Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 23

Annna Level 510 Stories100 Comments100 Login
August 10, 2020 3 Mins Read
5 Comments

ތޭވީސްވަނަބައި

އިސްރާ ބަދިގެއަށް ގޮއްސައި ދެން އައީ ރޮއްޓައި މަސްހުނި ހިފައިގެންނެވެ. އިސްރާ އައިނާ އަށް އެދެއަތުން ކާން ދިން އިރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. އައިނާ ވެސް ދެރަވީ ލޯބިވާ މަންމަ އެގޮތައް އޭނަ އާއިހެދި ރޯތީވެއެވެ. އެމަންމަ އަށް ޓަކައި ނަމަވެސް އައިނާ ހިތްވަރު ކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. އިސްރާ ތަށި ހިފައިގެން ނިކުތުމުން އަނީލްވެސް އަރިން ގޮވައިގެން ނިކުމެ ދޮރުލައްޕާލިއެވެ.

“ޓެލްމީ.. ތިދެމީހުންގެ ދޭތެރޭގައި ކިހިނެތްވީ..؟” އަޝްހާ ސުވާލު ކުރިއެވެ.

***

“ކަމެއް ނުވޭ..” އައިނާ އަޝްހާ އިންފަޅި ނޫން އަނެއް ފަޅިއަށް މޫނު އަނބުރާލަމުން ބުނެލިއެވެ. “އޯކޭ.. ފައިން.. އަނާ ބުނާ ޚިޔާލު ނުކުރަންޏާ އައިމް ކޯލިން ހިޝާންބެ..” އަޝްހާ އައިނާ ހަތިޔާރު ބަހައްޓާނެ ފަދަ ބަހެއް އިއްވާ ލައިފައި ފޯނު ނެގިއެވެ.

ވަގުތުން އައިނާ އަޝްހާގެ އަތުގައި ހިފެހެއްޓިއެވެ. “ނޫން..” އައިނާ ބުނެލިއެވެ. އަޝްހާ ސުވާލުގެ ނަޒަރަކުން އައިނާ އަށް ބަލާލިއެވެ.

އައިނާ އޭނާ އަށް ފެނުނު މަންޒަރުތަކާއި ހިޝާންގެ އެކުވެރިއެއް ކިޔައިދިން މަންޒަރުތައް އަޝްހާ އަށް ކިޔައިދިނެވެ. އައިނާ އަށް އިނގޭ ގޮތަށެވެ. އައިނާ އަށް ފެނުނު ގޮތަށެވެ.

އައިނާ ކިޔައިދިން އިރުވެސް ލޮލުން ކަރުނަ އައެވެ. ނަމަވެސް ހިތްވަރު ކޮށްފައި އަޝްހާ އަށް ކިޔައިދިނެވެ. އޭރު އަޝްހާވެސް އައިނާ ކިޔައިދިން ގޮތުން ހުރީ ދެލޯ ފެންކަޅިވެފައެވެ. “ހިއެއް ނުކުރަން ހިޝާންބެ…” އަޝްހާ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“ދެން ރެސްޓް ކޮށްލާ.. އަހަރެން މިދަނީ ގެއަށް.. މިހާރު އެއޮތް އެގާރަ ޖަހަނީ.. މެންދުރު ރަނގަޅައް ކައްޗޭ.. އިނގޭ..” އަޝްހާ އައިނާގެ ބޮލުގައި ފިރުމާލައިފައި ބުނެލިއެވެ. އައިނާ ވެސް ބޯޖަހައިލީ އެއްބައް ވުމުގެ ގޮތުންނެވެ. ހިތުގައި ހުރި ވާހަކަތައް ކޮންމެވެސް މީހަކަށް ކިޔައިދެވުމުން އައިނާ ހިތްހަމަ ޖެހުނެވެ.

