ނޭނގި ވެވުނީ ލޯތްބޭ- 22
“ދެން ނުކުމޭ! ޔޫނުސް މެންގެއަށް ދާން ފެންވަރަން ވެއްޖެޔޭ!” އައިނާ ޔޫޝައު ކޮޓަރިން ނެރެމުން ބުނެލިއެވެ. އައިނާ ދެއްކި ވާހަކަތަކުގެ ސަބަބުން ޔޫޝައުގެ ހިތުގައި ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އުފެދިއްޖެއެވެ. ގެއްލެން ގާތް ވެފައިވާ ހިތްވަރު އާލާ ވެގެންދިޔައެވެ. އުފަލުން ހުރެ ޔޫޝައު ބަދިގެއަށް ވަނީ ރީމް ދެކިލާ ހިތުންނެވެ. ބަދިގެތެރޭގައި އެވަގުތު އެކަކުވެސް ނެތުމުން ތުންއަނބުރާލައިފައި ދާން އެނބުރުނުތަނާހެން ޔޫޝައުގެ ކަންފަތުގައި މީހަކު ނޭފަތް ދަމާ އަޑު ޖެހުނެވެ. ބަދިގެ ފަޅިން ބޭރަށް ބޯދިއްކޮލި އިރު ރީމް ފިޔާކޮށަމުން ހުރެ ރޮނީއެވެ. ޔޫޝައު ރީމް ގާތަށް ގޮސް ރީމްގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލަދިނެވެ. ސިއްސައިގެން ގޮސް ރީމް އޭނަގެ އަތުގައި އޮތް ވަޅި ޔޫޝައުއާއި ދިމާލަށް ދިއްކޮށްލިއެވެ.
“ސުބުހާނަﷲ! މަރާލަންތަ ތި އުޅެނީ؟” ފަހަތަށް ޖެހިލަމުން ޔޫޝައު ޝޮކެއްގައި ހުރެ ބުނެލިއެވެ.
“ސޮރީ…” މިހެން ބުނެ ރީމް އަނެއްކާވެސް ކުރަން ހުރި މަސައްކަތަށް ރުޖޫޢަވީ ޔޫޝައުއާއި ދިމާލަށް ބަލައިވެސް ނުލައެވެ.
“އޭ… އަދިވެސް ރުޅި އައިއްސަތަ؟” ރީމް ފިޔާ ކޮށަން އިން މޭޒުގައި އަތް ވިއްދައި ގުދުވެލަމުން ޔޫޝައު ބުނެލީ ރީމްގެ މޫނަށް ބަލަން ހުރެއެވެ. އެއްވެސް އަސަރެއް މޫނުމަތިން ނުދައްކުވަމުން ރީމް ފިޔާ ކޮށުމައިގެން ކުރިއަށް ދިޔައެވެ. އެ އޮތް ގޮތަށް އޮވެ މޫނަށް ވައްތަރު ތަކެއް ޖައްސަމުން ޔޫޝައު ބެލީ ރީމް ހެއްވާލެވޭތޯއެވެ. ނަމަވެސް ކުރި މަސައްކަތް ދިޔައީ ފެނަށެވެ.
“ޔޫޝައު ބުނަން ވާހަކައެއް؟” ފިޔާ ކޮށުން ހުއްޓައިލައިފައި ރީމް ވާހަކަ ދައްކަން ފެށިއެވެ. “މިހާރު އަހަންނަށް ޔޫޝައުއަށް ގާތްވާން ޖެހޭ ވަރަށް ވުރެ ގާތް ވެވިއްޖެ! އަހަރެން ބިރު ގަނެޔޭ… ގާތްވާ ކޮންމެ މީހަކު އެންމެ ފަހުން ދަނީ ދުރަށް! އައިނާމެން ފިޔަވައި އަހަރެންގެ އާއިލާ މީހުން ފިޔަވައި އެހެން އެންމެން އަހަރެންނާ ދުރަށް ދިޔައީ! ޔޫޝައު ޕްލީސް… އަންޑަސްޓޭންޑް މީ! އައި ކާންޓް ޑޫ އިޓް!”
“މަޑު ކޮށްބަލަ! ރޭވެސް ނޭނގެ ރީމް ކީ ނުކީ އެއްޗެއް! މިއަދުވެސް ތިކިޔާ ނުކިޔާ އެއްޗެއް ނޭނގޭ! ތިބުނީއެންނު ގާތްވާ ކޮންމެ މީހެއް ދުރަށް ދެޔޭ ދޯ؟ އަހަންނެއް ނުދާނަމޭ! އިންޝާﷲ ދުވަހަކުވެސް ނުދާނަން! އަހަރެން ނުހިމެނޭނަން “ކޮންމެ” މީހެއްގެ ލިސްޓުގައެއް!” ޔޫޝައު ރީމްގެ ލޮލަށް ބަލަމުން އިނދެ ބުނެލިއެވެ. ރީމްގެ ލޮލުގައި ކަރުނަ ވިދާލި އިރަށް އޭނައަށް އިސްޖެހުނެވެ. ރީމް ފެންކަޅިވެފައި ހުރިތަން ފެނުމުން ޔޫޝައު ރީމް ގާތަށް ޖެހިލިއިރަށް ރީމް ފަހަތަށް ޖެހިގަތެވެ.
