
އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 36
” ކަލޭގެ ތިޔަ ފޭކް ކަރުނަތަށް އެހެން މީހަކަށް ދައްކާފަ, އެމީހަކު ކައިރިން ސިމްޕަތީ ހޯދާ, އަހަރެންނަކަށް އަސަރެއް ނުކުރޭ, އަދި ކަލޭ ހީކުރީ ކަލޭގެ ހަނދާނުގައި އަހަރެން ހުންނާނެ ކަމަށްތަ, އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން, ތިކަަހަލަ މީހެއްގެ ކިބައިން ސަލާމަތް ވީތީ އުފާކުރަން” މިހެން ބުނެ ނުކުމެގެން ދިޔައެވެ. އަރުޝްގެ ޖުމްލައާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. މޭގައި އަތް އަޅަމުން ހުރިތަނަށް ތިރިވިއެެވެ. އަދި އަނގަމަތީ އަތް އެޅީ އަޑު ނުކުމެދާނެތީއެވެ.
ކިތަންމެ ވަރަކަަށް ރުޔަސް އަރުޝްގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެކަން ސާރާއަށް އެނގެއެވެ. އެހެންކަމުން ދެލޯ ފޮހެލަމުން ތެދުވިއެެވެ. އަދި ފޯނު ނަގާ ފަަޒްލާއަށް މެސެޖްކޮއްލީ ފައުޒާން ގެޔަށް ލައިދިނުމަށްފަހު ބޮޑު ކަމަކު ވަރަަށް ލަަސްވާނޭ ފައުޒިއްޔާ ކައިރީގަ ބުނެދިނުމަށެވެ. އަދި ފޯނު ދަބަހަށް ލުމަށްފަހު އައިނު އަޅާލީ ދުޅަ ވެފައިވާ ދެލޯ އެހެން މީހުންނަށް ނުދެއްކުމަށެެވެ. ވަކި މިސްރާބެއް ނެތި ހޮސްޕިޓަލްއިން ނުކުމެގެންދިޔައިރު އަރުޝްގެ ކޮންމެ ޖުމްލައެއް ހަނދާންވެ ހިތް ދިޔައީ ގިސްލާ ރޮމުންނެވެ.
މަޑުފިޔަވަޅުގައި ހޮސްޕިޓަލްއިން ނުކުމެގެން ދިޔަ ސާރާގެ ސިކުނޑީގައި އެތަށް ބައިވަރު ކަންތަކެއް އެނބުރެމުން ދިޔައެެވެ.
” މަންމިގެ ފައު, މަންމި ދަންދެން މާމަ ކައިރީ ބަސްއަހައިގެން ހުންނާތި, މަންމި މިހެން ހުރެ ފައު ކުރިމައްޗަށް އަރާނެ ހިތްވަރެއް ނެތް, މަންމި ވަރަށް ލޯބިވޭ” ސާރާގެ ހިތާހިތުން ބުުނަމުންދިޔައެވެ
ގޯޅި އަޅާލަން އުޅުނު ސާރާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ކާރަކަށް އަރަން އުޅެނިކޮށް އެމީހާގެ ދަބަހުން ވެއްޓުނު ސިޓީ އުރައެވެ. ސާރާ ގޮވަ ގޮވާ އޮއްވާ ކާރު ނައްޓާލައިފިއެވެ. ސާރާ އެ ސިޓީ އުރަ ނަގައި ބަލާކަށް ނުހުރެ ކާރަކަށް އަތްދިކޮއްލިއެެވެ. ނަސީބު ރަނގަޅު ކަމުން ސާރާއަށް ކާރެއް ލިބުނެވެ. ކާރަކަށް އަރާ ބަލާލިއިރު އެ ކާރު ޓްރެފިކްގައި ޖެހިފައޮތެވެ. ސާރާ ޑްރައިވަރު ކައިރީ އެ ކާރު ފަހަތުން ދިއުމަށް ބުނުމުން ޑްރައިވަރު ހައިރާންވި ނަމަވެސް ޑްރައިވަރު ކާރު ދުއްވާލިއެވެ.
ގާތް ގަޑަކަށް ދިހަ މިނެޓްގެ ދަތުރަކަށް ފަހު އެ ކާރު މަޑުކޮއްލީ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. އެމީހާ ކާރުން ފައިބައިގެން އެތެރެއަށް ވަތް އިރު ސާރާމެން އެހިސާބަށް މަޑުކޮއްލަނީއެވެ. ސާރާ ޑްރައިވަރު ކައިރީ މަޑުކުރުމަށް ބުނެފަ ކާރުން ފައިބައިގެން ދުއްވައިގަތެވެ. އެތެރެއަށް ވަތްއިރު އެމީހާ ފެންނަން ނެތުމުން ސާރާ ވަށައިގެން ބަލާލިއެވެ. އެތަން ބޮޑަށް ވައްތަރީ އޮފީހުގެ ބަޔަކާއެެވެ. ގޮނޑިބަރީގައި އެކި އުމުރުގެ މީހުން ފައިލް ހިފައިގެން ތިބި އިރު ބޮޑަށް ވައްތަރީ އިންޓަރވިއު އަކަށް އައިސަ ތިބި ބަޔަކާއެެވެ. އެވަގުތު ސާރާގެ ލޮލުގައި އަޅައިގަތީ ރިސެޕްޝަން ޖަހާފަ އިންތަނެވެ.
އެހެންކަމުން ގޮސް އެކުއްޖާ ކައިރިން ދެންމެ ވަދެގެން ދިޔައީ ކާކުތޯ އަހާލިއެވެެ. އެކުއްޖާ އެއީ ބޮޑު މީހާ ކަމަށް ބުނުމުން ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް އެދުނެވެ. އެހެންނަމަވެސް މިގަޑީގައި ނުވާނެ ކަމަށް ބުނުމުން ސާރާ މާޔޫސްވިއެވެ. އެކުއްޖާއާއި ހަވާލުކޮއްފަ ދިއުމަށް ހިތަށް އެރި ނަމަވެސް ކޮންމެ ކޮންމެ މީހެއްގެ އަތްމައްޗަށް ދޫކޮއްލަން ނުވާނޭ ސާރާގެ ހިތް ބުނަމުންދިޔައެވެ.
