ފިޔަފަތް 15
* އައުލްކީންގެ ފައިބުޑުގައި ބަންޑުން ވެއްޓިފައި އޮތީ މިސްޓަރ ނެއިލޮންއެވެ. އައުލްކީންގެ ލެއިން ތަތްތެޅިފައިވާ ދެއަތަށާއި ހެދުމުގެ ފަސްބަޔަށް ބަލާލާފައި ޒައިލީންގެ ދެލޯ ބޮޑުވިވަރުން ހީވީ އެއަށްވުރެ ބޮޑަށް ދެން ޒައިލީންގެ ދެލޯ ނުހުޅުވޭނެ ހެންނެވެ. ނާމާން ގޮތަކަށް އައުލްކީން ހީލިއެވެ. އައުލްކީން ދެން ދިމާކޮއްލީ ނެއިލޮންގެ ކަރުގައި އަޅާފައިވާ ހަލާކު ނެގުމަށެވެ. ޒައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަވިކާން ކިޔައިދިން ގޮތުންނަމަ ނެއިލޮން ވާނީ އައުލްކީންގެ ބާރުތައް އެހަލާކަށް ލާފައެވެ. އައުލްކީންގެ އަތުގައި ހަލާކު ޖެހިއްޖެނަމަ އެއަށްފަހު ދެން ވާނެ ގޮތަކާއި ދޭތެރޭ ވިސްނާލާފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. *
ޒައިލީންއަށް ވިސްނުމުގެ ދުނިޔެއިން ބޭރުވެވުނީ ޒައިދާން ގާތުގައި ހުރި ގޭގޭގެ މީހުންނަށްވެސް އަޑު އިވޭ ވަރަށް ކޮޕްސްއަށް މި ގުޅަނީއޭ ކިޔާ ހަޅޭއްލަވައިގަތުމުންނެވެ. އޭރު ހެއިލަން އާއި ރަވިކާންގެ އިތުރުން އަލްޔާ އެތަނަށް އައިސްފިއެވެ. “އައުލްކީން..!” ރަވިކާންގެ ބުމަ ގޮށްޖެހިގެން ދިޔަވަރުން އައި ރުޅި ދޭހަވާ ވަރުވެއެވެ. އައުލްކީން އަތުގައި އުނގުޅިފައިވާ ލޭތައް ފޮހެލީވެސް ނެއިލޮން ލައިގެން ހުރި ގަމީހުގައެވެ. ނެއިލޮން ލައިގެން ހުރީ ހުދު ގަމީހެއްކަން އެނގެނީވެސް ގަމީހުގެ އަތްކުރިއަށް ބަލާލުމުންނެވެ. މުޅި ގަމީސް ފޯވެފައިވަނީ ލެއިންނެވެ.
ރަވިކާން ބަލާކަށް ނުހުރެ ވަރަ ހުޅުވާ އައުލްކީންއާއި ދިމާލަށް އުދުއްސައިގަތީ އަމާޒުކޮށްފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. އެ ދިޔަގޮތަށް ރަވިކާން ދަމައިގަތީ އައުލްކީންގެ އިސްތަށިގަނޑަށެވެ. އިސްތަށިގަނޑަށް ވާންވެ ތަދުވުމުން އައުލްކީން އަނގައިން ނާމާން އަޑެއް ބޭރުކޮށްލާފައި ރަވިކާންގެ ދެކަންފަތު ގައި ހިފިއެވެ.
އައުލްކީން އާއި ރަވިކާންގެ ހިފުންވެގެން ދިޔައީ ޒައިލީންއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ޒައިލީން ދުވެފައި ގޮސް ނެއިލޮންގެ އަތުގައި އަތް ޖައްސައިލިއެވެ. އެ އަތްތިލަ ފިނިކަމުން ހީވަނީ ނެއިލޮން މަރުވެފައި އޮތް ހެންނެވެ. ނަމަވެސް ނެއިލޮން އެސްފިޔަތައް ތަޅުވާލުމަށްފަހު ވަރުދެރަގޮތަކަށް ކުޑަކޮށް ލޯ ހުޅުވާލުމުން ޒައިލީންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވިއްޖެއެވެ. ނެއިލޮން ވަނީ އައުލްކީންގެ ހަމަލާ ތަކުން ބަލި ވެފައެވެ. ބަނޑުން ދެތިންތަނަކުން ލޭ އޮހެމުން ދިޔައީ އިސްކުރެއް ޕްރެޝަރު ގަދަ ކޮއްލާފައި ދޫކޮއްލުމުން ފެން ފައިބާހެންނެވެ. “ސަރ..” ޒައިލީން ގޮވާލިއެވެ. “އަޑުއަހާތި.. ނަމަނަމަ މި ހަލާކު އެ ޖިންނިގަނޑާއި ހަވާލު ނުކުރާތި މިއީ ސަރގެ ފަހު ވަގުތުކޮޅު.. އަހަރެންގެ ދުވަސްވީ ގާތް އެކުވެރިޔާގެ ދަރިފުޅާއި މިއަދު މި ހަލާކު ހަވާލުކުރަނީ އާއިލާ މީހަކަށް ނުވިޔަސް.. ޒައިލީންގެ އަތަށް.. ސަރގެ ކަރުން މިނެގޭނީ އެ ޖިންނިއަށް އެކަނި.. އެހެން ހަންޓަރުންތަކަށް… ލާހިކެއް ނޫން ސާރ އާއި ވައި އެޅޭކަށް..” ނެއިލޮންގެ އަޑު ދިޔައީ ހިނދަކަށްފަހު ހިނދެއް މަޑުވަމުންނެވެ. ހީވަނީ ގައިގައި ބާކީހުރި ހަކަތަކޮޅު ބޭނުން ކޮށްގެން ވާހަކަ ދައްކާހެންނެވެ.
“އެކަމަކު ޒައިލީން މި ހަލާކާއި ހަވާލު ވެއްޖެނަމަ އެއިން ކޮންމެ ޖިންނިއަކަށް ވެސް ޒައިލީންގެ ކަރުން މި ނެގޭނެ.. އެއީ ޒައިލީންއަކީ ސަރއާއި ލޭގެ އެއްވެސް ގުޅުމެއްހުރި ކުއްޖަކަށް ނުވާތީ..” ނެއިލޮން ގަދަކަމުން ހިނިތުންވެލާފައި މައިނޭވާ ލާންފެށުމުން ޒައިލީންއަށް ރޮވުނެވެ. އެހެން އެންމެންގެ ފައިދާއަށްޓަކައި ނެއިލޮން ކޮށްފައި ނުކުރާ ކަމެއް ނެތެވެ. ނެއިލޮން ކުއްލިއަކަށް ޒައިލީންގެ އަތްމަތީގައި އަތް ބާއްވާލުމުން ޒައިލީން ސިހުނެވެ. “އެހުރީ… އެ.. އެހުރީ އާ.. ދި.. ޔަ.. ން.. އެއްނޫން.. ތަ..؟” ނެއިލޮންގެ ބުރިބުރިވެގެން އައި ޖުމްލަ ޒައިލީންއަށް ސާފެއް ނުވިއެވެ. ޒައިލީން މަޑުމަޑުން ނެއިލޮންގެ މޫނާއި ދިމާލަށް ގުދުވެލިއެވެ.
“އެހުރީ އާދިޔަންއެއް ނޫންތަ..؟؟” ނެއިލޮން މަތީގައި އެކިއެކިވަރުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ރަވިކާންއަށާއި އައުލްކީންއަށް ބަލާލާފައި ވައިއަޑަކުން އަހާލައިފިއެވެ. “އާދިޔަން..؟؟” ޒައިލީންއަށް ހީވީ ނެއިލޮން އެހެން އެ ބުނެލީ ރަވިކާންއާއި ދިމާލަށް ހެންނެވެ.
“އެއީ ރަވިކާން..” ޒައިލީން އެހެން ބުނެލުމުން ނެއިލޮން ދެލޯ މަރާލާފައި ހިނިތުންވެލިއެވެ. “އާދިޔަން ގެ ދަރިފުޅު..” ޒައިލީންއަށް ނެއިލޮން ބުނި ޖުމްލަ ސާފުވިއެވެ. “ސަރ ހޯލްޑް އޮން..” އެންބިއުލެންސް އަށް ގުޅަން ޒައިލީން ހަނދާންވީ ދެނެވެ. “ސްޓޫޕިޑް މީ..!!!” ޒައިލީން އަމިއްލަ ނަފްސަށް އެތިވަރު ގޮވާލާފައި ފަހަތުގައި ހުރި ޒައިދާން، އަލްޔާ އަދި ހެއިލަންގެ ފަރާތުން އެހީއެއް ލިބޭތޯ ބަލާލިއެވެ.
އޭރު ހެއިލަން ހުރީ ނެއިލޮން ސަރއަށް ބަލަހައްޓައިގެން ގަބުވެފައެވެ. ހީވަނީ ‘ޕޯސް’ކޮށްފައިވާ ހެންނެވެ. އަލްޔާ އޭރު ހޮޑުލަނީއެވެ. ނެއިލޮން ސަރ ވަށައިގެން ހެދިފައިވާ ލޭގެ ކޯރު ފެނުމުން އަލްޔާގެ ގޮހޮރަށް ކެތްނުވީއެވެ.
“އާހްހްހް.. ހެއިލް.. އޭތްތް ހެއިލަން..!!! އެމްބިއުލެންސް..!” ޒައިލީންއަށް އެހެން ބުނެވުނީކީއެއް ނޫނެވެ. ހަޅޭއްލަވައިގަނެވުނީއެވެ. ހެއިލަން ތެޅިގަނެފައި ޖީބުން ފޯނު ނަގާ އެމްބިއުލެންސަށް ގުޅަން އުޅެގަތެވެ. އަލްޔާ ހޮޑުލައި ނިމެންދެން ޒައިދާން ގާތުގައި ހުރިއިރު ދެލޯ އަމާޒުވެފައިވަނީ ރަވިކާން އާއި އައުލްކީންއާއި ދިމާލަށެވެ. ދެމިޔަކަނުން ސޮނިވެއްޓިފައި ޒައިދާން ބޯއަރިކޮށްގެން ހުއްޓެވެ.
