Skip to content
އެސްފިޔަ

ފިޔަފަތް 14

ކުއްލިއަކަށް ގަދަ ވައިރޯޅިއެއް ޒައިލީންގެ ގައިގައި ބީހިލިއެވެ. ފާޚާނާތެރޭ ހުރި ކުޑަ ފެންލައިޓުން އެފަދަ ބާރު ވައިރޯޅިއެއް ޖެހިދާނެ ކަމަށް ޒައިލީންއަކަށް ގަބޫލެއް ނުކުރެވުނެވެ. ކުރިއަށްވުރެ ބާރަށް ވައި ޖެހެން ފެށުމުން ޒައިލީންއަށް އެދިމާލަށް ބަލަން ހުރެވުނެވެ. ކުއްލިއަކަށް ކުރިމަތިން ފާޅުވީ ރަވިކާންއެވެ. އަމިއްލަ ދެލޯ އޭނާއަށް ޚިޔާލީ މަންޒަރު ދައްކަނީ ހެއްޔެވެ.؟ ނޫނީ ރަވިކާންއާއި ދޭތެރޭ ވިސްނަމުން ގޮސް ޒައިލީންގެ ސިކުނޑީގެ ބާރު ކެނޑުނީ ހެއްޔެވެ.؟ ޒައިލީންއަށް އަމިއްލަ އަތުގައި ވިކާލެވުނެވެ. މިފެންނަނީ ހުވަފެނެއް ނޫނެވެ. އަސްލެވެ. ޒައިލީންއަށް ގަބޫލުކުރަން ދަތިވިއެވެ.

ޒައިލީންގެ އެސްފިޔަތަކުގެ ތެރެއިން ފޫދިގެން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ. ރަވިކާންއަށް ބަލަން ހުރެވުނެވެ. މޫނަށް ފާޑެއްގެ ގޮތެއް ހަދައިގެންނެވެ. ޒައިލީން މަޑުމަޑުން ހުއްޓެވެ. “އަހަރެން އެހާވަރުން މިއައީ އިންސިންގެގާތަށް.. އިންސިކުއްޖާ އަހަރެންނަށް މަރުހަބާއެއްވެސް ނުކިޔާނަންތަ..؟” ރަވިކާން އެއްސެވެ. ޒައިލީންއަށް އިސްއުފުލާލެވުނެވެ. ރަވިކާންގެ އަޑު އިވުމުންނެވެ. ޒައިލީން ބާރަށް ހިނގާލާފައި ގޮސް ރަވިކާންގެ ގާތުގައި ހުއްޓުނެވެ. އަދި ވަރައިން ތިން ފަތް އެއްފަހަރާ ނައްޓާލިއެވެ. އުފަލާއި އެއްވަރަށް ޒައިލީން ހުރީ ރުޅިވެސް އައިސްފައެވެ. ލިބުނު ސިހުމާއެކީ ރަވިކާން ލޯ އަޅާލިއެވެ. ޒައިލީން ވެސް ހަމަ އެބީދައިން ރަވިކާންއާއި ދިމާލަށް ލޯ އަޅާލިއެވެ.

“އައްދިއްޔޯ..!! ތިއީތަ އިންސިން އެކަކު އަނެކަކަށް މަރުހަބާ ކިޔާ ގޮތަކީ..؟؟” ރަވިކާން ވަރައިގައި ފިރުމާލަމުން އަހާލިއެވެ. ރަވިކާން އިތުރަށް ސިހުނީ ޒައިލީން އޭނާގެ ގައިގައި އޮޅުލައިގަތުމުންނެވެ. ރަވިކާންވެސް ފުންނޭވާއެއްލާފައި ޒައިލީންގެ ބުރަކަށީގައި ފިރުމާލިއެވެ.

“ރަވިކާންއަށް އެނގޭތަ ތިހުރެވުނީ އަންހެން ކުދިންގެ ފާޚާނާގެތެރޭގައިކަން..؟” ރަވިކާން ފެނުމުން ދުނިޔެ އިން މޮޔަވާވަރަށް އުފާވިއެއްކަމަކު އެޝުއޫރުތައް ފޮރުވާލަމުން ޒައިލީން އެއްސެވެ. “ދެވައްތަރު މީހުންނަށް ދެފާޚާނާއެއްތަ..؟” ރަވިކާންއަށް އެހުނެވެ. ޒައިލީން ހީގަންފައި ރަވިކާންގެ އަތުގައި ހިފާ ދަމަމުން ފާޚާނާ އިން ނެރުނެވެ.

ޒައިލީންގެ ލޮލުގައި އަޅައިގަތީ ރަވިކާންގެ ދެކަންފަތެވެ. އެކަންފަތް މީހަކަށް ފެނިއްޖެނަމަ ވަގުތުން ރަވިކާން ހައްޔަރުކުރާނެއެވެ. ޒައިލީންގެ ލޮލުގައި އަޅައިގަތީ ރެސްޓޯރެންޓަށް ވަތް ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހުރީ ކެޓް އިޔަރސް ހުރި ބޭންޑެއް އަޅައިގެންނެވެ. ”އެންމެރަނގަޅު.. ރަވިކާންގެ ވަރަ ނުދައްކާތި އެއްވެސް މީހަކަށް..” ޒައިލީން ބުނެލިއެވެ. ”އަހަރެން ޖިންނިންނާއިއެކީގައި މިހުރިހާ ދުވަހު އުޅުނެއްކަމަކު މިތަނުގެ އެކިކަންކޮޅުތައްވެސް އެނގެޔޭ.. އިންސިކުއްޖާ ހީކުރީތާ..” ރަވިކާން ފޮނި ކަނޑާލިއެވެ.

