ބޭރުން ބެލްގެޖެހި އަޑު އިވިފައި އިޒާން ދޮރުހުޅުވާލިއެވެ. އިޒާންކުރިމަތީގައި ހުރި 5 މީހުންފެނިފައި މުޅިތަންހީވީ ކެކިއަރައިގަތްހެންނެވެ. “ވެލްކަމް”ހިތްވަރެއްލުމަށްފަހު އިޒާން މެހެމާނުންނަށް ވަންނަން ތަންދެއްކިޔެވެ. މެހެމާނުން ގެއަށްވަދެވުނު ވަގުތު ޕާޓީޕޮޕްގެ ކަރުދާސްތައް މުޅި މާހައުލުގައި ވެރިވެގަތުނެވެ.އީތާން ހިނިތުންވެލައިފައި އިޒާންއަށް ސަލާމްކުރުމަށް އަތްދިއްކޮށްލިއެވެ.އިޒާންވެސް ސަލާމްކޮށްލުމަށްފަހު ސޯފާގައި އިށީނދުމަށް އިޝާރަތްކުރިއެވެ. “ޕޮއް” ޒޯޔާގެ ފަހަތުން މީހަކު އޭނާ ކޮނޑުގައިގައި ކުއްލިއަކަށް އަތްލުމުން އޭނާ ބިރުން ހަޅޭއްލަވައިގަތުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނާއުފަލުން ހަޅޭއްލަވައިގަނެ ކައިރީގައި ހުރި މަލަކު ކަރުގައި އޮޅުލައިގަތެވެ.”މަލަކޫ….” މަލަކު ކަންފަތްދޮށުގައި ޒޯޔާ ހަޅޭއްލަވައިގަތުނީ މަލަކުއަށްއޭގެންކުރާނެ އަސަރަކާއި މެދު ވިސްނުމެއްނެތިއެވެ. “ދެން ޒޯޔާ… މަގޭ ކަންފަތް” މަލަކު ކަންފަތުގައި އަތްއަޅާލަމުން ޒޯޔާ އަށް ބަލާލިއެވެ.”ސޮރީ…. އާދެބަލަ”ޒޯޔާ މަލަކު އަތުގައި ހިފައިގެން ޒޯޔާގެ ފިރިމީހާ ރާއިފް ކައިރިއަށްދިޔައެވެ.”ރެފް މީޓް މައި ބެސްޓްފްރެންޑް ނަމްބަރ ވަން…މަލަކް މަލް މީޓް މައި ހަޒްބެންޑް ރާއިފް…ރެފް ގެ ކަނާއަތަށްވާގޮތަށް އެއިނީ އީތާން…އިތާންގެ ކަނާއަތަށް ދާއިން…ދެން އެހެރީ އީތާންގެ ކަޒިން ޝެރިން” ޒޯޔާ ވަކިވަކިން މަލަކުއަށް އެންމެން ތައާރާފްކޮށްދިނެވެ.”ކޮބާ އޭނާ؟” މަލަކު ކަންފަތްދޮށުގައި ޒޯޔާ އަހާލިއެވެ. ލޮލުގެ އިޝާރާތުން މަލަކު ބަދިގެދެއްކުމުން ޒޯޔާ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. “ރިޔާ”ބަދިގެއަށްވަދެވުމާއެކު ޒޯޔާ އަރިޔާ ފެނުނެވެ.ޒޯޔާ އެދިޔަގޮތަށްގޮސް އަރިޔާ ގައިގައި އޮޅުލައިގަތުނެވެ. “ރިޔާ…”ޒޯޔާ އަށް ރޮވުނެވެ. “ޒޯ….”އަރިޔާ ހައިރާންވެހުރެވުނެއްކަމަކު ޒޯޔާ ގައިގައި ބައްދާގަތުނެވެ. “ޒޯ…. އިޓްސް އޯކޭ” އަރިޔާ ޒޯޔާގެ ކަރުނަތައް ފޮހެލަދިނެވެ. “އޭ މަވެސް އެބަހުރިން”މަލަކު ބަދިގެ ތެރެއަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. “ޒޯ….. ރޮނީތަ؟ މަލަކު ޒޯޔާ ކަރުނަ ފޮހޭތަންފެނި އަހާލިއެވެ.”އަހަރެން ރޮނީކީއެއް ނޫން…އުފަލުންގޮސް ލޮލުން ކަރުނައައީ” ޒޯޔާ މޫނުސާފުކޮށްލަމުން ބުނެލިއެވެ.”ދެންދޭބަލަ….ޔޫ ޝުޓް ހޭވްފަން” އަރިޔާ އުޅުނީ މަލަކުއާއި ޒޯޔާ އެތަނުން ފޮނުވާލާށެވެ. “ޒޯ މީ ކާކު؟ ޒޯގެ ބެސްޓީނަމްބަރ ޓޫތަ؟” ބަދިގެއަށް ވަދެގެން އައި ރާާއިފް އަހާލިއެވެ. “ރެފް މީޓް ރިޔާ…ރިޔާ މީޓް މައި ހަޒްބެންޑް ރާއިފް” ޒޯޔާ އަރިޔާ އަތުގައި ހިފާލަމުން ބުނެލިއެވެ. “ހާއި… ނައިސް ޓު މީޓް ޔޫ…” އަރިޔާ ހިނިތުންވެލަމުން ބުނެލިއެވެ. “ޒޯ ކޭކް ފަޅަންވެގެން މިއުޅެނީ އަވަހަށް އާދޭ” ރާއިފް ބަދިގެއިން ނުކުމެގެން ދިޔައީ އީތާންމެންގާތަށެވެ. ބަދިގެއިން ނުކުމެގެން އައި އަރިޔާ އަށް އީތާން ފެނުމާއެކު ހުއްޓުންއެރިއެވެ. އަރިޔާ ދެތިންފިޔައަޅު ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ. އަރިޔާ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން އެތާ ތިބި އެކަކަށް ނުފެނެވެ. ޒޯޔާ އަށް އެތަންފެނިފައި އަރިޔާ އަތުގައި ފެނިފައި މީހުންތަކުގެތެރެއަށް ވެއްދިއެވެ.އެވަގުތު އީތާންއަށް އަރިޔާ ފެނުނެވެ. އޭނާއަށް އަރިޔާގެ މޫނުމަތީގައި ވާ އަސަރުތައް ފެނުނެވެ. އަރިޔާ ބިރެއްފެނުނު ހެން ހުރެވުނީ ދެލޯބޮޑުކޮށްގެންބަލަހައްޓައިގެންނެވެ. އަރިޔާ ދަންނަ މީހަކާއި ވައްތަރުވުމުން އޭނާ އަށް ހަމަބެލެވެނީއެވެ. “ރިޔާ…” ޒޯޔާ ގޮވާލިއަޑަށް އޭނާ ހަމަ ބިމަށް އާދެވުނެވެ. “ކީކޭ ޒޯ؟”އަރިޔާ ކަމެއްނުވާކަމަށް ހެދުނެވެ. “ހިއަރ…ކާލަ އަވަހަށް”ޒޯޔާ ކޭކްފޮއްޗެއް އަރިޔާ އަށް ހަވާލުކޮއްލިއެވެ. އެވަގުތުގައިވެސް އަރިޔާ އަށް ބެލެވެނީ އީތާންގެ މޫނަށެވެ. އީތާންއަށް މީހަކު އޭނާ އަށް މާވަރަކަށް ބަލާހެންހީވިއެވެ. އީތާން އިސްއުފުލާލިވަގުތު އަރިޔާ ފެނުނެވެ. އަވަސްއަވަހަށް އަރިޔާ އެތަނުންދާންއުޅުންވަގުތު އީތާން އޭނާއަށް ގޮވާލިއެވެ.”ޑޫ ޔޫ ނޯމީ؟” އިތާން އަރިޔާ އަށް ކޮއްލިސުވާލުން އޭނާ ދިޔައީ ސިއްސާގެންނެވެ.”ނޯ…ފްރެންޑް އަކާއި ވައްތަރުވީމަ ބެލެވެނީ” އަރިޔާ އަވަސްއަވަހަށް ބުނެލިއެވެ. އޭނާ އެތާނގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ.
