* ހިޒްލީގެ ވޭނީ ހަޅޭކުގެ އަޑުން ގޭތެރެ ގުގުމައިގެން ދިޔައެވެ. އެކަކަށްވެސް އަޑެއް ނީވުނެވެ. އަޑު އިވޭނީ ވެސް ނުނިދާ އޮތިއްޔާތާއެވެ. އެންމެންވެސް އޮތީ ނިދާ ހަރުވެ ހުވަފެންތައް ބެލުމުގައި އަވަދިނެތިއެވެ. *

ޒައިލީންއަށް ހޭލެވުނީ އަލްޔާ ގޮވާލުމުންނެވެ. ރޭގައި ނުނިދިފައި އޮތުމުގެ ސަބަބުން ޒައިލީންއަށް އެންމެ ލަހުން ހޭލެވުނުކަމީވެސް ހަގީގަތެވެ. ޒައިލީންއަށް ފުރަތަމަވެސް ބަލާލެވުނީ ރަވިކާން އަށެވެ. އޭރު ރަވިކާންވެސް ހޭލައިގެން އުޅެއެވެ. ހަމަ އިއްތިފާގުން ޒައިލީންއާއި ދިމާލަށް ރަވިކާންއަށްވެސް ބަލާލެވުނެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. ޒައިލީން އެހެން ދިމާއަކަށް ނަޒަރު ބަދަލު ކޮއްލިއެވެ. ރަވިކާން ހުރީ އަދިވެސް ބަލާށެވެ. އެކަން އެނގި ގަނޑުފެންގަނޑެއްހެން ފިނިވިނަމަވެސް ޒައިލީންއަށް ވިސްނުނީ އަޅާނުލުމަށެވެ. ރަވިކާންއަށް ތަންފުކެއް ދޫނުކޮށް ބެލުމުގެ މުބާރާތެއް ފަށަން އުޅެގަނެފިނަމަ އޭނަ ލަދުން ގޮސް މޮޔަ ވެދާނެއެވެ.

ޒައިލީން ހަނާގެ ކޮޓަރިއަށް ގޮސް ފެންވަރަން ވަނެވެ. ފެންވަރައި ނިމިގެން ޕެރިސްގެ އެއިފިލް ޓަވަރ ކުރަހާފައިވާ ކަޅު ޓީޝާޓެއް ލާފައި އަޅިކުލައިގެ ރިޕްޑް ޖިންސެއް ލިއެވެ. އަދި ހަނާއަށް ހެނދުނުގެ ތަހުނިޔާ އަރިސްކޮށްފައި އަނބުރާ ބޮޑުކޮޓަރިއަށް ދިޔައެވެ. ލޯގަނޑުގެ ކުރިމަތީ ހުއްޓިގެން ހުރެ ފުނާ އަޅަމުން ދިޔައިރުވެސް ޒައިލީންއަށް ވައްކަޅިން ބެލެމުން ދިޔައީ ރަވިކާންގެ މޫނަށެވެ. ރަވިކާންވެސް ދޭތެރެ ދޭތެރެއިން ވަރަށް ނުވާކަމަށް ހެދިފައި ޒައިލީންގެ މޫނަށް ބަލާލައެވެ. އެހެން މީހުންނަށް ފާހަގަ ނުވާކަމަށް ޒައިލީން އާއި ރަވިކާން ގަބޫލުކުރި ނަމަވެސް ޒައިދާންއާއި އަލްޔާ ދިޔައީ އެ މަންޒަރުތައް ބަލާ ހެމުންނެވެ. ބައެއްފަހަރު ޒައިދާން ހިނިގަނޑެއް ޖަހާލާފައި އަލްޔާއަށް އެއްލޯ މަރާލައެވެ. ރަވިކާން އާއި ދޭތެރޭ ވިސްނޭވަރުން ޒައިލީންއަށް ޒައިދާން އާއި އަލްޔާ އެ ސިއްރު ސިއްރުން ބަދަލު ކުރަމުން ދިޔަ އިޝާރާތް ތަކާއި އެއްލޯ މެރުންތައް އެއީ އޭނައާއި ރަވިކާން އާއި ބެހޭގޮތުންކަމެއް ނަގައިގަންނާކަށް ނޭނގުނެވެ.

ފުނާ އަޅާ ނިމުމުން ޒައިލީން ރީތިވެގެން ގޮސް އެނދުގައި އިށީނެވެ. “ޒައި…!! އިނގޭތަ އިއްޔެރޭ ހުވަފެނުގައި އަލްއަށް ވަރަށް ކްރީޕީ އެއްޗެއް ފެނުނީ..” ރީނދުލާއި އޮރެންޖް ކުލައިން ސްޓްރައިޕްސް ދަމާލާފައިވާ ޓީޝާޓަކާއި ކަޅު ޓައިޓެއް ލައިގެން އިން އަލްޔާ ބުނެލިއެވެ. “އަލްއަށް ކޯޗެއް ފެނުނީ..؟” ޒައިލީން ފޯނު ނަގަމުން އަހާލިއެވެ. “އާންޓް ރޯޒްލީ ބޮޑު ހަންޑިއަކަށް ބަދަލުވެފައި ހުއްޓާ ފެނުނީ..” ކުޑަކުއްޖެއް ފަދައިން އަލްޔާ އެހެން ބުނެލީ ޒައިލީންގެ ޓީޝާޓް އަތަށް ބޮނޑި ކޮށްލަމުންނެވެ.

ޒައިދާން އާއި ރަވިކާންގެ އިތުރުން ހެއިލަން ކޮންމެވެސް ވާހަކައެއްގައި ޖެހިފައި އިނެވެ. އެންމެ ގިނައިން ވާހަކަ ދައްކަމުން ދިޔައީ ޒައިދާންއެވެ. ޒައިލީންއަށް ޔަގީން ކުރެވުނުގޮތުގައި އެ ދައްކަނީ ރަވިކާން އާއި ބެހޭ ވާހަކައެވެ. ރަވިކާންމެންގެ މާހައުލާއި ސަގާފަތާއި ކުޅިވަރާއި ކާތަކެއްޗަށް ދާންދެން ޒައިދާން ސުވާލު ކުރިއިރު ހީވަނީ ލިޔުމެއް ލިޔަން ތައްޔާރު ވާހެންނެވެ.

“ކޮބާ.. ކުދިންނަށް ރަނގަޅަށް ނިދުނުތަ..؟ ބަލަބަލަ އޭސީވެސް ޖައްސައިގެންތަ ނިދީ..؟؟ ރޭ ދަންވަރު އެހާ ބޯކޮށް ވާރޭ ވެހުނުއިރު ފަންކާ ޖަހައިގެން ނިދި ނަމަ ދޯ..؟ ހެނދުނު ހޭލާއިރު ތިއިން ކުއްޖެއް އައިސްކިއުބަކަށް ބަދަލުވެފައި އޮތިއްޔާ އާންޓް ހަދާނީ ކިހިނެތްތަ..؟ މި ހެއިލްވެސް ދޯ.. ތުރުތުރު އަޅައިގެން ސްނޯއަށް ބަދަލުވާހާ ފިނިވިޔަސް ނިދާނީ ކޮޓަރި އެންޓަރޓިކާއަށް ހަދައިގެން.. ދެންވެސް އާދޭ ސައިބޯން..” ރޯޒްލީ ކުދި ކިޔަމުން ހިނގައްޖެއެވެ.

ރޯޒްލީ ކުދި ކީއިރު ހެއިލަން އިނީ ހިނިތުންވެލައިގެންނެވެ. އެވަރުން އެކަނިވެސް ރޯޒްލީ ހެއިލަންދެކެ ވާ ލޯބި އަންގައިދެއެވެ. ޒައިލީންއަށް އެއްމިޔަކަނަކަށް ހީނލެވުނެވެ. ޒައިލީންއަށް ނޭނގުނީ ޒައިލީންގެ އެ ހިނިތުންވުމުން ރަވިކާންގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ގެނައި ކަމެވެ.