“މަޑުކޮށްބަލަ އަހަރެން ގޮވައިގެން ރަވިކާން އަމިއްލައަށް މިތަނަށް އައީ.. މާނައަކީ ރަވިކާން ޖެހޭނެއޭ ޒައިގެ އެކުވެރިންނާއި ބައްދަލު ކުރަން..” ޒައިލީން ބުނެލިއެވެ. “ހީވޭތަ..؟ އަހަރެން މިތަނަށް އައީ އަހަރެން އަމިއްލައަށް ބޭނުންވެގެން… އިންސިކުއްޖާ ބުނާކަމެއް އަހަރެން ނުޖެހޭނެ ކުރާކަށް..” ރަވިކާން ބުނެލިއެވެ. ޒައިލީން ރުޅިއައެވެ. ރަވިކާންއާއިއެކީ އުޅެއުޅެ ރުޅިއަކީ އޭނަގެ ގަޔަށް ވިހަލާފައިވާ އެއްޗެއް ކަހަލައެވެ. ބޭނުން ވަގުތަކު މިހާރު ޒައިލީންއަށް ރުޅި އާދެވެއެވެ. ޒައިލީންއަކީ މިހާރު ކުރިން އަބަދު ހިނިތުންވެފައި އިންނަ އަންހެން ކުއްޖާއެއް ނޫނެވެ. ”އެކަމަކު އިންސި ކުއްޖާ ބުނީމައި އެއްފަހަރަކަށް އަހަރެން ގޮސްފާނަން.. ކުޑަކުޑަ އިންސި ކޮއްކޮއަށްވެސް އިހުތިރާމުކުރަން ޖެހޭނެތާ..” ރަވިކާން ބުނެލިއެވެ. އެއާއި ވިއްދައި ޒައިލީންއަށް ބަހެއް ބުނަން އަނގަވެސް ހުޅުވައެއް ނުލެވުނެވެ.

ޒައިލީން ފާޚާނާއިން ނުކުމެފައި ޒައިދާންމެންގެ ގާތަށް ދިޔައީ ރަވިކާން ވެސް ގޮވައިގެންނެވެ. ޒައިލީން ފިރިހެން ކުއްޖެއް ގޮވައިގެން އައުމުން އެންމެން ތިބީ އާގަމަވެފައެވެ. ވަކިން ޚާއްސަކޮށް ރަވިކާންގެ އާދަޔާހިލާފު ރީތިކަން ފެނިފައެވެ. އަލްޔާވެސް ހުރީ ރަވިކާންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

“މިގަޑީ ސުވާލުކުރުން މުހިއްމެއް ނޫން.. ސުވާލުކުރާނީ ގޮސްފައި..” ޒައިލީން ބުނެލިއެވެ. ވެއިޓަރު ކާއެއްޗެހި ގެނެސްދިނުމުން އެންމެން ކާންފެށިއެވެ. ރަވިކާން ނުކައި އިށީނެވެ. “ރަވިކާން.. ޖިންނިން ކޮންމެފަދަ އެއްޗެއް ކެޔަސް ހެޔޮ.. ރަވިކާން މިކައިބަލަ.. ވަރަށް މީރޭ…” ޒައިލީން ސަމްސަލުން އެތިކޮޅެއް ކާލަމުން ބުނެލިއެވެ. ޖިންނިއެކޭ ބުނުމުން ކާންއިން ހެއިލަން ސުވާލުގެ ނަޒަރަކުން ޒައިލީން އާއި ދިމާލަށް ބަލާލިއެވެ. “އިންސިކުއްޖާ ކައިބަލަ.. އަހަރެން ބަނޑުހައެއްނޫން..” ރަވިކާން ބުނެލިއެވެ. “އަނގަހުޅުވަބަލަ.. ލަވައިދޭނަމޭ..” ޒައިލީން އެދުނެވެ. އަނގަ ހުޅުވަން ނުހުޅުވަން އުޅެފައި ޒައިލީން ސަމްސާ ދިއްކޮއްލުމުން ރަވިކާން އަނގަހުޅުވިއެވެ. ރަވިކާން އަނގަޔަށް އެތިކޮޅެއް ލެވުމަށްފަހު ޒައިލީން މަޑުކޮއްލިއެވެ.

“ނުބައެއްނޫން.. މީރެއްވެސް ނޫން.” ރަވިކާން ބުނެލިއެވެ. “އަސްލު މީރުދޯ..؟” ޒައިލީން އެހެން އެހީ ޖެއްސުމަށެވެ. “ހްމްމް.. އެކަމަކު ބަނޑު ފުރިއްޖެޔޭ..” ރަވިކާން ހީނލާފައި ބުނެލިއެވެ. “އެހެންތަ..؟ އަދި ލަވައިދީފިއްޔާ ކާނަންތަ..؟” ޒައިލީން އެއްސެވެ. ރަވިކާން އަނގަ ހުޅުވިއެވެ. ޒައިލީން ކެއީ ރަވިކާންއަށް ވެސް ދެމުންނެވެ. އެމަންޒަރު ބަލަން އެހެން އެންމެން ހުރީ ޝައުގުވެރި ފިލްމެއްގެ ނޭވާ ހިފާއްޓާލަންޖެހޭ ފަދަ ބަޔެއް ބަލާހެންނެވެ.

