Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ- 19، 20 & 21

Raaya Level 210 Stories100 Comments
August 10, 2020 15 Mins Read
10 Comments

19 ވަނަ ބައި

“ނަމަނަމަ ދާނިޝް ގާތަށް އަނބުރާ ނުދާތި! އެއީ ވަރަށް ނުލަފާ މީހެއް! އެއީ ވަރަށް އަނިޔާވެރި މީހެއް! އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ ކޮންމެހެން އަހަރެން ހަސަދަ ވާތީއެއް ނޫން އިނގޭ… އޭނަ އަހަންނާއި އިނީ ރީމް ދޫކޮށްލާފަ އައިތާ ހަފްތާއެއް ފަހުން! އޭނަ އަހަރެން ފަހަތުން އުޅުނީ ފުރަތަމަ ކޮޅުގަ… ދެން އަހަރެންވެސް އޭނަގެ މަޅީގަ ބެދުނީ! ރީމްގެ ނަސީބު އޭނަ ރީމް ދޫކޮށްލާފަ ދިޔަކަންވެސް! އެހެންނޫނީ ރީމް ޖެހޭނީ އޭނަގެ ވަކި ތަކުގެ ޝިކާރައަކަށް ވެގެން ހުންނަން! ވަރަށް ހާލުން އޭނަ ގާތުން ވަރިވީ! ވަރިވި ދުވަހު އޭނަ އަހަންނާއި ދިމާލަށް ބުނީ އަހަންނަށް ވުރެ ރަނގަޅުވާނެޔޭ ރީމް! އިނގޭތަ؟ ފަހަތުން ޕޮލިހުން އެބައުޅޭ އޭނަ ހޯދަންވެސް! އެދުވަހު ކޯޓުން ނުކުމެގެން ދާނިޝް ފިލީއޭ!” ހަނާ ވާހަކަ ދެއްކިއެވެ.

“ދާނިޝް އަނިޔާ ކުރީއޭ؟؟” ރީމްއަށް ހުރީ ހަނާ ދެއްކި ވާހަކަތަށް ގަބޫލުކުރަންވެސް ދަތިވެފައެވެ.

“އާން! އަހަންނަށް އިނގޭ ފަހަރެއްގަ ރީމް މިވާހަކަތަށް ގަބޫލު ނުކޮށްފާނެކަން! އެކަމު ރީމް… ދާނިޝް އެހެރީ ޑޮމެސްޓިކް ވައޮލެންސްގެ ކޭހެއްގަ ބެދިފަ! އެކަމަށް ފިލަން ވެގެން އެދުވަނީ މިއޮށް ހުރިހާ އިރު… އޭނަ ފޯނަކަށް ގުޅެނީކީއެއް ނޫން! މީހަކަށް އޭނަވީ ތަނެއް އެނގެނީކީއެއް ނޫން! އޭނަގެ މަންމައަކަށްވެސް ނޭނގެޔޯ އޭނަ ވީ ތަނެއް!” ހަނާ އިތުރަށް ކިޔައިދެމުން ދިޔައެވެ.

“އޭނަގެ މަންމައަށް އެނގޭ! ހަމަ ދެންމެ އޭނަގެ މަންމައަށް ގުޅާފަ މި ގުޅީ ހަނާއަށްވެސް! އޭނަގެ މަންމަ ބުނެގެން މި އެނގުނީ ދާނިޝް ހަނާއާ އިންކަންވެސް!” ރީމް ބުންޏެވެ.

“ރިޔާޝާ ބުނީތަ ހުރިހާ ވާހަކައެއް؟” ހަނާ އެހިއެވެ. “އެއީވެސް އެ ދާނިޝްއާ އެއްބައިވެގެން އުޅޭ މީހެކޭ! ރީމްއަށް ކަމެއް ކޮށްދެވެންޏާ ދާނިޝް ޕޮލިހަށް ހާޒިރު ކޮށްދީ! ހަމައެކަނި ރީމްއަށް މިކަން ކުރެވޭނީވެސް! އަދި އެއްކަމެއް ރީމްއަށް ކޮށްދެވޭނެ! އަހަންނަށް މާފު ކޮށްދީ ރީމް! އަހަންނަށް އޭރުވެސް އިނގޭ ދާނިޝްއާ ރީމް އުޅުނީ އިންނަކަން… އެކަމު އޭނަ އަހަންނަށް ވިސްނައިދިނީ ރީމް ދޫކޮށްލާފަ އަންނާނަމޭ… އޭރު އަހަރެން ވިސްނީ ހަމައެކަނި އަހަރެންގެ ފާއިދާއަށް… އެކަމު މިއަދު އަހަންނަށް ހަމަ ރަނގަޅަށްވެސް ވިސްނެއްޖެ މީގެ ނުބައިކަން! ރީމް އަހަންނަށް މާފު ކޮށްދީ! އަދި ދާނިޝް ހޯދަން އަހަންނަށް އެހީ ވެދީ!” ހަނާ ވާހަކަ ދެއްކީ ރޮމުންނެވެ.

“ދާނިޝްވީ ކެޔޮދޫގަ! ވ.ކެޔޮދޫގަ!” ރީމް ވަގުތުން ޖަވާބު ދިނެވެ. “ހަނާއަށް މާފުވެސްކޮށްފިން!”

“ހަލޯ؟!” ހަނާ ގޮވައިލީ ރީމް ވާހަކަ ނުދެއްކުމުންނެވެ. ރީމް އަތުން ފޯނު ދޫވިއެވެ. ލޮލުން ކަރުނަ އޮހޮރެގަތީ ފެން އިސްކޫރެއް ދޫކޮށްލާ ބީދައިންނެވެ. ރީމް އަތުން ފޯނު ވެއްޓެން އުޅެނިކޮށް ޔޫޝައު ރީމްގެ ފޯނު ނަގާ ހަނާއަށް ވާހަކަ ދައްކަން ފެށިއެވެ.

“ހަލޯ… މީ ޔޫޝައު! ރީމްގެ…” ޔޫޝައު ހުއްޓުނެވެ. “ރައްޓެއްސެއް!” ޔޫޝައު ބުންޏެވެ.

“ހަލޯ… ޔޫޝައު… އަހަރެން މިކޮޅު ޕޮލިހަށް އަންގާނަން!” ހަނާ މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

“އަހަރެން ބޭނުން އެކަނިވެލަން!” ރީމް މިހެން ބުނީ އެއްވެސް އަސަރެއް ނެތިއެވެ. ރީމްގެ އެދުމުގެ މަތިން އެންމެންވެސް އެތަނުން ނުކުތެވެ. އެންމެން ނުކުތުމާއި އެކު ރީމް ވަނީ ފާހަނައަށެވެ. ދިޔަގޮތަށް ގޮސް މާގަނޑު ދޫކޮށްލުމަށްފަހު ރީމް ދެލޯ މަރައިލިއެވެ. ލޯހުޅުވައިލުމާއި އެކީ ލޮލުން ފޭބި ކަރުނަތަށް ދިޔައީ މާގަނޑުން އަންނަ ޝަބުނަމްގެ ތިކިތަކާއި އެއްވެ ރީމްގެ ކޯތާފަތްމަތީ ބޮސްދެމުންނެވެ. ރީމްގެ ގިސްލުމުގެ އަޑުވަނީ ތަޅުންގަނޑު މައްޗަށް ވެރޭ ފެންތަކުގެ އަޑާއި އެއްވެފައެވެ.

“އަދިވެސް އަހަންނަކަށް ނޭނގެ ދާނިޝް އަހަރެން ދޫކޮށްފަ ދިޔަ ސަބަބެއް! މިހާރު އެނގޭކަށްވެސް ބޭނުމެއް ނޫން! އައި ހޭޓް ދާނިޝް! އައި ޖްސްޓް ވޭސްޓެޑް މައި ލައިފް ފޯ ހިމް!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. “ދާނިޝް ޕޮލިހަށް ގެންދަން އަހަރެން މިހުރީ ތައްޔާރަށް! އޭނަ ޕޮލިހަށް ގެންދަން ކޮންމެ ކަމެއްވެސް ކޮށްފާނަން! އެއަށްފަހު ދާނިޝް މަތިން އެއްކޮށް ހަނދާން ނައްތާލާނަން!”

***

“ކިހިނެއް ވެގެންތަ އުޅެނީ؟” އައިނާމެން ބޭރަށް ނުކުންނަތަން ފެނުމުން މަރިޔަމް ގޮސް އެމީހުން ގާތު އެހިއެވެ. ސޯފާގައި ހަމަޖެހިލަމުން އައިނާމެން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ކޮބާ ރީމް؟” ކިޔައިދިން ހުރިހާ ވާހަކަތަކެއް އަޑުއަހައިފައި މަރިޔަމް އެހިއެވެ.

“އެކަނި ވެލާށޯ ބޭނުމީ” އައިނާ ބުންޏެވެ. އެވަގުތަކީ ޔޫޝައު ފޯނަށް ލަމްނާ ގުޅި ވަގުތެވެ. އިންތަނުން ތެދުވެ ބޭރު އުނދޯލީގައި އިށީންނަމުން ޔޫޝައު ފޯނު ނެގިއެވެ.

“ހަލޯ… ދަތުރެއް ދާންވީއެންނު!” ފޯނުނެގުމާއިއެކު ލަމްނާ ބުނެލިއެވެ.

“އެ ކީއްކުރަން؟” ހިތްހަމަނުޖެހި އިނދެ ޔޫޝައު ބުނެލިއެވެ.

“ޔޫޝައު އެންނު ބުނީ ކުރިން ވަރަށް ކަންތަށްތައް ރޭވީމޭ! ދެން އަންނަ ހަފްތާ ވަރަށް ބިޒީ ވާންނު! އެހެންވެ މި ހޮނިހިރު ދުވަހު ދާން ހަމަޖައްސަން ވީއެންނު! ދެސައިޑު ފެމިލީ އެއްކޮށް!” ލަމްނާ ބުނެލިއެވެ.

