ނޭނގި ވެވުނީ ލޯތްބޭ- 17 & 18
17 ވަނަ ބައި
“މަރިޔަމަށް ވާ ސާބަސް! އަހަރެން މި އިންނަނީ މަރިޔަމް ގާތު! ގައިމު އަހަރެން ހީނިނަމަ މަރިޔަމަށްވެސް އެނގޭނެ ދޯ!” ހަސަނު ބަސްތަކުން އެންމެންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދެން ފެށިއެވެ. އަނެއްކާވެސް އެ އަޑުއިވިގެން ދިޔުމާއި އެކު ކަރަންޓު އައެވެ.
“އޭ ކަޑައޭ! އަހަރެން އަދި މިއުޅުނީ ތިމީހުން ބިރުގަންނަވާލާށޭ!” ބިރުވެރި އަޑުތަށް ލައްވަން ހުރި ނާހިލް ކަރަންޓު އައުމާއި އެކު ބުނެލިއެވެ.
“ތިކަން ކާމިޔާބު ވެއްޖެއެންނު! ބަލާބަލަ!” ރީމްއަށް އިޝާރާތް ކޮށްލަމުން ސުމައްޔާ ބުނެލިއެވެ. އޭރުވެސް ރީމްއިނީ ހަމަކުރީ އިންގޮތަށެވެ.
“ރީމް… ކަރަންޓު އައިއްސި… އެންމެން ބަލަނީއޭ އަވަސް ކުރޭ!” ޔޫޝައު ވަރަށް ސިއްރު ސިއްރުން ރީމްގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“ކީކޭ؟” ރީމް ލޯހުޅުވައިލެވުނު އިރު އިން ގޮތުން އަވަސް އަވަހަށް ދުރަށް ޖެހިގަތެވެ. އެންމެންވެސް އެދެމީހުންނަށް ބަލަން ތިބެ ހޭން ފެށުމުން ރީމް ވަރަށް ލަދުގަތެވެ. އެރޭ ދިޔައީ އެކަހަލަ ގޮތަކަށެވެ. ފިލްމު ބަލައި ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދަން އޮށޯތެވެ.
ރީމްއަށް ވިސްނެނީ މިއަދު އޭނަ ޔޫޝައުއާއި ހޭދަ ކޮށްލި ވަގުތުތަކާއި މެދުއެވެ. ޔޫޝައު ލަމްނާގެ ރޭވުން ގަނޑުން ސަލާމަތް ކުރަން ކުރެވޭނެ ކަމަކަށް ރީމް ދިޔައީ ވިސްނަމުންނެވެ. ނަމަވެސް ކުއްލިއަކަށް ފިލުމެއް ރޯލުވާހެން ރީމް ކުރިމައްޗަށް ސިފަވާން ފެށީ ޔޫޝައު ރީމްގައިގައި ބައްދާލި މަންޒަރެވެ . އެއްސިކުންތު ކޮޅުތެރޭ ރީމްގެ މޫނުމަތީގައި ވާފުޅާ ހިނިތުން ފަނޑުވެގެން ދިޔައީ ދާނިޝްގެ ޙިޔާލު ރީމްގެ ސިކުނޑީގައި ކޮއްޓާލުމުންނެވެ.
“ނޯ ރީމް… ޔޫ ކާންޓް ޑޫ ދިސް! ޔޫ ހޭވް ބީން ވެއިޓިންގ ފޯ ދާނިޝް! ޔޫ ކާންޓް ލަވް ޔޫޝައު… އެނީވޭސް ހީ އޮންލީ ވޯންޓްސް ޓު ޕްރޮޓެކްޓް މީ… ހީ ޑަސްންޓް ލަވް މީ…” ރީމްގެ ލޮލުގައި ކަރުނައިގެ ފަށަލައެއް އުފެދިގެން ދިޔައެވެ. އެހެން ޙިޔާލުތަކަށް ގެއްލިފައި އޮއްވާ ރީމްއަށް ނިދުނެވެ. ޔޫޝައުގެ ކަމަކީ އަބަދުވެސް ރީމްއާއި ދޭތެރޭ ވިސްނުމެވެ. ލަމްނާ ކިބައިން ރީމް ސަލާމަތް ކުރާނެ ގޮތަކާއި މެދު ވިސްނުމެވެ. ލަމްނާ ދެން އަޅާނެ ފިޔަވަޅެއް ޔޫޝައުއަށް އަންދާޒާކޮށްލަންވެސް އެހާ އުނދަގުލެވެ.
އިރުގެ ރަންދޯދިތަށް ރުއްތަކުގެ ފަންތަކުގެ ތެރެއިން ފުރޭނިފައި ބިންމައްޗަށް އެޅެނީއެވެ. ހެނދުނު ގޭދޮށް ކުނިކަހައި ކުނިކޮޅު އުކާލައިފައި އައި މަރިޔަމް ބަރޯ ހިފައިގެން އައިސް ގެއަށް ވަންނަނީއެވެ. ބަދިގެ ތެރޭގައި ސުމައްޔާއާއި އައިނާ ހެނދުނުގެ ސައި ތައްޔާރު ކުރަމުން ދިޔައިރު ރީމް ދިޔައީ އެދެމީހުންނަށް އަތްގާތްކޮށްދެމުންނެވެ. ހުދާއާއި ޒިއުނީ އުޅުނީ ރޮށިދަމާފައި ރޮށި ފިހުމުގައި އަވަދިނެތިއެވެ.
“ހާދަ މުރާލި ކުދިން ކޮޅެކޭ!” ބަދިގެއަށް ވަންނަމުން މަރިޔަމް ބުނެލިއެވެ. ” މާދަމާ ހުކުރު ދުވަހެންނު! ކޯއްޗެއް ކާން ހަނދާނީ؟” އަތްދޮންނަމުން މަރިޔަމް އަހާލިއެވެ.
“ދައްތާ… މާދަން އަހަރެން ކައްކާނަން!” ހިނިތުންވެލަމުން ރީމް ބުނެލިއެވެ.
“ކައްކާ ވާހަކަ ބުނީމަ ހަނދާންވީމި! ޕާޓީއަށް ކައްކާނީ މިހިސާބުގަނޑު މީހުން އެއްކޮށް ދޯ؟” ހުދާ ރޮށިދަމަމުން އަހައިލިއެވެ.
“އާން! މިކޮޅުގަ އާންމުކޮށް ހަދާނީ އެހެން!” ބަތްކާ ތަށިތަށް ނަގަމުން މަރިޔަމް ބުނެލިއެވެ.
“ރީމް… މާދަމާ ކޯއްޗެއް ހަދާނީ؟ އޭރަށް ދޯ އެއްޗިސް ގަނެފަ ބެހެއްޓޭނީ!” ސުމައްޔާ އަހައިލިއެވެ.