ޒައިލީންއަށް އެކަން ފާހަގަވިއެވެ. “ކިހިނެތްވީތަ..؟؟؟” ޒައިލީން އެއްސެވެ. ”ކަމެއްނުވޭ..” އަލްޔާ ވަގުތުން ބުނެލިއެވެ. ކައި ނިމުނިތަނާ އެކުދިން އަރަންޖެހޭ ބަސްއައެވެ. ކެއުމަށް ފައިސާ ދައްކާފައި ޒައިލީން އަލްޔާ ޒައިލީންއަށް ދިން ބެކްޕެކް އަޅުވައިގެން ބަހަށް އެރިއެވެ.

ބަހުގެ އެންމެ ފަހަތުގައިވާ ސީޓުގައި ޒައިލީން އިށީނެވެ. ޒައިލީންއާއި ޖެހިގެން ރަވިކާން އިށީނެވެ. ރަވިކާން އިނީ އާވެފައި ބަހުގެ ތަންތަނަށް ބަލާށެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ބަހަކަށް އެރުމުން އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވަށްކަޅިން އެދިމާލަށް ބަލަމުން އަލްޔާއާއި ޒައިދާން އެސީޓު ތަކުގެ ކުރިއަށް އިން ދެ ސީޓުގައި ހަމަޖެހިލިއެވެ. ހެއިލަންވެސް ސީޓެއްގައި އިށީނެވެ. ޒައިލީން ފުރަތަމަވެސް ފޯނު ނަގާފައި އޮންލައިން ވެލިއެވެ.

“ރަވިކާން.. އާދެބަލަ ފޮޓޯއެއް ނަގަން..” ޒައިލީން ބުނެލިއެވެ. ރަވިކާން ގާތަށް ޖެހިލިއެވެ. ޒައިލީން ސްނެޕް އިން އޭނައާއި ރަވިކާންގެ ސެލްފީއެއް ނެގިއެވެ. އެ ސެލްފީ ނެގުމުން ރަވިކާން ސިހުނުކަން ޒައިލީންއަށް އިނގޭތީ ވަގުތުން ހޭންފެށިއެވެ.

ސެލްފީފަށެއް ނަގާލުމަށްފަހު ޒައިލީން ދަބަހުން ހެޑްސެޓް ނަގާފައި ރަވިކާންއަށް އެއް ކަންފަތަށް ޖަހާ ތަންކޮޅު ދިއްކޮއްލިއެވެ. ރަވިކާން އޭއްޗަށް ބަލާލިއެވެ. “ޑޭމް އިޓް..! ރަވިކާން ކިހިނެތް ހެޑްސެޓް ޖަހަނީ..؟” ޒައިލީން ބަލާލީ ރަވިކާންގެ ބުޅާ ދެ ކަންފަތަށެވެ. ރަވިކާން ކޮނޑު އަރުވާލާފައި ސީޓުގައި ލެނގިލާފައި ބިއްލޫރިގަނޑުގެ ބޭރުން ފެންނަ މަންޒަރުތަކަށް ގެއްލިފައި އިނެވެ. ހެޑްސެޓް ކަންފަތަށް ޖަހާލުމުން ޒައިލީން ޝޯން މެންޑަސް އާއި ޒޭން މަލިކްގެ ލަވަތައް އަޑު އަހަންފެށިއެވެ.

ބަހުގައި އިންއިރުވެސް ޒައިލީން ދިޔައީ ވަގުވަގަށް ރަވިކާންގެ މޫނަށް ބަލަމުންނެވެ. ރަވިކާންއަށްވެސް އެކަން ފާހަގަވި ނަމަވެސް ފޮނިވެފައި ނުވާކަމަށް ހަދައިގެން އިނީއެވެ. “އޭތް.. ރަވިކާން..” ޒައިލީން ހިނިތުންވެފައި ގޮވާލިއެވެ. ރަވިކާން ޒައިލީންގެ މޫނަށް ބަލާލާފައި އާނއެކޭ ބުނެލިއެވެ. “ރަވިކާން ހަމައަސްލަށްވެސް ޒައި ގޮވައިގެން މިކޮޅަށް އައީ ދޯ..؟؟” ޒައިލީން އަހާލިއެވެ. ޒައިލީން އަމިއްލަ އަމިއްލައަށް ޒައިއޭ ކިޔާ ވާހަކަ ދައްކާތީ ރަވިކާންގެ ގާތަށް ހިނިއަންނަގޮތްވިއެވެ.

“ހްމްމް.. އަހަރެން އިންސިކުއްޖާ ގޮވައިގެން މިކޮޅަށް އެނބުރި އައީ.. ނުބުނާތި އަހަރެން ފެންނަން ނެތީމަ އިންސިކުއްޖާ އަހަރެން މަތިން ހަނދާން ނައްތާލީއޭ..؟” ރަވިކާން ލޯ ކުޑަކޮށްލާފައި ޒައިލީންގެ ކޯތާފަތުގައި ބާރަށް ހިފިއެވެ. “އައުޗް.. ތަދުވެޔޭ.. ހަނދާނެއްނެތޭ ބުނެފިއްޔާ..؟” ޒައިލީން އަހާލިއެވެ. “ދެން ދެރަވާނީ އެއްނު..؟ އަހަރެން އަހަރެންގެ ހުރިހާ އެއްޗެއް ދޫކޮށްފައި އައީމަ އިންސި ކުއްޖާއަށް ވެސް އެނގުނީ އަހަރެންގެ މަތިން ހަނދާން ނައްތާލަން ވިއްޔާ..” ރަވިކާން ދެރަވިކަމަށް ހެދުނެވެ. “އޯހް ސޮރީ ސޮރީ.. ޒައި އަސްލު ހީކުރީ ރަވިކާން ނާންނަނީ ކަމަށޭ… ޒައި ހީކުރީ ފެނުނީ ހުވަފެނެއް ކަމަށް..” ރަވިކާން ހަގީގަތަށްވެސް ދެރަވީކަމަށް ހިތާ ޒައިލީން އަވަސްއަވަހަށް ބުނެލިއެވެ.