އެންމެންއެކީގައި ތިރިއަށް ފޭބިއިރު އިތުރު މެހުމާނެއްވެސް ހުއްޓެވެ. އެކުއްޖާ އަޅައިގެން އިން އަވި އައިނުން ލޯ ފޮރުވާލަދެއެވެ. އެކުއްޖާގެ ފަންފަން އިސްތަށިގަނޑެއް އޮތެވެ. ޒައިލީންއަށް ވަގުތުން ޝައްކުވިއެވެ. ޒައިލީން ރަވިކާންއާއި ދިމާލަށް ބަލާލިއިރު ރަވިކާންގެ ދެބުމަވަނީ ގޮށްޖެހިފައެވެ. އެއީ އައުލްކީންކަން ދެމީހުންނަށްވެސް ވަގުތުން އެނގުނެވެ. އަޅައިގެން އިން އައިނު ނަގަމުން އައުލްކީން ލާނެތް ފާޑަކަށް ހީނލިއެވެ. އައުލްކީންއެކޭ އާދައިގެ އިންސާނެކޭ ތަފާތެއް ނެތެވެ. އައުލްކީން އައިނު އަޅައިގެން އުޅެނީ ބޭރު އަވިގަދަކަމުންނެއް ނޫނެވެ. އޭނާގެ ދެލޯ ފޮރުވާށެވެ.

“މަންމާ މީ ކާކު.؟” ހެއިލަންއަށް އެސުވާލު ކުރެވުނީ ނުބައި ވަގުތުކޮޅެއްގައެވެ. “ދަރިފުޅު އަމިއްލައަށް ގޮސް ބަލާލަންވީނު.؟” ރޯޒްލީ ނިކަން ރީއްޗަށް ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ. އޭރު ފިޔަނެލްގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ހެއިލަން ގޮސް އައުލްކީންއާއި ސަލާމްކޮއްލިއެވެ. އެގޮތަށް އެތައްއިރެއް ވަންދެން އައުލްކީންއާއި ވާހަކަދައްކަން ހެއިލަން އިނެވެ.

ޒައިލީން އަނގައިން ޗުއްޕުވެސް ނުބުނެ ހުރީ ރަވިކާން މަޑުން އިނީމައެވެ. ޒައިލީން ހެއިލަންއަށް އިޝާރާތެއް ކޮށްލެވޭތޯ ވެސް އުޅުނެވެ. އަޅެފަހެ ހެއިލަންއަށް އައުލްކީން ފާހަގަކުރަން ނޭނގެނީބާއެވެ. ނެއިލޮން ސަރގެ ގާތިލާއި ހެވިފައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު ހެއިލަންއަށް އެއީ ރޭ ފެނުނު ނުބައި އަންހެން ކުއްޖާކަން ނޭނގެނީ ހެއްޔެވެ.؟

މޭޒުމައްޗަށް ތަށިތައް އަރުވަމުން ދިޔައީ ހިޒްލީއާއި ރޯޒްލީއެވެ. ކުއްލިއަކަށް ރޯޒްލީގެ އަތުން ތައްޓެއް ވެއްޓި ތަޅައިގެން ދިޔައެވެ. “އޫޕްސް..!! އެއީ އޮޅުމަކުންނެއް ނޫން..” ރޯޒްލީގެ ޖުމްލައިން ހެއިލަން ދިޔައީ ސިއްސައިގެންނެވެ. “މަންމާ މިހާރު ކީކޭތަ ތިކިޔަނީ..؟” ހެއިލަން އެއްސެވެ. “އަހަރެން އަދި މަންމައަކަށް ނުވޭ..” ރޯޒްލީ ހިނިގަނޑެއް ޖަހާލިއެވެ. ”ކީކޭ..؟؟” ހެއިލަންއަށް އެހުނެވެ. “އަހަރެން މިއީ ކަލޭގެ މަންމައެއް ނޫނޭ… ކަލޭމެންނަށް ޝައްކެއްވެސް ނުވޭތަ އިއްޔެރެއެއް..؟” ހީގަނެފައި ރޯޒްލީ އެއްސެވެ.
ވާނުވާ އޮޅުންފިލުވަން ޒައިލީން ކުރިއަށް އަޅާލި ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ ރަވިކާން އޭނާގެ އަތުގައި ހިފާލުމުންނެވެ. ޒައިލީން ފަހަތަށް އެނބުރުމުން ރަވިކާންއާއި ހަތަރު ކަޅި ހަމަވިއެވެ. ލޮލުގެ އިޝާރާތުން ރަވިކާން ސޯފާގައި އިށީނުމަށް އަމުރު ކުރިއެވެ. ބަސްއަހާ ކުއްޖެއް ފަދައިން ޒައިލީން އިށީނީ އައުލްކީންގެ މޫނަށް ކަޅިއަޅާލާފައެވެ.

ޒައިލީން އިށީނުމާއި އެކީގައި ރަވިކާން ދެ އަތް ދިއްކޮށްލިއެވެ. “ވަޓް..؟” ޒައިލީން އަހާލިއެވެ. ވައި އަޑަކުންނެވެ. “ދިއްލޭ އެތި ދީބަލަ..” ރަވިކާންވެސް އެހާ މަޑުން ބުނެލިއެވެ. “ފޯނުތަ..؟” ޒައިލީންއަށް އަހާލެވުނެވެ. ރަވިކާން ދިއްލޭ އެއްޗޭ ކިޔުމުން ހޭން ބޭނުންވިޔަސް އެ ވަގުތަކީ ހޭން އެންމެ އެކަށޭނެ ވަގުތަށް ނުވާތީ ހިނިގަނޑު ހިންދާލާފައި ޒައިލީން ރަވިކާންގެ އަތަށް ފޯނު ދިނެވެ. ޕާސްވޯޑް ޖަހާފައި ދިނުމުން ރަވިކާން ވީހާވެސް އަވަހަކަށް މެސެޖް ހުޅުވާލިއެވެ. އަދި ފަރިތަކަމާއި އެކީގައި ޓައިޕްކުރަން ފެށިއެވެ. “ހެއިލަންގެ އާއިލާ މީހުން..” ރަވިކާން ލިޔެލި ޖުމްލަ ޒައިލީން ކިޔާލިއެވެ. ރަވިކާން ނޫން މީހަކަށް ނީވޭނެހާ މަޑުންނެވެ. ”އެމީހުންނަކީ ޖިންނިތަކެއް.. އައުލްކީންއަށް ތަބާވާ ޖިންނިތަކެއް..” ރަވިކާން ދެން ލިޔެލި ބައި ކިޔާފައި ޒައިލީންގެ ގައިން ހީބިހި ހިލުވާލައިފިއެވެ. ހިންދިރުވާލާފައި ހޭލް އާއި ހިޒްލީއާއި ދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ޒައިލީންއަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ހެއިލަން އާއި ދިމާލަށް އެދެކުދިންވެސް ބަލަހައްޓައިގެން އިން ވައްތަރެވެ.

“އެމީހުން…” ރަވިކާން ލިޔުން ހުއްޓާލިއެވެ. “އޭތް ރަވިކާން.. ކޮން ކަމެއް ސިއްރު ކުރަނީ ތި..؟” ޒައިލީން ފޯނު އަތުލާފައި އަހާލިއެވެ. ރައްދުގައި ރަވިކާން ބޯ ހޫރާލިއެވެ. ޒައިލީން ބިރުން އިނދެ ޒައިދާން އާއި އަލްޔާއަށް އެ މެސެޖް ފޮނުވާލިއެވެ. ނަމަނަމަ އެވަގުތު ސުވާލެއް ކުރަން ނާންނަން ޒައިދާންއަށް ޒައިލީން އެންގީ އަކުރުތައް ކެޕިޓަލް ކޮށްލާފައެވެ.