“ޑެވިލް ޗިކަންއާ ފަރާޓާ ހަދަން ހިނގާ!” ޖޯޑުތަށް ކާގެއަށް ނެރެމުން ރީމް ބުނެލިއެވެ.
“މިހާރުވެސް ކުޅު ދިޔާވާން ފަށައިފި!” ޒިއުނީ ބުނެލިއެވެ. އެންމެންވެސް ހޭންފެށިއެވެ. އިރުކޮޅެއް ނުވެ އެންމެންވެސް ސަޔަށް އިންސާފު ކުރަން ފެށިއެވެ. ސައި ބޮއެ ނިމުމާއި އެކު ހަސަނާއި ނާހިލް މިސްރާބު ޖެހީ އެމީހުން ވަޒީފާ އަދާކުރާ ތަނަށް ދިއުމަށެވެ. ހަސަނު މިސްރާބު ޖެހީ އަތޮޅު އޮފީހާއި ދިމާލަށެވެ. އަދި ނާހިލް މިސްރާބު ޖެހީ ބޭންކާއި ދިމާލަށެވެ. މޭޒުމަތި ސާފުކޮށް ހަދައިފައި މަރިޔަމްއާއި ސުމައްޔާ މެންދުރަށް ކައްކަން ފެށިއެވެ. ރީމްއާއި ހުދާއާއި ޒިއުނީ އަދި އައިނާމެން އެމީހުންގެ މަސައްކަތް ފެށިއެވެ.
“އޯއެމްޖީ! އައި ކާންޓް ބިލީވް ޔޫ އާ ގެޓިންގ މެރީޑް ނެކްސްޓް ވީކް ގަ!” ހުދާ ބުނެލިއެވެ.
“ތެދެއް! އައިނާ ރޯނަންތަ؟” ޒިއުނީ އަހައިލިއެވެ.
“ހަހަހަ! ރަށް ދޫކޮށްފަ ދާކަށް ނޫންވިއްޔަ މިއުޅެނީ… މިރަށުއްގަ ވިއްޔަ އުޅޭނީ! ޒިއުނީވެސް ދައްކާ ވާހަކަ!” އައިނާ ހެވިލަމުން ބުނެލިއެވެ.
“އޭ… އަހަރުމެންގެ ހެނދުންވެސް އަންނާނެ ދޯ އައިނާގެ ހެނދުން އަންނަ ދުވަހު؟” ރީމް އަހައިލިއެވެ.
“އާން! ރީމް ރަށައް އައުމުގެ ކުރިން އޯޑަރު ޖަހާފަ އިންނާނީ…” އައިނާ ބުނެލިއެވެ.
“އެކަމު މިނެއް ނުވެސް ނަގަމެންނު؟” ރީމް އެހިއެވެ.
“ހުދާއާއި އެއްވަރަށް ނަގާފަ އިންނާނީ.. ދެން ބޮޑު ވެއްޖިއްޔާ ފަތި ޖަހާނީ… ތިދެމީހުން ގާތްގަނޑަށް އެއްވަރެންނު! އަނެއްކާ ތީ އެކަކު ލާ ހެނދުން ރީތި ވެއްޖިއްޔާ އަނެކަކުވެސް ލާން ހިފާއްޓާލާފަ ހުންނަބައެންނު!” އައިނާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ރީމްގެ ފޯނު ރިންގުވާންފެށީ ދެނެވެ. ގުޅަނީ ރީމްގެ ބޮޑައްތަ އަސްމާއެވެ.
“ދަރިފުޅާ… ދާނިޝް..” އަސްމާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
“ދާނިޝްއޭ؟؟” ރީމްއަށް ސޯފާއިން ކޮޅަށް ތެދުވެވުނީ ލިބުނު ޝޮކުގެ ސަބަބުންނެވެ. ބާކީ ތިބި އެންމެނަށްވެސް ވީ ހަމަމިވަރެވެ.
“ސްޕީކަރަށް ލާބަލަ!” ހުދާ ބުންޏެވެ. ރީމް ވަގުތުން ސްޕިކަރަށް ލިއެވެ.
“ދާނިޝް ދެންމެ މިގެއަށް އައިއްސަ އެ ދިޔައީ…” އަސްމާއަށް ވާހަކަ ނުދެއްކުމުން އަސްމާގެ ދަރިފުޅު ޝާނީ ވާހަކަ ދެއްކިއެވެ. “ގެއަށް އައިގޮތަށް އައިސް ރީމް ކޮބާހޭ ރީމް ކޮބާހޭ ކިޔާފަ އުޅުނީ… ރޮއެ ރޮއެ ހަލާކު ވާ ވަރުވެފަ ދާނިޝް ހުރީ! މަންމަ ގާތު އައިސް އަހަނީ ކުޑާ ކޮބާހޭ! މަންމަ ބުނީ ކުޑާ ވީ ފެލިދޫގައޭ! މަންމަ ދާނިޝްއާ ރޮއެ ރޮއެފަ ވާހަކަ ދެއްކީވެސް! ދާނިޝްގެ މަންމަމެންވެސް އެބަ ތިބި މިތާ! ކުޑާ! ދާނިޝް އިސް ބެކް! ހީ އިސް ބެކް ފޯ ޔޫ ކުޑާ! ވަރަށް އިރުވެދާނެ މިހާރު އޭނަ ފުރިތާ! މިހާރު ތިރަށާ ހަމައަށް ފޯރާފާނެ!”
ރީމްއަށް އުފަލުން ރޮވެން ފެށުނެވެ. ހުދާމެންވެސް ތިބީ ވީ ކަންތަށް ގަބޫލު ކުރަން ދަތިވެފައެވެ.
“ދާނިޝްގެ މަން.. މަންމަ އަތަށް ފޯނު ދީބަލަ!” ރީމް ރޮމުން ބުންޏެވެ.
“ރީމް…” ދާނިޝްގެ މަންމަ ރިޔާޝާ ގޮވައިލިއެވެ.
“ކޮންތާކު އުޅެފަ ދާނިޝް އެ އައީ… މިއޮށް ހުރިހާ ދުވަހު ކޮންތާކު އުޅުނީ؟” ރީމް އެހިއެވެ.
“ދަރިފުޅާ… ނޭނގެ އެއްކަމެއްވެސް! މަންމަވެސް އެހެން އެހީމަ ބުނީ މިހާރު މުހިންމީ ރީމް ގާތަށް ދާށޯ! ރީމްގެ ކިބައިން މަޢާފަށް އެދެން ބޭނުމޯ! ދެން އަންނާނީވެސް ރީމް ގޮވައިގެންނޯ ބުނީ… ވަގުތުން މިކޮޅުން ލޯންޗެއް ހަމަޖައްސައިގެން އެދިޔައީ! ދާނިޝް ތިރަށައް ދިޔައީމަ ގުޅައްޗޭ! މަންމަ ހާދަ އިންތިޒާރެއް ކޮށްފީމޭ ދާނިޝް އަންނާނެ ދުވަހަކަށް!” ރިޔާޝާ ބުންޏެވެ.
