Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު ( ފަހުބައި )

kudhoo Level 310 Stories100 Comments
August 10, 2020 5 Mins Read
9 Comments

އެމީހުނަށް މަލާއިންމެންގެ ރަށަށް ދިޔުމަށް ދެމަސްވަރު ނެގިއެވެ. އަލަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހާތިބުގެ އެކުވެރިންނާ ސުމައްޔާ ހުރީ އަޖައިބުވެފައެވެ. މިއަށް ވުރެ ކުރިން އެމީހުންނަށް އުޅެވުނު ތަނުގެ ކުޑަކަން އެމީހުންގެ ހިތައް އެރިއެވެ. ހައްޔާމުއަށްވެސް އެހާ ގިނަތަންތަނެއް ފެނިފައެއް ނުވެއެވެ. އެދަތުރުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

ހާތިބުމެން ދިޔުމުން ގަނޑުވަރުން ވަކިބަޔެއް އެމީހުން އުޅުމަށް ޚާއްސަކޮށްގެންދިނެވެ. މަލާއިންގެ އެދުމަށް ސުމައްޔާ ބެހެއްޓީ މަލާއިންގެ ގޭގައެވެ. އެންމެން ހަމަވުމުން އެރޭގެ ކެއުމުގައި ހާތިބުމެން ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިގެން ދިޔައެވެ.  އެއީ ދެހަފްތާ ފަހުންނެވެ. އެހެންކަމުން އެޚަބަރު ވީހާވެސް އަވަހަކަށް ދިނުމަށްޓަކައި ހަމަ އެރޭ ވަރުދާންގެ ދެމަފިރިން ޝާލިމްއުޅޭ ރަށަށް ދިޔައެވެ. ޝާލިމްވެސް އިތުރު ވަގުތު ހޭދަނުކޮށް އެމީހުނާއެކު ދިޔުމަށް ތައްޔާރުވިއެވެ. އަދި އޭނަގެ އަންހެން ދަރިކަބަލުން ފެނުމުން ވަރަށް އުފާވިއެވެ. އެދަރިކަބަލުން ލޮލަށް ނުދެކޭތާވެސް އެތައް އަހަރެއްވެއްޖެއެވެ. އުފަލުންގޮސް ޝާލިމްގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެއަށްވުރެ ބޮޑު އުފާވެރި އިހުސާސެއް އާސިޔާގެ މަންމައަށް ކުރަމުން ދިޔައެވެ. އާސިޔާވެސް ލޮލުންކަރުނަ އޮހޮރަނީއެވެ. ތިންމީހުނަށް ވަގުތު ދިނުމުގެ ގޮތުން ވަރުދާން ބޭރަށް ނިކުމެލިއެވެ. އެމީހުން ހަމަޖެހޭހާ ވަގުތު ދިނުމަށްފަހު ވަރުދާން އެނބުރި އެތެރެއަށް ވަނެވެ.

