ކޮންމެ ދުވަހެއްގެވެސް އިރުއަރައިގެން ގޮސް އިރުއޮއްސެނީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެޔޭ ބުނާ އުސޫލު ކޮންމެ މީހަކުވެސް އަޑިގަނޑުތަކާ އުސްގަނޑުތަށް ގިރާކުރަމުން ދިޔައެވެ. ކޮންމެ މީހެއްވެސް ތަފާތުގޮތަކަށެވެ. ނުފޫޒުގަދަމީހުން ނިކަމެތިންގެ މައްޗަށް ބާރުވޯވަމުންދާއިރު އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން އެބައިމީހުންގެ އެދުންތަށް ފުއްދަމުން ގެންދިޔައެވެ. ދުވަސްތަށް މާޒީއާ އެކުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. އަލިޝްކާއާއި އަވްޔަން ހަތަރުދުވަސްވީއިރު އެދެމީހުންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. […]
އަތުތެރޭގައި ނިދިފައި އޮތް އަވްޔަން އެނދުގައި ބާއްވާލިއެވެ. އޭނާގެ ފައިގަޔާއި ބިންމަތީގައި ހުރި ލޭތަށް ސާފުކޮށްލަމުން އެމޫނު މައްޗަށް އެޅިފައި ހުރި އިސްތަށިތަށް އެއްފަރާތް ކޮށްލަދިނެވެ. އަވްޔަންގެ ގައިގައި ރަޖާގަނޑު އަޅައިދިނުމަށްފަހު އަލިޝްކާ އެކޮޓަރިން ނިކުތެވެ. ނަމަވެސް އަވްޔަންގެ ހާލަ މެދު އޭނާ ކަންބޮޑުވިއެވެ. މި ގޮތްނޭނގޭ ޒުވާނާގެ ހަގީގަތް ހޯދުމަށް އޭނާ އަޒްމު ކަނޑައެޅިއެވެ. އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުޖަހަމުން އަލިޝްކާ ވެއްޓިގަތީ އޭނާގެ އެނދަށެވެ. އެނދުމަތީގައި ބޭއްވިފފައި އޮތް ޑައިރީ ކިޔާލުމަށް އޭނާ އަވަސްވެގަތެވެ. […]
“ހަލޯ” މަލަކު ފޯނުނެގިއެވެ.”މަލަކޫ… ނުވެސް ގުޅަމެއްނު އަހަންނަކަށް… ރިޔާ އެކަނި ގުޅަނީ… ހަނީ މޫންއޭ ކިޔާފައި ނުޖެހޭ އަހަންނަށް ނުގުޅާ ހުންނާކަށް…..” ޒޯޔާ ޝަކުވާކުރަމުންދިޔައިރު މަލަކު ގާތަށް އަންނަނީ ލާނެތް ހިންޏެކެވެ. “ހޫމް..ދެން ހެވޭ ނުކިޔާދިނަސް ސޮރީ..”މަލަކު ހިނިގަނދު ހިފަހައްޓަމުން ބުނެލިއެވެ.” މަލް ނުބުނާތި ރިޔާގާތު އަހަރެން އަންނަ ވާހަކަ…ޕްލީޒް” ޒޯޔާ އާދޭހުގެ ރާގަށް ބުނެލިއެވެ.”ޒޯ…މީ….ރިޔާ…ވަރަށް ޑިފަރެންޓް އުޅޭލެއް…ކުރީގެ ރިޔާ އެއްނޫން އެއީ…”މަލަކު އަޑު މަޑެވެ. “ކިހިނެއްވީ؟ ރިޔާ ބަލިވީތަ؟” “އައި ޑޯންޓް ނޯ.. އަބަދު ފެންނަނީ ހާސްވެފައި ހުންނަތަން… އެހީމަ ބުނަނީ ފްރެންޑެއް ފޯނު ނުނަގާތީއޭ…އައި ތޯޓް އެއީ ޔޫ ކަމަށް…”މަލަކު ބުންޏެވެ.”މަލަކް ޖަސްޓް ޑޫ ވަން ތިންގް…. މޭކް ހާރ ސްމައިލް…މިބުނީ އެނާ ފިކުރުކުރާކަށް ފުރުސަތު ނުދޭށޭ…”ޒޯޔާ ބުނެލިއެވެ. “އޯކޭ…..ޒޯ.. ދާން ވެއްޖެ… ބައި….