Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އަންޖަލް (16)

Krystal Level 510 Stories100 Login100 Comments
August 6, 2020 5 Mins Read
5 Comments

ފަތިސް ނަމާދަށް ބަންގި ގޮވި އިރުވެސް އަންޖަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ.. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮންވާ ފޯނު އެލާމްވާން ފެށިއެވެ. ތެދުވެލާފައި އެލާމް ކަޑާލުމަށްފަހު އަންޖަލް ގޮސް ފާހަނައަށް ވަދެ ވުޟޫކޮށްލައިން އައިސް ނަމާދަށް އެރިއެވެ.

****

ޖައިޝް އޮފީހަށް ދާން ތިރީގައި މަޑުކޮށްލައިން ހުންނަތާ 15 މިނިޓު ވިއިރުވެސް އަންޖަލް ތިރިރއަކަށް ނުފައިބައެވެ. ދެތިންފަހަރަކު އަންޖަލްއަށް ގުޅަންވެސް ގުޅައިފިއެވެ. ފޯނުއޮތީ ނިއްވާލާފައިކަމުން ނުގުޅެއެވެ. ޖައިޝް ކަންބޮޑުވެފައި ހުރެ ގޮސް އަންޖަލް ކޮޓަރީގައި ޓަކި ޖަހާލިއެވެ. އެއްވެސް ހަބަރެއް ނުވުމުން ދޮރުގެ ތަޅުގައި ހިފާލީ ތަޅު ނުލާ ހުރެދާނެކަމަށް ބަލާފައެވެ.ޖައިޝް ތަޅުގައި ހިފާ ހުޅުވާލުމުން އެދުމަތީގައި ރަޖާގަޑު އަޅައިން އޮތް އަންޖަލް ފެނުނެވެ. އަންޖަލްއަށް ގޮވަން ހިތަށް އަރާފައިވެސް ނުގޮވާ ޖައިޝް ނުކުމެގެން އައީ  މިދިޔަ ދުވަސްތަކުގައި އަންޖަލް އަށް އެތަކެއް ކަމެއް ދިމާވެފައިވުމުން އަންޖަލްއަށް ރެސްޓެއް ދިނުމުގެ ގޮތުންނެވެ.

ޖައިޝް އޮފީހަށް އައިސް ވަތް އިރު ޖުނާން އޮފީސް ދޮރުމަތީ ލެގިލައިގެން ހުއްޓެވެ. ޖުނާންގެ މޫނުމަތިންވެސް ހިތާމަ ފާލުވޭވޭ ހުއްޓެވެ. ދެލޯ ކޮންމެވެސް ވަރަކަށް ދުޅަވެފައި ހުއްޓެވެ. ޖައިޝް އަގައިންވެސް ބުނެނުލާ ގޮސް އޭނާގެ ކެބިންނަށް ވަނެވެ. ފަހަތުން ޖުނާންވެސް އައެވެ.

“ދޮންބޭ… ” ޖުނާންގެ އަޑުގައި ރިހުމެއްވިއެވެ. ޖައިޝް ފަސްއެބުރި ބަލާލީ ޖުނާންއަށްވެސް ވެގެންދިޔަ ކަންތައްތަކުގެ ސަބަބުން އަސަރުތަކެއް ކޮށްފައިހުރިކަން އެގުމުންނެވެ.

” އަންޖަލް ރަގަޅުތަ؟ ” ޖުނާން އަހާލިއެވެ.

” ހުމްމް.. ރަގަޅު.. ޖުނާން ހަދާނެ އެއްޗެއް ހަދާފަ ކީއްކުރަން އަންޖަލް ރަގަޅުތޯ ބަލަނީ؟ ” ޖައިޝް އަހާލިއެވެ.

