކުރިން އޭނައަށް ހުރެވުނީ ރަވިކާންދެކެ ރުޅިއައިސްފައިކަން ހަނދާންވުމުން ޒައިލީން އިތުރަށް މޮޅިވެރިވާގޮތްވިއެވެ. ޒައިލީންގެ ގާތަށް ނިދިއައީވެސް ނުހަނު ލަހުންނެވެ.

“މޯރނިންގް..!” ޒައިލީން ލޯ ހުޅުވާލާއިރަށް ނައިކެން ބުނެލިއަޑު އިވުނެވެ. އޭރު ޖެހިގެން އޮތް ގޮދަޑީގައި އޮތް އަލްޔާ އޮތީ ނިދީގައި ޒައިލީންގެ ގައިމައްޗަށް ފައި އެއްލައިގެންނެވެ. “ސްލީޕީ ހެޑް.. ރަނގަޅަށް ނިދުނުތަ..؟” ފާޚާނާއިން ނުކުންނަމުން އައިދިން އަހާލިއެވެ. އައިދިން ހުރީ ހަމައެކަނި ޖިންސެއް ލައިގެން ކަމުން ޒައިލީން ނުބަލަން ވެގެން އަވަހަށް ދުރު ބަލާލިއެވެ. “އައްދޭ.. ޒައިވެސް ލަދުގަނޭދޯ..؟؟” ނައިކެން ހީނގަތެވެ. އައިދިން ގަސްތުގައި ޒައިލީންގެ ކުރިމަތި ޓީޝާޓް ނުލާ ހުރެ ނަށަން ފެށިއެވެ. އެ މަންޒަރު ޒައިދާންއަށް ފެނިގެން ހޭންފަށާފައި ހެއިލަންއަށް ގޮވިއެވެ. އައިދިންގެ މަޖާ ހަރަކާތްތަކުން ނުހޭން ހުއްޓަސް ޒައިލީންއަށް ހެވުނެވެ. ނައިކެން މާބާރަށް ހޭއަޑަށް ރޫބީވެސް ހޭލިއެވެ. “ނައިކްގަނޑޫ މިހެނދުނާ ހާދަ ފޯރިގަދަ ކޮށްލައިގެން ތިއުޅެނީ..؟” މޯޅިއަކަށް ދެމިލާފައި ރޫބީ އަހާލިއެވެ. “ލޮލް ލޮލް..” ހެވޭވަރުން ނައިކެންއަށް ވާހަކަވެސް ނުދެއްކުނެވެ. އައިދިން ނެށުން ހުއްޓާލާފައި ޓީޝާޓް ލީ ލައުރާ ހޭލުމުންނެވެ. “ލައޫ ހޭލީމައި ދެން ކޮންމެހެން އިނޮސެންޓްވެފައި ހުންނާނެކަމެއް ނެތް.. އަދިވެސް ދޭ ނަށަން…” ޒައިދާން ހީނގަނެފައި ބުނެލިއެވެ.