” ޕްލީޒް ކޮންމެސް ގޮތެއް ހަދައިދީ, ވަރަށް މުހިންމު ކަމަކުއޭ, ވަގުތު ގެއްލިދާނެ” ސާރާ އާދޭސް ކުރަންފެށިއެވެ. އެހެންކަމުން އެކުއްޖާ މަޑުކޮއްލާށޭ ބުނެ ފޯނެއް ކޮއްލިއެެވެ. އަދި ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯނު ބާއްވާ ދާންވީތަން ސާރާއަށް ބުނެދިނެެވެ. ސާރާ ޝުކުރު އަދާކުރުމަށްފަހު އެކުއްޖާ ބުނި ތަނަށް ދިއުމަށް ހިނގައިގަތެވެ.
ލިފްޓް ގޮސް މަޑުކޮއްލީ ފަސްވަނަ ފަންގިފިލާއަށެވެ. ސާރާ ލިފްޓުން ފޭބުމަށްފަހު ކުރިމަތީ ހުރި ދޮރު ހުޅުުވާލުމަށްފަހު އެތެރެއަށް ވަނެެވެ. ސާރާ ވަނުމާއެކު އެކި ކެބިންގަ ތިބި މީހުންގެ ނަޒަރު ސާރާއަށް ހުއްޓުނެވެ. އެހެންނަމަވެސް ސާރާ އަޅާނުލާ ދިޔަ ގޮތަށް ގޮސް ފައިލް ރޫމް ޖަހާފަ އިން ތަނަށް ބަލާލިއެވެ. އަދި މަޑުމަޑުން ޓަކި ޖަހާލިއެވެ. ދެތިން ފަހަރަކު ޓަކި ޖެހުމާއެކު އެތެރެއަށް ވަންނަން ބުނުމުން އެތެރެއަށް ވަނެވެ. މުޅި އެތަނުގައި ވަނީ އެކި ވަރުގެ ފައިލް ރެކް ތަކުން ފުރާލާފައެވެ. ސާރާ މޭޒު ކަައިރިއަަށް ގޮސް ސަލާމް ގޮވާލިއެވެ. އެއާއެކު ގޮނޑީގައި އަނެއްފަރާތަށް އެނބުރި އިން އާމިރު ބަލާލިއެވެ.
ސާރާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މީހެއްގެ ސަބަބުންނެވެ. އާމިރު ފެނުމާއެކު ސާރާއަށް އަރުޝް ސިފަވިއެވެ. އަދި މަަޑުމަޑުން އަރުޝްއޭ ބުނެލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެއީ މިއަދު ކަންތަށް ވެފަ ހުރިގޮތުން އަރުޝްހެން ހީވީއޭ ނިންމައި ހިނިތުންވެލިއެެވެ. ހިނިތުންވެލިއެއް ކަމަކު ސާރާގެ ހިތް ނޭނގޭ ސަބަބަކާ ހުރެ ބާރަށް ތެޅެމުންދެއެވެ.
” ކިހިނެއް ހަދާލަން ބައްދަލު ކޮއްލަން ބުނީ” އާމިރު ސީދާ މައުޞޫއަށް ދިޔައެވެ. އާމިރުގެ ނަޒަރު ސާރާއާ ވަކި ނުކުރެވުނެވެ. އޭނާއަށް ސާރާ އަރުޝް އޭ ބުނި އަޑު އިވުނެވެ. އެހެންނަމަވެސް އެނގޭ ކަމަކަށް ނުހެދިއެވެ.
“މި މި, ދެންމެ އެތާ ހޮސްޕިޓަލް ކައިރިއަށް ވެއްޓުނު އެއްޗެއް, އަޅުގަނޑު ގޮވަ ގޮވާ އޮއްވާ ދިޔައީ, އެހެންވެ ހަވާލުކޮއްލަން މިއައީ” ސާރާ ތުރުތުރު އަޅަމުންދާ އަތުން އެ ސިޓީ އުރަ ދިއްކޮއްލިއެެވެ. އާމިރު އޭގައި ހިފާ ސިޓި އުރަ ބަލާލިއެެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވިޔަފާރީގެ ވަރަށް މުހިންމު ލިޔެ ކިޔުންތަކެއް އޭގައި ހުއްޓެވެ. އަދި ފަސްހާސް ޑޮލަރުވެސް އޭގައި އޮތެވެ. އާމިރު ސާރާއަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ.
” ވަރަށް ބޮޑަށް ޝުކުރިއްޔާ, މީތި މި ހޯދަނީ، ތިކޮއްދިނީ ވަރަށް ބޮޑު ކަމެއް, މިއީ މި ކުންފުނީގެ ވަރަށް މުހިންމު ލިޔެކިޔުންތަކެއް, އަދި ޑޮލަރުވެސް, ވަރަށް ނުފެންނަ ސިފައެއް ތީ, އަން, މީގަ ހިފާ, މީ އަހަރެންގެ ކާޑު, ކަމެއް ބޭނުންވެއްޖެ ހިނދެއްގައި މީގެ އެހީގަ އަހަރެންނާ ހަމައަށް އާދެވޭނެ, ވަރަށް އުފާވެއްޖެ” އާމިރު މިހެން ބުނެ ޖީބުން ނަގާ ދިއްކޮއްލީ އާމިރުގެ ކާޑެކެވެ. ނުހިފަން ހުރެފަވެސް ހިފިއެވެ. އަދި ޝުކުރު އަދާކުރުމަށްފަހު ދާން ހިނގައިގަތެވެ.
