ބާވީސްވަނަބައި

އެރޭ ހަތަރު ދަމު އައިނާ އަށް އޮވެވުނީ ރޯށެވެ. ފަތިސް ވާން ކައިރި ވަނިކޮށް ވަރުބަލިވެގެން އައިނާގެ ދެލޯ މެރުނެވެ. އޭރުވެސް މުޅި ކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ކައިރީގައި ތާޒާ ކަރުނަ ނުހިކި ހުއްޓެވެ.

***

ހިޝާން އަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދިތައް ބެލްކަނީގެ ދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އައިސް މޫނަށް އެޅުމުންނެވެ. ދެލޯ ހުޅުވާލިހާ އަވަހަށް ލައްޕާލަން ޖެހުނީ ދެލޮލުން ނަގައިގަތް ދިލައަކުންނެވެ.

ރޭގައި އެތާގައި އިށީން ގޮތައް ނިދުނީވެސް ދޮރުކައިރީގައި އިންދައެވެ. ހިޝާން އަށް ރޭގައިވީ ހުރިހާ ކަމެއް ހަނދާނައް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. ވަގުތުން ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ގޮސް ފާހާނައަށް ވަނީ ރޮއެގެން ލިބޭނެ ކުރިއެރުމެއް ނެތީމައެވެ.

***

ކޮޓަރިން ނިކުތް އަޝްހާ ހުރީ ތައްޔާރުވެގެންނެވެ. ނިކުންނަން ދަނިކޮށް އާޝިޔާ އަށް ފެނުނެވެ. އޭރު ގަނޑިން ނުވައެއް ޖަހަނީ އެވެ. “ކޮންތާކަށް މިހާ ހެނދުނާ..؟” އަރުޝް އަށް ކާންދެމުން އިނދެ އާޝިޔާ ސުވާލު ކުރިއެވެ.

“މިދަނީ އަނާ ކައިރިއަށް.. އޯކޭ ދޯ ދިޔަސް..؟” އަޝްހާ ބުނެލިއެވެ. “ހޫމް.. އެގެއަށް ދަންޏާ އޯކޭ.. އެކަމް އެކަނިތަ ދަނީ..؟” އާޝިޔާ އަހާލިއެވެ. “ދުރެއް ނޫނެއްނު.. ރަނގަޅުވާނެ..” އަޝްހާ ބުނެލިއެވެ.

“އެހެންވީރު މަންމަ ދޮންބެ ދައްތަ އަށް ދޭންވެގެން އޮންނާނެ ފޮތިގަނޑެއް.. ބުނޭ އެކަނޑަން ހަވީރުން ދާނަމޭ.. އިނގޭ.. ދެން އަވަހަށް ދޭ..” އާޝިޔާ މިހެން ބުނެ ނިމުނު ތަނައި އަޝްހާ ދުވެފައި ކަހަލަ ގޮތަކަށް ހިނގައިގަތެވެ.

ހީވަނީ އާޝިޔާ ވާހަކަ ދައްކައި ނުނިމިގެން ހުރި ހެންނެވެ. ހަތްވަރަކަށް މިނިޓުގެ ހިނގުމަކަށްފަހު ހާޖަރާ މަންޒިލްގެ އަށް ވަދެގެން އަޝްހާ ދިޔައެވެ. ލިވިންގ ރޫމް ތެރެއަށް ވަތްއިރު އިސްރާ ގޮނޑިސެޓުގައި އިނެވެ. ހީވާ ގޮތުން އަނީލްވީ އޮފީހުގައެވެ.

“އަނހާ.. އަޝޫ.. ކިހިނެތްވީ މާހެނދުނަކާ ތިއައީ..” އިސްރާވެސް އަޝްހާ މާނުގަޑި އަކު ފެނުމުން އަހާލިއެވެ. “ކޮބާ އަނާ..؟؟” އަޝްހާ ކެތްތެރިކަން ނެތް ގޮތަކަށް އަހާލިއެވެ. “ކޮޓަރީގަ.. ގޮވާ ގޮވާ ވެސް ނުތެދުވި.. ތަޅުލާފަ ހުރީވެސް.. އަޝޫ ނިކަން ދޭބަލަ..” އިސްރާ ކަންބޮޑު ވެފައިވާ މިންވަރު އޭނާގެ ވާހަކަ ތަކުން ހާމަ ވެއެވެ.

