Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 41

Sh@_n@ Level 410 Stories100 Comments100 Login
December 22, 2018 5 Mins Read
51 Comments

އިރުކޮޅެއް ނުވެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ހައިލަމް ދިން ހަބަރުން އާމިރުއަށް ހީވީ އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. ސާރާއަށް ނޫނެކޭ ކިޔައި ހަޅޭލަވައިގަނެވުނެވެ. އާމިރު މަގޭ ދަރިއޭ ކިޔާ ދުއްވައިގަތެވެ. ސާރާވެސް އާމިރުގެ ފަހަތުން އަރުޝްއަށް ގޮވަމުން ރޮމުން ދުއްވައިގަތެވެ. ސާރާ އަރުޝްދެކެ ވާ ލޯބި މިކަމުންވެސް ދޭހަވެއެވެ.

ސާރާ އަދި އާމިރު ހޮސްޕިޓަލަށް ދިޔައިރު އަރުޝްވަނީ އެމަރޖެންސީ ރޫމަށް ވައްދާފައެވެ. އާމިރު އިރުކޮޅަކާ އަރީޝާއަށް ގުޅައެވެ. ފޯނު ވެއިޓިންގަ ހުރުމުން ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ. އެންމެ ފަހުން ދެން ނުގުޅަން ނިންމާ ފޯނު ސައިލެންޓަަށް ލިޔެވެ.

އެމަރޖެންސީ ރޫމްގެ ކުރިމަތީ މެދު އުމުރުގެ ފިރިހެނަކު ހުއްޓެވެ. މެދު އުމުރުގެ މީހާ އާމިރު ފެނުމާއެކު އާމިރު ކައިރިއަށް އައިސް ދެ އަތް ޖޯޑު ކުރުމަށްފަހު މާފްކުރާށޭ ބުނެލިއެެވެ. އޭރު އެމީހާ ލައިގެން ހުރި ގަމީސްވަނީ ލެއިން ތަތްތެޅިފައެވެ. ސާރާއަށް އެމަންޒަރު ފެނި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެެވެ. އޭރު އެހިސާބުގައި ދިވެހިންގެ ނުފިލާ އާދަޔެއްގެ ގޮތުން މަންޒަރު ބެލުމަށްޓަކައި ދިމަ ދިމާލުގައި މީހުން ތިއްބެއެވެ.
” އަޅުގަނޑު ވަރަށް ބަލައިގެން އައީ, ކުއްލިއަކަށް ކުރިމައްޗަށް އެރީމަ… ” އެހެންބުނެ އެމީހާގެ ވާހަކަ މެދު ކަނޑާލިއެވެ.

” ބޭބޭ, އަހަރެމެން ތިކަމުގަ ބޭބެ ކުއްވެރި ނުކުރަމެއްނު, އަހަރެންގެ ދަރިފުޅަށް ހެޔޮދުއާ ކޮއްދީ, ބޭބެ މިވަގުތު ދިޔަޔަސް އެންމެ ރަނގަޅު ކަމެއް ބޭނުންވަންޏާ ގުޅާލާނަން, މިހެން މި ބުނެލީ, އެކްސިޑެންޓެއް ވީމަ ޕޮލިހުން ބަޔާން ނަގަން އަންނާނެތީ” އާމިރު އެހެންބުނުމުން އެމީހާ ފޯން ނަމްބަރ ދިނުމަށްފަހު ދިޔައެވެ. ހަގީގަތުގައި އާމިރު އެމީހާ ފޮނުވާލީ އެމީހާގެ ގަމީހުގައި ހުރި ލޭ ފެނި ބޮލަށް އެނބުރުން އަރާތީއެެވެ.

އާމިރު ނުރޯން ހިތްވަރު ކުރަމުންދިޔަ އިރުވެސް އެތެރެހަށި ހީވަނީ ފުޑު ފުޑު ވެދާނެހެންނެވެ. ނުރޯން ހިތްވަރު ކުރަން މަސައްކަތް ކުރިނަމަ ވެސް އިރުކޮޅަކާ ކަރުނަ ފުހެލާން އާމިރުއަށް މަޖުބޫރުވެއެވެ.

ކުއްލިއަކަށް އެމަރޖެންސީ ރޫމުން ނުކުތް ޑޮކްޓަރު ފެނިފަައި އާމިރު އާއި ސާރާ, ދެ މީހުންނަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އާމިރުއަށް އެއްޗެކޭ ބުނުމުގެ ކުރިން ސާރާ ވާހަކަ ދައްކަންފެށިއެވެ.
” ޑޮކްޓަރ ކިހިނެއްތޯ އަރުޝް” ސާރާ އަށް އެންމެ ފަހުން އަހާލެވުނެވެ.
” އަދި އެއްޗެއް ބުނަން ވަރަށް ދަތި، ބޮލުގެ އޮޕެރޭޝަނަކަށް ދާންޖެހޭނެ, ވީ އެންމެ އަވަހަކަށް ޕޭޝަންޓު ގްރޫޕްގެ ލޭ ހޯދާ, ފަހަރެއްގަ ލޭވެސް އަޅަން ޖެހިދާނެ” ޑޮކްޓަރުގެ ޖުމްލައިން ސާރާއަށް ދެލޯ މަރާލެވުނީ އަރުޝްގެ ހާލަތު އިހްސާސް ވުމުންނެވެ.
” ޑޮކްޓަރ އަޅުގަނޑުގެ ގައިން ލޭ ނަންގަވާ, ބޭނުންވަރަކަށް ލޭ ނަންގަވާ، އެކަމަކު އަރުޝް ސަލާމަތް ކޮއްދީ, އާދޭސްކޮއްފަ މިބުނީ” ސާރާއަށް ރޮވޭވަރުން ވާހަކަ ދެއްކެނީވެސް އުނދަގުލުންނެވެ. އެ މަންޒަރު ބަލަން މީހުން ތިބި ނަމަވެސް ސާރާ އެކަމާ އަޅައެއް ނުލައެވެ.

” އަޅުގަނޑުމެން ނަށް ކުރެވުނު ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނަން، ކާމިޔާބު ދެއްވާނީ އެހެންފަރާތަކުން, ދުޢާ ކުރައްވާ، ލަސްނުކުރައްވާ އަވަހަށް ބްލަޑް ބޭންކަށް ދުރުވެ ލޭގެ ކަންތަށް ހަމަ ޖައްސާލަދީ, މިހާރުން މިހާރަށް އޮޕެރޭޝަން ކުރަން ޖެހޭނެ, އެކްސް ކިއުޒްމީ” ޑޮކްޓަރ އެހެން ބުނެ އޮޕެރޭޝަން ތިއޭޓަރ ދިމާލަށް މިސްރާބު ޖެހިއެވެ.

ސާރާ ދުވަމުން ކަހަލަ ގޮތަަކަށް ބްލަޑް ބޭންކަށް ދިޔައެވެ. އާމިރު ސާރާގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އެތާންގައި އިތުރު މީހަކު ނެތުމުން މަޑުކުރިއެވެ. އާމިރު ގޮނޑީގައި އިށީންނަން އުޅެނިކޮށް އަރީޝާ އަންނަތަން ފެނުމުން މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ކޮއްފައިވާ ގަދަ މޭކަޕުން ހީވަނީ ޕާޓީއަކަށް ތައްޔާރުވެގެން އައިސަ ހުރި މީހެއް ހެންނެވެ. ލާފައިވާ ހެދުމުން ބުރަކަށީގެ އެއްބައި އޮތީ ހާމަޔަށް ފެންނާށެވެ.

” އާމިރް, ކިހިނެއްތަ ވީ އަރުޝްއަށް” އަރީޝާ އާމިރުކުރެން އަހާލުމުން އާމިރު އެނބުރުނީ އަނެއްފަރާތަށެެވެ. އަރީޝާއާ މިވަގުތު ރީތިކޮށް ވާހަކަ ދެއްކޭނޭ ހިތް ނުބުނާތީއެވެ.