އެއީ ރޭގަނޑުގެ ވަގުތެއްކަމުން އެ ހަލަބޮލި މާލެ ވަނީ އެއްކޮށް ހަމަހިމޭންވެފައެވެ. މި ހަމަހިމޭން ވަގުތު ވާރޭގެ ފެންތިކިތައް މާލޭގެ މަގުތަކުގައި ފެންގަނޑުތައް ހައްދަމުން ދެއެވެ. އަހަރެން ބެލްކަނީގައި ވާރޭ ކުޅެމުންދާ އެ ހިއްގައިމު ގުދުރަތީ މަންޒަރުތައް ބަލަން ހުއްޓާ މީހަކު ގުޅިއެވެ. އާއެކެވެ. އެއީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އަހަރެން އަވަހަށް ސައިކަލައް އަރާ ދިޔައީ މާލޭގެ ފެން ބޮޑުވެފައިވާ މަގުމަތީ ވަރައް ބާރައް ދުއްވަމުންނެވެ. އޭރު އަހަރެންގެ މަންޒިލަކައްވީ ހޮސްޕިޓަލެވެ. އަހަރެންގެ […]
ކުރެވުނު އަވަހެއް ކޮށްގެން ހޮސްޕިޓަލަށް ނައްޓައިލީމެވެ. ޓްރެފިކް ލައިޓުވެސް އަހަރެން ލަސްކުރުވަން އުޅޭހެން ހީވެ ރުޅިއައެވެ. ފެހި ބޮކި ދިއްލުމާއިއެކު މަޑުކުރުމަކާއިނުލާ ދުއްވައިލީމެވެ. އަނެއް މަގުން އައި ސައިކަލުގައި ޖެހުނުއިރުވެސް ނޭންގުނެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ތެދުވެ ބަލައިލިއިރު އަހަރެންގެ ދެލޯޯ ބޮޑުވިއެވެ. ކުރިމަތީ އޮތް ސައިކަލު ދަށުގައި އޮތީ މުޖާހިދެވެ. ތަންކޮޅެއް ދުރުގައި އޮތީ ރާއިންއެވެ. **************************************** ހޮސްޕިޓަލުގެ ސީލިންގަށް އަހަންނަށް ލޯ ހުޅުވައިލެވުނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. ކައިރީގައި ހުރީ ދޮންބެއެވެ. އިނާޝް ފެނޭތޯ ބަލައިލީމެވެ. އޭނާއަށް އަދި ހަބަރު ނުލިބެނީ ކަންނޭންގެއެވެ. “ކީއްތިކުރީ؟ މަންމަ ކައިރިއަށް ހާލު ބަލަން އައި މީހާ ތިއޮތީ ހާލުގަ ޖެހިފަ.” ދޮންބެ ސަމާސާކޮށްލިއެވެ. ހޭ ހިތް […]
ނަގައިގަތް ދިލައާއިއެކު ޔުނާން އަށް އަތުގައި ފިރުމާލެވުނެވެ. ކަމީލާ ހުރީ ކަޅިވެސް ޖަހައިނުލާ ޔުނާން އަށް ބަލާށެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ. “އިނގޭ މިހާރު އަހަރެން އަތް ލަން ޔުނާންއަށް ކަމުނުދާކަން. އެކަމަކު ތީ މަގޭވެސް ފިރިމީހާ.”. ކަމީލާ ޔުނާން އަށް ފުރަގަސްދިނެވެ. “ކިހިނެއް ކަމީލާ އަށް އެނގުނީ އަހަރެން މެރީ ކުރިކަމެއް.” ޔުނާން އެހާ ސިއްރުން ކުރި ކަމެއް ކަމީލާއަށް އެނގެންވީ ކީއްވެ ހެއްޔެވެ؟ “އިނގޭނެ ދޯ ހޯދަން އުޅެންޏާ. ޔުނާންއަށް ނޭނގޭ ބައިވަރު […]
“މިސް ހާޝިމް!” ޕްރޮފެސާރ އިހުނަށްވުރެ ހަރުއަޑުން ގޮވާލުމާއެކު އެ އަންހެން ކުއްޖާ ސިއްސައިގެން ދިޔަ ވަގުތު އެ ދަޅު ހުޅުވިގެން ގޮސް އޭގައި ހުރި ކުނޑިތައް އޭނަގެ ގަޔަށާއި ކައިރީގައި އިން މިރްޒާންގެ ގަޔަށް ބުރުއްސައިގެން ގޮސް ދަޅާއި ދަޅުގެ މަތިގަނޑު ބިންމަތީގައި ޖެހުނު އަޑުއިވުނެވެ. ކުނޑިތަކުން ސަލާމަތްވުމަށް އެދިމާލަށް އަތްދިއްކޮށް ދެލޯ މަރާލެވުނު މިރްޒާން ލޯ ހުޅުވާލީ ލަސްލަހުންނެވެ. އެވަގުތު އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާގެ ބޮލުގައި އޮތް ބައި ވެއްޓިފައިވުމުން ފެނިގެން ދިޔަ […]
