ނާމާން _
ޒަހާއާއި ޒާޔާ ވެސް އެމީހުން ހިފަހައްޓަން އުޅުމުން އޭގެ ތެރެއަށް ދަމައިގަތެވެ.
********************
ޒިންޔާ ސިހުނީ ކުއްލިއަކަށް ބަޔަކު ހަޅޭއްލަވާ އަޑަށެވެ. އޭރު އެތާ މީހުންތަކެއް ވެއްޓިފައި އޮތެވެ. ޒިންޔާ ކުޑަކޮށް ކައިރިވެލާފައި އެތަނުން މީހެއްގެ ކޮނޑުގައި ޖަހާލިއެވެ. އެއާއެކު އޭނަ ދެލޯ ބޮޑުވީ ކުރިމަތިން އިމްޝާ ފެންނަން އިނުމުންނެވެ. ހައިރާންވި ވަރަށް އުފާވެސް ވިއެވެ.
އެންމެން ހަމަ ވުމުން އިދާންއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އިދާން ވިސްނަމުން ދިޔައީ އެ ކުޑަ ކޮޓަރިއެއްކަހަލަ ތަނާމެދުއެވެ. ބައްތިނުލައި އެއްވެސް އަލިކަމެއް ނުވާއިރު އެހާ ހޫނުވެސް ގަދައެވެ.
އެހެން ދުވަސްތައް ގުނަމުން އެމީހުން އެ ކުޑަ ކޮޓަރިއެއް ކަހަލަ ތަނުގައި އުޅެމުން ދިޔައެވެ. ދުވާލެއް ރޭގަނޑެއް ވަކިވާވަރެއް ނޫނެވެ. އިނގޭހާވެސް އެއްޗަކީ އެމީހުން ހޯދަން އެމީހުންގެ މަންމަމެން އުޅޭނެ ކަމެވެ.
އިދާން ފާރުގައި ލެނގިލައިގެން އިނެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފެނުނީ ވަރަށް މަތީގަ އިން ލޯ ވަޅެކެވެ. އެތަނުން ކުޑަ އަލިކޮޅެއް ފެންނަން ހުއްޓެވެ. އެއީ ދުވާލުކަން އިދާންއަށް އިނގުނެވެ.ނަމަވެސް އެހާ މައްޗަށް އަރާނެ ގޮތެއް ނޭނގުނެވެ. އެންމެންނަށް ގޮވާފަ އިދާން އެ ލޯވަޅު ދެއްކިއެވެ.
އެ ލޯވަޅާ މެދު ނުވިސްނާ ދުވަހެއް ނުދެއެވެ. އަބަދުވެސް ކޮންމެސް އެކަކު އެ ލޯވަޅަށް ބަލަހައްޓައިގެން އިނދެއެވެ. އެންމެން އަޖައިބުވީ ލޯވަޅު ތަޅުދަނޑި އެއްގޮތަށް އިންނާތީއެވެ.
ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ދެޔެވެ. އިދާންމެން ވެސް އެތާ ތާށިވެގެން މުޅި ދުވަހު ހޭދަކުރަމުން ދިޔައެވެ. މިހާރު އެމީހުން އެތާ ތާށިވިތާ އަހަރެއް ވާން ކައިރިވަނީއެވެ. ނަމަވެސް ކާއެއްޗެހި ބަރާބަރަށް ލިބެމުން ދެއެވެ. އެމީހުންވެސް އެ ދިރިއުޅުމަށް ހޭނެމުން ދިޔައެވެ.
އެންމެން ތިބި ކާންށެވެ. ހަމަ އެކަކުވެސް ވާހަކަ ނުދައްކައި ކައި ނިންމާލިއެވެ. ކައި ނިންމާލައިގެން ޒަހާއާއި ޒާޔާ ގޮސް އެ ލޯވަޅު އިން ދިމާ ކަނުގައި އިށީނެވެ. ކުއްލިއަކަށް ޒަހާ ބޮލުގައި އެއްޗަކުން ޖެހުނެވެ. ފުންމައިގެން ތެދުވެ ޒަހާ އެއްފަރާތަކަށް ޖެހިލިއެވެ. އޭރު އެތާ ކުޑަވަރެއްގެ ތަޅުދަނޑިއެއް އޮތެވެ. އިދާންއަށް އެ ފެނުމާއެކު ބަލައިލެވުނީ މަތީގައި އިން ލޯވަޅަށެވެ.
އެންމެނަށްވެސް ކުއްލިއަކަށް އެދިމާއަށް ބަލައިލެވުނެވެ. އިމްޝާ ފުންމައިގެން ތެދުވެ ތަޅުދަނޑި އެ ލޯވަޅާ ދިމާއަށް ދިއްކޮށްލިއެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރި ކަމެވެ. ނަމަވެސް އެމީހުންނަށް އެ ތިބެވުނީ ފޮށްޓެއްގެ ތެރޭގައި ހެއްޔެވެ؟ އިދާން ހިތަށް އެރިއެވެ.