“ނޫން ޔޫޝައު! ނޫން! ޕްލީސް ސްޓޭ އަވޭ ފްރޮމް މީ! ޕްލީސް!” ރީމްއަށް ރޮވެން ފެށުނެވެ.
“ރިމް ކިހިނެއްވީތަ؟” ޔޫޝައު ރީމްއާއި ދިމާލަށް ފިޔަވަޅެއް އަޅަމުން އެހިއެވެ.
“ޔޫޝައު ޕްލީސް! ޖަސްޓް ލީވް މީ އެލޯން!” ރީމްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“އޯކޭ!” ރީމްއާއި ގާތްވެލަމުން ޔޫޝައު ބުނެލިއެވެ. “އެކަމު ހަނދާން ކުރާތި! ރީމް ތިހެން އުޅޭ ސަބަބެއް ހޯދާފަ ނޫނިއްޔަކާ ހުއްޓައެށް ނުލާނަން! ހަނދާންވޭތަ ރީމް ލަމްނާއާ ނާއިފް ވާހަކަ ދެއްކިއިރު އުޅުނު ގޮތް؟ ހަމަ އެގޮތަށް އަހަރެންވެސް ދެން އުޅޭނީ!” މިހެން ބުނެ ޔޫޝައު އެތެރެއަށް ވަދެގެން ދިޔައެވެ. ރީމް މައްޗަށް ބަލައިލައިފައި ލޯމަރަލީ ފައިބަން ތައްޔާރު ވެފައިވާ ކަރުނަތަށް މަޑޫޖެހޭތޯއެވެ. ދުރަށް ނަޒަރު ހިންގާލުމާއި އެކު ރީމްގެ ކަންފަތުގައި ގުގުމައިގަތީ ޔޫޝައުގެ ފަހު ބަސްތަކެވެ. ޔޫޝައު ގާތު ލަމްނާގެ ވާހަކަ ބުނި ދުވަހު ރީމް ޔޫޝައު ފަހަތުން އެވާހަކަ ބުނަން އުޅުނު ވަރު ހަނދާންވުމުން ރީމްއަށް ފުންނޭވާއެއް ދޫކޮށްލެވުނީ، ދެން އޭނައަށްވެސް އޮތީ އެކަން ކަމަށް ހީކޮށެވެ.
***
އެނދުމަތީގައި އޮތް ނާއިފް ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ކާކުތޯ ބަލައިލިއިރު ނާއިފްއަށް ލަދުން އިސްޖަހައިލެވުނެވެ. ގުޅަނީ ޔޫޝައުއެވެ. ފޯނު ނަގަން ނުކެރިފައި އޮތް ނާއިފްއަށް ވިސްނެނީ އޭނަ ޔޫޝައުއަށް ދިން ދޯކާގެ މަތިންނެވެ. ފާއިތުވީ ހުރިހާ ދުވަހަކު ނާއިފްގެ ބޯގޮވަނީ މިކަމާއި ދޭތެރޭ ވިސްނަ ވިސްނާއެވެ. ކުރަންވީ ކަމެއް ނުކުރަންވީ ކަމެއް ނޭނގޭ ހާލު ނާއިފް ހުރީ ޔޫޝައުއާއި ވީހާވެސް ދުރުން އުޅެވޭތޯ މަސައްކަތް ކުރީ ގަންނަ ލަދެއްގެ ބޮޑުކަމުންނެވެ. އެހެން އޮއްވާ ފޯނު ކެނޑިއްޖެއެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފިއެވެ. ކަށިން ހިތްވަރު ނެރެގެން މިފަހަރު ނާއިފް ފޯނު ނެގީ ގުޅަނީ ކީއްވެގެން ބަލާލުމުގެ ބޭނުމުގައެވެ.
“އޭ ބްރޯ! ކީއްވެތަ މިހާރު މެސެޖު ތަކަށް ރިޕްލައި ނުކުރަނީ؟ ދެ ދުވަސް ވަރު ވެދާނެ ތިހެން އުޅޭތާ؟ އަނެއްކާ އަހަންނަށްވެސް މިއުޅެނީ ތިގެޔާއި ހަމައަށް ދާން ވަގުތެއްވެސް ނުވެގެން!” ނާއިފް ފޯނު ނެގުމާއި އެކު ޔޫޝައު އޭނަގެ ކުރިމައްޗަށް ޝަކުވާ ގޯނި އޮއްސާލިއެވެ.
“ކީއްކުރާނީ! އާ ޖޮބަކަށް ލައިގެން އުޅެންޏާ ވާނީ މިހެން!” ނާއިފް ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.
“އެހެންދޯ؟ އޭ! މިއުޅެނީ މާދަމާ ބޮޑުމޮހޮރާއަށް ދާށޭ! ދާނަންތަ؟” ޔޫޝައު އެހިއެވެ.
“އާން!” ނުދާން ބޭނުންވި ނަމަވެސް ދާނަމޭ ބުނީ ނުދާނަމޭ ބުނުމުން ޔޫޝައުގެ ސުވާލުތަކާއި ކުރިމަތިލުމުގެ ހިތްވަރު ނާއިފްގައިގައި ނެތުމުންނެވެ.
“އެހެންމަ ޑީޓެއިލްސްތަށް މެސެޖު ކޮށްލާނަން… ދެން ބާއްވަނީ!” މިހެން ބުނުމަށްފަހު ޔޫޝައު ފޯނު ކަނޑައިލިއެވެ.