“އާން ގުޅާނަން!” މިހެން ބުނުމަށްފަހު ރީމް ފޯނު ބޭއްވިއެވެ.
“ދާނިޝް… ދާނިޝް އަންނަނީ… ހުދާ! ޒިއު! އައިނާ! ދާނިޝް އަންނަނީ!” ރީމްއަށް ރޮވޭ ވަރުން ވާހަކަވެސް ދައްކަން އުނދަގުވިއެވެ. “ހާދަ އިންތިޒާރެއް ކޮށްފީމޭ! ހަތަރު އަހަރު ފަހުން! ހީ އިޒް ކަމިންގ ބެކް!”
“ރީމް! ރީމް! އާ ޔޫ ޝުއަރ؟” ހުދާ އަހައިލިއެވެ.
“އެކީއްވެ! މި ވަގުތަށް އިންތިޒާރު ކުރާތާ މިހާރު ކޮންދުވަހެއް! މިދަނީ…” ރީމް މިހެން ބުނެ ބޭރަށް ދުއްވައިގެތެވެ.
“ރީމް!” ކޮޓަރިން ނުކުތް ޔޫޝައުއަށް ރީމް ބޭރަށް ނުކުތް ތަން ފެނުމާއި އެކު ގޮވިއެވެ. ރީމްއަށް ޔޫޝައު ގޮވި އަޑެއް އިވުނުހެނެއް ހިއެއް ނުވެއެވެ. އެހެންކަމުން ޔޫޝައު ރީމް ފަހަތުން ދުއްވައިގަތެވެ. ކަންތަށް ހިނގިލެއް އަވަސް ކަމުން އައިނާއާއި ހުދާއާއި ޒިއުނީމެން ތިބީ ވާނުވާގައެވެ.
“އޭ! އެއޮށް ރީމް ދިޔައީ! ހިނގާ ދާން!” ޒިއުނީ މިހެން ބުނުމުން އެންމެންވެސް ބޭރަށް ހިނގައިގަތެވެ.
“ރީމް! ރީމް! ކޮންތާކަށް ތިދަނީ؟” ރީމް ކުރިމައްޗަށް އަރަމުން ޔޫޝައު އެހިއެވެ.
“ދާނިޝް! ދާނިޝް އަންނަނީ!” ރީމްއަށް ބުނެވުނެވެ.
“ދާނިޝް އަކީ ކާކު؟” ޔޫޝައު އެހިއެވެ.
“ޔޫޝައު މިގަޑީ ތިހުރިހާ ވާހަކަ ދައްކާކަށް ނެތް ވަގުތެއް!” ރީމް މިހެން ބުނެ ބަނދަރާއި ދިމާލަށް ދުއްވައިގަތެވެ. ޔޫޝައުއަށް ރީމް ލޮލުގެ ކޮޅަށް ގެއްލެން ދެން ބަލަން ހުރެފައި އަނެއްކާވެސް ބަނދަރާއި ދިމާލަށް ދުއްވައިގަތެވެ. ރީމް ބަނދާރާއި ހަމައަށް ދެވުން އިރު ލޯންޗެއް ބަނދަރާއި ގާތް ކުރަނީއެވެ. ލޯންޗުން ފައިބައިގެން ރަށުތެރޭ އެހުރީ ރީމްގެ ހިތުގެ ރާޖާއެވެ. ދާނިޝްއެވެ.
“ދާނިޝް!” ރީމް ދާނިޝްއާއި ދިމާލަށް ދުއްވައިގަތެވެ. އޭރު ރީމްއަށް ރޮވެނީއެވެ.
“ރީމް!” ދާނިޝްއަށްވެސް ރޮވެން ފެށުނެވެ. “ރީމް… އަހަންނަށް މާފް ކުރޭ! ފޮގިވްމީ ރީމް! ފޮގިވްމީ! އަހަރެން ދެން ދުވަހަކުވެސް ރީމް ދޫކޮށްފައެއް ނުދާނަން!”
“ކޮންތާކު މިއޮށް ހުރިހާ ދުވަހު އުޅުނީ؟ ކީއްވެ އަހަރެން ދޫކޮށްފަ ދިޔައީ؟ ދާނިޝްއަށް އެނގޭތަ އަހަރެން ދާނިޝް ހޯދަން މަސައްކަތް ކުރި ވަރު؟ ގައިމު ދިޔަތަންވެސް ފުރަތަމަ ނޭނގޭ! ދާނިޝްގެ މަންމަމެންނަށްވެސް ނޭނގުނު ދާނިޝް ވީނުވީ އެއް! އަހަންނަކަށް ނޭނގުނު ދާނިޝް ދިރިހުރިކަމެއްވެސް! ދެންމެ ބޮޑައްތަ ގުޅާފަ ބުނީ ދާނިޝް މިރަށަށް އެބަ ދެޔޯ! އަހަންނަކަށް ނޭނގުނު ހުރެވުނު ތަނެއްވެސް ! އަވަހަށް މިއައީ!” ރީމް އޭނާގެ ހިތުގަ ޝަކުވާތަށް ދާނިޝް ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ.
“ހިނގާ ދާން! ރީމް… އަހަރެން މިއައީ ރީމް ބަލާ!” ރީމްގެ އަތުގައި ހިފައި ލޯންޗާއި ދިމާލަށް ދަމަމުން ދާނިޝް ބުނެލިއެވެ. އެވަގުތަކީ އައިނާމެން އެތަނަށް އައި ވަގުތެވެ.
“އާހް! ދާނިޝް! ކީއްތި ކުރަނީ؟” ރީމް އޭނައަށް ދާނިޝްގެ އަތުން ނައްޓުވަމުން ބުނެލިއެވެ. ދުރުގައި ހުރި ޔޫޝައުއަކަށް މި މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އަވަސް އަވަހަށް ގޮސް ރީމްގެ އަނެއް އަތުގައި ހިފިއެވެ.
“ރިމް އަތުން ދޫކުރޭ!” ޔޫޝައު އިންޒާރު ދޭ ރާގަކަށް ބުނެލިއެވެ.
“ތީކާކު އަހަރުމެން ދެމީހުންގެ ދޭތެރެއަށް ވަންނަން!” ދާނިޝް އެހިއެވެ.
“ރީމް އަތުން ދޫކުރޭ! ނުފެނޭތަ އޭނައަށް ތަދުވާ ތަނެއް!” ޔޫޝައު ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ. ދާނިޝްގެ މިޒާޖަށް އައި ބަދަލާއިއެކު ރީމް ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ރީމްގެ ހިތުގައި ބުނަން ނޭނގޭފަދަ ބިރުވެރިކަމެއް އުފެދެން ފެށިއެވެ.