ހޭވް އަ ސޭފް ޓްރިޕް” އިޒާން އަންނަން އިޝާރަތް ކުރިތަން ފެނިފައި މަލަކު އަވަހަށް ފޯނު ބޭއްވިއެވެ. ***އަނެއް ދުވަސް*** އަރިޔާ ހެނދުނު ހޭލައިގެން ރީތިވެ ހުރިހާ ކަމެއްކޮށް ހެނދުނު ނާސްތާ ކުރަންވެގެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމްގެ ހާލު ފެނިފައި އަރިޔާ ހުރެވުނީ އަނގަހުޅުވައިގެންނެވެ.”އޯ ގޯޝް” ސިޓިންރޫމްއެކޭ ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީއަށް ތައްޔާރު ކޮއްފައި އޮތް ހޯލްއެކޭ ތަފާތެއްނެތެވެ. އެކި ކުލަކުލައިގެ ފުއްޕާހަންތައް އެލުވާފައި ހުރި އިރު ‘ވެލްކަމް ހޯމް ބްރޯ’ގެ ބެނަރއެއް ހަރުކުރެވިފަވެއެވެ. އަރިޔާހަމަ ބިމަށް އައުމާއެކު އެނާ ބަދިގެއަށް ވަދުނެވެ. ކޮފީތައްޓެއްހަދާލުމަށްފަހު އޭނާ ބަދިގެއިން ގޯތިތެރެއަށް ނުކުމެވޭގޮތަށް ހަދާފައިން ދޮރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަރިޔާ ދޮރުކަނީ ގައި ލެގިލުމަށްފަހު އަރިޔާ ފުންވިސްނުމަކަށް ގެނބުނެވެ. ބަދިގެއަށް ވަދުނު މަލަކުއަށް އަރިޔާ ހުރި ގޮތް އަރިޔާ ފިކުރު ކުރަނީކަން އެނގުނެވެ. މަލަކު ބަލާކަށްނުހުރެ އަރިޔާ އަތުގައި އޮތް ކޮފީތަށި އަތުލިއެވެ.”ދެން މަގޭ ކޮފީތަށި… މަލަކޫ” މަލަކު ކޮފީ އެއްކޮށް ހުސްކޮށްލިތަންފެނިފައި އަރިޔާ ރުޅިއައިކަމަށް ހެދުނެވެ.”ދެން އަރިޔާ ….. ކޭކް އަޅަންއުޅެބަލަ އެމީހުން އަންނަންވާއިރަށް ނިންމާލަންޖެހޭ ” މަލަކު ޒޯޔާ ބުނިފަދައިން އަރިޔާ ކަންކަމަށް ފިކުރުކުރާކަށް ފުރުސަތުނުދޭން މަސައްކަތް ކުރިއެވެ.”ހޫމް…. ހިނގާ” އަރިޔާ ހިނިތުންވެލަމުން ބުނެލިއެވެ. ***2 ގަޑިއިރު ފަސް**** “ފައިނަލީ” އަތްފޮޅާލަމުން މަލަކު ސިންކު ކައިރިއަށް ޖެހިލިއެވެ. ކޭކްއަޅަންވެގެން އަރިޔާ ގިނައިރު ކޮޅަށްހުރުމުގެ ސަބަބުން ފަޔަށް ތަދުވާތީ އޭނާ ގޮނޑިއެއްގައި އިށީނދެ ކޭކަށް ނަޒަރެއް ހިންގާލިއެވެ. އިޒާން ބުނިގޮތަށް ޗޮކޮލެޓް ކޭކް ވަށައިގެން ޗޮކޮލެޓް ފްރޮސްޓިން އަޅަލެވިފައިވާއިރު އޭގެމަތީގައި ޗޮކޮލެޓް ސްޕްރިންކަލްސް އަޅާލެވިފައިވެއެވެ. އެވަގުތު އޭނާ ހަނދާނަށް އައީ އޭނާގެ މަންމަ އާއި ބައްޕައަށްފަހު އޭނާ އަށް އަލާލި އަދި އޭނާ އަށް ދިރިއުޅެން ދަސްކޮށްދިން އަޒުރާމަތިންނެވެ. އަޒުރާގެ ސޫރަ ލޯކުރިމަތިން ސިފަވި ހިނދު އޭނާގެ ދެލޮލުން ކަރުނަތިއްކެއްވެއްޓުނެވެ. އޭނާ ހިތާހިތުނ އަޒުރާ ހެޔޮހާލުގައި ލެއްވުމަށް އެދި ދުޢާކުރެވުނެވެ. ހިޔާލުތަކުގެ ތެރޭ އެނބުރި އިން އަރިޔާ ސިހިގެން ދިޔައީ އިޒާންގެ އަޑުންނެވެ.”