އަޝްހާ ދިޔަތާ މާގިނަ އިރު ނުވަނީސް އައިނާގެ ދެލޮލަށް ބަރުވެގެން ނިދުނެވެ. އިސްރާ އައި އިރުވެސް އައިނާ އަށް އޮތީ ނިދިފައެވެ. ތުންފަތއް ހިނިތުންވުމެއް ވެރިވީ އައިނާގެ މޫނުމަތީގައިވި ހިތްހަމަ ޖެހުމުގެ ހިނިތުންވުން ފެނިފައެވެ. އަޝްހާ ވެސް އޭނާ އަށް އެއްވެސް ވާހަކަ އެއް ކިޔައިނުދީ ދިޔުމުން އިސްރާ ހިސާބަކަށް ވެގެން އުޅޭ ގޮތެއް މޭރުން ވިޔަސް ޔަޤިން ނުކޮށް އައިނާ ގާތުވެސް ނާހަން އިސްރާ ނިންމިއެވެ.

***

އަޝްހާ އެގެއިން ނިކުތީ ހިޝާންދެކެ ވަރަށް ރުޅިއައިސް ހުރެގެންނެވެ. މިވަގުތު އަޝްހާ ގޮސް ހިޝާންގެ މޫނުމަތީގައި ޖަހަން ވެސް ފަސްނުޖެހޭނެ ކަން ޔަޤީނެވެ. އެހާ ވެސް އަޝްހާ ހުރީ ރުޅި އައިސްއެވެ. އަޝްހާ ގެހުރި މަގަށް އަޅާލިއިރު އެތާ އިން ފިހާރައެއްގެ ކުރިމަތީގައި އިން މައުލާން ފެނުނެވެ.

އެމަގުން ކިތަންމެ ދާހިތް ނުވިއަސް އެނޫން ގޮތެއް އަޝްހާ އަކަށް ނެތެވެ. ގެއަށް ވަދެވޭނީ މައުލާން ހުރަސް ކޮށްފައެވެ. ތާރު އަޅައިފައި އޮތަސް އެއީ އެހާ ފުޅާ މަގެއް ނޫނެވެ. އެއްކޮޅައް ދުއްވާ މަގެކެވެ.

އަޝްހާ މައުލާން އާއި އަރައި ހަމަވިތަނައި މައުލާން ދުވެފައި ކަހަލަ ގޮތަކަށް އައިސް އޭނާގެ އަތުގައި ހިފުމުން އަޝްހާ ހިތްހަމަ ނުޖެހުނެވެ. މަގުމަތީގައި ތިބި މަދު މީހުންގެ ލޯތައް އެދެމީހުންނަށް ހުއްޓެން ފެށުމުން އޭނާ ނިކަން ހިތަހަމަ ނުޖެހުނެވެ. ހިޝާން ދެކެ އައިސް ހުރި ރުޅި އާއި މައުލާން ދެކެ އައިސް ހުރި ރުޅި ބޭލުނީ އެއްފަހަރާއެވެ.

“މިދެން ކިހައި ދެރަވެއްޖެ ކަމެއް.. އޭނ.. މަގުމައްޗައް މިހާރު ނިކުމެވޭން ވެސް ނެތޭ.. އަތުގައި ހިފަހައްޓާނެ.. ކުރިބައްދާނެ.. ހަމަ މިހާރު ދޫކުރޭ..” އަޝްހާ މިހެން ބުނުމުން މައުލާން ތުންފަތް މައްޗައް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

“ހާދަ ރީއްޗޭ މިހާރު.. އާހް.. މިތަނަށް ގޮތެއް ވެލައިފި…” އަޝްހާ ގާތަށް ވަކިން ރުޅި އައީ މައުލާން އޭނާގެ ހިތާއިވީ ދިމާލު ފިރުމާލަމުން އެހެން ބުނީމައެވެ. އޭރު އަޝްހާ އިނީ ރުޅިން ގޮސް ފަޅައިގެން ދާވަރު ވެފައެވެ.