“ދާނިޝް ޕްލީޒް އަހަރެން އަތުން ދޫކޮށްބަ!” ރީމް ބުންޏެވެ. ދާނިޝް ރީމްގެ އަތުން ދޫނުކޮށްގެން ޔޫޝައު އެންމެ ފަހުން ގަދަކަމުން ރީމްގެ އަތް ދާނިޝްގެ އަތުން ނެއްޓުވިއެވެ.
“އޭތް! އަހަރެން މިއައީ ރީމް ބަލައޭ!” ދާނިޝްގެ އަޑު ބާރުވެގެން ދިޔައެވެ.
“ރީމް އެއްވެސް ތާކަށް ނުގެންދެވޭނެ!” ޔޫޝައު ރީމް ކުރިމައްޗަށް އެރީ ރީމްގެ ދިފާއުގައެވެ. ޔޫޝައު މި ކުޑަކުޑަ އަމަލުންވެސް ރީމްގެ ހިތުގައި ޔޫޝައުއަށް ހާއްސަ މަގާމެއް ދެވެންފެށިއެވެ.
“ގެންދާނަން!” ދާނިޝް އަމުރުވެރި ރާގަކަށް ބުނެލިއެވެ.
“މިތާ ކައިރީ މީނީ ޕޮލިސް ސްޓޭޝަން! މާ ވަރަކަށް ގަދަހަދަން އުޅޭންޏާ ޕޮލިހުން ގެންނާނެ މީހުން މަދެއް ނުވާނެ! މިހާރުވެސް ބަލާބަލަ! އެތިބީ މިތާ ތިބި ބައެއް ވިއްޔާ ދާނިޝްއާ ދިމާލަށް ބަލަން!” ޔޫޝައު މިހެން ބުނުމާއިއެކު ދާނިޝް ކުޑަކޮށް ފަހަތަށް ޖެހުނެވެ. އަދި މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ތެދެކެވެ. އެތާ ތިބި ބައެއް ވިއްޔާ ތިބީ ދާނިޝްއަށް ބަލަހައްޓައިގެނެވެ. ރީމްއަށް ވުރެ ދާނިޝްއަށް މުހިންމުވީ މީހުން އޭނައާއި ދޭތެރޭ ދެކޭގޮތެވެ. އެހެން ކަމުން އަނެއްކާ ލޯންޗަށް އަރަން ދާނިޝް ހިނގައިގަތެވެ.
“އަހަރެން މަޑުކުރާނީ ކެޔޮދޫގަ! އަދި އަހަރެން އަންނާނަން ރީމް ބަލާ!” ލޯންޗުގައި އިށީންނަމުން ދާނިޝް އިންޒާރު ދިނެވެ. ލޯންޗު ނައްޓައިލައިގެން ދިޔައިރުވެސް ރީމް ހުރީ ގަނބުވެފައެވެ. ލޮލުން ހޯސްލާފައި ކަރުނަ ފޭބިއިރު ރީމްގެ ހިތް ވަނީ ކުދިކުދި ވެފައެވެ.
18 ވަނަ ބައި
“އަހަރެން މަޑުކުރާނީ ކެޔޮދޫގަ! އަދި އަހަރެން އަންނާނަން ރީމް ބަލާ!” ލޯންޗުގައި އިށީންނަމުން ދާނިޝް އިންޒާރު ދިނެވެ. ލޯންޗު ނައްޓައިލައިގެން ދިޔައިރުވެސް ރީމް ހުރީ ގަނބުވެފައެވެ. ލޮލުން ހޯސްލާފައި ކަރުނަ ފޭބިއިރު ރީމްގެ ހިތް ވަނީ ކުދިކުދި ވެފައެވެ.
“ރީމް؟” ޔޫޝައު ރީމްއަށް ގޮވައިލިއެވެ.
“ރީމް؟” ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ރީމްއާއި ހަމަވި ހުދާވެސް ރީމްއަށް ގޮވައިލިއެވެ. ފަހަތުން ޒިއުނީއާއި އައިނާވެސް އަންނަ ތަން ފެނެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި ރީމް ހިނގައިގަތީ ގެއާއި ދިމާލަށް ދާށެވެ. އެމޫނުމަތީގައިވާ ތާޒާކަން ވަނީ ފިލައިގޮސްފައެވެ. ލޮލުގެ ކަޅި ކުރިމައްޗަށް ވާގޮތަށް ހުއްޓިފައި ވީއިރު ރީމްދިޔައީ ކުދި ކުދި ފިޔަވަޅުތަށް ނަގަމުންނެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެއްކޮށް ރީމްގެ އުދާސްތަށް ދިޔައީ އިތުރުވަމުންނެވެ. ލޮލުން ފައިބާކަރުނަތަށްވެސް ދިޔައީ ހިނދެއް ހިނދަކައް އިތުރުވަމުންނެވެ. އައިނާ އައިސް ރީމްގެ އަތުގައި ހިފުމުން އައިނާގެ އަތްވެސް ރީމް ފޮޅާލީއެވެ. އެހެންކަމުން އެންމެންވެސް ދިޔައީ ރީމްގެ ފަހަތުން ހިނގަމުންނެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ރީމް ކުއްލިއަކަށް ދުއްވައިގަތެވެ. ފަހަތުން އައި އެންމެންވެސް ދުއްވައިގަތީ ރީމް ދެން ކުރާނެ ކަމެއް ނޭނގޭހާލުގައެވެ. ގޯތިތެރެއަށް އައިސް ވަންގޮތަށް ދޮރާއި ހަވަރަކަށް ފޫޓު ދުރުގައި ފައިވަން ބޭލި ރީމްގެ މިސްރާބު ހުރީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅެނިކޮށް ޔޫޝައު އައިސް ދޮރުގައި ހިފޭއްޓީ ރީމްއަށް ދޮރު ލެއްޕިޔަ ނުދިނުމަށެވެ. އިވުނު ބާރު އަޑުތަކުގެ ސަބަބުން ބަދިގޭގައި މަސައްކަތް ކުރަން ތިބި މަރިޔަމާއި ސުމައްޔާވެސް ރީމްމެން އުޅޭ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
“ރީމް! ތިހެން ނަހަދަ! އަހަރެން މި ދޮރު ހުޅުވަން ބާރަށް ކޮށްޕާލައިފިއްޔާ ރީމްއަށް ތަދުވާނީ! ގަދަނަހަދާ ދުރައްޖެހެ!” ޔޫޝައު ރީމްއަށް ވިސްނައިދެމުން ދިޔައެވެ. ކޮޓަރިތެރެއިން ދޮރުގައި ލެގިގެން ހުރި ރީމްއަށް ޔޫޝައު ބުނި އެއްޗެއް އަޑުއިވުނުހެނެއް ހިއެއް ނުވެއެވެ. ޔޫޝައު ރީމްއަށް ވުރެ ބާރުގަދަކަން ރީމްވެސް ދަނެއެވެ. ނަމަވެސް ދޮރު ކައިރިން ދުރަށް ޖެހިލާނެ ޙިޔާލެއް ރީމްގެ ނެތެވެ. ބޭރުން ވަދެގެން އައި ޒިއުނީއާއި ހުދާއާއި އައިނާމެން ތިބީ މާނެވޭލެވިފައެވެ. މަރިޔަމް އައި ގޮތަށް އައިސް ތަނުގެ ވާނުވާ އެހިއެއްކަމަކު ޖަވާބުދެވޭހާ ކުޅަދާނަ މީހަކު އެވަގުތަކު ނެތެވެ.
