“އޭތް..ކާކު ބުނީ އެހެން މީހުންގެ ކޮޓަރިތަކަށް ވަދެ ހާވާށޭ.” އެކްސެލް ދަޅު ނަގަން ގުދުވެ އޮތް އަލިޝްކާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން އިވުނު އަޑުންނެވެ. ފިރިހެންވަންތަ މަޑުމައިތިރި އެހެންނަމަވެސް ވަރު ނެތް ކަންނެތް އަޑެކެވެ. ގުދައް އޮތް އަލިޝްކާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތިން ފެންނަން ހުރި ޒުވާނާއަށް ބީރައްޓެހި ނަޒަރެއް ދިނެވެ. އެއީ ކޮންމެވެސް ގޮތަކުން ސޯޝަލް މީޑިއާއިން ސޫރައެކޭ ހިތަށް އެރިއެވެ. ދެލޯ ކުޑަކޮށްލަމުން އޭނާ ހަނދާންކޮށްލިއެވެ. އާނއެކެވެ. އެއީ ރާއްޖެއަށް މަޝްހޫރު ރެޕާރ […]
މާހިލްގެ ބަސްތައް ހަސަނުގެ ސިކުނޑިތެރޭގައި ބިންވަޅު ނެގުނެވެ. އެހެން ނަމަވެސް މާހިލް އެ މައުޟޫއަށް ވާހަކަ ދައްކަން ޝަޢުގުނުވާހެން ހީވުމުން އަދި ހަސަނައްވެސް ދީނާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭތީ މަޢުޟޫ ބަދަލުކޮށްލީ މާހިލްގެ މޫޑު ރަނގަޅު ކޮށްލުމަށްޓަކައި ވެސް މެއެވެ. މާހިލް މެން ކޮފީ ބޮއި ނިމުމުން އެތަނުން ދާން ނިކުންނަން ހިނގައިގަތީ ހަަނު ކައުންޓަރައްގޮސް ބިލް ދައްކަން ނިންމައިގެންނެވެ. ނަމަވެސް އެހިސާބައް އަރާ ހަމަވުމުން މާހިލް މަޑުނުކޮށް ދިޔައީ އަވަހަށް ގެއަށްދާން ވެގެންނެވެ. މާހިލް […]
މަންޒަރު ބަލަން އިން ސާހިލް އިނީ ނުލަފާ ހިންޏެއް އައިސްފައެވެ. ކައިރިވަމުން ދިޔަ އިޝާގެ ދެލޮލަށް ބަލާލަމުން ޔުނާން އިޝާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އިޝާގެ ބޮޑު ދެލޮލުގައި ވަނީ އަޖައިބެއްފަދަ ޖާދޫއެކެެވެ. ޔުނާން އިސްޖަހާލީ އިޝާގެ އެދެލޮލުގެ ޖާދޫގައި ޖެހިދާނެތީއެވެ. ޔުނާންގެ ހިތާއި ފުރާނައަކީވެސް ކަމީލާގެ އަމާނާތެއްކަން ޔުނާންއަށް އެނގޭތީއެވެ. “ތި ކަހަލަ ރަނޑު ފިރިހެނުންވެސް އުޅޭތަ؟” ނޭނގި ނަމަވެސް އިޝާއަށް ހިފާ ދެމުނީ ޔުނާންގެ ބަލިފައިގައެވެ. ޔުނާންއަކީ ބަލި ޤަބޫލުކުރާ މީހެއްނޫނެވެ. އަދި މީހަކު […]
”މި ޕްލޭން ކާމިޔާބު ވާނެ… އަދި އޭނާ މަރުވެސް ވާނެ… ހެހެހެހެ..” ހައިޝަމް ވެސް އިހްސާންއާއި އެއްބާވެލިއެވެ. އަދި އެމީހުންނާއިއެކު ދެ މީހުން ތިބިކަން އިހްސާން ހައިޝާމް ގާތު ބުނެލީ ވަރަށް ފޯރީގައިއެވެ. ހައިޝަމްވެސް މަކަރުވެރިކަމާއިއެކު ހޭންފެށީ އިހްސާން އާއި އެއްބައިވެލުމުގެ ގޮތުންނެވެ. ހައިޝަމް