އޭރު އެރަށަށް ދިޔުމަށްޓަކައި ދަތުރަށް ތައްޔާރުވަނީއެވެ. އެންމެން ތައްޔާރުވެ ނިމުމުން ދަންވަރު އެރަށަށް ދިޔުމަށް އުދުއްސައިގަތެވެ. އެމީހުންގެ އިންތިޒާރުގައި މަލާއިންއާ ސުމައްޔާއާ ހާތިބުއާ އަދި އޭނާގެ އެކުވެރިން ތިއްބެވެ. އާއިލާގެ އެންމެން ހަމަވުމުން އެމީހުންތިބޭނެ ތަންދެއްކުމަށްފަހު އެރެއަށް އަލްވަދާއު ކިޔައި ނިދަންވަނެވެ.ހެނދުނު ސަޔަށްފަހު ބޮޑުކޮޓަރީގައި ބޮޑެތި އެންމެން ވާހަކަ ދައްކަން ތިއްބެވެ. އެހެންމީހުން އެމީހަކު ކުރާނެ ކަމެއް ކުރުމާއިގެން އުޅުނެވެ. ” މަލާ ކޮބާތަ ރާވިން….އަދި މިކޮޅަށް އައިފަހުން ރާވިންއެއް ނުފެނޭ..” ހާތިބު ރާވިން ނުފެންނާތީ އަހާލިއެވެ. ” އޭރު ހާތިބު ދިޔަފަހުން ވަރަށް ދުރުން އުޅެނީ…ބަހެއްވެސް ކިޔައި ނުލާ… ބައެއްފަހަރު ފެނުނީމަ ފެންނަ ކަމަކަށްވެސް ނުހަދާ… އޭގެފަހަކުން ލޮލަކަށްވެސް ނުފެނޭ…ގޭގެ މީހެއް ކައިރީ އަހާލިއަސް އެމީހުނަށްވެސް އެނގޭކަމަކަށް ނުވޭ އޭނާ އުޅޭ ތަނެއް…” މަލާއިން ބުންޏެވެ. ކައިވެންޏަށް ތައްޔާރުކުރުމުގެ ކަންތައް ރޭވެމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. ކައިވެންޏަށް އެއްހަފްތާއަށް ވުމުން މަލާއިންގެ ބައްޕައާ އެއާއިލާވެސް އައެވެ. މުޅި މާހައުލުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކައިވެނީގެ ކުރިން އެރަށުގައި މަޖާކޮށްލުމަށްޓަކައި ހާތިބު އޭނަގެ ރައްޓެހިން ގޮވައިގެން ދިޔައެވެ. އަދި އެއާއިލާގައި ހިމެނޭ އެހެން ބައެއް ފިރިހެން ކުދިންވެސް އެމީހުނާއެކު ބައިވެރިވިއެވެ.

މަލާއިންވެސް އޭނާގެ އެކުވެރިންނާ ސުމައްޔާގޮވައިގެން އުޅުނެވެ.  އެކުދިންގެ އެކުވެރިކަން ފެންނައިރު ހީވަނީ ދުވަސްވީ ރަހުމަތްތެރިންތަކެއް އެއްތާކުން ފެނިގެން އުޅެނީހެންނެވެ. މުޅިރަށްވެސް ހަލަބޮލިކޮށްލައިފިއެވެ. އެއްފަހަރާ އެހާ ގިނަމީހުންރަށަށް އައީއެވެ. ހާތިބުމެނާ މަލާއިންމެނަށްވެސް އެއްފަހަރާ ދެވުނީ މަލާއިން އާންމުކޮށް ގޮސްއުޅޭ ފެންގަނޑާ ދިމާލަށެވެ. އެތަނުން ފެންފައިބާތަން ބަލަން ތިބުމަކީ ހިތައް ހަމަޖެހުން ލިބޭ ކަމެކެވެ. އެންމެނާއެކު އުޅެމުން ދިޔަ ހައްޔާމުގެ ސިނކުޑީގައި އިރުއިރުކޮޅާ ފަވާލެވިފައިވަނީ އޭނަގެ ލޯބިވެރިޔާގެ ހަނދާންތަކެވެ. ހައްޔާމް އެމީހުނާއެކު މަޖާ ކުރުމުގެ ބަދަލުގައި ޖެހިލީ އެއްފަރާތަކަށެވެ. އޭނައަށް ނޭނގި ދެވުނީ އަންހެން ކުދިން އައި ދިމާލަށެވެ. ކުއްލިއަކަށް ހައްޔާމުގެ ލޮލުގައިއަޅައިގަތީ މަޑު ފިޔާތޮށިކުލައެއްގެ ހެދުމެއްލައިގެން ހުރި ކުއްޖެކެވެ. ބަލައިލަންވެސް ރީތި ގޮތެއްހުރި އެއަންހެން ކުއްޖާއަށް ބެލުނުގޮތަށް ހައްޔާމުއަށް ކަޅި ޖަހާލަންވެސް ނޭނގުނެވެ.

