Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާާޒީގެ ޞަފްޙާތައް (ފުރަތަމަ ބައި)

Rifu Level 1
December 4, 2018 One Min Read
5 Comments

މުޅި ތަނުގައި ވަނީ މީހުންގެ އަޑުތައް ގުގުމާލާފައެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. އެކަކު ފިތަކަށް ފިއްތާލާ އަޑު އިވޭ އިރަށް އނެއްފަރާތުން އެއްޗެއް ގޭނޭ އަޑު އިވެއެވެ. ހަނާގެ މޫނު މަތިން މާޔޫސް ކަން ފެންނަން ފެށިއެވެ. މިއަދަކީ އެހެން ދުވަސް ދުވަހަށް ވުރެ އޮފީސް މާ ބޮޑަށް ވެސް ބިޒީ ދުވަހެކެވެ.ހަނާގެ ހިތަށް އަރަނީ މިކަހަލަ ދުވަސް ދުވަސް ވެސް މީހުންނަށް އާދޭބާއެވެ. ކުއްލިއަކަށް ހަނާގެ ޑެސްކާއި ޖެހިގެން އިން ކުޑަދޮރަށް ބަލައި ހަނާގެ އެ މާޔޫސްކަން ގެއްލިގެން ދިޔަ ކަހަލައެވެ. އޮހޭ ވާރެއަށް ބަލަމުން ހެވެމުން ދިޔައެވެ.ކުޑަދޮރު ހުޅުވާލާ ވާރޭ ތިކި ތިކީގައި ބީހެމުން ލަދު ރަކި ވަމުން ދިޔައެވެ. އަމިއްލަ ނަފްސުގައި ބައްދާލައިފައި ލަދުގަންނަ ގޮތްވެސް ވެއެވެ. ވަރަށް ފުން ޚިޔާލުތަކެއް ތެރެއަށް ހަނާ ގަރގުވެއްޖެކަން ޔަގީނެވެ. ކުއްލިއަކަށް ހަނާގެ މޫނުގެ ކުލަވަރު ބަދަލުވެ އެ މާޔޫސް ކަމަށް އެނބުރި އައިސްސިއެވެ. ވަރަށް އަވަސް އަރުވާލާފައި ކުޑަ ދޮރު ލައްޕާލުމަށްފަހު ގޮނޑީގައި އިށީނދެ ޑެސްކްގައި ބޯ ޖަހާލިއެވެ. އަދި އިރުކޮޅަކުން ތެދުވެ ލޮލުގައި އޮތް ނަންބަރު އައިނު ނަގާ އިސްތަށިގަނޑުހާވާލުމަށްފަހު ބޯޖަހާލިއެވެ. ހީވަނީ ދެންމެ ދެންމެ ހަމަ މީހަކު ހަނާ އާ ދިމާލަށް އެއްޗެހި ކިޔާ ދެރަކޮށްލިހެންނެވެ.

