ލޯބި؟
ކުރާތީއޭ އެއާދޭސްދެން ނުހުރެވޭނޭ ހަމަބުނެނުލާ
ކުރާޝަކުވާ އަކާހުރެވެސް ހުރެލެވޭހޭ ފިކުރުކޮށްލާ
މަޑުންހަމަ ހުރެ ލެވޭހޭދެން އެޖެއްސުންވެސް ކޮށެއްނުމެލާ
މަޑުންހުރެލަން މެއުނދަގޫވޭ މަ ރުޅިއަރުވައި ހަދައިއެނުލާ
އުފާކަމުގައި ވެފާވީތީ މިކަންކަންހަމަ ވިޔަސްވެސް ދެން
އުފާ ނޫނީ މަ ނުވެޔޭއަދު ދިޔަޔަކަސް އަދި މަ ރޮއްވައިލާ
މިހެންކަންހުރި ކަމަކުވެސްތީ ޖަވާހިރެކޭ މެ ލިބިފައިވާ
މިހެންމަނުދާ ނެކުރިއަށްދެން ސޮރީއޭހަމަ ކިޔައިއެނުލާ
ވަނީ ލޯތްބޭ ނިކަންނޫންކޮށް މަށައްވެސްހަމަ މިހާރް’ގެޓު’ވޭ
‘މަނީ’އެއްނުދި ނަކަސްވެސްހަމަ ހިމާޔަތްދެން ހަމައެކޮށްލާ
ނުކުރެވުނަކަސް މަށަށްއެންމެފު ރަތަމައަށް’ކޯ ލު’ނޫނި’މެސެޖުު’
ނުކުރެޔޭހަމަ ޝަކުވައެއްވެސް ގޮވާހާލުއެ އަހައިވެސްލާ
ނުލިޔެވުނުކަމު ގައިވިޔަސްއަބަ ދުހުރިހާވަގު ތަކު މަ ‘ލަވް’ވޭ
ނުލިޔެވޭނޭ މަރޮއްވާލިވަ ރުގެއަދަދުވެސް ހަމަގުނާލާ
ނުލެވުނަސްދެން މިވާގޮތްތައް މިއަންގާލަން ގުޅައިވެސްލާ
ނުލެވުނަސްހަމަ ހަޅޭކެއް’މިސް’ މިވާވަރުހަމަ ގޮވާވެސްލާ
އުފާ ވިހެދެން މިހާރުއަޅެމި ނިމުނުކުރުޅެން ހަމަ ކިޔާފާ
އުފާ ނުވިޔަސް މިއަށްދެން’ލަވް ރިއެކްޓެއް’ނަމަ ތިވެސްކޮށްލާ
5 Comments!
Comments are closed.

Wow wow… Amazing.. Masha Allah????❤️❤️?????
Thanks ?❤️??
All the best for your lhen. ???????❤❤❤❤.
Thanks ?❤️❤️❤️
Hama heevani lhemenhen