ކުއްލިއަކަށް ހަނާ ތެދުވެގެން އައިސް ރަވިކާންގެ ބޮލުގައި ފިރުމާލަމުން އިސްތަށިގަނޑާއި ކުޅެލިއެވެ. ޒައިލީންއަށް މިމަންޒަރު ބެލުން ވެގެން ދިޔައީ ހަނާގެ އަތް ބިންދާލަން ބޭނުންވި ފަދަ ކަމަކަށެވެ. ދުވެފައި ދިޔަގޮތަށް ޒައިލީން ހަނާގެ އަތް ބާރުބާރަށް ފޮޅުވާލިއެވެ. “ކޮންމެކަމެއް ވިޔަސް ދެން ހެޔޮ.. ކޮންމެކަމެއް ކަލޭމެން ކުރިޔަސް އަހަރެންނަށް އެނގޭ ތިއީ އަހަރެމެންނާއި އިއްޔެރޭގައި ބައްދަލުކުރި ހިތްހެޔޮ ހަނާ ދައްތަ ނޫންކަން..” ޒައިލީން ހަޅޭއްލަވައިގަތެވެ. ޒައިލީން ފަށައިގަތުމުން ޒައިދާން އާއި އަލްޔާ އިންތަނުން ތެދުވިއެވެ.

“އާނއެކޭ.. އަހަރެން ރަވިކާންއާއި ފާރަލައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. ކަލޭތީ ކާކު..؟ ކޮން ބަލިކަށި އިންސިއެއްތަ..؟ ރަވިކާން ކަލެއާއި ދިމާލަށް އޮޅުމަކުންވެސް ބަލާނުލާނެ.. އެހާ ދަށު ދަރަޖައިގެ ކުނިކުނި އިންސި ގަނޑެކޭ..” ހަނާ ލޯ އަޅާލި ވަގުތު ކަޅި ރަތްކުލައަކަށް ބަދަލުވާން އުޅުނުހެން ހީވި ފަދަ ވަގުތެއް ދިޔައެވެ.

ހެއިލަން އިނީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ. ފުރަތަމަ އެގެއަށް އައި އާ މެހެމާނެވެ. ދެން ރޯޒްލީ ފާޑަކަށް ވާހަކަ ދައްކަން ފެށުމެވެ. އަހަރެން އަދި މަންމައަކަށް ނުވެޔޭ ބުނިއިރު ރޯޒްލީ ހަތަރު ދަރިން ވިހެއިކަން ހަނދާން ނެތީބާއޭ އޭރުވެސް ހެއިލަންގެ ހިތަށް އަރަމުން ދިޔައެވެ. ދެން ފިޔަނެލް، ހިޒްލީ އަދި ހޭލް އާދަޔާޚިލާފަށް ހިނިތުންވެގެން އޭނައާއި ދިމާލަށް ބަލަން އިނުމެވެ. ދެން ޒައިލީން ހަނާއާއި ދިމާލަށް ހަޅޭއްލަވަން ފެށުމެވެ. މިއީ އަނެއްކާ އިރު އެރި ދުވަހެއްބާއޭ ހެއިލަންގެ ހިތަށް އެރިއެވެ.

ހަނާ އެހެން ބުނެލުމާއި އެކީގައި ހީވީ ރަވިކާންގެ ކަންފަތުން ދުން ނުކުތްހެންނެވެ. ރަވިކާން ކުއްލިއަކަށް ޒައިލީންގެ އަތުގައި ހިފާ ގަޔާއި ކައިރި ކޮށްލިއެވެ. “އިންސި ކުއްޖާ އާއި ދިމާލަށް ކުނި އިންސިއެކޭ ކިޔާކަށް ލަދެއް ނުގަނޭތަ..؟ ތިއީ އަހަރެން އެންމެ ފޫހިވާ ޒާތުގެ ޖިންނިންނަކީ.. އަހަރެންގެ ނަސޭހަތަކީ އަހަރެންނަށް ފާރަލުން ހުއްޓާލާށޭ.. އެހެންނޫނީ…” ރަވިކާން ހަނާގެ މޫނުމަތީގައި ގައިހުރި ބާރަކަށް ޖަހާ ވައްޓާލިއެވެ.

ހެއިލަންއަކަށް ނުހުރެވުނެވެ. ދިޔަގޮތަށް ގޮސް ރަވިކާންގެ ގިރުވާނުގައި ހިފިއިރު ހީވަނީ ތަޅައިގަންނަން ބޭނުންވެފައި ހުރިހެންނެވެ. “ބަލަ ކީއްތިކުރަނީ..؟ މަގޭ ދައްތައޭ..!” އިނގިލިތަކަށް ބާރު ކޮށްލާފައި ހެއިލަން ރަވިކާންގެ ގިރުވާނުން އަތް ދޫކޮށްލާފައި ހަނާގެ ގާތުގައި ކުޑަކަކޫ ޖަހައިގެން އިށީނެވެ.

“ނޫން.. ރަވިކާން މި އިންސި އަހަރެންގެ ބަދަލުގައި ނަގާނީ..؟ ހަހަ..! އިންސިއެއް..؟” ހަނާ ބިންމަތީގައި އޮވެ މޮޔައެއްހެން ހެމުން ދިޔައެވެ. އަދި ނޫ އަލިގަނޑެއް އަރާ ހަނާ ބިންމައްޗަށް ރަނގަޅަށް ދެމުނެވެ. އޭރު ހަނާގެ ނިތްކުރީގެ މެދުގައި ފާރުގަނޑެއް އިނެވެ. ހީވަނީ ނިތްކުރި މައްޗަށް ވަޒަނެއް އަރާފައިވާ ހެންނެވެ. “އޭ ހެއިލަން.. މިމީހުންނަކީ ހެއިލަންގެ އާއިލާ ބަޔެއްނޫން.. ރެއިންސުރެ އެމީހުންގެ ގަޔަށް އެ ހުރީ އައުލްކީންއަށް ތަބާވާ ޖިންނިންތަކެއް ވަދެފައި..” ރަވިކާން އެހެން ބުނެލި ވަގުތު ހެއިލަންއަށް ޝޮކެއް ލިބުނެވެ. ސަމާސާ ކުރަން ނޫޅޭށޭ ބުނަމުން ހެއިލަން އައުލްލީންގެ މޫނަށް ބަލާލާފައި ހަނާގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ހަނާގެ ހަރަކާތެއް ނެތެވެ.

ރޯޒްލީ ރަވިކާންގެ ބޮލަށް ފައިން އެތިފަހަރެއް ވީއްލާލިއެވެ. ރަވިކާންގޮސް ޖެހުނީ ފިޔަނެލްގެ ގައިގަ އެވެ. ފިޔަނެލް ވަގުތުން ވެއްޓި ނޫއަލިގަނޑެއް ނުކުތެވެ. ރޯޒްލީ ބަލިކުރީ ޒައިލީންއެވެ. ޒައިލީން މޮޅީ އެތްލެޓިކްސްއަށް އެކަންޏެއް ނޫނެވެ. މާ ގިނައިން ފިލްމް ބެލޭތީ ޒައިލީންއަށް ވަނީ ކޮންމެވެސް ވަރަކަށް ތަޅާފޮޅަންވެސް ދަސްވެފައެވެ. އޭރު ހަދާނެ ގޮތެއް ނޭނގިގެން ޒައިދާންއާއި އަލްޔާ ކުރުސި ކިޔަވަނީއެވެ. އެކަމުން ހޭލްއާއި ހިޒްލީ ބަލިވިއެވެ. ނަމަވެސް ކުރުސި ކިޔަވައިގެން އައުލްކީންއަށް ގޮތެއްވީ ކަމުގެ އަސަރެއް ނުފެނުނެވެ. އޭނަ ހުރީ ހަމަޖެހިލައިގެންނެވެ. ރަވިކާން ތެދުވި ގަޑީގައި އައުލްކީން ހިނިތުންވިއެވެ. އަދި މޭޒުމަތީގައި އޮތް ސައިތަށި ނަގާ ތުމުގައި ޖެހިއެވެ. ރަވިކާން ވިދުވަރެއްހާ ހަލުވިކޮށް އައުލްކީންގެ ގާތަށް އައިކަމުގައި ވިޔަސް ސައިތަށި ބޮއި ނިންމާލާފައި އައުލްކީން ގެއްލުނެވެ.