” އަދި ނުބުނަމެއްނު ނަމެއްވެސް” އާމިރުގެ އެ އަޑުން ހުއްޓި އާމިރުއަށް ބަލާލުމަށްފަހު ސާރާއޭ ބުނެލިއެވެ.
” ސާރާ, ވަރަށް ރީތި ނަމެއް, އަދި ބުނަން, މި އަންނަ ހުކުރު ދުވަހު އޮންނަ ކުޑަ ކެއުމަކަށް ދައުވަތު އަރުވަން, ކޮންމެހެންވެސް އަންނަން ވާނެ” އާމިރު އެހެން ބުނުމުން ސާރާ ބޮލުން އާއެކޭ ބުނުމަށްފަހު ހިނިތުންވެލުމެއް ހަދިޔާ ކުރުމަށްފަހު އެތަނުން ނުކުތެވެ.
ސާރާ ދިއުމާއެކު އާމިރުގެ ހިޔާލުތަށް ސާރާގެ ހިޔާލުން ވަށާލިއެވެ. އަދި އާމިރުގެ ހިތުގެ ކަނަކުން އަރުޝްއަށް އެެންމެ އެކަށީގެންވަނީ ސާރާއޭ ގޮވަމުންދިޔައެވެެ.
ދުވަސް ފާއިތުވަމުންދަނީ އެއްބަޔަކަށް އުފާ އަނެއް ބަޔަކަށް ހިތާމަ ގެންނަމުންނެވެ. އަރުޝްއާ ދިމާނުވާތާ 2 ދުވަސް ވީއިރު ސާރާ ހުރީ ހިތްހަމަ ޖެހިފައެވެ. އެހެންނަމަވެސް ހިތުގެ އަޑިން ދިޔައީ ލޭ ކަރުނަ އޮހެމުންނެވެ. އަރުޝް އެފަދަ ގޮތަކަށް ދެކުނީތީ ވެސް ސާރާ ދެރަވިއެވެ. ކުޑަވެސް އިތުބާރެއް ސާރާގެ މައްޗަށް ނެތީތީ ސާރާގެ ހިތާ ޝަކުވާ ކުރެވުނެވެ. ސާރާ ނެގިމަޑުވެފައި ހުންނަ ތަން ފެންނަ ކޮންމެ ފަހަރަކުވެސް ފައުޒިއްޔާގެ ހިތަށް ވެސް ތަދުވަމުންދެއެވެ.
ސާރާ ތައްޔާރުވަމުންދަނީ އާމިރު ބުނި ފަދައިން ޕާޓީއަށް ދިއުމަށެެވެ.
ނޭވީ ބްލޫ ކުލައިގެ ވައްތިރި ހެދުމަކާއި ނޭވީ ކުލައިގެ ރީތި ވިދުމެއް ހުރި ޝޯލްގައި ސާރާ ވަރަށް ހިތްގައިމެެވެ. ސާރާ ފެނިއްޖެ ކޮންމެ މީހަކު ކަޅި ޖަހާ ނުލާ ބަލާނެހާ ސާރާ ފުރިހަމައެވެ.
ދީފައިވާ އެޑްރެސްއަށް ގޮސް ސާރާ ބަލައިލީ ކުރިމަތީ ހުރި އުސް އިމާރާތަށެވެ. ލިފްޓަށް އަރާ އަދި އެއްފަހަރު ލިފްޓްގަ އިން ލޯގަނޑުން މޫނު ބަލާލީ ރަނގަޅަށް ތައްޔާރު ވެފަ ހުރި ތޯއެވެ.
ގޭގެ ބެލް އަޅާލުމާއެކު ދޮރުހުޅުވީ ގޭގައި ގެންގުޅޭ މީހާއެވެ. އެމީހާ ސާރާ ފެނުމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތަކީ އާމިރު އެތަނުން ކުރި ކެނޑި ވަގުތެވެ. އާމިރުއަށް ސާރާ ފެނުމާއެކު އައިސް އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ސާރާ ވަށައިގެން ބަލަމުން ދިޔައީ ގޭގެ ތަރުތީބު ކަމުންނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މެރޫން ކުލައިގެ ހެދުމެއް ލާފައިވާ ހައިފާއެވެ. ގަޔަށް ބާރު އެހެދުމުގައި ގައިގެ ވަނާތަށް ހާމަ ވަމުންދާ ފަދައެވެ. އެތާ ފިރިހެނުން ތިބި އިރު ލަދު ނުގަންނަނީ ބާއޭ ސާރާ ހިތަށް އެރިއެެވެ.
” އާދޭ, މިކޮޅުގައި އިށީނދެލަން, ވަރަށް އުފާވެއްޖެ ދައުވަތު ގަބޫލު ކުރީތީ” އާމިރު އެތާ ހުރި ގޮނޑިއަކާއި ދިމާލަށް އިނގިލި ދިއްކޮއްލިއެވެ. ސާރާ މަޑު ހިނގުމުގައި އެތަނަށް ދިޔަ ފަރި މަންޒަރު ބަލަން އެތާ ތިބި ފިރިހެނުންތަށް ކަޅި ޖަހާނުލާ ތިއްބެވެ. މިކަމުން ސާރާއަށް ވަރަށް އުނދަގޫވިއެެވެ. އާމިރުއަށް ވެސް އެކަން ފާހަގަ ވުމާއެކު ސާރާއަށް އެހެންދިމާލެއް ދެއްކީ އާމިރުގެ ހިތަށް ވެސް ހަސަދަ އެމީހުންގެ ސަބަބުން ވަނީމައެވެ. މެހްމާނުންނަށް ވީތީ އިތުރު އެއްޗެއް ބުނަން ބޭނުން ނުވީއެވެ.