“ލައިބްރަރީ.. ތޭރަވަނަ ފޮތްހަރުގަނޑު.. ހަން…..” ނެއިލޮންގެ އަޑު ކެނޑުނެވެ. އަތުން ބާރު ދޫވިއެވެ. ލޯ މެރުނެވެ. ނޭވާވެސް ހުއްޓުމަކަށް އައެވެ. ނެއިލޮން މަރުވެފައި އޮތެއް ކަމަކު އޮތީ ވަރަށް ބޮޑަށް ހީލައިގެންނެވެ. ހީވަނީ ދެންމެދެންމޭން ދަތްތައް ދައްކާލައިގެން އަޑުންއަޑުނަގާ ހީގަނެފާނެ ހެންނެވެ. ޒައިލީންއަށް ލޯމަތީ އަތް އެޅުނެވެ. ކުރިމަތީ މީހެއް މަރުވުމުން ކެތްނުވީއެވެ.
“މި ހަލާކު އެ ޖިންނިގަނޑަށް ނުދޭތި..” ނެއިލޮން މަރުމަތީގައި ބުނެލި ޖުމްލަ ޒައިލީންގެ ކަންފަރް ބުޑުގައި ގުގުމަންފެށިއެވެ. ޒައިލީން ހަލާކު ނެއިލޮންގެ ކަރުން ވަކިކޮށްލިއެވެ. އެއީ ކަރުގައި އަޅާ ފަށެކެވެ. ނަމަވެސް އަތުގައި އަޅާ ކެވެލިކޮޅެއްހާ އޭތި ކުޑައެވެ. ރިހިކުލައިގެ ކުޑަ ފަށުގެ ފުލުގައި ވަނީ ބިއްލޫރިކޮޅެކެވެ. އޭގެ ތެރޭގައި ރިހިކުލައިގެ ކުޑަކުޑަ ފަތެއް އޮތެވެ. އެއީ އައުލްކީންގެ ވަރައިގެ ފަތެކެވެ.
ޒައިލީންއަށް ވަގުތުން އައުލްކީންއާއި ދިމާލަށް ބަލާލެވުނެވެ. ރަވިކާން އައުލްކީންއަށް ދިން ބާރު ހަމަލާ އިން ރެކިނުގަނެވިގެން އައުލްކީން ގޮސް ޖެހުނީ ހޮޅިދަނޑިއެއްގައެވެ. އައުލްކީންގެ ހަރަކާތްތައް ލަސް ވުމުން ޒައިލީން އަވަހަށް އައުލްކީންގެ ވަރައާއި ދިމާލަށް ބަލާލިއެވެ. ވަރަށް އަޅައިގަންނާނެހެން އެ ވަރައިގައި ފަތެއް މަދެވެ.
ޒައިލީން ފުންނޭވާއެއް ލާފައި ހަލާކު ކަރުގައި އެޅިއެވެ. އަނެއްކާވެސް އައުލްކީން ދުރަށް ވިއްސާލަމުން ރަވިކާން އުދުހިފައި އައިސް ޒައިލީންގެ އަތުގައި ހިފިގޮތަށް ވައިގެ ތެރެއަށް ހިއްލާލިއެވެ.
ރަވިކާން އުދުހެވުނުހާ ބާރަކަށް އުދުހިފައި ދަނިކޮށް ކުރިމަތިން އައުލްކީން ފާޅުވިއެވެ. އައުލްކީންގެ ހަމަލާއަށް ރަވިކާން ތައްޔާރު ވެލިއެވެ. ލޮލަށް ނުފެންނަހާ ބާރަށް ރަވިކާންއާއި ދިމާލަށް އައުލްކީން އައެވެ. އައިގޮތަށް އައިސް ރަވިކާންއާއި ދިމާލަށް އިނގިލި މަޅާލިއެވެ. އައުލްކީން ދިނީ މީހަކު ހީވެސް ނުކުރާނެފަދަ ހަމަލާއެކެވެ. އައުލްކީން ދިމާކުރަން އައީ ރަވިކާންއަކަށެއް ނޫނެވެ. އައުލްކީންގެ އަސްލު އަމާޒަކީ ޒައިލީންއެވެ. އައުލްކީން ފައިން ޖެހިޖެހީނުން ޒައިލީންގެ އަތް ރަވިކާންގެ އަތުން ނެއްޓުނެވެ. ޒައިލީން ވެއްޓެން ދިޔައެވެ.
“އިންސިކުއްޖާ..!” ރަވިކާން ޒައިލީން ސަލާމަތްކުރަން އުދުއްސައިގަތް ވަގުތު އައުލްކީން ރަވިކާންގެ ގައިގައި ތަޅައިގަތެވެ. ޒައިލީންއަށް ބިރުން އެ ފަށު ފުލުގައި ހިފާ ބާރުކޮށްލެވުނެވެ. ވީނުވީއެއް ނޭނގި ޒައިލީންއަށް ބިންމަތީގައި ފައި ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ. “އިންސިކުއްޖާ..!” ރަވިކާން އައުލްކީން ފޮޅުވާލާފައި ޒައިލީންއާއި ދިމާލަށް އުދުއްސައިގަންނަން ތައްޔާރުވެލިއެވެ. “އެހެ.. އެކަމަކު މާގިނައިރެއް މިކަން ނިންމާކަށް ނުނަގާނެ..” އައުލްކީން އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ރަވިކާންގެ އަމާޒު އެހެން ދިމާއަކަށް ބަދަލުވި ސިކުންތުކޮޅުގެ އެހީގައި އައުލްކީން އުދުއްސައިގަތެވެ. ރަވިކާން ފަހަތުން އުދުއްސައިގަތެވެ. އައުލްކީންގެ އިސްތަށިގަނޑުގައި ހިފާ ފަހަތަށް ދަމައިގަތެވެ. އައުލްކީން ފަހަތަށް ދިޔައެވެ. ނަމަވެސް ރަވިކާންއަށް ވަރުގަދަ ހަމަލާއެއް ދިނުމަށްފަހު އައުލްކީން އުދުހިގަތެވެ.
ޒައިލީން ދުއްވައިގަންނަނިކޮށް ޒައިލީންގެ އުނަގަނޑަށް އައުލްކީންގެ ފައިން ތަދުވާވަރުގެ ހަމަލާއެއް އެރިއެވެ. ޒައިލީން ބިމަށް ގުޅައަކަށް ޖެހުނެވެ. ޒައިލީންގެ ކަރުގައިއޮތް ހަލާކު ވިއްސައިގެން ދިޔައެވެ. “ނޫން..!!” ޒައިލީންއަށް ނިތްކުރިމަތީ އަތްއަޅާލެވުނެވެ. އެވަރުންވެސް ގަބުވެފައި އިން ހެއިލަންއަށް އެ މަންޒަރު ސިފަވީ ފިލްމެއްގެ ސީންއެއް ހެންނެވެ. އެ ހަލާކު ބާރުމިނުގައި ގޮސް ޖެހުނީ ގާގަނޑެއް ގައެވެ. ހަމައެއާއެކީ އޭގެ ފުލަށް އޮތް ބިއްލޫރިކޮޅު ތަޅައިގެންދިޔައެވެ. އައުލްކީން ހީވީ މޮޔަވިހެންނެވެ. އުދުހިފައި ގޮސް އޭގައި އޮތް ފަތް ނެގިއިރު ހީވަނީ އެއާއިނުލާ ދުނިޔޭގައި ނޫޅެވޭނެހެންނެވެ.
ބިންމަތީގައި އެމަންޒަރު ބަލަން ބަލިކަށިވެފައިވާ ރަވިކާން ނިތްކުރީގައި އަތްއަޅާލިއެވެ. އައުލްކީންއަށް އޭނާ ބޭނުންވި ބާރު ލިބުނުކަން އެނގުމުންނެވެ. އައުލްކީން އޭނާގެ ވަރައިން ފަތެއް އުފުރާލަމުން ބިއްލޫރިކޮޅުން ނެގި ފަތުގައި ޖައްސާލިއެވެ. އެއާއެކު އަލިގަނޑެއް އެރުމަށްފަހު އެދެފަތް ދެފަތާ ތަތްލެވިއެވެ. އަދި ވަރަށް ރީތި ތާޖަކަށް އެބަދަލުވެގެން ގޮސްފައި އައުލްކީންގެ ބޮލުގައި އެޅުނެވެ.
ޒައިލީންއާއި ދިމާލަށް ނުލަފާ ހިނިތުންވުމަކުން އައުލްކީން ބަލާލިއެވެ. އެބެލުމުގައި ވަނީ ޝުކުރުގެ ގޮތެވެ. ހަމަ ބާރީގެ އަންހެން ސިފައެވެ.
އައުލްކީން ވަގުތު ބޭކާރުނުކޮށް އުދުއްސައިގަތެވެ. ހީވާގޮތުން އެދާނީ އޭނާ އަހުލުވެރިންގެ ގާތަށެވެ. އަނެއްގޮތަށް ބުނާނަމަ ހަންޓަރުންގެ ގާތަށެވެ. ޒައިލީން އެމަންޒަރު ބަލަން ނުހުރެވިގެން ދުވެފައިގޮސް ރަވިކާންގެ ގާތުގައި ހުއްޓުނެވެ. އޭރު ރަވިކާންގެ ތުންފަތްވަނީ ފަޅައިގެން ގޮސްފައެވެ. ތަޅާފޮޅާފޮޅާ ރަވިކާން ވަނީ ބަލިވެފައެވެ. ޒައިލީން ރަވިކާންއަށް އަތްދިއްކޮއްލިއެވެ. ރަވިކާން އަތަށް ބަލާލުމަށްފަހު ހިނިގަނޑެއް ޖަހާލަމުން ތެދުވިއެވެ.