***
ހުރިހާ ފިރިހެންވެރިން ހުކުރަށް ދިޔުމާއިއެކު ރީމް ކޮޓަރިއަށް ވަދެލީ ފެންވަރައި ތާޒާ ވެލުމުގެ ނިޔަތުގައެވެ. އެވަގުތު ގަޑިން ބާރަގަޑި ބައިވަނީއެވެ. ތުވާލި ހިފައިގެން ފާހަނައަށް ވަންނަން އުޅެނިކޮށް ރީމްގެ ފޯނަށް ގުޅީ ހަނާއެވެ.
“ހަލޯ! ރީމް… ދާނިޝްގެ ކޭހާ ހަވާލު ވެގެން އުޅޭ ޕޮލިހާއި އެކު ކޮންފަރެންސް ކޯލެއް އިނގޭ މީ!” ރީމް ފޯނު ނެގުމާއި އެކު ހަނާ ބުނެލިއެވެ.
“ލައްބަ!” ދޮރު ތަޅުލާފައި އެނދުމަތީގައި އިށީންނަމުން ރީމް ބުނެލިއެވެ.
އެމީހުންނާއި އެތަށް އިރެއް ވަންދެން ވާހަކަ ދައްކާ ހަދައިފައި އަވަސް އަވަހަށް ފެންވަރައިގެން އައިސް ރީމް އެނދުގައި އިށީންދެލިއެވެ. ދެއަތް ދެއަތާ މޮޑެ ދެފައި ހަލުވާތީ ރީމް އިނީ ކޮންމެވެސް ކަމަކާއި ހިތް އަވަސް ވެފައިކަން އަންގައިދެއެވެ. އެހެން އިންދާ ރީމް ސިއްސައިގެން ދިޔައީ އޭނަ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅީމައެވެ. ފޯނު ނަގައި ރީމް އޭނާގެ ކަންފަތުގައި ޖެއްސީ ހިތްއަވަސްވެފައި ހުރެއެވެ.
“ހަލޯ” އެއިވުނު އަޑަކީ ދުވަހަކުވެސް ރީމް ހަނދާނުން ފިލައިގެން ދާނޭ އަޑެއް ނޫނެވެ. އެއަޑަކީ އަބަދުވެސް ރީމްގެ ހިތް ކުދިކުދި ކުރަމުން ދިޔަ ދާނިޝްގެ އަޑެވެ.
“ދާނިޝް؟” ރީމް އަހައިލީ ހިންދިރުވައިލަމުންނެވެ.
“ރީމް…” ދާނިޝް ވާހަކަ ދެއްކީ ރޮމުންނެވެ. “ރީމް… އަހަންނަށް މާފު ކުރޭ ރީމް! އަހަންނަށް މާފު ކުރޭ! އަހަންނަށް އިނގޭ ރީމް އަހަންނާއި އެކު ދާން އެއްބަހެއް ނުވާނެކަން! އެކަމުވެސް… ރީމް! އަހަރެން ބަދަލު ވެއްޖިން! ރީމްއަށްޓަކައި އަހަރެން ބަދަލު ވެއްޖިން! ރީމް ދޫކޮށްލާފަ އެހެން މީހެއް ގާތަށް ދިއުން އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް! އަހަންނަށް އެނގޭ މަންމަ ހަނާގެ ވާހަކަ ދެއްކިކަން! ކުރިން ބުނެވުނު ނަމަތާ… ހުރިހާ ވާހަކައެއް ކިޔައިދޭނަން އައިމާ! އަހަންނަށް މާފު ކުރޭ ރީމް! ދެނެއް އަހަންނަކަށް ރީމްއަކާ ނުލައި ނޫޅެވޭނެ! އަހަންނަށް އިނގޭ ރީމް ބުނާނީ ނޫންކަން! އެކަމުވެސް އަހަރެން މި އަހަނީ އަހަންނާއި އެއްކޮށް އާ ދިރިއުޅުމެއް ފަށަން އަނބުރާ އަހަރެން ގާތަށް އަންނާނަންހޭ؟” ދާނިޝް އެހިއެވެ.
“އާން! ދާނަން!” ދެލޯ މަރައި ތަގުޅި ކޮށްލަމުން ރީމް ބުންޏެވެ.
“އަސްލުވެސް ދާނަންތަ؟ ރީމް! އަހަރެން ވަރަށް އުފާ ވެއްޖެ! އަހަރެން މިހުރީ ފެލިދޫގަ! މިރަށު ކުރީގެ ޖެޓީ އޮތް ދިމާލުގެ އަހަރެން މިހުރީ… އަވަހަށް އާދޭ ރީމް! އެއްވެސް އެއްޗެއް ގެންނާނެ ކަމެއް ނެތް! ހަމައެކަނި ރީމް އާދޭ! އަވަސް ކުރޭ!” ދާނިޝް މިހެން ބުނެލީ އޭނަ ކުރިމަތީ އުފެދެމުން އަންނަ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.