” އާމިރް, އަރުޝް އަށް ކިހިނެއްހޭ ވީ މި އަހަނީ”އަރީޝާގެ އަޑު ކޮންމެސް ވަރަކަށް ބާރުވިއެވެ.
” ޝްޝްޝްޝް… މާ ބާރަށް ވާހަކަ ނުދައްކާ އިނގޭ, އަދި ކިރިޔާތަ އަރުޝް ވާހަކަ އަހަން އެނގުނީ, އަހަރެން ކިހާ ވަރަކަށް ގުޅާނީ, ވެއިޓިންގ ވެއިޓިންގ…. އަބަދުވެސް, އެހާ ވަރަށް ގުޅާނީ ކޮންމެސް ކަމެއް ވީމަ ކަމެއްވެސް ނޭނގެދޯ, އަދި ފޯނު ބާއްވާފަ ފެނުނީމަވެސް ގުޅާލަން ރަނގަޅެއްނު, އެހެންނޫނަސް އަހަރެންނަށް ހީވަނީ ތިޔައީ އަރުޝް ހޯދާކަށް ނޫންހެން, ޕާޓީއަކަށްހެން, މިތާ އުފާ ފާޅު ކުރަނީނު މިއޮއް, ތިމާގެވެސް ދަރިއޭ މަރުގެ ތުންފަތްމަތީގަ އެ އޮތީ, ތިހިތުގަ ހަމަ އަމިއްލަ ދަރިޔަށް އެއްވެސް ކުލުނެއް ނެތީތަ ” އަރީޝާއަށް އަޑު އިވޭ ވަރަށް ބުނުމަށް ފަހު އާމިރް އަރީޝާ ކައިރިން ދުރަށް ގޮސް ފާރުގައި އަތް ވިއްދާލިއެވެ. އާމިރްގެ އަޑުގައި ވަނީ އަރުޝްއަށް އޮތް އިންތިހާ ދަރަޖައިގެ ލޯތްބެވެ.

އަރީޝާ އެއްޗެއް ބުނަން އުޅުނު ވަގުތު އެމަރޖެންސީ ރޫމް ދޮރު ހުޅުވާލުމަށްފަހު ނެރުނު އަރުޝްއާ ދިމާލަށް އަރީޝާ ބަލާލިއެވެ. އަދި އާމިރުއަށްވެސް އަރުޝް ނެރުނުތަން ފެނި ހުރެވުނީއެވެ. އައިވީ އާއެކު ގުޅާފައިވާ އެކި ވާތަކުން އަރުޝްގެ ހާލް ރަނގަޅު ނޫންކަން އެނގުނެެވެ. ބޮލުގައި ކޮއްފައިވާ ބެންޑޭޒުން ވަރަށް ބޮލަށް ގެއްލުން ވެފައިވާކަން ހާމަވެއެވެ. މޫނުގެ އެކި ތަންތަން ކޮޅު މަށައިގެންވެސް ވަނީ ގޮސްފައެވެ.
އާމިރްއަށް އަރުޝް އޮތް ހާލް ފެނި މަގޭ ދަރިއޭ ކިޔައި ދެލޯ ފުހެމުން އާމިރު ގޮސް އައިވީ ގުޅާފައިވާ އަރުޝްގެ އަތުގައި ހިފާލިއެވެ. މިލާ މޯޅި ވެފައިވާ އަރުޝްގެ މޫނުފެނި އާމިރުގެ ދެ ކަކުލުން ވާގި ދޫވާހެންވެސް ބައެއް ފަހަރު އާމިރުއަށް ހީވެއެވެ. އެންމެފަހުން އަރުޝް ރޮއެ ރޮއެފައި ދެއްކި ވާހަކަ އާއި އެ މަންޒަރު ލޯ މަތީން ސިފަވާން ފެށިއެވެ. އެކަންތަށް ހަނދާންވުމުން އެތެރެހަށީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ. އާމިރް އަރުޝް ފަހަތުން އޮޕެރޭޝަން ތިއޭޓަރ ހަމައަށް ދިޔައިރުވެސް އަރީޝާ އެ ހުރި ތަނުގައި ހުރީއެެވެ.