“އެކަކުވެސް ބުނެފާނަންތަ ވެގެން އުޅޭ ގޮތް؟” ހިތްއަވަސްވެފައި ހުރ މަރިޔަމް އެހިއެވެ. ސުމައްޔާގެ ހާލަކީވެސްތޯއެވެ.
“ރީމް… ތިތަނުން ދުރަށް ޖެހޭ! މިކޮށްޕާލަނީ!” ޔޫޝައު ބުންޏެވެ. ހަދާނެ އެއްވެސް ގަދައެއް ނޯންނާނެކަން ރީމްއަށް އެނގޭތީ ކުއްލިގޮތަކަށް ރީމް އެތަނުން ދުރަށް ޖެހިގަތެވެ. ބޭރުން ދޮރުގައި ހިފަހައްޓައިގެން ހުރި ޔޫޝައު ކޮޓަރިތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ.
“ރީމް؟” ރީމް ފެންނަން ނެތުމުން ޔޫޝައު ގޮވައިލިއެވެ.
“ރީމް…؟” ފަހަތުން ވަން މަރިޔަމްވެސް ހުރީ ހައިރާންވެފައެވެ. މިހާ ކުޑަވަގުތު ކޮޅެއް ތެރޭ މީހަކަށް ފިލޭނީ ކިހިނަކުން ހެއްޔެވެ؟
“ތިއްތަ… އެހަށް މަންމަ ގެންދޭ!” މަރިޔަމްގެ ހާލު ފެނި އައިނާ ސުމައްޔާ ގާތު ބުންޏެވެ. މަރިޔަމް ދާން ގަދަހެދި ނަމަވެސް އެންމެ ފަހުން މަރިޔަމްވެސް ނުކުތެވެ. އެންމެންވެސް ރީމް ހޯދަނިކޮށް ފެނުނީ ކޮޓަރީގެ ކަނެއްގައި ފިލާއިންދައެވެ. އެނދު އިންނަނީ އެކަނާއި ދިމާލަށް ކަމުން ފުރަތަމަ ކޮޅު އެކަކަށްވެސް ރީމްއެއް ނުފެނުނެވެ. ރީމް އިންގޮތް ފެނި އެންމެންގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. ދެފައި ގަޔާއި ކައިރިކޮށްލައިގެން އިންއިރު ރީމް ހީވަނީ ދުނިޔެއަށް މޮޔެފައި އިންހެންނެވެ.
“ރީމް… ތިތަނުން ތެދުވެބަލަ!” އައިނާ ގޮސް ރީމް އިންތަނުން ނަގައި އެނދުގައި ބައިންދަމުން ބުނެލިއެވެ.
“ރީމް… ވާހަކަ ދައްކަބަލަ!” ރީމްގެ މަގަތުގައި އިށީންނަމުން ހުދާބުނެލިއެވެ.
“ތެދެއް ރީމް!” ރީމްގެ އަނެއްފަޅީގައި އިށީންނަމުން ޒިއުނީ ބުނެލިއެވެ. ރީމް އެއްވެސް ޖަވާބެއް ނުދިނުމުން ޔޫޝައު ރީމް ކުރިމަތީގައި ކުޑަކަކޫ ޖަހައިފައި އިށީނެވެ. ފުންނޭވާއެއް ހަށިގަނޑު ތެރެއަށް ލައިފައި ބޭރުކޮށްލަމުން ޔޫޝައު ރީމްގެ ދެއަތުގައި ހިފައި ބާރުކޮށްލިއެވެ.
“ރީމް…” އުނދަގުލުން ނަމަވެސް ޔޫޝައު ވާހަކަ ދައްކަން ފެށިއެވެ. “ރީމް ތިހެން އެއްޗެއް ނުބުނެ ގަނބުވެފަ އިނީމަ އަހަރުމެންނަށް ވާވަރު ވިސްނާލިންތަ؟ ރީމް އެހެން ދުވެފަ އައިސް ކޮޓަރިއަށް ވަންނަން އުޅުނު ގޮތުން ހީވީ އަތުން ފައިން ގޯހެއް ހަދަން އުޅުނުހެން! ރީމް… އަޑުއަހާތި… އެއްވެސް ކަމެއް ވިޔަސް އެއްވެސް ކަމެއް ޝެއާރ ކުރަން ބޭނުންވިޔަސް މިތިބީ ހަތަރު މީހުން މިތާ! އަހަރުމެންނާ ވާހަކަ ދައްކައިގެންވެސް ތި ސިކުނޑިތެރޭ ހިނގާ ތޫފާން މައިތިރިކޮށްލަބަލަ!” މިހާވަރަށް ބުނެވުނު އިރު ޔޫޝައުއަށްވެސްވަނީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. ލޮލުން އަންނަ ކަރުނަތަށް ފޮރުވަން ޔޫޝައު ރީމްގެ ދެއަތް މަތީ ބޯއަޅާލިއެވެ. މި މަންޒަރު ފެނި އައިނާ ޔޫޝައު ގާތު އިށީންދެ އޭނާގެ ކޮނޑުގައި ހިފިއެވެ.
“ދާނިޝް މަންމަ… މަންމައަށް ގުޅަން!” ފުން ރިހުމާއިއެކު ރީމް ބުނެލިއެވެ.
***
ސިޓިންރޫމުގައި އިން މަރިޔަމާއި ސުމައްޔާ ތިބީ ވާނުވާގައެވެ. ކުއްލިގޮތަކަށް މިވީ ކަންތަށް ތަކުގެ ސަބަބުން އެދެމީހުންވެސް ތިބީ ހައިރާންވެފައެވެ. އަންތަރީސްވެފައެވެ.
“ސުމައްޔާ! ދޭބަލަ ކިހިނެއްވީތޯ ބަލާލަން!” ކެތްނުކުރެވިގެން އެންމެ ފަހުން މަރިޔަމް ބުންޏެވެ.