ގެއިން ނުކުމެ އަވަސް އަވަހަށް ހިނގަމުން ދިޔަ ރީމްގެ މިސްރާބު ހުރީ މީގެ އަހަރުތަކެއް ކުރިން ރަށުގެ ޖެޓީ އޮތް ދިމާލަށެވެ. ކުރިން ދުވަހެއްގައިވެސް އެދިމާލަށް ދިއުމުން މިއަދު އެތަނަށް ދާކަށް އެހާ އުނދަގުލެއް ނުވިއެވެ. މަގުތަކުގައި މީހުން ނެތް ނަމަވެސް އިރުއިރު ކޮޅަކާހެން ރީމް މަގުގެ ދެފަރާތަށް ބަލައިލައެވެ. މަންޒިލާއި ހަމައަށް ވާސިލްވި އިރު ހުކުރު ނަމާދު ކުރަން ފަށައިފިއެވެ. ރީމްގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ކުރަން މިއުޅެނީ ކިހާ ބޮޑުކަމެއްކަން އޭނައަށްވެސް އެނގޭހާލުއެވެ. މުޅި ތަނަށް ނަޒަރު ހިންގާލުމާއި އެކު ރީމް ލޮލުގައި އަޅައިގަތީ ރުށް ދަށުގައި ހުރި ދާނިޝްއާއި މޫދުގައި އޮތް ޑިންގީގައި އިން މީހާއެވެ. އަޅައިގެން ހުރި އަވިއައިނާއި ލައިގެން ހުރި ހޫޑީ ބޯމަތީއެޅިފައި ވުމާއިއެކުވެސް އެއީ ދާނިޝްކަން ރީމްއަށް އެނގުނެވެ. އާދައިގެ ހިނގުމެއްގައި ރީމް ދާނިޝްއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެކުގައި ރީމްގެ ހިތުގެ ވިންދު އަވަސްވެގެން ދާކަހަލައެވެ.
“ރީމް!” ރީމް ފެނުމާއި އެކު ދާނިޝް އައިސް ރީމްގައިގައި އޮޅުލައިގަތެވެ. މިކަމާއި ރީމް ކިތަންމެ ހިތްހަމަނުޖެހުނަސްވެސް ހާލަތުގެ ގޮތުން ހިތްހަމަޖެހޭކަން ދައްކަން ރީމްއަށް މަޖުބޫރުވިއެވެ.
“އަވަހަށް އާދޭ!” ރީމްގެ އަތުގައި ހިފަމުން ދާނިޝް ބުންޏެވެ.
“ތިހުރީ ހައްޔަރު ކޮށްފަ!” ފަހަތުން އިވުނު ފުލުސް މީހާގެ އަޑުއިވި ދާނިޝްގެ އަތްފައި ފިނިވެގެން ދިޔައެވެ. ހައިރާންކަމާއި އެކު ފަހަތް ބަލައިލި ދާނިޝް ހުރީ ވާނުވާގައެވެ.
އިއްޔަ ދާނިޝް އެބަޔަކަށް ފިލި މީހުން މިއަދު އެހުރީ އޭނަ ކުރިމަތީގައެވެ.
“ދޫކުރޭ އަހަރެން އަތުން! ކިހިނެއް… ކިހިނެއް އަހަރެން ހައްޔަރު ކުރީ؟” ދެފުލުހަކު އައިސް ދާނިޝް އަތުގައި ހިފައި ބިޑި އަޅުވަން ފެށުމުން ދާނިޝް ގަދަ ހެދިއެވެ.
“ކިހިނެއްހޭ؟ ވަރަށް ގަދަޔަށް ރާވައިގެން!” ފުލުހުން ޖަވާބު ދިނެވެ.
*** ކުޑަ އިރުކޮޅެއް ކުރިން ***
ހުރިހާ ފިރިހެންވެރިން ހުކުރަށް ދިޔުމާއިއެކު ރީމް ކޮޓަރިއަށް ވަދެލީ ފެންވަރައި ތާޒާ ވެލުމުގެ ނިޔަތުގައެވެ. އެވަގުތު ގަޑިން ބާރަގަޑި ބައިވަނީއެވެ. ތުވާލި ހިފައިގެން ފާހަނައަށް ވަންނަން އުޅެނިކޮށް ރީމްގެ ފޯނަށް ގުޅީ ހަނާއެވެ.
“ހަލޯ! ރީމް… ދާނިޝްގެ ކޭހާ ހަވާލު ވެގެން އުޅޭ ޕޮލިސްއާއި އެކު ކޮންފަރެންސް ކޯލެއް އިނގޭ މީ!” ރީމް ފޯނު ނެގުމާއި އެކު ހަނާ ބުނެލިއެވެ.
“ލައްބަ!” ދޮރު ތަޅުލާފައި އެނދުމަތީގައި އިށީންނަމުން ރީމް ބުނެލިއެވެ.
“ހަލޯ… އަޅުގަނޑަށް ކިޔާނީ އަހަދު! ހަނާ ވަނީ އަޅުގަނޑުމެންނަށް ހުރިހާ ވާހަކައެއްވެސް ކިޔާދީފަ!” އަހަދު ވާހަކަ ދައްކަން ފެށިއެވެ. “ދާނިޝް ހިފޭއްޓުމަށް ރީމްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ! އަދި ދާނިޝް ހިފޭއްޓޭން އެންމެ ފަސޭހަ ގޮތަކީވެސް ރީމް މެދުވެރިކޮށް! ރީމް މިކަމަށް ތައްޔާރުތަ؟”
“ލައްބަ! ތައްޔާރު!” ޖޯޝާއި އެކު ރީމް ބުނެލި ނަމަވެސް ހިތުގެ ކަނެއްގައި ބުނަން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދިފައިވެއެވެ.