ޒައިދާން އޭރުވެސް ހުރީ ބޯއަރިކޮށްގެން ބަލާށެވެ. އެއީ އަނެއްކާ ހަގީގަތެއް ނޫންބާއޭ ޒައިދާންގެ އެ ބެލުމުން އެކަނިވެސް ބުނެދެއެވެ. އަލްޔާ އޭރު އިނީ ހޮޑުލައި ހޮޑުލައި ހާންތި ވެފައެވެ. ހެއިލަންވެސް އިނީ ކުޑަވަރެއްގެ ސްޓެޗޫއެއް ހެންނެވެ. އެފެނުނީ އަސްލުކަމަށްވެސް ގަބޫލު ނުކުރެވިފައެވެ. “ހެއިލް.. ހެއިލްމެން ގެ ގޭގައި ހުންނާނެތަ ފަސްޓްއެއިޑް..؟” ޒައިލީން އެއްސެވެ. “ޔެސް.. ހުންނާނެ..” ހަމަ އެ ހުރިގޮތަށް ހުރެ ހެއިލަން ޖަވާބު ދިނެވެ. “އޯހް އޯކޭ.. އަވަހަށް ހިނގާ ތިގެއަށް ދާން..” ޒައިލީން ބުނެލިއެވެ. އެވަގުތު ޒައިލީންއަށް މުހިއްމުވީ ރަވިކާންގެ ޒަޚަމްތަކަށް ފަރުވާ ދިނުމެވެ. ފައިބުޑުގައި މަރުވެފައި މީހަކު އޮތްކަން ވެސް ހަނދާނެއް ނެތެވެ.
“ނެއިލޮން ސާރ..؟؟؟؟” އަލްޔާ ދެލޯ ވަށްކޮށްލާފައި ވަރުބަލި ރާގަކަށް އަހާލިއެވެ. “އަމް..” ހަދާނެ ގޮތެއް ނުވިސްނިފައި ޒައިލީން ނިޔަފަތިން ދަތްދޮޅީގައި ޖަހާލަޖަހާލަ ހުރީއެވެ. ކުއްލިއަކަށް ނޫ އަލި ގަނޑެއް އެދިމާލަށް އަންނަންފެށިއެވެ. ރަވިކާންއަށް ހިރިނުލެވެނީސް އެ ނޫއަލިގަނޑު ނެއިލޮންގެ ހަށި ގަނޑުގައި ޖެހޭއިރަށް ނެއިލޮން ވަގުތުން ކަށިގަނޑަކަށް ބަދަލުވެގެން ދިޔައެވެ.
ދެލޮލުން ކަރުނަތައް ފޮހެލާފައި ޒައިލީން ދެފަހަރަކަށް ނޭފަތް ދަމާލިގޮތުން ހީވަނީ ދެން ނުރޯނަމޭ ބުނި ހެންނެވެ. “އާދޭ ދާން..” ޒައިލީން އެހެން ބުނެލުމުން ހެއިލަން ރޮބޮޓެއްހެން ތެދުވިއެވެ. އަނގަ ހުޅުވިފައި ހުރިހާލު ޒައިދާން ގޮސް އަލްޔާގެ އަތުގައި ހިފާ ނެގިއެވެ. ތިމަންނައަކަށް ނުހިނގޭނޭ ކިޔާ އަލްޔާ ބޮޑާހާކާ ވަރުން ޒައިދާންއަށް ޖެހުނީ އަލްޔާއަށް ‘ޕިގީބެކް’ ރައިޑެއް ދޭށެވެ.
ޒައިލީންއާއި ހެއިލަން ކުރީގައި ހިނގަމުން ދިޔައެވެ. ރަވިކާންވެސް ފަހަތުން ހިނގަމުން އައެވެ. ރޭގަނޑު ވަމުން އައިވަރަކަށް ފިނި ގަދަވާން ފެށިއެވެ. އެއާއި އެއްވަރަށް ޒައިލީންއަށް ފިނިވާން ފެށިއެވެ. އަލްޔާއަށް އެކަން ފާހަގަކުރެވުނެވެ. މަޑުމަޑުން ހެއިލަން ގާތުގައި އަލްޔާ އެވާހަކަ ބުނެލިއެވެ. ހެއިލަން އޭނާ ލައިގެން އިން ކޯޓް ބޭލުމަށްފަހު ޒައިލީންއަށް ދިނެވެ. ޒައިލީން އެކޯޓުގައި ހިފަމުން ތެންކިއުއޭ ބުނެލިއެވެ.
އިރުކޮޅެއް ވަންދެން ހިނގުމަށްފަހު ހެއިލަންގެ ގެއަށް އާދެވުނެވެ. އެއީ ފުދޭވަރަކަށް ބޮޑު ގެއެކެވެ. ގެ އެއް ފްލޯރއަށް ހިއްލާލާފައި އެޓިކްއަކާއި ޓެރެސްއެއްލާފައި ހުރުމުން ރީތިކަން ދައްކުވައިދެއެވެ. ގޭގެ ކުރިމަތީގައި މާމެލާމެލިން ތާޒާވެފައިވާ ބަގީޗާއެއް ހުއްޓެވެ. ޓެރެސްގައިވެސް މާތައް އިންދާ ޕޮޓްތައް އެލުވާފައި ހުރުމުން ނުލާހިކު ރީއްޗެވެ. ޒައިލީން ހެއިލަންގެ ފަހަތުން އެ ގެއަށް ވަނެވެ.
“އަނހަ ދަރިފުޅާ..؟ ކޮންއިރަކު މިކޮޅަށް އައީ.؟ މަންމައަށް އަންގާވެސް ނުލަމެއްނު..؟” ހެއިލަންގެ މަންމަ ގެ އަޑު އިވުނެވެ. “މަންމާ.. އެއީ… އެއީ…” ހެއިލަން ކިޔާދޭން އުޅުނެވެ. އެކަމަކު އެފުރުސަތު ހެއިލަންގެ މަންމައެއް ނުދިނެވެ. ”އަދި އެކުވެރިންވެސް ގޮވައިގެންނޭ އައީ.. ހައި.. މީ ހެއިލަންގެ މަންމަ.. ރޯޒްލީ މުލިންސް.. އޯކޭ މިސެސް މުލިންސް ކިޔަސްވެސް.. ނޫނީ އާންޓް ރޯޒްލީ..” ރޯޒްލީ ބުނެލިއެވެ. “މަންމާ.. ބޭބެ އައީތަ..؟؟” އެތެރެއިން ކުޑަ އަންހެން ކުއްޖެއްގެ އަޑު އިވުނެވެ. “ހޭލް..؟؟ ކޮއްކޮ ސްކޫލަކަށް ނުދަން..؟” އެތެރެއިން ނުކުމެގެން އައި ކުޑަ ފިރިހެން ކުއްޖާއަށް ހެއިލަން ބުނެލިއެވެ. އަދި ކުޑަ އަންހެން ކުއްޖަކާއި ބޮޑު އަންހެން ކުއްޖެއް ނުކުމެގެން އައެވެ. “ހަނާ.. ހިޒްލީ..” ހެއިލަން އަށް ގޮވާލެވުނެވެ. ޒައިލީން އެއެންމެންނަށް ފުންކޮށް ބަލާލިއެވެ.
“ސޮރީ އެންމެން.. މިއީ އަހަރެންގެ ދައްތައާއި ކޮއްކޮމެން.. ދައްތައަކީ ހަނާ.. އަހަރެންނަށްވުރެ ތިން އަހަރު ބޮޑުވާނެ.. ދައްތައަށްވީ ވިހި އަހަރު.. ދެން މިހުރީ ހޭލް.. ހޭލްއަށްވީ ތޭރަ އަހަރު.. އެންމެ ކުޑަކޮށް މިހުރީ ހިޒްލީ.. ހިޒްލީއަށް ނުވަ އަހަރު.. ހަނާ.. ހޭލް އަދި ހިޒްލީ.. މިއީ ދޮންބެގެ އެކުވެރިން.. ޒައިދާން.. އަލްޔާ އަދި ޒައިލީން.. އަދި މިކުއްޖާ..” ރަވިކާންގެ އަސްލު ނޭނގޭތީ ހެއިލަން ކޮންމެވެސް އެއްޗެއް ބުނެލިއެވެ.
“ހެއިލަން..؟” ކޮޓަރިއެއްގެ ދޮރު ހުޅުވާލަމުން މީހަކު ނުކުމެފައި ގޮވާލިއެވެ. “ބައްޕާ..” ހެއިލަން ގޮވާލިއެވެ. “އަދި މިއީ އަހަރެންގެ ބައްޕަ.. ފިޔަނެލް މުލިންސް..” ހެއިލަން ބުނެލިއެވެ. ”އެކުވެރިން ކޮޅުވެސް ގޮވައިގެންތަ.. ހެއިލަން.. އަވަހަށް މިކުދިންނަށް ކޮޓަރިއެއް ދައްކާ…” ފިޔަނެލް އަވަހަށް ބުނެލިއެވެ. ހެއިލަން ކުޑަކޮށް ބޯކަހާލުމަށްފަހު ސިޑިން މައްޗަށް އެރިއެވެ. ފަހަތުން އެންމެން އެރިއެވެ. “ޒައިމެން ބޭނުން ކޮޓަރިއެއް ނަގާ.. މަށާއި ޒައިދާންއަށާއި މިކުއްޖާއަށް ހުރެވޭނެ އެއްކޮޓަރިއެއްގައި..” ހެއިލަން ބުނެލިއެވެ. “އެންމެ ބޮޑު ކޮޓަރިއަކީ ކޮބާތަ..؟” ޒައިލީން ވަށައިގެން ހޯދަމުން އެއްސެވެ. “އެހެރީ.. ކިހިނެތްވީ..؟” ހެއިލަން ކަނުގައި ހުރި ކޮޓަރިއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
“ރަވިކާން… ރަވިކާންއާއި ޒައިއާއި އެންމެން ހުންނާނީ އެއްކޮޓަރިއެއްގައި.. އެކަމަކު ފެންވަރަން ރީތިވާން އޯކޭވާނެއެއްނު އެހެން ކޮޓަރިއެއް ބޭނުންކުރިއަސް..؟ އޯކޭވާނެތަ ހެއިލް…؟ ހެއިލް އޯކޭއިއްޔާ އެކަނި އިނގޭ..” ޒައިލީން ވިސްނާލަމުން ބުނެލިއެވެ. ޒައިލީން އެހެން ބުނެލީ އައުލްކީން އައިސް އެއިން މީހަކާއި ދިމާކުރާނީ ކޮން ވަގުތަކުގައި ކަމެއް ނޭނގޭތީއެވެ. “އެންމެ ރަނގަޅު..” ހެއިލަންގެ މައްސަލައެއް ނެތްކަން އަންގާލިއެވެ. “ކުދިންނޭ އިރުކޮޅަކުން ކާން ގޮވާނަން އިނގޭ.. އޭރަށް ވަންދެން ތިކުދިން ފެންވަރާލާ ހަދާ އިނގޭ..” ތިރިން ރޯޒްލީގެ އަޑު އިވުނެވެ. “އޯކޭ މަންމާ..” ހެއިލަން ބާރަށް ގޮވާލީ ރޯޒްލީއަށް އަޑު އިއްވާލުމަށެވެ. ޒައިލީން ހުރީ ހައިރާންވެފައެވެ. އާންޓް ރޯޒްލީ ކޫލްކަމުންނެވެ. ޒައިދާންވެސް އަލްޔާގެ ކަންފަތްދޮށަށް ގުދުވެލާފައި މިސެސް މުލިންސް ރޮކްސްއޭ ބުނެލައިފިއެވެ.
