Skip to content
އެސްފިޔަ

ޔޫމީ

 

އަހަރެން އިނީ އޮފީހުގައެވެ. ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެހެނަސް، އެއްވެސްކަމެއް ކުރާ ހިތެއް ނެތެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. ކަމެއް ނުކުރެވި މޫޑު ކަޓާފަައި އިންނަތާ ގަޑިއިރެއް ވަނީއެވެ.

ވާނީވެސް އެހެންތާއެވެ. ގެއިން ނުކުތީ ކޮއްކޮ ކުރިކަމަކުން ހިތްހަމަނުޖެހި ހުރެއެވެ. އޮފީހަށް އައި މަގުމަތީގައި، ޓްރެފިކުގެ ބަލާވެރިކަން ޖެހުނެވެ. އަނެއްކޮޅުން ހޭލި ގޮތަށް އަހަރެން މިހުރީ ހުސް ބަނޑާއެވެ. އެހެން އިންދާ ފޯނަށް މެސެޖެއް އައި އަޑު އިވިގެން، ޖީބުން ފޯނު ނަގައި ބަލާލީމެވެ.

މެސެޖު ކިޔާލުމުން އިތުރައް މޫޑުވީ ގޯހެވެ. “ޑޯންޓް ވެއިޓް ފޯ މީ.. ޔޫ ގޮނަ ރުއިން ޔުވާ ލައިފް” އެއީ ޔޫމީ ގެ މެސެޖެކެވެ.

ޔޫމީއަކީ މީގެ މަހެއްވަރު ކުރިން އަހަންނަށް ފެނުނު ފަތްމިންޏެކެވެ. އޭނާ ފުރަތަމަ ފެނުނީ އަހަރެންގެ އެކުވެރިއަކާ އެކީ ހުއްޓައެވެ. އެކުވެރިޔާގެ ފަރާތުން އަހަރެން އޭނާއާ ރަހުމަތްތެރި ވީމެވެ. ޔޫމީ ފުރަތަމަ ފެނުނު ވަގުތުވެސް އަހަރެންގެ ހިތުގައި ނުޖަހާ ވިންދެއް ޖަހާލިއެވެ. އަހަންނަށް މަޑުމަޑުން ގަޔާވެވުނެވެ.

ކޮންމެ އަކަސް ޔޫމީއާ ދިމާވިތާ ވިއްސަކަށް ދުވަސް ފަހުން އަހަރެން ޔޫމީ ދެކެ ލޯބިވާ ވާހަކަ ބުނަން ގަސްތުކުރީމެވެ. މަހެއްވެސް ނުވެ ލޯބިވެވުން މިއީ ހައިރާން ވާންޖެހޭ ސަބަބެއް ނޫނެވެ. ﷲ ގެ ކުޅަދުންވަތަކަމުން ފުރަތަމަ ނަޒަރުން ވެސް ލޯބިވެވިދާނެ އެވެ.

އަހަރެން ޔޫމީއަށް ލޯބި ހުށައެޅީ ދިމާވިތާ ބަރާބަރު ބާވީސްވަނަ އަށް ވީ ދުވަހުގެ ރެއެވެ. އަހަރެން ކުރީ މެސެޖެކެވެ. ޖަވާބެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ހުއްޓާ، އައި ޖަވާބު ނިކަން ދެކިބަލާށެވެ. އޭނާގެ ޖަވާބަކަށް ދިހަ ދުވަހު އެއްޗެކޭ ނުބުނެ އަހަރެން ކެތްކުރީ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ޔޫމީއަކީ މަޑުމަތިރި މިޒާޖެއްގެ ކުއްޖެކެވެ. އިންތިހާއަށް ލަދުރަކި ވާނެއެވެ. އާންމުކޮށް ލައި އުޅެނީ ދިގުހެދުމެވެ. ގޮތްގޮތަށް ބުރުގާ އެޅުމަކީ އޭނާ މާގަޔާވާކަމެއް ނޫނެވެ. އާދައިގެ ރީތި ގޮތަކަށް ބުރުގާ އަޅާލުމުން އޭނާއަށް ފުދެއެވެ. ހަމަ އެގޮތަށް މާގަދަޔަށް މޭކްއަޕް ކުރުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. ތުންފަތުގައި މަޑު ލިޕްސްޓިކް އެއް ނުޖައްސަ އެކޭ ނުބުނާނަމެވެ.

ބޭ އިހްތިޔާރުގައި އިސްކޫރު އަނބުރާލެވުމާއެކު، ފެން މާގަނޑުން އޮހެންފެށި ހިމަފޮދު ފެން ހަށިގަނޑުގައި ބީހިލިއެވެ. އެހިނދު އަހަރެންގެ ހިޔާލީ ދުނިޔޭން ނުކުމެވުނެވެ.

 

Comments (13)

  1. Shaikko

    anehkaa anekaku

    1. Zidhan /R. Vaadhoo
      Shaikko

      Lol no!

  2. Zidhan /R. Vaadhoo

    Aharenney kiyaifiyya e vaanee liyaameehaa kamahtha hama? ?

  3. Boe halaake

    Dhen vaahaka ninmabala dhw konmeh vaahaka eh ves fahtaafa e nimuny adhi ehaa kuru ves vaane boa halaaku

  4. shaha

    Reethi?

  5. R@!

    ⚫⚪⚫LoL⚫⚪⚫

  6. Maai

    Vaahakaiga jahaafa in namakee friend egge dharifulhu namah vyma namuge rythi kamah mi kiyaaly
    Ehen noony zidhaan ge ecchehi nukiyan
    Aharen abadhuves gaboolu kurany zidhaan nu platform zidhaange diary Liyan beynun kuraa kamah
    Hagygathuga dhogu nuhadha bunanya mashah mihaa thanah fenunu emme boring liyuntheriyaa thy

    1. Zidhan /R. Vaadhoo
      Maai

      Boring Liyuntherin vess hureytha? Alhugandah heewanee liyuntheriyaa liyaa ehchehihen boring viyas vaanee! Comment ihthiraam aa eku balaigannan! Rangalhu kuraanan! IA!

  7. Dennnyyyy

    Zidhaan single tha??????
    I jst luv ur stories..aslahh…vexxx…ingeyyyy…
    ???????????????????????????????❤??????????????❤???????????

    1. Zidhan /R. Vaadhoo
      Dennnyyyy

      Yes. zidhan single.

  8. Leen

    Reethi ☺️

  9. Hamko

    Story v intersting vefa reethi…But adhi dhigu knlan feney…

  10. nash

    vaahaka baraabaru. ekam kuree

Comments are closed.