” ދޮންބެ އަށް ރަގަޅަށް އެގޭނެ އަހަރެން އެހެން ހެދީ ކީއްވެކަން… އަހަންނަށް މަޖުބޫރު ވީކަން.. އަހަރެން މިއައީ ދޮންބެ ކައިރީ ކަމަކު ކިޔަން.. އަހަރެން މިހާރު ގެއިން ނިކުމެގެން މިއުޅެނީ މަންމަ އަހަރެން ނެތީމަ އަހަރުމެންގެ ގުޅުމަށް އާނބަސް ބުނާނެކަން އަހަންނަށް އެގޭތީ… އަހަންނަށް ރަގަޅީ ދޮންބެ އަންޖަލްއާ ގާތްވެ ނޫޅުނިއްޔާ..” ޖުނާންގެ ހިތް އަދިވެސް އެދި ގޮވަނީ އަންޖަލްއަށެވެ. އަންޖަލް ހިތުގައި އެތަށް ފަހަރަކު ޖެއްސިއްޖެއެވެ. ނަމަވެސް އަބުރާ އަންޖަލް އައުމުގެ އުންމީދު އަދިވެސް ޖުނާންގެ އޮތެވެ.

” ކީކޭ… ޖުނާން މަންމަ އެއް ތިކަމަކަށް ގަބޫލެއް ނުވާނެ ޖުނާން މިތާ ހުރެ ކަރު ދަންޖެހުނަސް.. އަދިވެސް މަންމަ ގޮތް ނޭގޭތަ… ބުނަން.. އަހަރެންވެސް އަންޖަލް ދެކެ ލޯބިވޭ.. އަހަންނަށް ކެއްވާވަރު ކަމެއް ނުން އެއީ އެހެންމީހަކު އަންޖަލް ހިތުގަ ޖައްސާ ދެރަކުރުމަކީ… ޖުނާން އަހަރެން ތީގަ ކުއްވެރި ކުރާނީ.. ސޮރީ އަހަންނަކަށް ދެން އަންޖަލް އާ ދުރެއް ނުވެވޭނެ.. ” ޖައިޝް އޭނާގެ ހިތުގައި އޮތް އެއްޗެއް ބުނެލިއެވެ.

“އެހެން ނޫނަސް ދެން އަންޖަލް ނާންނާނެ ޖުނާން ކައިރިއަކަށް..” ފޫހި ގޮތަކަށް ޖައިޝް ބުނެލިއެވެ.

” ތީ ހީވާ ގޮތް.. އަހަންނަށް އަންޖަލް ނުލިބި އެހެން އެކަކަށްވެސް އަންޖަލް އެއް ނުލިބޭނެ..” ޖުނާން އިންޒާރެއް ދެމުން ނުކުމެގެން ހިގައިގަތެވެ.

***

އަންޖަލްގެ ހިލަމެއް ނުވެގެން އާތިކާ ދެތިން ފަހަރަކު އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އާންމުކޮށް އަންޖަލްއަށް ވާނުވާ އަސްމާ ބަލާހަދައެވެ. ނަމަވެސް ފަހަކަށް އައިސް އަސްމާ އަންޖަލް އާ މާދުރުން އުޅޭކަން އާތިކާއަށް ފާހަގަ ވާން ފެށިއެވެ.

” ސުބުހާނަﷲ މިއީ ކައްކަން އުދާފައޮތް ސައި ކުރައެއްތަ؟” އަންޖަލްގެ ބޮލުގައި އަތް ޖައްސާލަމުން އާތިކާއަށް ބުނެލެވުނެވެ. އޭރު އަންޖަލް އޮތީ ވަރަށް ގަދައަށް ހުންއައިސް މުޅި މީހާ ދާހިއްލާ ފޯވެފައެވެ. ބަލަން ނުހުރެ އާތިކާ ޖޫސްތައްޓަކާއި ބޭސް ހިފައިން އައިސް އަންޖަލްއަށް ގޮވާ ބޯންދިނެވެ. ހުސްތަށި ހިފައިން ތިރިއަށް ފޭބި އާތިކާއަށް އަސްމާ ވަރަށް ހަމަޖެހިލާފައި ދުފަން އިންތަން ފެނުނެވެ.

“ނޫނޭވާ އަސްމާ… މިހާރު އަންޖަލް ހުންނަކަންވެސް ނޭގެނީތަ؟ އެފަކީރު އެއް ހުމާ ކެކެނީ.. ” އާތިކާ ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ.

“ދެން އަހަންނަށް ކީއްތަ… މަމީ އޭނަ މަންމަތަ؟” އަސްމާ ވެސް ރުޅިއައިސްފައި ބުނެލިއެވެ.