“އެހެންމަ އަޑު އަހާ! ޑޮމެސްޓިކް ވައޮލެންސްގެ ކޭސްގަ ދާނިޝް ވަނީ ބެދިފަ! އެހިސާބަށް ދިޔައިރުވެސް ދާނިޝް ވީނުވީއެއް ނޭނގޭ! ފޯނު ނަމްބަރު ޓްރެކް ކުރިން އެކަމު އެކަންވެސް ނާކާމިޔާބުވީ ދާނިޝް ސިމް ބަދަލުކޮށް ހަދާތީއާއި އެކު! ފެލިދޫ ޕޮލިސް ޓީމަށް ވާނީ ދާނިޝްގެ ފޮޓޯއާއި ބޭނުންވާ ހުރިހާ މައުލޫމާތެއް ވާނީ ފޮނުވާލެވިފަ! ވަރަށް އަވަހަށް ޕޮލިހުން ނުކުންނާނެ! ދާނިޝް ދިޔަ ތާކަށް ދިޔަ ލޯންޗުވެސް ޓްރެކް ކުރެވުނީ ވަކި ހިސާބަކަށް! ނަމަވެސް އެވެސް ކޮންމެވެސް ގޮތަކަށް ގެއްލުނީ! އަޅުގަނޑުމެންނަށް ބޮޑަށް ހީވަނީ އެމީހުން ލޮކޭޝަންއާއި ޓްރެކިންގ ބަޔަށް ކުޅެލާފަހެން ވަނީ! އިއްޔަ ކެޔޮދޫއަށް ދިޔަ ޓީމުން ރިޕޯޓު ކުރީ ދާނިޝް އޭނަ އުޅުނު ތާކު ނެތް ވާހަކައާއި އޭނަ ގެންގުޅޭ އެއްވެސް އެއްޗެއް އެތާ ނެތް ވާހަކަ! ނަމަވެސް އަޅުގަނޑުމެންނަށް އެނގުނު ރީމް ބަލާ ގޮއްސިއްޔާ ރީމް ގޮވައިގެން ނޫނީ އޭނަ ތި އަތޮޅަކުން ނާންނާނެކަން! އެއީ އާންމުކޮށް އެކަހަލަ މީހުން އުޅޭ ގޮތް! އެކި ގޮތް ގޮތުން ވަރަށް މަސައްކަތް ކުރިން ދާނިޝްވީ ތަނެއް ހޯދޭތޯ އެކަމު އެވަގުތު ދާނިޝް އުޅުނީ އަޅުގަނޑުމެންނަށް ވުރެ މާކުރީގަ! ނަމަވެސް ރީމް ދެއްވި މަޢުލޫމާތުން އަޅުގަނޑުމެން ރޭވި ރޭވުމެއް ކިޔައިދޭން މިއުޅެނީ!” އަހަދު ވާހަކަ ދައްކަމުން ދިޔައިރު ރީމް އިނީ ކަނުލާ އަޑުއަހާށެވެ.
“ދާނިޝް އަދި ދާނެ ރީމް ބަލާ! އޭނަ ގުޅާވެސް ފާނެ! އެހެންމަ ރީމްވީ އޭނަ އެ ގުޅި ނަމްބަރު އަޅުގަނޑުމެންނަށް ފޮނުވަން! އަދި ރީމްގެ ނަމްބަރުވެސް ފޮނުވާތި! އޭރަށް އަޅުގަނޑުމެންނަށް ދާނިޝްގެ ނަމްބަރު ޓްރެކް ނުކުރެވުނަސް ނޫނީ ދާނިޝް، ރީމް ގެންދަންވާއިރަށް ޕޮލިހުންނަށް އެހާ ހިސާބަށް ނުދެވެނަސް، އަޅުގަނޑުމެންނަށް ރީމްމެން ދާނުދާ ތަނެއް އެނގޭނީ! ދާނިޝް ގުޅީމަ… ދާން އަހައިފިއްޔާ ބުނޭ ދާނަމޭ! ދާން ނުބުންޏަސް ބުނޭ ތިމަންނަ ދާން ބޭނުމޭ! އޭރަށް މި ޕްލޭން ވޯކް ކުރާނީ! ދާނިޝް ގުޅައިގެން އޭނަ ބުނާ ތާކަށް ދާން ބުނެފިއްޔާ އެތަނުގެ މައުލޫމާތާއި ހުރިހާ އެއްޗެއް އަޅުގަނޑުމެން މި ދޭ ނަމްބަރަށް މެސެޖު ކޮށްލައްވާ! އަދި އެއްވާހަކަ! މިކަން ނިމެންދެން ސިއްރެއް ގޮތުގައި ބާއްވަދީ! މީހެއްގެ ފަރާތުން ދާނިޝްއަށް މައުލޫމާތު ލިބިދާނެ ކަމުގެ ބިރު އެބައޮތް! އުއްމީދު ކުރަން ރީމްގެ ފަރާތުން މި އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް! އެއްވެސް ގޮތަކަށް ބިރު ނުގަންނާތި! އަޅުގަނޑުމެން މިތިއްބެވީ ތިބޭފުޅުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރަން!” ރީމްއަށް ވިސްނައި ދެމުން ފުލުސް މީހާ ބުންޏެވެ.