“ހޫމް… ދެން ވިސްނާނަން… ބޭއްވި!” ޔޫޝައު ބުންޏެވެ.

“އަހަ! ހާދަ އަވަހަކަށް ފޯނު ބާއްވަން ތިއުޅެނީ… މިއަދު ފަތިހަކު ވުވެސް ގުޅަމެންނު ނަމާދަށް ހޭލާށޭ ބުނާކަށްވެސް!” ލަމްނާ ބުންޏެވެ. ޔޫޝައު ފޯނު ކަނޑާލީ ލަމްނާއަށް ވާހަކަ ދައްކާ ހިތްނެތުމުންނެވެ. ލަމްނާ ދެވަނަ ފަހަރަށް ގުޅުމުން ފޯނު ސައިލެންޓަށް ލައިފައި ޖީބަށް ލިއެވެ.

ރީމް ނުކުތީ ފެންވަރައި ތާޒާވެލައިގެންނެވެ. އޭރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. ނަމާދުކޮށްލައި ހަދައިގެން ރީމް ދޮރު ހުޅުވައިލީ ހުދާއާއި ޒިއުނީވެސް ނަމާދު ނުކޮށް ތިބިކަން އެނގޭތީއެވެ. ރީމް އެނދުގައި އޮށޯތީ ފޯނު ބަލަމުންނެވެ.

“މިހާރު އޯކޭތަ؟” ޔޫޝައުގެ މެސެޖެއް އައިސް އިނެވެ.

“ޔާ! މިހާރު ހަމަ ރަނގަޅަށްވެސް އޯކޭ ވެއްޖެ!” ރީމް މިހެން ލިޔެފައި ފޮނުވައިލިއެވެ.

“މިރޭވެސް ވާނެ ދޯ ބީޗަށް ޖައްސައިލާން! ސައިކު ބުރެއް ޖަހާފަ ދޯ ދާނީވެސް!” ވަގުތުން ޔޫޝައުގެ މެސެޖެއް އައެވެ.

“އާން! ލަމްނާމެން މީހަކަށް ފެނިޖިއްޔާ ތާހިރު ވާނެ!” ރީމްވެސް މެސެޖެއް ފޮނުވައިލިއެވެ.

“އޭ ރީމް! ކާކާ މާހެވިފަ ވާހަކަ ދައްކަނީ؟” ޒިއުނީ އަހައިލިއެވެ.

“މީހަކަށް ނޫން!” ރީމް ފޯނު ބާއްވައިފައި ބުނެލިއެވެ.

“ހޫން! ވަރަށް ފޮނިވެއްޖެޔޭ ދޯ މިހާރު!” ޒިއުނީ ހެމުން ހެމުން ބުނެލިއެވެ.

“ޕިސް! ޒިއުނީ!” އެނދުން ތެދުވަމުން ރީމް ބުނެލިއެވެ.

***

ދާނިޝް އުޅެން ހަމަޖެހިފައިވާ ގެސްޓް ހައުސްގެ ކޮޓަރިއަށް ވަދެ އޭނާ ހަމަޖެހިލިއެވެ. އެނދުގައި އޮށޯވެލިތަނާހެން ދާނިޝްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އޭނަގެ މަންމަ ރިޔާޝާއެވެ.

“ހަލޯ… ދަރިފުޅާ… މަންމައަށް އޮޅިގެން ހަނާގެ ވާހަކަ ރީމް ގާތު ބުނެވިއްޖެ!” ރިޔާޝާ މިހެން ބުނި ތަނާ ގަޔަށް ކައްޓެއް ހެރިގެން މީހަކު ތެދުވާހެން ދާނިޝްވެސް އެނދުން ފުންމައިގެން ތެދުވިއެވެ.

“ކީކޭ؟! މަންމައަކަށް ދުވަހަކު ކަމެއް ރަނގަޅަށް ވާނެތަ؟! ދެން އޭނަ ނުވެސް އަންނާނެ އަހަރެން ގާތަކަށް!” ދާނިޝް އޭނަގެ ނިއްކުރިމަތީ އަތްހިންގާލަމުން ބުނެލިއެވެ.

“މަންމައަށް ރުޅި އައިސްގެން ބުނެވުނީއޭ! ދެން ކީއްކުރަން އެވަރަކުން ރީމް ފަހަތުން ތިއުޅެނީ؟” ރިޔާޝާ ކަންބޮޑުވެ އިނދެ އެހިއެވެ.

“ހަހަ… މަންމާ! އޭރު އަހަރެން ރީމްއާ ހެދި މޮޔަވެގެން އުޅުނަސް މިހާރަކު ނުވޭ ތިވަރެއް! މި ހަނާ ކަންތަކާއި ހެދި އަހަރެން ބޯގޮވައިފައި… ދެން ހަނާއާ ދިމާލަށް އެރުޅި ބޭލޭކަށް ނޯންނާނެޔޭ! އެހާ ހާލުން އެކޮޅުން ފިލައިގެން މިއައީވެސް… އަނެއްކާ މާ ގިނަ ދުވަހަކު މިތާ އުޅެވޭކަށް ނެތް! އަވަހަށް ރީމް ގޮވައިގެން ފްރާންސަށް ފުރަންވީއޭ! އެ އުޅޭ ހަނާ ބައްޕަގެ ލާރިކޮޅު އަދިވެސް އެބަހުރި އަހަރެން އަތު… އިނދެގެން އެކޮޅުގަ އުޅުނު އިރު އަހަރެން ނަންމަތި ކުރި ގެއެއްވެސް އިންނާނެ! އަނެއްކާ މިހާރު ރީމްވެސް ކިހާ މުއްސަނދި! އަހަރުމެން އުޅޭނީ އަރާމުގަ! އަނެއްކާ އަހަރެންގެ ރުޅިގަނޑު ބައިލާނެ މީހެއްވެސް ބޭނުންވެޔޭ! ނޭނގެ ކީއްވެކަމެއް… އެފަކީރު އެއްވެސް ކަމެއް ނުކުރާއިރު ކޮންމެވެސް ކަމެއްގެ ބަދަލު ހިފަން ބޭނުންވެފަ އަހަރެން މިހުންނަނީ! ދެން ނޭނގެ! ފޯނު ބޭއްވީ! ދެން މިނަމްބަރަށް ނުގުޅާތި! އެހެން ސިމެއް ލައްވަމް މިއުޅެނީ!” މިހެން ބުނެ ދާނިޝް ފޯނު ކަނޑައިލިއެވެ.

***

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި ވަކިވީ ހަނދަށް ތަން ދައްކަމުންނެވެ. މިހާރު ގަޑިން ރޭގަނޑު ނުވައެއް ޖަހަން ގާތް ވަނީއެވެ.

“ރީމް… މާދަމައަށް އެއްޗިސް ގަންނަން ދާންވީއެންނު!” ޓީވީ ބަލަން އިން ސުމައްޔާ ގަޑިއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“ހިނގާ…” ޔޫޝައުއާއި އެއްކޮށް ބޭރަށް ދާން ނިންމައިފައި ވުމުން ކުޑައިރުކޮޅަކު ވިސްނަން އިނދެލާފައި ރީމް ބުންޏެވެ.

“ތިއްތާ! އަހަރެން މި ދަނީ ބޭރަށް ދާށޭ! އަހަރެން ގޮސްފާނަމޭ ރީމްއާއި އެއްކޮށް!” ކޮޓަރިން ނުކުތް ޔޫޝައު ސައިކަލު ތަޅުދަނޑި ފަތި ދައްކައިލަމުން ބުނެލިއެވެ.

“އާދޭ ރީމް!” ރީމް އެއްޗެކޭ ނުބުނެ އިނުމުން ޔޫޝައު ރީމްއަށް ގޮވައިލިއެވެ. ސުމައްޔާ ލޮލުގެ އިޝާރާތުން ދާށޭ ބުނުމުން އުފަލުން ސޯފާއިން ތެދުވެ ރީމް ބޭރަށް ހިނގައިގަތެވެ. ސައިކަލު ބޭރަށް ނެރެ ރީމް ސައިކަލުގައި ހަމަޖެހުމާއިއެކު ޔޫޝައު ސައިކަލު ދުއްވައިލިއެވެ.

“އޭ! އޭނީ ފިހާރަ!” ފިހާރަ ފަހަނައެޅުމުން ރީމް ބުންޏެވެ.

“ހަމަޖެހެ ރީމް… ހަމަޖެހެ! އަދި ނެތެންނު ފިހާރައަށް ނުދެވިފައެއް!” ޔޫޝައު ބުނެލިއެވެ.

“މަޑުކޮށްބަލަ!” ރީމް ބުންޏެވެ.

“ރީމް…” ޔޫޝައު ގޮވައިލިއެވެ.

“ދެން މަޑުކޮށްބަލަ!” ރީމްގެ އެދުމުގެ މަތިން ޔޫޝައު ސައިކަލު މަޑުކުރިއެވެ. ސައިކަލުން ފައިބައިގެން ރީމް ދިއުމުން ޔޫޝައުވެސް އަވަސް އަވަހަށް ސައިކަލު ޕާކުކޮށްފައި ރީމް ފަހަތުން ހިނގައިގަތެވެ.

“އޭ… މީ ރޭގަނޑޭ! ގެއްލިއްޖެއްޔާ އަހަންނަށޭ ހޯދަން ޖެހޭނީ!” ލާނެތް ފާޑަކަށް ޔޫޝައު ބުނެލިއެވެ.

“ދެން ނުހޯދީމަ ވީއެންނު! އަހަންނަށް ކަމެއްވިޔަސް ޔޫޝައުއަށް ކޮންކަމެއް…ދޯ؟” ރީމް ޔޫޝައުއަށް ދޯ ދިނެވެ.