ޒައިލީން ފާޚާނާއަށް ފެންވަރަން ވަނެވެ. ޒައިލީން ފާޚާނާއިން ނުކުމެ ލައިގެން ހުރި ޖަމްޕްސޫޓް ރީތި ކޮށްލިއެވެ. “އަލް.. ހޭލަބަލަ..” އޭރު ޒައިދާން އަލްޔާއަށް ގޮވަން މަސައްކަތް ކުރަނީއެވެ. އަލްޔާގެ ގައިގައި އަތް ނުލަންވެގެން ޒައިދާން ބޮޑީ ސްޕްރޭ ފުޅިއަކުން އަލްޔާގެ ކޮނޑުގައި މަޑުމަޑުން ޖަހަމުން ދިޔައެވެ. “ކާކު..؟” އަލްޔާ ފުންމައިގެން ތެދުވިގޮތުން ޒައިދާންގެ އަތުގައި އޮތް ބޮޑީ ސްޕްރޭ ފުޅިން އަލްޔާގެ ބޮލުގައި ޖެހުނެވެ. “ހުވަފެން މިވީ ހަގީގަތަކަށެއްނު..؟ އަލް ހުވަފެނުގައި ކޮންމެވެސް ތާކަށް ދާން ދުވަނިކޮށް ބާރަށް ބޯ ޖެހުނީ.. ހޭލެވުނުއިރު ބޯ މި ޖެހުނީ މި ޑަމީ ގެ އަތުގައި އޮތް ސެންޓުފުޅީގައި.. އައުޗް..” އަލްޔާ ބޮލުގައި އަތް އަޅައިގެން ހުރެ ބުނެލިއެވެ. ޑަމީ އޭ ކިޔާ ގޮވާލުމުން ޒައިދާން ދޫ ނެރެލާފައި ތެދުވިއެވެ. ޒައިލީންގެ ސަމާލުކަން އަތުލުމުގައި ކާމިޔާބު ހޯދީ އަލްޔާ ފުރަތަމަ ބުނެލި ޖުމްލައެވެ. “ހުވަފެން މިވީ ހަގީގަތަކަށެއްނު..؟؟” ޒައިލީންއަށް އެ ޖުމްލައާއި ދޭތެރޭ ވިސްނާލެވުނެވެ.

“ގައިޒް.. އިއްޔެ ޒައި އައީމަ އަހަރެމެން ހުރީ މި ވާހަކަ ނުބުނަންވެގެން..” ގޮނޑީގައި އިށީނދެގެން އިން ނައިކެން ސީރިއަސްވެފައި އެހެން ބުނެލުމުން އެންމެންގެ ސަމާލުކަން ލިބުނެވެ. ނައިކެންއަކީ އަބަދު މަޖާވެފައި ހީނހީނ ހުންނަ ކުއްޖެއްކަމުން ނައިކެން ސީރިއަސްކޮށް ވާހަކަދައްކަން ފަށައިފިނަމަ އެންމެންގެ ސަމާލުކަން ނައިކެންއަށް ލިބޭނެއެވެ.

“ލައޫގެ ޕޭރެންޓްސް އަންނާނެ އަހަރެމެން ބަލާ ދޭއް ޖަހާކަށް ހާއިރު… އަހަރެމެން މިއުޅެނީ ލައޫގެ ގެއަށް ދާން..” އައިދިން ބުނެލިއެވެ. “އަހަރެމެންވެސް މިއުޅެނީ ހެއިލްމެންގެ ގެއަށް ދާންވެގެން..” އަލްޔާ ބުނެލިއެވެ. “މަށާއި ނައިކް ޕެކްކޮށް ނިންމައިފިން.. ލައޫމެންވެސް ސައިބޮއިގެން ޕެކްކުރަން ފަށާތި..” އައިދިން އެހެން ބުނެލުމުން ރޫބީއާއި ލައުރާ ބޯޖަހާލިއެވެ. ސައިބޯންވެގެން އެންމެން ނުކުތް އިރު މިސެސް ވިލްސަން ވަނީ އެންމެންނަށް ހެނދުނުގެ ސައި ތައްޔާރު ކޮށްދީފައެވެ. “ތޭންކްސް މޯމް..!” ރޫބީ އެހެން ބުނެލީ މިސެސް ވިލްސަން އުފާކޮށްލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ”ތި ކުދިންނަކީ ދައްތަގެ އަމިއްލަ ދަރިންފަދަ.. ތިކުދިން މިގެއިން ދާންތަ ތިއުޅެނީ..؟ ދައްތައަށް ދެންމެ އިވުނު ކަންނޭނގެ އެހެން ބުނި އަޑު..” މިސެސް ވިލްސަން އަހާލިއެވެ.

