ވެހެމުންދިޔަ ބޯވާރޭ ހުއްޓާލާނޭ އިރެއް ލަފާކޮށްލަންވެސް ދައްޗެވެ. ދޭތެރެއަކުން ގަދަޔަށްވިދާލާފައި ޖަހާލާ ބާރު ގުގުރިން ކަންފަތްތައް ފަޅައިގެންދާހާވެއެވެ. ބާރަށް ވައިޖެހެމުންދިޔައިރު ގަސްތައް މުލުން ލުއްސާނުލާ ތިބީ ނަސީބަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާއަޅާފައިވާ ރަށުގެ މަގުތައްމަތިން ވައިގެ ހަމަލާތަކަށް ކުޅަދާނަނުވެގެން ފައިބައިފައިވާ ފަތްތަކާއި ގޮފިކޮޅުތައް ނޫންއެއްޗެއް ނުފެނެއެވެ.ހަވީރުގެ ވަގުތެއްކަމަކު ވެެރިވެފައިވާ އަނދިިރިކަމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތައްވެސް ވަނީ ދިއްލަންފަށާފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ ސްޓްރީޓް ލައިޓްތައް މާކުރިންވެސް ވަނީ ދިއްލިފައެވެ. އެ ތޫފާނީ ވައިޖެހެމުންދިޔަ ވަގުތު، ފަޅުވެފައިވާ […]