ހަނާގެ މޫނު ކުޑަދޮރާވީ ފަޅިއަށް އަނބުރާލުމަށްފަހު އޮތީ މަޑުމަޑުންނެވެ. އެއްވެސް ކަހަލަ އަސަރެއް މޫނުމަތިންނެއް ނުފެނެއެވެ. މަޑު މަޑުން އިނދެގެން ހަނާގެ ޙަޔާތުގެ ޞަފްޙާތައް މީގެ ފަސް އަހަރު ކުރިއަށް އުކާލިއެވެ. އަދިވެސް ހަނދާންވަނީ އެދުވަސްތަކެވެ. އަދިވެސް ހީވަނީ އެއީ ކުރިމަތީގައި ވޭވޭ ހުންނަ ކަމެއް ހެންނެވެ. އަނދުނުގެ ކަޅު ކުލައާއި އެކީ ކަރުނަތައް މޭޒަށް އޮހެމުން ދިޔައެވެ. ހަނާ އަށް ހީވަނީ މުޅި ދުނިޔެ އަނދިރި ވެއްޖެހެންނެވެ. އެހެން ނަމަވެސް އެކަމާއި އަދިވެސް ހަނާ ދެރަވެއެވެ. އެ މަޑުމައިތިރި ވަގުތު ތައް ހަނާ އެ ހޭދަކުރަނީ މާޒީގެ އެ ޞަފްޙާތއް ތެރޭގައެވެ. ކުރިމަތިން ފެންނަނީ ވަރަށް ބައިވަރު މީހުން ޕާރޓީ ކުރާ ތަނެވެ. ސަކަރާތް ޖަހާ މަންޒރެވެ. އަޑު އިވެނީ ހޭ އަޑެވެ. އެކަކު އަނެކަކު ނަށަން ވެސް ނަށައެވެ. ރައްޓެހިވެގެން އުޅޭ ދެ މީހުން އެކުގައި އުނގަނޑަށް އަތްލައިގެން ނަށާ ތަން ވެސް ފެންނަހެން “ހަނާ!”ހަނާ”!”ހަނާ!” ހަނާ އަށް ކުއްލި ސިހުމެއް ލިބި އެ ޞަފްޙާތައް ތެރެއިން ބޭރަށް އާދެވުނީ ނަހޫ ގޮވާލުމުންނެވެ. ލިބުނު ސިހުމާ އެކީ “އާނ! އާނ! ކިހިނެއްވީތޯ ސުވާލުކުރިއެވެ؟ ހިނގާބަ ބްރޭކަށް ދާން! ކިހާ ބަނޑުހައި!ހަނާ އަށް ކަމެއް ވީތަ؟ ނަހޫ އެއްފަހަރާ ހުރިހާ ވާހަކައެއް ދެއްކިއެވެ. ނަހޫ އަކީ އޮފީހުގައި ހަނާ އާއި އެންމެ ގާތް ކޮށް އުޅޭ ކުއްޖާއެވެ. ދެމީހުންނަކީ ވަރަށް ސަކަރާތް ޖަހާ ދެމީހުންނެވެ.