“މަންމާ! މަޑުކޮށްލާ އަދި… އެންމެންވެސް ނުކުންނާޔޭ!” ސުމައްޔާ މަރިޔަމަށް ހިއްވަރުލައިދިނެވެ
“ކާކުގެ އެސްފިނައެއް ޖެހިގެންބާ އަހަރެން ދެކުދިންނަށް މިހެންމި ވަނީ؟ ރީމް އަކީ އަހަރެންގެ ދަރިއަކަށް ނުވިޔަސް އަހަރެންވެސް ވަރަށް ލޯބިވޭ އެކުއްޖާ ދެކެ! އެއީ ހަމަ އަހަރެންގެ ދަރިއެއްކަހަލަ ކުއްޖެއް! ރީމް އަހަރުމެންނާއި އެއްކޮށް އުޅުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ހަމަ ވަރަށް ލޯބިވިން ރީމް ދެކެ… އަބަދުވެސް ގޮވަނީ ދަރިފުޅު ކިޔާފަ! ރީމް އަބަދުވެސް ބުނާނެ ތިއީ އަހަރެންގެ ދެވަނަ މަންމައޭ! އެފަކީރު މަންމައާއި ބައްޕަ މިދުނިޔެއާއި ވަކިވީ ރީމް ކިހާ ކުޑައިރަކު؟ އިއްޔެ ޔޫޝައުގެ ކުދިކުދި ވެގެން ދިޔައީ އަހަރެން ލޯކުރިމަތީ! އެ ފާޑެއްގެ ލަމްނާ ކިޔާ އަންހެނަކާއި ހެދި! މިއަދުވެސް ރީމް ކުދިކުދި ވެގެން ދާއިރު އަހަންނަކަށް ނުކުރެވޭ އެއްވެސް ކަމެއް! ވެގެން އުޅޭ ކަމެއްވެސް ނޭނގޭ! ސުމައްޔާއަށް ވެސް އިނގޭ ދޯ ދާނިޝް؟ އޭނަ ރީމް ދޫކޮށްލާފަ ދިޔައީއެންނު! ދެން ރަނގަޅު އެއީ އެ ދާނިޝްގެ ކަންތަކަށް ނުވެއްޖިއްޔާ!” މަރިޔަމް ވާހަކަ ދެއްކީ ރޮމުންނެވެ.
“މަންމާ! އިންޝާﷲ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!” ސުމައްޔާ ބުންޏެވެ.
“ދަރިފުޅަށް އެނގޭތަ؟” މަރިޔަމް އޭނާގެ ހިތުގައިވާ ވާހަކަތަށް ސުމައްޔާއާ ހިއްސާ ކުރަން ފެށިއެވެ. “މަންމަ ބައްޕަ ގާތުވެސް ދެއްކި ވާހަކައެއްމީ! ޔޫޝައުއާއި ރީމްގެ ވާހަކަ! އޭރު ދެމީހުންނަށް އެކަކު އަނެކަކު ނުފެނުނަސް މަންމަ ވަރަށް ދުޢާ ކުރިން ދެމީހުން ދިމާވެ… އެކުވެރިކަން އުފެދި އެ އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރިން! އެހާ ދުޢާ ކޮށްކޮށް ހުއްޓާ މިއެނގުނީ ރީމް އުޅެނީ ދާނިޝްއާއި އިންނަންކަން… މަންމަ ވަރަށް އުފާވި! ރީމް އެދުވަހު އައިސް އެހުރިހާ ވާހަކައެއް ދެއްކީ ވަރަށް އުފާވެ ހުރެ… އަދިވެސް އެދުވަސް މަންމަ ކުރިމަތީ ސިފަވެގެންދޭ! އޭގެ ފަހުން މަންމަ އެދުޢާ ކުރުން ހުއްޓާލީ… ދެން ފަހުން މިއެނގިގެން ދިޔައީ ދާނިޝް ރީމް ދޫކޮށްފަ ދިޔަ ވާހަކަ! މަންމަ ހާދަ ދެރައެއް ވިޔޭ! އޭރު ރީމް ކިޔަވައި ނިންމައިގެން ވަކިން އުޅޭނީވެސް… ދެން މަންމަ އެގެއަށް ގޮސް އޭނަ ގާތު ހުންނަނީ… ދެން އޭނަ ކިޔައިދޭނެ ހުރިހާ ވާހަކައެއް! އޭނަ މަންމަ މަތިން ހަނދާންވާ ވާހަކައާއި އޭނަ މަންމަ މިއަދު ހުރިނަމައޭ ކިޔައިގެން ކިޔާރު މަންމަގެ ހިތަށް ހާދަ ތަދުވެޔޭ! އެ މައުސޫމު އެއީ އައިނާއާ ޔޫޝައުހެން މަންމަގެ ޖާނު! އޭގެ ފަހުން މަންމަ އަނެއްކާވެސް ދުޢާ ކުރީ އެކަމަށް! މިފަހަރު ޔޫޝައުއާއި ރީމްއެއީ ރަށައް! މަންމަ ހިތަށްވެސް ނާރާގޮތަށް އެދެމީހުން ދިމާވީވެސް! މަންމައާއި ބައްޕަ މިވާހަކަ ދައްކަންވެސް ދެއްކިން! އެކަމު އަނެއްކާވެސް ޔޫޝައު ބޭނުންވީ ލަމްނާއާ އިންނަން! އެލަމްނާއަކާ ހެދި ޔޫޝައު މިހާރު ބަލަ ވެފަ ހުރި ގޮތް! މަންމަ ބުނީމެންނު އެދުވަހު ވީ ކަންތަށް؟ މަންމައަކަށް ނޭނގެ ފަހުން ކީއްވެކަމެއް ޔޫޝައު ލަމްނާއާއި އިންނަން އެއްބަސްވީ!” މިވާހަކަތަށް ދައްކާ ނިމުނު އިރު މަރިޔަމަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.
***
“އަން! ވާހަކަ ދައްކަ! މިއޮތީ ގުޅާފަ!” ފޯނު ސްޕީކަރަށް ލައިފައި ރީމްއާއި ދިމާލަށް ދިއްކޮށްލަމުން ހުދާ ބުނެލިއެވެ.
“ރިޔާޝާއްތާ!” ކުރިން ދާނިޝްގެ މަންމައަށް “މަންމަ” ކިޔައިފައި ގޮވިއަސް މިއަދު ރީމް ގޮވީ ދާނިޝްގެ މަންމަގެ ނަމުންނެވެ. “އެއީ ދާނިޝްއެއް ނޫން! އެއީ ދާނިޝް އެއްނޫން! ބަދަލު ވެއްޖެ! ދާނިޝް ބަދަލު ވެއްޖެ!”
“ދަރިފުޅާ! ‘މަންމަ’ ކިޔާފައެއް ނޫންތަ ގޮވަނީ؟” ރިޔާޝާ ހާސްވެހުރެ އަހައިލިއެވެ.
“ދާނިޝް ބަދަލު ވެއްޖެ! އެއްކޮށް ބަދަލު ވެއްޖެ! އަހަރެން… އަހަރެން ބިރު ގަނޭ އޭނަ ދެކެ! މިއަދު… މިއަދު” ރީމް ވާހަކަ ދެއްކީ ގިސްލަމުންނެވެ.
“ދާނިޝް ކިހިނެއް ވިއޭ؟ ކޮބާ ދާނިޝް؟ ދީބަލަ އޭނަ އަތަށް ފޯނު!” ރިޔާޝާ އެހިއެވެ.