ހަމަ އެވަގުތު ފެންގަނޑާ ދިމާލަށް އައި މަލާއިންގެ އެންމެ ގާތް އެކުވެރިޔާ ޔަލްވާއަށްވެސް ވީ އެވަރެވެ. އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ފިރިހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ. މަލާއިންއަށް ޔަލްވާ ނައަންނަ ކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. ގުރޫޕު ބޮޑުކަމުން އިރުއިރުކޮޅާ ޖެހެނީ އެންމެން ހަމަތޯ ބަލާށެވެ. ބަލައިގެން ގެއްލިފައިތިބި ދެމީހުން ފެނުމުން މަލާއިންގެ ގާތަށް ހިނިއަންނަން ފެށިއެވެ. އެންމެން އެއްފަހަރާ ހޭންފެށުމުން ޔަލްވާއަށް އޭނާ ހުރި ދުނިޔެއިން ބޭރުވެވުނެވެ. ޔަލްވާގެ މުޅިމޫނު ލަދުން ރަތްވެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ހައްޔާމުގެ ހިތް އަތުން ދޫވެއްޖެއެވެ. ސިކުންތުކޮޅަކަށް ނަމަވެސް އޭނާގެ ލޯބިވެރިޔާގެ މަތިން ހަނދާން ނެތިއްޖެއެވެ. މިވަނީ ކިހިނެއްބާއެވެ. ހައްޔާމުއަށް އޭނަ ދެކެ މިވެވުނީ ހަގީގީ ލޯބި ނޫންބާއެވެ. އޭނަގެ ހިތުގައި އުފެދުނު ހައިޖާނުގެ ވާހަކަތައް އެކުވެރިންނަށް ކިޔައި ދީފިނަމަ އެމީހުން އޭނާއަށް އެތައް ޖެއްސުމެއް ކުރާނެއެވެ.

ދަމާ ބާރެއްފަދައިން ހައްޔާމުއަށް ބެލެމުން ދިޔައީ ޔަލްވާއާ ދިމާލަށެވެ. އެމީހުންފެންނަ ހިސާބުގައި ހުރި ގަހެއްގެ ދަށުގައި ހައްޔާމު އިށީދެގެން ހުއްޓެވެ. މަލާއިންއަށް ހައްޔާމު ފެނުމުން އެބައަންނަން ކަމުގައި ބުނެ ހައްޔާމު ހުރި ދިމާލަށް ދިޔައެވެ. ” ތިހެން ބަލާގެންހުއްޓަސް ތިކަމެއް ނުވާނެ… އޭނައަށް ކިޔަނީ ޔަލްވާ… ވަރަށް ރަގަޅުވާނެ..އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އެނގެން ބޭނުންވާ ކަމެއް އޮތިއްޔާ އަހަރެން ކައިރި އެހުމުން ކިޔައި ދީފާނަން..” މަލާއިންގެ ވާހަކަ ހުރިގޮތުން ހައްޔާމުއަށް ހިތުން މަލާއިންއަށް ތާރީފުކުރެވުނެވެ. ހާތިބުގެ ހޮވުން ހާދަ ފުރިހަމައޭ ހިތައް އެރިއެވެ. ހައްޔާމު މަލާއިންއަށް ހިނިތުންވުމެއް ދިނުމަށްފަހު އެތަނުން ތެދުވެ ދުރަށްދާން ހިގައިގަތެވެ.