“ރީމް… އެހެންމަ ބިރު ނުގަންނާތި! ދާނިޝްއަށް ދޭންވާ ހައްގު އަދަބު ދިނުމަށް އަހަންނަށް އެހީވެދީ!” ހަނާ އާދޭސް ކުރިއެވެ.
“ހަނާ… އިންޝާﷲ މިއަދު ދާނިޝްއަކަށް އިތުރަކަށް ނުފިލޭނެ!” ރީމް ބުންޏެވެ.
“އެހެންމަ ރީމްވެސް ރެޑީގަ ހުރޭ! ކޮންމެ ހިނދަކުވެސް ގުޅާފާނެ! ބެސްޓް އޮފް ލަކް!” މިހެން ބުނެ އެމީހުން ފޯނު ބޭއްވިއެވެ.
***މިހާރު***
“ދެން ކިތަންމެ ގަދަ ހަދަން އުޅުނަކަސް ސަލާމަތެއް ނުވެވޭނެ!” އަހަދު ބުންޏެވެ.
“ރީމް! ރީމް… އަހަރެން ސަލާމަތް ކުރޭ!” ދާނިޝް ބުންޏެވެ.
“މިހުރިހާ ރޭވުންގަނޑެއް އަޑުއަހާފަވެސް ތި ބުނަނީ އަހަރެން ގާތު ތަ ސަލާމަތް ކޮށްދެންވެސް؟؟ ދާނިޝް ޕޮލިހަށް ހަވާލު ކުރަންވެގެން އަހަރެން މިހިސާބަށް މިއައީވެސް! އެހެންނޫނީ ނުވެސް އަންނާނަން މިހިސާބަކަށްވެސް! އަހަރެން މިހާރު ދާނިޝް މަތިން ހަނދާން ނައްތާލައިފިން! އަހަރެން ހިތަކަށް ނާރަން އަހަރެން މި ކުރި ދިގު އިންތިޒާރު އެހާ ހިތި ވާނެކަމަކަށް! މިހާރު ދާނިޝްއަކީ އަހަރެންގެ ޙަޔާތުން ވީދާލާ ބޮނޑިކޮށްލާ އެއްލާލައިފައިވާ ސަފުހާއެއް!” މިހުރިހާ ވާހަކައެއް ދެއްކިއިރު ރީމް ހުރީ ފެންކަޅިވެފައެވެ.
އިތުރު ވަގުތުތަކެއް ބޭކާރު ނުކޮށް ޕޮލިހުން ދާނިޝް ބަނދަރާއި ދިމާލަށް ގެންދިޔައީ އަނބުރާ މާލެ ގެންދިއުމަށްޓަކައެވެ. ދާނިޝްގެ އިތުރުން އެކަމުގައި ބައިވެރި ލޯންޗުގެ ކައްޕިވެސް ހައްޔަރު ކުރެވުނެވެ. ރީމްވެސް އެމީހުންނާއި އެކީ ދިޔައީ އަހަދުގެ އެދުމުގެ މަތިންނެވެ. މާލެއިން އައި ފުލުހުންނާއި ދާނިޝްމެން ޕޮލިސް ލޯންޗަށް އަރައި ހަމަވެއްޖެއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ރީމް! ރީމް ނެތް ނަމަ މިއަދު ދާނިޝް ހައްޔަރު ނުކުރެވުނީސް! ވަރަށް ރިސްކު ބޮޑުމަކެއް ތި ކޮށްދެވްވީ އަޅުގަނޑުމެންނަށް !” އަހަދު ބުންޏެވެ.
“ޝުކުރު އަދާ ކުރަން ޖެހޭނީ އަޅުގަނޑުމެން ތިބޭފުޅުން ތި ކުރައްވާ މިންނެތް މަސައްކަތަށް! ވަރަށް އުފާވެއްޖެ މިކަހަލަ ބޮޑު މަސައްކަތެއްގައި ބައިވެރި ވެވުނީތީވެސް!” ރީމް ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ސަލާމްކޮށްލުމަށްފަހު އަހަދުވެސް ޕޮލިސް ލޯންޗަށް އެރިއެވެ. ލޯންޗު ފުރުމާއިއެކު ރީމް ފަހަތަށް އެނބުރުނެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލައިފައި ރީމް ގެއަށް ދާން ހިނގައިގަތީ ދާނިޝްއާއި އެކު އޭނަގެ މާޒީގެ ހިތި ހަނދާނަތަށްވެސް ދޫކޮށްލުމަށްފަހުއެވެ. އެހަނދާންތަށް ކަނޑުގެ އެންމެ ފުނަށް ފައްތައިފައެވެ. އެވަގުތަކީ ހުކުރުން ފައިބައިގެން މީހުން ގެއަށް ދާން ނުކުތް ވަގުތެވެ. މީހުން މަދުވަންދެން ރީމް ހުރީ މިސްކިތުގެ ކަންމަތީގައި މަޑުކޮށްލައިގެންނެވެ.