“ލައްބަ ދައްތާ.. މިއަދު ދަން.. ތޭންކްސް ފޯރ އެވްރީތިން.. އަބަދުވެސް ދައްތަގެ މަތިން ހަނދާން ކުރާނަން..” ލައުރާ ހިނިތުންވެފައި ބުނެލިއެވެ. “ޕްރޮމިސް ޓު ވިޒިޓް މީ..؟؟” މިސެސް ވިލްސަން ފެންކަޅިވެފައި އަހާލުމުން ރޫބީ އަވަހަށް އާނއެކޭ ބުނެ ހިނިތުންވެލިއެވެ. “ކިހާވަރެއް ދޭންވީ..؟؟” ހެއިލަން ވޮލެޓް ނަގާފައި އަހާލިއެވެ. “ދަރިފުޅުމެން ދައްތައަށް ލާރި ނުދެއްކިޔަސް އެންމެ ރަނގަޅު.. ވިލް މިސް ޔޫ އޯލް.. މައި ބޭބީސް..” މިސެސް ވިލްސަން ފަހަރަކު މީހެއްގެ ގައިގައި ބައްދާލާފައި ސަލާން ގަލާން ކުރިއެވެ. އެ މުސްކުޅި އަންހެން މީހާ އުފަލުންގޮސް ފޮޅިފައި ހުރުމުން ބަލަން ހުންނަ މީހާގެ ހިތަށްވެސް ހަމަޖެހުން ގެނެސްދޭނެއެވެ. “ދިޔުމުގެ ކުރިން އަވަހަށް އާދޭ ސައިބޯން..” މިސެސް ވިލްސަން އައިދިން އާއި ލައުރާގެ އަތުގައި ހިފައިގެންގޮސް މޭޒުދޮށުގައި ބޭންދިއެވެ.

ތައްޔާރުކޮށްފައިވާ މީރު ޕޭން ކޭކް އާއި އޮރެންޖް ޖޫހުގެ ސަބަބުން ޒައިލީންއަށް ރަވިކާންގެ ހަނދާންތަކާއި ކުޑަކޮށް ނަމަވެސް ދުރަށް ދެވުނެވެ. ޕެކްކޮށް ނިންމާފައި ބާކީއޮތް ވަގުތުކޮޅު އެންމެވެސް ހޭދަކުރީ މިސެސް ވިލްސަން އާއެކީގައެވެ. ހާލުގައި ޖެހުނު ދުވަހު ހިޔާވަހިކަމާއި އެހީތެރިކަމުގެ އަތް ދިއްކޮށްލި އެ ދައްތައަށް ޒައިދާންމެންގެ ހިތުގައި ވަނީ ލޯބި އުފެދިފައެވެ.

ބާރަގަޑި ބައިވަނިކޮށް ޒައިލީން ފޯނު ބަލާ ކޮޓަރިއަށް ވަނެވެ. ފޯނު ދަބަހަށް ލެވުނުކަން ހަނދާންވެ ޒައިލީން ދަބަސް ނަގަނިކޮށް ދަބަހުގެ ފަހަތުގައި އޮތް މުސައްލަ ފެނުނެވެ. “އޯހް.. ނޯ..!!!” ޖިންނި މާހައުލަށް ދިޔަ ފަހުން ޒައިލީންއަށް އެންމެ ނަމާދެއްވެސް ނުކުރެވޭކަން ހަނދާންވުމުން ތުންފަތުގައި ދަތްއެޅުނެވެ. ޒައިލީން އަވަސް އަވަހަށް ވުޟޫކޮށްގެން އައިސް މެންދުރު ނަމާދުކޮށް ވަރަށް ގިނައިރު ވަންދެން ދުޢާ ކުރިއެވެ. ޒައިލީންއަށް ރަވިކާންއާއި ބައްދަލުވޭތޯވެސް ދުޢާކޮށްލެވުނެވެ. ނަމާދުކޮށް ނިމިގެން ޒައިލީން ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުތްއިރު ތުންފަތްމަތީ ދުވެލާފައިވާ ހިނިތުންވުމުން ނަމާދު ކުރުމުން އެ ހިތަށް ލިބިފައިވާ ހަމަޖެހުން އަންގައިދެއެވެ.