“ތިސަކަރާތް ވީއޭ!” ހުރިތަނަށް ހުއްޓެމުން ޔޫޝައު ބުނެލިއެވެ. ޔޫޝައު ފެންނަން ނެތުމުން ރީމްވެސް ފަހަތަށް އެނބުރެލިއެވެ.

“ރީމް ތިހެން ހިތަށް އަރައިގެންވެސް ނުވާނެ ދޯ!” ޔޫޝައުގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. “ރީމް ތިހީކުރަނީ އަހަރެން ރީމްއާ ދޭތެރޭ ނުވިސްނަނީއޭ ތަ؟ އަހަރެން އެންމެ ވަގުތުކޮޅެއްވެސް ނުދާނެ ރީމްއާ ދޭތެރޭ ނުވިސްނައެއް!”

“އަޅޭ! ސޮރީ… މަޖަލަކަށް ބުނެލި އެއްޗެކޭ! ދެން ޔޫޝައު ތިހާ ސީރިއެސް ނުވެބަލަ!ކޮންހެނެއް އަހަރެން ގެއްލޭނީ… އެހެރީއެންނު ފިހާރަ!” ފިހާރައާއި ދިމާލަށް އިޝާރާތް ކުރަމުން ރީމް ބުންޏެވެ.

“އޯހް… ފިހާރައަށް ދާން ދޯ ތި ފޭބީ! ކުރިން ބުނެލި ނަމަ ދޯ!” ރީމްއާއި އެއްވަރު ކުރަމުން ޔޫޝައު ބުނެލިއެވެ. ދެމީހުންވެސް ފިހާރައަށް ވަދެ މާދަމާ ކައްކަން ބޭނުންވާނެ ސާމާނު ގަނެ ކޮތަޅުތަށް ގޭ އުނދޯލީގައި ބަހައްޓާފައި ސައިކަލުގައި ބީޗާއި ދިމާލަށް ނައްޓައިލިއެވެ. ސައިކަލު ޕާކުކޮށްފައި ދެމީހުންވެސް ބީޗަށް ވަދެގެން ދިޔައެވެ. ސާދަވިލޭރޭގެ ހަނދު ދަނީ ކަޅު ސާލެއް ފަދަ އުޑުގައި ރަސްކަން ކުރަމުންނެވެ. ހަނދުން އެޅޭ އަލިކަމުގެ ސަބަބުން ދޮންވެލިގަނޑު ވަނީ ރީތި ވަރަކަށް ދިއްލިފައެވެ. ޖެހޭ ހިތްގައިމު ވައިރޯޅިތަކުން ހިތަށް ފިނިކަން ގެނުވައެވެ. މުޅި މާހައުލުގައި ވަނީ ރާޅުބީއްސާ އަޑު ހިފައިލައިފައެވެ. މިފަދަ ހިތްގައިމު ވަގުތެއްގައި މިތަނަށް އާދެވުނީތީ ރީމް ހުރީ ވަރަށް އުފަލުންނެވެ. ރާޅު ބީއްސާލާ ހިސާބުގަނޑުގައި ދެމީހުންވެސް އިށީންދެލައި ހަމަޖެހިލިއެވެ.

“އެއީ ކޮންރަށެއް؟” ތަނުގެ ހިމޭންކަން ނަގާލައި ކުރިމަތިން ފެންނަ ރަށައް އިޝާރާތް ކޮށްލަމުން ރީމް އަހައިލިއެވެ.

“އެއީ ކެޔޮދޫ!” ޔޫޝައު ބުންޏެވެ.

“ކެޔޮދޫ… ދާނިޝް ދިޔަ ތަން ދޯ! ހާދަ ކައިރިއޭ!” ރީމް އިސްޖަހައިލަމުން ބުނެލިއެވެ.

“މި ދާނިޝް އަކީ ކާކުތަ؟” ޔޫޝައު އަހައިލިއެވެ.

“ލޯންގް ސްޓޯރީ ޝޯޓްކޮށް… އެންމެ ފުރަތަމަ ރައްޓެހިވި ކުއްޖާ!” ރީމް ކެޔޮދުއަށް ބަލަހައްޓައިގެން އިނދެ ރީމް ބުނެލިއެވެ.

“އައި ވޯންޓް ލޯންގް ސްޓޯރީ ލޯންގްކޮށް!” ޔޫޝައު ރީމްއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

20 ވަނަ ބައި

“އެއީ ކޮންރަށެއް؟” ތަނުގެ ހިމޭންކަން ނަގާލައި ކުރިމަތިން ފެންނަ ރަށައް އިޝާރާތް ކޮށްލަމުން ރީމް އަހައިލިއެވެ.

“އެއީ ކެޔޮދޫ!” ޔޫޝައު ބުންޏެވެ.

“ކެޔޮދޫ… ދާނިޝް ދިޔަ ތަން ދޯ! ހާދަ ކައިރިއޭ!” ރީމް އިސްޖަހައިލަމުން ބުނެލިއެވެ.

“މި ދާނިޝް އަކީ ކާކުތަ؟” ޔޫޝައު އަހައިލިއެވެ.

“ލޯންގް ސްޓޯރީ ޝޯޓްކޮށް… އެންމެ ފުރަތަމަ ރައްޓެހިވީ ކުއްޖާ!” ރީމް ކެޔޮދުއަށް ބަލަހައްޓައިގެން އިނދެ ރީމް ބުނެލިއެވެ.

“އައި ވޯންޓް ލޯންގް ސްޓޯރީ ލޯންގްކޮށް!” ޔޫޝައު ރީމްއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

“ހެހެ… މިއަށް ވުރެ ލޯންގް ވާނެތަ؟” ރީމް ކިޔައިދޭން ފެށިއެވެ. “އެއްކުލާހެއްގަ ކިޔެވި ކުއްޖެއް އެއީ… އޭރުވެސް ކުދިން ކުދިން ކިޔާނެ ދާނިޝް ލައިކްސް ރީމްއޭ ކިޔައިގެން… އެކަމު އޭރު އެހާ ވަރަކަށް އަޅައެއް ނުލަން އެކަމަކާ… ފަހުން މާލެ ބަދަލުވެފަ ކޮލެޖަށް ވަން ފަހުން މިއެނގުނީ މިއުޅެވެނީވެސް އެއްކޮލެޖެއްގަކަން! ދެން ކޮލެޖުގަ އުޅެން ފެށިފަހުން އަބަދުވެސްހެން އުޅެނީ އެކީ… ކްލާސް ގަޑި ފިޔަވާ… އޭރު އަހަރެން ކިޔެވީ އިވެންޓް މެނޭޖެމެންޓް އޭނަ ކިޔެވީ ބިސްނަސް އެޑްމިނިސްޓްރޭޝަން… ހުސްވަގުތުތަކުގަ ކޮފީއަށް ދިއުމާއި ތަންނަށް ދިޔުން އިތުރުވެގެން ދިޔަ… ސްކޫލު އުޅުނު އިރަކު ދާނިޝްއަކާ އެހާ ވާހަކައެއްވެސް ނުދައްކަން! އޭރުވެސް އެނގޭ ދާނިޝް ހުންނަނީ އަހަރެން ދެކެ މޮޔަވެފަކަން… ދެން ފަހުން ފަހުން އައިސް އަހަންނަށްވެސް އޭނަ ދެކެ ލޯބި ވެވުނީ… އޭނަ އަހަރެންގެ ހިތް އަތުލީ… ދެން އެއްދުވަހު މި ލިބުނީ އޭނަގެ ސިޓީއެއް! އޭގަ އޮތީ އޭނަ އަހަރެން ދެކެ ލޯބިވާ ވަރާއި އޭނަ އަހަންނަށްޓަކައި ކުރި ދިގު އިންތިޒާރު! އޭނަ ލިޔެފައި ހުރި ފޮނި ފޮނި ބަސްތަށް ހަމަ ރަނގަޅަށްވެސް އަހަރެން ރޮއްވާލި! އެދުވަހު ރައްޓެހިވީ… ކިޔަވައި ނިމުނުހާ އަވަހަކަށް އިންނަން ތިބީވެސް! އޭރު އަހަންނަށް އޭނައާ ނުލާ ނޫޅެވޭ ވަރަށް ލޯބިވެވުން… އޭނައާ ނުލާ އުޅެން ހިތަށް ގެނުވިޔަސް އަހަރެން އެހާ ބިރުގަނޭ! ކިޔަވައި ނިމުނީމަ އަވަހަށް ކައިވެނީގެ ކަންތަކާއި އުޅުނީ… އަހަރެން އަދިވެސް ހަނދާން އެބަހުރި އޭނަ އަހަންނާއި ދިމާލަށް ބުނެފަ ދިޔަ އެއްޗިސް! އޭނަ އެދުވަހު އަހަންނަށް ގުޅާފަ ބުނީ ސޮރީއޭ… އިނގެޔޭ މާލަހުންކަން މިހެން މިބުނެވުނީ… އައި ޑޯންޓް ވޯންޓް ޔޫ އޭ! އަހަރެން އޭނަ ގާތު ވަރަށް އެހިން ކިހިނެއްހޭ ވީ… ވީ ކަންތަށް ބުނާށޭ.. ބުނީމަވެސް ނުބުނޭ… އެންމެ ފަހުން އޭނަ ބުނީ ތީ އޭނަގެ ހަޔާތުން ކަނޑާ ބޮނޑިކޮށް އެއްލާލާފައިވާ ސަފުހާއެކޯ!” މިހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ރީމްއަށް ގިސްލެވެނީއެވެ.