އެއް އަތުން ޖޫސްތައްޓެއް އަނެއް އަތުގައި އޮތް ފޯނު ކަންފަތުގައި ޖަހައިގެން އައި އަރުޝް ކުއްލިއަކަށް ޖެހުނީ ސާރާ ގައިގައެވެ.ސާރާ ވެއްޓެން ދިއުމާއެކު އަވަސް ހަރަކާތަކާ އެކު ސާރާ ގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.ސާރާއަށް ވެސް އަރުޝް ލާފައި ހުރި ގަމީހުގެ ގިރުއާނުގައި ހިފަހައްޓާލެވުނެވެ. އަދި ދެލޯ މަރާލެވުނެވެ. އަރުޝްގެ ނަޒަރު ސާރާގެ މޫނަކުން ވަކި ނުވެއެވެ.
އިރު ކޮޅަކު އެހެން އޮތުމަށްފަހު ސާރާ ލޯ ހުޅުވާލިއެވެ. ކުރިމަތީ ހުރި އަރުޝް ފެނިފައި ސާރާގެ ގައިން ހީބިހި ނަގައިގަތެވެ. ގަބޫލު ނުކުރެވިފައި ބަލަން ސާރާއަށް އެ އޮތްގޮތަށް އޮވެވުނެވެ. އެތަށް ދުވަހަކަށްފަހު އަރުޝްގެ މޫނު ކައިރިން ފެނުމުން ސާރާގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ.
އަރުޝްގެ ހުށިޔާރުކަމުން ސާރާ ބިންމައްޗަށް ވެއްޓުން ސަލާމަތް ވިއެވެ. އެހެންނަމަވެސް ފޯނާއި ޖޫސްތަށި ބިން މައްޗަށް ވެއްޓުނެެވެ. އިވުނު އަޑު ފައްގަޑާއި އެކު އެތާ ތިބި ހުރިހާ މީހުންގެ ނަޒަރު ސާރާ އާއި އަރުޝްއަށް ހުއްޓުނެވެ. އެދެމީހުންވެސް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބެވުނެވެ. އެކަކު އަނެކަކުގެ ލޮލުން ލޯބިވާކަން ހާމަ ކޮއްދެމުން, ހިތުގެ ޝަކުވާތަށް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެ އިހްސާސްތަށް މިހާރު ނަގައި ގަންނަން ދެމީހުންވެސް ނުކުޅެދިފައިވާ ކަަހަލައެވެ.
މަންޒަރު ބަލަން ހުރި ހައިފާ ރުޅިއައިސް ކެކެމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތި އެ ފުރުސަތު ހޯދަން ހައިފާ ކުރި ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވެގެންނެވެ. އާމިރުގެ ހިތަށް އުފާވެރިކަން ވަދެގެން ދިޔައީ ކީއްވެކަން ހުދު އާމިރުއަށް ވެސް ނޭނގުނެވެ. އަރީޝާ އަންނަތަން ފެނުމާއެކު އާމިރު އަރުޝްއަށް ގޮވާލިއެވެ.
ސިއްސައިގެން ގޮސް ސާރާވެސް ހަމަ ބިމަށް އާދެވުނެވެ. އަރުޝްގެ ރުޅި އަނެއްކާވެސް ގަދަވަމުން ދިޔައެވެ. ސާރާ އެގެއަށް އައީ ކީއްކުރަން ކޮން ބޭނުމަކުތޯ ހިތާހިތުން ސުުވާލު ކުރެވުނެވެ. ހަމަ އެގޮތަށް އަރުޝް އެތަނަށް އައީ ކީއްކުރަންބާއޭ ސާރާ ހިތަށް އަރަމުންދިޔައެވެ.
” ދަރިފުޅާ ބައްޕަ ބުނީމެއްނު މިއަދު ބައްޕަގެ ވަރަށް މުހިންމު އެއްޗެއް ވެއްޓިފަ އޮއްވާ ހަވާލު ކުރިއޭ, މީ އެކުއްޖަކީ” އާމިރުގެ އަޑުން ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ސާރާއަށް އަރުޝްއެއީ އާމިރުގެ ދަރިއެއްކަން ކުރިން އެނގުން ނަމަ އެތަނަށް ނާންނާނެ ކަން ކަަަށަވަރެވެ. އަރުޝްވެސް ފަހަރެއްގަ ވެސް އެކުއްޖަކީ ސާރާ ކަމަކަށް ހިޔެއް ނުކުރެެވެ. ހައިރާންވެފައި ދެމީހުން ދެމީހުންނަށް ބަލަހަައްޓައިގެން ތިބެވުނެވެ. މަންޒަރު ބަލަން މެހްމާނުން ތިބުމުން ކެއުން ކުރިއަށް ގެންދިއުމަށް އާމިރު އެދުނެވެ. އެހެންކަމުން މެހްމާނުން ކެއުން ކުރިއަށް ދިޔައެވެ.
“އެހެންތަ މީދޯ އެކުއްޖަކީ”އަރީޝާ އާމިރުގެ އެ ބުުނުމަށް ޖަވާބު ދެމުން ސާރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލިއެވެ. އަރީޝާ އިތުރު އެއްޗެއް ބުނުމުގެ ކުރީން ހައިފާ އެތަނަށް އައިސް އަރުޝްގެ އަތުގައި ހިފަހައްޓާލިއެވެ. ހައިފާގެ އެ އަމަލުން ސާރާއަށް އަރުޝްއާ ދިމާލަށް ބަލާލެވުނެވެ. އެވަގުތަކީ އަރުޝްވެސް ސާރާއަށް ބަލާލިވަގުތެވެ.
” އެއީ, ހައިފާ, އަރުޝް އިންނަން އުޅޭ ކުއްޖާ” އަރީޝާ ސާރާއަށް ބަލާލަމުން ބުނެލިއެވެ. އިސާހިތަކު ސާރާގެ ދެލޯ ކަރުނުން ފުރުނެވެ. ސާރާގެ ބެލުމުގައި ވަނީ ޝަކުވާއެވެ. ހިތަށް ކޮއްފައިވާ އަސަރެެވެ. އަރުޝް މިއިން ކަމަކާ ސަމާލުކަން ނުދިނަސް އެދެމީހުންގެ ދޭތެރޭގައި ކަންތައް ގަޑެއް ހިނގާކަން އެތަނުން މީހެއްގެ ސިކުނޑިއަށް ނަަގައިގަތެެވެ. އަދި އެކަންތަށް ހޯދާ ވަގުތު ނުދަނީސް ފިޔަވަޅު އެޅުމަށް އަމިއްލަ ނަފްސަށް ވައުދުވިއެވެ.