ހެއިލަން ގޮސްފައި އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެ ކޮޓަރި ފަރުމާ ކުރެވިފައިވަނީ ރަތްކުލައިންނެވެ. ޓައިލްސްތަކުގައިވެސް ރަތްކުލައިން ފަރުމާކޮއްފައި ހުރުމުން ނުލާހިކު ރީއްޗެވެ. އެތާ ހުރީ އެއް ބަންކް ބެޑަކާއި ދެ އެނދެވެ. އަދި ޒަމާނީގޮތަކަށް ހަދާފައިވާ އުނދޯއްޔެއް ހުއްޓެވެ. އެތެރޭގައިވަނީ ހުސް ބާލީހެވެ. ދެފާޚާނާއާއި ބެލްކަންޏެއް ހުއްޓެވެ.
“ޒައި ބޭނުމީ އެނދެއް…” ޒައިލީން ބުނެލިއެވެ. “އަލްވެސް ބޭނުމީ އެނދު..” އަލްޔާވެސް ބުނެލިއެވެ. “އޯކޭ ހެއިލްއަށް ބަންކުބެޑްގެ މަތި..” ހެއިލަން ބުނެލިއެވެ. “އަޅުގަނޑު ތިރި..” ޒައިދާން ބުނެލިއެވެ. “އޭތް މަޑުކޮއްބަލަ.. އޭރު ރަވިކާން ނިދާނީ ކޮންތަނަކު..؟” ޒައިލީން ރަވިކާންއަށް އިޝާރާތް ކޮށްލާފައި އަހާލިއެވެ. “އަހަރެން އެއުނދޯލީގައި ނިދާފާނަން..” ރަވިކާން ބުނެލިއެވެ. “އޭރުން ވަރަ..؟” ޒައިލީން އަހާލިއެވެ. “އެއީ ކަމެއް ނޫން.. ހެނދުނު ހޭލާފައި އޮމާން ކޮއްލެވޭނެ..” ރަވިކާން ގަދަކަމުން ހީލިއެވެ. ރުޅިގަދަކަން ފާޅުނުކުރަން ރަވިކާންއަށް ހެދުނީ އެހެންނެވެ. “އޯކޭ..” ޒައިލީން ބުނެލިއެވެ. “ބޯއީސް ބޭނުން ކުރާނީ މިކޮޓަރި ފާޚާނާ.. އަލްއާއި ޒައި…؟” އަލްޔާ ދެކޮނޑު އަރުވާލާފައި ވިސްނަން ފެށިއެވެ. “ދާންވީނު ހަނާގެ ކޮޓަރިއަށް.. ވަރަށް ރަނގަޅު ދައްތައެކޭ އެއީ.. ވަރަށް ހިތްހެޔޮ ވާނެ..” ހެއިލަން ހަނާގެ ތަފްސީލު ދިނީ އެހެންނެވެ. “އެކަމަކު ހެއިލް ދައްތަ ކައިރީގައި އަހާލަންވީނު..؟” ލަދުން އަލްޔާ ބުނެލިއެވެ. ”އަޅޭ..” ހެއިލަން ހީގަނެފައި ބޯހޫރުވާލަމުން ކޮޓަރިން ނުކުންނަން ދިޔައެވެ.
ކޮޓަރީގެ ދޮރުހުޅުވާލާއިރަށް ބިންމަތީގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. “އައުޗި..” ހޭލް ބޮލުގައި އަތް އުނގުޅަމުން ބުނެލިއެވެ. އޭރު ހިޒްލީ ތެދުވަނީއެވެ. “ހޭލް.. ހިޒްލީ.. ނޯ އީވްސްޑްރޮޕިންގް..!!” ހެއިލަން ލޯއަޅާލިއެވެ. “ސޮރީ..” ހޭލް މާފަށް އެދެމުން ދުވެފައިގޮސް ކޮޓަރިއަކަށްވަދެ ދޮރުލެއްޕިއެވެ. ޓާޓާ ކިޔާލާފައި ހިޒްލީވެސް ދުއްވައިގަތެވެ.
ހެއިލަންގޮސް ހަނާގާތު އެހުމުން ހަނާ އުފަލާއިއެކީ އެއްބަސްވިއެވެ. އެކުދިން އެކޮޓަރިއަށް ގެންދަން ބަލާ އައީވެސް ހަނާއެވެ. ހަނާއަކީ ލަދުރަކި ކުއްޖެކެވެ. ވާހަކަދައްކާއިރުވެސް ހިތްހެޔޮކަން ބަންޑުން ޖަހާލައެވެ. އަލްޔާއާއި ޒައިލީން އާއި ވެސް ވާހަކަދެއްކީ އަމިއްލަ ކޮއްކޮއިން ފަދައިންނެވެ. އެކަމާއި ދޭތެރޭ ޒައިލީންއާއި އަލްޔާ ވަރަށް ހިތްހަމަޖެހުނެވެ.
އެކޮޓަރިން ފެންވަރާލައިގެން ބާތްރޯބްއެއް ލައިގެން ޒައިލީން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ޒައިދާންއާއި ރަވިކާން ހުރީ ތައްޔާރު ވެގެންނެވެ. ޒައިދާން ލައިގެން ހުރީ ފެހި ޓީޝާޓަކާއި ނޫ ކެރެޓް އެކެވެ. ރަވިކާން ލައިގެން ހުރީ ޒައިދާންގެ އަތްދިގު އަޅި ޓީޝާޓަކާއި ކަޅު ސޯޓެކެވެ. ހެއިލަން އޭރު ފެންވަރައިގެން ލައިގެން އިން ރަތް ގަމީހުގެ އަތްކުރި އޮޅަނީއެވެ. ތިރިން ހެއިލަން ލައިގެން ހުރީ ރީނދޫ ސޯޓެކެވެ. ޒައިލީން ދަބަހުން އަތްދިގު ހުދު ޓީޝާޓަކާއި ކަޅު ހައިވެއިސްޓްއެއް ނަގާފައި އޭތި ލިއެވެ. އޭރު އަލްޔާވެސް ހުރީ ރީތިވާށެވެ. ރީނދޫ ޓޮޕްކޮޅަކާއި ކަޅު ޓައިޓްއެއް ލައިގެން އަލްޔާ ހުރިއިރު ވައްތަރީ މާބުރަކާއެވެ. ޒައިލީންގެ ހިތަށް އެޚިޔާލު އެރުމުން ކުޑަކޮށް ހެވުނެވެ. ނަމަވެސް ޒައިލީން އެވާހަކައެއް ނުބުނެއެވެ. ޒައިލީން އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ފޯނު ނެގީ ރޫބީ އާއި ލައުރާމެންނަށް ޚަބަރެއް ވާށެވެ. އިރުކޮޅަކުން ހޭލް އައެވެ. ކާންބަލައެވެ.
ތިރިއަށް ފޭބިއިރު މޭޒުމަތި ވަރަށް ހޫނެވެ. ބޮޑު ބޯ ތައްޓަކަށް އަޅާފައިވާ ނޫޑްލްސް ގަނޑުން ދުވާ މީރު ވަހުން ބަނޑުފުރޭހާ ވަރުވެއެވެ. އެތައްޓާއި ޖެހިގެން ހުރީ ކުކުޅު ފައިތަކެއް އަޅާފައިވާ ތައްޓެކެވެ. ދެން ހުރީ ތަފާތު ވައްތަރުގެ ތަރުކާރީއެވެ. އެބޮޑު މޭޒުގާތުގައި ބަހައްޓާފައި ކޮންމެ ތައްޓެއްގެ ގާތުގައި އުލަކާއި ސަމްސަލަކާއި ވަޅިއެއް ހުއްޓެވެ. އަދި ފެންއަޅާފައިވާ ތައްޓަކާއި ޖޫސްއަޅާފައިވާ ތައްޓެއް ހުއްޓެވެ. މޭޒުގެ ގާތުގައި އިށީނދެގެން ފިޔަނެލް އާއި ހިޒްލީ ހުއްޓެވެ. އިރުކޮޅަކުން ހަނާއާއި ހޭލް އައިސް އިށީނެވެ. އެންމެން އެކީގައި އިށީނދެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. “ރޯޔަލް..” އަލްޔާ ސިއްރު ސިއްރުން އެ މަންޒަރު ސްނެޕް ކޮށްލާފައި ނުވާކަމަށް ހެދެމުން ކާންފެށިއެވެ.
ޒައިލީންއަށް ކެވުނީ ކުޑަ ނޫޑްލްސް ކޮޅަކާއި ކުކުޅު ފައެކެވެ. އިތުރަށް ކުޑަ ތަރުކާރީ ކޮޅެއް ކާލުމަށްފަހު ޒައިލީން ތަށި ދޮވެލާފައި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ޒައިލީން ކޮޓަރިއަށް ވަދެ ބިންމަތީގައި އިށީނެވެ. ދެން ކޮޓަރިއަށް އައިސްވަނީ ރަވިކާންއެވެ.