“އަހަރެމެން ދަނީ..” ލަގޭޖްތައް ނެރެމުން ނައިކެން ބުނެލިއެވެ. ޒައިލީން އައިދިން އާއި ލައުރާއާއި ސަލާމް ކޮށްފައި ރޫބީ އާއި ސަލާމް ކުރިއެވެ. “ނައިކްމެން މަތިން ވަރަށް މިސްވާނެ.. ބީ ސޭފް އަދި ޓޭކް ގުޑް ކެއާރ..” ޒައިލީން ނައިކެން އާއި ސަލާމް ކުރަމުން ބުނެލިއެވެ. “ހާސްނުވޭ.. އަހަރެމެން އަދި ދިމާވާނެ..” ނައިކެން ބުނެލިއެވެ. “ހަނދާންކޮށް އަހަރެމެންނަށް މެސެޖު ކުރާތި..!” ކާރުގެ ބިއްލޫރި ގަނޑުން ބޭރަށް ބޯދިއްކޮށްގެން ހުރެ ލައުރާ ބުނެލިއެވެ. އެވަގުތު އަލްޔާ ހީނގަނެފައި އެންމެ ރަނގަޅޭ ބުނެލުމުން ކާރު ނައްޓާލިއެވެ.

“ބާއި މިސެސް ވިލްސަން.. އަދި ވަރަށް އަވަހަށް އަންނާނަން މިގެއަށް އަދި..” ޒައިދާން މިސެސް ވިލްސަންއާއި ސަލާމް ކުރަމުން ބުނެލިއެވެ. “ދަރިފުޅުމެން ބަސްއަހައިގެން އުޅޭތި.. އަދި ކިޔަވާތި..” މިސެސް ވިލްސަން އެހެން ބުނެލުމުން ޒައިދާން ހިނިތުންވެފައި ބޯ ޖަހާލިއެވެ.

ހަތަރުމީހުން އެކީގައި ދިޔައީ ބަސް ސްޓޮޕަކާއި ދިމާލަށެވެ. “ހޭ.. ބަސް އަންނަން އަދި ވަގުތުކޮޅެއް އެބައޮތް.. ޖޫގޯ ބޯނަންތަ..؟؟ ހެއިލް އަހަރެމެންނަށް ގަނެދޭނަންދޯ..؟” އަލްޔާ އަހާލިއެވެ. “ޔަޕް..” ހެއިލަން ހެވިފައި އެހެން ބުނެ ގާތުގައި ހުރި މިލްކްޝޭކާއި ޖޫގޯ ވިއްކާ ތަނަށް ވަނެވެ.

ހެއިލަން ޖޫގޯވިއްކާ މީހާއާއި ގާތަށް ޖެހުނެވެ. “ކޮން ފްލޭވަރއެއް އެންމެން ބޭނުމީ..؟” ހެއިލަން އެއްސެވެ. “ބްލޫބެރީ..” ޒައިދާން ބުނެލިއެވެ. “ވެނީލާ…” އަލްޔާ ބުނެލިއެވެ. “ޒައި..؟” ހެއިލަން އެއްސެވެ. “ފްރުޓް އެންޑް ނަޓްސް..” ޒައިލީން ޚިޔާލަކަށް ގެއްލިފައި އިނދެގެން ބުނެލިއެވެ. “އޭނ ކީކޭ ޒައި..؟” އަލްޔާއަށް އެހުނެވެ. “ނަމްބަރު އެކެއް.. ފްރުޓް އެންޑް ނަޓް ޖޫގޯ ވިއްކާކަމެއް އަދި ނުދަންނަން… ނަމްބަރު ދޭއް.. ޒައިއަކަށް މީރެއްވެސް ނޫނެއްނު ފްރުޓްސް އެންޑް ނަޓްސްއެއް..؟” ޒައިދާން އެއްސެވެ. “ސޮރީ… އެއީ އޮޅުމަކުން.. ޒައި ބޭނުންވަނީ ޗޮކްލެޓް..” ނިކަން އަވަހަށް ޒައިލީން ބުނެލިއެވެ. ހެއިލަން ލޮލުގެ ކުޑަކޮޅުން ޒައިލީންއަށް ނަޒަރެއް ދީފައި ޖޫގޯ ގަތެވެ.