ރުންކުރު ވީވަރުން ރަވިކާންއަށް ފާރުގައި ގޮށްމުއްކަވާފައި އެތިފަހަރެއް ވީއްލާލެވުނެވެ. އެއީ ރުޅި އައިސްފި ނަމަ ރަވިކާންގެ އާދަކަން އެނގޭތީ ޒައިލީން އެއްޗެކޭ ނުބުނެ ހުއްޓެވެ. ރަވިކާން އައިސްފައި ހުރި ރުޅި ބާލަމުން ދިޔައީ ފާރަށެވެ. ރަވިކާންއަށް އެކަން ހުއްޓާލަން އެނގުނީ ފާރުގައި ދެންމެދެންމޭން ރެނދުލާފާނެހެން ހީވުމުންނެވެ. ޒައިލީން މަޑުމަޑުން ރަވިކާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ރަވިކާން ޒައިލީންގެ އަތުގައި މަޑުމަޑުން ބޯ ޖައްސާލިއެވެ. ކުޑަކޮށް ނަމަވެސް ރުޅި ފިނިވޭތޯއެވެ.

ހެއިލަންއަށް ވަށައިގެން ބަލާލެވުނެވެ. ރޯޒްލީ ބަދިގެ ތެރެއަށް ވެއްޓިފައިވީއިރު ނިތްކުރީގެ މެދުގައި ފާރުގަނޑެއް އިނެވެ. ފިޔަނެލް، ހިޒްލީ އަދި ހޭލްގެ ވެސް ނިތްކުރީގެ މެދުގައި ފާރުގަނޑެއް އިނެވެ.
“އަހަރެންގެ މަންމަމެން ކޮބައި..؟” ހެއިލަން އަވަސް އަވަހަށް އެއްސެވެ. “ކުރާނެކަމެއްނެތް.. އެމީހުން އިއްޔެރޭ ވަނީ މަރުވެފައި.. އުހުމް.. އެމީހުން ވަނީ މަރާލާފައި..” ރަވިކާންއަށް އެހެން ބުނެވުނު ތަނާހެން ހެއިލަންއަށް ރޮވިއްޖެއެވެ. ޒައިލީންގެ ލޮލަށް ކަރުނަތައް ގިނަވިއެވެ. ޒައިލީން އިށީނދެ ހެއިލަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހެއިލަން ޒައިލީންގެ ކޮނޑުގައި ބޯއެޅިގޮތަށް އެއަށްވުރެވެސް ބާރަށް ރޯންފެށިއެވެ. ޒައިލީން ހުރިގޮތަށް ހުރީއެވެ. ހެއިލަންއަށް ހަމަޖެހުމެއް ލިބެންދެނެވެ. އޭރު އަލްޔާވެސް ފެންކަޅިވެގެން ނުރޯންވެގެން ޒައިދާންގެ ބުރަކަށީގައި ބޯ ޖައްސާލައިގެން އިނެވެ.

“ކްރޫލްކަމުގެ އިންތިހާ..” އަލްޔާއަށް ބުނެވުނެވެ. އައުލްކީން ރޭ ކަމަކުން ކަމަކާއި ނުލާ ހެއިލަންގެ އާއިލާ އެންމެންގެ ފުރާނަތަކާއި އެކުޅެލީ ކޮން މޮޅެއް ލިބޭތީބާއޭ އަލްޔާގެ ހިތަށް އެރިއެވެ.

ހެއިލަން ހިތުގައި ޖެހިޖެހިފައި ރުއިއިރު ހަމައެކަނި އެ އަޑު އިވުނު މީހެއްގެ ހިތްވެސް ކުދިކުދިވާނެކަން ޔަގީނެވެ. ހެއިލަން ޒައިލީންގެ ކޮނޑުގައި ބޯ ޖައްސާލައިގެން އިންއިރު ހުރީވެސް ޒައިލީންގެ އަތުގައި ހިފާ ބާރުކޮށްލައިގެންނެވެ. ކުއްޖެއް މަސަލަސްކުރާ ފަދައިން ޒައިލީން އަނެއް އަތުން ދިޔައީ ހެއިލަންގެ ބުރަކަށީ ގައި ފިރުމަމުންނެވެ. ރަވިކާން އެމަންޒަރު ބަލަން ކެތްނުކުރެވިގެން ގޮނޑިއެއްގައި އިށީނދެފައި ސައިތަށި ބޯންފެށިއެވެ. ކަމެއް ނުކޮށް އެ މަންޒަރު ބަލަން އިނދެވިއްޖެނަމަ ދެން ރަވިކާންއަށް ކުރެވޭ ކަމަކުން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނޫންކަން ވިސްނޭތީއެވެ. ޒައިދާންއާއި އަލްޔާވެސް އިށީނެވެ. މާޔޫސްވެފައި ވާވަރު އެދެމީހުންގެ މޫނުމަތިން އަންގައިދެއެވެ.

“އަހަރެން.. ދުވަހަކުވެސް އެއަންހެންކުއްޖާއަށް މާފެއް ނުދޭނަން.. މިކަންތަކާއި އެއްވެސް ގުޅުމެއް ނެތް އަހަރެންގެ އާއިލާ އެމަރާލީ ކަމަކުން ކަމަކާއިނުލާ…” ހެއިލަން ނޭފަތްދަމަމުން ބުނެލިއެވެ. “އޯވް..” ޒައިލީންއަށް ބުނެވުނެވެ.

“އެންމެރަނގަޅު.. ޒައި ބޭނުމެއްނޫން ޒައިމެންނާއި ހެދި އެހެން އެއްވެސް މީހެއްގެ ފުރާނަ ދާކަށް.. އެހެންވެ ޒައިއަށް ރަނގަޅީ މީހުން ވަރަށް ނެތްތަނެއްގައި ދިރިއުޅެން.. މިކަންތައްގަނޑު ނިމެންދެން.. ކާކު މިކަމަށް އެއްބަހީ..؟؟” ޒައިލީން އެއްސެވެ. ޒައިދާން އާއި އަލްޔާ އަތްމައްޗަށް ހިއްލައިލިއެވެ. ރަވިކާންވެސް އަތް މައްޗަށް ހިއްލައިލިއެވެ. ހެއިލަންގެ އަތް މައްޗަށް ހިއްލުނު ފެނުނީ އެންމެ ފަހުންނެވެ. އެންމެން އެކީގައި އަލުން ދަބަސް ހިފައިގެން ބޭރަށް ނުކުމެގެން ހިނގައިގަތެވެ.

އެލްކެޓްރާ ޓައުންގެ މަގުތަކުން ހިނގަމުން ދިޔައިރު ފިނިކަމުން ގަނޑުވާވަރުވެއެވެ. ޒައިލީން ލައިގެން ހުރި ޓީޝާޓްގެ މަތިން ޖެކެޓެއް ލާފައި އޭގެވެސް މަތިން ކޯޓެއް ލައިގެން ހުރިއިރުވެސް މުޅި މީހާ ތުރުތުރުލަމުން ދިޔައެވެ.