“ދެން ޒައި ސޮރީވެސް ބުނެފީމެއްނު..؟” ރަވިކާން މޫނު އަނބުރާލައިގެން އިންނަން ފެށުމުން ޒައިލީން ބުނެލިއެވެ. ޒައިލީންއަށް ފުރަގަސްދީގެން އިން ރަވިކާންގެ ތުންފަތުގައި ދުވެލާފައިވާ ހިނިތުންވުމެއް ނުފެނެއެވެ. ހެއިލަން އެ މަންޒަރުތައް ބަލަމުން ގެންދިޔައެވެ.

ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ޒައިލީންގެ ގާތަށް ނިދި އަންނަންފެށިއެވެ. ބަހުގެ ކުޑަދޮރުގެ ގާތުގައި ހުރި ސީޓުގައި އިން ރަވިކާންގެ ގާތަށް ނިދި ވެސް ނާންނަ ފަދައެވެ. ބޭރުން ފެންނަ މަންޒަރުތައް ބަލަމުން ދިޔައީ ފޫހިކަމެއް ނެތިއެވެ. ޒައިލީން ނިދި އަންނަވަރުން ސީޓުގައި އިނީ ފޯނާއި ކުޅޭށެވެ. “އޭ އިންސި ކުއްޖާ…” ރަވިކާން ޒައިލީންގެ އަތުގައި ހިފާ ތަޅުވާލިއެވެ. ”އްމްމް ކީކޭ..؟” އާފުރިލަމުން ޒައިލީން ރަވިކާންގެ މޫނަށް ބަލާލިއެވެ.

“އިންސިކުއްޖާ ރޮނީތަ..؟؟” އާފުރިލުމުން ލޮލަށް ކަރުނަ ގިނަވެފައި ވުމުން ރަވިކާން ހީކުރީ ޒައިލީން ރޮނީ ކަމަށެވެ. “އުހުމް ނޫނޭ..” ޒައިލީން ހެވިފައި އެސްފިޔަ ޖަހާލިގޮތުން ލޮލުން ކަރުނަ ތިއްކެއް ކޯތާފަތްމަތިން ނީރާލިއެވެ. “ތި ރޮނީ..” ރަވިކާން ހުރީ ހައިރާންވެފައި ބަލާށެވެ. ”ހްމްމް ރަވިކާން އައީމަ އުފަލުން މި ރޮނީ..” ޒައިލީން ހީނގަނެފައި ބުނެލިއެވެ. އޭރު ބަސް ހުއްޓައިގެން ހުރީ އަފްލާމް މެންގެ ގެއާއި މާ ދުރުނޫން ހިސާބަކަށެވެ. “ދޮންބޭ ދޮންބޭ.. ބަލާބަލަ..” ޒައިލީން ޒައިދާންއަށް އެ މަންޒަރު ދައްކަން ފަހަތަށް އެނބުރުނެވެ. ނަމަވެސް ޒައިދާން އޮތީ އަލްޔާގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދާފައެވެ. ސީޓުގައި އިން އަލްޔާ އެއްމިޔަކަނަށް ހީނލާފައި ވައިއަޑުން “ނިދައިފިޔޭ” ބުނެލިއެވެ.

“ހުވާ ނިދިގަދަ ދޮންބެގަނޑެއް…” ޒައިލީން ބުނެލިއެވެ. “ޒައި ނެތް ދުވަސްދުވަހު ހަމައަށް ނުނިދުނީމަ ޒައިދާން މިގަޑީ އެ ނިދަނީ…” އަލްޔާ ހީނލިއެވެ. ބަސް ނައްޓާލި ވަގުތު ޒައިލީން އަފްލާމްމެންގެ ގޭގެ ފޮޓޯއެއް ނެގިއެވެ.

“ރަވިކާން ކީއްވެގެންތަ މިކޮޅަށް އައިސްފައި ޒައިގެ ގާތު މަޑުނުކޮށް އެހެން ތަނަކަށް ދިޔައީ..؟” ޒައިލީން ސުވާލު ކުރުމުން ރަވިކާން ޒައިލީންއަށް ސަމާލުކަން ދިނެވެ. ”އަހަރެންނަށް އައުލްކީން ފެނުނީ..” ރަވިކާން އެހެން ބުނެލުމުން ޒައިލީންއަށް ތުންފަތުގައި ދަތް އެޅުނެވެ. ރަވިކާންއާއި ދޭތެރޭ ވިސްނަން ހަދައިގެން ޒައިލީން ވަނީ އައުލްކީންގެ މަތިން ހަނދާން ނެތިފައެވެ. “އައުލްކީންވެސް މިނިވަންވިދޯ..؟ ހަނދާންނެތުނީ.” ޒައިލީން އެހެން ބުނެލުމުން ރަވިކާން ބުމަ ގޮށްޖަހާލާފައި ޒައިލީންގެ މޫނަށް ބަލާލިއެވެ. “މި މާހައުލަށް އައީމައި އިންސިކުއްޖާ ހަނދާން ހުންނަނީ ކޮން ކަމެއްގެ މަތިންތަ..؟؟؟” ރަވިކާން އަހާލިއެވެ. “އޯވް.. ދެން ހަނދާން ނެތުނީއޭ..” ޒައިލީން ދަބަހުން އަނެއްކާވެސް ފޯނު ނަގަމުން ބުނެލިއެވެ.