ޑޮކްޓަރުންނާއި ނަރުހުން އަވަސް ހަރަކާތާއެކު އަރުޝް އޮޕެރޭޝަން ތިއޭޓާރ އަށް ވެއްދިއެވެ. އަރުޝްގެ އަތުން އަތް ދޫކޮއްލި ހިނދު އާމިރުގެ ހަށިގަނޑުން ބައެއް ވަކިވެގެން ދިޔަ ކަހަލަ އިހްސާސް ކުރެވުނެެވެ. ދޮރު ޖެހި އިރުވެސް އާމިރުއަށް އެގޮތަށް ހުރެވުނީއެެވެ.

ލޭ ނެގުމަށްޓަކައި ސާރާ އޮށޯވެލައިގެން އޮތީ ދެލޯ މަރާލައިގެންނެވެ. އެހެންއޮތް އިރު އަރުޝްއާ އެކު ހޭދަ ކުރެވުނު ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް, ދެއްކި ކޮންމެ ވާހަކައެއް މިއަދު ވީ ކަމެއްހެން ސާރާގެ ލޯ ކުރިމަތީ ސިފަވެ އަޑު އިވެމުންދާ ކަހަލައެވެ. އިސާހިތަކު ދެލޮލުގެ ހިމަ ކޮޅުން ރޮނގަކަށް ކަރުނަ ފައިބާ ގަތެވެ. މިތަންފެނި ނަރުސް ކުއްޖާ ސުވާލުކުރަންވެސް ފެށިއެވެ. އެހެންނަމަވެސް އެ އޮތް ގޮތަށް އޮވެ ކަމެއް ނުވާ ކަމަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

” ޕްލީޒް, އަރުޝް, އަހަރެން ދޫކޮއްލާފައި ނުދޭ, އަހަރެން އަދިވެސް އަރުޝްދެކެ ވަރަށް ބޮޑަށް ލޯބިވޭ, މިހިތަކުން ދުވަހަކުވެސް އެހެން މީހަކަށް ޖާގައެއް ނުދެވޭނެ, އަހަރެން އަބަދުވެސް އަރުޝްއަށް މާފްކުރާނަމޭ, ޕްލީޒް ތިހެން ނުހަދާ, އަހަރެން އަރުޝްގެ އުފަލަށް ކޮންމެ ކަމެއްވެސް ކޮއްފާނަން, ޕްލީޒް އަވަހަށް ރަނގަޅުވޭ” ސާރާ އަމިއްލަ ހިޔާލަށް ގެއްލި އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔައިރު ނަރުޝް ކުއްޖާ ގޮވި ކަމެއްވެސް ރޭކާނުލައެވެ. ނަރުސްކުއްޖާ ސާރާގެ ކޮލުގައި މަޑުމަޑުން ދެތިން ފަހަރަކު ޖަހާލިއެެވެ. ސާރާ ތެޅި ގަންނަމުން ދެލޯ ހުޅުވާލީ ހައިރާންވެ ހުރެއެެވެ.

” ނިމިއްޖެ” ނަރުސް ކުއްޖާ އެހެންބުނުމާއެކު ސާރާ ހިނިތުން ވެލަމުން ކަފަ ކޮޅު ޖަހާފަ އިންތަނުގައި އަތް އަޅާލިއެެވެ. އަދި ޝުކުރު އަދާކުރުމަށްފަހު އެތަނުން ނުކުތެވެ.

އާމިރު އޮޕެރޭޝަން ޓިއޭޓަރ ކުރިމަތީ ދެކޮޅަށް ހިނގަ ހިނގަ ހުރި އިރު އިރުކޮޅަކާ ލޮލުން ފައިބަމުންދާ ކަރުނަ ފުހެލައެވެ. އަރީޝާވެސް ދުރުގައި އިސްޖަހައިގެން އިނީ އާމިރްއާ ވާހަކަ ދައްކަން ނުކެރިގެންނެވެ.

” ނަޢު” ކޮންތާކަށް ތިދަނީ” މިސްބާހު ވާހަކަ ދެއްކީ ލޯގަނޑު ކުރިމަތީ ރީތި ވާން ހުރި ނަޢުހާ އާއެެވެ. މިސްބާހުއަކީ ވެސް ނަޢުހާގެ ދަލުގައި ޖައްސާފައިވާ ޒުވާނެެކެވެ.