އިހްސާންއާއި ވަކިވެލީ އޭނާގެ ފޮށި ރެޑީ ކުރަން ދިޔުމަށެވެ. އޭރުވެސް އޭނާގެ މޫނުމަތީން ފެންނަމުން ދަނީ ނުލަފާކަމެވެ. އިހްސާންވެސް ހައިޝާމްއާއި ވަކިވެލީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. އޭނާގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ކުޑަވެސް ހިލަމެއް ނުވާހާލުއެވެ. ******* ހެނދުނުގެ ވަގުތުގައި އިނާޝާދިޔައީ ހޮސްޕިޓަލަށެވެ. ތަށި ބަަރިއެއް ހިފައިގެން ހޮސްޕިޓަލަށް ވަތް އިނާޝާއަށް ވަނީ އެތަށް ބައެއްގެ ނަޒަރު ހުއްޓިފައެވެ. ކޮންމެ މީހަކުވެސް އިނާޝާއާ ސުވާލުކޮށްފައި ދަނީ އޭނާގެ ދަރިއަކަށް ކަމެއްވީ ކަމަށް ހީކޮށެވެ. ނަމަވެސް އިނާޝާ ދިޔައީ އެމީހުންނަށް ތެދުތެދަށް ޖަވާބު ދެމުންނެވެ. އައިޒަންވަނީ މިހާރު ވޯޑަށް ބަދަލުކޮށްފައި ކަމުން އިނާޝާ ދެން މިސްރާބު ޖެހީ ވޯޑަށް ދިޔުމަށެވެ. ”އައިޒަން… ކިހިނެއްތަ މިހާރު؟” އިނާޝާ ފުރަތަމަވެސް ބޭނުންވީ އައިޒަންގެ ހާލުއަހުވާލު ބަލައިލާށެވެ. ”ރަނގަޅު.. އެކަމު އަދިވެސް ބޮލުގައި ހުރި ރިހުމެއް ނުފިލައި… އެކަމަކު ތީ ކާކު ކަމެއް އަޅުގަނޑަކަށް ނޭނގޭ… މަންމާ މިހިރީ ކާކު؟” އުސްވާގެ އެދުމުގެ މަތިން އައިޒަން މިހާރު އޭނާއަށް މަންމަ ކިޔަން ފަށައިފިއެވެ. ނަމަވެސް އެއީ ވަރަށް ހާލުންނެވެ. އެތަށް މަސައްކަތެއް ކޮށްގެންނެވެ. އުސްވާ އައިސް އައިޒަންއަށް އިނާޝާ ތަޢާރަފު ކޮށްދީފައި ދުރަށް ގެންގޮސް ޑޮކްޓަރު ބުނި ވާހަކަތައްކިޔައިދިނެވެ. އުސްވާ ބުނި ވާހަކައިން އިނާޝާއަށް ހިވީ އޭނާގެ ފައިދަށުން މިންގަނޑު ދެމިގަތް ހެންނެވެ. މިވީ ގޮތުން ނިފްޝާ އާއި އައިޒަންގެ ކައިވެނި ދެން ވަރަށް ބޮޑަށް ލަސްވާނޭ އިނާޝާގެ ހިތަށް އެރިއެވެ. އަދި ހަނދާން އާ ވުމަށް ވެސް ދުވަސްތަކެއް ނަނގާނޭ އުސްވާ ބުނެލިއެވެ. ”މިޚަބަރު ނިފްޝާއަށް ލިބިއްޖާ ނޭނގޭ އޭނާއަށް ވާނޭ ގޮތްވެސް…” އިނާޝާ ވަރަށް ދެރަވެލައިފައި ބުނެލިއެވެ. އުސްވާ ބުނެލި ހާވެސް އެއްޗަކީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ވާހަކައެވެ. ހުޒާމުގެ ނަސޭހަތުން އުސްވާވެސް މިހާރު އެވަނީ ހަމައަކަށް އެޅިފައެވެ. އެތަކެއް ވާހަކައެއް ދައްކާފައި އިނާޝާ ދެން މިސްރާބު ޖެހީ އޭނާގެ ގެއަށް ދިޔުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ނިފްޝާގާތު ބުނާނެރަނގަޅު ވާހަކައެއް އޭނާ ދިޔައީ ރާވަމުންނެވެ. ސަބަބަކީ ނިފްޝާގެ ސުވާލުތަކުން އޭނާއަށް ނުރެކެވޭނެތީއެވެ. ”ހައިޝަމް.. ހަނާން… ޝާނާ… އާދޭ އެއްޗެއް ބޯލަން… ވަރަށް ވަރު ބަލިވެފައި އެއްނު ތިހުރީ….” އިހްސާން މޭޒުމަތީގައި ހުރި ރާފުޅިއެއް ހިފައިގެން އައިސް ބުނެލިއެވެ. އެއްވެސް ޖެހިލުންވުމަކާއި ނުލައި ހައިޝަމް ގޮސް އިހްސާން ގާތު ގޮނޑިއެއްގައި އިށީނދެވެ.ހަނާން އަދި ޝާނާވެސް އައިސް ގޮނޑިއެއްގައި އިށީނެވެ. ”ދެން މަ ކޮން އިރަކުން މިތާ މަސައްކަތް ކުރަން ފަށަންވި؟” ހައިޝަމް މުޅިތަނަށް ނަޒަރު ހިންގަމުން ބުނެލިއެވެ. ”މާދަމާ…” އިހްސާން ދިން ޖަވާބު ވަރަށް ވެސް ކުރެވެ. ”އަން ދެން އަވަހަށް ބޯން ފަށާ… އެއަށްފަހު އަރާމުކޮށްލައިފައި ދާނީ ތަންތަން ބަލައިލަން..” އިހްސާން ވަރަށް ފޯރީގައި ބުނެލިއެވެ.”ޗިއާރޒް” އޭ ކިޔައިފައި އެންމެން ބޯން ފެށިއެވެ. ތިން މީހުން ވެގެން ދެ ފުޅި ހުސްކޮށްލިއެވެ. ނަމަވެސް ހައިޝަމް އިނީ އެންމެ ތަށްޓެއް އެޅި ގޮތަށެވެ. އެންމެން ބޯ އެއްޗެހި ބޯ ނިންމައިފައި ތަށިތަކާއި ފުޅިތަށް ވެސް މޭޒުމަތީގައި ބަހައްޓާފައި ގޮސް ސޯފާއަށްވެޑުވެފައި ތިއްބެވެ. ” ކަލޭމެން ދޯ ނިފްޝާއަށް ވެސް އެހެން ހެދީ؟” ހައިޝަމް މަސްތުވެފައި ކަހަލަ ރާގެއްގައި ބުނެލިއެވެ. ”އާން.. އަދި ކަލޭ ކައިރިޔަކު ނުބުނެވޭދޯ… މަށާ ހަނާން އާއި ޝާނާއާއި ތިން މީހުންވެގެން އެކަން ކުރީ… ނިފްޝާ ދައްތަ ޕާޓީ އޮތް ރޭ މަ އޭނާ ހިފެހެއްޓީ… އަދި ހޭނައްތާލީ…. ވެސް… މަ މިކަމަށް ހެދި ގެއެއް އެއީ ވަލު… ތެރޭގައި އެހުރީ… އެތަނަށް ގެންގޮސް މަނިފްޝާ ރޭޕް….. ކުރީ.. ނިފްޝާ އެތަށް ފަހަރަކު ކީ އޭނާ ދޫކޮށްލަން…. އެކަމަކު މަ ބޭނުންވީ ބަދަލު…. ހިފަން… އޭނާ މަރާލަން ބޭނުންވީ… އެންމެ ފަހުން މަ ބޭނުން ކަންތައް…. ވޭސް ވީ… ދެން އޮތީ އައިޒަން… ހައްހައްހާ….” އިހްސާން ވާހަކަ ކިޔައިދިން އިރު ބައެއްބަސް ބަސް ނުވެސް އެނގެއެވެ. މަސްތުވެފައި ހުރުމުގެ ސަބަބުންނެވެ. ހަނާން އަދި ޝާނާވެސް އިހްސާން އާ އެއްބައިވެލުމުގެ ގޮތުން ހޭންފެށިއެވެ. އެންމެ ފަހުން ހައިޝަމް ވެސް ހޭން ފެށިއެވެ. ”މަންމާ!” އައިޒަން ވަރަށް ބާރަށް ހަޅޭލަވައިލާފައި އޭނާގެ މަންމަ އަށް ގޮވާލިއެވެ. ”ކިހިނެއްވީ ދަރިފުޅާ… ކިހިނެއްވީ؟” އައިޒަން އޭނާގެ ބޮލުގައި އަތްއަޅައިގެން އިން ގޮތުން އުސްވާގެ މެއަށް ގޮތެއްވިއެވެ. އަދި ދަންވަރު