“އަހަރެންނަށް މި މާހައުލަށް އާދެވުނުތަނާ ފެނުނީ އައުލްކީން ގެއެއްގެ ފުރާޅުމަތީ ހުއްޓާ.. އެގަޑީ އަހަރެން އައުލްކީން އަތުވޭތޯ ދިޔައީ..” ރަވިކާން ބުނެލިއެވެ. ޒައިލީންގެ ސަމާލުކަން ރަވިކާންއަށް ލިބުމުން ރަވިކާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އެފަހުން އަހަރެން އުޅުނީ އައުލްކީންގެ ފަހަތުން.. އެކަމަކު އޭނަ އަތުނުވެ ކޮންމެވެސް ތަނަކަށް ދިޔައީ.. އެހެންވެ އިހަކަށް އައުލްކީން ބަހައްޓާފައި އަހަރެން ދިޔައީ އިންސި ކުއްޖާ ހޯދަން..” ރަވިކާން އެހެން ބުނެލުމުން ޒައިލީންއަށް ކުޑަކޮށް ހީނލެވުނެވެ.

”އަހަރެންނަށް އިންސި ކުއްޖާ ފެނުނީ އިންސިކުއްޖާ އިންސިކުއްޖާގެ މިހިރަ އެކުވެރިންނާއި އެކީގައި ކޮންމެވެސް ތަނަކުން ނުކުންނަނިކޮށް..” ރަވިކާން އެހެން ބުނެލުމުން ޒައިލީންއަށް ޔަގީން ކުރެވުނީ އެ ވާނީ ޖޫގޯ ވިއްކާ ތަނުން ނުކުތްތަން ރަވިކާންއަށް ފެނުނު ކަމަށެވެ. ”ދެން އަހަރެން ދުރުގައި ފިލައިގެން ހުރީ މާ އިންސިން ގިނަވީމައި..” ރަވިކާން ބުނެލިއެވެ. “ދެން އަހަރެންނަށް ފެނުނު މި މާހައުލުގައި އުދުހޭ ދޫންޏެއްގެ ފަތެއް ފަހަތުން އިންސި ކުއްޖާ ދުވިތަންވެސް..” ރަވިކާން ލާނެތް ހިނިތުންވުމަކާއިއެކީގައި އެހެން ބުނެލަމުން ޒައިލީންގެ މޫނަށް ބަލާލިއެވެ.

ޒައިލީންގެ ދެކޯތާފަތް ރަތްވިތަން ފެނިފައި ރަވިކާން އިތުރަށް ޖެއްސުން ކޮށްލާ ހިތްވިއެވެ. “އިންސިކުއްޖާ ހީކުރީ ދޯ އެއީ އަހަރެންގެ ވަރައިން ދިޔަ ފަތެއް ކަމަށް..؟” ސީދާސީދާކޮށް ރަވިކާން އަހާލުމުން ޒައިލީން ހިންދިރުވާލިއެވެ. “ދެން ކިހިނެތްތަވީ..؟ ރަވިކާން ނެތީމަ ހީ… ހީކުރީއޭ..” ޒައިލީން އަޅައަޅައިގަންނަމުން ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ރަވިކާން ހިނިއައިސްފައި ޒައިލީންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

ވަގުތު ފާއިތުވަމުން ދާވަރަކަށް ދެއެވެ. ޒައިލީންއަށް ނިދެމުން ނިދެމުންގޮސް އެއްފަހަރު ސީޓުން ނުވެއްޓުނީ ކިރިޔާއެވެ. އެމަންޒަރު ހެއިލަން އަށް ފެނުމުން ޒައިލީންގެ ގާތުގައި ހެއިލަންއާއި ޖެހިގެންއިން ސީޓަށް އަންނާށޭ ބުނަންވެސް އުޅުނެވެ. ނަމަވެސް ރަވިކާން ޒައިލީންގެ ބޯ ރަވިކާންގެ ކޮނޑުމަތީ ބާއްވާލި މަންޒަރު ފެނިފައި ހެއިލަން ފުން ނޭވާއެއް ދޫކޮށްލާފައި ސީޓުގައި ލެނގިލިއެވެ.

އެގޮތަށް ބަސް ފަސްގަޑިއިރެއް ހާއިރު ވަންދެން ދުއްވުމަށްފަހު މަޑުކޮއްލިއެވެ. ރަވިކާން ޒައިލީންއަށް ނުގޮވަނީސް ޒައިލީން އަމިއްލައަށް ހޭލައިފިއެވެ. ގަދަޔަށް ނިދާފައިއޮތް ޒައިދާންއަށް ގޮވާފައި އެންމެން ބަހުން ފޭބިއެވެ. އޭރު ރޭގަނޑު ވަނީއެވެ. “ހިނގާ ހިނގާފައި ދާން.. ހެއިލްމެންގެ ގެ މާ ދުރެއްނުވާނެ މިތަނަކާ..” ހެއިލަން ބުނެލިއެވެ. އެގޮތަށް އެއްބަސްވެ އެންމެން އެކީގައި ހިނގައިގަތެވެ. “ހެއިލަން… ހާދަ މަޑުން ތި ހުންނަނީ..؟” ޒައިދާން އަހާލިއެވެ. ހެއިލަން ސިހިފައި ހިނިތުންވެލިއެވެ. “ދެ އަހަރު ކޮށްލާފައި މަންމަމެންގެ ގާތަށް ދެވޭތީ ފޮނިވަނީއެއްނު..؟” އަލްޔާ ހީނގަތެވެ.

