Skip to content
އެސްފިޔަ

އައިނާ (2) 24

ސައުވީސްވަނަބައި

ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އޮތް އައިނާ އަށް ހޭވެރިކަމެއްވީ ގޭގެ ފޯނު ރިންގް ވި އަޑަށެވެ. އެކަކުވެސް ފޯނު ނުނެގުމުން އައިނާ އޭނާގެ ކޮޓަރީގައި އިން ފޯނުން އެކޯލް ނެގިއެވެ.

***

“ހަލޯ.. އައިނާ ވާހަކަ ދައްކަނީ..” އައިނާ އެއްވެސް އަސަރެއްނެތި ބުނެލިއެވެ. އެއް ދުވަސް ތެރޭގައި އައިނާގެ އަޑައް އައިސްފައި ހުރި ބަދަލު ހިޝާން ދެނެގަތެވެ. “ހަ.. ހަލޯ.. ލަވް؟؟” ހިޝާން ޖެހިލުންވެ ހުރެ ނަމަވެސް ގޮވާލީ އޭނާ އަބަދުވެސް ލޯބިން ގޮވާލާ ނަމުންނެވެ.

“އަހަރެން ހިޝާން އަކާއި ވާހަކަ ދައްކާ ކަށް ބޭނުމެއްނޫން.. އެހެން ނޫނަސް.. އެ ނަޝްވާ އާއި އެއްކޮށް ދޭބަލަ.. އަހަރެންނަށް ވުރެ އޭނާ މާރަނގަޅެއްނު..” އައިނާގެ އަޑު ކުރެހުނެވެ.

“ޕްލީސް ލަވް.. ލިސެން.. އަހަރެންނާއި ނަޝްވާ އާއި ދެމެދު އެކަހަލަ އެއްވެސް ގުޅުމެއްނެތޭ.. ގަބޫލް ކޮށްބަލަ ލަވް.. އެގަޑިގައި ފެނުނީ ހަގީގަތެއް ނޫން.. ބިލީވް މީ ލަވް..” ހިޝާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އައި ވިޝް އެހެންވި ނަމަ.. އެކަމް.. އަހަރެންގެ ދެލޮލުންނޭ ފެނުނީ ހިޝާން އާއި ނަޝްވާ….” އައިނާ އޭނާގެ އަނގަމަތީގައި އަތް އަޅާލިއެވެ. “ބައެއް ފަހަރު ލޮލުން ފެންނަ ކަންތައް ތަކަކީ ހަގީގަތެއްނޫނޭ…..” އައިނާ ފޯނު ކަނޑާލި ވަގުތު ހިޝާން ބުނެލި ފަހު ޖުމްލަ ކަންފަތުގައި ހަރުލިއެވެ.

***

އައިނާ ފޯނު ކަނޑާލުމުން މާޔޫސް ކަމާއި އެކު ހިޝާން ކަރު އެލުވާލިއެވެ. އެވަގުތު ނަޝްވާ އާއި އެއްކޮށް ދެވުނު މޮޔަ ހިޝާން ހީވިއެވެ. ހިޝާން އަށް މިހާރު ކޮންމެވެސް ކަމެއް ހީވާން ފަށައިފިއެވެ.

ހަމަ ހުރެފައި ނަޝްވާ އެކަހަލަ ވާހަކަ ދައްކާފައި އެކަހަލަ އަމަލެއް ހިންގުމާއި އެވަގުތު އައިނާ އެތަނަށް އައުމަކީ އިއްތިފާގެއް ކަމަށް ހިޝާން ގަބޫލެއް ނުކުރެއެވެ. ނަޝްވާ އާއި ކޮންމެވެސް މީހަކު އަޑީގައި ހުރެގެން ރޭވި ކަމެއްކަން ހިޝާން އަށް މިހާރު ހީވާން ފަށައިފިއެވެ.