އަޝްހާ އަނެއް އަތުން މައުލާންގެ ކަންކަށިމައްޗައް އަތުގެ ހޫނު ހަމަލާ އެއް ދިނެވެ. ވަގުތުން މައުލާން އޭނާގެ ކޮލުގައި ހިފާލަމުން އަޝްހާގެ އަތުން ދޫކޮށްލިއެވެ. އެވަގުތު އެހެން ލައިފައި ދިޔަ މީހުންގެ ނަޒަރު މައުލާން އަށް ހުއްޓެމުން ދާތީވެ މިއިން ދުވަހަކު ނުގަންނަ ލަދު މައުލާން ގަތެވެ.

އަޝްހާ ގެއަށް ވަންނަން އެނބުރުނެވެ. “ޔޫ ވިލް ޕޭ ފޯ ދިސް ބޭބީ..” މައުލާންގެ އަޑު އަޝްހާގެ ކަންފަތާއި ހަމަ އަށް ފޯރިއެވެ. އަސަރެއް ނެތް ގޮތަށް އަޝްހާ ހީލައިފައި އެތެރެއަށް ވަދެގެން ދިޔައީ މައުލާން ރުޅި އަރުވާލައިފައެވެ.

ކޮންމެ ފަހަރަކު އަޝްހާގެ ކުރި މޮޅުވާތީވެ މައުލާން އެކަމާއި ވެސް ހުންނަނީ ރުޅިއައިސަ އެވެ.

***

އަޝްހާ އެއްވެސް މީހަކާއި ވާހަކަ ވެސް ނުދައްކައި މައްޗައް އަރައިގެން ދިޔަ ގޮތުން އެންމެންވެސް ތިބީ ހައިރާން ވެފައެވެ. ނަމަވެސް އެކަކަށް ވެސް އަޝްހާ އަށް ގޮވާލައިފައި ކީއްވީތޯ އަހަންވެސް ނުކެރުނެވެ. ވާނީވެސް އެހެން ތާއެވެ. ބުނާކަށް ވަގުތެއްވެސް ނުލިބުނެވެ. އަޝްހާ ދިޔައީ އެހާވެސް ބާރަށެވެ.

އަޝްހާ ގޮސް ކޮޓަރިއަށް ވަދެފައި ދެކޮޅަށް ހިނަގެން ފެށުނީ ރުޅި ކޮންޓްރޯލް ކުރާށެވެ. “އާހް.. ވައި.. ވައި.. ވައި..؟ ހިޝާންބެ ކީއްވެ އަނާ އަށް އެހެން ހެދީ.. އައި ކާންޓް ބިލީވް.. އެކަމު އަނާވެސް ދޮގެއް ނަހަދާނެ.. އަނެއް ކޮޅުން މައުލާން.. ހުވާ މިބުނީ އެވެސް މިހާރު އުނދަގުލަކަށް ވެއްޖެ..” އަޝްހާ މިހެން ހުއްޓާ ފޯން ރިންގުވާން ފެށިއެވެ.

ކާކުތޯވެސް ނުބަލައި ނަގާފައި ރުން ކުރުކޮށް ހަލޯ އޭ ބުނެލިއެވެ. “ވޯހް.. ހާދަ ރުޅި އައިސް.. އަނެއްކާ އަހަރެން ގުޅާތީވެ އުނދަގޫ ވަނީތަ..؟” އެކޮޅުން ވާހަކަ ދެއްކި ނައިލް އަހާލިއެވެ. “ނަ.. ނަ.. ނައިލް؟؟” ނައިލް ކަން އެނގުމުން އަޝްހާ ލަދުގަތެވެ.

އައިސް ހުރި ރުޅިގަނޑު ދިޔައީ ހަވާ އަށްކަމެއް ބިންފަޅާފައި އަޑި އަށް ކަމެއް އަޝްހާ އަށްވެސް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ ނައިލްގެ ފިރހިންވަންތަ އަޑު އިވުމުން އަޝްހާގެ ގައިގެ ލޯލިތައް ކޮޅައްޖެހި ދުނިޔޭގެ އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތޭ ކަމެވެ.