” ކޮބާތަ އަސްމާ ކަލޭގެ މައްސަލައަކީ.. ކަލޭ ގައިމު އަންޖަލް ވަރެއް ނެތިފަ އުޅުނު… ” އާތިކާ ހުރީ މިއަދު ދޫކުރާ ގޮތަކަށް ނޫނެވެ.

” ދެން ކޮބަޔޯ ކަލޭ މައްސަލައަކީ.. ކަލޭ ކީއްވެޔޯ ޖައިޝްދެކެ އެހާ ރުޅި އަންނަނީ..” އަސްމާ ބޭޏުންވީ ޖައިޝް ވާޙަކަ ދައްކައިން ވިޔަސް އާތިކާ ރުޅި އަރުވާލެވޭތޯއެވެ.

” މިކަމާ ޖައިޝްއަކާ ކޮން ކަމެއް… އަހަރެން މިތާ މިދައްކަނީ ކަލޭ މިހާރު އަންޖަލް އަށް ކަންތައްކުރާ ގޮތުގެ ވާހަކަ.. އޭނައާ އަގައިން ނުބުނެ ބަލިވީމަވެސް ކާއެއްޗެއް ދިއްނުކުރާ ވާހަކަ..” ހަގީގަތުގައި އާތިކާ ގާތަކަށް ޖައިޝްއޭ ބުނުމުން ރުޅިއެއް ނަޔެއެވެ.

” ދެން ކަލެޔޯ.. ކަލޭ ކީއްވެޔޯ ޖައިޝްއަށް އަޅާނުލާނީ..” މިވަގުތަކީ އިސްހާޤު ގެއަށް ކާން އަންނަ ވަގުތުކަން އަސްމާއަށް އެގެއެވެ. އެހެންކަމުން ހަމަ ފޯރި ހިއްޕަން އާތިކާ ރުޅިއެރުވޭތޯބެލީއެވެ.

” އެއީ ކަލެއާ ހެދި.. ކަލޭ މަގޭ ފިރިމީހާ ޖަހައިގަތީމަ… އަހަރެންގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް.. ކަލޭގެ ސަބަބުން މިހުރިހާ ކަމެއް ދިމާމިވީ.. ” އާތިކާ ބުނެލިއެވެ.

” ކިހާ ޗާލު.. މަވިއްޔާ އިސްހާޤުއާ އިދެގެން އުޅެނިކޮށް އެހެން ފިރިހެނަކާ ބައްދަލް ކޮށް ހެދީ… ކަލޭގެ ސުންޕާކަމުން އިސްހާޤު އަހަރެން ކައިރިއަށް އަންނަން ޖެހުނީ..” މިފަހަރު އާތިކާ ކައިރިއަށް ރުޅިއައެވެ. އޭނާގެ މާޒީ އަކީ އޭނާއަށާއި އިސްހާޤުއަށް އެކަނި ހަޤީޤަތް އެގޭ ކަމެކެވެ. އާތިކާ އައި ރުޅީގައި އަސްމާއާ ދިމާލަށް އަތުގައި އޮތް ޖޫސް ހުސްވި ތަށި ހޫރާލިއެވެ.

” އާތިކާ.. ކިހިނެއްވެގެން ތިއުޅެނީ..” ގެއަށް ވަދެގެން އައި އިސްހާޤުއަށް ފެނުނީ އާތިކާ ތަށީ ހޫރާލިތަނެވެ.

” އިސްހާޤޫ… އިސްހާޤު ނުހުންނަންޔާ މި އާތިކާ އަހަންނަށް އެހާވަރު ކުރޭ..” އަސްމާ ދެރަވާކަން ދައްކާލަމުން އައިސް އިސްހާޤު އަތުގައި ހިފާލިއެވެ. އިސްހާގު އަސްމާ އަތުލަފި ކޮށްލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އާތިކާގެ ރުޅިގަޑު ކެކި ގަތެވެ. ބާޜު ހިގުމެއްގައި ގޮސް އިސްހާޤު ލައްޕަ ލައްޕާ ހުރި ދޮރުގައި ފައިޖަހާ އެތެރެއަށް ދެމިގަތެވެ.