***

ހުރިހާ އެންމެން ކާގޭގެ މޭޒު ކައިރިއަށް ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އައި އިރުވެސް ހިޝާން ނާދެއެވެ. މިކަމާއި އެންމެ ސުވާލި އުފެދުނީ މަރިއަމް އެވެ. ހިޝާން އަކީ އާއިލީ ކަންކަމަށް ވަރަށް ފަރުވާތެރިކަން ބަހައްޓާ ކުއްޖެކެވެ. ނަމަވެސް އެކެއުމަށް ނައުމުން މަރިއަމް ކުޑަކޮށް ހައިރާން ވިއެވެ. އަނެއްކާ އެއީ އެންމެންނާއި އެއްކޮށް ހިޝާން ދެން އެގޮތަށް ބައްދަލު ވާނެ ފަހު ފަހަރެވެ. ދެން ބައްދަލުވާނީވެސް ކޮން އިރަކު ކަމެއް ނޭނގެއެވެ.

“އަޝޫ ދޭބަލަ ހިޝާންބެ އަށް ގޮވާލައިފައި އަންނަން..” ދަތް ކުނޑި ވިކާލައިފައި ނަމަވެސް މަންމަ ބުނުމުން އަޝްހާ ތެދުވިއެވެ. އެކޮޓަރީގެ ދޮރުމައްޗައް އަރައިފައި އަޝްހާ މަޑުމަޑުން ތަޅުގައި ހިފާލީ ތަޅު ހުޅުވާފައި ހުރި ކަމަކަށްވެސް ނޫނެވެ.

ނަމަވެސް ހުޅުވިފައި ހުރި ދޮރުން އެތެރެއަށް ވަދެފައި އަޝްހާ ބަލައިލީ ހިޝާން ކޮބައިތޯއެވެ. އެނދުގައި އަނެއް ފަރާތައް އޮށޯވެގެން އޮތް ހިޝާން، އަޝްހާ އަށް ފެނިފައި އެއޮތީ ނިދާފައި ނޫން ކަން އެގުނީ އޮތް ގޮތުންނެވެ.

އަޝްހާ ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކައިރިއަށް ހުއްޓިލައިފައި ހިޝާން އަށް ބަލާލިއެވެ. އަޝްހާގެ އަނގަމަތީގައިއ އަތް އަޅައިލެވުނީ ހިޝާންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައެވެ. “ހި.. ހިޝާންބޭ..” އަޝްހާގެ ހިތައް ވަގުތުން ހަމްދަރުދީ ވަނެވެ.

“އަޝޫ.. އައި ލޮސްޓް ހާ.. އައި ލޮސްޓް ހާ…” ހިޝާން އެއޮތް ގޮތައް އޮވެ ބުނެލިއެވެ. “އަހަރެންނަށް މިހާރު އޮޅިއްޖެ..” އަޝްހާ މިހެން ބުނުމުން ހިޝާން އަށް އެބުނީ ކީކޭ ކަން ވިސްނުނެވެ. “އައިނާ އަށް އެނގިފައި އޮތީ އަދި ރަނގަޅަކަށް ނޫން.. އެއީ ނަޝްވާ ޖެހި މަޅި އެއްގައި އަހަރެން ބެދިފައި.. އޭނާ އަހަރެން ގާތު އަބަދު ވެސް ބުނޭ އޭނާ އާއި ރައްޓެހި ވުމަށް.. އެކަމް އަހަރެން ގަބޫލެއް ނުވަން..

ދެން އެރޭގައި ބުނީ އޭނާ މިއުޅެނީ ފުރަން ކަމަށާއި ފަހު ފަހަރަށް ބައްދަލު ކޮށްލުމަށް ޓެރަސް އަށް ދާން.. ނަޝްވާ ކައިރިން ސަލާމަތް ވާން ބޭނުންވެފައި ހުރިވަރުން ދެވުނީ.. އޭނާ އަނެއްކާވެސް އެދުނީ އޭނާ އާއި ރައްޓެހި ވުމަށް.. އެހެން ކިޔަން ފެށުމުން އަހަރެން އުޅުނީ ދާން..

އެކަމު އޭނާ އަހަރެންގެ އަތުގައި ހިފައިފައި ކައިރިއަށް ދަމައިގަތީ.. އަހަރެން ކޮންޓްރޯލް ކުރަންވެގެން ހިފުނީ ނަޝްވާގެ ދެއަރިމަތީގައި.. އެވަގުތަކީ ހަމަ އައިނާ އަށްވެސް އާދެވުނު ވަގުތު.. ހަމަ ކުއްލިއަކަށް އައިނާ ފެނުމުން އަހަރެން ހަދާނެ ގޮތް ހުސްވި.. ނަޝްވާ ކައިރިން ސަލާމަތް ވުމުގެ ކުރިއަށް އައިނާ ހިނގައި ގެންފި.. އަޝޫ ބުނެބަ.. އަހަރެން ދެން ކިހިނެތް ހަދާނީ.. އަހަރެން ހާދަ ބޭނުމޭ އައިނާ އަށްވެސް ހަމަ މިހެން ކިޔައި ދެން.. އެކަމް..

