އަހަރެން އިނީ އޮފީހުގައެވެ. ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެހެނަސް، އެއްވެސްކަމެއް ކުރާ ހިތެއް ނެތެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. ކަމެއް ނުކުރެވި މޫޑު ކަޓާފަައި އިންނަތާ ގަޑިއިރެއް ވަނީއެވެ. ވާނީވެސް އެހެންތާއެވެ. ގެއިން ނުކުތީ ކޮއްކޮ ކުރިކަމަކުން ހިތްހަމަނުޖެހި ހުރެއެވެ. އޮފީހަށް އައި މަގުމަތީގައި، ޓްރެފިކުގެ ބަލާވެރިކަން ޖެހުނެވެ. އަނެއްކޮޅުން ހޭލި ގޮތަށް އަހަރެން މިހުރީ ހުސް ބަނޑާއެވެ. އެހެން އިންދާ ފޯނަށް މެސެޖެއް އައި އަޑު އިވިގެން، ޖީބުން ފޯނު ނަގައި ބަލާލީމެވެ. […]
އުޑުމަތީގައި ވިލާ މަދު، ރީތި ދުވަހެކެވެ. ވައިމަޑުވެ، ކަނޑުގެ ލޮނުގަނޑު ވަނީ ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ލޯންޗު ރަށުގެ ބަނދަރާއި ކައިރިކޮށްލިއެވެ. މާޔާ އުރާލައިގެން ލޯންޗުން ފޭބުމަށްފަހު މީޝާއިލް ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ. ރަށުގެ ތަސްވީރުތައް އޭނާގެ ހިތުގައި ކުރެހިފައިވާ ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. ބަލައިލާ ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ތަރައްޤީގެ ކުލަވަރެވެ. އަމާންކަމާއި، ހިތްފަސޭހަ ކަމެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ތިބުމަށް ހާއްސަ ގޭގައި ހުރުމުގެ […]
” ކަލޭގެ ތިޔަ ފޭކް ކަރުނަތަށް އެހެން މީހަކަށް ދައްކާފަ, އެމީހަކު ކައިރިން ސިމްޕަތީ ހޯދާ, އަހަރެންނަކަށް އަސަރެއް ނުކުރޭ, އަދި ކަލޭ ހީކުރީ ކަލޭގެ ހަނދާނުގައި އަހަރެން ހުންނާނެ ކަމަށްތަ, އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން, ތިކަަހަލަ މީހެއްގެ ކިބައިން ސަލާމަތް ވީތީ އުފާކުރަން” މިހެން ބުނެ ނުކުމެގެން ދިޔައެވެ. އަރުޝްގެ ޖުމްލައާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. މޭގައި އަތް އަޅަމުން ހުރިތަނަށް ތިރިވިއެެވެ. އަދި އަނގަމަތީ އަތް އެޅީ އަޑު ނުކުމެދާނެތީއެވެ. […]
” މަންމާ.. ޒައިނޫ!!!” ކަންފަތް ފަޅައިންދާ ވަރަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ކޮޓަރި ދޮރު ވެސް ހުޅުވުނެވެ. ” ހަހަހަހަ.. ” ފަޒްލާ ދޮރު ހުޅުވާލިގޮތަށް ފެށީ ހޭށެވެ. ” ކޮބާ މީޝް.. މަންމަ ބުނަމޭނުން ނަމާދު ކޮށްގެން ދެން ނޯއްތާށޭ.. ޒައިން ތިހެދީ ހަމަ ރަނގަޅަށް.. ” “އަދި މަންމަ ވެސް ޒިންގެ ކޮޅަށްތަ؟ ތީ މީޝްގެ މަންމަ ތަ ޒައިންގެ މަންމަތަ؟” އެނދުން ވެއްޓި ނުތެދުވެފައި އިން މިޝްޔާ ތުން އޫކޮށްލާފައި ބުންޏެވެ. ” […]