” އެބަ އަންނަން, ހެދުމަށް ޖޫސް އެޅިފަ ހުރިތަން ދޮވެލާފަ, ކޮންތާކުން ދޮވެވޭނީ” ސާރާ އާމިރު އާ ދިމާލަަށް ބަލާލަމުން ބުނެލީ, އަރުޝްއާ ދިމާލަށް އިތުރަށް ބަލާނެހާ ހިތްވަރު ނެތިގެންނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ސާރާއަށް ވާހަކަ ދެއްކެނީވެސް އުނދަގުލުންނެެވެ. ސާރާއަަށް އިހްސާސްވީ ޒަހަމްވެފައިވާ ފާރުގަނޑަކަށް އިތުރު އަނިޔާއެއް ލިބުނީ ހެންނެވެ. އެވަގުތު އާތިފާ އައިސް ސާރާ ގޮވައިގެން އެތެރެއަށް ދިޔައެވެ. ސާރާ ހުރީ ވަރަށް ހިތްވަރު ކޮއްގެންނެވެ. ރޮވި ދާނެތީ މީހަކާ ދިމާލަށް ނުބަލަން ހުރި ކަހަލައެވެ.
ސާރާ ހެދުމަށް ޖޫސް އެޅުނު ތަންކޮޅު ދޮވެލުމަށްފަހު ފަރާތް ފަރާތަށް ބަލާލީ މީހަކު ފެންނަން ހުރިތޯއެވެ. އާމިރު އަދި އަރީޝާ ދެން ތިބި މީހުންނާ މާ އޮލަ ވާހަކައެއްގަ ހުރިތަން ފެނި ވަގުތުގެ ބޭނުން ކޮއް ސާރާ އެ އެޕާރޓްމަންޓުން ނުކުތެވެ. އަދި ސިޑި އާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ސާރާގެ އަތުގައި ހިފާ މީހަކު ވަރަށް ބާރަށް ދަމައިގަތެވެ.
” އައްދޯތް” ސާރާއަށް ރޮވިގަނެފައި ބުނެވުނެވެ. އަދި ނަފްރަތުގެ ނަޒަރުން އެމީހަކަށް ބަލާލިއެވެ. ކުރިމަތީ ހުރި އަރުޝް ފެނިފައި ސާރާގެ އަތުގެ ހުރިހާ އިސްތަށިތަކެއް ކޮޅަށް ޖެހުނެވެ.
” އިތުރު އަޑެއް ނުލައްވާ އާދޭ” އަރުޝް ސާރާގެ އަތުގައި ހިފައިގެން ޓެރަސްއަށް މިސްރާބު ޖެހިއެވެ. ސާރާ ގަދަ ހެދުމެއްނެތި އަރުޝްގެ ފަހަތުން ދިޔައީ އަނެއްކާވެސް ސާރާގެ ހިތް އަރުޝްއަށް ޓަކައި މަޑު ކަފަ ކޮޅަކަށް ވުމުންނެވެ. އަރުޝް ދިޔަ ގޮތަށް ގޮސް ސާރާ ހޫރާލިއެވެ. ސާރާ ގޮސް ޖެހުނީ އެތާ ހުރި ފިލާ ތަކެއްގެ މައްޗަށެވެ. ސާރާގެ އަނގައިން މަޑު އާހެއްގެ އަޑު ނުކުތެވެ.
އެއާއެކު ސާރާގެ ކައިރިއަށް އަރުޝްއަށް ދެވުނީ ބޭ އިހްތިޔާރުގައެވެ. ހަގީގަތުގައި ސާރާއަށް ކުޑަވެސް ވޭނެއް ލިބެން އަރުޝް ނޭދެއެވެ. އެހެންނަމަވެސް ކަންތަށް ވެފަ އޮތް ގޮތުން އަރުޝްއަށް ރުޅި ކޮންޓްރޯލް ނުވަނީއެވެ. އަރުޝް ގޮސް ސާރާ އަތްއަޅަައިގެން އޮތް ފައިގައި ހިފަހައްޓާލިއެވެ. އެއާއެކު ސާރާ އަރުޝްގެ އަތް ނެގުމަށްފަހު މޭގަ އަޅާ ކޮއްޕާލިއެވެ.
” ހަބަރުދާރު, އަރުޝްގެ ތި އިންސާނިއްޔަތުކަން ނެތް އަތުން އަހަރެންގެ ގައިގަ އަތްނުލާތި, ތިކަހަލަ އަމިއްލަ އެދުން ބޮޑު މީހަކު އަހަރެން އަދި ނުދެކެން, ލޯބި ވޭ ކިޔައިގެން މީހުންނަށް ދަޅަ ދައްކަން އަރުޝްހާ މޮޅު މީހަކު ނުހުންނާނެ, ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ, އަހަރެން އަރުޝްއަށް ނަފްރަތު ކުރަން, ތިކަަހަލަ ހިލަ ހިތެއްގެ ވެރިއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން” ސާރާ ގިސްލަ ގިސްލާފައި ގޮވަމުންދިޔައެވެ. އަދި އެތަނުން ދިއުމަަށް ހިގައި ގަތްތަނުން އަރުޝް ސާރާގެ އަތުގެ މުލަށް ދަޑީގައި ހިފަހައްޓާ ދަމައިގަތެވެ. އެއާއެކު ސާރާ ގޮސް ޖެހުނީ އަރުޝްގެ މޭގައެވެ.
