ވިންދޭ ލޯބި ތީ އެދޭ 10
ޕާޓީ ނިމުނުއިރު އެންމެންވެސް ތިބީ ނުހަނު ވަރުބަލިވެފައެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ގެއަށް ގޮސް ތާޒާވެލައިގެން އަވަހަށް ނިދާލުމަށެވެ. މިންހާވެސް ގެއަށް ވަދެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހާ ތަޅުލުމަށްފަހު ޓްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓި ހުރެ ޝޯލްގައި ޖަހާފައިވި ޕިންތައް ނަގަން ފެށިއެވެ. މަޑުމަޑުން ފަހަރަކު ޕިނެއް ނަގަމުން ދިޔަ މިންހާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އޭނަގެ ޚިޔާލުގައިވީ މިރޭ އަލޫފް އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. އެހަނދާންތައް އާވަމުން ދިޔައިރު މިންހާގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެެވެ. މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ. މިރޭގެ އެވަގުތުތަކަކީ އޭނައަށް އަލޫފް އާއެކު ހޭދަކުރެވުނު އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. އެއުފާވެރި ވަގުތުކޮޅުގެ ކޮންމެ ހަނދާނެއްް އޭނަގެ ހިތުގެ އެންމެ ފުންމިނުގައި އަބަދުވެސް ރައްކާކުރެވިފައި ވާނެއެވެ. އިތުރަށް އެޚިޔާލުތަކުގައި ނުހުރެ ޕިންތައް ނައްޓުވާލުމަށްފަހު ޝޯލް ބާލާ ފާޚާނާއަށް ފެންވަރަން ވަނެވެ. މިންހާ ފެންވަރައިގެން ނިކުމެ ވިލު ނޫކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ޓައިޓް ހަރުވާޅެއް ލިއެވެ. އެއަށްފަހު އޭނަގެ އުނަގަނޑާއި ހަމައަށް އަންނަ ގަދަ މުށި ކުލައިގެ ރާޅު ބާނި އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ހާމައަށް މިނިވަންކަމާއެކު ދޫކޮށްލިއެވެ. އެއަށްފަހު ސައިޑް ކަބަޑު މަތީގައި ހުރި ބިއްލޫރި ފެން ޖަގުން ތައްޓަށް ފެންފޮދެއް އަޅާ އެ ބޯލުމަށްފަހު ގޮސް އެނދުގައި އޮށޯތެވެ. ގައިމަތީގައި ދަނބު ކުލައިގެ ބްލޭކެޓް އަޅާލުމަށްފަހު ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔާލާ ނިދާލުމަށް ދެލޯ މަރާލިއެވެ.
އަރާމު ނިންޖަކުން މިންހާ ނިދާލާފައިވާއިރު އިއާން އޮތީ މިންހާ އާ ގުޅިފައިވި އެކި ޚިޔާލުތަކުގެ ސަބަބުން ނުނިދިފައެވެ. ގަދަ ނޫ ކުލައިގެ ސޯފާގައި އޮށޯވެ އޮތް އިރު އިއާންގެ އެއްއަތް ވަނީ ނިއްކުރިމަތީގައި ބޭއްވިފައެވެ. މޫނު މަތިންވެސް ކަމަކާ ފިކުރު ބޮޑުވެފައިވި އަސަރުތައް ފެންނަމުން ދިޔައެވެ. އިއާންގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވަނީ މިރޭ ފެނުނު މަންޒަރެވެ. އަލޫފް އާއެކު މިންހާ އެހާ ގާތުގައި ހުރި އެ މަންޒަރު ސިފަވާ ކޮންމެ ފަހަރަކު އޭނަގެ އަމިއްލަ ހިތާ ޝަކުވާކުރެވެއެވެ. މިންހާގެ ލޮއެބަށް އެދި ދުލުން ނުބުނިކަމުގައިވިޔަސް އިއާންގެ ހިތް އަބަދުވެސް މިންހާގެ ލޮއެބަށް އެދެއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހުވެސް ނިދި ނައުމުން އިއާން ސޯފާއިން ތެދުވެ ރީތިކޮށް އިށީނެވެ. އަދި ސޯފާގައި ލައްކޮށްލެވިފައިވި އޭނަގެ ގަދަ މުށި ކުލައިގެ ގިޓާނަގައި އަތަށް ހެޔޮވަރުކޮށްލަމުން ރީތި ރާގެއް ކުޅެން ފެށިއެވެ. * މިވާވަރު ބުނެދޭ ހިތްވޭ * ކަލާއަށް އަންގާ ހިތްވޭ * ތިލޮއެބަށް އެދިގެން ދާހިތްވޭ * މަގޭ ހިތް މޮޔަވާވަރުވޭ * މަގޭ ހިތް ހުއްޓޭ ގޮތްވޭ * އަރާމެއް މިހިތަށް ބޭނުންވޭ * ކަލާ ފެނުމުން ހީވަނީ އަހާހެންނޭ * ލޯބިވޭހެން ނިކަން * ޝަކުވާ މިހިތާ ކުރެވޭ ރޮމުން * އާދޭސްކުރާ ހިތްވޭ ރޮމުން * މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ * އިންތިޒާރުގައި ހުންނަމޭ ލޯބިން*
ރާގަ އެއްވަރަށް ކިޔަމުން ދިޔަ ލަވައިން އިއާން ދިޔައީ އޭނަގެ ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކުރަމުންނެވެ. އިއާންގެ ހިތަށް ކޮށްފައިވި އަސަރު އޭނަގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން ހެކިދެއެވެ. * ހައިރާންވާވަރް ވޭ އިނގޭ ފަރިކަން ފެނުމުން * ހިތާ ކުޅެލާފާ ދާކަށް ނޭދެން ލޯބިވާއޭ * ސިއްސައިގެން ދާގޮތްވޭ ހިނިތުންވެލުމުން * ލޮލާ ލޯ ސީދާވީމާ ވާގޮތް ނޭމގެނިއްޔޭ * ލޯބިވޭ ނިހާޔަތަށް * ހިތް އެދޭ އެހާވަރަށް * ލޯ މަރާލުމުންވެސް ފެންނަހެން ހީވަނިއްޔޭ * ޝަކުވާ މިހިތާ ކުރެވޭ ރޮމުން * އާދޭސްކުރާ ހިތްވޭ ރޮމުން * މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ * އިންތިޒާރުގައި ހުންނަމޭ ލޯބިން* ދެލޯ މަރާލުމުން މިންހާގެ ސޫރަ ހިތަށްވެރިވުމާއެކު އިއާންގެ އަސަރުގަދަ އަޑުން ލަވައިގެ ކުރިއަށް އޮތް ބައި ކިޔާލިއެވެ. އިއާންގެ އެއަޑުންނާއި އޭނަގެ ހަރަކާތްތައް ފެންނަ މީހަކަށް އިއާން މިންހާދެކެވާ ސާފު ތެދުވެރި ލޯބި ފެނިގެންދާނެއެވެ.
އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތް އަޝްރާވެސް އޮތީ ނުނިދިފައެވެ. އޭނަގެ ވިސްނުމުގައިވީ ޝާއިފެވެ. މިރޭ ޝާއިފް އާއެކު އެހިއްސާކުރެވުނު އުފާވެރި ވަގުތުކޮޅުގެ ހަނދާން އާވުމުން ހިތަށް އުފާވެރިކަން ލިބުނު ނަމަވެސް މިހާރަކަށް އައިސް ބަދަލުވަމުންދާ ޝާއިފްގެ މިޒާޖުން އަޝްރާ އޮތީ ނުހަނު ކަންބޮޑުވެފައެވެ. އިއްތިފާގަކުން ދިމާވާ ކަމަކާވެސް ޝާއިފް ޝައްކު ކުރަމުން ދަނީ އންތިހާއަށެވެ. ޝާއިފްްގެ މިޒާޖަށް އަންނަމުންދާ ބަދަލުތަކުން ހިތުގައި ކަންބޮޑުުވުން އުފެދިފައިވީއިރު އެތައް ޝަކުވާ އެއްވެސް އުފެދިފާއެވެ. މިހާވަރުންދާނަމަ އޭނަ އާއި ޝާއިފްގެ ލޯބީގެ ގުޅުން ދެމިއޮންނާނެ ކަމާމެދުވެސް މިހާރު އަޝްރާއަށް ޝައްކުކުރެވުންދެއެވެ. ތަކުރާރުކޮށް އަޝްރާ ވިސްނައިދިނުމުންވެސް ޝާއިފަށް ކޮންމެ ފަހަރަކުވެސް ވިސްނެނީ އެންމެ ނުބައިކޮށެވެ. ފުރަތަމަ ސިކުންތުގައި