ދުވަސް ނިމުމަށްފަހު ގެއަށް ދިއުމަށް ފަހު ހަނާ ފެންވަރައިލައިގެން އެރީ ޢިޝާ ނަމާދަށެވެ. އަދި ނަމާދުކޮށް ނިމި ދުޢާ ކުރަމުން ދިޔައީ ރޮމުންނެވެ. ހަނާ އޮފީހުގެ ބައެއް މަސައްކަތް ކުރަނީ ރޭގަނޑުގެ ވަގުތު ތަކުގައި ގޭގައެވެ. އޮފީހުގައި ހިސާބުތަކެއްގައި މައްސަލަތަކެއް އުޅޭތީވެ އެކަމާއި ވިސްނާ ފިކުރުކޮށް ކަން ކަން ޙައްލު ކުރަން އިން ވަގުތު އެއްފައި ގޮނޑިއަށް އަރުވާލައި ކަކުލުގައި އަތް އަޅުވާފައި ބޮލުގައި އަތްވިއްދައިގެން އިނދެ ގަލަމުގެ ކޮޅު އަނގައަށް ލައިގެން ވިސްނަމުން ދިޔައެވެ. އަވަދިނެތި އުޅެފައި ހަނާ އަށް ގަޑިއަށް ބަލައިލެވުނު އިރު ގަޑިން މެންދަމުން އަނބުރާ 2.00 ޖަހަނީއެވެ. ހަނާގެ ގަޔަށް ހީވީ އެވަގުތު ކަށްޓެއް ހަރާލި ހެންނެވެ. އަވަސް އަވސް ކޮށްލާފައި ނިދަން އޮށޯތެވެ. ދެއަތް ބޯ ދަށަށް ލުމަށްފަހު އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓައިގެން އޮށްވަ ފެންނަނީ ހަނާ އެންމެންގެ ތެރޭގައި ތަށްޓެްއ ހިފަހައްޓައިގެން މޭޒެއްގެ ކަނުގައި ރަތް ކުލައިގެ، ކަކުލާއި ހަމަ އަށް އަރާ ހެދުމެއް ލައިގެން ލެނގި ލައިގެން އެއްޗެއް ބޯން ހުރި ތަނެވެ. ކަންފަތުގައި އެލުވާލައިފައި ވަނީ ރީތި ގަހަނާ އެކެވެ. އަންހެނުންނާއި ފިރިހެނުން ވަނީ އެތަނުގައި މަސްހުނިވެފައެވެ. ތަންކޮޅެއް ދުރުން ހިނގާލާފައި ދޮން، ދިގު ފިރިހެނަކު ހަނާ އާ ދިމާލަށް އަންނަތަން ހަނާ އަށް ފެނުނެވެ. އޭނާ ހަނާ ގާތަށް އައުމުން ހަނާ އަށް ލަދުން އޮޅެވެއެވެ. ހަނާ ދުވަހަކުވެސް ނުދެކޭފަދަ ރީތި ކަމެއް އެ ޒުވާނާ ގައިގައި ވެއެވެ. އަދި ބަލައިލަން އެހާ ހިތްފަސޭހަ އެވެ. އޮމާން، އަމާން ސާދާ މޫނެކެވެ. ހަނާ ގާތަށް އައިސް ހުއްޓި. ހަނާ ލެނގިލައިގެން ހުރި މޭޒު ދަށުގައި ހުރި އެއްޗެއް ނަގައިގެން ދިޔައެވެ. ހަނާ އަށް މަޑުމޮޅިކަން އެ ވަގުތު އިޙްސާސް ކުރެވުނެވެ. ހަނާ ހީކޮށްގެން ހުރީ އެ ޒުވާނާ އައިސް ހަނާ އާއި ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް ކަން ވީ އެހެނަކުން ނޫނެވެ. ހަނާގެ ގާތަށް އައިސް އެހެން ޒުވާން ފިރިހެން ކުއްޖެއް މަޑުކޮށްލިއެވެ. އަދި ހަނާގެ އުނގަނޑުގައި ހިފައި ބައްދާލުމަށް ފަހު ނަށާލަން ދިޔައެވެ. ދެމީހުން އެކީ ނެށުމަށްފަހު އެ ޕާރޓީގައި ހުރި ކޮޓަރިއަކަށް ވަނެވެ. ހަނާގެ މާޒީގެ ޞަފްޙާ ތަކުގައި އޮވެ ހަނާ އަށް ނިދުނު ގޮތް ނުވެސް އިނގުނެވެ.

Share Article

Follow Me Written By

Rifu

Level 1

Fan of Dhivehi stories

Other Articles

Previous

އިމްތިޙާން (19ވަނަ ބައި)

Next

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 4 )

Next
December 4, 2018

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 4 )

Previews
December 4, 2018

އިމްތިޙާން (19ވަނަ ބައި)

5 Comments!

  1. shdhr.;!? says:
    December 4, 2018 at 8:21 pm

    Nice…..
    Keep it up..???

  2. Ibsha says:
    December 4, 2018 at 10:09 pm

    Varah reethi vaane kamah feney

  3. Rifu says:
    December 5, 2018 at 3:29 pm

    Thank you! 😀

    Insha Allah kiyuntherinnah varah reethi koh mi vaahaka geneveythoa balaanan

  4. uma ? says:
    December 6, 2018 at 6:40 pm

    Masha allah … Varah reethi vaahaka eh … Adhi vx mikahala reethi vaahaka gennaane kamah unmiidhukuran ???

  5. Rifu says:
    December 23, 2018 at 12:31 pm

    shukuriyyaa varah bodah. mi vaahakaige dhevana bai miharu upload kurevifai vaane.

Comments are closed.



All Right Reserved!