އަރިޔާ…ކޭކް ރެޑީތަ؟އަވަސްކުރޭ” އަރިޔާ ކޭކް ނިމިއްޖޭބުނުމުން އިޒާން ކޭކްހިފައިގެން ސިޓިންރޫމް އަށް ނުކުތެވެ. އަރިޔާ ސިޓިންރޫމްގައި ތިބިކުދިންނަށް ބަލާލިއެވެ.ކުދިންތައް މައިދޮރުގެ ދެފަރާތުގައި އެތުރިގެނ ތިބިއެވެ.އަރިޔާ އެކަމުގައި ބައިވެރިވާން ހިތްއެދުނަސް އެނަ ބއިވެރިކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އޭނާ އަކީ ނިކަމެތި ފަޤީރެކެވެ. މަންމަ އާއި ބައްޕަ މި ދުނިޔޭގައި ތިބިނަމަ އަރިޔާގެ ދިރިއުޅުން ތަފާތުވާނެކަން ޔަގީނެވެ. ކެތްތެރިވެލަމުން އަރިޔާ ބަދިގެއަށްވަދުނެވެ. އެތަން މަލަކުއަށް ފެނުނެވެ.
ކެތްތެރިކަމެއްނެތި ދީމާ ޔުނާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީ ޔުނާން ބުނާނީ ކީކޭ ކަން ޚިޔާލަށްވެސް ގެންނަން ނޭނގޭ ހާލުގައެވެ. “މި ކައިވެނި ކުރަން ބޭނުންވަނީ ސިއްރުން.” ޔުނާން އަދިވެސް ހުރީ ދީމާ އަށް ފުރަގަސްދީގެންނެވެ. “ކީކޭ؟ ތި ބުނީ؟” ދީމާ ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަން ހުއްޓެވެ. “އިޝާ ބޭނުން ވެދާނެ ބޮޑު ޕާޓީއެއް ބާއްވާ ނޫނީ ރައްޓެހިން ގެނެސް ހަދަން. އެކަމަކު އެގޮތް އަހަރެން ބޭނުން ނޫން ވާހަކަ މިބުނީ.” ޖިންސްގެ ޖީބަށް […]
ބޮޑުތިކި ވާރޭގެ ތެރޭގައި ތެމި ފޯވެފައި ކުޑަ އަންހެންކުއްޖާ ހުރީ ފަސް ބުރީ އިމާރާތުގެ ޓެރަސްމަތީއެވެ. ވަށައިގެން ޖަހާފައިވާ ދަގަނޑުތަކުގެ ބޭރަށް ވާގޮތަށް ހުރި ހަނި ތަންކޮޅުގައި ހުރިއިރު އެކުއްޖާގެ ފައި ތުރުތުރުލީ ހީކެރުވުމާއި ބިރާއި އެކުވެގެންނެވެ. ކުރިއަށް އެއް ފިޔަވަޅު އަޅައިލިއެވެ. އެ ކުޑަކުޑަ ހަށިގަނޑު ތިރިއަށް ދަތުރުކުރަން ފެށުމުގެ ކުރިން ހުއްޓުނީ މީހަކު އަތުގައި ހިފެހެއްޓުމުންނެވެ. އެއީ އޭނާއާއި ދާދި އެއް އުމުރެއްގެ ފިރިހެންކުއްޖެކެވެ. “ބާރަށް ހިފަހައްޓާ… ދޫ ނުކޮށްލައްޗޭ…” ފިރިހެންކުއްޖާ މަސައްކަތްކުރީ ވަރަށް […]
އާޅެން ދީވާނާ ވެވުނެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ނަފްރަތާއެކު މޫނު އަނބުރާލިއެވެ. ބުޅާ ފެނުމުން ދުވާ މީދަލެކޭ އެއްގޮތެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅެއް ފަދައެވެ. ބީހި އުޅުމަށްފަހު ވަކިވެ ދިޔައީއެވެ. މަފަކީރުގެ ކުށަކީ ކޮބައިކަން އަންގާނުލައެވެ. ހަނދާން ތައް އާވެ އިންތިޒާރު ކުރެވެނީއެވެ. އިވުނު ޚަބަރުން ހިތް ތޮރުފިގެން ދިޔައެވެ. މަހުޖަނަކާއި ކައިވެނި ކުރަނީއެވެ. ކެހިދިނީ ކީއްވެކަން ވިސްނުމުން މާޔޫސް ވެވުނެވެ. ބިތްޖެހެވި ގަނޑު ވެފައި އިނދެވުނެވެ. ކަތިމަގަކުން ނުދެވުނީ ނޫނެކޭ ބުނަން ކެރުނީމައެވެ. ރަޙުމާއި ހަމްދަރުދީގެ […]