ރީމް ރޯ ތަން ފެނި ޔޫޝައުގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. ޔޫޝައުގެ އަތުގައި އެބާރު އޮތްނަމަ އެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓިޔަ ނުދޭނެކަން ކަށަވަރެވެ. އެ އަތު ތެރޭ އަބަދުމެ އަބަދަށް ރައްކާތެރިކަން މަތީ ގެންގުޅޭނެކަންވެސް ކަށަވަރެވެ. ރީމްއަށް ދިމާވާ ކޮންމެ އުނދަގުލެއްގެ ބަދަލު ޔޫޝައުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފާތަށް ރީމްއަށް ދޭން ޔޫޝައު ފަސްނުޖެހޭނެކަންވެސް އެއީ ކަށަވަރެވެ. ޔޫޝައުގެ އަތުގައި އެބާރު އޮތްނަމަ ރީމްގެ ދިރިއުޅުމަށް ކޮންމެ ފަހަރަކު ބަހާރު މޫސުން ގެނެސްދޭނެކަން އެއީ ކަށަވަރެވެ. އިތުރަށް އެމައުސޫމު މޫނަށް ބަލަން ނީނދެ ޔޫޝައު ގޮސް ރީމްގެ ކުރިމަތީ ކުޑަކަކޫ ޖަހާފައި އިށީންދެލިއެވެ.

“ރީމް…” ޔޫޝައު ވަރަށް ލޯބިން ރީމްއަށް ގޮވައިލިއެވެ. “އަހަރެން ދާނިޝްގެ ބަދަލު ހުރިނަމަ އޮޅިގެންވެސް ރީމް ދޫކޮށްފައެއް ނުދާނަން! އަޅެ ރީމް ބުނެބަލަ… ކޮން މޮޔައެއްތަ އަތުގަ ޖަވާހިރެއް އޮއްވާ ރަނާއި ރިއްސާ ފަހަތުން ދުވާނީ؟” ރީމްގެ މޫނަށް ބަލަން އިނދެ ޔޫޝައު އެހިއެވެ. ރީމް އޭރުވެސް އިނީ އިސްޖަހައިގެން ރޯށެވެ. ޔޫޝައު ރީމްގެ ދަތްދޮޅީގައި ހިފައި ރީމްގެ އިސްއުފުލުވިއެވެ. އަދި ރީމްގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލަދިނެވެ. ވަގުތުން ރީމް ޔޫޝައުގެ އަތް ފޮޅާލިއެވެ.

“ނޫން ޔޫޝައު ނޫން! ޑޯންޓް ގިވް މީ ފޯލްސް ހޯޕް! ޕްލީސް!” ރީމް އިން ތަނުން ތެދުވެ އަނެއްފަޅިއަށް އެނބުރެމުން ބުނެލިއެވެ.

“ކޮން ފޯލްސް ހޯޕްއެއް؟” ޔޫޝައުވެސް ކޮޅަށް ތެދުވަމުން އެހިއެވެ.

“ޕްލީސް… ދެން ނޭނގޭ ކަމަށް ނަހަދާ! މިހިތަކު ދެވަނަ ބްރޭކްޑައުން އަކަށް ދާވަރުގެ ކުޅަދާނަ ކަމެއް ނެތް!” ރީމް ބުންޏެވެ.

“ކީކޭތަ ތި ކިޔަނީ؟ ސާފުކޮށް ބުނެބަލަ!” ރީމް ކުރިމައްޗަށް އަރަމުން ޔޫޝައު އެހިއެވެ.

“އޯކޭ! މި އަހަނީ ސާފުކޮށް! ޔޫޝައު ބޭނުމީ އަހަރެން ލަމްނާގެ ކިބައިން ސަލާމަތް ކުރަން… ދޯ؟” ރީމް އެހުމުން ޔޫޝައު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

“ހަމައެކަނި ސަލާމަތް ކުރީމަ ނިމުނީ…ދޯ؟” އަނެއްކާވެސް ރީމް އެހުމުން ޔޫޝައު ބޯޖަހައިލިއެވެ.

“އިތުރުއެއްވެސް ކަމެއް؟” މިފަހަރު ޔޫޝައު ދެފަރާތަށް ބޯހޫރުވާލިއެވެ. ރީމް ދާން ހިނގައިގަތުމުން ޔޫޝައު ރީމްގެ އަތުގައި ހިފޭއްޓިއެވެ.

“ކީއްވެ ތިހުރިހާ ސުވާލުތަކެއް ކުރީ؟” ޔޫޝައު އެހިއެވެ.

“ޔޫޝައު ކީއްވެތަ ތިހާ ރަނގަޅީ؟ އަހަރެން މީ ޔޫޝައު ކާކަށް ވެގެންތަ ޔޫޝައު ކޮންމެހެން އަހަރެން ސަލާމަތް ކުރަން ތިއުޅެނީ؟ ހަމަ ޔޫޝައުއަށް ލަމްނާ ދޫކޮށްލެވިދާނެ ދޯ ކޮންމެހެން އަހަރެން ސަލާމަތް ނުކުރިޔަސް! އަހަންނަށް ގޮތެއްވިޔަސް އަސްލު ޔޫޝައުއަށް ކޮންކަ-” ރީމްއަށް ހުއްޓަން މަޖުބޫރުވީ ޔޫޝައު ރީމްގެ އަނގަމަތީ އަތްއެޅުމުންނެވެ.

“ދެން މީގެ ފަހުން ތިހެން ވިސްނައިގެންވެސް ނުވާނެ!” ޔޫޝައު ބުންޏެވެ. ރީމް ފަހަތަށް ޖެހިގަތެވެ. ޔޫޝައުއަށް އެއްވެސް ސަމާލުކަމެއް ނުދީ ރީމް ބީޗުން ނުކުންނަން ހިނގައިގަތެވެ. އެނިކުންގޮތަށް ނުކުމެ ރީމް ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފަސްފަހަތުން ޔޫޝައުވެސް ސައިކަލުގައި ރީމްއާއި އެއްވަރުކުރަން ނައްޓައިލިއެވެ.

“އޭ ރީމް… ކިހިނެއްވެފަތަ؟” ރީމްއާއި އެއްވަރުކޮށްފައި ޔޫޝައު އެހިއެވެ. ރީމް އޭނާގެ ފަޔަށް ލެވުނުހައި ބާރެއްލައިފައި ހިނގުން އަވަސް ކޮށްލިއެވެ. ރީމް ޔޫޝައު ބުނާއެއްޗެއް އަޑުނާހާނެކަން އެނގޭތީ އެންމެ ފަހުން ސައިކަލު ރީމް ކުރިމައްޗަށް ހުއްޓިއެވެ. ރީމް ދިޔައީ ސިއްސައިގެންނެވެ.

“ފަހަތަށް އަރާ!” ރުންކުރު ގޮތަކަށް ޔޫޝައު ބުންޏެވެ. ހަދާނެ އިތުރުގޮތެއް ނެތުމުން ކިޔަމަންތެރިކަމާއި އެކު ރީމް ސައިކަލު ފަހަތަށް އެރިއެވެ. ގެއަށް ދެވެންދެން އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނެވެ. ގޭކުރިމައްޗަށް ސައިކަލު ހުއްޓުމާއި އެކު ރީމް އަވަސްވެގަތީ ގެއަށް ވަނުމަށެވެ. ދިޔަގޮތަށް ގޮސް ގޭތެރެއަށް ވަންއިރު ސިޓިންގ ރޫމުގައި ހުދާއާއި ޒިއުނީއާއި އައިނާމެން ތިއްބެވެ. އެމީހުންނާއި ދިމާލަށް ބަލައިލާފައި އެއްވެސް އެއްޗެކޭ ނުބުނެ ރީމް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

“ގަހު ކުރިއަށް އަރާ ދޯ އެ އިންނެވީ؟” ޒިއުނީ މަޖަލަކަށް ބުނެލިއެވެ. އިރުކޮޅެއް ފަހުން ޔޫޝައު އައިސް ގޭތެރެއަށް ވަނުމުން ޒިއުނީ ވަރަށް ބާރަށް ކަރުކެހިލިއެވެ. މިކަމުގައި އައިނާއާއި ހުދާވެސް ބައިވެރިވިއެވެ.

“ސައިކަލު ބުރު ޖަހަން ގޮއްސަ ދޯ!” ހުދާ އެހިއެވެ.

“ފިހާރައަށް ގޮއްސަ މިއައީ!” ޔޫޝައު ހުދާ ބުނި ރާގަށް ބުނެލިއެވެ.

“އެހެންތަ؟ ކޮބާ ގަން އެއްޗިސް؟” ހުދާ އެހިއެވެ.

“އެބުނާހެން… މި އަންނަނީ!” މިހެން ބުނެ ޔޫޝައު ފަހަތަށް އެނބުރިލައި އެނދޯލި މަތި ބަލައިލިއިރު ކޮތަޅުތަކެއް ނެތެވެ. ދެވަނަ ފަހަރަށް އެތަނަށް ނަޒަރު ހިންގާލިއިރުވެސް ކޮތަޅުފެންނާކަށް ނެތެވެ.

“ޔޫޝައު ހޯދާ އެއްޗިސް އެބަހުރި ބަދިގެތެރޭ!” ލާނެތް ފާޑަކަށް އައިނާ ބުނެލިއެވެ.

“އެހެންތަ؟” ބަދިގެއަށް ވީފަޅިއަށް ބޯދިއްކޮށްލަމުން ޔޫޝައު އެހިއެވެ.

“ހުމް… ދެން ފިހާރަ މިހާ ކައިރީ އިންނަ އިރު ދެން ކާކު ސައިކަލުގަ ދާނީ!” ޒިއުނީ ބުނެލިއެވެ.

“އޭ! ރީމްއަށް ކިހިނެއް ވީ؟” އައިނާ އަހައިލިއެވެ. ޔޫޝައު ރީމް އުޅޭ ކޮޓަރިއަށް ބަލައިލިއެވެ.

“ދޮންތާ… އައިސްބަލަ!” މިހެން ބުނެ ޔޫޝައު އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.