ޒައިލީން ފާރުގައި ލެނގިލިއެވެ. ޗޮކްލެޓް ފްލޭވަރ އަކީ ޒައިލީންއަށް އެންމެ މީރު ފްލޭވާރއެވެ. އެންމެން ޖޫގޯ ބޯން ހުއްޓާ ބާރު ވައިރޯޅިއެއް ޖެހުނެވެ. ޒައިލީންގެ އިސްތަށިގަނޑު ވިހުރިލައިގެން ދިޔައެވެ. ކުއްލިއަކަށް ކަޅުފަތެއް ވަޔަށް އުދުއްސައިގެން ދިޔައެވެ. ޒައިލީން ދިޔައީ ސިއްސައިގެންނެވެ. “ރަވިކާން..!” ބަލާކަށް ނުހުރެ ޒައިލީން އެ ފަހަތުން ދުއްވައިގަތެވެ. އެތާ ތިބި އެންމެން ކަހަލަގޮތަކަށް ޒައިލީންއާއި ދިމާލަށް ބަލަން ފެށިއެވެ. ޒައިލީން އެ ފަތް މުށަށް ލާފައި ވަށައިގެން ހޯދާލިއެވެ.

ފަހަތުން ކޮތަރުތަކެއް އުދުއްސައިގަތެވެ. ޒައިލީންއަށް ވީގޮތް އެނގުނީ ދެނެވެ. އޭނާއަށް ރަވިކާންގެ ވަރައިގެ ފަތެއް ކަމަށް ހިތާ އެދުވެވުނީ ކޮތަރެއްގެ ފަތެއް ފަހަތުންނެވެ. އެންމެންގެ ނަޒަރު އޭނާއާއި ދިމާލަށް ހުއްޓިފައިވުމުން ޒައިލީން ލަދުގަންނަގޮތްވިއެވެ. އަނގަޔަށް ފާޑެއްގެ ގޮތެއް ހަދާލެވުނެވެ.

ހެއިލަން ގޮސް ޒައިލީންގެ އަތުގައި ހިފާފައި އެންމެގާތުގައި ހުރި ރެސްޓޯރެންޓަށްވަނެވެ. ”ޒައި ތިހުރީ ބަނޑުހައިވެފައި.. އެހެންވެ މާ ސައިކޯކޮށް ތިއުޅެވެނީ..” ޒައިދާން ބުނެލިއެވެ. ”މިތަނުން މިގަޑީ ދޭނީވެސް މެންދުރުގެ ކެއުން އެކަނި..” އަލްޔާ މެނޫ ހާވާލަމުން ބުނެލިއެވެ. “އޯކޭ.. ފްރައިޑް ރައިސް.. ފްރައިޑް ނޫޑުލްސް… މިއިން ކޯއްޗެއް ކާނީ.؟” ޒައިދާން އެއްސެވެ. “ނޫޑްލްސް..” ހެއިލަން އެހެން ބުނެލުމުން އަލްޔާ ބޯ ޖަހާލިއެވެ. އޭނާވެސް ކާން ބޭނުންވަނީ ނޫޑްލްސްކަމުގައި ބުނުމަށެވެ. “ޒައި..؟” ޒައިދާން އެއްސެވެ. “ރޮށި…” ޒައިލީންއަށް ބުނެވުނެވެ. “އައިމިނަތު ޒައިލީން ބިންތު ޒާމިން..! ދެން ޒައި ބުނަންވީ ތެދަށް.. ޒައި އޯކޭތަ..؟” ޒައިދާން ތަންކޮޅެއް ބާރަށް އެއްސެވެ. “އޯކޭޔޭ.. ދޮންބޭ.. ޒައި އެބަ އަންނަން ފާޚާނާއަށް ވަދެފައި..” ޒައިލީންގެ އަޑަށް ފާޑެއްގެ ރުޅިވެރިކަމެއް އައެވެ. މޭޒުގާތުން ތެދުވިގޮތަށް ޒައިލީން އަންހެނުންގެ ފާޚާނާއަށް ވަނެވެ.