އެންމެންނަށް ހިނގަމުން ގޮސްފައި އާދެވުނީ ވިލެޖްގެ ނިމޭ ހިސާބަށެވެ. އެތާ ތަންކޮޅެއް ދުރުގައި ކުޑަކުޑަ ގެއެއް ހުއްޓެވެ. “ބޭބޭ އެއީ ކޮން ގެއެއް..؟” މަގުމަތިން ހިނގާފައިދިޔަ މުސްކުޅި މީހެއް ހުއްޓުވާފައި ހެއިލަން އެއްސެވެ. “އެގެއަކީ އެއްވެސް މީހަކު ބޭނުންކުރާ ގެއެއްނޫން.. ކަލޭމެން ކުދިން ބޭނުމިއްޔާ އުޅެވިދާނެ އެގޭގައި..” އެމީހާ އެހެން ބުނެލިއިރު ހީވީ ހެއިލަންގެ ސިކުނޑީގައިވާ ވާހަކަތައް ކިޔާލިހެންނެވެ. “އުޅެވޭނެ.. އެއީ މަގޭ ގެއެކޭ.. ދަތުރުވެރިންނަށް ޚާއްސަ.. އެކަމަކު.. މަގޭ އަތުން އެންމެ ލާރިއެއްވެސް ކަލޭމެންނަކަށް ނުލިބޭނެ..” އެމީހާ ބާކީ އެއްވެސް އެއްޗެއް ނުކިޔައިދެއެވެ. އެމީހާ ޖެއްސުމުގެ ހީލުމެއް ހީލާފައި ދިޔުމުން ހެއިލަންއަށް ބުމަ އަރުވާލެވުނެވެ. އެމީހުންނަށް އެތަނުގައި އުޅެވޭނޭ ކިޔާ އެމީހާ ބުނެލި ރާގުން ހީވަނީ އެއްވަނައިގެ މަލާމާތެއް ކޮށްލިހެންނެވެ. އެމީހާ ދުރަށް ހިނގައިގަތުމުން ހެއިލަން އެ ވާހަކަ އެހެން މީހުންގެ ގާތު ބުނުމުން އެކަމަށް އެންމެންވެސް އެއްބަސްވިއެވެ.

“ވިއާރޑް ގްރޭންޑްޕާ… އަހަރެމެންނަށް އެންމެ ފައިސާކޮޅެއްވެސް ނުދިނަސް ހެވޭ.. އުޅޭނެ ތަނެއް އެކަނި އަހަރެމެން ބޭނުންވަނީ..” ޒައިދާން މަޑުމަޑުން ކުދިކިޔެވެ.

“އޯހް..” ޒައިލީންއަށް ބުނެވުނެވެ. އެބޭބެ “އެކަމަކު”އޭ ބުނެލީ ކީއްވެގެންކަން އެންމެންނަށްވެސް އެނގުނީ އެގޭގެ ދޮރު ހުޅުވާލުމުންނެވެ. އެއީ ވީރާނާވެފައިވާ ގެއެކެވެ. ބައެއް ތަނބުތައް ހަލާކުވެފައި ހުރިއިރު ފުރާޅުން އެތެރެ އަށް ސްނޯ ފައިބައެވެ. އެތަނުގައި މީދަލާއި އެހެން އެއްޗެހިތައް ދުވަމުން ދެއެވެ. “އޯކޭ.. ލާރިން ހުރިހާ އެއްޗެއް ނުގަނެވޭނެ.. އެހެންވީމައި އަހަރެމެން މިތަންތަން މަސައްކަތް ކޮއްގެން ހަދާލާ ނިންމާލާނީ..” ޒައިދާން ބުނެލިއެވެ. ހަމަ އެ ސިކުންތުކޮޅުގައި މަތީގައި ހުރި ތަނބެއް ބިންމައްޗަށް ވެއްޓި ޖެހުނެވެ. އަޑުފައްގަނޑު ވަރަށް ގަދައަށް އިވިގެން ދިޔައެވެ. ހީވީ އެ ތަނބު އެ ވެއްޓުނީ ޒައިދާންއަށް މަލާމާތް ކޮށްލަންވެގެން ހެންނެވެ. ލިބުނު ސިހުމާއި އެކީގައި އަލްޔާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. “އިޓްސް އޯކޭއޭ އަލް..” އަލްޔާގެ ކޮނޑަށް އަތްވައްޓާލަމުން ޒައިދާން ބުނެލިއެވެ. އަލްޔާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“އޯކޭ.. އަލްޔާއާއި އަހަރެން ދާނަން ފުޑް ޝޮޕިންއަށް.. ހެއިލް ކޮންކަމެއް ކުރާނީ..؟” ޒައިދާން އެއްސެވެ. “ހެއިލް މިތަން ތެރެ ރީއްޗަށް ސާފު ކޮއްލާނަން.. ހަނދާންކޮށް ބަގް ސްޕްރޭ ފުޅިއަކާއި އުއްބައްތި ގަންނައްޗޭ.. މިތަނުގައި ކަރަންޓް އެބަ ހުރި އެކަމަކު އެ ހިނގައިދާނެ އިރެއް ނޭނގޭތީ…” ހެއިލަން މޮޅިވެރިއަޑަކާއި އެކީގައި އޭނާ ކުރާނެ މަސައްކަތް ބުނެލިއެވެ. “އޯކޭ.. ޒައި..؟؟” ޒައިދާން އެއްސެވެ. “ރަވިކާންއާއިއެކީ ޒައި ހިނގައިދާނަން ރޭގަނޑުވީމައި އަލިފާން ޖަހަން ދަރު ހޯދަން..” ޒައިލީން ފޯރިއާއެކީ ބުނެލިއެވެ. ޔޫ.އެސްގެ ޖަންގަލި ހިސާބުތައް ބަލާލާފައި ދިރާސާ ކުރުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެކެވެ. ޔޫ.އެސްއަށް ކިޔަވަން އައި ނަމަވެސް ދިމާވި ކަންތައް ތަކުގެ ސަބަބުން ފްލައިޓްގައި އިނދެ އޭނަ ހެދި ”ބަކެޓް ލިސްޓް” ގައިވާ ކަންކަން ފުރިހަމަ ކުރަން ވެސް ފުރުސަތެއް ނުލިބުނީއެވެ. “އޯކޭ.. ގުޑްލަކް..” އަތް ހޫރުވާލަމުން އަލްޔާ ޒައިދާންއާއި އެކީގައި ހިނގައިގަތެވެ. ހެއިލަން އެތެރެއަށް ހިނގައިގަތެވެ. ޒައިލީން ރަވިކާންއާއި އެކީގައި ބޭރަށް ނުކުތެވެ. ދެމީހުންވެސް ކުރިއަށް ހިނގައިގަތެވެ. ކުރިމަތީގައިވާ ގަސްބޯ ވަލާއި ދިމާލަށެވެ.

ވަލުތެރެއަށް ވަދެގެން ދިޔައިރުވެސް އެކަކުވެސް އަނެކަކާއި އަނގައިންވެސް ބުނެއެއްނުލައެވެ. އެކަމާއި ހެދި އުނދަގޫވެގެން ޒައިލީންއަށް ރަވިކާންގެ ނަމުން ގޮވާލެވުނެވެ. “ކިހިނެތްވީ އިންސި ކުއްޖާ..؟” ރަވިކާން އެއްސެވެ. “ކޮންމެވެސް ވާހަކައެއް ދައްކަބަލަ.. މިހެން ބޮޑު ވަލެއްގެ ތެރެއަށް ދާއިރުގައި ވާހަކަ ނުދައްކާ ހުންނަންޏާ ވަރަށް ބޮލަށް އުނދަގޫވޭ.. މިބުނީ އަސްލު ވަރަށް ބިރުގަނޭ..” ޒައިލީން ބުނެލިއެވެ. “އިންސި ކުއްޖާ ކޮންމެވެސް ވާހަކައެއް އަހާބަލަ.. އަހަރެން ޖަވާބު ދޭނަން..” ރަވިކާން ބުނެލިއެވެ. ޒައިލީންއަށް އެއްވެސް ސުވާލެއް ނުކުރެވުނެވެ. ލަދުން އިނދެ ޒައިލީންއަށް ކުރެވޭނީ ކޮން ކަހަލަ ސުވާލެއްކަން ނޭނގޭތީ ނުކޮށް ދޫކޮށްލަން ބޭނުންވީއެވެ.