“ސުބުހާނަﷲ! ޔަގީނޭ މިދެމީހުން ފައިޓު ކޮށްގެންކަން އެއައީ! ކޯޓަށް ހާޒިރުވާ ގަޑި ޖެހުނީ!” ވިޝް މީ ލަކް!” މަޖާ ފާޑަކަށް މިހެން ބުނެފައި އައިނާ ޔޫޝައުގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

“އެކްސްކިއުޒް މީ؟” ޔޫޝައު ކޮޓަރީ ދޮރުމަތީ ހުރެ އައިނާ ރަސްމީ ފާޑަކަށް ބުނެލިއެވެ.

“ވަންނަވާ ވަންނަވާ!” ޔޫޝައު އޭނާގެ ކޮޓަރީގައި އިން މޭޒުކައިރީގައި އިން ގޮނޑީގެ ފުރަގަހުން އިށީންނަމުން ބުނެލިއެވެ. އައިނާ ގޮސް ޔޫޝައުގެ ކުރިމައްޗަށް ވާގޮތަށް ސޯފާގައި އިށީންދެލިއެވެ.

“ކޯޓަށް ހާޒިރުވާން ޖެހޭ ބާކީ މީހުން ކޮބާތޯ؟” އައިނާ މަޖާލަކަށް ބުނެލިއެވެ.

“ޕްލީސް ދޮންތާ! މިގަޑިއަކު ނޫން!” ޔޫޝައު ބުނެލިއެވެ.

“އޯކޭ!” ސޯފާގައި ހަމަޖެހިލަމުން އައިނާ ބުންޏެވެ. “ކިހިނެއް ވީ؟’

“މި ރީމް… ނޭނގެ ވީގޮތެއްވެސް! އަހަރެން އޭނަ ރުޅި އަންނަ ވަރުގެ އެއްޗެކޭ ނުވެސް ބުނަން! ރުޅި އައިސްގެން އައިއްސި ގެއަށް! އަދި އަހަރެން ގާތު ހުރެގެން އަހަނީ ފާޑެއްގެ ސުވާލު ތަކެއް! އޭނަ ލަމްނާގެ ކިބައިން ސަލާމަތް ކުރީމަ އެނިމުނީ ހޯ! ދެން އިތުރު އެއްވެސް ކަމެއް ނެތްހޯ؟ އާން! އަދި ބުނި ފޯލްސް ހޯޕްވެސް ނުދޭށޯ! ދެވަނަ ބްރޭކްޑައުން އަކަށް ދާވަރުގެ ކުޅަދާނަ ކަމެއް ނެތޯކިޔައިގެން ކި! ދެން ނޭނގެ!” ޔޫޝައު ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

“ރީމް ލަމްނާގެ ކިބައިން ސަލާމަތް ކުރާށޭ؟” އައިނާއަށް އަޅައިގަތީ މި ޖުމުލައެވެ. ބުނެވުނެ އެއްޗެއް ޔޫޝައުއަށްވެސް ދެނެގަނެވުނީ ދެނެވެ.

“މި ބުނީ-” ޔޫޝައު ވާހަކަ ބަދަކުކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް ނާކާމިޔާބުވީ އައިނާ ވާހަކަ ދައްކަން ފެށުމުންނެވެ.

“ދޮންތައަށް ހީވެސްވިޔޭ! އެދުވަހު ކުއްލިއަކަށް އައިސް ދެމީހުން ދެމީހުންނަށް ޗާންސެއް ދިނީއޭ ކިޔައިގެން ކީ ލަމްނާ ޔޫޝައުއަށް ބިރު ދައްކައިގެން ދޯ؟” އައިނާ ހައިރާންވެ އިނދެ އަހައިލިއެވެ. ޔޫޝައު އެއްވެސް އެއްޗެކޭ ނުބުނެއެވެ. “ޔޫޝައު! ދޮގު ނަހަދާ ތެދައް ބުނާތި! ދެން ކޮންމެހެން އެޔެށް ފޮރުވަން އުޅޭނެކަމެއް ނެތް! ތެދައް ބުނޭ!’

“އާން! ލަމްނާ ބިރު ދެއްކީ! ބުނީ ތިމަންނައާއި ނީންދެފިއްޔާ ރީމްއަށް ގެއްލުމެއް ދޭނަމޯ! އަހަރެން އެވަގުތު ހާދަ ބިރެއް ގަތޭ! ދޮންތައަށް ވެސް ފެނުން ދޯ އޭނަ އުޅުނު ވައްތަރު! އަތުގަ ވަޅިއަޅުވަން ވެގެންނެންނު އުޅުނީވެސް! ދެން ދޮންތަ ބުނެބަލަ! އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން ފަސްނުޖެހޭ މީހަކު އެހެން މީހަކަށް ގެއްލުމެއް ދޭން ފަސްޖެހޭނެތަ؟ ދޮންތައަށް އިނގޭތަ؟ އެއްދުވަހު ރީމް އައެންނު ފައިގަ ބޭސްގަނޑެއް އޮޅައިގެން ދޯ؟ އެއީ ލަމްނާ އަތުން ވެއްޓުނު ތަށިން އޭނަ ފަޔަށް ހެރުނު ބިއްލޫރި ކޮޅެއް! އެންމެ ފަހުން ދުވަހު ލަމްނާ މެންގެއަށް ގޮއްސަ އައި ދުވަހު މި އެނގުނީ އެންމެ ކުރީކޮޅުން ފެށިގެން މި ލަމްނާ ހުންނަނީ ރީމްއާ ޖައްސާލާފަކަން! އަހަރެން މިހާރު ގަބޫލުކުރަނީ އެދުވަހު ތަށި ވެއްޓުނީކީއެއް ނޫނޭ! ލަމްނާ ހަމަ ގަސްތުގަ ތަށި ވައްޓާލީއޭ!” ޔޫޝައު ވާހަކަދެއްކީ ވަރަށް ރުޅިއައިސްފައި ހުރެއެވެ.

“ދެން… ރީމްއަށް އެނގޭތަ މިކަން؟” އައިނާ އެހިއެވެ.

“އާން! އެދުވަހު އަހަރެން ގެއަށް އައިއްސަ ފަހުން ވަޅުބުރިތަށް ޖަހާފަ ހުރި ދިމާލަށް ދިޔައީ… އެތާ އިންދާ ރީމްއައިސް އަހަރެން ކޮނޑުގަ ކޮއްޓާލީމަ މި އެނގުނީ ރީމްވެސް އައިކަން! އޭނައަށް ވަގުތުން އެނގިއްޖެ ކޮންމެވެސް ނުބައެއް އުޅޭކަން! އެވަގުތު އަހަރެން ބެލީ އަވަހަށް އެވާހަކަ ނުފަށާ އެތަނުން ދެވޭތޯ! އެދުވަހު ގެއަށް އައިއްސަ އަހަރެން ވަރަށް ވިސްނިން އެކަމާ… އަހަރެން ހިތަށް އެރި… އަހަރެން ދިރިހުރިހާ ހިނދަކު ރީމްއަށް އެންމެ ގެއްލުމެއްވެސް ވިޔަކަ ނުދޭނަމޭ! އެ ލަމްނާއަކީ ކާކު؟ އެހެންމަ ދޮންތަ އަހަންނަށް ދިން ނަމްބަރުން އަހަރެން އޭނައަށް މެސެޖު ކޮށްލީ ބޭރަށް އައިސްބަލާށޭ ކިޔާފަ! އެރޭ އަހަރެން ރީމް ގާތު އެހުރިހާ ވާހަކައެއް ކިޔައިދިނިން! ދެން އެރޭ ގެއަށް އައި އިރު ތެމުނެންނު… އެއީ ފަހުން ބޭރަށް ނުކުތް ތަނާ ވާރޭ އޮއްސައިގަތީމަ ވީ ގޮތެކޭ!” ޔޫޝައު ކިޔައިދިން ވާހަކަ ތަކުގެ ފަހުބައި ކިޔައިދިނުމުން އައިނާއަށް ހެވެން ފެށުނެވެ.

“ހަހަހަ… އެންމެ ފަހުން ތެދު ނުކުމެއްޖެ ދޯ!” އައިނާ ހެމުން ވާހަކަ ދެއްކިއެވެ.

“ކޮންތެދެއް؟” ޔޫޝައު އެހިއެވެ.

“އެރޭ… އެރޭ ވާރެ ތެމެން ދިޔައީ..” އައިނާއަށް ހެވޭ ވަރުން ވާހަކަވެސް ނުދެއްކެއެވެ.

“ދެން ދޮންތާ! މިހާ ސީރިއަސް ވާހަކައެއް ދައްކާއިރު ތި ފެށީ ކޮންވާހަކައެއް؟” ޔޫޝައު ހިތްހަމަ ނުޖެހި އިނދެ ބުންޏެވެ.

“އަޅޭ… ސޮރީ… ދެން ނުކިޔާނަން!” އައިނާ ބުންޏެވެ. “ދެން އެހެންމަ ލަމްނާއާ އިންނަނީތަ ހަމަ؟” އައިނާ އެހިއެވެ.

“ނޭނގެ!” ކޮޅަށް ތެދުވެ ކުޑަދޮރުން ބޭރު ބަލަމުން ޔޫޝައު ބުނެލިއެވެ. “ލަމްނާއާއި ނާއިފްއާ ކަމެއް އޮތްކަން އެނގޭ ދުވަހު އަހަރެން އޭނަ ދޫކޮށްފަ ދާނަން!”

“ދެން އޭނަ ބްލެކް މެއިލް ކުރަންޏާ ޕޮލިހަށް އަންގަބަލަ!” އައިނާ ބުންޏެވެ.

“ތިކަންވެސް ކުރަންވީއޭ! އެކަމު ހައްތާވެސް އެ ބިރު އޮންނާތީއޭ! އަނެއްކާ ލަމްނާ މިއަދު ގުޅާފަ ބުނެފި ދަތުރު ދާން ހަމަޖައްސާށޯ!” ޔޫޝައު ބުންޏެވެ.