ހިނގަމުން ގޮސް އެންމެންނަށް އެރުނީ ކުޑަކުޑަ ގޯޅިއެއްގެ ގާތަށެވެ. އެތަނުގެ ތެރެއިން ކުކުރުމެއްގެ އަޑު އިވެން ފެށިއެވެ. އެ އަޑު ފުރަތަމަވެސް ޖެހުނީ އަލްޔާގެ ކަންފަތުގައެވެ.

“އެއީ ކޮންއަޑެއް..؟” އަލްޔާއަށް އެހުނެވެ. “ބަޔަކު މީހަކަށް އަނިޔާއެއްކުރީ ކަމަށްވެސް ވެދާނެއްނު..؟ ބަލާނުލާ ދާކަށްނުވާނެ..” ޒައިދާން ބުނެލިއެވެ. “އޯކޭ..” ހެއިލަން އެއްބަސްވިއެވެ. އެންމެން އެކީގައި އެ ގޯޅިތެރެއަށް ވަންނަންދާ މަގުގައި ފަޅާފައިވާ ގަސްތައް ދުރުކުރަމުން ގޯޅިތެރެއަށް ވަނެވެ. ޒައިލީން ކުރިއަށް ޖެހިލިއެވެ. ފޯނުން އެދިމާލަށް އަލިކޮއްލިއެވެ. ޒައިލީންއަށް އަލިކޮއްލެވުނީ މީހެއްގެ ކާޑަކަށެވެ. އަލްޔާ އެ ކާޑުނަގާ ބަލާލިއެވެ. ހަމައެހިނދުކޮޅު އެކާޑު އަލްޔާގެ އަތުން ދޫވެގެން ވެއްޓުނެވެ.

ޒައިލީން އެ ކާޑަށް އަލި އަޅުވާލިއެވެ. ޒައިލީންގެ ލޯބޮޑުވިއެވެ. އެއީ ޕްރިންސިޕަލް ނެއިލޮންގެ ކާޑެވެ. ޒައިލީން ވަގުތުން މަގަށް އަލިއަޅުވާލިއެވެ. ދެން އަލި އަޅުވާލެވުނީ ލޭރޮނގަކަށެވެ. އެލޭރޮނގަށް އަލިއަޅުވަމުން އަލި އަޅުވާލެވުނީ ހުދުކުލައިގެ ދިގު ހެދުމަކަށެވެ. އެކުއްޖާގެ ދިގު އިސްތަށިގަނޑަށް ބަލާލަމުން އެއީ ކާކުކަން ޒައިލީންއަށް ވަގުތުން އެނގުނެވެ. އެއީ ކާކުކަން ޔަގީން ކުރެވުނީ އެކުއްޖާ ފަހަތަށް ބަލާލުމުންނެވެ. އެ ނޫކުލައިގެ ދެލޯ ދިއްލެމުން ދިޔައެވެ. އެއީ އައުލްކީންއެވެ. އައުލްކީންގެ ފައިބުޑުގައި ބަންޑުން ވެއްޓިފައި އޮތީ މިސްޓަރ ނެއިލޮންއެވެ.

ނާމާން ގޮތަކަށް އައުލްކީން ހީލިއެވެ. އައުލްކީން ދެން ދިމާކޮއްލީ ނެއިލޮންގެ ކަރުގައި އަޅާފައިވާ ހަލާކު ނެގުމަށެވެ. ޒައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަވިކާން ކިޔައިދިން ގޮތުންނަމަ ނެއިލޮން ވާނީ އައުލްކީންގެ ބާރުތައް އެ ހަލާކަށް ލާފައެވެ. އައުލްކީންގެ އަތުގައި ހަލާކު ޖެހިއްޖެނަމަ ދެން ވާނެ ގޮތަކާއި ދޭތެރޭ ވިސްނާލާފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (70)

  1. N0 oNe..

    sissy… mi prt ves hama habeyss…????
    varah varah varah varah varah varah varah varah varah reeeeeethiiiiiiii ♥️♥️♥️♥️♥️♥️♥️♥️
    nxt prt whn…?
    stay home???
    stay safe and sound ???
    take care gey..???
    saranghae sissie..❤️❤️❤️❤️

    1. yooon
      N0 oNe..

      Thnxxxxx No onr dearlingssss ??? stay safe

  2. Rose

    ❤❤❤❤?Varah reethi mi baa vx dhen vaanee kihinehbaa

    1. yooon
      Rose

      Thnxxx Rose ??? Lets see dhww ?? Lysm dear

  3. R gurl

    Alhe noon.. kba thr ravikaan… Aukleen e negiyaka nudhehchey… vrh vrh reethi mi part vx… curiously waitinn 4 the nxt part… tc..luv yaa

    1. yooon
      R gurl

      Thank u so much R gurl ???? Keep waiting ingeii dearlin ?? Love you more ??✨ Tc

  4. ner

    ALHEYY.. noo.. aulkyn ah e fah nudhechey..
    mi part vx varah varah varaaaahhhh reethhhiii ❤️❤️.
    whn nxt??
    cnt wait

    1. yooon
      ner

      Thnksss ner ????? lets see dhww hehe

  5. Lovebird

    Shoot Noon Don;t let her have it yooon 🙁 If so that’s gonna be so messed up.. And :)ZAIKAN:) Parts were amazing.. So cute.. I have no idea how you make me say ”Aww.. Aww..” Continuously in every story you write.. Love you so much yooon.. Take care Darlsss 🙂 stsf

    1. yooon
      Lovebird

      Let’s see dhw ??? Thnxxies dear ??✨ vrh happy ?? Love u so much more dear ? Take care ingeii ?? stsf