” މިދަނީ ވަރަށް ބޮޑު ކަމަކު ވަރަށް އަވަހަށް ތަނަކަށް ދާންވެގެން” ނަޢުހާ ތުންފަތުގައި ގަދަ ރަތްކުލައިގެ ކުލައެއް ފަވާލަމުން ބުނެލިއެވެ. އަދި ލޮލުގައި މަސްކަރާ ޖައްސާލަމުން ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ބޭރަށް ދިއުމަށް ހިނގައިގަތެވެ.
” ނަޢު, ތިހާ ރީތި ވެގެން ކާކު ކައިރިއަށްތަ ތި ދަނީ” މިސްބާހު މޯޅި ވެފައިވާ އަޑަކުން ބުނެލިއެވެެ.
” މިސްބާހު އަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މިދަނީ ކޮންތާކަށް ކާކު ކައިރިއަށްކަން” ނަޢުހާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

” ނަޢު, ތި އުޅުން ހުއްޓާފަ އަހަރެންނާއެކު ރީތިކޮށް އުޅެން ހިނގާ, ނަޢު ބުނި ގޮތެއް ހަދައިގެން އުޅެފާ…… ” މިސްބާހުގެ ވާހަކަ ނުނިމެނީސް ނަޢުހާ އެތަނުން ނުކުމެގެން ދިޔައެވެ. މިސްބާހު ފުން ނޭވާއެއް ދޫކޮއްލަމުން އެނދުގައި ޖައްސާލިއެވެ.

ސާރާ އާމިރުމެން ތިބި ހިސާބަށް ދެވުމާއެކު ދެލޯ ބޮޑުވީ އަރީޝާ ކައިރީ ހައިފާގެ އިތުރުން ހަފީޒާ އިންތަން ފެނިގެންނެވެ. ސާރާއަށް ހައިފާގެ ބަނޑާ ދިމާލަށް ބަލާލެވުނެވެ. ލާފައިވާ ދޫ ހެދުމުން އެއްގޮތަކަށްވެސް ބަނޑު އެނގޭކަށް ނެތެވެ. މަޑު ފިޔަވަޅުތަކުގައި އެމީހުންނަށް ބަލަމުންގޮސް އާމިރު ކައިރީ މަޑުކޮއްލިއެވެ. އާމިރުގެ މޫނުމަތިން ހިިތްހަމަ ނުޖެހުމާއެކުވެސް ހިތާމަ ފެންނަން ހުއްޓެވެ.

ވަގުތުތަށް ފާއިތުވަމުންގޮސް ތިން ގަޑިއިރު ފަހުން ޑޮކްޓަރ ނުކުތެވެ. އެހެން މީހުންނަށް ވުރެ ކުރިން ސާރާއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. މި މަންޒަރު ފެނި ހައިފާގެ ހިތުގައި ނަފްރަތު އުފެދުނެވެ. އަރީޝާއަށްވެސް ސާރާއާ ދިމާލަށް ބަލާލެވުނީ ސާރާ އަރުޝްއަށް ހާއްސަ ގޮތެއް ހުންނަކަން ފާހަގަވީތީއެވެ. އަދި ޕާޓީ އޮތްރޭ ވީ ކަންތަށްވެސް ހަނދާންް އާވާންފެށިއެވެ. އެހެންނަމަވެސް އެކަންތަށް އެއްފަރާތް ކޮއްލުމަށްފަހު ޑޮކްޓަރު ބުނަނީ ކީކޭތޯ އަޑުއަހާލުމަށް ސަމާލުވެލިއެވެ.

” ކިހާ ދެރަކަމެެއް, ހައިފާ މިތަނަށް ގެނައީ ރީތިކޮށް ބަހައްޓާކަށް ނޫނޭ, ދެންވެސް ދޭބަލަ” ހަފީޒާގެ ހަރުކަށި އަޑުން ދަތް ކުނޑި ވިކާލުމަށްފަހު ހައިފާގެ ކަންފަތް ދޮށުގައި ބުނުމުން ހައިފާ ދިޔައީ ސިއްސައިގެންނެއެވެ. ހަފީޒާއަށް ބަލާލުމަށްފަހު ހައިފާ މަޑުމަޑުން ހިނގަމުން ކުރިއަށް ޖެހިލިއެެވެ.