އަޝްހާ ގޮސް ކޮޓަރީގެ ދޮރުފަތުގައި ތަޅަން ފެށިއެވެ. އައިނާ އަކީ އަޝްހާ އައުމުން ދޮރުހުޅުވާ މީހެކެވެ. ނަމަވެސް އެފަހަރު ނުހުޅުވިއެވެ. “އަނާ.. އަނާ.. ހުޅުވަބަލަ ދޮރު.. އަނާ އޯޕަން ދަ ޑޯ… ޕްލީސްސް އަނާ..” އައިނާ ދޮރު ނުހުޅުވުމުން އަޝްހާ ވެސް ކަންބޮޑު ވިއެވެ. މިއަޑައް އިސްރާ ވެސް އަތުވެއްޖެއެވެ.

“ކިހިނެތްވީ..؟ ނުހުޅުވާތަ..؟” އިސްރާ ކަންބޮޑުވެފައި ސުވާލު ކުރިއެވެ. “އައިނާ ދަރިފުޅާ ހުޅުވަބަލަ ނިކަން ތިދޮރު..” އިސްރާވެސް ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް އައިނާ އެއް ނުހުޅުވިއެވެ. “ދޮންބެ ދައްތާ.. ޑަބަލް ތަޅުދަނޑި އެއް އޮވޭތަ..؟” އަޝްހާ ކުއްލި އަކަށް އެހި ސުވާލަކުން އިސްރާ އަށް ނިވެމުން ދިޔަ ބައްތީގެ ހުޅުކޮޅު ބޮޑުވި ކަހަލަ އެވެ.

ބޯޖަހާލައިފައި އިސްރާ ދުއްވައި ގަތީ އޭނާގެ ކޮޓަރި އަށެވެ. އެވަގުތުވީ އަރިންވެސް ހޭލައިގެން ރޯން ފެށި ވަގުތަށެވެ. ނަމަވެސް ތަޅުދަނޑި ހިފައިގެން އައިސް އެކުއްޖާ ނޫރަން ވެގެން އިސްރާ ފުރަތަމަ ތަޅުދަނޑި ފަތި ހޯދިއެވެ. އަދި އަޝްހާ އަށް ގޮވައިގެން ގެނެސް އޭތި ދިނެވެ.

“ސޮރީ މަންމަގެ އިސްމާޢީލް.. ވަރަށް ބޮޑައް ސޮރީ މަންމަގެ ދޫނި..” އަރިން އުރަމުން އިސްރާ ‘އިސްމާޢިލް’ ގެނަމުން މުޚާތަބު ކުރީ އެއީ އަރިންގެ ނަމުގެ ކުރިއަށް އިސްމާޢިލް އިންނާތީވެއެވެ. އިސްމާޢީލްގެ ނަން ކުރިއަސް ޚިޔާރު ކުރީ އެއީ އިސްރާގެ ބައްޕަގެ ނަމަކީ އެއީ އަށް ވާތީވެއެވެ.

އަޝްހާ ގޮސް ފަހަރަކު ތަޅުދަނޑިއެއް ތަޅުވަޅައް ކޮއްޕައިގެން ހުޅުވޭ ތޯ ބެލިއެވެ. އެތަޅުދަނޑި ފަތީގައި އެގޭގެ ހުރިހާ ދޮރެއްގެ ތަޅުދަނޑިތައް ހުރުމުން އުނދަގޫވާ ގޮތް ވިއެވެ. އަޝްހާ ހާސްވެފައި ހުރުމުގެ ސަބަބުން އޭގައި ނަން ޖަހައިފައި ހުރިކަންވެސް ހަނދާން ނެތުނެވެ.