“ކޮބާ.؟ ދޮންބެ އާއި ހެއިލަންގެ ކުރިމަތީގައި ރުޅިދެއްކިންތަ…؟؟” މަލާމާތުގެ ޒާތަށް ޒައިލީން އެހިއެވެ. “ނޫން.. ކިހިނެތްވީތަ..؟ ބަލަ އެހެން ދުނިޔެއެއްގަޔޭ އަހަރެން މިހުރީ.. ދެން އަހަރެން ކީއްކުރާނީ..؟” ރަވިކާން ބުމަ ގޮށްޖަހާލަމުން ބުނެލިއެވެ. “މިއުޅެނީ ރަވިކާންއާއި އައުލްކީންއާއި ބާރީއާއި ބެހޭގޮތުން ދޮންބެ މެންނަށް ކިޔައިދޭން ވެގެން.. އެންމެރަނގަޅުތަ..؟” ޒައިލީން އެއްސެވެ. “ދޮންބެ އަކީ ޒައިދާން ދޯ..؟ ދެން ހެއިލަން އަކީ ކާކު..؟” ރަވިކާން ސުވާލު ނިންމާލިއިރު އަޑުގައި ހުރީ ތަފާތު ރާގެކެވެ. “ހެއިލް ދޯ.. ހެއިލްއަކީ………” ޒައިލީން އެހެން ބުނެނުނިމެނީސް އަލްޔާ އެތެރެއަށް ވަނެވެ. “ހެޔޮ.. އެކަމަކު އަހަރެންގެ އެއްވެސް ހަގީގަތެއް ކިޔައިދީގެންނެއް ނުވާނެ.. އެއީ އަހަރެންނާއި އިންސިކުއްޖާގެ ދެމެދުގައިވާ ސިއްރެއް.. އަޑުއިވޭ..؟” ރަވިކާން ކަޅި އަޅާލިއެވެ. “އޯކޭ.. ބުނާނީ ސަލްވިޔާގެ ދަރިއެއް ކަން އެކަނި.. ދެން އައުލްކީންގެ ސްޓެޕް..ހާފް ބްރޯކަން..” ޒައިލީން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ޒައިލީން ކުރި މަލާމާތުގެ ފަހަތުގައި ވަނީ ކޮން މަގުސަދެއްކަން ނޭނގޭތީ ރަވިކާން ބޯޖަހާލީއެވެ.
އިރުކޮޅަކުން ހެއިލަންމެން އައިސްވަނެވެ. “އޯކޭ.. ދޮންބެއާއި އަލްއާއި ހެއިލަން އިށީނދޭ..” ޒައިލީން ބުނެލިއެވެ. އެންމެން އިށީނުމުން ޒައިލީން ވާހަކަ ފެށިއެވެ. “ޒައިއަށް އެދުވަހު ދެވުނީ ޖިންނިންގެ ދުނިޔެއަށް.. އެތަނުގެ ރަސްގެފާނުގެ ފާރަވެރިންތައް އުޅުނީ ޒައި ހައްޔަރުކުރަން.. ދެން ރަވިކާން ޒައި ސަލާމަތް ކޮއްދިނީ.. އެންޑް ޔެސް.. ރަވިކާންއަކީ ޖިންނިއެއް.. އެކަމަކު ރަވިކާން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނެ.. ރަވިކާންއަކީ ޒައިއަށް އެދުނިޔެއަށް ދިޔުމުގެ ހެކި.. ހްމްމް.. އަލް ކިޔައިދިނީމެއްނު ނެއިލޮން ސަރގެ ކަރުގައި އަޅާފައިވާ އެތީގެ ވާހަކަ..؟ އެއަށް ކިޔަނީ ހަލާކު.. އެޖިންނި ދުނިޔޭގައި ރަވިކާންގެ މަންމައާއި ބައްޕަ އުޅެނީ.. ރަވިކާންގެ މަންމަ ސަލްވިޔާއާއި އެތަނުގެ ރަސްގެފާނު ބާރީ ދިމާވީ ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ކުޑަ ހަފްލާއެއްގެ ތެރެއިން.. އޭގެފަހުން ސަލްވިޔާއަށާއި ބާރީއަށް ކުޑައަންހެން ކުއްޖަކު ލިބުނު.. އެދުވަހުގައި ސަލްވިޔާ މަރުވި.. އެދަރިފުޅު އައުލްކީންގެ ހިތުގައިވަނީ ރުޅި، ނަފްރަތު އަދި މަކަރުވެރިކަމާއި އަނިޔާވެރިކަން.. އެކުއްޖާއަށްވެސް ވަރަ ލިބުނު.. އެވަރަ އެހެންމީހުންނަށް ފެނުނު ދުވަހުގައި ބާރީއާއި އެމީހުން ގުޅުން ކަނޑާލި.. ބާރީ ރަސްކަންކުރަނީ މަދު މީސްކޮޅެއްގެ މައްޗަށް.. އެކަމަކު އެދުވަހުން ފެށިގެން ބާރީ އަނިޔާވެރިވި.. އޭގެ ދުވަސްތަކެއްގެ ކުރިން ނެއިލޮން އެތަނަށްގޮސް އައުލްކީން އެހަލާކުގައި ހައްޔަރުކުރި.. އައުލްކީންއާއި އޭނާއަށް ތަބާވާ ޖިންނިން އެ ހަލާކު ބޭނުންވެގެން އުޅެނީ އެހެންވެގެން.. އައުލްކީން މިނިވަން ކުރަންވެގެން.. ނަސީބު ދިމާކުރި ގޮތުން ޒައިއާއި ރަވިކާން މިކޮޅަށް އަންނަން އުޅުނު ވަގުތު އައުލްކީންވެސް މިތަނަށް އައި.. އައުލްކީން ނެއިލޮން މަރާލީ.. ނެއިލޮން ހަލާކު ދިނީ ޒައިލީންގެ އަތަށް.. އެކަމަކު އެތަޅާފޮޅުމުގެތެރޭ ގައި ޒައިގެ އަތުން އޭތި ވެއްޓިގެން ގޮސް ތަޅައިގެން ދިޔައީ.. ދެން އައުލްކީން މިހާ ދުވަސް ވަންދެން ބޭނުން ވެގެން އުޅުނު މިނިވަންކަން އެވަނީ އޭނާއަށް ލިބިފައި.. މީގެ ކޮންކްލޫޝަންއަކީ ޖިންނިންގެ ދުނިޔެ އާއި އަހަރެމެންގެ ދުނިޔެއަށް ވަނީ ނުރައްކަލުގެ ވިލާގަނޑެއް އަރާފައޭ.. ސޮލިއުޝަންއަކީ ޒައިމެން އައުލްކީންއާއި ކުރިމަތިލުމޭ..” ޒައިލީން ކިޔައިދީ ނިންމާލިއެވެ.
“ސުވާލެއް..” ޒައިދާން އަތްމައްޗަށް ހިއްލާލިއެވެ. “އައުލްކީން އަކީ އެއްކަލަ ވިންގް ލާފައި ހުރި އޭންޖެލް ޓައިޕް ބާރބީ ގާރލް ތަ..؟” ޒައިދާން އަހާލިއެވެ. “ހްމްމް އެއީ އައުލްކީންއަކީ.. ބޭރުފުށުން ރީތި ވެދާނެ.. އެކަމަކު އެތެރެއިން ޝައިތާނަކަށް ދޫނުކުރާނެ..!” ޒައިލީން ހީވީ ބިރުވެރި ވާހަކައެއް ކިޔާދޭހެންނެވެ. “ދެން ބާރީ އަކީ ކާކު..؟” އަލްޔާ އަހާލިއެވެ. “އައުލްކީންގެ ބައްޕަ އަދި ޖިންނިންގެ މާހައުލުގެ މަދުމީސްކޮޅަކަށް ރަސްކަން ކުރާ އީވިލް ކިންގު..” ޒައިލީންއެކޭ ކުއިޒެއްގައި ހުރި ކުއްޖެކޭ ތަފާތެއް ނެތެވެ. ކުރާ ކޮންމެ ސުވާލަކަށް ފުރިހަމަ ޖަވާބެއް ދެއެވެ. “ނެއިލޮން ސަރ ކަރުގައި އޮތް ފަށަށް ހަލާކޭ ކިޔަން ޖެހުނީ ކީއްވެ..؟” ހެއިލަން ކުރި ސުވާލުގެ ޖަވާބު ނޭނގުމުން ޒައިލީން ބަލާލީ ރަވިކާންގެ މޫނަށެވެ.
“އެއީ އަހަރެމެންނާއި އިންސިންގެ ނިމުން ކަމަށްވާތީ..” ރަވިކާން އެހެން ބުނެލުމުން އަލްޔާ ވާއުއޭ ކިޔާ އެއްލޯ މަރާލައިފިއެވެ.
”އޯކޭ.. ރަވިކާންއަކީ ޖިންނިއެއްދޯ..؟” އަލްޔާ އިނީ ފުދޭވަރަކަށް ބިރުވެސްގަނެފައެވެ. ރަވިކާންގެ ދެ ލޮލަށް ބަލާލައިގެންވެސް އަލްޔާގެ ގައިން ހީބިހި ހިލުވާލައެވެ. ޒައިދާން އިނީ ވަރަށް ޝައުގުވެރިކަމާއި އެކީގައި އަޑުއަހާށެވެ. “ވާއު.. ކުރީގައި އަހަރެމެން ޖެހުނީ ޒައިއަށް ހިސްޓްރީ ކިޔައިދޭން.. މިހާރު ޒައި ޖެހުނީ އަހަރެމެންނަށް ހިސްޓްރީ ކިޔައިދޭން..” ހެއިލަންއަށް ބުނެވުނެވެ. “ހެތެނީސް އެލްފޯމޭނިޔާ ގައި އުޅޭނެ ބައިވަރު ކުދިން.. އެ އެންމެންގެ ތެރެއިން ޒައި ހޮވުމަކީ ކޮންމެވެސް ކަމެއް..” ޒައިދާން އޭނާގެ ޚިޔާލު ފާޅުކުރިއެވެ. “ދޮގެއްނޫނޭ.. މިހެންވާން ޒައި ހޮވުނީ ކީއްވެތަ ރަވިކާން..؟” ޒައިލީންއަށް އޭނާ ކުރިން ވިސްނާފައި ނުވާކަމެއް އައުމުން އެހުނެވެ. “އެހެމް.. ކީއްވެތަ އިންސިކުއްޖާ ހޮވުނީ..؟” ކަރުކެހެލަމުން ޒައިލީން ބުނެލިއެވެ. އެއީ ރަވިކާން އަބަދުވެސް އޭނާއަށް ގޮވާއުޅޭ ނަމަށް ވުމުންނެވެ. “ތިއެއް ނޭނގެ.. އެނގޭހާވެސްކަމަކީ އަހަރެންނަށާއި އިންސިކުއްޖާ ވަރަށް ގަދައަށް މަސައްކަތްކުރަން ވާނެޔޭ.. މިތިބަ މީހުންނާއިއެކީ..” ރަވިކާން ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.