ގަޑީގައި އެގޮތަށް އިނުމުން އުސްވާ މާ ބޮޑަށް ބިރުގަނެވެ. ކަމެއްވީ ކަމަށް ހީކޮށް ހުޒާމު ކައިރީ އޭނާ ހަޅޭލަވަންފެށީ ޑޮކްޓަރަށް ގޮވުމަށެވެ. އޭރުވެސް އައިޒަން އިނީ އޭނާގެ ބޮލުގައި އަތްއަޅައިގެންނެވެ. މުޅިގައި ވަނީ އުދާސްވެފައިއެވެ. ޑޮކްޓަރަކާއިއެކު ނަރުހެއް އައިސް އުސްވާ އާއި ހުޒާމު ކައިރީ އެތަނުން ބޭރަށް ނުކުމެލަން ބުނެލިއެވެ. ”ހާސް ނުވޭ… އައިޒަންއަށް މިހާރު އެދަނީ ހަނދާންތައް އާވަމުން…” ޑޮކްޓަރު ބުނެލި ވާހަކައިން އުސްވާ އުފަލުން މޮޔަ ނުވީ ކިރިޔާއެވެ. ދެމީހުންނަސް ވެސް ލިބުނު އުފަަލަކުން ވާހަކައެއް ނުދެއްކުނެވެ. އެންމެ ފަހުން ޑޮކްޓަރަށް ހިނިތުންވުމެއް ރައްދު ކޮށްލާފައި ދެ މީހުންވެސް ދިޔައީ އައިޒަންގެ ކައިރިއަށެވެ. އޭރު އައިޒަންއަށް އޮތީ ނިދިފައެވެ. އުސްވާގޮސް އައިޒަންގެ ބޮލުގައި ވަރަށް ލޯބިން ފިރުމައިލާފައި އައިޒަންގެ ނިތްކުރިއަށް ބޮސްދިނެވެ. އެ ދެ މީހުން އަދި އައިޒަންގެ ދެ ކޮއްކޮވެސް މިހާރު އިންތިޒާރު ކުރަމުން އެދަނީ އައިޒަންއަށް ހުރިހާ އެއްޗެއް ހަނދާންވާނެ ދުވަހަކަށެވެ. އަދި މާތްﷲ އަށް ދުޢާ ކުރުންމަތީ އެ މީހުން އަބަދުވެސް ދެމި ހުންނާނެއެވެ. އުސްވާ އަދި ހުޒާމު އައިޒަންއަށް އަވަސް ޝިފާ ދެއްވުމަށް އެދި ދުޢާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ****** މެންދުރުން ފެށިގެން ނިފްޝާ އެއުޅެނީ ޤުރްޢާން ކިޔަވައިދިނުމުގައި އަވަދިނެތިއެވެ. އެހެން އުޅެމުންވެސް އޭނާއަށް ކުރީގެ ހިޔާލުތަކަސް ދެވެއެވެ. ނަމަވެސް އެހިޔާލުތަށް އެއްފަރާތް ކޮށްލަނީ ކިޔަވައިދިނުމަށް ސަމާލުކަން ދިނުމަށެެވެ. ނިފްޝާ ޤުރްޢާން ކިޔަވައިދެނީ ކުޑަކުދިންނަށް ކަމުން އޭނާއަށް ނުހަނު ގިނައިން ހަޅޭލަވަން ޖެހެއެވެ. އެހެންވުމުގެ ސަބަބުން ބައެއް ދުވަސް ދުވަހު ނިފްޝާގެ އަޑުވެސް ރަނގަޅަށް ނުހުރެއެވެ. އަދި ބައެއް ދުވަސް ދުވަހު ނިފްޝާ ޤުރްޢާން ނުކިޔަވައިދީ އެ ކުދިންނަށް ވިސްނޭތޯ ޤުރްޢާނުގެ މާނަވެސް ވަަރަސް ޝައިގުވެރިކަމާއިއެކު ކިޔައިދެއެވެ. ކުޑަކުދިންވެސް އެކަމަސް ޝައުގުވެރިވެލައިގެން އިންނަ ގޮތުން އެ ކުދިންނަށް ވެސް އޭގައި ބުނާ އެއްޗެހި ވިސްނެނީކަން ގައިމެވެ. އެހެން ކަމުން ނިފްޝާ ކޮންމެ ބުރާސްފަތި ދުވަހެއް ހާއްސަ ކޮށްފައި ވަނީ ޤުރްޢާނުގެ ތަރުޖަމާ ކިޔައިދިނުމަށެވެ. އެގޮތަށް ކިޔައިދެމުން ގޮސް މިހާރު ނިފްޝާގާތަށް އަންނަ ގިނަ ކުދިން ވަނީ ހެޔޮ ވިސްނިފައިއެވެ.