އަރިން ގޮވއިގެން އިސްރާ މިސްރާބުޖެހީ ފޯނު ހޯދާށެވެ. ފޯނު ހޯދައިގެން އައިސް އަނީލް އަށް ގުޅަން ފިތްތަކަށް އޮބާލި ވަގުތަކީ އަނީލް އައިސް ގެއަށް ވަތް ވަގުތެވެ. އިސްރާގެ ހާސްވެފައިވާ މޫނު ފެނުމުން ކަންތައްތައް ރަނގަޅުނޫން ކަން އަނީލް ދެނެގަތެވެ.

“ކިހިނެތްވީ..؟” އަނީލް ދުވެފައި ކަހަލަ ގޮތަކަށް އިސްރާ އާއި ހަމައަށް އައިސް އަހާލިއެވެ. “އައިނާ.. އަ.. އައިނާ..” އިސްރާގެ އަޑު ކަރުތެރޭގައި ތާށިވީ ދެލޮލުން ކަރުނަ އަންނަން ފެށިމައެވެ. ވާނީވެސް އެހެންނެވެ. އައިނާ އަކީ އިސްރާގެ ދެލޮލުގެ ނޫރު ފަދައިން ބަލައި ބޮޑުކުރި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.

އަނީލްގެ ކަންފަތުގައި ދެން ޖެހުނީ އަޝްހާ އައިނާއޭ ކިޔައިފައި ބާރަކަށް ގޮވާލި އަޑެވެ. އަނީލް އާއި އިސްރާ އަވަހަށް މިސްރާބިޖެހީ އެކޮޓަރިއަށެވެ. އޭރު އަޝްހާ ފާހާނައިގެ ދޮރުމަތީގައި އޮތް އައިނާގެ ބޯ އުނގައްލައިގެން އައިނާ އާސް ގޮވަމުން ދިޔައެވެ. “އައިނާ ވޭކް އަޕް.. އަނާ..” އަޝްހާ އައިނާ އަށް ގޮވަމުން ދިޔައިރު އެދެލޯވެސް ފެނކަޅި ވަމުން ދިޔައީ އައިނާ އޮތް ޙާލު ފެނިފައެވެ.

އައިނާގެ ދެތުންފަތް ހިކިގެން ގޮސް ފަޅައިގެން ދާވަރުވެފައި ހުރިއިރު ދެލޯ ކައިރީގައި ހިކިފައި ހުރި ކަރުނަ ތަކެވެ. ދެން އަޝްހާ އަށް ރޭކާލީ އައިނާ އާއި ހިޝާން އާއި ދެމެދު ޖެހިގެން އުޅެނީ އާދައިގެ މައްސަލައެއް ނޫން ކަމެވެ.

އިސްރާ ވެގެން ބެލީ އައިނާ ހޭއެރުވޭ ތޯއެވެ. އޭރު އަނީލް އަރިން އުރައިގެން ކަނބޮޑުވެފައި އިނެވެ. އިސްރާ ތެދުވެ އަރިން އުރާފައި އަނީލް ގާތު އައިނާ އެނދައް ގެންދަން އެދުނެވެ. އަނީލް އައިނާ އަތްދަނޑި މައްޗައް ނަގާފައި ގެންގޮސް އެނދުގައި ބާއްވާލިއެވެ. އޭގެކުރިން އަޝްހާ ގޮސް ބާލީސްތައް ރަނގަޅު ކޮށްލިއެވެ.

އިސްރާ ދެން ގޮސް އައީ ފެންތައްޓެއް ހިފައިގެންނެވެ. އަދި އައިނާގެ މޫނަށް ޖަހައި ހޭއެރުވޭ ތޯ ބެލިއެވެ. ދެތިން ފަހަރު އެހެން ހެދުމުން  އެސްފިޔަތައް އަޅުވާލައިފައި އައިނާ ލޯހުޅުވާލިއެވެ. އޭރު އެދެލޯ ރަތްކަމުން ލޭކޮޅެއް ފަދައެވެ. “އަނާ….” އައިނާ އޮތް ހާލުފެނި އަޝްހާ އަށް ބޭއިޚްތިޔާރުގައި ގޮވައިލެވުނެވެ.