ވަރަށް ބޯކޮށް ވާރޭވެހެންފެށިއެވެ. ދެމީހުންވެސް ތެމުނެވެ. ޒައިލީން ދުވެފައި ހިޔާދޭ ގަހެއްގެ ދަށަށްވަނެވެ. އެގަހުގެ ތެރެއިން ލާފައިވެސް ފެން ފައިބަމުން ދިޔައެވެ. ޒައިލީންއަކީ ފިންޏަށް ނުހަނު ބަލި ކުއްޖަކަށް ވާތީ ޒައިލީންގެ ހާލުބޮޑުވާން ފެށިއެވެ. އިނގިލިކޮޅަށް ކުޑަކޮށް ނޫކުލަ އެރިއެވެ. ހީވަނީ ދެންމެ ދެންމޭން ގަނޑުފެންގަނޑަކަށް ބަދަލު ވެދާނެހެންނެވެ. ރަވިކާން ވަގުތުން ޒައިލީންގެ ގައިގައި ވަރަ އޮޅާލިއެވެ. ޒައިލީންއަށް ލުއިކަން އިހުސާސްވިއެވެ. ދެން ރަވިކާން ކޮށްލި ކަމަކުން ޒައިލީން ދިޔައީ ސިއްސައިގެންނެވެ.

ރަވިކާން ބާރަށް ޒައިލީންގެ ގައިގައި ބައްދާލީއެވެ. ޒައިލީންއަށް ގުޑިވެސް ނުލެވުނެވެ. ނަމަވެސް ރަވިކާން ބައްދާލައިގެން ހުރުމުން އެރި ހޫނު ޒައިލީން އަށް ހޫނު ކޮއްދޭން ފެށިއެވެ. ރަވިކާން ބައްދާލައިގެން ހުރުމުން ޒައިލީންގެ ހިތްތެޅެމުން ދިޔައީ އެހެނެއް ބަލާފައެއްނޫނެވެ. އެހިތުގެ ތެޅުން ރަވިކާންއަށްވެސް އިހުސާސް ވަމުން ދިޔައެވެ. ރަވިކާންއަށް ކުޑަކޮށް މަޖާވެސްވިއެވެ. އަބަދު ގަދަކޮށްލައިގެން އުޅުނު ޒައިލީންއަށް މިއަދު ވެފައިވާ ގޮތް ފެނުނީމައެވެ. ޒައިލީން އިށީނެވެ. ރަވިކާންގެ ވަރައިން ލިބެމުން ދިޔަ ހޫނުކަންވެސް ވަކި ކުޑައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުގައި ޒައިލީން މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ.

އެހެން ހުއްޓާ ރޭގަނޑު ވާން ފެށިއެވެ. ވާރޭ ވިލާތައް ފޫދުއްވާލާފައި އެޅެމުންދިޔަ އިރުގެ ކުޑަކުޑަ އަލިކޮޅު ވެސް ފަނޑުވަމުންގޮސް އެއްކޮށް އަނދިރިވެއްޖެއެވެ. އޭރަށް ވާރޭ ހުއްޓާލިއެވެ. ނަމަވެސް މިނެޓެއްހާއިރު ވެސް ނުވަނީސް ކުރިއަށްވުރެ ބޯ ވާރޭގަނޑެއް އޮއްސައިގަނެފިއެވެ. ޒައިލީންއަށް ބޭއިޚްތިޔާރުގައި ރަވިކާންގެ ގައިގައި ބައްދާލެވުނެވެ. ރަވިކާންއަށްވެސް މިފަހަރު ލިބުނީ ސިހުމެކެވެ. ފުން ނޭވާއެއް ލަމުން ރަވިކާން ޒައިލީންގެ ގައިގައި މަޑުމަޑުން ހިފާއްޓާލިއެވެ. ވިދާ ގުގުރަންޏާ ޒައިލީންއަކީ އާދަޔާޚިލާފަށް ބިރު ގަންނަ ކުއްޖެއް ވާތީ ބޭއިޚްތިޔާރުގައި ރަވިކާންގެ ފަރާތުން ހިމާޔަތަށް އެދެވުނީއެވެ.

ވާރޭ ހުއްޓާލާކަށްވެސް ނޫޅުނެވެ. ރަވިކާން އިނީ އެ ބޮޑު ގަސްބުޑުގައި ލެނގިލައިގެންނެވެ. ޒައިލީންގެ ގައިގައި ދެ ވަރަ އޮޅާލައިގެން އިންއިރު ހީވަނީ ފިޔައިން ހަދާފައިވާ އަރާމު ރަޖާގަނޑެއް އަޅާދީފައި ހުރި ހެންނެވެ. ޒައިލީންގެ ބޯ ނޫން އެހެން ތަނެއް ނުފެނެއެވެ. ރަވިކާންގެ ކޮނޑުގައި ބޯ އަޅާލައިގެން އިން އިރު ޒައިލީން ހުރީ ރަވިކާންގެ ޝަހާދަތް އިނގިލީގައި ހިފާއްޓައިގެންނެވެ.

ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ޒައިލީން އާފުރެން ފެށިއެވެ. “ނިދި އައީތަ..؟؟؟” ރަވިކާން މަޑުމަޑުން އަހާލިއެވެ. އެ އަޑުގައިވާ މަޑުމައިތިރިކަމުން އެ ވާހަކަ ދައްކަނީ ރަވިކާންއޭ މީހަކު ނުވެސް ބުނާނެއެވެ. “އްމްމް.. މާދަން ހެނދުނު ދޮންބެމެންގެ ގާތަށް ދާނީ…” ރަވިކާންގެ ގާތުގައި ހުންނަން ބޭނުންވާ ވަރުން ޒައިލީން ބުނެލިއެވެ. ރަވިކާން ހީނލާފައި ޒައިލީންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. ޒައިލީން ދެ ފަހަރަކު އާފުރިލާފައި ރަވިކާންގެ ގައިގައި ލެނގިލި ގޮތަށް ނިދާލީ މަދު މިނެޓްކޮޅެއްގެ ތެރޭގައެވެ.

ޒައިލީންއަށް ފުންމައިގެން ތެދުވެވުނެވެ. “ހޭލެވުނީތަ އިންސިކުއްޖާ..؟” ރަވިކާން އެއްސެވެ. “ހްމްމް.. އަވަހަށް ހިނގާ ދޮންބެމެންގެ ގާތަށް ދާން..” ޒައިލީން ބުނެލިއެވެ. ”އެންމެ ރަނގަޅު..” ރަވިކާން ބޭރަށް ނުކުތެވެ. އަދި ވަރަ ހުޅުވާލިއެވެ. “އުދުހިފަތަ..؟” ޒައިލީންއަށް އެހުނެވެ. “މަގު އޮޅިދާނެ.. މަތިން ދިޔައީމަ މާއަވަހަށް ފެންނާނެ..” ރަވިކާން ބުނެލިއެވެ. މީހަކަށް ފެނިދާނެތީ ކަންބޮޑުވުން ފާޅު ކުރަން އުޅެފައިވެސް ޒައިލީން އެއްބަސްވެފައި ރަވިކާންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ. ރަވިކާން ޒައިލީންގެ އުނަގަނޑުގައި އަތްއަޅުވާލައިގެން އުދުހިގަތެވެ.

“އެހުރީ އެތަން..” ރަވިކާންއަށް ބުނެވުނެވެ. ހީވެސް ނުކުރާހާ އަވަހަށް އެތަން ފެނުމުންނެވެ. “އަވަސް.. މިހާރު ދޮންބެމެން އުޅޭނެ ޒައިމެން ގެއްލިގެން.. މަރުވާވަރަށް ކަންބޮޑުވެފައި ހުންނާނީ…!” ޒައިލީން ބުނެލިއެވެ. ރަވިކާން ޕިސްއޭ ބުނެލާފައި ތިރިއަށް އުދުހިގަތެވެ.