އަދި މިހާރު ފަސޭހަކަމާއިއެކު ނިފްޝާއަށް ޤުރްޢާން ކިޔަވައިދެވެއެވެ. ބައެއް ބެލެނިވެރިންވެސް ނިފްޝާގާތު މިހާރު ވަރަށް ގިނަ ވާހާކަ އެމީހުންގެ ދަރިންނާއި ބެހޭގޮތުން ކިޔައިދެއެވެ. ފަރުޟު ފަސްނަމާދު ކުރުމަށް އިސްކަންދޭ ވާހަކައާއި ކޮންމެ ނަމާދަކަށް ފަހު ޤުރްޢާން ކިޔެވުމަށް އިސްކަންދޭ ވާހަކައެވެ. އަދި ބައެއް ކުދިން ނިފްޝާ އުޅޭ ގޮތަށް އުޅެން ބޭނުންވާހަކަވެސް ބުނެފައިވެއެވެ. އަދި އެއްދުވަހު ނިފްޝާގެ ލޮލުން ކަރުނަ ނީރައިލީ އައިޒަން ކޮއްކޮ ކުރިކަމަކުންނެވެ. އަދި ބުނި ވާހަކައިންނެވެ. މައިހާ ފާހަނާއަށޭ ކިޔައިފައި ގޮސް އައީ މޫނުގައި އޭނާގެ ބުރުގައި އޮޅައިލައިގެންނެވެ. ބުރުގައި ބޮޑުކަމުން ހީވަނީ ހަމަ މޫނުބުރުގައި އަޅައިފައި ހުރިހެންނެވެ. ”ދައްތާ އަޅުގަނޑު ބޭނުމީ ދައްތަހެން މޫނުބުރުގާ އަޅަން… އަދި ދައްތަ ކަހަލަ ރަނގަޅު ކުއްޖަކަށް ވާން..” މައިހާ ބުނެލީ އެގޮތަށެވެ. ”މައިހާއަށް ވެވޭނެ.. އިންޝާﷲ… ހުރިހާ ކުދިންނަށް ވެސް ވެވޭނެ…” ނިފްޝާ ވެފައި ހުރި އުފަލާއިއެކު ބުނެލިއެވެ. އަހަރެންނަށްއެކުދިންނަށް ވަރަށް ރަނގަޅަށް ކިޔަވައިދެވޭބާ އޭ ނިފްޝާގެ ހިތަށްއެރިއެވެ. އަދި މާތްﷲ އަށް ހަމްދުކޮށްލީ އޭނާގެ ސަބަަބުން ކުޑަކުއްޖަކަށްވެސް ހެޔޮވިސްނުން ލިބުނީތީވެއެވެ. ”ކި…ކީކޭ… މަންމާ.. އައިޒަންއަށް ކީއްވެ އެހެން ވާންވީ… ކާކު އެހެން ހެދީ އައިޒަންއަށް؟” އެއް ފަށްޗަކަށް ސިމާލު ދިޔައީ އޭނާގެ މަންމަ ލުބުނާ އާއި ސުވާލުކުރަމުންނެވެ. އަދި އޭނާގެ ރައްޓެއްސަކަށް އެހެން ވުމުން އަވަހަށް ނުބުނުމުންވެސް ސިމާލު އެކަމާއިޝަކުވާ ކުރިއެވެ. ” މަންމާ… އަޅުގަނޑު މާދަން ރަށަށްް ދާނަން.. އައިޒަންގެ ކައިރިއަށް…” ސިމާލު ވަރަށް ދެރަވެލައިފައި ބުނެލިއެވެ. ”ދަރިފުޅާ! އައިޒަންގެ ހަނދާންތައް ފިލައިިފި… މަންމަ މިއަދު އައިޒަން ކައިރިއަށް ދިޔައިން… އައިޒަންއަކަށް ނޭނގުނު މަންމަ ވަކި ކުރާކަށް… އުސްވާ އައިސް މަންމަ ގާތު ބުނީ އައިޒަންގެ ހަނދާންތައް ފިލައިފި އޭ ބޮލަށް ލިބުނު ގެއްލުމަކުން… އެކަމަކު މިހާރު ދަނީ ހަނދާންތައް އާވަމުންނޭ ބުނީ..” ލުބުނާވެސް މިއަދު ވީ ކަންތަކުގެ ވާހަަކަ ސިމާލުއަށް ކިޔައިދެމުން ދިޔައެވެ. ލުބުނާ ބުނި ވާހަކައިން އައިޒަންއަށް ބުނާޏި