މިސްކިތުން ނުކުތް ޔޫޝައުގެ ކަޅުކަން ގަދަ ކަޅި ހުއްޓުނީ މިސްކިތު ކަންމަތީ ހުއްޓިގެން ހުރި ރީމްއަށެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ރީމްއަށް ބަލައިލުމަށް ފަހު ޔޫޝައު ދުވެފައި ކަހަލަ ގޮތަކަށް މިސްރާބު ޖެހީ ގަނބުވެފައި ހުރި ރީމްއާއި ދިމާލަށެވެ. ދުރުން ދުވެފައި އަންނަ ޔޫޝައުއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރީމްގެ ލޮލުގައި ކަރުނައިގެ ފަށަލައެއް އުފެދިފައިވެއެވެ. ޔޫޝައު އައިސް ރީމްއާއި ހަމަވުމާއި އެކު ބޭއިޙްތިޔާރުގައި ރީމްއަށް ޔޫޝައު ގައިގައި ބައްދައިލެވުނެވެ. ޔޫޝައުގެ މޭމަތީގައި ބޯއަޅައިގެން އޮތް ރީމްއަށް ރޮވެން ފެށުނީ ރީމްގެ ނާޒުކު ހިތަށް އިތުރަށް ކެތްނުވެގެންނެވެ. ރީމްގެ އެ ކުއްލި އަމަލުން ޔޫޝައު ސިހުނެއްކަމަކު އޭނަގެ ވަރުގަދަ އަތްވެސް ރީމްވަށާލީ އެއްވެސް އިޙްތިޔާރަކައި ނުލައެވެ. ދެމީހުންނަށް އެހެން ތިބެވުނު އިރެއްވެސް ނޭނގުނެވެ.
“ރީމް… ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟” ރީމްގެ ބޮލުގައި ފިރުމައިލަމުން ޔޫޝައު އެހިއެވެ. ނަމަވެސް ރީމްގެ ފަރާތަކުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނެއްކާވެސް ޔޫޝައު ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. މިފަހަރުވެސް ރީމްގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުނެވެ. އެވަގުތުކޮޅު ރީމް ބޭނުންވީ ރޯލާށެވެ. ހިތް ފުރާ ރޯލާށެވެ. އޭރަށް ކުޑަކޮށް ނަމަވެސް އެ ހިތަށް ލުޔެއް ލިބިގެން ދާނެތާއެވެ. ޔޫޝައު ގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވިއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހާ ލޯބިވާ މީހަކު ރޮއެ ހިތާމަ ފާޅު ކުރާތަން ބަލަން އެކަކަށްވެސް ކެތްވާނެހެއްޔެވެ؟
“ރީމް… ހިނގާ ގެއަށް ދާން ދޯ؟ ވަރަށް އަވިވެސް ގަދައެންނު” ރީމް ދުރުކޮށްލަމުން ޔޫޝައު ވަރަށް އޯގާތެރިކަމާއިއެކު ބުނެލިއެވެ. އޭރުވެސް ރީމްގެ ލޮލުން ކަރުނަ ނުހިކެއެވެ. ދެމީހުންވެސް މިސްރާބު ޖެހީ ގެއަށެވެ. ގެއަށް ދާގޮތަށް ގޮސް ޔޫޝައުގެ ހިތުގައު އުފެދުނު ހުރިހާ ސުވާލެއް ކުރަން އޭނަ ހުރީ ތައްޔާރަށެވެ.
ގެއަށް ގޮސް ވަދެވުން އިރަށް އައިނާމެންގެ ސުވާލުތަށް ރީމްއަށް އަމާޒުވިއެވެ. މިއޮށް ހުރިހާ އިރު އުޅުނީ ކޮންތާކުތޯ އެންމެންވެސް ސުވާލު ކުރިއެވެ. ރީމް އެއްޗެކޭ ބުނީ އެންމެން ކިޔާ ކިޔާ އާދޭސް ކޮށްގެންނެވެ. އަލިފުން ޔާޔަށް ހުރިހާ ވާހަކައެއް ރީމް ކިޔައިދިނެވެ.
“ރީމް އެކަނި ހުރިހާ ކަމެއް ކުރީ؟ ކީއްވެ އެހެން މީހަކާއި މިވާހަކަތަށް ހިއްސާ ނުކުރީ؟ އަހަންނަށް ގުޅާލިނަމަ؟” ޔޫޝައު ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއެވެ.
“ޕޮލިހުން ބުނީ އެއްވެސް މީހަކާއި މިވާހަކަ ނުދައްކާށޭ… އެހެންވެގެން ނުބުނީ” ރީމް މޯޅިވެފައިވާ އަޑަކުން ރީމް ވާހަކަ ދެއްކިއެވެ.
“ގޮތެއްވިނަމަ؟” ޔޫޝައު އަނެއްކާވެސް އެހިއެވެ.
“ނުވެއޭ ގޮތެއް! ޕޮލިހުން ވަރަށް ގަދަޔަށް ރެޑީ ވެގެންނޭ ތިބީ… އަހަރެންގެ ނަމްބަރުވެސް އެމީހުން ޓްރެކް ކުރި!” ރީމް ބުންޏެވެ.
“ނަސީބެންނު އެ ދާނިޝް ހައްޔަރު ކުރި ކަންވެސް!” އައިނާ ބުނެލިއެވެ.
“އޯކޭ… ދެން އެހެންމަ ނޯ ދާނިޝް! މާދަމާ މިއުޅެނީ ބޮޑުމޮހޮރާއަށް ޕިކުނިކު ދާން! އެންމެން ރެޑީވޭ!” ޔޫޝައު ބުނެލީ މުޅި މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައެވެ.