ދުވަހަކީ ވިއްސާރަ ދުވެހެކެވެ. ބޮޑު ތިކި މުތީތަކުގެ އަޑު ރީތި މިއުޒިކެއް ފަދައިން ފަޒާގައި ގުގުމަމުން ދިޔައެވެ. މާލޭގެ މަގުތަކުގައި ފެން ހެދިފައިވާއިރު ވައިރޯޅިތަކުގެ ބާރުމިނުގައި ގަސްތަށް ހެލެމުން ދިޔައެވެ. ކަޅު ބޯ ވިލާތަކުގެ ފަހަތުގައި އިރު ފަރުދާވުމުން އަޑުމަތިން ފެންނަމުންދަނީ އަނދިރިކަމެވެ. ބެލްކަނީގައި ހުރި ކުޑަ ކައުޗްގައި އަވްޔަން އިށީނދެލިއެވެ. އޭނާގެ ހުޑީ ބޮލުގައި އަޅާލަމުން ބެލްކަނިން ބޭރުން ފެންނަ މަންޒަރަށް ނަޒަރު ހިނގާލިއެވެ. ކުރިޔާ ޙިލާށް އޭނާގެ ހިތަށް އެ ވާރޭ މުތީތަކުން ހަމަޖެހުމެއް […]
ރަށް ފުށުގެ ނަލަ ރީތި ބަގީޗާ ތަކާއި ނޫކަން ގަދަ މުދާއި . ދޮން ވެލިން ސަލާމަތް ވެފައި ވާ މާލެ އަކީ ރާއްޖޭ ގެ ބިންގާ ހުރިހާ ކަމެއްގެ ވެސް ފެށުމާ އި ނިމުން އެކުލެވިގެން ވާ އާބާދީ ބޮޑު ނަމަ ވެސް ނިސްބަތުން ކުޑަ މިރަށު 4 އަވަށެއް ވާއިރު ސާފު ކަޑުން ވަކިވެފައި ވާ 2 އަވަށަކަށް ބެހިގެން ވާ މާލެ އަކީ ދިވެހިން ގެ އަމާޒް . ދިވެހިންގެ ދިރިއުޅުމަށް ބަދަލު ތަކެއް އަންނަ މި ތަރައްޤީގެ ބާނީ އަކީ ވިސްނާލަން ހިއްގައިމު ކަމުގައި ވިޔަސް ދިރިއުޅެން މާކަ ރަގަޅު ތަނެއް ނޫން … ފެހި ފަތް ކޯޅި ތަކުން ފޮރުވެފިއި ވާ އިމާރާތް ތަކުންނެވެ . ވައިރޯޅި އެއްގެ އުއްމީދުގައި ދަހިވެތި ވުމުގެ ބަދަލުގައި ލިބުގެން ދާނީ ހިރަފުހާއި ދިމުންނެވެ . ހާލެއް ކުކުޅެއް ނުފެންނަތާގައި ރަސްކަން ކުރަމުން ގެންދަނީ ސައިކަލާއި ކާރެއެވެ . އިރުވައި މޫސުމުގައި ނަރަކައިގެ އަލިފާނެއް ހިތައް އަރުވާލިޔަސް ފަދަ ހޫނެއް ކުރުވަނީ އަދި ހުޅަނގުގެ ކަޑާއި މަގު ވަކި ނުވާއިރު މި ރަށަކީ ދިވެހި ރާއްޖޭގެ ބޮޑު ހިދުމަތް ދޭ ރަށެއް ކެވެ . މިހާލުގައި އުމުރު ހުސްކުރާނެ އެތައް ބަޔަކު ފާހަގަ ކޮށްލެވޭނެއެވެ . އެ ގޮތުން މާލޭގެ ހުޅަނގު އައްސޭރީ ފަށުގައި ދިރިއުޅެމުން އަންނަ އެކަކަށް ރިޔާނާ ވާނެއެވެ …….. 2 ވަނަ ބަޔައް އިންތިޒާރު ކޮށްލަވާ …………….
ނޯޓް: މިވާހަކަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން މިދަނީ މަސައްކަތް ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ޑިސެމްބަރު 20 ހިސާބުގައި ޝާޢިއު ކުރެވެން ފެށޭނެއެވެ. (އިން ޝާ ﷲ). ކިޔުންތެރިން މިވާހަކައަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ. ވާހަކައާއި ބެހޭ ކުރު ތަޢާރަފެއް ކޮމެންޓް ސެކްޝަންގައި ވާނެއެވެ. މުތާގެ އެހެނިހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކައަށް ވެސް ކިޔުންތެރިންގެ ތަރުހީބު ލިބޭނެކަމަށް އުންމީދުކުރަމެވެ.
މާހިލް އޮފީސް ނިންމާފައި ގެއަށް އައިސް ވަތް އިރު ރިޔާޒް އިނީ އޭނާގެ އިންތިޒާރުގައި ޓީވީ ދޮށުގައެވެ. މާހިލް ފެނުމުން ކުޑަ ވާހަކައެއް ދައްކާލަން އެބައޮތް ކަމަށްބުނެ ރިޔާޒް ކައިރީ އިން ސޯފާގައި އިށީންނަން އިޝާރާތް ކޮށްލިއެވެ. މާހިލްގެ މޫނުމަތިން ފެންނަނީ ކަމަކާއި ދެރަވެ މާޔޫސްވެފައިވާ މަންޒަރެވެ. އޭގެ ފަހަތުގައިވާ ސަބަބު ރިޔާޒައްވެސް ރަނގަޅައް އެނގެއެވެ. ނާސިރުގެ ޖަވާބުގެ ވާހަކަ މާހިލް އެދުވަހު އައިސް ރިޔާޒް ކައިރީ ބުންޏެވެ. ރިޔާޒް މާހިލްގެ ނިންމުމަށް ތާއީދުކޮށް ތަޢުރީފު ކޮށްލިއެވެ. […]