“ޑޮކްޓަރ އަރުޝް ކިހި….. ” ސާރާގެ ޖުމްލަ ނުނިމެނީސް ޑޮކްޓަރ ހިނިތުންވެލިއެެވެ.
” އިރާދަކުރެއްވިއްޔާ އޮޕެރޭޝަން ކާމިޔާބު, އެކަމް ބުނަން ވިސްނަން ޖެހޭ ވަރުގެ އެއްވެސްކަމެއް ވިޔަ ނުދޭތި, ފަސްވަރަކަށް ދުވަހު އެޑްމިޓް ކޮއްފަ ބާއްވަން ޖެހޭނެ” ޑޮކްޓަރގެ ޖުމްލައިން ސާރާ ހެެއްދެވި ފަރާތަށް ހަމްދު ކުރިއެވެ. އާމިރުވެސް އުފަލުން ގޮތެއްނެެތެވެ.
” ޕޭޝަންޓާ ބައްދަލު ކުރެވިދާނެތޯ” އާމިރު އަހާލުމާއެކު ޑޮކްޓަރ ބޮލުން އާނ އެކޭ ބުނެލިއެވެ. އެހެންނަމަވެސް އާމިރު ވަންނަން އުޅެނިކޮށް އަރުޝް އަންހެން ކުއްޖަކަށް ގޮވިއޭ ޑޮކްޓަރަށް ބުނެލެވުނެއެވެ. ޑޮކްޓަރގެ އެ ޖުމްލައިން ސާރާ އާމިރުއަށް ބަލާލެވުނެވެ. އާމިރު ބޮލުން ސާރާ ކައިރީ އެތެރެއަށް ވަނުމަށް ބުނުމުން ސާރާ ހިނގައިގަތެވެ. އެވަގުތު ހަފީޒާގެ އަޑުން ސާރާ ފަހަތަށް ޖެހި އިސްޖަހާލަން މަޖުބޫރުވިއެެވެ.

” ޑޮކްޓަރ؟, މިހިރީ ޕޭޝަންޓްގެ ވާން އުޅޭ އަންހެނުން, ސޯ އޭނައަށް ދޯ ގޮވާނީ, ހައިފާ ދޭ އެތެރެއަށް ” ހަފީޒާ އެހެން ބުނުމާއެކު ހައިފާ އެދިމާލަށް ދިޔައެވެ. އާމިރުއަށް އަތް މުއްކަވާ ލެވުނީ އައި ރުޅިންނެވެ. އެހެންނަމަވެސް ތަނާއި ވަގުތުގެ ގޮތުން އާމިރު ހަމަހިމޭންކަން އިހްތިޔާރު ކުރިއެވެ.

” ބައްލަވާ ހައިފާއޭތޯ, ޕޭޝަންޓް ގޮވާލެއްވީ ކޮންމެސް ސާރާއަކަށް”؛ޑޮކްޓަރ ގެ ޖަވާބުން ސާރާއަށް އެތެރެއަށް ދުއްވައިގަނެވުނެވެ. އަރީޝާގެ އިތުރުން ހައިފާ އަދި ހަފީޒާ ތިބީ ހައިރާންވެ ދެލޯ ބޮޑުވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންނަމަވެސް އާމިރުގެ މޫނުމަތީ ގައި ވަނީ ހިނިތުންވުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ނުކުރާނަން މާފެއް (2)

Next

ވަގުތު 1

Next
December 22, 2018

ވަގުތު 1

Previews
December 22, 2018

ނުކުރާނަން މާފެއް (2)

51 Comments!

  1. Sh@_n@ says:
    December 22, 2018 at 5:59 pm

    Yey… Finally upp vehje… Hurihaa kudhin kiyaalaafa comment kohlahchey…. ????

  2. Reader? says:
    December 22, 2018 at 6:02 pm

    As usuall story hama varah reethi mashaa allah

    1. Sh@_n@ says:
      December 22, 2018 at 6:26 pm

      Thank you so much reader❤???