” ބުނަން ވާހަކައެއް އަސްމާ.. އަހަރެންގެ މާޒީ އަކީ އަސްމާއަށް އެގޭ އެއްޗެއް ނުން.. ފާޑު ފާޑުގެ ވާހަކަ ނުދައްކާ ހުރޭ… އިސްހާޤު އާ ކަލޭއާ މަގޭ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި.. ” އާތިކާ ބުނެލީ އިސްހާޤު އާ ދިމާލަށް ބަލާލަމުންނެވެ.

” ހަމަ ޖެހިބަލަ… ކިހިނެއްތަވީ އާތިކާ… އައިސް މިތާ އިށީދެބަލަ..” އިސްހާޤު އަމަލްތައް ހުރިގޮތުން އާތިކާ ރުޅިއައިކަން އިސްހާޤަށް އެގުނެވެ. އާތިކާ އަދި އަސްމާ ދެމީހުން ގެނެސް ކައިރީ ބައިނދާލާފައި ވީގޮތް އޮޅުން ފިލުވިއެވެ. އާތިކާ އެއްވެސް ޖެހިލުމެއްނެތި އަކުރުން އަކުރަ ހުރިހާ އެއްޗެއް ކިޔާ ދިނެވެ.

” ތެދެއް އަސްމާ ކީއްވެ އަންޖަލްގެ ކަންތައްތަކުގަ އެހާ ފަރުވާ ކުޑަ ކުރަނީ.. އަހަރެން ނުބުނަންތަ އަންޖަލް އަކީވެސް މިގޭ ކުއްޖެކޭ މަގޭ ތިން ދަރިންނަށް ކުރެވޭނެ ހުރިހާ ކަމެއް އަންޖަލްއަށްވެސް ކުރެވޭނެއޭ.” ޖައިޝް އަންޖަލްދެކެ ލޯބިވާކަން އިސްހާޤަށް އެގެއެވެ. އެދުވަހުއްސުރެ އިސްހާޤު އަންޖަލް އާ ދޭތެރޭ ދެކޭ ގޮތް މާ ގާތެވެ.

” އަހަރެން..” އަސްމާ އަށް ބުނާނެ އެއްޗެއް ނޭގުނެވެ. ޖުނާން އާއި އަންޖަލްގެ ގުޅުން އިސްހާޤަށް އަންގާކަށް އަސްމާ ބޭނުމެއް ނޫނެވެ.

” ދެން ހެޔޮ… އަހަރެން އަސްމާ އާ އިނީ އާތިކާ މަތިން ފޫހިވެގެންނެއް ނުން… އަހަރެން އޭރު ދަރިއެއް ބޭނުންވެފަ ހުރިވަރުން.. އަހަރެންގެ އަމިއްލަ ދަރިއެއް..” އިސްހާޤު މިބުނި އެއްޗަކުން އަސްމާ ހައިރާންވިއެވެ. އަމިއްލަ ދަރިއަކު ބޭނުންވެގެންނޭ ބުނާއިރު އަސްމާއާ ކައިވެނި ކުރިއިރު އާތިކާ އިނީ ވިހަން ކައިރިވެފައެވެ. ޖައިޝްއަކީ އިސްހާޤުގެ ދަރިއެއް ނުންބާއެވެ.

” ކީކޭ.. ތިކިޔާއެއްޗެއް ސާފުކޮށް ކިޔާބަލަ…. ” އަސްމާއަށް ނީދެވުނެވެ. ޖައިޝްއަކީ އިސްހާޤުގެ ދަރިއެއް ނުންނަމަ ޖުނާން ވާނީ އިސްހާގުގެ އެންމެ ދޮށީ ދަރިފުޅަށެވެ. މިއަށްވުރެ ބޮޑު އުފަލެއް ކޮބާ ހެއްޔެވެ.