“އެކީއްކުރަން!” އައިނާ އެހިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ޔޫޝައު ކޮނޑުއަރުވައިލިއެވެ. “ޔަގީން ކޮންމެވެސް ކަމެއް ކުރަން އުޅެނީ! ނާއިފް ގެންދަންވާނެ ކޮންމެހެނެއް ހަދާފަވެސް!”

“އާން! ބުނާނަން އޭނަ ގާތު ދާން! އޭރަށް އެދުވަހު ކަމެއް ފަޅާއެރިޔަސް އެކަމަށް ޝުކުރު!” ޔޫޝައު ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.

“ހުމްމް… ދެން ތި ރީމް ކީއްވެޔޯ މިއަދު ރުޅި އައިސްގެން އެ އުޅެނީ؟” އައިނާ އެހިއެވެ.

“ތިއެންނު ނޭނގެނީ!” އަނެއްކާވެސް އައިސް ގޮނޑީގައި އިށީންނަމުން ޔޫޝައު ބުންޏެވެ.

“ސުވާލެއް އަހަންތަ؟” އައިނާ އެހިއެވެ.

“ހުމްމް… އަހާބަލަ!” ގޮނޑީގައި ހަމަޖެހިލަމުން ޔޫޝައު ބުންޏެވެ.

“ރުޅި ނާންނައްޗޭ އިނގޭ! ދޮންތައަށް އިނގޭ ރީމްގެ ބަދަލު އެހެން ކުއްޖެއް ހުރިނަމަވެސް ޔޫޝައު އެކުއްޖަ ސަލާމަތް ކުރަން ބޭނުންވާނެ ކަން! ޑޫ ޔޫ ހޭވް ފީލިންގސް ފޯ ހާރ؟” އައިނާ އެހިއެވެ.

21 ވަނަ ބައި

“ރުޅި ނާންނައްޗޭ އިނގޭ! ދޮންތައަށް އިނގޭ ރީމްގެ ބަދަލު އެހެން ކުއްޖެއް ހުރިނަމަވެސް ޔޫޝައު އެކުއްޖަ ސަލާމަތް ކުރަން ބޭނުންވާނެ ކަން! ޑޫ ޔޫ ހޭވް ފީލިންގސް ފޯ ހާރ؟” އައިނާ އެހިއެވެ. ޔޫޝައުގެ ދެލޯ ބޮޑުވެ ނިއްކުރި މައްޗަށް ރޫތަށް ގިނަވެގެން ދިޔައެވެ.

“ހަހަހަ… ދޮންތަވެސް ދޯ! ދައްކާ ވާހަކަ!” ވަރަށް ނޫން ކަމަށް ހަދައިފައި ޔޫޝައު ބުނެލިއެވެ.

“ޔޫޝައު! ހަމަ ވަރަށް ސީރިއަސްކޮށް މި އަހަނީ!” އައިނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

“ޔެސް! ޔެސް އައި ލަވް ހާރ! އައި ލަވް ހާރ ވިތް އޯލް މައި ހާޓް! ނޭނގެ ރީމް ދެކެ ލޯބިވެވުނު އިރުވެސް! ލޯބިވެވުން ކަން ރިއަލައިޒްވީ މާ ފަހުން! ރީމްގެ ބަދަލު އެހެން ކުއްޖެއް ހުރިނަމަވެސް އެކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރީމުސް! އެކަމު… ނޭނގެ ބުނެދޭކަށްވެސް! ރީމް… ރީމް ފެންނައިރަށް އަހަންނަށް އެއޮށްވާ ގޮތެއް! ހެހެ… އަހަރެން ބޭނުމީ ރީމް އަބަދުވެސް އަހަރެންގެ އަތުތެރޭ ސަލާމަތްކަންމަތީ ބަހައްޓަން! އަހަރެން ބޭނުން ރީމްއަށް އަޅާލަން… އޭނައަށް ނުލިބުނު ލޯބި ދޭން ބޭނުން! އަބަދުވެސް! އަބަދުވެސް އޭނަ އުފަލުގަ ބަހައްޓަން ބޭނުން! ދޮންތާ… ހަމަ ހުވާ މިބުނީ ދުވަހަކުވެސް… ދުވަހަކުވެސް މިކަހަލަ ގޮތަކަށް އިހްސާސް ކޮށްފައެއް ނުވާނެ! އައި ރިއަލީ ރިއަލީ ލަވް ހާރ އަ ލޮޓު!” ޔޫޝައު އޭނާގެ ހިތުގެ އިހުސާސްތަށް ބަންޑުން ކޮށްލީ އޭނާގެ މޭމަތީ އަތް އަޅައިގެން ހުރެއެވެ.

“އޯއެމްޖީ! ކޮންގަރެޖުލޭޝަންސް! ޔޫ އާރ އިން ލަވް ވިތް ރީމް!” އައިނާގެ އުފަލުގެ ކޮޅެއް ނެތެވެ. މިހެން ކިޔަމުން ކިޔަމުން އައިނާ މުޅި ކޮޓަރިތެރެ ކުޑަ ކުރަނީއެވެ. ޔޫޝައު އޭނަގެ ދޮންތައާއި ދިމާލަށް ބަލަން ހުރީ ހެވިފައެވެ.

“ޔޫޝައު… ތެދައް ބުނަންޏާ ދޮންތަ ވަރަށް ވަރަށް ވަރަށް އުފާވެއްޖެ! ވަރަށް ބޮޑަށް! ނޭނގެ ކީއްވެކަމެއް! އެކަމު ދިސް އިސް ވަން އޮފް ދި މޯސްޓް ހެޕިއަސްޓް ޑޭ އޮފް މައި ލައިފް!” އައިނާ ފުމެމުން ހުރެ ބުނެލިއެވެ.

“ހެހެ… ދޮންތަބެ ޕްރޮޕޯޒް ކުރި އިރުވެސް ތިހާ އުފަލެއް ނުވޭ؟” ޔޫޝައު ލާނެތް ފާޑަކަށް އަހައިލިއެވެ.

“ހުމްމް… އެއްކަލަ!” އައިނާ އަނެއްކާވެސް ސޯފާގައި އިށީންނަމުން ބުންޏެވެ. “ރީމް ގާތު ބުނެދެންވިތަ؟” އައިނާ އެހިއެވެ.

“ނޫން! ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ބުނާނީ… އެހާ ރަނގަޅެއް ނުވާނެ މިހާރު ބުނެގެނެއް! އަނެއްކާ އަދި ނުވެސް އެނގޭ ރީމް އަހަރެންނާއި ދޭތެރޭ އަހަރެން އޭނަ މި ދެކޭ ނަޒަރުން ދެކެހެނެއްވެސް!” ޔޫޝައު ބުނެލިއެވެ.

“އޯކޭ… ހަމަ ޔޫޝައު ބޭނުންވާ ގޮތެއް! އެކަމު ބުނީމަ ދޯ އެނގޭނީ” އައިނާ ބުނެލިއެވެ. ޔޫޝައު ބޯޖަހައިލިއެވެ.

“ދޮންތާ… ކަމެއް ކޮށްދެވިދާނެތަ؟ ރީމް ރުޅި އައިސްއިން ސަބަބު ހޯދަބަލަ! ބުނޭ އަހަރެން ބުނެގެނޭ އައީ… ދެން އަހަރެން އަމިއްލައަށް ނައީ ކީއްވެހޭ އަހަފިއްޔާ ބުނޭ އަމިއްލައަކަންނު ހޭ ވާހަކަ ނުދައްކަން ތިހުންނަނީ!” ޔޫޝައު މަޖާ ފާޑަކަށް ބުނެލިއެވެ.

“ހެހެ… މިދަނީ!” އައިނާ މިހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“އޭ! ކޮންތާކަށް؟” އައިނާ އެކޮޓަރިން ނުކުތް ތަން ފެނުމުން ޒިއުނީ އަހައިލިއެވެ.

“އަނެއްކޯޓަށް ހާޒިރުވާން މިދަނީ! އާދެ އަހަންނާއި އެއްކޮށް!” ރީމްގެ ކޮޓަރި ކުރިމަތީ މަޑުކޮށްލަމުން އައިނާ ބުނެލިއެވެ. ވަގުތުން ދެމީހުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ދޮރު ކުރިމަތީ ހުއްޓުނެވެ. އައިނާ ދޮރު ހުޅުވައިލައިފައި ކޮޓަރިއަށް ވަނެވެ. އެވަގުތު ރީމް އިނީ ނޯޓު ފޮތް ހިފައިގެން ކޮންމެވެސް ކަމެއް ކުރާށެވެ. ލިބުނު ސިހުމާއި އެކު ރީމް އެ ނޯޓު ފޮތް ބާލިސް ދަށަށް ލައި ފޮރުވިއެވެ.

“އެންމެން މި ކޮޓަރިއަށް އެއްވާ ރެއެއްތަ؟” ރީމް އެހިއެވެ.

“ނޫން! ކޯޓަށް މި ހާޒިރުވީ!” ދޮރު ލައްޕަމުން ޒިއުނީ ބުނެލިއެވެ.

“ކޮން ކޯޓެއް؟” ރީމް ސުވާލުން ފުރިފައިވާ ނަޒަރަކުން ޒިއުނީއަށް ބަލައިލަމުން ބުނެލިއެވެ.