ބިމުގައި ފައިޖެހޭއިރަށް ޒައިލީން ފުންމާލިއެވެ. އޭރު އެތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައިދާން ޒައިލީންގެ ލޮލުގައި އަޅައިގަތެވެ. “ދޮންބޭ..!!” ޒައިލީން ގޮވާލިއެވެ. ”ޒައިގަނޑޫ..!!!” ޒައިދާން އައިގޮތަށް އައިސް ޒައިލީންގެ ގައިގައި ބައްދާލިއެވެ. “ދޮންބެ ހާސްވެފައި ހުރިވަރު އެނގޭނީ އެންމެ ފަރާތަކަށް.. އަދި ރޭގަނޑުގަޑީގައި ވަލުތެރޭގައި.. ނަސީބެއްނު އެއްޗެއް އައިސް ޒައި ކާނުލިކަން..” ޒައިދާން ބުނެލިއެވެ. “ޒައީ..” އަލްޔާ އައިގޮތަށް އައިސް ޒައިލީންގެ ގައިގައި ބާރަށް އޮޅުލައިގަތެވެ. “އަލް ކިރިޔާ ބިރުން މަރުނުވީ..” ޒައިލީންއަށް ގެއްލުމެއް ލިބިފައިވޭތޯ އެގޮތް މިގޮތުން ޗެކުކުރަމުން އަލްޔާ ބުނެލިއެވެ.

“ސާބަހޭ އަލް.. ރަވިކާންވެސް އެތާ ހުއްޓޭ.. ދެން ހީވޭތަ ރަވިކާން ހުއްޓާ ޒައިއަށް ކަމެއްވާނެހެން..؟” ޒައިލީން އެއްސެވެ. “ހެހެހެހެ.. ނޫނޭ ނޫނޭ.. ރަވިކާން ހުއްޓެއްނު..؟” ހެއިލަން ދުރު ބަލާލާފައި ބުނެލިއެވެ. ހެއިލަންގެ އަޑުގައިވާ ތަފާތު ރުޅިވެރިކަމާއި ދެރަވުމުގެ އަސަރުތައް ފާހަގަވީ އަލްޔާއަށް އެކަންޏަށެވެ. އަލްޔާ ފުން ނަޒަރަކުން ޒައިދާންގެ ގާތުގައި ކޮންމެވެސް ކަމަކާއި ހުރެ ހޭން ހުރި ރަވިކާން އަށާއި ޒައިލީންއަށް ބަލާލިއެވެ. އަދި އެދެމީހުންނަށް ބަލަން ހުރި ހެއިލަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށްވެސް އަލްޔާ ބަލާލިއެވެ. އަލްޔާއަށް ކަމެއް ދޭހަވިއެވެ. ހެއިލަންގެ ހިތުގައި ޒައިލީންއަށް ދެވިފައިވަނީ އާދައިގެ ދަރަޖައެއް ނޫންކަމެވެ.

= ނުނިމޭ =

56

47 Comments

 1. Unknown gurl

  August 12, 2020 at 7:45 pm

  vrh reethi… maasha allah

  • yooon

   August 13, 2020 at 5:51 am

   Awwn thank u so much Unknown Gurl 💖💋💖 Yoon vrh ufaavejje dearlss ge comment ehvxx libunyma ingeii 😘😘😘 Lysm 💖💋💖 Stay safe n Take care

 2. 🌺#BLOSSOM#🌺

  August 12, 2020 at 8:36 pm

  alhey sissssoooo mi prt ves haadha reechey..😍🤩🤩🤩😍😍😍🤩🤩😍🤩😍🤩
  Alhey heil ge family meehun maruvee dhw.??
  so sad asluves…
  heil jealous vee dhw e ahahahaha..
  ravikaan ves hama evaru..
  vrh reethi mi part ves hama vrh vrh reeeeeethiiiiiiii ♥️♥️
  luv u sissie..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  take care and stay safe gey sissssoooo..💖💖💖💖💖

  • yooon

   August 13, 2020 at 5:55 am

   Blossom dearlss you are No one dhw 😄 Awwnn Thanxxiess dearlsss 💖💋💖 Yea hyel ge family is gone 😔😔 yeshh hyel got jealous dhww 😄😘😍 Thnk u thnk u so much Blossom 😘✨✨ Awwn love you so much more blossom sissie 💖💖💖 you stay safe too ingeii 😘😘😘 take good care

 3. Taehyung

  August 12, 2020 at 8:48 pm

  Mi part ves salhi😍😍😍😍😘😘😘😘😘😀😀😀😀😀😉😉😉😉😉😉

  • yooon

   August 13, 2020 at 5:57 am

   Awwnnn Thnxx Taehyung dearlss 💖💋💖 Vrh ufaavejje V ge comment vxx libunyma 😄😄😘😘 Lyssm ✨✨💖 tc taehyung

 4. XinXin

  August 12, 2020 at 9:06 pm

  Yayy my favourite story is up 🙂 varah varah dheravi Heilan ge family maruvi part kiyaafa 🙁 UGH i hate Aukeen so much i wanna go in the story and announce her death sentence 🙁 But fahu part was so cute and nice 🙂 I can imagine it was so rom rom 🙂 Love you yoon sis.. Tc.. Btw me 4th dho

  • yooon

   August 13, 2020 at 6:02 am

   Yayy rlly happy to knw that this is ur favourite story XinXin 😘✨😘✨ Oh hyel ge family dhw 😔 Oh ❤xaikan❤ scene dhww 💖💖😄 Awwn love u more XinXin 💖💋💖 Labba dear Your The fourth 😍😍😘 tc dear XinXin

 5. Een

  August 12, 2020 at 9:28 pm

  Omg……..
  Ravikaan and zaii ge part thah vvvvv cute…🥰🥰🥰🥰
  Maasha Allah this part is really really really nice💯💯💯
  And I’m really sad for hail😭😭😭😭😭
  But zaii and hail nugulhuvachey pls pls pls
  Zaii and ravikaan gulhuvachey pls pls
  They look cute together…..😍😍😍😍😍
  Best fictional story ever…..💯💯💯💯💯
  And curiously waiting for the next 😄😄😄😄
  Lysm and tgc 😘😘😘😘😘
  Stay home and stay safe 🏡🏡🏡🏡🏡🏡
  My fav author ♥️♥️♥️♥️♥️♥️

  • yooon

   August 13, 2020 at 6:06 am

   Thank you so so much Een 💖💋💖💋💖 owhehe lets see dhww Xai choose kuraani kaaku kan 😘 Awwnn Thnk u so much its rlly great to knw that this is the best fictional story 😘😍😘😍 Keep waitin dearlss 😊✨✨😊 Love u so much more Een 💖💖💖 Awwn one of the sweetest gurl i knww 😘😘😘 You stay safe too Een 😍 Take care dearlsss

 6. ner

  August 12, 2020 at 11:39 pm

  heil ge family meehun maru v dhw 😭🤧…
  ahahah.. mi rawikaan and zai ge parts eii hama bestt😍.i can imagine..e dhemyhun gulhuvachey… they look so cute together..zai nd heil eh nugulhey..
  dhn heil ah ehn grl eh.. 😅
  looking forward to see the nxt part. so excited 😁
  adhi rawikaan jealous vefa hunna iru varah loabii..
  loveee thisss storyyy 💜💜

  • yooon

   August 13, 2020 at 6:10 am

   Yesh dear 😔😔 their gone 😔😔 Xai n Rawikan parts dhww 😍😍 Lets see Xai beynunwaani kaaku kan 😉😉😘 Keep waiting dearlss 💖💋💖 Awwn feels great to knw That 😁😘 Thnk u so much ner 😘😘✨✨ Rlly happy to see your comment too 😘😘😘 Stay safe 💖✨💋✨💖 tc

 7. yoo 😋

  August 13, 2020 at 6:16 am

  Alhey mi bai ves varah reethi ❤🌹🌺 I’m so sad For Heilan 😭😭😭 His entire Family died that’s so so sad

  And Aulkeen is so bad 😥😥 I wanna get revenge for Heilans family from her…

  Also your the best writer ever yoon 💜💜 Love this story so much 💞💞 Zaikaan parts are my favourite too 😍 I feel like I saw the scene where Ravikan and zaileen were together in front of my eyes 😘 so cute they both 💞💜

  so love you yoon ❤ take care and be.safe

  • yooon

   August 13, 2020 at 3:48 pm

   Awwn Thnk u so much yoo dearlss 💖💋💖💋💖 Love you more yoo 😘😘 You stay safe too 😘 and take care