އެއްޗެއްވެސް ނޭނގުނެވެ. އެހެންކަމުން އޭނާ ވާހަކަ އޮޅުވާލިއެވެ. ”މަންމާ ކޮބާތަ ހައިޝަމް މިހާރު… ރަށަށް ގޮސް ނުވެސް ގުޅާލަ ގުޅާނަމޭ ކިޔައިފަ…” ސިމާލު އަހައިލިއެވެ. ”މަންމަ އަޑު އެހިން އެނެއް ދުވަހު އިހްސާން އާއިއެކު ރިސޯޓަކަށް ދިޔަ ވާހަކަ..” ލުބުނާ ބުނެލިއެވެ. އެހެން ހެއްޔޭ ކިޔައިފައި ސިމާލު ފޯނު ބޭއްވީ އޭނާ މިގަޑީގައި ބިޒީވީމައިއެވެ. އަދި މާދަން ފުރަން ރެޑީވަން ކަމުގައި ބުނެލިއެވެ. ސިމާލުވެސް އައިޒަންއަށް އަވަސް ޝިފާއެއް ދެއްވާ ތޯ ދުޢާ ކުރިއެވެ. (ނުނިމޭ)
2000 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހެވެ. އޮފީހުގެ މުވައްޒަފުން ރާވަމުން ދިޔައީ އަންނަ ހަފްތާ ބަންދުގައި ދަތުރެއް ދިޔުމަށެވެ. ދަތުރުގެ އިންތިޒާމް ކޮށް ރޭވުމުގައި އެންމެ އިސްކޮށް ހުރީ އާކިލްއެވެ. އެކަހަލަ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ މުވައްޒަފަކީ އެއީއެވެ. ކޮންމެ ހަފްތާ ބަންދަކު މިކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ރާވައެވެ. ނަމަވެސް ހުރިހާ ކަމެއް ރާވާ ނިމޭއިރު ދަތުރު ދާނެ މީހުން ހަމަ ނުވެގެން ރޭވި ހުރިހާކަމެއް ނިމެނީ ފެނަށް ވެގެންނެވެ.. […]
ނިމާލް އިނީ އުފާވެފައެވެ. އޭނާއަށް ދަޢުވަތެއް ލިބުނީއެވެ. ކާކުގެ ދައުވަތެއްކަން އެނގޭ ހެއްޔެވެ. ނިޔާޝާގެ ދައުވަތެކެވެ. ދާންވީތަނާއި ގަޑިވެސް ބުނެދީފިއެވެ. ހޮޓެލްޖެންގެ ރޫފް ޓޮޕް ރެސްޓޯރެންޓަށެވެ. ގަޑި އަކީ ރޭގަނޑު ދިހައެއް ޖަހާއިރެވެ. އެހެންވެ އޭނާ އުފަލުން މޮޔަވަނީއެވެ. ރޭގައި އޭނާ ނުވެސް ނިދައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތީއެވެ. ވަގުތު ހިނގާލެއް ލަސްވެގެންނެވެ. އިރު ނާރައިގެންނެވެ. އިރުއެރީމާ އޭނާ އެއުޅެނީ އިރު ނުއޮއްސިގެންނެވެ. ވަގުތު ނުޖެހިގެންނެވެ. އެކަމަކު ތަގުދީރުއަތުން ކުރަހައި ރާވަމުން އަންނަ މަންޒަރަކީ ހިތާމައިގެ […]
ޖެހެމުން ދިޔަ ފިނި ފިނި ރޯޅިތަށް ޖެހުމުން ހީކަރުވާކަހަލަ އިހްސާސެއް ކުރެވެއެެވެ. ރޯޅިތަކާއެކު އެ ޒުވާނާގެ ފަން އިސްތަށިގަނޑު ވިހުރެން ފެށިއެވެ. މޫނުމައްޗަށް އިސްތަށިތައް އެޅި ލޮލަށް އިސްތަށި ވަންނަން ފެށުމުން އަލިޝްކާ އޭނާގެ ހިމަ ލޯޅި އިނގިލިތަކުން ކަންފަތް ދޮށަށް އިސްތަށިތަށް ވައްދާލިއެވެ. އޭނާ ކޮށްލާ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން މީހަކު އިންކަން ނުދެނެ ހުއްޓެވެ. އޭނާގެ ލޯންޗުގެ ކުޑަދޮރު ކައިރީގައި އަލިޝްކާ އިށީނދެގެން އިން އިރު ލޯންގަނޑުން ބޭރުން ފެންނަމުން ދާ ފުރިހަމަ މަންޒަރު […]