  6. Lovebird

    I mean to write 🙂 ZAIKAN 🙂 Got messed up in the previous comment

    1. yooon
      Lovebird

      Issoke ??? Thnx again ???? tc

  7. Anonymous

    Lysm yooon stay safe adhi take care okay.. Peace

    1. yooon
      Anonymous

      Awwwwnnnn Love so much u more ????? thank u so much Anonymous ? You take care too ??✨ stay safe dearlingss

  8. Lovebird

    Also can i have your number ot Email please..? I wanna talk to you.. Waiting impatiently for the next Part

    1. yooon
      Lovebird

      It’s [email protected] dearlings ?? keep waiting ingeii ?? tc

  9. Een

    Maasha Allah this part is also vvvv nice?????
    Curiously waiting for next part of the best fictional story ever…..??????
    Lysm??????
    Tcg♥️♥️♥️♥️♥️
    Stay home and stay safe ????
    My lovely author ???????

    1. yooon
      Een

      Thanxxies Een dearlingg ?✨? I’m so happy cux u said that ?? Rlly Rlly happy ?✨ Love u more ??? Stay safe ingeii Een ✨✨ Tgc my lovely Een dearr

  10. Blackpink❤️

    Varah ufaavi avahah up koffa otheema ??? Yoon Hama ur the best ??? the story is awesome too ???? love this your stories never make me bored ? please keep me this entertained in the future too ??? keep it up so beautiful

    1. yooon
      Blackpink❤️

      Thnk u so much Blackpink dear ✨✨✨✨ Awwn vrh ufaavejje ??? Insha allah yoon liyaa stry thah mi site ah vxx upload kuramun gendhaanan ingeii ??? Thnx so much dearlin

  11. ?Ril?

    Wow mi part ves vrh vrh ves Sali ???
    Amazing keep it up Yoon??????
    Ril heekuri Gotha dhw mivee zaileen aa ravikaan dhimaavee dhw??? aley e moment haadha cute ey ??????
    And I think heilan jelouse vany hen dhw edemeehun maa gaa koh uleythee hehhe??????????????
    But zaileen ravikaan kanfatha headset jahan ulunu baa that was very funny heheheh????????????????
    But I am scared that aulkyn is free dhw ??????????????
    Pls make every thing ok ingey Yoon??
    Wait dhen ravikaan akh aburaa nudheveyne dhw Yoon???????
    Waiting for next ♥️♥️
    Luv uuuu♥️♥️♥️
    Stay safe TC ♥️♥️♥️

    1. yooon
      ?Ril?

      Awwwnn thnk u so so much Ril ????? labba hama ril dhooni hykuri gothah Rawikaan n Xai met ???? Oh hehe Glad you enjoyed that part aswell ??? Lets see dhww ?? Love you so much more ???? Stay safe ? you take care too Ril dearlingss

  12. ?Ril?

    Wow Yoon mi part ves vrh ves Sali???????????????
    Aley ravikaan and zaileen dhimaavi than koo haadha cute ey dhw ????????
    And funny momwnt was that zaileen ravikaan kanfatha headset jahan ulunu baa????????????
    Aulkyn free vee dhw hope everything goes well???????
    Heilan is jelouse heheh ??????
    Dhen ravikaan akah aburaa nudheveyne dhw
    Waiting for the next????
    Luv uuuu♥️♥️♥️♥️♥️
    Stay safe TC ????

    1. yooon
      ?Ril?

      Thank yoooooouu times million Ril ??✨?? Awwn dhww ??? hehehe glad u liked it and enjoyed it ?? Let’s see dhw ?? Hehe Hyel dhww ?✨ Let’s see dhww Rawikan ah anburaa dheveythww nooni nudheveythww ??✨✨ Keep waiting dearlings ?? Love u more Ril ??? Stay safe ingeii Ril vxx ?✨? Tgc

  13. nixxx

    OMG!!!! varah loabhi mi part ves ❤️❤️❤️next patt ge inthixaaruga for sure????

    1. yooon
      nixxx

      Alheii Thnxxx nixxx ?? Hehe keep waiting Insha Allah won’t be that long ??? Lysm

    2. N0 oNe..
      nixxx

      keep waiting nixx…??..( swey gey… a ee majaa)
      sis will upload it soon…??
      n nxt prt ge inthixaaruga gey sis..?
      stay safe plx..❤️❤️❤️❤️

    3. yooon
      nixxx

      Thnxxxx No one ??? you stay safe too ??? tc

  14. Starlight vixx

    varah reethi mi part ves curiously wating for the next part

    1. yooon
      Starlight vixx

      Thanksss Starlight vixx ??? Keep waiting dear ??? Stay safe n TC

  15. Eekko 11

    Varah reethi mi part vx……. Lyssssm darling…… Waiting for the next part???❤️??

    1. yooon
      Eekko 11

      Thankssss derae Eekko 11 ??✨✨?? Love u more Eekko 11 ???? Take care dearlings

    2. yooon
      Eekko 11

      Dear Eekko 11 **** ?? Autocorrect ?? stay safe dear

  16. RA NE

    Alhey Aulkyn ah E fah halaaku kohlan nudhehchey..?Maashallah v v reethi mi part ves..Curiously waiting forever the nxt?

    1. yooon
      RA NE

      Thnxxxx RA NE ????? Lysm dearlin ?? Keep waiting insha allah wont be that long ?? Take care

  17. Queee ?

    Hi loabiiii yoon it’s awesome this part
    Well excellent dear Ilysm ♥️♥️♥️♥️♥️♥️??????????????

  18. yooon

    Heiii Lwbi Queee ????? Thnxx a lot dear ?? I love u more dearlingsss ??? Stay safe ?? Tc

  19. ?Izi_izI?