ކޮންމެއަކަސް އޭނަގެ ރަހުމަތްތެރިންކައިރީ އެވާހަކަ ނުދައްކާ ހައްޔާމުއަކަށް ނުހުރެވުނެވެ. އެންމެފަހުންއެރޭގެ ކެއުމަށްފަހު އެގުރޫޕު ނިކުތީ މަލާއިންގޭގެ ބޭރުގައިވާ މޭޒުދޮށަށެވެ. ” އަހަރެން މިއުޅެނީ ވަރަށް އެހެންކަހަލައިގެ ކަމެއް ވެގެން..” ހައްޔާމް ބުންޏެވެ. ހައްޔާމް ބުނި އެއްޗަކުން އެންމެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. މީ އެހެންޏާ މިގޮތަށް ވާހަކަ ދައްކާ މީހެއްވެސް ނޫންވިއްޔާއެވެ. ” ތި ކިޔާ އެއްޗެއް އެނގޭ ގޮތަށް ބުނެބާ.. އޭރުނެއް ނޫން އެނގޭނީ.. އެހެންނޫނަސް ތި ސްޓައިލަކީ ހައްޔާމްއާ ގުޅޭ އެއްޗެއް ނޫން…” ހިނިގަނޑު މަތަ ކުރަމުން ރާބިލް ބުންޏެވެ. ހައްޔާމްއަށް ވެސް އޭނައަށް ކިޔުނު އެއްޗެއް އަދި ކިރިޔާ އެނގުނީއެވެ. އެބުނާހެން އޭނާއާ ނުވެސް ގުޅެއެވެ. ” އޯކޭ.. މިކޮޅުން އަހަންނަށް ކަމުދާ ކުއްޖަކު ފެނިއްޖެ… ހަމަ ފުރަތަމަ ފެނިލުމުންވެސް ކަމުގޮސްފި… ހީވަނީ އެކުއްޖާއަށްވެސް ކަމުދޭ ހެން…” ހައްޔާމް ބުނި އެއްޗަކުން އެމީހުނަށް ލިބުނީ ޝޮކެކެވެ. މިހާ ދުވަސްވަންދެން އިންސި ކުއްޖެއްދެކެ ލޯބިވެގެން ފަހަތުން ނެއްޓެން ނޭނގިގެން އުޅުނު މީހާ މިހާރު އަނެއްކާވެސް ކުއްޖަކު ކަމުގޮސްގެން ވާހަކަ ދައްކަނީއެވެ. ގަބޫލު ކުރަންވެސް ދަތިވެއްޖެއެވެ.

 

” ތީ ކިހިނެއް ވާނެ ކަމެއް…. ތިކަން ހަމަ އަހަރެމެން ގަބޫލު ކުރަން ވީތަ؟..” ޒަހުރާން ބުންޏެވެ. “އާނ!.. ގަބޫލު ކުރޭ.. އަދި މިއެނގުނީ ކުރިން އެވެވުނީ ހަގީގީ ލޯބި ނޫންކަން.. އެހެންނޫނަސް މިގޮތް މާ ރަގަޅެއް ނު… ކަލޭމެން އެންމެން ކަންތައް ބޮޑުވެގެން އުޅުނު ކަންތައް ނިންމާލީއެއްނޫ..” ހައްޔާމް ބުންޏެވެ. ހައްޔާމްގެ މޫނުމަތިން ފެންނަ ސީރިއަސްކަން އެކަމަށް ހެކިދެއެވެ. “އޯކޭ އަހަރެމެން ގަބޫލުކޮށްފިން…އެހެންވީމަ ކައިވެނި އަހަރެންނާ އެއްކޮށް ބާއްވަމާ ހިނގާ..” ދިމާ ކޮށްލުމުގެ ގޮތުން ހާތިބު ބުންޏެވެ. ” ދެން ދިމާކުރަންވީކީ އެއްނޫން..އަދި އޭނާއާ ވާހަކަ ދައްކާލަން ފުރުސަތެއްވެސް ނުލިބޭ… މަލާއިން ބުނި އެއީ މަލާއިންގެ އެންމެ ގާތް އެކުވެރިޔާއޭ…” ހައްޔާމް ކިޔައިދިނެވެ. ” އެހެންވިއްޔާ ތިކަންތައް ތިއޮތީ މާ ފަސޭހައިންވެސް ވެފައެއް ނޫ…” ވަގުތުން ދިފްރީސް ބުންޏެވެ. އެމީހުން އެތާގައި ވާހަކަ ދައްކަން ތިބިތަން ފެނުމުން މަލާއިން އެމީހުންނާއެއްކޮށް ހަތްތަށި ކޮފީ ގިރާގެން އައެވެ. މަލާއިން އެހީތެރި ވުމުގައި ސުމައްޔާ އުޅެއެވެ. ކޮފީބޮއެގެން އެންމެން ދިޔުމުން ހާތިބުއާ މަލާއިން އެކަނިވިއެވެ. ” ހައްޔާމް ބުނެފި އޭނައަށް މާ ކަމުދާ ކުއްޖަކު ފެނުނު ވާހަކަ…” ހިނިތުންވުމަކާއެކު ހާތިބު ބުންޏެވެ. ” އާނ! މިއަދު މާވަރަކަށް ޔަލްވާއަށް ބަލާ ދުވަހެއް… މަބުނިން ކުރިމަތިލާން..” ހިނިގަނޑެއް ޖަހާލަމުން މަލާއިން ބުންޏެވެ.