…… “ތީ އަޒުރާއްތަގެ ދަރި..ދަރިފުޅުތަ؟” ކުރިމަތީގައި ހުރި ޒުވާނާއަށް ބަލާލަމުން ނުތަނަވަސްވެ ހުރެ އަރިޔާ އަހާލިއެވެ. އެޒުވާނާ ޖަވާބުގައި ބޯ ޖަހާލިއެވެ. އެޒުވާނާ ކުރަން އުޅުނު ސުވާލު އަރިޔާއަށް އިހުސާސްކޮށްލެވުމާއެކު އަރިޔާ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. …… އީތާން އެހެން ބުނެލި އެއްޗަކުން އަރިޔާ ކޮށިއެރިއެވެ. “ތީ ދޮގެއް” އަރިޔާ އެކަމާ ދެކޮޅުހެދިއެވެ. އެވަގުތު އަރިޔާ ސިކުނޑިއަށް ކަމެއް ނަގާގަނެވުނެވެ. ވޭތުވެދިޔަ މި ދެހަފްތާތެރޭގައި ޑޮކްޓަރ ވިވިއަން އޭނާ އަށް ނުގުޅާ ސަބަބު އޭނާ އަށް އެނގުނެވެ. އެވަގުތު އަރިޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފޭބިއެވެ. ދެފައިން ވާގިނެތިގެން އޭނާ ވެއްޓެން ދިޔައެވެ. އީތާން އަވަސް އަވަހަށް އަރިޔާ ހިފެހެއްޓިއެވެ. އަރިޔާ އަނގަމަތީއަތް އަޅާގެން ހުރި އިރު އީތާން އަށް އަރިޔާގެ ގިސްލުމުގެ އަޑުއިވުނެވެ. ……. “ފްރޮމް ޓުޑޭ އޮންވާޑްސް ޔޫ އާރ މައި ޕާރސަނަލް އެސިސްޓެންޓް” އީތާން ހީލަމުން ކުރިމަތީގައި ހުރި އަރިޔާ އަށް ބަލާލިއެވެ.”ވަޓް؟؟” ……. އަރިޔާ އަށް ކެތްނުކުރެވުނެވެ. އަތްމުއްކަވާލަމަށް ފަހު އަވަސް ހިނގުމެއްގައި ގޮސް އަމީރާގެ ކުރިމައްޗަށް އެރިއެވެ. ހިނިންވެލުމަށްފަހު އަމީިރާގެ މޫނުމަތީގައި އަތުގައި ހުރި ބާރެއްލާފައި ޖެހިއެވެ. …….. “އެއީ އަލްވާ އެއްނޫން އެއީ އަހަރެން” ……. ވަރަށް އަވަހަށް އަންނާނީ…. އިންތިޒާރުކޮށްލައްވާ
ޔުނާން އަވަސް އަވަހަށް ވެއްޓިފައި އޮތް ސްކާފް ނަގައި އަތަށް އޮޅާލިއެވެ. އެއީ މީގެ ދެއަހަރު ކުރިން ޔުނާން ކަމީލާއަށް ގިފްޓް ކޮށްފައިވާ ސްކާފެވެ. ކަމީލާގެ ފެވަރިޓް އޮރެންޖް ކުލައެވެ. ޔުނާންއަށް ސްކާފް ގެނެސް މޭގައި ޖައްސާލެވުނެވެ. ޔުނާންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ސާހިލް ދެބުމަ ގޮށް ޖަހާލައިގެން ހުރީ ވާނުވާ ނޭނގިފައެވެ. “ޔުނާން.” މާޒީގެ ތެރެއަށް ފީނައިގަންނަން ތައްޔާރަށް ހުރި ޔުނާން ސިއްސުވާލީ ސާހިލް އައިސް ޔުނާންގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ. އިތުރު މީހަކު ކައިރީގައި […]