“އެހެމް އެހެމް! އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ނަމަ، ރީމް ތިހުންނެވީ ޔޫޝައު ދެކެ ކޮންމެވެސް ކަމެއް ވެގެން ރުޅިއައިއްސަ! ދެއްތޯ؟ އަޅުގަނޑުމެން މިތަނަށް އައުމުގެ މަގްސަދަކީ ރީމް ޔޫޝައު ދެކެ ރުޅި އަންނަންވީ ސަބަބެއް ހޯދަން! ޔޫޝައުގެ އެދުމުގެ މަތިން އަޅުގަނޑި މިތަނަށް މިއައީ އިނގޭތޯ!” ރީމް ކުރިމަތީ ހުއްޓެމުން އައިނާ މާތް ބަހުން ވާހަކަ ދެއްކީ ކޯޓެއްގެ “ފީލް” އެކޮޓަރިތެރޭ އުފެދޭތޯ މަސައްކަތް ކުރަމުންނެވެ.

“ދެން މިގަޑިއަކު ތި ސަކަރާތެއް ނުޖެހޭނެ!” ރީމް އެމީހުންނަށް ފުރަގަސްދެމުން ބުނެލިއެވެ.

“އާދެ! ޖަވާބު ނުލިބެނިސް އަޅުގަނޑުމެން މިތަނަކުން ނުދާން އިނގޭތޯ!” ވަކީލެއްގެ ޝަހުސިއްޔަތު ފުރިހަމައަށް އަދާކުރަމުން އައިނާ ބުނެލިއެވެ. ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ތިބި ހުދާއާއި ޒިއުނީ ތިބީ ހެވިފައެވެ.

“ޕްލީސް އައިނާ! ތިހެން ވާހަކަ ނުދައްކަބަލަ! ވެރީ އިރިޓޭޓިންގ!” ދެކަންފަތުގައި އަތްއަޅަމުން ކުޑަކުއްޖަކު ބުނާހެން ރީމް ބުނެލިއެވެ.

“އަޅުގަނޑުމެން ޖަވާބު ބޭނުން!” އައިނާ މިހެން ބުނެލީ އިތުރަށް ރީމްއަށް ޖެއްސުން ކޮށްލާށެވެ. އަތްއުކަމުން ގޮސް އެންމެ ފުރަތަމަ އަތު ޖެހުނު ބާލީސް ރީމް އައިނާއާއި ދިމާލަށް އެއްލިއެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު އައިނާވެސް ރީމްއާއި ދިމާލަށް ބާލިސް އުކަން ފެށިއެވެ. ޒިއުނީއާއި ހުދާވެސް މިކަމުގައި ބައިވެރިވިއެވެ. މުޅި މާހައުލުގައި ވަނީ ހުނުމުގެ އަޑުހިފާލާފައެވެ. އެންމެންގެ ހަރަކާތްތަށް ހުއްޓުނީ ދޮރު ހުޅުވައިފައި އެތެރެއަށް ވަން މަރިޔަމް ފެނުމުންނެވެ.

“ސާބަސް! މިއޮށް ކޮޓަރިއަކަށް ބަލާބަލަ! އަނެއްކާ މަޑަކުން ނޫނޭ ހެނީވެސް!” އުނަގަނޑުގައި އަތް ވިއްދައިލަމުން މަރިޔަމް ބުނެލިއެވެ. އެކަކު އަނެކަކުގެ މޫނަށް ބެލުން ނޫންކަމެއް އެހަތަރު އެކުވެރިން ނުކުރެއެވެ.

“ދެންވެސް ކޮޓަރި ސާފުކޮށްފަ ނިދަން އޮށޯވޭ! އަވަސް ކުރޭ! އައިރީނުއަށް ވުރެވެސް ނުބައޭ މިމީހުން! އަދިމީ ބޮޑެތިވެފަ ތިބި މީހުން!” ކުދި ކިޔަމުން މަރިޔަމް ކޮޓަރިން ނުކުތެވެ. މަރިޔަމް ނުކުތުމާއި އެކު އެންމެން ޕަކަޕަކަ ލާފައި ހީނަން ފެށީ އެމީހުންނަށް އުޅެވުން ގޮތް ހިތަށް ގެނުވަމުންނެވެ.

“އަން! ހިފާ!” ބާލިސް ރީމްއާއި ދިމާލަށް އެއްލައި ބިންމަތީގައި ހަމަޖެހިލަމުން ޒިއުނީ ބުނެލިއެވެ.

“ކޯޓުގެ ފީލް ކެނޑިއްޖެޔޭ!” އައިނާވެސް އެނދުގައި ލެގިލަމުން ބުނެލިއެވެ.

“ކޮން ކޯޓެކޭ ކިޔާކަށް! އަނެއްކާ ކާކު ބުނީ އަހަރެން މިހުރީ ޔޫޝައު ދެކެ ރުޅި އައިއްސަޔޭ؟” ރީމްވެސް ހަމަޖެހިލަމުން އެހިއެވެ.

“ބުނީމެންނު ޔޫޝައު އޭ ބުނީ!” އައިނާ ބުންޏެވެ.

“ދެން އޭނައަށް ހަމަ ނާދެވެނީތަ ތިހުރިހާ އެންމެން ފޮނުވީ؟” ތުންއަނބުރާލަމުން ރީމް ބުންޏެވެ.

“ޔޫޝައު ބުނީ ރީމް އެންނުހޯ އަމިއްލައަށް ވާހަކަ ނުދައްކަން ތި ހުންނަނީ!” އައިނާ ވަގުތުން ބުނެލިއެވެ. ރީމް އަނެއްފަޅިއަށް މޫނު އަނބުރާލިއެވެ.

“ޔޫޝައު ގާތަށް ދާން ބޭނުމިއްޔާ ދޭބަލަ! ކީއްކުރަން ކޮންމެހެން މިތާ ތި ހުންނަނީ؟” ހުދާ ބުނެލިއެވެ.

“ތީ ހުދާތަ؟” ރީމް އަހައިލީ ހުދާއަކީ އަކީ އާންމުކޮށް އެހާ ދިމާކުރާ މީހަކަށް ނުވާތީއެވެ.

“އުހުނ! އެއީ ޔޫޝައު! އެއިނީ ހުދާއަށް ވެގެން އައިސް! ދެން ރީމްވެސް ދައްކާ ވާހަކަ!” ޒިއުނީ ބުނެލިއެވެ.

“ހޫނ! ދެން ހެވޭ! އިނގިއްޖެޔޭ!” ވަރަށް ނޫންކަމަށް ހަދައިފައި ރީމް ބުނެލިއެވެ.

“ދެން ކީއްވެހޭ ޔޫޝައު ދެކެ ރުޅި އަންނަންވީ؟” އައިނާ އެހިއެވެ.

“މި ބުނީއެންނު ރުޅިއެއް ނާންނަމޭ!” ރީމް ބުނެލިއެވެ.

“ދެން ކީއްވެ ބީޗުން އައީ؟” އައިނާ އެހިއެވެ.

“އެއީ… އެއީ… ދާނިޝްގެ ވާހަކަ ދައްކަން ބޭނުން ނުވާތީ!” ރީމް ދޮގު ހެދީ އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާތީއެވެ.

“އޮހް… ސޮރީ” އައިނާ ވަގުތުން މާފަށް އެދުނެވެ.

“ނޯ… އައިނާ ސޮރީ ބުނާވަރުގެ ކަމެއް ނޫނޭ!” ރީމް ބުންޏެވެ.

“އޭ! އަނެއް ޑްރާމާ ފެށޭނެ! ހިނގާ ދާން!” ގަޑިއަށް ނަޒަރު ހިންގާލުމާ އެކު ޒިއުނީ ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވަމުން ބުނެލިއެވެ.

“އެބުނާހެން!” ހުދާވެސް ޒިއުނީއާއި ބައިވެރި ވެލިއެވެ.

“ރީމްވެސް އަންނަންވީއެންނު؟” އައިނާވެސް ތެދުވަމުން ބުނެލިއެވެ.

“މިދަނީ…” ރީމް ބުނެލިއެވެ. އެތިން މީހުން ނުކުންކަން ޔަގީން ކޮށްފައި ރީމް އެނދުމަތި ބަލައިލީ އޭނަގެ ނޯޓު ފޮތް ފެނޭތޯއެވެ. ނަމަވެސް އެނދުމަތީގައި ބޭއްވި ނޯޓު ފޮތެއް ފެންނާކަށް ނެތެވެ. ބާލިސްތަށް އުކުމުގެ ސަކަރާތުގައި ނޯޓު ފޮތް ކޮންމެވެސް ތަނަކަށް ވެއްޓުނީކަން ރީމްއަށް އެނގުނެވެ. އަވަސް ހަރަކާތްތަކާއި އެކު ރީމް ކޮޓަރިތެރެ ހޯދަން ފެށިއެވެ. މުޅި ކޮޓަރިތެރެއަށް އުކާލެވިފައިވާ ބާލިސްތަށް ނަގައި ކޮޓަރީގެ ކަންވެސް ބެލިއެވެ. ނަމަވެސް ނޯޓު ފޮތް ފެންނަ ގޮތެއް ނުވިއެވެ.

“ނޯ ނޯ ނޯ… އައި ކާންޓް ލޫސް އިޓް… ކޮންތަނެއް ނުބަލަނީ މިހާރު… އާނ! އެނދުދަށް!” އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ގޮސް ރީމް އެނދުދަށް ބެލިއެވެ. ނޯޓު ފޮތް އެނދު ދަށުގައި އޮތްތަން ފެނުމުން ރީމް ނޯޓު ފޮތް ނަގައި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ނޯޓު ފޮތުގައި ފިރުމާލައިފައި އެ ފޮތް އޭނާގެ ދަބަހަށް ލައިފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ.

އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔައިފިއެވެ. ހެނދުނު ސަޔަށް ފަހު ރީމްމެން އުޅުނީ މެންދުރު ކެއްކުމާއިގެން އަވަދިނެތިއެވެ. ސޯފާގައި އިށީންދެގެން އިން ޔޫޝައު އިނީ އައިނާ ސިޓިންގރޫމާއި ދިމާލަށް އާދޭތޯ ބަލަބަލައެވެ. މިހާރުވެސް ޔޫޝައު އިނީ ރީމް ޔޫޝައު ދެކެ ރުޅި އައި ސަބަބު އެނގެން ކެތްމަދުވެފައެވެ. އެކަހަލަ ގޮތަކަށް އިންދާ އައިނާ ކޮޓަރިއަށް ވަންނަތަން ފެނުމުން އަވަސް އަވަހަށް ގޮސް ޔޫޝައުވެސް އައިނާ ފަހަތުން ކޮޓަރިއަށް ވަނެވެ.

“ސުބުހާނަﷲ! ކޮން ބިރަކަށް ފިލަން މިތަނަށް ތިއައީ؟” ޔޫޝައު އައިސް ކޮޓަރިއަށް ވަން ގޮތް ފެނި ހެވިފައި ހުރެ އައިނާ އެހިއެވެ.

“ޕިސް! ދޮންތަ އާދޭތޯއޭ މި އިންނަނީ އެތާ! ރީމް ކީކޭ ބުނީ؟” ޔޫޝައު ކުރަން ބޭނުންވި ސުވާލު އަވަހަށް ކޮށްލިއެވެ.

“ހެހެ… ލަވްބާޑު ދޯ!” އެނދުމަތީގައި އޮތް ތުވާލި ނަގައި ކޮނޑަށް ވައްޓައިލަމުން އައިނާ ބުނެލިއެވެ.

“ޕްލީސް ދޮންތާ… އަވަހަށް ބުނެބަލަ!” ޔޫޝައު ބުންޏެވެ.

“ދާނިޝްގެ ވާހަކަ ދައްކަން ބޭނުން ނުވާތީއޯ!” އަލަމާރިން ހެނދުމެއް ނަގަމުން އައިނާ ބުނެލިއެވެ.

“ދާނިޝްގެ ވާހަކައޭ… އެހެންވެ ދޯ؟” ފާރުގައި ލެނގިލަމުން މިލާމޯޅި ވެފައިވާ އަޑަކުން ޔޫޝައު ބުނެލިއެވެ.

“ހުމްމް… ދެންވެސް އެ ދާނިޝްގެ ވާހަކަ ނުދައްކާ ހުރެބަލަ… އިނގޭންނު ރީމްއަށް ވީގޮތް!” އައިނާ އައިސް ޔޫޝައު ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ.

“އިފް ރީމް ޑަސްންޓް ލަވް މީ؟” ޔޫޝައު ވަރަށް ދެރަވެ ހުރެ ބުންޏެވެ.

“އަޅޭ… ދޮންތަގެ ލޯބިކޮޅޫ! ދެރަ ނުވޭ…” ޔޫޝައުގެ ކޮލުގައި ހިފާލަމުން އައިނާ ބުނެލިއެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް! ދުޢާ ކޮށްބަލަ… އޭރަށް އެނގިދާންނު ރީމް ޔޫޝައު ދެކެ ލޯބިވާ ކަމެއް ނޫނީ ނުވާ ކަމެއް!” އައިނާ ނަސޭހަތުގެ ދެތިން ބަސް އިއްވާލިއެވެ.

“ދުޢާވެސް ކުރިން!” އިސްޖަހައިލަމުން ޔޫޝައު ބުނެލިއެވެ.

“ޔޫޝައު… ދޮންތަ ބުނާ އެއްޗެއް އަޑުއަހާ… އެމީހެއްގެ ދުޢާ މާތް ﷲ އިޖާބަ ކުރައްވާނީ އެންމެ ރަނގަޅު ވަގުތުގަ! އެވަގުތަކީ އެކަމަށް އެންމެ ހީނުކުރާ ވަގުތަށްވެސް ވެދާނެ! އެކަމަށް އެންމެ ތައްޔާރު ނުވެ ތިބޭ ވަގުތަށްވެސް ވެދާނެ! އެކަމު ދުވަހަކުވެސް ހިތްވަރު އެލުވާ ނުލާތި… ހަނދާން ބަހައްޓާތި! ދުޢާ އަކީ މުސްލިމެއްގެ އެންމެ ބާރުގަދަ ހަތިޔާރު! އެންޑް މާތް ﷲ ރޭވުމަކީ އެންމެ މޮޅު ރޭވުން! ޔޫޝައު… އިފް ޔޫ ލަވް ރީމް… ޓްރޫލީ ލަވް ރީމް… ދެން މޭކް ދުޢާ! ދުޢާ ކުރޭ ރީމް ޔޫޝައުގެ ޙަޔާތަށް ގެނެސްދޭތޯ! އެންޑް އިންޝާﷲ! އެކަލާނގެ ޔޫޝައުގެ ދުޢާ އިޖާބަ ކުރައްވާނެ! ދުޢާ ކުރުން ހުއްޓާނުލާތި އެކަމު!” އައިނާ ޔޫޝައުއަށް ހިތްވަރު ދެމުން ދިޔައެވެ. އިސާހިތަކު ޔޫޝައުގެ މިލާ މޯޅި ވެފައިވާ މޫނަށް އުޖާލާކަން އަތުވެއްޖެއެވެ.

“ދޮންތާ! ޔޫ އާރ ދި ބެސްޓް ދޮންތަ އިން ދިސް ހޯލް ވޯލްޑް! އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް!” ޔޫޝައު އައިނާ ގައިގައި ބައްދައިލަމުން ބުނެލިއެވެ.

“ދެން ނުކުމޭ! ޔޫނުސް މެންގެއަށް ދާން ފެންވަރަން ވެއްޖެޔޭ!” އައިނާ ޔޫޝައު ކޮޓަރިން ނެރެމުން ބުނެލިއެވެ. އައިނާ ދެއްކި ވާހަކަތަކުގެ ސަބަބުން ޔޫޝައުގެ ހިތުގައި ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އުފެދިއްޖެއެވެ. ގެއްލެން ގާތް ވެފައިވާ ހިތްވަރު އާލާ ވެގެންދިޔައެވެ. އުފަލުން ހުރެ ޔޫޝައު ބަދިގެއަށް ވަނީ ރީމް ދެކިލާ ހިތުންނެވެ. ބަދިގެތެރޭގައި އެވަގުތު އެކަކުވެސް ނެތުމުން ތުންއަނބުރާލައިފައި ދާން އެނބުރުނުތަނާހެން ޔޫޝައުގެ ކަންފަތުގައި މީހަކު ނޭފަތް ދަމާ އަޑު ޖެހުނެވެ. ބަދިގެ ފަޅިން ބޭރަށް ބޯދިއްކޮލި އިރު ރީމް ފިޔާކޮށަމުން ހުރެ ރޮނީއެވެ. ޔޫޝައު ރީމް ގާތަށް ގޮސް ރީމްގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލަދިނެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ޝަހަރު ( ފަހުބައި )

Next

ވަމޭ ތިލޯބި އެދިއެދި ( ފަސްވަނަ ބައި )

Next
August 10, 2020

ވަމޭ ތިލޯބި އެދިއެދި ( ފަސްވަނަ ބައި )

Previews
August 10, 2020

ޝަހަރު ( ފަހުބައި )

10 Comments!

  1. Nafu✨ says:
    August 10, 2020 at 7:25 am

    hehrhe vr vr majaa dialogue thakeh raaya.. hehe.. masha allah.. vr vr vr interesting mi story.. wow.. konme parteh vs vr kiyaahithun kiyaalany.. vr rythi.. whn nxt? and now how many parts left? stay safe.. love you and miss u

    1. Raaya says:
      August 10, 2020 at 12:00 pm

      alheyy 🙂 thank you soo much nafu 🙂 vrh ufaa vehjje dialogue thah kamudiyaeema 🙂 miadhu submit kohlaanan 22 vana bai 🙂 dhn situn upkurihaa avahakah kiyaalan libeyne 🙂 and… i think a few more are left 🙂 you too stay safe 🙂 love you and miss you more 🙂 <3 <3

  2. Mee Alhugandhu ? says:
    August 10, 2020 at 9:11 am

    Vrh Reeth mi part vx…. Waiting 4 the next part

    1. Raaya says:
      August 10, 2020 at 12:52 pm

      thanks dear 🙂 in sha allah vrh avahah genesdheynan 🙂 <3

  3. I-sherth? says:
    August 10, 2020 at 9:14 am

    Vrh salhi ingey…Waiting for next part

    1. Raaya says:
      August 10, 2020 at 12:54 pm

      thanks I-sherth 🙂

  4. Starlight vixx says:
    August 10, 2020 at 12:49 pm

    varah reethi mi part ves curiously waiting for the next part

    1. Raaya says:
      August 10, 2020 at 1:08 pm

      thanks starlight vixx 🙂 in sha allah vrh avahah 22 vana bai genesdheynan 🙂

  5. ?Ril? says:
    August 10, 2020 at 4:51 pm

    Hii sis???
    Wow mi part ves vrh Sali??????
    Fainally yooshau is in love with reem dhw yey ?????❤️❤️❤️
    And hope dhaanish ah eynage haggu adhabu libeynekam dhw sis????
    And reem ge note fothugaa oi ehche vrh balaahie vehje ehaaforuvaagen genguleythee hehehheheheh??????????
    And aianaa haadha majaley dhw court ooo hehehehe???????
    They are so cute frnds dhw ???
    Waiting for the next ????
    Luv uuu♥️♥️♥️
    Stay safe♥️♥️♥️

  6. Raaya says:
    August 10, 2020 at 5:39 pm

    hii ril!! ril ge dhigu dhigu comment kiyaalaaf hama vrh ufaa vehjje 🙂 yaa finally dhw… hehe reem ge note foii dhw!! yeah vrh cute 🙂 in sha allah vrh avahah 22 vana bai genesdheynan 🙂 luv uu moorree stay safe ril 🙂 <3

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ- 22←


All Right Reserved!