“އޭނަ… އޭނަ ކެޔޮދޫގަ! ދާނިޝް މިއަދު އައިސް ގަދަކަމުން އަހަރެން… އަހަރެން ގެންދަން އުޅުނީ! އޭނަ ދެކެ ވަރަށް ބިރު ގަނޭ…” ރީމް ބުންޏެވެ.
“ދެން ރީމް ނުދަންތަ؟” ކުއްލިއަކަށް ރިޔާޝާގެ ރާގު ބަދަލުވެގެން ދިޔައެވެ. “މިއޮށް ހުރިހާ ދުވަހު އުޅެފަ އެއައީ ރީމް ގާތަށޭ! އެވަރުންވެސް ނުދަން އުޅޭތި! އެ ހަނާ ދޫކޮށްލާފަ އެއީ ރީމް ގާތަށޭ! ދެން ދާންވީއެންނު މާ ކަންތަށް ފަލަ ނުކޮށް!” ރިޔާޝާ ބުނި އެއްޗަކުން ރީމް ދިޔައީ ސިއްސައިގެންނެވެ.
“ހަނާއޭ؟” ރީމް އެހިއެވެ. އެވަގުތު ހުދާއާއި ޒިއުނީ އެކަކު އަނެކަކަށް ބަލާލީ ހަނާއަކީ ދާނިޝްގެ ކާކުތޯ އަހާ ހާލުގައެވެ.
“އާން! ދާނިޝްގެ ފުރަތަމަ އިނދެގެން އުޅުނު ކުއްޖާ-” ރިޔާޝާ ހުއްޓާލީ އޭނައަށް ބުނެވެން އުޅޭ އެއްޗެއް ފަހުމު ވެގެންނެވެ.
“ރިޔާޝައްތަ މިއޮށް ހުރިހާ ދުވަހު އެނގޭދޯ އެހެންމަ ހުރިހާ ވާހަކައެއް! ދާނިޝް އުޅުނު ތަންވެސް އެނގޭނެ ދޯ؟ ދެން ކީއްވެ އަހަރެން ގާތު ނުބުނީ؟ ކީއްވެ؟” ރީމްއަށް އިތުރަށް ރޮވެންފެށުނެވެ. ރިޔާޝާ އެހެން ހަދާފާނެ ކަމަކަށް ރީމް ދުވަހަކުވެސް ހިއެއް ނުކުރެއެވެ.
“ނޫނޭ ރީމް… ހެޔޮނުވާނެ އާދޭ ދާނިޝްއާއި އެއްކޮށް! އޭރަށް ހުރިހާ އެއްޗެއް ކިޔާދޭނަން! ހެޔޮނުވަނެ އަން-” ރިޔާޝާ މިހިސާބަށް ބުނި ތަނާހެން ހުދާ ފޯނު ކަނޑައިލިއެވެ.
“ހާދަ ނުލަފައޭ ދޯ! މިއޮށް ހުރިހާ ދުވަހު ކީއްވެޔޯ ހުރިހާ ވާހަކައެއް ފޮރުވައިގެން އެ އުޅުނީ؟ ޔަގީނޭ އެ ދާނިޝް ކަންތަކޭ… އޭނަ މަންމަވެސް އެހެންމަ ބޭނުމެއް ނުވި ދޯ ތިދެމީހުން އެއްކޮށް އުޅޭކަށް! ހުވާ މި ބުނީ އަހަރެން ހާދަ ރުޅިއެއް އައިއްސިޔޭ!” ޒިއުނީ ބުނެލިއެވެ.
“ރީމް… ދާނަންތަ ދާނިޝް ގާތަށް؟” ޔޫޝައު ރީމްގެ ލޮލަށް ބަލަން އިނދެ އަހައިލިއެވެ.
“ނުކެރޭނެ!” ރީމްވެސް ޔޫޝައުއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
“ދެން އޭނަ ގާތަށް ގޮސްގެންވެސް ނުވާނެ!” އައިނާވެސް ބުނެލިއެވެ.
“ތެދެއް! ފޮގެޓް އަބައުޓު ދެޓް ދާނިޝް! މޫޑުވެސް ސްޕޮއިލް ކޮށްލައިފި!” ހުދާ މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލީ ރީމް ހެއްވާލެވޭތޯއެވެ. ނަމަވެސް ރީމް އިނީ އެ އިން ގޮތަށެވެ.
“އަޅޭ ރީމް… ދެން އޭނައާއި ދޭތެރޭ ވިސްނައިގެން ތިހެން ނީނދެބަލަ! އައި ހޭޓް ދެޓް ދާނިޝް! މިހާރު ޖީޖޫ އޭ ކިޔާފަ ގޮވުން މޮޔަ ހިތަށް އަރާ!” ހުދާ ބުނެލިއެވެ. ހުދާ މިހެން ބުނުމުން ރީމްއަށްވެސް ހެވުނެވެ.
“ހަނާ… އެއީ ކޮލެޖުގަ އުޅުނު ހަނާ ދޯ؟” ރީމް ހަމައަކަށް އެޅިލަމުން އަހައިލިއެވެ. ނަމަވެސް ރީމްގެ އަޑުގައި ގިސްލުމުގެ އަސަރު ހުއްޓެވެ.
“އާން!” ޒިއުނީ ބުންޏެވެ.
“ތިކިޔާ ހަނާއަށް ކޮންޓެކްޓް ކުރެވޭނެ ގޮތެއް އެބައޮތް ތަ؟” ޓައިލްސް މަތީގައި ހަމަޖެހިލަމުން ޔޫޝައު އެހިއެވެ.
“އާން! އިންސްޓާ ބަލާބަލަ! ކުރިންވެސް އެކައުންޓް އިންނަނީ ޕަބްލިކް ކޮށްފައޭ ދޯ؟ އެހެންމަ މިހާރުވެސް އިންނަނީ ޕަބްލިކްގަ ކަމަށް ބަލަމާ!” ޒިއުނީ ބުންޏެވެ. އަދި އަވަސް އަވަހަށް “ހަނާ” މިނަން ހޯދަން ފެށިއެވެ.
“އޭ! ބައިވަރު ހަނާ އެބަ ހުރި!” ޒިއުނި ބުނެލިއެވެ.
“އައިމިނަތު ހަނާ ދޯ ކިޔަނީ؟” ރީމް އަހައިލިއެވެ.
“އާނ! ޔެސް މިއޮތީ! ބަލާބަލަ މިހުރީއޭ ދާނިޝްއާ އެއްކޮށް ނަގާފަ ހުރި ފޮޓޯތަށްވެސް! މީނީ ވެޑިންގ ޕިކް!” ވަރަށް ތިރިއަށް “ސްކްރޯލް” ކުރުމާއިއެކު ފެނުނު ފޮޓޯގެ ސަބަބުން ޒިއުނީ ބުންޏެވެ.
