“ވަރަށް ދެރަ ޒިޔާނަށް ނުދެވޭތީ” ލޯގަނޑު ކުރިމަތީގައި ހުރެގެން ދެ ތުންފަތުގައި ލިޕްސްޓިކް ޖައްސަމުން ނިހާ ބުންޏެވެ. “ބޮލުގަ ރިހުމަކަށް ލުޔެއް ނުލިބޭ. ކިރިޔާވެސް ކެރޭނަމަ ދާނަން. ވަރަށް ދާން ބޭނުން” ކަމެއް ދިމާވެގެން އުޅޭކަން ނިހާ އަށް އަންގަން ބޭނުން ނުވާތީ ޒިޔާން މަސައްކަތް ކުރީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. އެކަމަކު ކިތަންމެ ހިފަހައްޓަން އުޅުނަސް ދޭތެރެއަކުން އޭނާ އަށް ގިސް ލެވެއެވެ. ލޮލުން ކަރުނަ އާދެއެވެ. އެކަމަކު އެކަން ނިހާ އަކަށް ފާހަގައެއް […]
ހުކުރު ދުވަހު ހަވީރު އަތިރިމައްޗަށް ދާން ބޭނުން ކަމަށް އޮތީ މާޔާ ކުރިން ބުނެފައެވެ. އަސުރުން އިރު ތިރިވެ، ހިޔާޖެހުމުން އެންމެން އެކުގައި ހިނގާފައި ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ނުކުތެވެ. “ޑެޑީ އަށް އެނގޭތަ މި ރަށު ބީޗް ވަރަށް ރީތި ވާނެ. މާލެ އަށް ވުރެ މާ ރީތި ވާނެ!” ނަތާ އާއި ސަމީރުގެ އަތުގައި ހިފައިގެން ހުރެ މާޔާ ބުނެލިއެވެ. އެއީ ތެދެކެވެ. މާ ދުރަށް ފެތުރިފައިވާ ހުދު ވެލިގަނޑު ފެނުމުން މީޝާއިލް […]
އުޑުމަތީގައި ވިލާ މަދު، ރީތި ދުވަހެކެވެ. ވައިމަޑުވެ، ކަނޑުގެ ލޮނުގަނޑު ވަނީ ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ލޯންޗު ރަށުގެ ބަނދަރާއި ކައިރިކޮށްލިއެވެ. މާޔާ އުރާލައިގެން ލޯންޗުން ފޭބުމަށްފަހު މީޝާއިލް ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ. ރަށުގެ ތަސްވީރުތައް އޭނާގެ ހިތުގައި ކުރެހިފައިވާ ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. ބަލައިލާ ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ތަރައްޤީގެ ކުލަވަރެވެ. އަމާންކަމާއި، ހިތްފަސޭހަ ކަމެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ތިބުމަށް ހާއްސަ ގޭގައި ހުރުމުގެ […]
ފޯނު ފެންނަ ކޮންމެ ފަހަރަކު ޒިޔާން މަތިން މާބޮޑަށް ހަނދާންވާތީ ފޯނާ ވަރަށް ބޮޑަށް ދުރުވީމެވެ. އަބަދު ފޯނު ބާއްވަނީ ނިއްވާލާފައި، ކަބަޑުގައެވެ. އެހެން ހެދުމުން ޒިޔާންގެ މެސެޖަކަށް ކުރެވޭ އިންތިޒާރު ކުޑަވާންފެށިއެވެ. އެކަމަކު އެކަނިވާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް ޒިޔާން މަތިން ހަނދާންވެއެވެ. ބައެއްފަހު ރީތި ފިލްމެއް ބަލާފަދައިން ހުރިހާ މަންޒަރުތަކެއް ވަކިވަކިން ސިފަކުރަން އޮވެވެއެވެ. އަނެއްބައި ފަހަރު ޒިޔާނާ ވަކިވާންޖެހުނީތީ ހިތާމައިން، ގިސްލަމުން އޭނާ މަތިން ހަނދާންކުރަން އޮންނަމެވެ. ހަފުތާއެއް ފަހުން މީޝާއީލް […]