ރުޅި އައިސް ރަތްވެފައި ހުންނަ ޝާއިފް ދެވަނަ ސިކުންތުގައި އޭނަގެ މެޔާލާ ބޮނޑިކޮށްލަމުން ބައްދާލަފާނެއެވެ. އެއްފަހަރު ރުޅި އައިސްގެން ހިތު ހުރިހާ އެއްޗެއް ކިޔާލާއިރު އިރުކޮޅެއް ފަހުން އޭނަގެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލަދީފާނެއެވެ. ޝާއިފްގެ މިޒާޖު ބަދަލުވެގެންދާ ގޮތް މީހަކަށް އަންދާޒާކޮށްލަންވެސް މިހާރު ތަދިވާނެއެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް އުފެދިފައިވީ ނަމަވެސް ދުލާއި ހަމައަށް އެއިން އެއްވެސް ޝަކުވާއެއް ނުގެނެސް އަޝްރާ އެހުންނަނީ ޝާއިފްދެކެވާ ލޮއެބެއްގެ ބޮޑުކަމުންނެވެ. އެހެނަސް އޭނައަށްވެސް ރުޅި އިސްނުކޮށް ނުވަތަ ޝަކުވާނުކޮށް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ތަކުރާރުކޮށް މިކަންތައްތައް ވަމުންދާނަމަ އޭނަގެ ކެތްތެރިކަންވެސް ކޮންމެވެސް ދުވަހަކުން ކޮޅުންލާނެތާއެވެ. އެފަދަ އެތައް ވިސްނުމެއްގައި އޮންނަތާ އެތައް އިރެއްފަހުން އަޝްރާގެ ލޮލަށް ނިދި ސަވާރުވިއެވެ.
ދެދުވަސް ފަހެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރު ޕާޓީގެ ކަންތައްތައްވެސް ނިމި އެންމެންވެސް ތިބީ ހަމަޖެހިފައެވެ. ލިބުނު މަދު ޗުއްޓީ ދުވަސްކޮޅުގެ ބޭނުން ހިފާ އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކޮށް އެންމެން އެކުގައި މަޖާކޮށްލާ ސަކަރާތްޖަހާލާާ ހަދާލުމަށް މިންހާ އާއި ނާއިލްގެ އިތުރުން އިއާން އާއި މައިޝާ އަދި ނައުޝާދުގެ އާއިލާއިން ވަނީ ދަތުރެއް ދިޔުމަށް ރާވާފައެވެ. އެންމެންވެސް ރޭވީ އެރަށުގެ އިރުމަތީ ފަރާތުގަ އޮންނަ ބޮޑު ފަސްގަނޑަށް ދަތުރު ދިޔުމަށެވެ.
އަރާމުކޮށް ނިދާލާފައި އޮތް މިންހާއަށް މިރޭވެސް އެލާމްގެ އަޑަށް ނިދިން ހޭލެވުނެވެ. ދެފަރާތަށް ފުރޮޅިލުމަށްފަހު އުނދަގުލުން ދެލޯ ހުޅުވާލިއެވެ. ނިއްކުރި މައްޗަށް ވެެއްޓިފައިވި އިސްތަށިކޮޅު އެއްފަރާތްކޮށްލުމަށްފަހު އިރުކޮޅަކު އޮޮތެވެ. އެއަށްފަހު އެނދުން ތެދުވެ އެނދު ތަރުތީބު ކޮށްލުމަށްފަހު ތުވާލު ހަރުގައި އިން އޭނަގެ ދަނބު ކުލައިގެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނިކުމެ މިންހާ ފަތިސް ނަމާދުކޮށްލިއެވެ. އެއަށްފަހު ކީރިތި ޤުރުޢާން ތަރުޖަމާއާއެކީ ކޮންމެވެސް ވަރަކަށް ކިޔަވާލުމަށްފަހު ކޮޓަރިން ނިކުތެވެ. ނަމާދުކޮށް ޤުރުޢާން ކިޔެވާލުމުން މިންހާގެ ހިތަށް ލިބިފައިވަނީ އާދަޔާ ޚިލާފް ހަމަޖެހުމެއް ލިބިގެން ދެއެވެ. ހިތަށް އުފާވެރިކަން ލިބި މުޅި ނަފްސަށް ހަމަޖެހުން ގެނުވައެވެ. މިންހާ ދަނީ އޭނަގެ މައިބަފައިން އޭނައަށް ދިން ރަނގަޅު ތަރުބިއްޔަތުގައި ދެމިހުންނަމުންނެވެ. ވީވަރަކުން ދީނީ ކަންތައްތަކަށް ސަމާލުކަންދީ އެކަންކަމުގައި ދެމިހުރެވޭތޯ މިންހާ މަސައްކަތްކުރެއެވެ.