” އަމިއްލަ އެދުން ބޮޑު މީހަކީ އަހަރެންތަ, ދަޅަ ދައްކަނީ އަހަރެންތަ, ލޯބިވޭ ކިޔައިގެން އޮޅުވާލީ އަހަރެންތަ, ސާރާއަށް ދެވަނަ ފުރުސަތު ދޭން ސާރާ ކޮބާތޯ ބެލިއިރު ފަޒީލް އާ އެއްކޮށް މާލެ އައިސި, މިހާރު ކައިވެނިކޮށްގެން ދަރިއަކު ވެސް ހުރޭ, ދެންވެސް ބުނެބަލަ ބޭވަފާތެރިވީ އަހަރެންތަ” އަރުޝްގެ އަޑު ބާރުވަމުން ދިޔައެވެ, އަރުޝްގެ ކޮންމެ ޖުމްލައެއްގައިވެސް ވޭނާ ހިތްދަތިކަން ހާމަވެއެެވެ. ސާރާ އަރުޝްގެ އަތް ފޮޅުވާލުމަށްފަހު ކޮއްޕާލި ވަގުތު ސާރާގެ ކަރުގައި އޮތް ފަަށް އަރުޝްގެ ގަމީހުގެ ގޮށުގައި އަޅައިގަނެ ކެނޑިގެން ވެއްޓުނެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަން ދެމީހުންވެސް ނުދިނެވެ. ސާރާ އަރުޝް އާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލިއެވެ. އަދި ނަފްރަތުގެ ބެލުމަކުން ބަލާލިއެވެ.
” އަރުޝްއަށް އެކައްޗެއް ވެސް ނުވިސްނޭނެ, އަހަރެންނަކީ ފެށުނީއްސުރެ ވެސް ނިކަމެެތި މީހާ, އެކަމް އަހަރެންނަށް ވެސް ލޯބި ވާން އެނގޭ, ހިތާ ފުރާނައިން ގުރުބާންވާން އެނގޭ, އަރުޝް އަހަރެންނާ ދޭތެރޭ ދެކޭ ގޮތަކަށް ދެކޭ, އެއްވެސް ކަމެއް އޮޅުން ފިލުވައި ދިނުމުގެ ބޭނުމެއްްނެތް, އެއީ ބޭކާރު ކަމެއް, ކުރިން ވެސް ކިޔައިދެން އުޅުނިން, އެކަމް ވީ ބޭކާރް, މީހެއްގެ އަވައިގައި ޖެހުނަސް ބޮޑުވަރު, އެކަމް ބުނަން އަހަރެންނަކީ ނިކަމެއްޗަކަސް ފެންނަ ކޮންމެ ކަމެއް ގަބޫލް ކުރާމީހެއްނޫން, އަރުޝްގެ ދުނިޔެއަށް އަރުޝްއަށް މަރުހަބާ” ސާރާ މިހެން ބުނެ އަރުޝް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ލޮލުން ފޭބި ކަރުނަތަށް ފުހެމުން ނުކުމެެގެން ދިޔައެވެ. ސާރާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އަރުޝް ހުއްޓެވެ.
ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. ބެލްޖެހި އަޑަށް އާތިފާ އައިސް ދޮރު ކުޑަކޮށްް ހުޅުވާލިއެވެ. ކުރިމަތީ ހުރި ފަޒީލް ފެނިފައި ކާކު ހޯދަންތޯ އާތިފާ ސުވާލުކުރިއެވެ.
” އަރުޝް ކޮބާ” ފަޒީލް ސީރިއަސްކަމާއެކު އެހިއެވެ. އާތިފާ ދޮރު ހުޅުވާލުމާއެކު ޓީވީ ބަލަން އަރުޝް ފެނުނެވެ. އަރުޝްއަށް ވެސް ވަދެގެން އައި ފަޒީލް ފެނިފައި ކޮޅަށް ތެދުވިއެވެ. އާތިފާ ގޮސް އާތިފާގެ ކޮޓަރިއަށް ވަނެވެ.
” ކީއްކުރަން މިގެއަށް” އަރުޝް ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. އަރުޝް ބުނެލި ގޮތުން އެއްވެސް ގަޔާވުމެއް ނެތް ކަން ހާމަވިއެވެ.
” އަރުޝް, ކޮބާ ސާރާ, އަހަރެން ވަރަށް ސީރިއަސް ކަމާއެކު މިއަހަނީ” ފަޒީލް އަރުޝް ކުރެން އެހިއެވެ. ފަޒީލްގެ އަޑުގައިވެސް ކަންބޮޑުވުމާއި ހާސްކަން ހުއްޓެވެ.
” އަނބިމީހާ ވީތަން ފިރިމީހާއަށް ނޭނގި ދެން ކާކަށް އެނގޭނީ” އަރުޝްގެ އެނބުނުމުގައިވަނީ މަލާމާތެވެ.
” އަރުޝް, ޕްލީޒް ސަކަރާތް ނުޖަހަބަލަ” ފަޒީލްގެ އަޑު ބާރުވާންފެށިއެވެ.
” އަހަރެންތަ ސަކަރާތް މިޖަހަނީ, އަހަރެންގެ ދިރިއުޅުން ސަކަރާތަކަށްވެސް ހެދީ ތި ދެމީހުން, ޔަގީން ތިވާނީ ތި ދިޔައީ އެހެން މީހެއްގެ ތަންމަތި ފަޅުފިލުވަދެންކަން” އަރުޝްގެ ޖުމްލައިން ފަޒީލްގެ އަތް މުއްކެވުނެވެ.
” އަރުޝް ހުއްޓާލާ, ” ފަޒީލްއަށް އަޑުގެ ނެތް ތަނަށް ހަޅޭލަވާ ގަނެވުނެވެ.