“އޯކޭ.. އަދި ކިރިޔާ ދިހައެއްޖެހީ.. ކާކު ބޭނުމީ ކުޅެން..؟” އަލްޔާ އެއްސެވެ. “ހިނގާ ޓްރުތް އޯ ޑެއަރ ކުޅެން.؟” ޒައިދާން ބުނެލިއެވެ. އެޚިޔާލު ވެގެން ދިޔައީ ހެއިލަންއަށާއި ޒައިލީންއަށް ވަރަށް ކަމުދިޔަ ޚިޔާލަކަށެވެ. އެތާ ވާނުވާ ނޭނގިފައި ރަވިކާން ހުއްޓެވެ. “އޯކޭ.. ރަވިކާން.. މިއީ ކުޅިވަރެއް ޖިންނި ކުދިން ކުޅެނީ ކޮންކަހަލަ އެއްޗެއްސެއް ކަމެއް ނޭނގޭ.. އެކަމަކު އިންސި ކުދިންނާއި އެކީގައިވެސް އުޅެން ދަސް ކުރަންވެސް ވާނެއެއްނު..؟” ޒައިލީން ބުނެލިއެވެ. އެ ކުޅިވަރު އެއްކޮށް ރަވިކާންއަށް ކިޔައިދީފައި އެންމެން އެކީގައި ކުޅިވަރު ކުޅެން ފެށިއެވެ. ޒައިދާންއަށް ލިބުނު ޓްރުތްއަކީ ދުވަހަކުވެސް ކުކުޅެއްގެ ފަހަތުން ދުވިން ހެއްޔޭއެވެ. ޖަވާބުގައި ޒައިދާން ބުނެލީ އާނއެކެވެ. އަލްޔާވެސް ނެގީ ޓްރުތްއެކެވެ. އެ ޓްރުތްގައި ބުނީ އެންމެ ދެރަވީ ކޮންދުވަހަކު ހެއްޔޭއެވެ. އަލްޔާގެ ޖަވާބަށްވީ މާމަ މަރުވި ދުވަހެވެ.
ހެއިލަންގެ ޑެއަރގައި ލިބުނީ ހީވެސްނުކުރާފަދަ އެއްޗެކެވެ. އެ ޑެއަރގައި ބުނީ ޒައިލީން ބުރަކައްޓަށް ލައިގެން ފަސް ޕުޝް އަޕްސް ހެދުމަށެވެ. ޒައިލީން ހީނގަނެފައި ހެއިލަންގެ ބުރަކަށީ މަތީގައި ދެފައި ވަށް ކޮއްލައިގެން އިށީނެވެ. ހެއިލަން ފަސް ޕުޝްއަޕްސް ހެދިއިރު ހީހީފައި އިން ޒައިލީންގެ މޫނަށް ބަލަން އިން ރަވިކާންގެ ލޮލުގައި ވަނީ އާދަޔާ ޚިލާފު ކުލަވަރެކެވެ. ދަތްތައް ދިލުވާލައިގެން ހޭންއިން ޒައިލީންއަށް ބަލާފައި ރަވިކާންގެ ހިތް ދިޔައީ ގުޑައިގެންނެވެ. ޒައިލީން އެހާ ރީއްޗަށް ހީލައިގެން ހުއްޓާ ރަވިކާން އެ ދެކުނީ ފުރަތަމަ ފަހަރަށެވެ. ރަވިކާންއަށް ހުރެވުނީ އެއްވެސް ބަހެއްވެސް ބޭރު ކުރަން ނޭނގިފައެވެ. ދުލުގައި ތަޅެއް އެޅުވިފައިވާ ފަދައެވެ. އެހާވެސް ބަސް ހުސްވެފައެވެ.
ރަވިކާންގެ ޑެއަރވެސް ލިބުނީ ޒައިލީން އާއި އަމާޒު ކޮއްފައެވެ. ޒައިލީން ފުނާ އެޅުވުމަށެވެ. ނުލާހިކު ރީއްޗަށް ރަވިކާން ޒައިލީންގެ އިސްތަށިގަނޑު ފުނާއަޅުވާދިނެވެ. އެކަން ކޮއްފައިވާލެއް ފުރިހަމަ ކަމުން އެންމެންގެ ތައުރީފު ރަވިކާންގެ މައްޗަށް އޮހުނެވެ. ޚުދު ޒައިލީންވެސް ތައުރީފު ކުރިއެވެ. “އިންސި ކުއްޖާގެ އިސްތަށި ފަންވީމައި ފަސޭހައީ..” ރަވިކާން ފަހުރުވެރި ވެލިއެވެ. “ކާކަށް އެނގޭނީ ރަވިކާން އިސްތަށިގަނޑު ފުނާއަޅުވަން އެހާ މޮޅުކަމެއް.؟” ޒައިދާން ބުނެލިއެވެ.
ފަހަރަކު މީހަކަށް ސުވާލު ކުރަމުން ކުރަން ކަންކަން ދެމުން އަނެއްކާވެސް ރަވިކާންއަށް ޖެހިއްޖެއެވެ. އަނެއްކާ މިބުރުވެސް ރަވިކާން ނެގީ ޑެއަރއެވެ. ރަވިކާންއަށް ލިބުނު ޑެއަރއިން ޒައިލީންއަށް ވަގުތުން ރަވިކާންއާއި ދިމާލަށް ބަލާލެވުނެވެ. އެޑެއަރއަކީ އަލްޔާ އާއި އެކީގައި ތިރީސް ސިކުންތު ވަންދެން ނަށާލުމެވެ. އަދި ފަހު ތިން ސުކުންތަށް ވާއިރަށް އަލްޔާ އަނބުރާލުމެވެ. ރަވިކާން އެހާ ރީއްޗަށް އަލްޔާގެ އަތުގައި ހިފައިގެން ނަށާލިއިރު ޒައިލީންއަށް ހުރެވުނީ ބަލާށެވެ. ރަވިކާން އަކީ ރުޅިގަދަޔަސް ހުނަރުން ފުރިފައިވާ މީހެއްކަން ޒައިލީންއަށް އެނގުނީ ދެނެވެ. އެމަންޒަރު ބަލާއިރު ހީވަނީ ޒައިލީންގެ ސިކުނޑީގައި ހިފާ މީހަކު ބާރަށް ދަމާލާ ހެންނެވެ. ހިތުގައި ގޮށް މުއްކަވާފައި ތަޅާހެންނެވެ. އެހާވެސް ޒައިލީންއަށް އުނދަގޫވިއެވެ.
އެޑެއަރ ފުރިހަމަ ކުރަމުން އަލްޔާ އަނބުރާލި ގަޑީގައި އެއްލި ކަޅިއަކުން ރަވިކާންގެ ލޮލުގައި ދެލޯ ކުޑަ ކޮށްގެން އިން ޒައިލީން އަޅައިގަތެވެ. އެލޮލުގައިވާ ކުލަވަރުން ރަވިކާންއަށް ބުނެދޭން ނޭނގޭފަދަ ގޮތް ގޮތްވިއެވެ. އަލްޔާ އަނބުރާލެވުނު ގޮތުން އަލްޔާ ނުވެއްޓުނީވެސް ކިރިޔާއެވެ. ނަމަވެސް ޒައިދާންގެ ހުޝިޔާރުވެފައި އަލްޔާގެ އަތުގައި ހިފާއްޓައިދިނެވެ. “ވަޓް ބްރޯ..؟” ހެއިލަން އަހާލިއެވެ. “ޒައިއަށް ބަލާލެވިގެން ރަވިކާން ޑިސްޓުރެކްޓްވީދޯ؟” އަލްޔާ ޒާތަކަށް ހީނލީ ރަވިކާން އާއި ޒައިލީންގެ މޫނަށް ބަލާލަމުންނެވެ.
ކުޅިވަރުގެ ބާކީ އޮތްބައި ކުޅެވުނީ ރަވިކާން ނޫނީ ޒައިލީން ކުރެން އެކަކުވެސް އަނގައިން ނުބުނެއެވެ. އެހެންވީގޮތުން އަނގައިން ނުބުނެވޭހާ އުނދަގޫ ރަވިކާންއަށް ވިއެވެ. ރަވިކާން ހަނދާންވީ ބާރީ ބުނި ބަހެވެ. އަމިއްލަ ފުރާނަ އެހެންމީހެއްގެ ފުރާނައަށްޓަކައި ނުރައްކަލަށް ވައްޓާލާނެ މީހެއްނޫނޭ ބުނި ގޮތެވެ. އަމިއްލަ އަށް ސަލާމަތްވުމަށް އެހެންމީހުންގެ ފުރާނަތައް ނުރައްކަލަށް ވައްޓާލާނެ ކުޅަދާނަކަން ހުރިކުއްޖެއްކަމާއި އެންމެން ނުފެނިގެން އުޅުނު ޖިންނިއޭ ބުނި ހަނދާނެވެ. ސަލްވިޔާގެ ދަރިފުޅޭ ބުނި ގޮތެވެ. އަމިއްލަ ނަފުސަށް ޒައިލީންއާއި ދިމާވިފަހުން އަންނަމުންދިޔަ ބަދަލުތަކެވެ. ކުރިން އަންނަހާ ގަދަޔަށް ރުޅިއެއް ނާދެވެއެވެ. ޒައިލީންގެ އެންމެ ބެލުމަކުންވެސް ރަވިކާން އުއްބައްތިއެއްހެން ވިރުވާލާ ފަދައެވެ.