އޭގެ ދެދުވަސްފަހުން ހާތިބުއާ މަލާއިންގެ ކައިވެނީގެ ހަފްލާ ކުރިޔަށް ދިޔައެވެ. ކައިވެންޏަށްޓަކާ ތައްޔާރުވެގެން ހުރި މަލާއިން އެހެން ދުވަސްތަކަށް ވުރެ ރީތިހެން ހީވެއެވެ. ލާފައިވާ ހުދުކުލައިގެ ހެދުމުން މުޅި ހަށިގަނޑުވަނީ ނިވާވެފައެވެ. ހާތިބުގެ އެދުމަށް ބުރުގާވެސް އެޅީއެވެ. މިހާރު ފެންނަނީ ހަމައެކަނި މަލާއިންގެ ދޮންމޫނެވެ. އެހެން ހުންނައިރު އިންސި ކުއްޖަކާ މަލާއިންއާ ވަކިނުވާނެއެވެ. އެއީ މަލާއިން ލިބިފައިވި ފުރިހަމަ ސިފައެކެވެ. ހާތިބުވެސް މިއުފާވެރި ހަފްލާއަށް ޚާއްސަކޮށްގެން ހުރީ ހުދުކުލައިގެ ގަމީހަކާ ކަޅުކުލައިގެ ފަޓުލޫނެއް ލާފައެވެ. އެއީ މަލާއިންގެ ވައްޓަފާޅިއާ އެންމެ ވައްތަރުކޮށް ހެދުން އެޅުމުގެ ބޭނުމުގައެވެ.

މުޅި ހަފްލާއިންވެސް މިރޭ ފެނިގެންދަނީ އެފަދަ ގޮތަކަށް ހެދުން އަޅައިގެން ތިބި މީހުނެވެ. އާއިލާގެ އެންމެން ވަކިވާނެހެން އެމީހުންތިބީ ރަތްކުލައިގެ ހެދުމުގައެވެ. މަލާއިންގެ ބައްޕަ އޭނަ ގޮވައިގެން ކައިވެނި ކުރަން ހަމަޖައްސާފައިވާ މޭޒުދޮށަށް އައެވެ. ކައިވެނީގެ ހަފްލާ ނިމި ހަފްލާއަށް އާ އެންމެނަށް ޚާއްސަކޮށްގެން ސަޔެއް އޮތެވެ.