    Wow just amazing ? Can’t wait for the next part ?? but when next Yoon ???? give me a reply ok

    1. yooon
      ?Izi_izI?

      Thnxx Izi_izI ???? Nxt insha allah will submit tmrw i think ??? Here u go dearlin

  20. Humey

    ??????? is principle gointo die ??????
    ☹️☹️☹️☹️☹️☹️☹️ If so that so sad eyy ☹️☹️☹️☹️☹️☹️
    ❤️❤️❤️❤️❤️❤️❤️ I am waiting 4 the 15 ❤️❤️❤️❤️❤️❤️
    ❣️❣️❣️❣️❣️❣️❣️ Be safe dearest yooon ❣️❣️❣️❣️❣️❣️

    1. yooon
      Humey

      Lets see dhww dear ??? Thnxxx Humey ? keep waiting insha allah wont be long ??? You be safe too Humey ??? Lysm

  21. Maesara

    Varah reethi

    1. yooon
      Maesara

      Thnxxx Maesara ????? vrh happy

  22. Layaan

    Wow the best fictional story I ever read in my life so far yooon ? thank you so much for bringing these awesome stories ? also be safe

    1. yooon
      Layaan

      Awwwwnnnn thnxx dear ???? Ur welcome Layaan ????? You also be safe ?? Tc

    2. ?Naiha❤️
      Layaan

      Hii Layaan…thee R Atoll kuhjeh tha…plx don’t mind ingey…ok Public veema nubunyas…but R Atoll noonihya bunelahchey ingey

  23. a i

    vara reethi aslu ves , masha alhaah

    1. yooon
      a i

      Thank u so much a i dearlings ???? Vrh ufaavejje ????? tc dear

  24. Chimmy

    Best story writer ever.????????

    1. yooon
      Chimmy

      Awwnnnn thnk u soooo much Chimmy ???? that means a lot ?????? stay safe n lysm

  25. maalan

    nxt part kon dhuvahakun baa.. mi vara kiyaa hivaa vaahaka ae

    1. yooon
      maalan

      Nxt Insha Allah yoon submit kollanan morning gadee ? dhn stry thah site in upload vaa gadee mi stry ge 15 vxx upload waane ??? vrh ufaavejje dear ???? thnxxx maalan dear lysm

  26. ukku

    Yooon sis vaahaka Varah Reethi. Aloe ukku ah kiyaadheeba vaahaka liyan fashaane gotheh. Mibuny ukku ah miulheny log in nuvevigen. E-mail rangalhiyya password nubai. Ukku try kuraathaa kithanme dhuvaheh. Hama nuvi. Yooon aloe ukku ah step by step kiyaadheeba hadhan vi goi please???

    1. yooon
      ukku

      Thnxx Ukku ????? vrh ufaa vejje ?? tc

    2. yooon
      ukku

      Ooh dearklingss ? first jeheynee Register vaan ingeii ? register vaairu u have to select a user name eh ? and u have to write your password and confirm it ? Dhn register vevunyma log in vaany ? register vejjeyya fahun you can simply log in using the user name and the password you wrote earlier register v iru ?? and also dearlin you can ask me if u have a doubt ingei cuz yoon answer kuraanan kurevunu varakun ? my explanation ain’t the best ??? Lysm dear and all the best ?? take care Ukku

  27. ARU

    Yoon sissy vrh dhuvas vejje comment nukureveythaa but abadhuves kiyan
    And MASHA ALLAH vrh salhi mi story
    Keep it up
    And love u sis

    1. yooon
      ARU

      Alheii thnk u so much ARU ???? I am so happy to get your comment again ??? I luv u so much more ????? thnx dearlin

  28. luciyaa

    its awesome like alwasy dhoonyaa ..wow masha allah soo reethi.. when next yoonyyyy..stay safe darling

    1. yooon
      luciyaa

      Thnxx luciyaa ????? thnku vv much ?? mihaaru nxt submit kollaifin ??? insha allah vrh avahah dhn up waane hen hywany ??? you stay safe too lucyyyy ???? Lysm dear

  29. mailan

    vaahaka kiyaakah mivare neh,,mihaar dhefahar kiyaa levejeviyya,,,next baya mi in thi zaar kuraneee…

    1. yooon
      mailan

      Awwnnn thnku so much Mailan ??? thats so sweet of you ?? I think -faharehga- tmrw stry thah up waane hen ?? Hope that u keep waiting ??? Much loves Mailan ??? Also thanks a lot again dear

  30. pixie

    yoon next part upload vanee kon irakun ?? waiting still hehe

    1. yooon
      pixie

      Awwww its still awaiting approval dear ? i have submitted that part yesterday ? ekam adhivxx mi site akah upload eh nuwe ? Insha allah lets keep waiting dhww ?? Thnxx pixie ?? tgc

  31. nusra

    aslu vara kiyaahithun mi partves kiyaalee,,dhen hama mi hunna nee next part ana ira inthizaar kofa

    1. yooon
      nusra

      Thanks Nusra ???? keep waiting ??? tc dearlingssss

  32. Anonymous

    This part is awesome.. waiting for the next

    1. yooon
      Anonymous

      Thxxiesss anonymous ??? keep waiting dear insha allah -maybe- it’ll be uploaded tmrw ?? take care

  33. enko

    wow amazing. varah reethi mi part ves☺️☺️. I just love your story

    1. yooon
      enko

      Awwwn thnxxx Enko ??? vrh happy that you like it ????? Lysm n tc dearlingsss

  34. Thai?

    Reethi vaahaka ❤️

Comments are closed.