ތައްޔާރުވެގެން މިންހާ ތިރިއަށް ފޭބިއެވެ. އަބަދުވެސް ލައި އުޅޭ ކަހަލަ ގަޔަށް ދޫ ކަޅު ހެދުމަކާއި އާދައިގެ ތިނެސްކަން ބުރުގަލެއް އަޅާފައިވާއިރު ފައިތިލަ ވަނީ ކަޅު ކުލައިގެ އިސްޓާކީނަކުން ފޮރުވާލެވިފައެވެ. މިންހާ ގޮސް ބަދިގެއަށް ވަންއިރު އޭނަގެ މަންމަ ކޮފީއެއް ތައްޔާރުކުރަން އުޅެއެވެ. އޭރު މޭޒު ކައިރީގައި އޭނަގެ ބައްޕަވެސް އިނެވެ. ” އަނހާ… ދަރިފުޅާ… އާދޭ އެއްޗެެއް ބޯލަން… ” އެތެރެއަށް ވަދެގެން އައި މިންހާ ފެނި އަޝްރަފު ވާހަކަ ދެއްކިއެވެ. ” އަޅުގަނޑު ތަންކޮޅެއް ފަހުން އެއްޗެއް ބޯލާނަން… މިދަނީ މަގުމަތި ކުނިކަހާލަން… ” މިންހާ އޭނަގެ މަންމައަށާއި ބައްޕައަށް ހިނިތުންވުމެއް ހަދިޔާކުރަމުން އެހެން ބުނެލުމަށްފަހު ގުދަނާއި ދިމާލަށް މިސްރާބުޖެހިއެވެ. ގުދަނުގައި ހުރި އިލޮށިފަތި ހިފައިގެން މިންހާ މަގުމައްޗަށް ނިކުމެ ކުނިކަހަން ފެށިއެވެ. ކުނިކަހާ ނިންމާލުމަށްފަހު މިންހާ ދިޔައީ ކާކޮޓަރިއަށެވެ. ”ދަރިފުޅާ އާދޭ ދެން އެއްޗެއް ބޯލަން… ” މިންހާ އައުމާއެކު ނާހިދާ ބުނެލިއެވެ. އެއާއެކު މިންހާވެސް ބޯ ޖަހާލަމުން ސިންކު ކައިރިއަށް ގޮސް އަތް ދޮވެލައިގެން އައިސް ކޮފީއެއް ތައްޔާރުކުރަން އުޅުނެވެ. ” މިންނު… އިއްޔެވެސް އަދި އޭގެ ކުރީ ދުވަހުވެސް ބުއީ ކޮފީއެއްނު… މިއަދު މިލްކު ތައްޓެއް ބޯންވާނީ… ” މައިޝާއާއެކު އެތެރެއަށް ވަދެގެން އައި މާހިލް އެހެން ބުނެލުމާއެކު މިންހާ ތުންކޮޅު އޫކޮށްލިއެވެ. އެއާއެކު މިންހާ ފިޔަވައި ދެންތިބި އެންމެނަށްވެސް ހެވުނެވެ. ” ތެދެއް މިންނު… މަންމަ ހަނދާންނެތިފައޭ މިހުރީ އަދި ބުނަން… ކޮންމެ ދުވަހަކު ކޮފީ ބޮއެގެން ނުވާނެ…” ނާހިދާ އެހެން ބުނުމާއެކު މިންހާ ހޫމް ލައްވާލަމުން ކިރު ތައްޓެއް ގިރަން ފެށިއެވެ.