އައިނާގެ ނަޒަރުން ބަލާނަމަ އޭނާގެ މަގާމްވެސް ރަނގަޅު.. ހުދު އަޝޫ ނަމަވެސް އަދި އަހަރެން ނަމަވެސް އެކަހަލަ މަންޒަރެއް ފެނުމުން ދެރަވާނެ.. ހިތުގައި ޖެހޭނެ.. އަޝޫ.. އައި ލަވް ހާ އަ ލޮޓް..” ހިޝާން އަޝްހާ އަށް އެހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. “އޯހް ހިޝާންބޭ.. އައިމް ސޯ ސޮރީ.. އެނަޝްވާ ހާދަ ގޯހޭ ދޯ.. އަހަރެންގެ އަނާގެ ލައިފްގަ ހުޅު ޖަހާފައި ވަކި އޭނާ އަށް ހެޔޮގޮތް ނުލިބޭނެ.. އަހަރެން ހިޝާންބެ އާއި އަނާ މީޓް ކޮށްދެވޭތޯ ބަލާނަން..” އަޝްހާ ދެރަވެފައި ބުނެލިއެވެ.

“ނޫން.. އަހަރެން ބޭނުމެއްނޫން އައިނާ އަށް އުނދަގޫ ކުރާކަށް.. އަހަރެން މިހާރު އެކަން ތަޤުދީރަށް ދޫކޮށްލައިފިން.. ތަޤުދީރުގައި އަހަރެމެން ދެމީހުން ގުޅެން އޮވެއްޖެއްޔާ ވާނެ.. މިހެން މި ދިމާވީސް އޭގެ ފަހަތުގައި ކޮންމެވެސް ހެޔޮކަމެއް ވާތީވެ.. ހެހެ.. ދެން ހިނގާ ދޯ ކާން ދަމާ..” ހިޝާން އެނދުން ތެދުވަމުން ބުނެލިއެވެ.

ހިޝާންގެ ހިތްވަރު ފެނިފައި އަޝްހާ އިނީ ތަލިން ކުޅު ހިކޭ ވަރުވެފައެވެ. އަޝްހާ ކައިގެން އަވަހަށް ގޮސް އައިނާ އަށް ގުޅާލިއެވެ. “ހަ ހަލޯ.. އަނާ..” އަޝްހާ ބުނެލިއެވެ.

“ކީކޭ އަޝޫ..؟” އައިނާ ވެސް އަހާލިއެވެ. “އަނާ.. މި.. މި.. މި” އަޝްހާ އަށް އެވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. “މި މި ބުންޏަކަސް އަހަރެންނަކަށް ނޭނގޭނެ ދޯ އަޝޫ..” އައިނާ އެކޮޅުން ބުނެލި އަޑު އިވުނެވެ.

“މި.. މި.. ހިޝާންބެ..” އަޝްހާ އަށް ބުނެވުނީ މިހާ ހިސާބަށެވެ. އައިނާ އޭނާގެ ވާހަކަ ހުއްޓުވާފއި ފެށިއެވެ. “ޕްލީސް އަޝޫ.. އައި ބެގް ޔޫ.. އޭނަގެ ވާހަކަ މިގަޑި ނުދައްކަބަ.. ދުވަހެއްގެ ކޮޅުންވެސް އަޝޫ އަކީ އަހަރެންގެ ބެސްޓް ފްރެންޑަކަށް ވަނީ ނަމަ އޭނަގެ ވާހަކަ އެއް އަހަރެން ކައިރީ ނުދައްކާތި..” އައިނާގެ ވާހަކަ އިވިފައި އަޝްހާ އެވާހަކަ ދައްކަން ފަސް ޖެހުނެވެ. އޭނާވެސް ހިޝާން ދެއްކި ވާހަކަ އަށް އެއްބަސްވެވުނެވެ.