“ޒައިއަށް ކިހިނެތްވެފައި އެހުރީ.؟” އަލްޔާ ދެރަވެފައި އަހާލިއެވެ. “ޒައި ވަރަށް ތަފާތު ވެއްޖެ އެފަހުން…” ހެއިލަންގެ އަޑުގައި ދެރަވުމުގެ އަސަރަށްވުރެ ހައިރާންވީ ކަމުގެ އަސަރުތައް ދައްކާލިއެވެ. ޒައިދާން ހުރީ ޖެހުނު ޝޮކެއްގެ ބޮޑުކަމުން އަނގަހުޅުވިފައެވެ. ޒައިލީންއަކީ ޒައިދާންދެކެ މިލިމީޓަރެއް ހާހިސާބުގެ ރުޅި އަންނާނެ ކުއްޖެއް ނޫނެވެ. ދުވަހަކުވެސް މަޖަލަކަށް ނޫނީ ރުޅި ނާންނަ ކުއްޖެކެވެ. ޒައިލީންއަށް މިއައީ ހާދަ ބޮޑު ބަދަލެކޭ ޒައިދާންގެ ހިތަށްއެރިއެވެ. އެހާ ބޮޑު ބަދަލެއް ޒައިލީންއަށް ގެނައީ ކާކު، ކިހިނެތްކަމާއި ދޭތެރޭ ޒައިދާންއަށް ވިސްނެން ފެށުނެވެ.

ފާޚާނާއަށް ވަތްގޮތަށް ޒައިލީން ދޮރު ތަޅުލިއެވެ. ޒައިލީން ފާޚާނާތަށި މަތީގައި އިށީންނަމުން މޫނުގައި އަތް އެޅިއެވެ. އަދިވެސް އޭނާގެ ސިކުނޑިން ރަވިކާންގެ ހަނދާންތަކެއް ފޮހެވިގެންނެއް ނުދެއެވެ. ސިކުނޑީގެ އެތަން މިތަނުގައި ލިޔެވިފައިވަނީ ރަވިކާންގެ ނަމެވެ. ރަވިކާންގެ މަތިން ހަނދާން ވެގެން ޒައިލީންއަށް ޒައިދާންމެންގެ ސުވާލަށްވެސް ދެފަހަރަށް ނުބައި ޖަވާބު ދެވުނެވެ. ނަމަވެސް އެޖަވާބު ތަކާއި ދޭތެރޭ ވިސްނާލާފައި ޒައިލީންގެ ގާތަށް އައީ ހިންޏެވެ. ފްރުޓްސް އެންޑް ނަޓްސް ފްލޭވަރަކީ ޒައިލީން ދުވަހަކު ވެސް ކާހިތްވި ފްލޭވަރެއްނޫނެވެ. އަދި މެންދުރުގެ ކެއުން ދޭ ޔޫ.އެސްގެ ރެސްޓޯރެންޓްއެއްގައި ރޮށި ކާން ބޭނުމޭ ބުނެވުމަކީ ހެއްވާ ކަމެކެވެ. ޒައިލީންގެ ލޮލުން ކަރުނަ ފޭބިއެވެ. ރަވިކާންގެ ނަން ފޮހެލެވޭނީ ސިކުނޑީގައި ފޮހޭ ރަބަރުކޮޅަކުން ފޮހެގެންނޭވެސް ހިތަށް އެރި ފަހަރެއްވެސް އައެވެ.