އެބޮޑު ހަފްލާ ތެރެއިން ހައްޔާމް ހޯދަމުންދަނީ އެންމެ ފަރާތެކެވެ. އެއީ ޔަލްވާއެވެ. މީސްގަނޑުތެރެއިން ޔަލްވާ ހޯދުންވީ އުނދަގޫ ކަމަކަށެވެ. ކުއްލިއަކަށް ހައްޔާމްގެ ލޮލުގައި އަޅައިގަތީ މަޑު ރަތްކުލައިގެ ހެދުމުގައިވާ ޔަލްވާއެވެ. އެންމެންގެ ތެރެއިން ފުރޭނިގެންގޮސް ޔަލްވާ ގާތު މަޑުކޮށްލައިފިއެވެ. އަދި މަޑުމަޑުން ޔަލްވާއަށް ގޮވާލައިފިއެވެ. އަދި ޔަލްވާއާ ވާހަކައެއްދައްކާލަން ބޭނުންވާ ކަމުގައި ބުންޏެވެ. ވާހަކަ ދައްކާ ލުމަށްޓަކައި އެއަޑުހަރު މާހައުލާ ދުރަށް ދިޔުމަށްޓަކައި ދެމީހުން ހަފްލާ އޮތްތަނުން ދުރަށް ދިޔައެވެ. ” ކޮންވާހަކައެއް ތަ؟… އަވަހަށް ބުނޭ… ގިނައިރުވެއްޖެއްޔާ މަލާއަހަރެން ނުފެނިގެން ހޯދާނެ…” ޔަލްވާ ބުންޏެވެ. ” ވާހަކަ ދޯ! އަހަރެންނަށް ޔަލްވާ ވަރަށް ކަމުދޭ… ޔަލްވާ ދެކެ ލޯބިވެވިއްޖެ… ޔަލްވާ އަހަރެންގެ ލޯބި ގަބޫލު ކުރާނަންތަ؟…” ހައްޔާމް ބުންޏެވެ. ޔަލްވާއަށް ހައްޔާމްގެ މޫނުމަތިން ފެންނަމުން ދިޔައީ އޭނާއަށްޓަކައި ލޯތްބެވެ. އަނެއްކޮޅުން އޭނާއަށްވެސް ހައްޔާމު ކަމުދެއެވެ. އެހެންކަމުން ނޫނެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. ވިސްނަން ހުރެފައި ހައްޔާމްގެ ލޯތްބަށް އާނއެކޭ ބުންޏެވެ.

ހާތިބުގެ ކައިވެންޏާއެކު ހައްޔާމުއާ ޔަލްވާގެ ގުޅުންވެސް ފެށިގެން ދިޔައެވެ. ފުރުމުގެ ކުރިން ހައްޔާމް ބޭނުންވީ ޔަލްވާގެ އާއިލާއަށް އެމީހުންގެ ގުޅުން އެންގުމަށެވެ. ކައިވެނީގެ ހަފްލާ ނިމުމުގެ ކުރިން ދެމީހުން އެތަނަށް ދިޔައެވެ. އޭރު މަލާއިން ޔަލްވީ ނުފެނިގެން ހޯދަނީއެވެ. ” ކޮންތާކުން ތިއައީ…” ކަންބޮޑުވެފައިވާ ރާގެއްގައި މަލާއިން އަހާލއެވެ. މަލާއިންގެ މިއޮތް އުފާވެރި ރޭ އިތުރު އުފާވެރިކަމެއް ގެނެސް ދިނުމަށް ފަހަތް އެވާހަކަ ނުބާއްވާ މިވަގުތު ބުނަން ޔަލްވާ ނިންމިއެވެ. ” މިއައީ ހައްޔާމުއާއެކު ބޭރުގައި މަޑު ކޮށްފައި… ހައްޔާމު ބޭޏުންވަނީ އަހަރެންނާ ގުޅެން…” ފުޅާ ހިނިތުން ވުމަކާއެކު ޔަލްވާ ބުންޏެވެ. ދެމީހުންގެ ގުޅުމަށް މަލާއިން މަރުހަބާ ކިޔެވެ.