***

ހަތަރުގަޑި ބައިވާން އުޅެނިކޮށް އެއާޕޯޓައް ވަދެގެން އައި ހިޝާން ހުރީ އިސްޖަހައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައި އޮތްއިރު ދެލޯ ހުރީ ކުޑަކޮށް ރަތްކޮށެވެ. އެރޭގައި އެންމެ ލޮލުފިޔައެއްވެސް ނުޖަހާކަން ހާމަވެއެވެ. އޭނާގެ ކުރިން ވަދެގެން ލަގެޖް ހިފައިގެން ދިޔަ ހުމައިދުގެ އަތުގައި ހިފައިގެން މައިއަމް އިނެވެ. ފަހަތުން އިޔާޒުގެ އިތުރުން އަޝްހާ އާއި އަނީލް ވެސް އައެވެ. “ވަރަށް ރަނގަޅަށް ކިޔާވާތި އެނގޭ.. ޗުއްޓީ އަށް އަންނަން ވާނެ އަދި މިކޮޅައް..” އަނީލް ހިޝާންގެ ކޮނޑާއި ކޮނޑު ޖައްސައިލަމުން ބުނެލިއެވެ.

ހިޝާން އަސަރެއްނެތް ގޮތައް ހީލިއެވެ. “ޕިސް.. ތިހީވަނީ ދީވާނާ ވެފައި ހުރި މީހަކު ހިތްހަލާކުވެގެން އުޅޭ ހެން ވިއްޔަ.. ނިކަން ތި ސްމައިލް ކޮށްބަ.. އުމުރު ދުވަހަކަށް ނޫނޭ ތިދަނީ..” އިޔާޒު މާޙަލުގެ ސީރިއަސްކަން މުގުރާލަން ބުނެލިއެވެ.

އިޔާޒައް ނޭނގުނު ކަމަކީ ޙަޤީޤަގަތަކީސް އޭނާ އަށް ހީވި އެއްޗެއް ކަމެވެ. އެކަން އެނގެނީ ހިޝާންގެ އިތުރުން އަޝްހާ އަށެވެ. ހިޝާން އަށް އަޝްހާ ހަމްދަރުދީގެ ނަޒަރެއް ދިނެވެ. ހިޝާން ތުންފަތް މައްޗައް ލުއި ހިނިތުންވުމެއް ގެނުވީ އެހެން މީހުންނަށް ހަޤީޤަތް ފޮރުވާށެވެ. ނަމަވެސް އެއަސަރު އޭނާގެ ދެލޮލުން ނުފެނުނެވެ.

ޗެކިން ވެގެން ބޯޑިން އަށް ގޮވުމާއި ދޭތެރޭ ލިބުނު ވަގުތު ކޮޅުގައި އެންމެން ގޮނޑިގައި ޖައްސާލިއެވެ. އެކި ވާހަކައިގައި ތިއްބާ އެންމެ ފަހުން ބޯޑިން އަށްވެސް ގޮވިއެވެ. ހިޝާންގެ ހިތް ތެޅިލިއެވެ. އެވަގުތު ކޮޅުގެ ތެރޭގައި ދޮރާއި ދިމާއަށް ބެލުނު އަދަދެއްވެސް ނޭނގެއެވެ. ހަމަ ހީވަނީ އެދޮރުން ވަދެގެން ދެންމެ ދެންމެ އައިނާ އައިސްދާނެ ހެންނެވެ.

ބޯޑިން ޕާސް ދިއްކޮށްލައިފައި އަދިވެސް އެއްފަހަރު ހިޝާން އެދޮރާއި ދިމާއަށް ބަލާލީ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ހުރުމުންނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (51)

  1. aalif

    Yey alhamdhu lillah haalakun first libihje anyway vaahaka kiyaafa comment kohlaanan

    1. A aaR
      aalif

      Yh first dhw

  2. Unknown gurl

    Alhe Aina ah vaane nama dhw? vrh reethi mi part vx ???? naseebeh hishaan asha ah hurihaa vhk eh kiyaidhin kan vx ??? waitin for the nxt part ???

    1. A aaR
      Unknown gurl

      Jazaakallah khairan unknown gurl.. Vi nama dhw.. Next prt submitted

  3. aalif

    Nice waiting for the next part ☺️

    1. A aaR
      aalif

      Jazaakallah khairan Aalif.. Nxt submitted

  4. Maash

    V. V. V. V. V reethi maasha Allah???? studies busy v ma comment eh nukohlevythaa gina duvasv ? sorry but hurihaa part ehves kiyan??