ކަރުނަތައް ފޮހެލާފައި ޒައިލީން ތެދުވެ ފާޚާނާއިން ނުކުތެވެ. އަދި މޫނު ދޮވެލީ މީހަކަށް ޒައިލީން ރުއިކަން ނާންގަން ވެގެންނެވެ. މޫނު ފޮހެލާފައި ޒައިލީން ނުކުންނަން ދިޔަ ވަގުތުގައި ކުރިމަތިން ވައިސޫރިއެއްހާ ބާރަށް ހުދު އަލިކޮޅެއް ދިޔައެވެ. “ފެދަރ..؟؟؟” ޒައިލީން ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުދުކުލައިގެ ފަތެއް އޮތެވެ. އަދި އެ ފަތާއި މާ ދުރުނޫން ހިސާބެއްގައި ކަޅުކުލައިގެ ފަތެއް ވެސް އޮތެވެ. ޒައިލީންއަށް ފުރަތަމަވެސް ބަލާލެވުނީ އެތަން ތެރޭ އެއްވެސް ކޮތަރެއް ހުރިތޯއެވެ. ކުއްލިއަކަށް ގަދަ ވައިރޯޅިއެއް ޒައިލީންގެ ގައިގައި ބީހިލިއެވެ. ފާޚާނާތެރޭ ހުރި ކުޑަ ފެންލައިޓުން އެފަދަ ބާރު ވައިރޯޅިއެއް ޖެހިދާނެ ކަމަށް ޒައިލީންއަކަށް ގަބޫލެއް ނުކުރެވުނެވެ. ކުރިއަށްވުރެ ބާރަށް ވައި ޖެހެން ފެށުމުން ޒައިލީންއަށް އެދިމާލަށް ބަލަން ހުރެވުނެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ތިއީއޭ މިހިތުގެ މަންޒިލަކީ….(3)

Next

ނާމާން – 8 & 9

Next
August 5, 2020

ނާމާން – 8 & 9

Previews
August 5, 2020

ތިއީއޭ މިހިތުގެ މަންޒިލަކީ….(3)

24 Comments!

  1. N0 oNe.. says:
    August 5, 2020 at 12:21 pm

    varah reethi mi part ves sis..???
    alhugandu heykuree ravikaan ai kamah…
    ravikaan ah kihineh baa dhw vee…?????
    hope zai ok vaane kamah..
    take care and stay safe gey sissssoooo ???
    saranghae sissie..????

    1. yooon yooon says:
      August 5, 2020 at 10:56 pm

      Alheiii thnk u soo much No one ?? Lets see dhw rawikaan ah waa gotheh ?? Saranghae u more sissiee ??? You take cate too ??? n stay safe ingeiii

  2. Een says:
    August 5, 2020 at 12:22 pm

    Wow… Masha Allah this part is also awesome♥️♥️♥️♥️
    Curiously waiting for the next part?????
    This is the best fictional story ever…????
    Lysm and tgc my fav auther??????

    1. yooon yooon says:
      August 5, 2020 at 10:58 pm

      Thnxx Een dearlinn ??? Vrhhhh Ufaavejje cuz u said that ???? Love u so so much more Een ??? Tgc Een -one of the sweetest- ?? stay safe my dear

  3. Layaan says:
    August 5, 2020 at 12:59 pm

    Wow this part is also VvvvV amazing 🙂 Yoon you are so so talented maasha allah. This is the number 1 fictional story I have read so far.. Thrilling amazing fabulous twisty, ect.. I love u so much yoon. stay safe and your the best

    1. yooon yooon says:
      August 5, 2020 at 11:01 pm

      Thank you so much Layaan ✨✨??? Thank u so so much ??? Vrh ufaavejje ??? I love u so much more dearlinnn ??? Awwn you stay safe too Layaan ??? Take care

  4. XinXin says:
    August 5, 2020 at 1:01 pm

    Poor zaileen 🙁 so sd 🙁 She actually does love him dhow ?? seems like that.. waiting 4 the next part.. LYVM YOOON

    1. yooon yooon says:
      August 5, 2020 at 11:05 pm

      Letsss see ????? Keep waiting dearling ? insha allah won’t be long ???? love you so much more dearrr ??? Stay safe ??? tgc

  5. XinXin says:
    August 5, 2020 at 1:02 pm

    By him I meant Ravikaan ok… Zaileen and Ravikaan They are so cute.. Pretemding to be angry with each other and pretending to hate each other.. just wowowow this story