އަހަރެން ނުދިޔަޔަސް ނަތާމެން މޫދަށް ދިޔައެވެ. އެމީހުން ދިޔުމުން އަހަރެން އެކަނި ގޮސް ހުރީ ކުޅި ކައިރީގައެވެ. އެތަނަށް ދިޔުމުން ހިތުގެ ނުތަނަވަސްކަން ކުޑަވިއެވެ. ރީތި ފިލްމެއް ފަދައިން ކުރީ ދެ ރޭގެ މަންޒަރުތައް ވަކިވަކިން އަހަރެންގެ ހިތަށް ފެންނަމުން ދިޔައެވެ. ޒިޔާން އަހަރެންގެ ނިތްކުރީގައި ބޮސްދިން ލޯބިވެތި ގޮތެއެވެ. އަހަރެންގެ ގައިގައި ބައްދާލިގޮތެވެ. ފެންގަނޑުގައި ބޮއްކުރާ ދުއްވި ހާއްސަ ވަގުތުކޮޅެވެ. އަހަރެންގެ ލޮލުން ކަރުނައެވެ. ދެ އިހުސާސް އެކުލެވޭ ކަރުނައެކެވެ. އުފަލާއި ނުތަނަވަސްކަމެވެ. ޒިޔާނަށް ކިހިނެއްވީ […]
“ރިޔާ. . .” ޒިޔާން މަޑުމަޑުން އަހަރެންގެ ނަން ކިޔާލިއެވެ. އެކަމަކު އަހަރެން އިޖާބައެއް ނުދެމެވެ. ގުޑިވެސް ނުލައި އެގޮތުގައި ހުރެވުނީއެވެ. “އަހަރެން ވަރަށް ލޯބިވޭ ރިޔާ ދެކެ” އަހަރެންގެ ކަންފަތް ދޮށުގައި ވަރަށް ސިއްރުން ޒިޔާން ބުނެލިއެވެ. އަހަރެންގެ ދެ ލޯ ކަރުނައިން ފުރުނެވެ. އަދި މަޑުމަޑުން އޭނާއާ ދުރަށް ޖެހިލުމަށްފަހު އެ މޫނަށް ބަލައިލީމެވެ. “ގަބޫލެއް ނުކުރެވޭ ދޯ!” އަހަރެން ބަލައިލި ގޮތުން ޒިޔާން އެހިއެވެ. “އެނގޭ ގަބޫލު. . .” އަހަރެންގެ ޝާހާދަތް […]
ދުވާލުގަޑީގައި ޒިޔާންގެ މެސެޖެއް ނުލިބޭނެކަން އެނގޭއިރު ވެސް ފޯނު ހިފައިގެން އަހަރެން އިނީ ފަހާތަނުގައެވެ. އެތަނުގައި އުޅޭ ކުދިންނާ ވާހަކަދައްކާލާ، ހީސަމާސާ ކޮށްލުމުން ފޫހިކަން ފިލައެވެ. އެމީހުން ހީނހީނފައި އާންމުކޮށް ދައްކަނީ ފިރިހެން ކުދިންގެ ވާހަކައެވެ. އެއީ އާދައެވެ. އެ އުމުރުގެ ދެ އަންހެން ކުއްޖަކު އެއްތަން ވެއްޖެނަމަ ދައްކާނީ ފިރިހެން ކުދިންގެ ވާހަކައެވެ. ފިރިހެން ކުދިން ދައްކާނީ އަންހެން ކުދިންގެ ވާހަކައެވެ. ވާހަކައިގެ އެންމެ ފޯރި ގަދަވީ ވަގުތު ވިޝާލް އައިސް އެތަނަށް ވަނެވެ. “ތިކިޔާ […]
“މިއީ ދެން މާ ދުރެއްވެސް ނޫނެއްނު؟” އަހަރެން ހިނިތުންވެލީމެވެ. “މިއަދު ކޮބާތަ ލައި؟” “ދެންމެ ގުޅާފަ ބުނީ ނެތޭ މިއަދު މިކޮޅަށް އާދެވޭކަށް. އެގެއަށް ބީރައްޓެހި ބަޔަކު އައިސްގެން އުޅޭތީ” ލައިޝާ އުޅެނީ ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއްގައެވެ. މެންދުރުގަޑީގައި ހިނގާފައި ދާން ޖެހިއްޖެނަމަ އެއީ ވަރަށް ދުރެވެ. “އަދި ބުނި ހަވީރު އެގެއަށް ސައިބޯން އަންނާށޭ ވެސް!” ނަތާ ބުންޏެވެ. “އަދި ހަވީރު ވާނީ ކޮން އިރަކުން؟” އަހަރެން ފޯނުން ގަޑި ބަލައިލީމެވެ. “އުޅޭ […]
ރޭގަނޑު ނުވައެއް ޖަހަން ކައިރިވީއިރު އަހަރެމެން ތިބީ މިއުޒިކް ޝޯވ ބަލަން ދާން ތައްޔާރުވެގެންނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާއި މާލޭގެ ނަށާގުރޫޕެއް ގެނެސްގެން ބާއްވާ ޢީދުގެ ހާއްސަ ޝޯވ އެކެވެ. ޝޯވ އޮތީ ރަށުގެ ބަދަރުމަތީގައި އެކަމަށް ތައްޔާރުކުރެވިފައި ބޮޑު ސްޓޭޖެއްގައެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު އެންމެ ފުރަތަމަ ލަވަ ފެށިގެން ކުރިއަށް ދަނީއެވެ. ކުޅިބަލާ މީހުންތައް ގިނަކަމުން ސްޓޭޖް ހުރި ހިސާބަށް ކައިރިވެވެން ވެސް ނެތެވެ. “ދެން ވެސް ރީތިކޮށް ފެންނާނީ ތަންކޮޅެއް […]