މުޅި ތަނުގައި ވަނީ މީހުންގެ އަޑުތައް ގުގުމާލާފައެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. އެކަކު ފިތަކަށް ފިއްތާލާ އަޑު އިވޭ އިރަށް އނެއްފަރާތުން އެއްޗެއް ގޭނޭ އަޑު އިވެއެވެ. ހަނާގެ މޫނު މަތިން މާޔޫސް ކަން ފެންނަން ފެށިއެވެ. މިއަދަކީ އެހެން ދުވަސް ދުވަހަށް ވުރެ އޮފީސް މާ ބޮޑަށް ވެސް ބިޒީ ދުވަހެކެވެ.ހަނާގެ ހިތަށް އަރަނީ މިކަހަލަ ދުވަސް ދުވަސް ވެސް މީހުންނަށް އާދޭބާއެވެ. ކުއްލިއަކަށް ހަނާގެ ޑެސްކާއި ޖެހިގެން އިން ކުޑަދޮރަށް ބަލައި ހަނާގެ އެ މާޔޫސްކަން ގެއްލިގެން ދިޔަ ކަހަލައެވެ. އޮހޭ ވާރެއަށް ބަލަމުން ހެވެމުން ދިޔައެވެ.ކުޑަދޮރު ހުޅުވާލާ ވާރޭ ތިކި ތިކީގައި ބީހެމުން ލަދު ރަކި ވަމުން ދިޔައެވެ. އަމިއްލަ ނަފްސުގައި ބައްދާލައިފައި ލަދުގަންނަ ގޮތްވެސް ވެއެވެ. ވަރަށް ފުން ޚިޔާލުތަކެއް ތެރެއަށް ހަނާ ގަރގުވެއްޖެކަން ޔަގީނެވެ. ކުއްލިއަކަށް ހަނާގެ މޫނުގެ ކުލަވަރު ބަދަލުވެ އެ މާޔޫސް ކަމަށް އެނބުރި އައިސްސިއެވެ. ވަރަށް އަވަސް އަރުވާލާފައި ކުޑަ ދޮރު ލައްޕާލުމަށްފަހު ގޮނޑީގައި އިށީނދެ ޑެސްކްގައި ބޯ ޖަހާލިއެވެ. އަދި އިރުކޮޅަކުން ތެދުވެ ލޮލުގައި އޮތް ނަންބަރު އައިނު ނަގާ އިސްތަށިގަނޑުހާވާލުމަށްފަހު ބޯޖަހާލިއެވެ. ހީވަނީ ދެންމެ ދެންމެ ހަމަ މީހަކު ހަނާ އާ ދިމާލަށް އެއްޗެހި ކިޔާ ދެރަކޮށްލިހެންނެވެ. ހަނާގެ މޫނު ކުޑަދޮރާވީ ފަޅިއަށް އަނބުރާލުމަށްފަހު އޮތީ މަޑުމަޑުންނެވެ. އެއްވެސް ކަހަލަ އަސަރެއް މޫނުމަތިންނެއް ނުފެނެއެވެ. މަޑު މަޑުން އިނދެގެން ހަނާގެ ޙަޔާތުގެ ޞަފްޙާތައް މީގެ ފަސް އަހަރު ކުރިއަށް އުކާލިއެވެ. އަދިވެސް ހަނދާންވަނީ އެދުވަސްތަކެވެ. އަދިވެސް ހީވަނީ އެއީ ކުރިމަތީގައި ވޭވޭ ހުންނަ ކަމެއް ހެންނެވެ. އަނދުނުގެ ކަޅު ކުލައާއި އެކީ ކަރުނަތައް މޭޒަށް އޮހެމުން ދިޔައެވެ. ހަނާ އަށް ހީވަނީ މުޅި ދުނިޔެ އަނދިރި ވެއްޖެހެންނެވެ. އެހެން ނަމަވެސް އެކަމާއި އަދިވެސް ހަނާ ދެރަވެއެވެ. އެ މަޑުމައިތިރި ވަގުތު ތައް ހަނާ އެ ހޭދަކުރަނީ މާޒީގެ އެ ޞަފްޙާތއް ތެރޭގައެވެ. ކުރިމަތިން ފެންނަނީ ވަރަށް ބައިވަރު މީހުން ޕާރޓީ ކުރާ ތަނެވެ. ސަކަރާތް ޖަހާ މަންޒރެވެ. އަޑު އިވެނީ ހޭ އަޑެވެ. އެކަކު އަނެކަކު ނަށަން ވެސް ނަށައެވެ. ރައްޓެހިވެގެން އުޅޭ ދެ މީހުން އެކުގައި އުނގަނޑަށް އަތްލައިގެން ނަށާ ތަން ވެސް ފެންނަހެން “ހަނާ!”ހަނާ”!”ހަނާ!” ހަނާ އަށް ކުއްލި ސިހުމެއް ލިބި އެ ޞަފްޙާތައް ތެރެއިން ބޭރަށް އާދެވުނީ ނަހޫ ގޮވާލުމުންނެވެ. ލިބުނު ސިހުމާ އެކީ “އާނ! އާނ! ކިހިނެއްވީތޯ ސުވާލުކުރިއެވެ؟ ހިނގާބަ ބްރޭކަށް ދާން! ކިހާ ބަނޑުހައި!ހަނާ އަށް ކަމެއް ވީތަ؟ ނަހޫ އެއްފަހަރާ ހުރިހާ ވާހަކައެއް ދެއްކިއެވެ. ނަހޫ އަކީ އޮފީހުގައި ހަނާ އާއި އެންމެ ގާތް ކޮށް އުޅޭ ކުއްޖާއެވެ. ދެމީހުންނަކީ ވަރަށް ސަކަރާތް ޖަހާ ދެމީހުންނެވެ. ދުވަސް ނިމުމަށްފަހު ގެއަށް ދިއުމަށް ފަހު ހަނާ ފެންވަރައިލައިގެން އެރީ ޢިޝާ ނަމާދަށެވެ. އަދި ނަމާދުކޮށް ނިމި ދުޢާ ކުރަމުން ދިޔައީ ރޮމުންނެވެ. ހަނާ އޮފީހުގެ ބައެއް މަސައްކަތް ކުރަނީ ރޭގަނޑުގެ ވަގުތު ތަކުގައި ގޭގައެވެ. އޮފީހުގައި ހިސާބުތަކެއްގައި މައްސަލަތަކެއް އުޅޭތީވެ އެކަމާއި ވިސްނާ ފިކުރުކޮށް ކަން ކަން ޙައްލު ކުރަން އިން ވަގުތު އެއްފައި ގޮނޑިއަށް އަރުވާލައި ކަކުލުގައި އަތް އަޅުވާފައި ބޮލުގައި އަތްވިއްދައިގެން އިނދެ ގަލަމުގެ ކޮޅު އަނގައަށް ލައިގެން ވިސްނަމުން ދިޔައެވެ. އަވަދިނެތި އުޅެފައި ހަނާ އަށް ގަޑިއަށް ބަލައިލެވުނު އިރު ގަޑިން މެންދަމުން އަނބުރާ 2.00 ޖަހަނީއެވެ. ހަނާގެ ގަޔަށް ހީވީ އެވަގުތު ކަށްޓެއް ހަރާލި ހެންނެވެ. އަވަސް އަވސް ކޮށްލާފައި ނިދަން އޮށޯތެވެ. ދެއަތް ބޯ ދަށަށް ލުމަށްފަހު އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓައިގެން އޮށްވަ ފެންނަނީ ހަނާ އެންމެންގެ ތެރޭގައި ތަށްޓެްއ ހިފަހައްޓައިގެން މޭޒެއްގެ ކަނުގައި ރަތް ކުލައިގެ، ކަކުލާއި ހަމަ އަށް އަރާ ހެދުމެއް ލައިގެން ލެނގި ލައިގެން އެއްޗެއް ބޯން ހުރި ތަނެވެ. ކަންފަތުގައި އެލުވާލައިފައި ވަނީ ރީތި ގަހަނާ އެކެވެ. އަންހެނުންނާއި ފިރިހެނުން ވަނީ އެތަނުގައި މަސްހުނިވެފައެވެ. ތަންކޮޅެއް ދުރުން ހިނގާލާފައި ދޮން، ދިގު ފިރިހެނަކު ހަނާ އާ ދިމާލަށް އަންނަތަން ހަނާ އަށް ފެނުނެވެ. އޭނާ ހަނާ ގާތަށް އައުމުން ހަނާ އަށް ލަދުން އޮޅެވެއެވެ. ހަނާ ދުވަހަކުވެސް ނުދެކޭފަދަ ރީތި ކަމެއް އެ ޒުވާނާ ގައިގައި ވެއެވެ. އަދި ބަލައިލަން އެހާ ހިތްފަސޭހަ އެވެ. އޮމާން، އަމާން ސާދާ މޫނެކެވެ. ހަނާ ގާތަށް އައިސް ހުއްޓި. ހަނާ ލެނގިލައިގެން ހުރި މޭޒު ދަށުގައި ހުރި އެއްޗެއް ނަގައިގެން ދިޔައެވެ. ހަނާ އަށް މަޑުމޮޅިކަން އެ ވަގުތު އިޙްސާސް ކުރެވުނެވެ. ހަނާ ހީކޮށްގެން ހުރީ އެ ޒުވާނާ އައިސް ހަނާ އާއި ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް ކަން ވީ އެހެނަކުން ނޫނެވެ. ހަނާގެ ގާތަށް އައިސް އެހެން ޒުވާން ފިރިހެން ކުއްޖެއް މަޑުކޮށްލިއެވެ. އަދި ހަނާގެ އުނގަނޑުގައި ހިފައި ބައްދާލުމަށް ފަހު ނަށާލަން ދިޔައެވެ. ދެމީހުން އެކީ ނެށުމަށްފަހު އެ ޕާރޓީގައި ހުރި ކޮޓަރިއަކަށް ވަނެވެ. ހަނާގެ މާޒީގެ ޞަފްޙާ ތަކުގައި އޮވެ ހަނާ އަށް ނިދުނު ގޮތް ނުވެސް އިނގުނެވެ.