” އަހަރެން އޭރު ހީކުރީ އާތިކާ ބަލިވެ އިނީ އަހަންނާ އިނުމުގެ ކުރިން އޭނަ ރައްޓެހިވި މީހާއަށް ކަމަށް… އެއީ އަހަންނަށް އާތިކާ އެ މީހާއާ ބައްދަލު ކުރިތަން އެއްތައް ދުވަހަކު ފެނިފައި ވުމުން… އަހަރެން އޭރު ކަންތައް ކުރާނެގޮތެއް ނޭގެ… އެހެންވެ އަސްމާއާ އިނީ.. އަސްލު އާތިކާއަކީ ވަފާތެރި ތެދުވެރި އަންބެއް.. އެމީހާ އާތިކާއަށް ބިރުދައްކާ ވަނީ އެތައް ލާރިތަކެއް ނަގާފަ..” އިސްހާޤު ވާހަކަ ކުރިއަށްނގެންދިޔައެވެ. ކަންތައް މިހާ ހިސާޞަށް ދިއުމުން އަސްމާއަށް ވެސް ހަޤީޤަތް ކިޔާދެން އިސްހާޤު ބޭޏުންވިއެވެ.

” ހޫހޫ.. ޖައިޝްއަކީ އިސްހާޤުގެ ދަރިއެއްތަ؟” އަސްމާ ބޭކާރު ވާޙަކަ އަޑުއަހާކަށް ބޭނުން ނުވިއެވެ. އޭނާ ބޭނުންވީ ޖައިޝް އަކީ ކާކުގެ ދަރިއެއްތޯ ބަލަންށެވެ.

” ކިހިނެއްވީ… ކަލޭ އެބަލަން ޖެހޭތަ.. މިގޭގަ އިސްހާޤުގެ ދަރިން ނުން ބަޔަކު ނޫޅޭނެ..” އަސްމާގެ ނިޔަތް އާތިކާއަށް ދެނެގަނެވުނެވެ.

****

ޖައިޝް ހުރީ ގަޑިން 4 ނުޖަހައިންނެވެ. ހަމަ 4 ޖެހުމާއެކު އަވަސް އަރުވާލައިން ގެޔަށް އައެވެ. އައި ގޮތަށް އައިސް ހެދުންވެސް ބަދަލު ނުކޮށް ވަނީ އަންޖަލްގެ ކޮޓަރިއަށެވެ. އޭރުވެސް އާތިކާ ހަޅޭއްލަވާ އަޑު ޖައިޝްއަށް އިވުނެވެ. ނަމަވެސް މިވަގުތު އޭނާއަށް އެންމެ މުހިންމުވީ އަންޖަލްއެވެ. ކޮޓަރިއަށް ވަދެ އަންޖަލްގެ މޫނު މަތީގައި އޮތް ބެޑުޝީޓު ނަގާލިއެވެ. އަންޖަލް ދާހިތްލާ ފޯވެފައި އޮތްތަން ފެނުނެވެ. މުޅިމީހާގެ ތުންފަތް ވަނީ ކުރަކިވެފައެވެ. ޖައިޝް މަޑު މަޑުން އަންޖަލްގެ ނިއްކުރީގައި އަތްލިއެވެ. ހުންއައިސް ރަތްވެފައި އޮތުމުން އަވަހަށް ފާހަނަށް ވަދެ ތުވާއްޔަކާއި ތައްޓަކަށް އައިސްފެން އަޅައިން އައިސް އަންޖަލް ނިއްކުރީގައި އަޅަން ފެށިއެވެ. ހެދުނުއްސުރެ އެއްޗެއް ނުކައި ހުރުމުން އަންޖަލްގެ ގަޔަކު އެއްވެސް ވަރެއް ނެތެވެ. ދެލޯ ކުޑަކޮށް ހުޅުވާލެވޭ އިރު މީހަކު އިންނަކަން އިހުސާސްވެއެވެ. ނަމަވެސް އެއީ ކާކުކަން ނޭގެއެވެ. ދެގަޑިއިރުވަންދެން ފެން އެޅިއިރުވެސް އަންޖަލްގެ ހުން މައިތިރި ނުވިއެވެ. ޖައިޝް އެންމެ ފަހުން ދެން އޭނާއަށް ކުރެވެން އޮތީ އެންމެ ކަމެއްކަން އެގެއެވެ. އެއީ މީގެ ކުރިންވެސް އެކަމެއް އޭނާ ކޮށްފައި ހުންއައިސް އޮތް މީހާ ރަގަޅުކުރި ކަމެކެވެ.