    1. yooon yooon says:
      August 5, 2020 at 11:07 pm

      Yeaaa i figured ??? Thank u so much XinXin dear ??? Take care ingeiii

  6. Afuu says:
    August 5, 2020 at 1:06 pm

    Always have loved your awesome stories yooon. This one as well. so when next.? cannot wait

    1. yooon yooon says:
      August 5, 2020 at 11:12 pm

      Aww thnk u so much Afuu ????? nxt i wil submit tmrw mornin insha allah ?? But admin Approval libunyma e part kiyaalan libeyni dearlin mennah ??? stay safe and take care Afuu ??? Lysm dearr

  7. ?Grlfrnd? says:
    August 5, 2020 at 1:11 pm

    Zai is totally in love with Rawikan ??? im super sure of it.. Btw just love this story ❤❤❤❤ Keep up the good works and im so waiting for the next part ? ILUSM siss

  8. VV says:
    August 5, 2020 at 1:13 pm

    Some parts were so funny ???? this is the best story ever ?? love this, it brings a smile on my lipss.. Lysm yoon

  9. Anonymous says:
    August 5, 2020 at 1:14 pm

    Great story ????

  10. ?Ril? says:
    August 5, 2020 at 1:27 pm

    Wow Yoon Mi part ves amazing vrh vrh sali????
    Fainally zaileen eburi aeee dhw But still missing ravikaan
    I am so sad for u zaileen ?????
    And hope to see ravikaan soon ☺️☺️☺️
    I think toilet gaa zaileen euleny ravikaan aa ❤️❤️dhimaavaankaneyeg ehen vehjeyaa kithanmeves ragalu❤️
    Oops forget to ask how was the eid Yoon majaa thr??
    Btw waiting for next part ???
    Luv uuuu???
    Take gud care ???

    1. yooon yooon says:
      August 5, 2020 at 11:18 pm

      Thnxxiess Ril dear ????? Lets see dhww dhn waagoiyh ??? My Eid was pretty boring.. I live in hulhumale ? n cuz of these corona days i almost never get out of the house ?? So no kula jehun or other activities for me ? But it was fine ?? got to spend it fully with my family ?? Ril dear ge Eid kihineh thr ?? Keep on waiting ??? Love u more ??? stay safe ??? take care ril dearr

    2. ?Ril? says:
      August 6, 2020 at 9:28 am

      Wlcm Yoon♥️♥️♥️♥️♥️
      Ril ge Eid ves boring eh noon
      Rashugaa uleythy ehen ve vrh majaa ????
      Hama ehnyaa ona Eid kulivaru oi kulajehumaa but not so funny compare to others but this time?????? I spend time with both frnds and family. That part was fun????????????

    3. yooon yooon says:
      August 6, 2020 at 4:11 pm

      So happy to know that Ril ??? Keep enjoying ✨✨ Lysm dear

  11. Nerr__ says:
    August 5, 2020 at 5:18 pm

    rawikaan ah kameh v baa?? ? aulkyn anehkka zai ah kameh kurany tha?? oh no no!!..
    hope to see rawikaan and zai together in the nxt part..
    beautiful storyyy… hama habeys ❤️❤️
    nxt part avaha up kohdhechey ingey ?

  12. Eekko 11 says:
    August 5, 2020 at 8:34 pm

    Varah loabi mi Bai vx….. Waiting for next.????❤️❤️❤️????? Lyssssm and tc

    1. yooon yooon says:
      August 5, 2020 at 11:20 pm

      Thnk u so much Eekko 11 ??? keep waiting dearling ??? Love u more ?? Take care

  13. Starlight vixx says:
    August 6, 2020 at 8:46 am

    varah reethi mi part ves curiously waiting for the next part

    1. yooon yooon says:
      August 6, 2020 at 4:11 pm

      Thnxxies Starlight vixx ??? so happy

Comments are closed.

Next Episodeފިޔަފަތް 14←


All Right Reserved!