ރަހްމާ ކާން އިން ޕާންފޮތިވެސް އޭނާ ކާހިތް ކެނޑުނެވެ. އެހެންކަމުން ރުޅިއައިސްގެން ގޮސް އެ ޕާން ފޮތި ޑަސްބިނަށް ލަފައި ތައްޓާއި ގެންގުޅުނު މޭޒުމަތީ ވަޅި ސިންކައް ލާފައި އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީން ނަމަވެސް އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރުޅި ގަދަވެގެން ފަޅައިގެން ގޮސްފާނެހެން ހީވެއެވެ. އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި އޮތް ބާލިސް ނަގަ ކޮޓަރި ތެރެއަށް ހޫރާލިއެވެ. ނުބައި ވަސްވާސްތައް އޭނާގެ ސިކުނޑި ވަށައިލިއެވެ. “ކައިވެނި ކުރަން އުޅޭއިރު […]
ކުއްލިއަކަށް ޔުނާން ފެނުމުން ޔާސިރު ވެސް ހުރީ ހާސްވާ ގޮތްވެފައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ހަމަޖައްސާ ނިންމިއިރު އެދަރިފުޅު ކައިރީގައި އަހާވެސް ނުލެވުނީތީއެވެ. ޔާސިރުގެ ހިތުގައި ޔުނާން އާ ދޭތެރޭގައި އޮތް ޔަޤީންކަން އެހާވެސް ބޮޑެވެ. ޔާސިރުގެ އެދުމާއި ޔުނާން ދެކޮޅު ނުހަދާނެކަމަށް ޔާސިރު ޤަބޫލު ކުރާތީއެވެ. “ދަރިފުޅު. ކިހިނެއް ފުރަތަމަ ދުވަސް ދިޔައީ ޖޮބްގެ؟” ވެފައި ހުރި ހާސްކަން ފޮރުވުމަށްޓަކާ ޔާސިރުއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. “ޑޭޑް. އިޝާ އާއި އަހަރެންގެ ކައިވެންޏޭ.” […]
ތަޅުގައި ހިފައި އަނބުރާލަމުން ވަތް އަލިޝްކާ މުޅި ކޮޓަރި ތެރެއަށް އަވަސް ނަަޒަރެއް ދިނެވެ. ރަޖާގަނޑު އެއްލާލާފައިވާ އެނދުގައި އަވްޔަންއެއް ނެތެވެ. އޭނާ ކޮބައިބާއޭ އަލިޝްކާގެ ހިތަށް އެރިއެވެ. ފާހާނާ ތެރެއިން ފެންމާގަނޑު ދޫކޮށްފައިވާ އަޑު އިވެއެވެ. ނަމަވެސް އިންސާނެއްގެ ހިލަމެއް ނުވިއެވެ. ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓިފައި ހުރި އޭނާގެ ލެދާރ ބޭގް ނަގައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެ ދަބަސް ތެރެއިން ނެގި ފެންފުޅިވެސް އަނގަޔަށް ޖަހައިގެންނެވެ. އަލިޝްކާގެ ހަރަކާތްތަށް ހުރީ ވަގެއްގެ ހަރަކާތްތަށް […]
ވެހެމުންދިޔަ ބޯވާރޭ ހުއްޓާލާނޭ އިރެއް ލަފާކޮށްލަންވެސް ދައްޗެވެ. ދޭތެރެއަކުން ގަދަޔަށްވިދާލާފައި ޖަހާލާ ބާރު ގުގުރިން ކަންފަތްތައް ފަޅައިގެންދާހާވެއެވެ. ބާރަށް ވައިޖެހެމުންދިޔައިރު ގަސްތައް މުލުން ލުއްސާނުލާ ތިބީ ނަސީބަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާއަޅާފައިވާ ރަށުގެ މަގުތައްމަތިން ވައިގެ ހަމަލާތަކަށް ކުޅަދާނަނުވެގެން ފައިބައިފައިވާ ފަތްތަކާއި ގޮފިކޮޅުތައް ނޫންއެއްޗެއް ނުފެނެއެވެ.ހަވީރުގެ ވަގުތެއްކަމަކު ވެެރިވެފައިވާ އަނދިިރިކަމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތައްވެސް ވަނީ ދިއްލަންފަށާފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ ސްޓްރީޓް ލައިޓްތައް މާކުރިންވެސް ވަނީ ދިއްލިފައެވެ. އެ ތޫފާނީ ވައިޖެހެމުންދިޔަ ވަގުތު، ފަޅުވެފައިވާ […]