” މަންމާ.. ޒައިނޫ!!!” ކަންފަތް ފަޅައިންދާ ވަރަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ކޮޓަރި ދޮރު ވެސް ހުޅުވުނެވެ.
” ހަހަހަހަ.. ” ފަޒްލާ ދޮރު ހުޅުވާލިގޮތަށް ފެށީ ހޭށެވެ. ” ކޮބާ މީޝް.. މަންމަ ބުނަމޭނުން ނަމާދު ކޮށްގެން ދެން ނޯއްތާށޭ.. ޒައިން ތިހެދީ ހަމަ ރަނގަޅަށް.. ” “އަދި މަންމަ ވެސް ޒިންގެ ކޮޅަށްތަ؟ ތީ މީޝްގެ މަންމަ ތަ ޒައިންގެ މަންމަތަ؟” އެނދުން ވެއްޓި ނުތެދުވެފައި އިން މިޝްޔާ ތުން އޫކޮށްލާފައި ބުންޏެވެ. ” އެއީ ޒިންގެ މަންމަ.. ޕޮއް..” ޒައިން ބުންޏެވެ. ” ހޫމްމް.. ދެން ތި ވީ.. މީޝް ފެންވަރައިގެން ނިކުމޭ ޒައިން އާ އެކީ ސައިބޯން.. ” އެހެން ބުނެފައި ފަޒްލާ ނިކުތީ ބޭރަށެވެ.
ޒައިން ކޮޓަރި ސޯފާ ގައި އިށީނުމުން މިޝްޔާ ވަނީ ބޭނުންވާ އެއްޗެހި ހިފައިގެން ފާހާނާ އަށެވެ. ފިނި ފިނި ފެނުން ފެންވަރައިލައިގެން ނިކުތް މިޝްޔާ ފެނި ޒައިން އިނީ އެހެން ދިމާލަކަށް ބަލާލަން ވެސް ހަނދައިން ނެތިފައެވެ.
އަތްދިގު ދޫ ސްވެޓާ އަކާ ޖީންސެއް ލައިގެން ހުރި އިރު ހީވަނީ ފިނި މޫސުމާ ގުޅުވާލައިފައި ހުރި ހެންނެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައި މިޝްޔާ ބޮލުގައި އަޅާލީ ކެޓް އިއާރ ބޭންޑް އެކެވެ. އެގޮތް ކަމުނުގޮސްގެން ބޭންޑް ނަގާފައި އިސްތަށިކޮޅު އައްސާލިއެވެ. އެއަށްފަހު ބޭންޑް އަޅާލިއެވެ. މޫނުގައި ކުޑަ ފުށްކޮޅެއް ޖަހާލުމަށްފަހު ލިޕްސްޓިކް ޖައްސާލިއެވެ.
ތައްޔާރުވެ ނިމުމުން ޒައިން އާއި ވީ ފަރާތަށް މިޝްޔާ އެނބުރިލިއެވެ. އަދި ނިމުނީ ކަމަށް ބުނެލިއެވެ. ޒައިން އެއްވެސް ބަހެއް ނުބުނެ މިޝްޔާ އާ ކައިރިއަށް ފިޔަވަޅު އަޅަން ފެށުމުން މިޝްޔާ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ.