“އަސްލުވެސްތަ؟ ހާދަ މަޖަލެއް ވާނެޔޭ! ދޯންޏެއް ގަތަ ދަނީ؟” އުފަލުން ހުރެ ޒިއުނީ އަހައިލިއެވެ.
“ޔެސް! ހުރިހާ ކަމެއް ހަމަޖައްސާފަ އޮންނާނީ! އެންމެން ހަމަ ރެޑީވެގެން ދާނީ! ހެނދުނު ހައެއް ޖަހާއިރު ފުރާނެ! ގަންނަންވާ އެއްޗިސް ގަނެ ރެޑީކޮށްގެން މިރޭ އަވަހަށް ނިދަން ޖެހޭނެ!” ޔޫޝައު ޖޯޝާ އި އެކު ބުނެލިއެވެ.
މެންދުރުގެ ކެއުމަށްފަހު އެންމެންވެސް އަވަދިނެތި އުޅުނީ ދަތުރުގެ ތައްޔާރީތަކުގައެވެ. އެއްބަޔަކު ގެންދަންޖެހޭ އެއްޗެހި ގަނެ އެއްކުރަމުން އައި އިރު އަނެއްބަޔަކު ދަތުރު ގޮއްސައި ކައްކާ ކާނެ އެއްޗެހީގެ ލިސްޓު ތައްޔާރު ކުރަނީއެވެ. ދަތުރަށް ދާން ތައްޔާރުވެ ނިމުނު އިރު ރޭގަނޑު ވެއްޖެއެވެ.
މުޅި ފަޒާގައި ވަނީ ބަންގީގެ އަޑު ގުގުމާލައިފައެވެ. އިއްޔަ ވީ ކަންތަށްތައް ހިތުން ފޮހެލައި އައުފެށުމެއް ފެށުމަށް ނިޔަތްގަނެގެން ހުރި ރީމް ނަމާދުކޮށް ހަދައިލައިގެން ނުކުތީ ބޭރު އުނދޯއްޔަށެވެ. އޭރު ގަޑިން ފަހެއްޖަހައިފިއެވެ. ތަނަށް އިރުގެ އަލިކަން ނޭޅޭއިރުވެސް ވަގުތުގެ ހިތްގައިމުކަން އިތުރުކޮށްދެނީ މާޙައުލުގައި ހިފާފައިވާ ތެތްފިނިކަމެވެ. ޖެހޭ ލުއި ވައި ރޯޅިތަށް ރީމްގެ ހަށިގަނޑުގައި ބީހިލާއިރު އޭނަގެ ހިތަށް ފިނިކަން ގެނެސްދެއެވެ. ރީމް އޭނާގެ ދެލޯމަރައިލީ ތަނުގެ ހިތްގައިމުކަން އިތުރަށް އިހުސާސްކޮށްލުމަށްޓަކައެވެ. މަޑުން މަޑުން ރީމް އޭނާގެ ދެލޯ ހުޅުވައިލިއިރު ގާތުގައި އިން ޔޫޝައު ފެނި ރީމް ދިޔައީ ސިއްސައިގެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



yayyy. nafu first dhw.. masha allah mi bai vs vr vr rythi.. masha allah masha allah.. vr furihama.. vr interesting.. wow.. waiting for the nxt prt
Hehe… nafu abadhuvx first?? thank you soo soo soo much nafu????? in sha allah friday ga next part?
Masha Allah vrh reethi mi part vx… You r so talented dear ❤️ really very curious to read the next part ?
Good luck ❤️
Stay safe ❤️
Alheyy? thank you soo much kukkyyy?? in sha allah friday ga genesdheynan?? you too stay safe????
varah reethi mi part ves varah reethi curiously waiting for the next part
Thank you soo much starlight vixx??? in sha allah friday ga kiyaalan libeyene??
Varah salhi and Varah kiyaala hithun kiyenyves
Wow wow Mi part ves vrh sali ???????
Masha Allah Sis ur So talentedl ????
And Fainally euley nulafaa dhaanish gaduhaiyaru kuraveny ey dhw adhi Reem Ah gulaagen nulaahiku molu act eh jassalaafiehnu dhw hehehehhehe????????
Wow Reem yoosahu Ah hug kohlithankoo vrh cute OMG hehheheheheh??????????❤️❤️
And waiting for the next ???
Sis Mi stry gaa inanee muli jumla kitha part tha??
When next❤️❤️
Love yuuu???
Stay safe and Tc ???
alheyy ril 🙂 thank you sooooo much darling 🙂 yeah hayyaru kury ey emme fahun hehe… in sha allah vrh avahah submit kohlaanan ingey… and nimen vrh gaaiy vehjje 🙂 love you morrree stay safe and tc
Mi part ves vvvvvvvvvvvv salhi…ma sha allah♥️
Keep it up dear♥️ alhe yooshau ah rim libeyne nama dhw? srry kurinh kee part thakah cmmnt nukurevunima♥️?…lysm♥️ mysm darling♥️? tc be safe?
Awwwn?? thank you soo much saaya??? its ok and i am sorry thankolheh lahun reply kureveythyve dear… dhenme mifenhny comment… luv u morre and miss u morre??? you too stay safe?
Mi part ves vvvvvvvvvvvv salhi…ma sha allah♥️
Keep it up dear♥️ alhe yooshau ah rim libeyne nama dhw? srry kurinh kee part thakah cmmnt nukurevunima♥️?when next part…lysm♥️ mysm darling♥️? tc be safe?