ހަފްލާ ނިމި ގެއަށް އެންމެން ދިޔުމުގެ ކުރިން ޔަލްވާގެ މައިންބަފައިންނާ ހައްޔާމު ބައްދަލު ކުރިއެވެ. އަދި އެމީހުންގެ ގުޅުމުގެ ވާހަކަ ދެއްކިއެވެ. ހައްޔާމްއަކީ ގޯސް ކުއްޖެއް ނޫންކަން އެމީހުނަށްވެސް ވަނީ ފެނިފައެވެ. އެހެންކަމުން އެގުޅުމަށް އެމީހުން ނޫނެކޭ ނުބުނެއެވެ. އެމީހުންވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރުމަށެވެ. އެހެންކަމުން ހައްޔާމު ރަށަށް ގޮސްފައި އާއިލާ ގޮވައިގެން ކައިވެންޏަށް އެނބުރި އަންނާނެ ކަމުގައި ބުންޏެވެ. ކައިވެނިކޮށް ނިމުނު ޖޯޑު ބޭނުންވީ އެމީހުންގެ ކައިވެންޏަށް ފަހު ތަންތަން ބަލާލަން ދިޔުމަށެވެ. ނަމަވެސް އުޅެން ހަމަޖެއްސީ މަލާއިންގެ ގޭގައެވެ. ކައިވެނީގެ ހުރިހާކަމެއް ނިމިމުން ހާތިބުގެ އެކުވެރިން އެނބުރި ރަށަށް ދިޔުމަށްޓަކައި ފުރިއެވެ. ހާތިބުގެ އާއިލާ ބޭނުންވީ ޝާލިމްގެ ރަށުގައި ދުވަސްކޮޅަކަށް މަޑުކޮށްލާށެވެ. ހާތިބުވެސް މަލާއިން ގޮވައިގެން ދިޔައީ އެރަށުގެ ރީތިކަން ދައްކާލުމަށްޓަކައެވެ. އަމިއްލަ ރަށް ނޫން އެހެން ތަނަކަށް ނުދާ މަލާއިންއަށް އެއީ ވަރަށް ރީތި ތަންތަނަށް ވެގެން ދިޔައެވެ. އެރަށުގައި ދުވަސްތަކެއް ހޭދަކޮށްލުމަށް ފަހު އެންމެން އެނބުރި އަނެއްކާވެސް އައީ މަލާއިންގެ ރަށަށެވެ. އެއީ ހައްޔާމުގެ ކައިވެންޏަށެވެ. ހައްޔާމުގެ މައިންބަފައިންވެސް ތިބީ އޭނަ އިންސި ކުއްޖާ ދޫކޮށްލާފައި އެފެށި ދަތުރަށް ވަރަށް ބޮޑަށް އުފަލުންޏެވެ.

ކައިވެންޏަށްފަހު ހައްޔާމު އުޅެން ބޭނުންވީ އޭނާގެ ރަށުގައެވެ. އެހެންކަމުން ހާތިބުގެ އާއިލާއާ ހައްޔާމުގެ އާއިލާ އަދި އަނބިން އެރަށަށް ދިޔުމަށްޓަކައި އުދުއްސައިގަތެވެ.

( ނިމުނީ )

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ސިއްރު…

Next

ނޭނގި ވެވުނީ ލޯތްބޭ- 19، 20 & 21

Next
August 10, 2020

ނޭނގި ވެވުނީ ލޯތްބޭ- 19، 20 & 21

Previews
August 10, 2020

ސިއްރު…

9 Comments!

  1. A°I°S°H says:
    August 11, 2020 at 2:24 pm

    Hama reethi

    1. A°I°S°H says:
      August 11, 2020 at 2:26 pm

      Dhen kon irakun kudhoo ge stry eh kiyaalan libeyny ?

  2. kudhoo says:
    August 11, 2020 at 4:36 pm

    Thanks ? Insha Allah tomorrow❤️❤️?

  3. ????????♞ says:
    August 11, 2020 at 6:39 pm

    masha allah kudhu….mi vaahaka v.. reethi ….and i love ur stories ….and am looking forward to another story

    1. kudhoo says:
      August 11, 2020 at 9:01 pm

      Thanks thihthaa,????

  4. ޜެޕްމޮން says:
    August 13, 2020 at 12:12 pm

    Varah reethi … I mi story ge nikunna konme parteh kiyamun miAee.. varah adventure dhw

    1. kudhoo says:
      August 16, 2020 at 6:15 pm

      ރެފްމޮން thank you….

  5. Story lover says:
    August 16, 2020 at 12:04 pm

    I really appreciate your story shaharu. Its my one of fav story. The most fav. ?? Thanks a lot for the story. ??????

  6. kudhoo says:
    August 16, 2020 at 6:15 pm

    thank you story lover

Comments are closed.



All Right Reserved!