” އަންޖޫ.. ކޭން އައި ހަގް ޔޫ..” ޖައިޝް ކީއެއްޗެއް އަންޖަލް އަކަށް ރަގަޅަކަށް ސާފެއް ނުވިއެވެ. ނަމަވެސް އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޖައިޝް އޭނާ ލައިގެން ހުރި ޚޯޓު ބޭލުމަށްފަހު ގަމީސްވެސް ބޭލިއެވެ. އަދި އެދުގައި އޮތް ރަޖާގަޑު ހިއްލާލާފައި އަންޖަލްގެ ކައިރީ އޮށޯވެލިއެވެ. އޮށޯވެ އަންޖަލް އޭނާގެ މެޔާ ކައިރި ކޮށްލިއެވެ. އަންޖަލްވެސް ބޭއިހްތިޔާރުގައި ޖައިޝްގެ ގައިގާ ބައްދާލިއެވެ. ޖައިޝްގެ ގައިން ދުވަމުން ދިޔަ މީރުވަހުން އަންޖަލް އެއަންވުރެވެސް ކައިރިވެލިއެވެ.

***

” އަހަރެން އެކަން އެގެން ބޭނުން.. އެހެން ނޫނަސް އަހަރެން ވާހަކަ މިދައްކަނީ ކީ އާތިކާއަކާ ނުންދޯ..” އިސްހާޤު ހުރީ ހައިރާންވެފައެވެ. ފާއިތުވެ މިދިޔަ 27 އަހަރު ގައިވެސް އަސްމާ އާއި އާތިކާ މިގޮތަށް ވާހަކަ ދެއްކި އަޑެއް އިސްހާޤު ނާހައެވެ.

” ހުއްޓާލާ.. މިދެން ކިހާ ދެރަކަމެއް.. އަހަރެން އަސްމާއާ އިންނަމުންވެސް ބުނިންދޯ އާތިކާއަކީ މަގޭ ފުރަމަ އަބިމީހާއާ… އޭނައަށް ރެސްޕެކްޓް ކުރާށޭ… ޖައިޝްއަކީ ކާކުގެ ދަރިއެއްތޯނުން އެގެން ބޭނުމީ… އަޑު އަހާ ޖައިޝްއަކީ…..”

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ޒާޔާ (އަށާރަވަނަ ބައި)

Next

އައިނާ (2) 22

Next
August 6, 2020

އައިނާ (2) 22

Previews
August 5, 2020

ޒާޔާ (އަށާރަވަނަ ބައި)

5 Comments!

  1. Starlight vixx says:
    August 6, 2020 at 4:41 pm

    yayy me first dho anyways varah reethi mi part ves curiously waiting for the next part

  2. anju says:
    August 6, 2020 at 4:51 pm

    Alhey!!! jaish aeee kaaaku dhari ahbaaa
    lwbhi lwbhi jaaish

  3. Afu says:
    August 6, 2020 at 5:32 pm

    Alheyyyyy siss afu ah gift akah thr miadhu thi stry up thikohleee ????? so happy ???? alheyyyyyyyyyyy varaaaaaaaaah reethi mi prt vx ????♥️♥️♥️ alhey jaish akee kaaku ge dhariyeh baa dhww ???? haadha haadha curious Koh thi nihmalee ???? curiously waiting dhn vaagotheh balaalan keiyymadhuvefa mi huree ????????? salanghae ♥️♥️♥️♥️
    Stay safe ❤️❤️❤️
    TC ♥️
    Saranghae ♥️♥️♥️♥️♥️

  4. ?Ril? says:
    August 6, 2020 at 9:53 pm

    Anneyong sis????
    Amazing mi part haadha saliey so nice???????????????
    Junaan aa jaish is fighting for anjal ehheh??????????????
    But hope that jaish get anjal they both aa so lovely and cute noontha sis???????????
    Junaan ah visnaadheychey sis ???
    Heheh????
    And mihaaru asmaa deke ves foohi veje ?????anjal ah egotha treat kuraathy Ril Hama vrh sad vehje??????
    And very curious about jaish anekaa kaaku dhariehbaa ??????
    Hope everything will be fine????
    Saarangey eonni ❤️?
    Josimheyo♥️♥️♥️

  5. Zimkko says:
    August 12, 2020 at 5:54 am

    Koba aneh part Nurenentha??

Comments are closed.

Next Episodeއަންޖަލް (17)←


All Right Reserved!