 8. Ish

  August 13, 2020 at 6:17 am

  wow maasha allah beautiful story 💚❤💓💞

  • yooon

   August 13, 2020 at 3:49 pm

   Thank u so mucj Ish 💋💋💖💋💋 vrh ufaavejje

  • yooon

   August 13, 2020 at 11:33 pm

   Just noticed the spelling error 😅😅 much ** ma avahah type kuran hadhaigen yoon ah baeh faharu hedhey mistakes 😅😊 tc

 9. Kokkey

  August 13, 2020 at 6:20 am

  Oh no Heilan is gonna be so sad😭😭😭😭😭 Mi bai ves varah reethi ingey 💕💕💕💕💕💕 yoon sis when next 💋💕💋💕💋💕 I can’t wait so amazing 😍😍😘😍😍😘🙂

  • yooon

   August 13, 2020 at 3:50 pm

   Thanxxiess Kokkey 💖💋💖💋💖 Nxt I have submitted last night 😊😊😊 Insha allah it will be uploaded soon 😘😘😘 Thank u so much

 10. Eekko 11

  August 13, 2020 at 8:30 am

  Omg….. Haadha salhi eyyyy….. Dear waiting for next part….. Lyssssm Yoon and tc❤️❤️

  • yooon

   August 13, 2020 at 3:52 pm

   Thank u so much Eekko 11 dearlss 💖💋💖 Keep waiting 😊😄😊 Love you more Eekko 😘😘 you take care too

 11. Xoe

  August 13, 2020 at 11:35 am

  Mi bai ves varah salhi… Mi bai kin iyya rey ekamaku busy kamun comment eh nukurevunee.. iyya rein sure feshigen hama visnenee kihineh baa ey dhen vaanee..?? I love this so much.. and in my opinion also ZAIKAN makes a great couple 🙂 HYELEEN……….. nope.. I cant wait

  • yooon

   August 13, 2020 at 3:54 pm

   Awwn issoke Dearlss 😘😍😘 vrh ufaavejje dear ge comment ev vxx libunyma ✨✨ Lets see dhw dhn waane gotheh hehe 😘😘😉😉 Thnk u so much Xoe dear 😘💖💖😘 Tc

 12. _n_i_s_h_e_r_

  August 13, 2020 at 11:42 am

  I’m curiously waiting for the next part
  This part cannot be described in words
  Too Amazinggggggggggggggggggggggggg

  • yooon

   August 13, 2020 at 3:55 pm

   Awwnn Thnxx so much _n_i_s_h_e_r_ ✨💋✨💋 Vrh ufaavejje 😘😘😘 tgc

 13. _n_i_s_h_e_r_

  August 13, 2020 at 11:44 am

  Also yoon ragalhah kiyavachchey.. <3 Love u and take care

  • yooon

   August 13, 2020 at 3:56 pm

   Labba yoon rangalhah kiyawannan insha allah 😘 aww love u more 💖💋💖💋💖 you take care 2

 14. _n_i_s_h_e_r_

  August 13, 2020 at 11:44 am

  Also yoon ge mail alhugandah dheeba.. I am a girl.. I want to talk to you

  • yooon

   August 13, 2020 at 3:58 pm

   Oh my mail is [email protected] 😘😍😘😍 thanks again nisher dearlss

 15. Anonymousaurce

  August 13, 2020 at 12:05 pm

  omg heil ge family maruvee dho 🙁 🙁 But the last part of zai and rawikan was so romantic i can imagine 🙂 So nice.. when will we get to read the next…?

  • yooon

   August 13, 2020 at 3:59 pm

   Yesh Hyel ge family maru v 😔😔😔 Hehe thnk u Anonymousaurace 💖💋💖💋💖 Insha allah soon I guess 😊😊😊 I su mitted part 17th yesterday night 😘😘😘 Thnkss dearlss

 16. hamm

  August 13, 2020 at 12:08 pm

  varah reethi story eh… waiting for the next part

  • yooon

   August 13, 2020 at 4:00 pm

   Thnxxx hamm 😘😍😘😍 Keep waiting 💖💋💖 Insha allah it won’t be long 😘😘😘 Tc

 17. Jennie

  August 13, 2020 at 12:10 pm

  mi episode ves vvv rythi.. Saraghae yoon.. joismhae

  • yooon

   August 13, 2020 at 4:02 pm

   Awwn thnk u very much Jennie 😘😍 Saranghae Jennie 💖💖💖💖 Take care

 18. Anonymous

  August 13, 2020 at 12:24 pm

  Yoon can I ask you a question??? In which grade r u studying….. Btw this part is also very nice ☺️

  • yooon

   August 13, 2020 at 4:03 pm

   Ummm hehe 😅😅😅😅 Thnkx Anonymous 😘😘 stay safe 💋✨💋✨💋✨ n take good care

 19. Why do you want to know ?

  August 13, 2020 at 5:06 pm

  Varah Varah Varah reethi mi part ves.. waiting for the next part..
  Lysm yoon darlll !! stay safe and healthy

 20. Lovebird

  August 13, 2020 at 6:07 pm

  the best fictional story I read in 2020 🙂 Hats off to u our lovely lowbi lowbi talented yooon

  • yooon

   August 13, 2020 at 11:18 pm

   Awwnnnn Thnk u so much lwbi lwbi Lovebird 😍 Im so happy 😘✨😘 Thank u so much 💖💋💖 tc

 21. 🌺Ril🌺

  August 13, 2020 at 7:15 pm

  Hii yooon sis👋👋👋👋
  Mi part ves vrh sali 😍😍😍😍😍😍😍😍
  Masha Allah keep it up ❤️❤️❤️❤️
  What heil ge family Maru vee dhw so sad 😭😭😭
  And zaileen and ravikaan ge all part ves vrh cute and vrh lwbi hehehhehehehesh 😍😍😍😍😘😊😊😊👍💖💖💖Ril ah furathma ves ebaatha kiyaafaabunevuny AWN ey hhehe😅😅😅😅😅😅😅😅😅😅😅
  Heil Like Zai dhw But I don’t like them I like the ravikaan and zaileen but sis beynun gotheh thaa dhw inaanee hheeh😅😅😅😅💖💖😍😍😍😍
  Waiting for the next ❤️❤️❤️❤️
  Luv uuuu❤️❤️
  Stay safe and TC❤️❤️❤️

  • yooon

   August 13, 2020 at 11:25 pm

   Heii Ril dearlss 💖💋💖💋💖 Thnxxiess Ril 😘😘 Yeshh Hyel ge family died 😔😔😔 Owh Thnk u so much Ril 😍😘 glad you enjoyed ❤xaikan❤ scenes ril 😊😊 oh u like ❤xaikan❤ and not ❤hyelyn❤ dhww 😅😄😄 Lets see dhww 😉😉😉 Keep waitin Ril dearlingss 😘😘😘 Awwn Love u more 💖💋💖💋💖 you stay safe too 😘😘 tc

  • 🌺Ril🌺

   August 14, 2020 at 10:04 am

   Yaaa I like xaikaan heheee
   I like they ROM moment and they are so cute
   Luv u more more ♥️😃 e

 22. Blackfish

  August 13, 2020 at 10:37 pm

  Hyel ge family members 🙁 I had tears in my eyes e bai kee iru… <( So amazing

  • yooon

   August 13, 2020 at 11:28 pm

   Thank u so much Blackfish dearlsss 😘😘😘 Im so happy to knww that 💖💋💖💋💖 thank u so so much

 23. Blackfish

  August 13, 2020 at 10:38 pm

  woops sent the comment too soon.. yoon this part is also very nice.. The question in my heart is who is zaileen going to fall for ????? The curiousity is killing me..!!!!!!! waiting for the next part..

  • yooon

   August 13, 2020 at 11:30 pm

   Owhh 😄😄😄 Thnxx a lot dealrss 😘😘😘 hehe Lets see who Xai will choose 😉😉😊😊 Insha allah won’t be long 😘😍 Keep waiting dear 💖 Tvgc n stay safe Blackfish

Comments are closed.