އިދާންމެންގެ މަންމަ ހާސްވެގެން އުޅުނެވެ. އިދާންމެން ނައިސްގެން މިހާރު އަހަރެއް ވެސް ވަނީއެވެ. އެމީހުން ޕޮލިހަށްވެސް ގުޅައިފިއެވެ. ނަމަވެސް މިހާ ދުވަސް ވީއިރުވެސް ކާމިޔާބެއް ނުލިބުނެވެ.ޕޮލިހުން މުޅިރަށް ބެލިއިރުވެސް އިދާންމެން ފެންނަވަރެއް ނުވިއެވެ.
އެހެން ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އެ ތަޅުދަނޑި އެ ލޯވަޅާ ހަމައަށް ގެންދެވޭނެ ގޮތެއްނުވިއެވެ. އެއްވެސް ކަމެއް ނުކޮށް އެންމެން ވެސް ވިސްނަމުން ދިޔައީ އެކަމާއެވެ. ހަމައެކަކުގެ ސިކުނޑިއަކަށް ވެސް މޮޅު ހިޔާލެއް ވަންނަ ގޮތެއް ނުވިއެވެ.
އެންމެ ފަހުން އެތަނަށް އަލިގަނޑެއް އެރިއެވެ. ކުއްލިއަކަށް އެންމެން ސިއްސައިގެން ދިޔައެވެ. އޭތި އަލިގަނޑުގެ ތެރެއިން މީހެއްގެ އަޑު އިވެންފެށިއެވެ.
” ކަލޭމެންނަށް އިނގޭތަ ކަލޭމެން މިތަނަށް ގެނައި ސަބަބު.. ” އެހެން ބުނިތަނާ އެންމެން ބޮލުން ނޫނެކޭ ބުނީ ބިރުން ހުރެއެވެ. އަނެއްކާވެސް އޭތި ވާހަކަ ދައްކަން ފެށިއެވެ.” ކަލޭމެން މިތަނަށް ގެނައީ ކަލޭމެން މަށަށް ގެއްލުމެއް ދިނީމަ..އަދި މަގޭ ދަރިއަށްވެސް.. “..އެހެން ބުނިތަނާ ހެން އެތަނަށް އަންހެނަކާއި ކުޑަކުއްޖެއް ފާޅުވިއެވެ. އިމްޝާ ބިރުން ކައިރީގައި އިން ޒަހާގެ އަތުގައި ހިފުނެވެ. އޭތި ހުރިގޮތް ފެނިފަ އެންމެން ވެސް ސިހުނެވެ. މުޅިމޫނުގައި ހުރީ ހުސް ލެޔެވެ.ލައިފަހުރި ރަތްކުލައިގެ ހެދުމުގެ ފަސްބައިން ވެސް ލޭތިކި ތަޅަމުން ދިޔައެވެ.
އަނެއްކާވެސް އޭތީގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
” ހަނދާންވޭތަ ކަލޭމެން އެންމެ ފުރަތަމަ މި ރަށަށް އައިދުވަސް.. އެދުވަހު އެއީ މަގަޔަށާ މިކުއްޖާގެ
ގަޔަށް ކަލޭމެން ގަލާއެއްޗެހި އުކި ދުވަސް.. އެދުވަހުން ފެށިގެން އަހަރެމެން ކަލޭމެންނަށް އުނދަގޫ ކުރަމުން ގެންދިޔައީ..ދެން މިހާ ހިސާބަށް މި ގެނައީވެސް އޭގެ އަދަބު ދޭން..އެކަމަކު އަހަރެމެން ރަނގަޅު ވީމަ ކަލޭމެން ދޫކޮށްލާންނަން.. ” އެހެން ކިޔައި އާދައިގެ ސިފައަކަށް ބަދަލުވިއެވެ.އޭރުވެސް ކުދި ޒަހަމްތައް ގައިގައި ހުއްޓެވެ. ކުއްލިއަކަށް އެ އަލިގަނޑާ އެއްކޮށް އޭތިވެސް ގެއްލުނެވެ.
އިދާންއަށްވެސް ވިސްނުނީ އަދި ކިރިޔާ އެވެ. އިދާން ހިތުގައި ސުވާލެއް އޮތެވެ.” އެއީ ކޮން ތަޅުދަނޑިއެއް ހެއްޔެވެ؟ ” ނަމަވެސް އެއަށްވުރެ ބޮޑަށް އިދާން ސަމާލުކަން ދިނީ ޒާޔާމެންނަށެވެ.
ނުނިމޭ…..
މި ބައިވެސް ކިއުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން… ތި ދެއްވާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ކިއުންތެރިންނަށް ވެސް..????☺️☺️
5 Comments!
Comments are closed.


Wow awesome! Jabee mi bai few v reethi. Maasha Allah!???????????❤️❤️❣️❣️?????
Thanks chummy??☺️
Thanks chimmy??☺️
*varah
By the way meets fatta gothaai course bai ga money you thafaathu???
TC ???