އިސްރާ އަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. އަނީލް އިސްރާގެ އަތުގައި ހިފަހައްޓާލިއެވެ. “ރޭގައި ކެއިންތަ..؟” އިސްރާ ހިތްހަމަ ނުޖެހުނީ އައިނާ ނުކައި އޮތުމުންނެވެ. އެއީ އަބަދުވެސް އައިނާ އަށް ވާގޮތެކެވެ. އައިނާ މާގިނައިރު ނުކައިފިނަމަ ހޭނެތޭނެއެވެ. އަދި ރުއިމުގެ ސަބަބުން މާ ބޮޑައް ހަށިގަނޑުގެ ވަރު ދޫވީއެވެ.

އިސްރާ ބަދިގެއަށް ގޮއްސައި ދެން އައީ ރޮއްޓައި މަސްހުނި ހިފައިގެންނެވެ. އިސްރާ އައިނާ އަށް އެދެއަތުން ކާން ދިން އިރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. އައިނާ ވެސް ދެރަވީ ލޯބިވާ މަންމަ އެގޮތައް އޭނަ އާއިހެދި ރޯތީވެއެވެ. އެމަންމަ އަށް ޓަކައި ނަމަވެސް އައިނާ ހިތްވަރު ކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. އިސްރާ ތަށި ހިފައިގެން ނިކުތުމުން އަނީލްވެސް އަރިން ގޮވައިގެން ނިކުމެ ދޮރުލައްޕާލިއެވެ.

“ޓެލްމީ.. ތިދެމީހުންގެ ދޭތެރޭގައި ކިހިނެތްވީ..؟” އަޝްހާ ސުވާލު ކުރިއެވެ.

_ނުނިމޭ

108

27 Comments

 1. R gurl

  August 6, 2020 at 3:38 pm

  v v reethi mi part vx… Maasha Allah… waiting 4 the nxt part… 23 vana bai miahvure dhigu khlaane kamah unmeedhu kuran… tc

  • A aaR

   August 6, 2020 at 9:20 pm

   Jazaakallah khairan R gurl.. will try engey.. aslu mee v kurin plan kohgen genes dhey story eh v ma Vaki nubuneveyne dhigu koh dheynamekey.. alhugandu nerey konme episode eh 700 words ah vure dhiguvaane..

  • R gurl

   August 7, 2020 at 10:03 pm

   sry inge… aslu ehn buni ehcheh nun… vhk kiyaahithun invarunu ehn bunee… ehnve kanneyge ehn part thakah vure kuru hn heevee.. hehe… waintin 4 the nxt part… again vrh reethi mi part..may god bless u n fulfill ur dreams…

  • A aaR

   August 7, 2020 at 11:42 pm

   Hey r gurl.. it’s ok ey.. I dnt mind too.. may God bless you too

 2. A aaR

  August 6, 2020 at 9:24 pm

  Here is the 22nd prt.. hope you all readers liked it.. this story (AINA S2) has total 32 episodes.. just today I finished writing the whole story.. and tomorrow I will start writing the next story I’ve planned.. and that’s a love story tooo

  • A aaR

   August 7, 2020 at 9:08 pm

   Hey readers mail me to give some ideas for the title for my upcoming.. mail is on my bio.. or u can dm me..

  • A aaR

   August 7, 2020 at 11:43 pm

   🙂 Nxt prt submitted ingey readers..

 3. aalif

  August 6, 2020 at 9:27 pm

  Vrh vrh reethi maasha allah ☺️☺️

  • A aaR

   August 6, 2020 at 11:14 pm

   Jazaakallah khairan aalif

 4. 🌺Ril🌺

  August 6, 2020 at 10:02 pm

  Hiii A aaR👋👋👋👋
  Mi part ves vrh sali 💯💯💯💯💯💯💯💯
  Aley Hama hus misunderstanding dhw😣😣
  Ohhh I am feeling so sad for aainaa and also for hishaan too they both are going through much dhw 😭😭😭😭😭😣😣😭😣
  Hope mikamun edemeehuna salaamai vevey thoo vrh avaha😊😊😃😃😟
  Waiting for next♥️♥️♥️😃😃😃
  Love uuu ♥️♥️♥️
  Stay safe dear and take gud care♥️♥️♥️