މިޝްޔާ އަށް ފަހަތް ބަލާލެވުނީ ތާކު ގޮސް ޖެހުމުންނެވެ. ފާރުގައި ޖެހިފައި ހުރުމުން ދެން ދެވޭނެ ތަނެއް ނެތެވެ. ދެލޯ މަރާލަމުން މިޝްޔާ ޒައިން އާ ވީ ފަޅިއަށް އެނބުރިލިއެވެ. ޒައިން ހުރީ ސީދާ މިޝްޔާގެ ލޮލަށް ބަލަހައްޓައިގެންނެވެ. މިޝްޔާ އަށް ލޯ ހުޅުވާލެވުނީ ޒައިންގެ އަތުގެ ބީހުން އިހުސާސް ވުމުންނެވެ. ޒައިން މަޑުމަޑުން މިޝްޔާ އާ ކައިރިވަމުން ދިޔައިރު ދެމީހުންގެ ލޯ ހުރީ ބައްދަލުވެފައެވެ. މިޝްޔާގެ ތުންފަތަށް ޒައިންގެ ހޫނު ނޭވާ އެޅެން ފެށީ ޒައިން ގުދުވެގެން ހުރީމައެވެ. ހޫޑީ އެއް ލައިގެން ހުރިއިރު ޒައިން ވެސް ފިލްމްސްޓާރ އަކަށް ދޫ ނުކުރެއެވެ.
ޒައިންގެ ނޭވާ އެޅެން ފެށުމުން މިޝްޔާ އަށް ކުރީ ތަފާތު އިހުސާސެކެވެ. ޒައިން އެހެން ކަމެއް ކުރަން ނޫޅި މިޝްޔާގެ ވޫލްކޮޅު ނައްޓާލާފައި ދުރުވެލިއެވެ. އަދި ބުންޏެވެ. ” މިހާރު މާ ލޯބި.. ޔޫ ލުކް ސޯ ބިއުޓިފުލް..” މިޝްޔާ ހިނިތުންވެލިތަނާ ދޮރު ކައިރިން ފަޒްލާގެ އަޑު ދެމިހުންނަށް ވެސް އިވުނެވެ. ޒައިން އަވަހަށް މިޝްޔާ އާ ދުރަށް ހިނގައިގަތެވެ. ފަޒްލާ އަށް ދޮރު ހުޅުވާލެވުނީ ޒައިން ސޯފާގައި އަލުން އިށީން ފަހުންނެވެ.
” އަވަހަށް އާދޭ ދެކުދިން ސައިބޯން.. މަންމަ މި އައީ ރޮށި ފިހެފަ.. މީޝްގެ ބައްޕަވެސް އެބަ އިން މިހާރު.. އަވަހަށް އާދޭ.. ” ފަޒްލާ އެދެމިހުން ކައިރީގައި އެހެން ބުނެފައި އެނބުރި ހިނގައިގަތް އިރު އެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ވިއެވެ.
މިޝްޔާ އާއި ޒައިން ސައިބޮއެގެން ނިކުތީ ބޭރަށެވެ. ކުރާނެ ކަމެއް ނެތުމުން ދެމިހުން ވެސް ނިންމީ ފިލްމެއް ބަލާލަން ދާށެވެ. ސިނަމާގައި މިހާރު އަޅުވަމުންދާ ފިލްމު ތަކު ތެރެއިން އެންމެ އަވަހަށް ޓިކެޓް ލިބެން އިން ފިލްމަށް އެމިހުން ވަނެވެ. ‘ މީ ލޯތްބަކީ ‘ ބަލަން ތިބި އިރު އެމިހުން ދިޔައީ ދޭތެރެ ދޭތެރެއިން ދެމިހުން ދެމިހުންނަށް ބަލަމުންނެވެ.
ފިލްމު ނިމުމުން ބޭރަށް ނިކުތް މިޝްޔާ ފާހާނައަށޭ ކިޔާފައި ދިޔަތާ އިރު ކޮޅެއް ވެދާނެއެވެ. ޒައިން އެތާ ހުންނަން ގިނަ އިރު ވުމުން ފާހާނަ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އަތްދޮންނަ ތަށި ތެރެއަށް ބަލައިގެން ހުރި މިޝްޔާގެ ދެލޮލުން ވަނީ ކަރުނަ އައިއްސައެވެ. އޭނާ އަށް އެހެން އެވަނީ ކީއްވެ ހެއްޔެވެ؟ މިހާރު މިޝްޔާ ބިރުގަންނަ ހިސާބަށް ކަންތައް ދާން ފަށައިފިއެވެ. ބޭރުން އަޑެއް އިވުމުން އަނގަ ދޮވެލާފައި މިޝްޔާ ހިނގައިގަތީ ނިކުންނާށެވެ. އޭރު މޫނު ދޮންނަ ތަށީގައި ފޭދިފައި ހުރީ ހުސް ލެޔެވެ.