ޒައިލީންގެ ހާލު އެއަށްވުރެ ބޮޑެވެ. ދުނިޔެއަށް އައިފަހުންވެސް ޒައިލީންގެ ހިތަށް ހަމަޖެހުމެއް ލިބިފަ އެއްނުވެއެވެ. ފްރުޓްސް އެންޑް ނަޓްސްއާއި ރޮއްޓޭ ބުނެވުމަކީ އޭގެ ހެއްކެވެ. އެދުވަހު ކޮތަރު ފަތެއްގެ ފަހަތުން ދުވެވުނުކަމީ އޭގެ އަނެއް ހެއްކެވެ. ޒައިލީންއަށް އެދުވަހު ރަވިކާން ފެނިފައި ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އޭނާގެ ބޮލަށް ވެރުނުހެންނެވެ. އެވަގުތުކޮޅުގައިވެސް ރަވިކާންއާއި ރީއްޗަށް ވާހަކަ ދައްކާ ހަދާލަން ބޭނުންވިވަރު ޒައިލީންއަށް އަދިވެސް އިހުސާސް ކުރެވެމުން އެބަދެއެވެ. ހުވަފެނެއް ކަމަށް ހީކުރި ނަމަވެސް ރަވިކާންގެ މަތިން ޒައިލީން ހަނދާންކުރިވަރު ދެނެވޮޑިގެންވާނީ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ފަރާތެވެ.
އެރޭ ނިދަން އެނދަށް އަރާފައި ބާލީހުގައި ބައްދާލައިގެން އެތަށްއިރެއް ވަންދެން އޮތްއިރުވެސް ޒައިލީންގެ ލޮލަށް ނިންޖެއްނައެވެ. ބޮލުގައި ހީވަނީ ރަވިކާންގެ ތަސްވީރެއް ދުވަހަކުވެސް ނުނެއްޓޭނެ ފަދަ ތެރަހަކުން ތަތްކޮއްފައިވާހެންނެވެ. އެހާވަރަށް ރަވިކާންގެ މަތިން މިހަނދާންވަނީ ކީއްވެބާވައެވެ. އެއީ ޒައިލީން އަމިއްލަ ނަފުސާއި އެތައްހާސްފަހަރެއް ވަންދެން ކޮއްފައިވާ ސުވާލެކެވެ.
ދެވަރަ ބޭރަށް ފަތުރާލައިގެން އޮތް ރަވިކާންގެ ހާލަކީވެސް މިއެވެ. ބޯދަށައް އަތްލައްވާލައިގެން ރަވިކާން އޮތީ ނުނިދިފައެވެ. ކަންފަތްދޮށުގައި ތަކުރާރުވަމުން ދިޔައީ ބާރީގެ ޖުމްލަތަކެވެ. ހަގީގަތުގައިވެސް އަމިއްލަ ނަފުސު ބަދަލުވެއްޖެކަން ގަބޫލުކުރަން ރަވިކާންއަށް މަޖުބޫރުވެއްޖެއެވެ. ދެމީހުންނަށް ވެސް ނިދުނީ ވަރަށް ދަންވި ފަހުންނެވެ.
“އާދިޔަން… ލައިބްރަރީގެ ތޭރަވަނަ ހަރުގަނޑު..” ނިދީގައި އޮވެގެން ޒައިލީންއަށް ކިޔެމުން ދިޔައެވެ. “އާދިޔަން.. ލައިބްރަރީގެ ތޭރަވަނަ ފަރުގަނޑު..” ޒައިލީން ހަމަ އެ ޖުމްލަ ބަނދިވަރެއްހެން ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. ހީވާކަހަލައެވެ. ޒައިލީންގެ ހުވަފެނުން ފެންނަނީ ކޮންމެވެސް އާދަޔާޚިލާފް މަންޒަރެކެވެ. “އާދިޔަން.. ލައިބްރަރީގެ ތޭރަވަނަ ހަރުގަނޑު..” ޒައިލީން އެޖުމްލަ ކިޔުން ހުއްޓާނެހެންނެއް ހިޔެއްނުވެއެވެ. “އާދިޔަން.. ލައިބްރަރީގެ ތޭރަވަނަ ހަރުގަނޑު..” ދޫ ހަލުވިކޮށް ޒަައިލީން ކުރިއަށް ދިޔައެވެ. “އާދިޔަން.. ރަވިކާން.. އާދިޔަންގެ ދަރިފުޅު..” ޒައިލީން އެހެން ބުނެލާފައި އަނެއް ފަރާތަށް އެނބުރުނެވެ. ނަސީބަކުން ޒައިލީން އެ ޖުމްލައަށް ފަހު އިތުރު އެއްޗެކޭ ކިޔާ އަޑެއް ނީވެއެވެ.
ހިޒްލީގެ ވޭނީ ހަޅޭކުގެ އަޑުން ގޭތެރެ ގުގުމައިގެން ދިޔައެވެ. އެކަކަށްވެސް އަޑެއް ނީވުނެވެ. އަޑު އިވޭނީ ވެސް ނުނިދާ އޮތިއްޔާތާއެވެ. އެންމެންވެސް އޮތީ ނިދާ ހަރުވެ ހުވަފެންތައް ބެލުމުގައި އަވަދިނެތިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
77 Comments!
Comments are closed.





Yay me first dhw???
I’m speechless?????
Story ehaa vxx salhi ♥️♥️♥️♥️????
Dhen kihineh baa vaany??????
Curiously waiting for the next…????
Lysm and tgc my fav author ????
Stay home and stay safe ??
Yayy labba you first miadhu Een dear ???? Thank u so much Een ????? Lets see dhw dear ??? Keep waiting insha allah mirey 16 wana part submit kollaanan ingeii ??? Love u more n more n more ??? Stay safe ?? And take gud care Een, one of the sweetest gurl ever ??? lovess
Wowow Xai is in love with Rawikaan ❤❤❤❤❤ Aaaahh I had goosebumps when i read their part ?? so amazing and so cute this story ?? You made the waiting worth it by making this part longer ❤❤ ILUsSSSSSM yooon ❤❤ Mwahhhhh ? keep it up and when next btw
Yoon I just have to say that this part is so amazing ❤❤❤ specially Zaikan moments ❤ they are so cute and they make a perfect couple ?? Waiting impatiently for the next
haadha salhi aey dhen vaane gothaka anekaa ves inthizaar kuran jehifai mivanee.. heekuran than kolhe a vaha an naanekamah..
Extremely sorry for the delay ?? Yoon submit kuran gawaidhun but site ge admin team stry thah upload kuraa irakun readers ah stry kiyaalan libeynee ??? And anyways Thnxxiess Naai ????? Keep waiting dear
School ga indgefaives husvaguthu libey irah avahah mi kiyaaly v reethi mi bai few???????
Varah reethi mi part vx …… Lyssssm Yoon …… Waiting for your next amazing part…… Stay safe and stay home….. Tc
Awwnn thnxxx Eekko 11 ✨?✨ Keep waiting Insha Allah mirey nxt submit kollanan ingeii ? Awww Love u more ????? You stay safe too ??? Tc Eekko dear
This story rocks ♥️♥️♥️ Saranghae yooooooon ??? mwaaa
Thnx so much dearlingss ?? Aww saranghae u more JIN.BTS ????? tc dearrr
Ooohno neilon principle died ????? that’s so sad you know the way you described the scene gave me goosebumps I’m telling absolutely the truth ??? just all the best
Yea he died ??? Ohhh vrh happy vejje ?? Thnkx vvvvv much Maikko dear ????? tc
I can’t wait to know what happens next ??? stay safe and upload the next part soon Yoon ?? soon:yooon rhymes ? lol
kihineh baa van e eulheni 🙁 varah hih biruganejje fahu thanko kiyaafa 🙁 But this story is amazing and yoon.. You made this part so long it made the wait worth it 🙂 Love you so much
Lets see dhww ???? Thnku so much :p dear ????? oh vrh happy to knw that ? Love you so much more ??? Stay safe
Inna lillahi vainna ilaiyhi raajioon to The principle 🙁 🙁 I had tears in my eyes when i read that part.. He did everything for the people and died without even getting a grattitude or anything… Waiting for the next part.. ILUSSSM
Splendid part yoon.. and omg is zai & ravikan falling for each other ???????? so cute !!!!!!! I love this story
Awwn thank u so much Zayn ????? Hehe seems like that dhww ??? So happy to hear that Dear ???✨? Tgc Zayn dearrr
I gotta be serious.. I wish i was a kid of the mullins family
Thnk u so so much XoXo dearlings ????? Awwn hehe Hyel’s family kid akah waan dhw ? Ehehe so happy to knw that dearlsss ??✨ tc
wow..
vrh reethi
hama speeeeeeeechless
waiting for the nxt prt
stay home
stay safe and sound
take care
luv u a lots sis.. :);)
Thnxxx dear No one ????? Keep waiting Dearlsss ??? You stay safe n sound too ✨ Love you a lot more No one ????? Tvgc
i wish i was a one of the main character of this story..heheh…like always its the bestet story in this site ..hope next part vx mihaa reethi vaane kamah.., sooo nice masha allah .. hen next dhoonyaaa…curiously waitin for the next.. wanna be a friends with yuhh <3
Awwnn so sweet of u dearlss ????? Ovv so so so happy to hear that frm u ??? Thnk u so much Lucyaa ?✨ Nxt insha Allah mirey submit kollanan ingeii ?? Ofc Ofc glad to be frnds with u Lucyyy dear ? Lysm Lucy dearlss ??? Tc luciyaa Dhooniii
mivaahaka vara salhi vara kiyaa hivey.. dhen kon irakunbA next bai an naanee..
Thnk u so so much Nusra dearlingg ??? nxt insha allah yoon mirey submit kollanan ??? Dhnn site in stry thah up waa gadi akun mi stry ge 16 wana Part vxx Upload waane ??? Thnx dear n stay safe
varah reethi mi part ves curiously waiting for the next part
Thnnkkk you so much Starlight vixx ????? Vrj ufaavejje ?? Keep waiting dear ?? tvgc
V. V.. V. V. V reethi maasha Allah ????
Rawikaan and zaileen is falling for each other so cute???? when is the next part? ?
Awwwn thnxxx so much Maash ??????? rh ufaavejje anekkavxx Maash ge comment eh fenunyma ??? Hehe ❤xaikan❤ is working out dhww ???? nxt insha allah mirey submit kollaanan ??? keep waiting dearlss ?? lysm n stay safe maash dear ?? tvgc
Vara reethi kiyaa hiwaa vaahaka ae ..uoon ah vara boda thnks…next baya mi inthizaar kuranee..heekuran a vas vaane kama…covid 19 ge vaahaka kolhe laanama salhi vaane…binmaa ves mihaar ae gotha liyanee
Oh thnk u vvv much Hithadhu ?? awwn your vvv welcome dearling ?? Covid 19 dhw ? vv thnxxx for your amaxinn idea but this stry is a fully written stry ??? this stry is the 2nd stry yoon liyunu 7 stryss therein ?? and ekujja wx my 4rth ? yoon submit kuraa iru dhn check koffa dhn re-check vxx koffa submit kuranee ? so like change eh genanun kudakoh undhagoo wedhaane ?? But rlly.. thank you so much for the idea ??? pls keep sharing more ??? once again Thank u Hithadhu for your support
Hiii Yoon????