” ކޮންހަޅޭކެއް, ތެދަށް ބުނީމަ ކެތް ނުވީދޯ, ވަރަށް މޮޅު ތަކެއްވެއްޖެތަ އަހަރެންނާ ދޭތެރޭ އެގޮތަށް ކަންތައް ކުރީމަ, އެންމެ ފަހުން ފަޒީލްވެސް ދޫކޮއްލާފަ ދިޔައީ, އަދި ކަލޭމެން ކުރި ފާފައިގެ ދަރި……. އަރުޝްގެ ޖުމްލައަށް ކުއްލިއަކަށް ހުއްޓުމެއް އައީ ފަޒީލްގެ އަތުގެ ހޫނު ހަމަލާއެއް އަރުޝްގެ ކޯތާފަތް މައްޗަށް އެރުމުންނެވެ. އަރުޝް ގަބޫލް ނުކުރެވިފައި ހުރެވުނީ ގެންނަންވީ ކޮން ހަރަކާތެއް ކަމެއް ނޭނގިފައެވެ. އެހެންނަމަވެސް ފަޒީލް ޖެހިތަނުގައި އަތް އަޅާލީ ދިލަ ނަގާތީއެވެ.
” ހަބަރު ދާރު, އެންމެ ލަފްޒެއްވެސް އަހަރެންގެ ދަރިފުޅާ ބެހޭގޮތުން ބުނެފިނަމަ އަހަރެން ހަނދާން ނައްތާލާނަން ތީ ސާރާ ހިތާ ފުރާނައިން ލޯބިވާ އިންސާނާކަން” ފަޒީލްގެ އެ ޖުމްލައިން އަރުޝް ކޯތާފަތުން އަތް ނަގާ ބަލާލީ ހައިރާންވެ ހުރެއެވެ.
“އަހަރެންނަށް ކަންތަށް ނުވާތީއެއް ނޫން މިހުންނަނީ, އަދި ބުނަން ފައުޒާން އެއީ އަހަރެންގެ ދަރިއެއް, އަހަރެންގެ އަންހެނުން މި ދުނިޔެ ދޫކޮއް ދިޔައިރު ހަނދާނަކަށް ދިން އަގުހުރި ޖަވާހިރެއް, އަހަރެންގެ ދަރިފުޅާ ބެހޭގޮތުން އެކައްޗެކޭ ވެސް ނުބުނޭ, ކިޔާ އެއްޗެއް އަހަރެންނަށް ކިޔާ،, އަދި ބުނަން އަހަރެން ސާރާ މިހޯދަނީ އަހަރެންގެ އަންހެނުންނަށް ވެގެންނެއް ނޫން, މިއަދު އަހަރެންގެ ދަރިފުޅުގެ މަަންމައަކީ ސާރާ, ސާރާ ނެތިއްޔާ އަހަރެންގެ ދަރިފުޅަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ، އަރުޝް ތީ ކޮންފަދަ އަނިޔާ ވެރިއެއް, އަރުޝް ސާރާ އެކަނިކޮށް ދިޔަ ދުވަހު ސާރާގެ މަންމަ މި ދުނިޔެއާ ވަކިވެއްޖެ, ސާރާގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ސާރާ މާލެ ގެނައީ އަހަރެންގެ ހިތަށް ކުޅަދާނަ ނުވެގެން, އެކަމް އަރުޝް ސާރާ ދެއްކި އެއްވެސް ވާހަކައެއް ގަބޫލްނުކޮށް އެހެން މީހުންގެ ބަހަށް ހެއްލުން އިރު އިތުބާރޭ މިކިޔާ އެއްޗެއް ވެސް ނެތް, ސާރާއަށް ކަމެއް ވެއްޖެނަމަ ދުވަހަކުވެސް އަރުޝްއަށް މާފެއް ނުކުރާނަން” ފަޒީލް ބޮޑު މީހާވެސް އެތަނުން ނުކުމެގެން ދިޔައީ ރޮމުންނެވެ.
އަރުޝްގެ ކަންފަތް ދޮށުގައި ފަޒީލްގެ ކޮންމެ ވާހަކައެއް ތަކުރާރު ވަމުންދެއެވެ. ގަބުވެފައި ހުރެވުނީ ފަޒީލްގެ ޖުމްލަތަކުންނެވެ. އަނގަމަތީ އަތް އަޅާ ހުރިތަނަށް ތިރި ވެވުނީ އަމިއްލަ ނަފްސު ކުއްވެރިވީ ވަރުންނެވެ. އިސާހިތަކު ސާރާއާ ދޭތެރޭ ކަންތަށް ކުރެވުނު ހުރިހާ ގޮތެއް ލޯ ކުރިމަތީ ސިފަވަމުންދިޔައެވެ.
ނުނިމޭ
62 Comments!
Comments are closed.
Woww.varah reethi..varah avahah next part up kohdhehchey..nd i am 1st❤❤….
R@ thank you so much??❤??
wow varah reethi mi part vs
mi vaahak feshunissuren kiyamun gendhan. but adhi kiriyaa comment eh kollevuny..anyway mi story ge komme parteh vs awesome
when is next part?
Bangtan lover thank you so much dear comment kohleema, adhivess comment kohlan vaane?❤❤?
Yes! Finally arush got to know the truth..Ekam Sara ah v konthaaku baa? Pls Sarah ah dhera gotheh nahadhahchey.. Very curious.? waiting waiting waiting… ??❤️?????❤️??????❤️????????❤️???????
Thank you so much sis. ❤❤❤❤❤??????????keep waiting next part ingey
Rovijje Hama.?? Btw story v v v v reethi
nice waiting……..
Yesss. Keep waiting❤❤❤?
Masha Allah v v v rythi mi partvx ?????? When is next dear ??
Ma sha allah … mibaaaa v v v reethi…. thank you ?? anehbaa kondhyvahakunbaaa .. mireygaves v v kiyan beynun keep it up ❤❤❤❤
Thank you so much ainth. Insha Allah v avahah
Varah reethi ..maasha allah
Thanx afreen❤❤❤❤❤
Shaana when next…rai mihaaaru keih madhu vejje..