“ތި ހުރިހާ ސަކަރާތެއް ނުޖަހަބަލަ! ރީމް ފޯނުން އިންސްޓާއަށް ވަދެފަ އޭނައަށް މެސެޖު ކޮށްލަބަ!” އައިނާ ބުނެލިއެވެ. ރީމް އަވަސް އަވަހަށް ފޯނުނަގައި ހަނާގެ އައިޑީ ހޯދައި “ހައި” މިހެން ޖަހައިފައި މެސެޖެއް ކޮށްލިއެވެ. ހީކުރި ވަރަށް ވުރެ އަވަހަށް ހަނާވެސް “ހައި”އެއް ޖަހައިލިއެވެ.
“މި ނަމްބަރަށް ގުޅާބަލަ!” އަނެއްކާވެސް ހަނާގެ މެސެޖެއް އައެވެ. ރީމް ލަސްނުކޮށް ހަނާ ފޮނުވި ނަމްބަރަށް ގުޅިއެވެ.
“ހަލޯ… ރީމް ތަ؟” އެކޮޅުން ހަނާ ވާހަކަދެއްކިއެވެ.
“އާން! މީ ރީމް… ދާނިޝް…” ހަނާ ރީމްގެ ވާހަކަ މެދު ކަނޑާލިއެވެ.
“ނަމަނަމަ ދާނިޝް ގާތަށް އަނބުރާ ނުދާތި! އެއީ ވަރަށް ނުލަފާ މީހެއް! އެއީ ވަރަށް އަނިޔާވެރި މީހެއް! އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ ކޮންމެހެން އަހަރެން ހަސަދަ ވާތީއެއް ނޫން އިނގޭ… ދާނިޝް އަހަންނާއި އިނީ ރީމް ދޫކޮށްލާފަ އައިތާ ހަފްތާއެއް ފަހުން! އޭނަ އަހަރެން ފަހަތުން އުޅުނީ ފުރަތަމަ ކޮޅުގަ… ދެން އަހަރެންވެސް އޭނަގެ މަޅީގަ ބެދުނީ! ރީމްގެ ނަސީބު އޭނަ ރީމް ދޫކޮށްލާފަ ދިޔަކަންވެސް! އެހެންނޫނީ ރީމް ޖެހޭނީ އޭނަގެ ވަކި ތަކުގެ ޝިކާރައަކަށް ވެގެން ހުންނަން! ވަރަށް ހާލުން އޭނަ ގާތުން ވަރިވީ! ވަރިވި ދުވަހު އޭނަ އަހަންނާއި ދިމާލަށް ބުނީ އަހަންނަށް ވުރެ ރަނގަޅުވާނެޔޭ ރީމް! އިނގޭތަ؟ ދާނިޝް ފަހަތުން ޕޮލިހުން އެބައުޅޭ އޭނަ ހޯދަންވެސް! އެދުވަހު ކޯޓުން ނުކުމެގެން ދާނިޝް ފިލީއޭ!” ހަނާ ވާހަކަ ދެއްކިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



haadha goahey dhw dhaanish.. btw lamnage bayeh naannaathy vr faseyha in kiyaalevey mihaaru.. ekam anehkaa dhaanish ah aissi.. i hate u dhaanish..btw vr vr vr vr vr furihama vaahaka.. vr vr vr rythi.. masha allah.. masha allah.. vr curious vehjje.. hanaa naseebeh hurihaa ehcheh kiyaa dheykah vs.. nxt part avahah up kohla dhehheh.. miss u.. stay safe
VRH VRH REETHI MI PART VX ?? RYM N USHAU DHW DHN GULHEYNEE ? TC N STAY SAFE ??
Awwwn❤❤ thanks R GURL? lets see dhw? you too take care and stay safe???
Haadha kurey 17 up kohfah ahnekah vx 17 aa eh koh tha 18 vx up thi kurey
Noon. Kurin innaany 15&16 mifaharu meeny 17 & 18 ehnnu
varah reethi mi part ves curiously waiting for the next part
Thanks starlight vixx?? in sha allah vrh avahah genesdheynan❤❤
hiii sis
Wow mi part ves vrh Sali
Masha Allah sis ur so talented ey dhw
Mi dhaanish haadha nulafaey dhw reem dhookohlaafaa gosa anekaa aburaa aee ey dhw ….. Foohi and naseebeh hanaa hageegah kiyaadhinkan ves dhw
And reem and yooshau maa guley
And they are so cute omg!!!!!!!
Srry vrh dhuvas veje dhw cmnt eh nukohlevey thaa but stry kiyan ingey
Waiting for next ????
Luv uu♥️♥️♥️
Stay safe♥️♥️♥️♥️
Hii ril dear?? awwn❤❤ thank you soo much ril?? yeah asluvx dhaanish vrh goas?? yeah hama naseebeh hanaa hurihaa ehcheh kiyaa dhin kanvx.. hehe.. it ok? luv tooo stay safe❤❤❤❤❤
Oops mee Ril ingey
Masha Allah..v reethi mi vaahaka..v inthizaaru kurevey dhen Anna part ah..lots of love from Sana?❤️
mi vaahakaige 18th part nukiyevigen ulhunee miadu..I was so curious dhn vaane gotheh balan..vaahaka site in ves up vefa nethyma hithah eree esfiya in balaalaanee ey..Annd Girrl I’m glad that I got to read this part???mi part nukiyaa dhuvas complete nuves veveyne..this is one of my favourite stories, and one of the best which I’m looking forward to read everyday??sorry kurin comment nukuraathy,but hereafter I will try!ekm baraabarah mi story kiyan inge?
Keep up the good work✌✌hoping that i will get to read the next part tomorrow☺☺
staysafe.
Varah Reethi mashaalaah shauguverikamaaeku kiyaalevey vaahakaeh. Curioussly waiting for next part stay safe sis
Mihaaru neyge keevve kameh ehaa lahun vaahaka thah upload vany?♀️ alheyy… thats soo sweet of you jess❤ i am really happy thats my story is one of your favourite stories ?? hehe.. its ok?? thanks jess?? and miadhu submit kohlaanan 19 vana bai dhn situn vaahaka upload kurihaa avahakah kiyaalan libeyne?? thanks once again dear❤❤ stay safe?
Hiiii raayaaa storyyy is amazing ?????by the way Raayaa hangouts use kuranthaa?????? Kuranyyy can you give me you emaill
Hii Azar khan?? thank you soo much? sorry… i dont use hangouts?
Kobaa thr next part ??
Submit kohffa innaany 19&20 ehkoh? situn vaahaka upload kurihaa avahakah kiyaalan libeyne
Alhe Keehvetha ehaa lahun story up vany
i also dont know scarlet… ekam story submit kohlin day before yesterday ga… vedhaane konmx massala eh ulheny kamah vx… dhn i think maadhama kanneyge vaahaka kiyaalan libeyny