  3. Xaanaa says:
    December 22, 2018 at 6:03 pm

    Kn irakun next prt

    1. Sh@_n@ says:
      December 22, 2018 at 6:27 pm

      Mihaaru liyamun midhany

  4. Kiyaan says:
    December 22, 2018 at 6:09 pm

    Story v reethi..whn nxt?? Plx upload soon inge ?

    1. Sh@_n@ says:
      December 22, 2018 at 6:29 pm

      Thanx kiyaan. V ehme avahah up kohdheynan

  5. Noor says:
    December 22, 2018 at 6:14 pm

    Varah reethi ekamaku haadha kurukoh thi genesdhinee

    1. Sh@_n@ says:
      December 22, 2018 at 6:29 pm

      I know dear. Next part dhigukoh dheynan

  6. Sis says:
    December 22, 2018 at 6:22 pm

    Haha mifaharu readers ah vure bodah shana sis huri Mi part kiyaa hithun dhw.. ? anyway Mi part vx hama habeys ingey.. ?? Emme fahun Sara ah vx visnijje dhw.. ?#IN WAITING ❤️❤️❤️

    1. Sh@_n@ says:
      December 22, 2018 at 6:41 pm

      Heheh. Aslu vess sis. Readers ekey ehgothah shana ah vess irukolhakaa beley story up vefa thw❤❤❤?

  7. penguin ? says:
    December 22, 2018 at 6:53 pm

    aaahhh! alhamdhulillah! finally up vejje dhww! yah as usual story hama vvv salhi, but mibai thankolhe kuru…anyways curiously waiting for the next part….

    1. Sh@_n@ says:
      December 22, 2018 at 7:42 pm

      Thank you penguin. ?❤❤?

  8. Cute Lips says:
    December 22, 2018 at 7:25 pm

    Arush mom kiyaa konmme faharaku Cute Lips ge anga huih vey…??????… Because i have the same name,..???…. By the way stry is fantastic..??????❤❤??????… Mihaar dhibeyne Hafeeza yai Haifa adhi Areesha( nt me … The woman in stry).???? … Rangalhah raakani mas kevifa?????

    1. so funny says:
      December 22, 2018 at 7:27 pm

      ???? wat a coincidence!

    2. Cute Lips says:
      December 22, 2018 at 7:30 pm

      Yeah right?… And 1 more thing my grandma name is Hafeeza????

  9. Cute Lips says:
    December 22, 2018 at 7:28 pm

    Arush mom name kiyaa konmme faharaku Cute Lips ge anga huih vey…??????… Because i have the same name,..???….. By the way stry is fantastic..??????❤❤??????… Mihaar thibeyne Hafeeza yai Haifa adhi Areesha( nt me … The woman in the stry).???? … Rangalhah raakani mas kevifa?????…

    Typing rangalhu kohffa 1 cmmnt ga 2 than nubaa koh liyevi fa inyma…. LYSM Sh@_n@??????????

    1. Sh@_n@ says:
      December 22, 2018 at 8:14 pm

      Heheheh. Seriously cute lip, what a coincidence. Any ways thank you so much dear, and luv u 2?❤?❤?❤

  10. Aisha says:
    December 22, 2018 at 7:55 pm

    Finally…mi part ves v salhi ❤
    Haadha kurey ekam..v kiyaa hithun indhaa e nimmuny??

    1. Sh@_n@ says:
      December 22, 2018 at 8:15 pm

      Thank you Aisha. Next part dhigukohlaanan insha allah. Don’t be sad dear

  11. Sh@in@ says:
    December 22, 2018 at 9:22 pm

    Ey haadha gadhaey…..I am also a good writer.. lets b frnds..

    1. Sh@_n@ says:
      December 22, 2018 at 11:59 pm

      Yaa. Sure

  12. Naju says:
    December 22, 2018 at 10:41 pm

    Good job dear… story is fantastic

  13. RaI❤ says:
    December 22, 2018 at 10:54 pm

    My dear shana.story varah reethi gey..i love this..but thankolheh kuru kanneyge..