“މިޝޫ.. ހާދަ ގިނައިރު ވީ؟؟ ” ޒައިން އަށް މިޝްޔާ ފެނުމުން ބުނެވުނެވެ. ” އެނ.. އާނ.. ޒިން.. ހިނގާ ގެޔަށް.. އައިމް ނޮޓް ފީލިންގް ވެލް..” މިޝްޔާ އަނގަ އޮޅެމުން ކަހަލަ ގޮތަކަށް ބުންޏެވެ. ” ކިހިނެއް ވީ ކުއްލިއަކަށް.. ” “ކަމެއް ނުވޭ.. ” މިޝްޔާގެ ޖަވާބު ކުރެވެ. ” ދެން ބުނެބަލަ.. ” އާދޭސް ކުރާ ރާގަށް ޒައިން ބުންޏެވެ. ” މިބުނީނު ކަމެއް ނުވެއޭ!! ޒައިން އަށް އަހަރެން ނުގެންދެވެންޏާ އެކަނި ގޮސްދާނަމޭ.. ” ހުރިހާ އިހުސާސެއް އެއްވެގެން ގޮސް އެންމެފަހުން މިޝްޔާ އަށް އާދެވުނީ ރުޅިއެވެ.
ރުޅި އައިސްފައި ދިޔަ މިޝްޔާ އަށް ޒައިން ބަލާލީ ހައިރާން ވެފައެވެ. އެއީ މިޝްޔާ ދުވަހަކު ވެސް އޭނަ އާއި ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެންމެން ތެރޭގައި އެގޮތަށް ވާހަކަ ދެއްކުމުން ޒައިން ހުރީ ވަރަށް ލަދު ގަނެފައެވެ.
ގަދަކަމުން މިޝްޔާ ސައިކަލަށް ޒައިން އެރުވިއެވެ. އަދި ބާރު ބާރަށް ސައިކަލު ދުއްވާލިއެވެ. މިޝްޔާމެންގޭ ކުރިމައްޗަށް ސައިކަލު ހުއްޓާލުމަށްފަހު މިޝްޔާ ފައިބަންދެން މަޑުކޮށްލިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ އެއަށް ވުރެ ބާރަށް ދުއްވާލިއެވެ.
ދުވެފައި ސިޑިން އަރައިގެން ދިޔަ މިޝްޔާ އަށް ފަޒްލާ ބަލާލީ ހައިރާންކަމާއި އެކީގައެވެ.
****
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނިކުތް ޒުވާނާ އަށް އެންމެންގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ހޫޑީ އަޅުވާލާފައި ހުރުމުގެ ސަބަބުން ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. އޭނާ ދިޔަ ގޮތަށް ގޮސް އެތާ ހުރި އަންހެން ކުއްޖެއް ގައިގައި ބައްދާލިއެވެ. ދެމިހުން ހީލާފައި ކޮންމެސް ވާހަކަ އެއް ދައްކާލިއެވެ. އެމިހުން ކާރާ ދިމާލަށް މިސްރާބު ޖެހި އިރު ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.
އެއީ ކޮން ބައެއް ބާއެވެ؟ އެމިހުން އެއުޅެނީ ކީއް ކުރަން ބާއެވެ؟ ހަމަ އެކަނި އިނގޭ އެއްޗަކީ އެމިހުން ކުރަން އެއުޅޭ ކަމަކީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެއް ކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Haadha kurey. But v nice story. Avahah up koh dhehchey. N pls next part dhigukohladhehchey.❤️❤️❤️❤️?
thank you sow much.. mihaaru story upload kohfin.. ekamaku adhi nudhey.. still pending