ދެމީހުންވެސް ގެއިން ނިކުމެ ސުކޫލަށް މިސްރާބުޖެހިއެވެ. ކުރިއަށް ހިނގަމުން ދިޔަ އަޝްރާ އާއި މިންހާ ފަހަތަށް ބަލައިލީ މީހަކު ތުމުން ފުމެލި އަޑުއިވުމުންނެވެ. ފަހަތަށް ބަލައިލިއިރު ރަތް ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އަލޫފް ފިރިހެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔައެވެ. މިންހާއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އަލޫފް އެއްލޯ މަރާލިއެވެ. އެއާއެކު މިންހާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނައަށް ލަދުން އިސްޖަހާލެވުނެވެ. މިންހާގެ އެއާދައިން އަލޫފްގެ ހިތުގައި މިންހާއަށްޓަކައިވި އިހުސާސްތައް ފުންވެގެން ދިޔައެވެ. ** […]
ދީމާ އޮތީ ހިތްހަމަ ޖެހިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިތްގައިމު ހިނިތުންވުމުން އެކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. “ޔުނާންއަށް އެނގިއްޖެއްޔާ އޯ.” ދީމާ މޯޅިއަކަށް ދެމިލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑުގައި ބެޑްޝީޓް އޮޅާލިއެވެ. ލާނެތްފާނޑަކަށް ހެވިފައި ދީމާގެ މޫނަށް ބަލަން އޮތީ ދެވަނަ ދެ މީހެއްނޫނެވެ. ޔުނާންގެ ގާތް އެކުވެރިޔާ ސާހިލްއެވެ. “މިހާރު އަހަރެއްވެއްޖެއެއްނު މިކަމަށް. އަހަރެމެން އުޅޭގޮތަކުން އެކަކަށްވެސް ނޭނގެއެއްނު. އަނެއްކާ ކާކު ހީކުރާނީ މަންމައަކާއި ދަރިއަކާއި މިހެން އުޅޭނޭ.” ސާހިލްގެ ހިތުގައިވާ ޔަޤީންކަން […]
“އަދި އެ ގޮލާއަށް ކެރިއްޖެ މަ ރިޕޯޓް ކުރަން! މަ!! އޭނައަށް ނޭނގެނީ މަށަކީ ކާކުކަން. މަރާލާނަން އޭނަ. މަރާލާނަން!!!” ލިއާމް އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑުން ބުނެލި ވާހަކައާއި އެ ވާހަކަ އަމާޒުވީ ކާކަށްކަން އެނގުންވުމުން މާޝާގެ ހިތް ރޫރޫއެޅިއެވެ. ހުޅުވާލެވިފައިވި ކުޑަދޮރުތަކުގެ ދޭތެރެއިން ކޮރިޑޯ ތެރޭގައި އޭނަގެ އެކުވެރިންނާ ވާހަކަ ދައްކަން ހުރި ލިއާމްގެ ރުޅިވެރި މޫނު ފެނި ހިތަށް ބިރުވެރިކަމެއްވަނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ ތަނަށް ބިދޭސީ މުދައްރިސަކު އައިސް ތި […]