  • A aaR

   August 10, 2020 at 12:03 pm

   🙂

 5. 🌺Ril🌺

  August 6, 2020 at 10:06 pm

  Hii A aaR👋👋👋👋👋
  Wow mi part ves vrh Sali💯💯💯💯💯💯💯
  Aley his misunderstanding dhw 😣😣😣😣
  Ohhh I am so sad for ainaa and for hishaan too they both are going throug much dhw 😭😭😭😭😭😭😭😭😭
  Mihurihaakameh ves mivanee mi nashvaa aa hadhaagen huh vrh foohi vey nashvaa deke😠😠😠😠😠😠😠😠😠😤😤😤😤
  Hope everything is going to be fine♥️♥️♥️
  Luv uuu♥️♥️♥️
  Stay safe dear and take gud care ♥️😃

 6. Meekkomee

  August 7, 2020 at 1:14 am

  Baakee 10 episode dhww😥😥 mi part ves varah Varah Reethi 😍😍 Masha Allah 😍😍 when is next part…… curiously waiting for the next……and curiously waiting for your next story😁😁😁😁 stay home be safe💜💜

  • A aaR

   August 7, 2020 at 9:05 pm

   Jazaakallah khairan meekkomee.. nxt prt submitted alrdy.. yh dhw.. 10 ep.. stay home stay safe.. 😊

 7. 🌺Ril🌺

  August 7, 2020 at 9:53 am

  Wow mi part ves vrh Sali 💯💯💯💯💯💯
  Misunderstanding dhw hus ves😟😟😟😣😣
  Aley I am feeling sad for ainaa and hishaan going though a lot dhw😭😭😭😟
  Mee hus nashvaa ge kantha I hate u nashavaa😠😠😠😠😠😤😤😤😠😠😤
  Hope everything is going to be fine🥰🥰🥰
  Waiting for the next😍😍😍😍
  Love uuu ♥️♥️♥️
  Stay safe♥️♥️♥️

 8. 🌺Ril🌺

  August 7, 2020 at 9:11 pm

  Wow mi part ves vrh Sali 💯💯💯💯💯
  Aley I am sad for aainaa an hishaan😭😭😭😭😭😭😭😭😭😭😭
  Mihurihaakameh ves mivanee nashvaa aa hadhaan I hate u nashvaa😠😠😠
  Hope everything will be fine♥️♥️♥️
  Luv uu♥️♥️♥️♥️
  Stay safe♥️♥️♥️

  • A aaR

   August 7, 2020 at 9:28 pm

   Jazaakallah khairan Ril.. yh let’s c dhw..

 9. 🌺Ril🌺

  August 7, 2020 at 9:12 pm

  Aley a aaR mihaaru Ril 4 varakah cmnt kohfeemey but pub eh nuvi naseebakun mifaharu vehje
  Srry ehen ve lahun cmnt eh ves kohlevuny
  Heekuree pub vaanekama but nuvi ehen ve mikohlee anekaaves cnmt eh😟😟😃😃😃😃

  • A aaR

   August 7, 2020 at 9:29 pm

   Aslu tha Ril.. Alhey I also dnt knw why..

  • 🌺Ril🌺

   August 8, 2020 at 12:17 pm

   Yaaa Ril akah ves neyge keeve kameh
   But heevanee thankoleh dhigu cmnt eh liyevuny maahen ey ehen strys gaa ves vey ehen😟😟😟😟😟😭😭😭😭

  • A aaR

   August 8, 2020 at 1:45 pm

   Ehen vegeneh noon hen hyvany.. ehen meehun vx hama long cmnt kurey..

  • 🌺Ril🌺

   August 8, 2020 at 7:08 pm

   Ohhhh dhen neyge dhw

  • A aaR

   August 8, 2020 at 11:41 pm

   🙂

 10. aalif

  August 9, 2020 at 8:34 pm

  Y next part maa lahy 😣

  • A aaR

   August 9, 2020 at 10:50 pm

   Its submitted

 11. 🌺Ril🌺

  August 10, 2020 at 10:56 pm

  Suhboo mihiree dhw pub nuvegen ulunu cmnts tha 5 cmnts ebain 😂😂😂😂😅😅

  • A aaR

   August 11, 2020 at 6:17 pm

   🙂 Hehe yh

Comments are closed.