    1. A aaR
      Maash

      Jazaakallah khairan Maash.. It’s ok ey cmmnt nukurias kiyanya

  5. ?Ril?

    Wow mi part ves vrh Sali?????
    Masha Allah keep it up????
    Aley aainaa ah aslu hageegai egeyne Nama dhw????hithah araa stry ah vadhefaa aainaa kaaree truth bunefaa anaanameyves???? and nashvaa gaagaa ves thalaalaafaa anaanamey heheheh?????
    Hope aainaa airport ah aa deythoo
    ????????????
    When next ???
    Luv uuu❤️❤️❤️
    Stay safe❤️❤️❤️

    1. A aaR
      ?Ril?

      Jazaakallah khairan Ril.. Let’s c dhw vaa gotheh… Lyt stay safe..

  6. A aaR

    Here is the 24th prt.. Hope u loved it.. Readers ah heevany kihineh hen.. AINA annaanebaa.. Let’s wait for nxt prt dhw.. Its submitted..

  7. ?Black pink

    W nice pp.. I think camila cabello n Shawn man described. BTW the story was wonderful ❤️❤️❤️❤️

    1. A aaR
      ?Black pink

      Jazaakallah khairan Black pink.. Yh..

  8. ?Black pink

    Shawn mends????

    1. A aaR
      ?Black pink

      Camila cabello and Shawn mendes

  9. Eem

    Mi part vrh salhi whn next??

    1. A aaR
      Eem

      Jazaakallah khairan eem.. Nxt prt submitted

  10. aalif

    Gaimu next part nufene btw who is eem any info

    1. A aaR
      aalif

      It’s submitted..aalif

  11. ?dhona?

    Plz next part

    1. A aaR
      ?dhona?

      It’s submitted.. konme part eh up v ma new part eh abadhuves submit kohlan ?

  12. Eem

    Aalif i think u will know me??

    1. A aaR
      Eem

      Do u use hangouts or insta eem

  13. Eem

    Umm…where is the next part???

    1. A aaR
      Eem

      Submitted dear eem

  14. Eem

    Nope i don’t use

  15. Eem

    No i don’t use A aaR?☺️

    1. A aaR
      Eem

      OK eem

  16. aalif

    Eem kaaku thii alhugandu akah neynge thedhah buneba

  17. aalif

    Eem pls info eh dhybila.i want know who r u

  18. 16 SHABAKKO 7

    Oh! Very nice ??
    25 kobaaa#25#???

  19. aalif

    A aar buni aneh part submitt kohfeemey ekm nueh fene

  20. aalif

    A aar do u know any information about eem.n eem thibuny ehnu(I think u will know me)ehn vehjehya buneba grade and ulhey class pls dhyba info eh

  21. aalif

    N eem full name pls.ehcheh hoadhanvegn misuvaalu kohly ehchekey hynukuraathi n pls full name mix uvaalah ekani viyas javaabu dhyba?

    1. Eem
      aalif

      Aishath Eema
      Grade 7A
      Ok tha mihaaru aalif?

  22. aalif

    Misuvaalah**

    1. Eem
      aalif

      We two are in same class??

    2. 16 SHABAKKO 7
      aalif

      ??

  23. aalif

    Ekm shahkeh eba ufedhey eem.tell me ure name eem dhn alhe pls keehve the nubunaan thiulheny

  24. aalif

    Yes mihaaru ok.eema do I need to wish u in this site

  25. aalif

    Umm…ekm shahkeh eba ufedhey e comment eii olhumakun fonuvifa vrh bodah sorry

    1. Eem
      aalif

      Aishath Eema Ahmed kiyany

    2. Eem
      aalif

      Aishath Eema Ahmed kiyany
      I know u???

  26. aalif

    Hhehe

  27. aalif

    Why was emoji eem

  28. aalif

    Why sad emoji eem**

  29. Eem

    Olhigen levifa….. Now gaboolu kohffin dhw??

  30. aalif

    Yes.

  31. aalif

    Yes.
    Umm..mihaaru WiFi range libey the room ah

  32. Eem

    Ahahah yh?

  33. aalif

    Ok I am gonna invite u to a group notification miharu nulibeyne ekm

Comments are closed.