އަޝްހާ ނައިލް އާއި ވާހަކަ ދައްކަން ފުދޭވަރަކަށް ގިނައިރު އިނެވެ.

***

ދެނަމާދު ދޭތެރެއެވެ. މަޣުރިބުން ފައިބައިގެން އައިސް ހިޝާން ކޮޓަރިއަށް ވަދެ ފޯނު ނެގީ އައިނާ އަށް ގުޅާ ލަން ކަމަށެވެ. ނަމަވެސް ކުރިން ފަހަރު ތަކެކޭ އެއްފަދައި އައިނާގެ ފޯނު އޮންނަނި ނިއްވާލައިފައެވެ. މާޔޫސީ މޫނަކައިގެން ހިޝާން އެނދުމައްޗައް ވެއްޓިގަނެ ބަލައިލީ ތައްޔާރު ކޮށްފައި އިން ފޮއްޓަށެވެ.

ކިޔަވަން އޮސްޓްރޭލިއާ އަށް ހިޝާން ފުރަނީ އޭގެ އަނެއްދުވަހު އެވެ. ފަތިހު ފްލައިޓުން މާލެ ފުރާތީވެ ހިޝާން ބޭނުންވީ އެއްފަހަރު ނަމަވެސް އައިނާ އާއި ވާހަކަ ދައްކާލައި ކުށްހީތައް އޮޅުން ފިލުވައި ދޭށެވެ. ނަމަވެސް އައިނާ ފޯނުނުނެގުމުން ހިޝާން މާޔޫސް ވާގޮތް ވިއެވެ. އެގެއަށްވެސް ދާނީ ކީކޭ ކިޔާފައި ކަމެއް ނޭނގެއެވެ. އަރިން އުރާލާށޭ ބުންޏަސް ގަބޫލެއް ނުކުރާނެއެވެ. ސަބަބަކީ ހިޝާން އަށް އަރިން އުރާކަށްވެސް ނޭނގެއެވެ.

އެތައް އިރަކު ވިސްނަން އޮވުމަށްފަހު އެގޭގެ ނަންބަރަށް ޑައިލް ކޮށްލީ އައިނާ ފޯނު ނަގާތޯ ދުޢާ ކޮށްލަމުންނެވެ.

***

ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އޮތް އައިނާ އަށް ހޭވެރިކަމެއްވީ ގޭގެ ފޯނު ރިންގް ވި އަޑަށެވެ. އެކަކުވެސް ފޯނު ނުނެގުމުން އައިނާ އޭނާގެ ކޮޓަރީގައި އިން ފޯނުން އެކޯލް ނެގިއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ލޯބި؟

Next

ވވަމޭ ތިލޯބި އެދިއެދި ( ތިންވަނަ ބައި )

Next
August 10, 2020

ވވަމޭ ތިލޯބި އެދިއެދި ( ތިންވަނަ ބައި )

Previews
August 10, 2020

ލޯބި؟

5 Comments!

  1. Abu❤ says:
    August 10, 2020 at 8:37 am

    Owww…mi first dhw..v.reethi?

    1. A aaR says:
      August 10, 2020 at 11:55 am

      ? Jazaakallah khairan abu.. yh first..

  2. A aaR says:
    August 10, 2020 at 11:55 am

    Here is the 23rd prt hope u loved it.. next ill submit today.. stay safe.. saty home

  3. ?Ril? says:
    August 10, 2020 at 5:20 pm

    Wow a aaR mi part ves vrh Sali
    Masha Allah
    Keep it up
    Luv uu

    1. A aaR says:
      August 10, 2020 at 6:31 pm

      Jazaakallah khairan Ril

Comments are closed.

Next Episodeއައިނާ (2) 24←


All Right Reserved!