Mi part ves vrh Sali ??????
Masha Allah keep it up ?????
And some parts are really funny hehehe??????????
Aley neilon sir maruvee tha so sad???
Ravikaan and zaileen is super cute❤️? ithink They both are in love heheh???❤️?????
Heilen mom keeve baa ehaleylevy??. So curious kohlaafaa thininmaalee??
Btw waiting for the next ?????
Luv uu. ♥️♥️
Stay safe TC ??❤️
Hllww Ril dearlingss ??? Thnkss so much dear vrh vrh vrhhh ufaavejje ??? Hehe rlly glad n happy you liked them ?? Yeaa sadly Our lovely principle Chosen Neyolones Died ? Oh dearlings Its Hyel’s lil sis Hixxly who screamed hehe ?? Issoke everyone makes mistakes ?? yoon vxx ?? Ehehe readera curious kollaafa nimmalun is kinda yoon ge hobby eh ???? keep waiting.. ??? Love you more Ril dear ????? you stay safe too Ril dear ???? tc dear
Ohhh hyel ge lil sis dhw
Olunee heheh
Ehehe issoke ????? yoon vx stry kiyaa iru vrh waa kameh eii ??? Lysm Ril dearlsss ? take care n stay safe ??? lovesss
Holly molly what on earth is happening to hizlee ? Feels like she is in trouble.. But won’t know for sure unless we read the next episode.. So waiting veryyyyyyyy impatiely :3 iLu
Lets see dhww ?? Thnk u so much Afuu dear im so happy ??? Keep waiting dearlsss ?? Awwn i love u morr ??? stau safe ?? tgc
MI STORY AKEE DHO YOON GE AA VAAHAKA AKEE OOPS..! DHEMME EHEN KUJJEH LIYAA VAAHAKA AH YOON GE VAAHAKA EH KAMAH HITHAA COMMENTU NUKUREVUNY KIRIYA !!! VARAH SALHI ADHI UNIQUE VAAHAKA EH GOTHAH I AH MI VAAHAKA SIFA VANEE.. HURIHAA BAYEH VES VARAH FURIHAMA.. SPEACHLESS AND MIND TOTALLY BLOWN FAR AWAY TO JUPITER. LOL JK.. ADHI ALSO WHEN NEXT..? AND WHEN IS EKUJJA SEASON 2 COMING..? WATING………………….. HIHI
Oh labba dearlss this is the stry imm writing after -E kujja S1- ??? ohh asluvx ?? Awwn vrh ufaavejje dear ??? oh blown away far to jupiter dhww ???? ehehe ?? nxt, i mean part 16 iyye rey yoon submit kollin ?? E kujja S2 just kuda thankolheh liyelaa irah nimeyne ? Keep waiting dear ?? 16th part and E kujja S2 will come soon insha allah ?? Lysm dearlss
Wow the best story writer ever 🙂 Love you very much. next part tonight submit kofiyya update vaanee kon irakuntha.? stsf
Alheii thats so sweet of u Lysm ??? Awwnnn love you more ??? Nxt part yoon submit kollaifiyya site ah up waane exact gadi eh yoon akahvxx neynge ?? Yoon submit kollyma it will get the admin approval ??? Dhn site ah stry thah up kuraa waguthu mi stry ge aneh part vx upload waany ??? You stay safe too dearlsss
Zailyn and Ravikaan is 100% in love with each other.. I am 1005 sure.. and i am 100% waiting for the next part.. <3
Lyvm 1000% yooon
Awwn yea dhww ❤xaikan❤ seems to be working out dhww ??? keep on waiting dearlings ? Love u very much more ????? Thank u so much Jennie ???? stay safe dear
Varah Habbu.. Obi noavey… varahvss salhi mi vaahaka..
Thnxxies Anonymousaurace ??? Vrh ufaavejje dear ??? Take care n stay safe
Yash ge favourite story.. miadhu busy kamun thankolhelahun kiyuni mi.. ekamaku mi bai ves vrh reethi. dhen oinna bai ves dhigu kurachey okay tha
Awwn thnk u so much Yashaal ??? aw iss okki dearlings ??? Nxt part vxx dhigu waane hn hywany ???? not vvv sure ?? tvgc
varah salhi parteh.. me varah ufaavi dhigu kodheefa otheema.. yoon haadha rangalhey
Thanxxiess XinXin dearls ????? Awwh nice to knww that dear ??? Awwn thnx XinXin ? stay safe n tc dear
Alhey izi ge favourite vaahaka mee mihaaru ❤️❤️❤️ It’s fabulous and sad but always very nice ??? zaileen and Ravikaans cute-ness cannot be described in words ?? And I seriously hate Alkeen now ☹️ would it be a sin to let everyone be ?? And Keep it up yoonnniii ???? will be waiting for the next part
Lysssssssm my favourite auther forever and ever ? take care
Aheii so happy to knw that ??? thank you so much Izi ????? alhey it cannot dhw ? Mm lets see dhw ?? Yshh keep waiting ?? Awwn Love you more Izi, one of the sweetest everr ??? you take care too dearlingss
wowww.. im speechless ??
hama aslu koh vx.. varah varah reethi ??..
you rock yoon??
Aw thnk u so much ner ??? Im so happy to hear that ??? Thnk u vvvv much ?? n also stay safe ??? take good care dearlsss
vara reethi vaahaka aeh.. ae ko kiyaa laafin.. aslu ves vara biruveri,, aekamak ves next part ves kiyaa la hivey vara..
vara thana vas khiyaalege macha liyefai vaahakan faahaga kuran
Thank you so much thithi ??? vrh vrh ufaa vejje ??? nxt iyye rey yoon submit kollin ? dhn site in stry thah uplaod vaa gadee nxt part kiyaalan libeyne ?? once again thnxx so much
Love this story it’s so interesting and lovely ❤️❤️❤️ just wow
Lysm Yoon loabigandaa ❤️❤️❤️ stay safe
Awwnn thnk u so much Kai ????? Love u more Kai lwwbigandoo ??? you stay safe too Kai ✨✨? tvgc
What is happening to Heilan’s kokko..??? She sounded terrefied i guess 🙁 Yoon did u submit the part 16..??? Becuase i cant wait to know what happened next 🙂 Hell yeah waiting for the next part.. Ly
What is happening in heylans house ?? And what is wrong with aulkeen ? She is so bad ?? But Rawikaan and Zaileen parts were soooooo amazing ??? Wish u luck yoon ?
I know if I say Lysm, gonna say I love u more back so I am gonna say I love you more then u love me ??? So I’m waiting for the next part. ❤️ Inthizaaru kuranings
Lets see dhww ??? ooh vvvv happy that u liked it ????? thnk u so much Lisa ?? Awwnnnn love you more so much more and more dearlingss ???? krep on ithixaaru kuranings dear ✨✨?? stay safe dearlss ?? take very good care
Your gonna say I love u more back ?? forgot to write your in the other one
Oooh issoke dearlss ??? tc
So waiting and waiting ❤️❤️❤️ tic toc tic toc
Keep waiting dear ??? yea the clock is ticking dhww ??? lets wait dhww
And please tell me your favourite song and favourite colour
And I have commented too much ?? sorry for that but your just so amazing I wanna know more about you ❤️ So love u more
Awwwn ??? Oh i kinda have a lot of fav songs ??? Idk which to choose ?? But i lovr listening to V version of Euphoria ??? and my favourite colour is blue ?? Ooh iss okki dearlsss you can ask me any question u want ?? If its an easy question for me to answer insha allah i will answer ?? Love u more n more Lisa dearlss ?? take care
And one more thing esfiya ah vaahaka than up nuvaa vaahaka bunayya e comment eh publish eh vxx nuvey…. This is not fair
Asluves admin plxx up kohdeyshey bunyas cmnt pub lish eh nuvey vrh fake it’s not fair ??
Oh ? So keep waiting insha allah it will be up soon ingeii ??? Thank u for the comment anonymous
hey don’t comment but read all of it stories ☺️☺️ Umm..
I just wanted to ask u….
How many parts does this story have ?? Enjoy this story so much I don’t want this to end soon !! Tell me
And are u an Army ?? u have Taehyungs pic for Ravikan ❤️ just asking ? also have a great day and when next ? um..
Curiosity is killing me ? so loveyou and be safe
Wow nice story ❤️❤️❤️❤️
Thanxxiess Anonymous dear ?? vrh ufaavejje
Yoon 16 wana part kiyan beynuvaa varun abadhu visneni dhen vaani kihineh baa ey 🙂 🙂 🙂 hehe
Emme bodah beynun vanee Rawikaan Zaileen Adhi heilan ge bai thah kiyan.. zaileen choose kuraani kaaku kan varh beynun ingen 🙂 hehe
Dhen Also Aulkeen gandu ge next move ves engen beynun.. Hama mi vaahaka intresting kamun mi ulheveni 🙂 ehehehe
Dhen yoon ah best of luck.. Kiyevun feshunyma inge udhagoo vaane kan ves gavaadhun update kuran.. 🙂 Bas ahaigen yoon ves kiyavahchey inge… Ly yoon
Oooh ???? HyelXaiKan parts dhww you like the best ?? Lets see dhww ?? obvi stry nimimuge kurin you will knww who Xai is going to choose ?? Aulkyn ge nxt move vxx vrh avahah ingeyne ✨✨✨ Awwwnn Thnk u so much dearlsss ?? Yea yoon ge studies feshijje now ?? Labba dearlss yoon vrh bas ahaigen kiyawanan insha allah ?? Love you more Kylie dear ??? And thank you vvvvvvvvvvvvv much Kylie dear ??? Im so happy that i got your comment ??? Take care dearlss ?? Stay safe
Varah reethi vaahaka eh . Good job