    1. Sh@_n@ says:
      December 22, 2018 at 11:58 pm

      Thank you so much dear rai. Yaa. I know kurukan, Next part insha allah dhigu koh dheynan ingey

  14. star says:
    December 22, 2018 at 10:55 pm

    kon iraku next part plx avahah up kohdhehchey

    1. Sh@_n@ says:
      December 22, 2018 at 11:59 pm

      Yaa dear. Shana ah v ehme avahakah kohdheynan

  15. ???? says:
    December 22, 2018 at 11:22 pm

    Maa kury genesdheyleh But nice

    1. Sh@_n@ says:
      December 23, 2018 at 12:00 am

      Thanx dear. Dhen ehn nuvaane ingey

  16. nAi La says:
    December 22, 2018 at 11:23 pm

    finally..v salhi mi part ves..ekamaku thankolheh kuru..baeh readers ah ves faahaga vey dhw mi part kurukan..shana next part long kohllathi..when next..waiting waiting

    1. Sh@_n@ says:
      December 23, 2018 at 12:01 am

      Yaa dear. Next part dhigu kohlaanan ingey

  17. Xuam says:
    December 22, 2018 at 11:48 pm

    Wow… Fantastic job….

    1. Sh@_n@ says:
      December 23, 2018 at 12:02 am

      Thank you so much xuam

  18. Niz nizu says:
    December 23, 2018 at 8:01 am

    Vvv reethi..❤❤… masha allah… when is next❤❤

    1. Sh@_n@ says:
      December 23, 2018 at 4:38 pm

      Thank you so much dear. Adhi hama liyanee??❤

  19. zoe says:
    December 23, 2018 at 1:02 pm

    Thankfully Sarah ah Arush libeny dhw
    vaahaka hama habeys

    1. Sh@_n@ says:
      December 23, 2018 at 4:38 pm

      Thank you Zoe. Let’s see libeyne thw

  20. Niha says:
    December 23, 2018 at 1:08 pm

    Varah rythi.. this is one of my fav story… arush aa saara aa alun gulheny dhw.. wow… varah kiyaahiyy vey mivaahaka.. love you sooo much shaana ???❤❤❤❤❤

    1. Sh@_n@ says:
      December 23, 2018 at 4:39 pm

      Thank you so much vaahaka kamudhiyaeema???❤❤?. Luv u dear

  21. aisha says:
    December 23, 2018 at 5:14 pm

    vvvv rythi. next part kon iraku?

    1. Sh@_n@ says:
      December 23, 2018 at 8:11 pm

      Thank dear

  22. Maryy says:
    December 23, 2018 at 8:35 pm

    Kn irakun next part up vaany bunebaa plxx vrh kiyaa hih vey

  23. @Ikleel says:
    December 24, 2018 at 9:25 am

    Nice

  24. Beryl Stone says:
    December 24, 2018 at 10:40 am

    Kn irakun nxt?????????curiously waitinn fr the nxt ❤??????????

  25. Adhy says:
    December 24, 2018 at 8:22 pm

    Story vrh salhi when next part pls awahan up kobba 2 days vy wait kuraathaa ❤️❤️

  26. Ainth says:
    December 24, 2018 at 8:59 pm

    #shaana # kondhuvahakuntha vaahaka upvaney …. kiyaaahithun hama ❤❤❤

  27. Adhy says:
    December 25, 2018 at 10:25 am

    Kobaatha haadha lahey up vaalen, up vaane dhuvahen angaala dhiniyya rangalhu, abadhu up vefa inthia beleythy bunelee

    1. penguin ? says:
      December 25, 2018 at 11:06 am

      yesss agree

  28. Sh@_n@ says:
    December 25, 2018 at 11:27 am

    Hii dear all readers. story up kuran fonuvaifin. Kiyaalan libeynee kon iraku kameh bunaakah neyge. Uhmeedhu kurany avahah libeyne kamah. Vaki dhuvahakun kohdheynamey nubunany e bunaa dhuvahaku nuvedhaane thy. Readers maayoos kuraan beynun nuvaathy.

    1. Beryl Stone says:
      December 25, 2018 at 3:12 pm

      avahah up vrnama dhw..I am waiting for nxt prt…

  29. shaashaa says:
    December 25, 2018 at 8:43 pm

    mi partvex v.reethi

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 42←


All Right Reserved!