Heheh, dear keiikohlaa❤❤❤❤❤
comment nukurias kihme dhuvahakuves mi vaahaka kiyan.. miadhuge part kiyaafa v v v happy vehje ehenve mi comment kohlee v ves reethi v ves furihama..
Thank you so much Ashi, Dhen vaane comment kohlan❤❤??❤
Kon Irakun Dhen up vaany
Mihaaru vess mi try kurany, v ehme avahakah up kohdhen??❤
Wow haadha reechey. Kon irakun next part mihaaru kiyaa hithun keyy vaa vareh noon. Komme partakah comment nukurevunas hurihaa parteh ves v kiyaa hithun kiyan
Thank you so much naadhee, v ufaavehje hurihaa parteh kiyaathy,? adhi maa ufaavehje comment kohleema, next partah inthizaaru kuraathi ingey❤❤❤????
V v v v v salhi roei roei balivejje maadhamaa up vaanetha kennuvanee kiyaahithun pls pls pls pls pls pls pls pls pls konirakun up kolladheny heyonuvaane mihitthelheny gudugulany vindhu Avas vany neyvaa kuruvany pls pls pls mirey up kolladhy pls pls pls pls pls pls pls pls pls pls pls pls pls pls
Afy afy, haadhahaa goii thakekey dhw thi vany, Hama v try kuraanan ingey, thi kudhin maayoos koh nulaanan
Shaana ,plxx maadhan hedhunu kiyaalan libey varu kohladhehchey..?❤?
Dear shana Hama try kuraanan ingey, maadhan hendhunu kiyaalan nulibhunas insha Allah ehme lasvegen maadhan Rey kiyaalan libey varu kohdheynan?❤???
Great Job.V salhi mi part ves..Hope next part maadhan kiyaalan libeyne kamah..<3
Thank you so much dear?❤??
Masha Allah v salhi mi part ves hope mirey kiyalan libeyne kamah
V reethi mi partvs thank you so much
Ur welcome
Shana ?…kobber tha nxt part …alhey varah kiyaahithun mihiry..
Insha allah v avahah kiyaalan libeyne
Alhey mihaaru keihnukurevey varu vejjje…shana plxxx thankolheh avas kohladheeebaaa.plxxxx.plxxx.mirey ga varah kiyaalan beynun……
Faharehga libidhaane mirey kiyaalan
Plxxx!!!mihaa varh inthizaaru kurn nujahssaba plxxxx.i want see wat arush will do
Dear story fonuvaafa in naany
Shana!!!!
Kobber tha next part.waiting wAiting..
Mi part vess v nice….Next part reyga kiyan libeyne eyy buni…but nulibey???
Ahle kobber tha nxt prt???
Nxt prt kobber tha???
alhey haadha lahey
Dear readers next part fonuvaafa in naany, mirey kiyaalan libeyne insha allah
Waiting waiting
Shana story mihaar v salhi….But kiheneh thihadhani mihaar readers in disappoint kurani…We are waiting for like two or three days to read the next part…..Dhn you are saying tht u hav already snt the nxt part…After tht u ll say im waiting for that part to upload after tht only i can write next part…..Why this is happening…Okay if the site does delay to upload till thn u can write next one or two parts and upLoad same day or make us to get early to read the other parts right after uploading the part which u hav snd…..Dhn we readers also ll be satisfied…..I knew u are one of the best writer of this site…But plx learn to make readers happy….If ur bxy and cant write u can simply tell the truth instead of telling u ll upload tonight,tmr,tmr night so tht we ll wait Happily….
Alhey kobber tha ???
Alhey. Waiting waiting????
Mirey ves nulibeyne kannenge.
dhenmi boduvaru… mi saitu ge vaahaka thah upload nukuraneetha
Alhey dhen mi vaahaka ekani tha up nuvany.dhen alhe kiyaa hih ves kendihje
Alhey.alhey..kury reyga kiyaalan libeyney buneema ragalhah nuvx nidhun.but iyya ga vx nulibun..eiii keeve tha alhey stry up nuvany.i am so curious to read..ekamu hama dhigu inthizaareh kuran mijeheny…????
Ehen v ma kureedhuvahuge part and miadhuge part aa …2 part ehkoh kiyaalan libeyne kamah umeedhu kuran… waiting 🙂
Alheyy…..Kobaa thr 36th part…adhivess nulibeyy….mihaa kiyaa hithun hunna iru vess
Zy Na kiyany vess mi vaahaka ekani adhi??ekam e vess rangalhah baraabarakah nulibe kiyaakah??? 2 parts kiyan linen vaane miadhu?
Alhe dhn kobber tha next???
v.reethi mivaahaka
next part konirakunthr
Wow…. Can’t wait to see the next part….
Alheyyy koba thrr next part??
37 vana part upkohdheyn v nu dhn?? 3 days v nu now … story v reethi.. ehenve kehtherikan kolhun laafa mihunnany.. esfiya ge liyuntherin vaahaka up kuraaleh lasvaathy kiyuntherin fraathun mi site ah libifaivaa magboolukan kuda vamun dhaakan vv faahagavey… mihen mibuny baeh meehun kairy vaahaka kiyany mi site inney bunaa irah v gina meehun buney thi v kada site ekey… vaahaka fashaafa nuves ninmaaney.. up kuraalehves v lasvaaney… kameh kuranyaa vaane v faruvaathrikon kuran… ekam mihen bunyas hama up nukurevey fadha haalatheh medhuverives evedhaane.. ekan ves kiyun therinnah angaalun muhinmu… mi Mee ge hiyaaleh…
Kiyve Tha ahrn kuri comment publish nukureee
Dear readers, shana ves irukolhakaa balan up vey thw ekam adhi vess nuvey, neyge kyve kameh las vany kee
Alhe adhi ehfaharu fonuvaaba plxxx.faharehga up vedhaanehnu.