އެއްޗެއް ބޯލައިގެން އަންހެންވެރިން އަވަސްވެގަތީ ނާސްތާ ތައްޔާރުކުރުމަށެވެ. މައިޝާ ފުށް މޮޑެ ރޮށި ދަމަމުން ދިޔައިރު މިންހާ ދިޔައީ ރޮށި ފިހަމުންނެވެ. އޭރު ނާހިދާ އަލުވި ރިހަ ކައްކަން އުޅެއެވެ. ތިން މީހުން ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔުމުން ވަރަށް އަވަހަށް ސައި ހަދާ ނިންމާލެވުނެވެ. ” މަންމާ… އަޅުގަނޑު ދެން މިއުޅެނީ ކޭކު އަޅަން އިނގޭ… އަޝޫ އާ ދޮންތަ އާވެސް ބުނި ކޭކެއް އަޅާނަމޭ… ކޮންމެ ގެއަކުން ކޭކެއް ގެންދާ ގޮތަކަށް… ” ސައި ހަދާ ނިމުމުން އޭނަގެ މަންމައާ ވާހަކަ ދައްކަމުން މިންހާ ބުނެލިއެވެ. ” ހޫމް… ބަދިގޭގަ އެއްކަލަ މަތީ ކަބަޑުގަ އިންނާނެ ރުފިޔާ އަޅާފަ ހުރި ދަޅެއް… އެދަޅުން ދަރިފުޅު ރުފިޔާ ނަގާ… ” ކޮތަޅަކަށް މިރުހާއި ފިޔާ އަދި ހިކަނދި ފަތް އަޅަން ހުރި ނާހިދާ މިންހާއަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކިއެވެ. އެއާއެކު ކަބަޑު ހުޅުވާ އެދަޅުން ސަތޭކަ ރުފިޔާ ހިފައިގެން ފިހާރައަކަށް ދިޔުމަށް މިންހާ ގެއިން ނިކުތެވެ. ފިހާރައަށް ގޮސް ދެބިހާއި ޗޮކުލެޓު ކޭކު ފުށް ޕެކެޓެއް ގަނެގެން މިންހާ ގެއަށް އައެވެ. ގެއަށް އައިސް ކޭކު އެޅުމަށް ތައްޔާރުކުރަން ފެށިއެވެ. އޭރު ގޭގެ އެހެން މީހުންވެސް ދަނީ ދަތުރު ދާން އެކިއެކި ތައްޔާރީތައް ވަމުންނެވެ.
ބަދިގޭގައި ވެނީލާ ކޭކެއް އެޅުމުގެ މަސައްކަތުގައި އަޝްރާ އުޅެއެވެ. ” ޕޮއް… ” ނާއިލްގެ އެއަޑަށް އެމަސައްކަތުގައި ހުރި އަޝްރާ ދިޔައީ ސިއްސައިގެންނެވެ. ” ނާއިލްގަނޑާ… ހަމަ ނުހުރެވޭނެ ޖެއްސުމެއް ނުކޮށެއް… ” ރުޅި އައިސްފައި ހުރެ ނާއިލަށް ބަލައިލަމުން އަޝްރާ ބުނެލިއެވެ. ” އެދެން ޖެއްސުމެއްކޮށްލީތަ… މަޖަލަކަށް ޕޮށް ގޮށްވާލީއެއްނު… މި ކްރައި ބޭބީއަށް މަޖަލަކަށް ކަމެއް ކުރިޔަސް ވާނީ ޖެއްސުމަށް ކަމެއް ކުރާކަމަށް… ” ބަދީގޭގައި ހުރި ކަބަޑުތަކުގައި ލެނގިލަމުން ނާއިލް ބުނެލިއެވެ. ” ނާއިލް ގާތު ކިތައް ދުވަހު ބުނާނީ ތިހެން ނުކިޔާށޭ… އަހަންނަށްވެސް ނަމެއް އޮވެޔޭ… ” ހިތްހަމަނުޖެހިފައި ހުރެ އަނެއްކާާވެސް އަޝްރާ ބުނެލިއެވެ. ” ކިޔާނެއްނު ކަމެއް ވާއިރަށް ރޮންޏާ… ހަމަ ޔަގީނޭ ޝާއިފްވެސް އެއްޗެކޭ ބުނާއިރަށް ހުންނާނީ ރޮވިފަކަން… ” ނާއިލް އެހެން ބުނެލުމުން އަޝްރާއަށް ވަގުތުން ނާއިލްގެ މޫނަށް ބަލައިލެވުނެވެ. އަޝްރާ އެހާ ސީރިއަސްވެފައި ބަލައިލުމުން ނާއިލްގެ ހިތުގައި ސުވާލު އުފެދުނެވެ. ” ކިހިނެއްވީ… ތިހެން ތި ބަލަނީ… ” ހިތުގައި އުފެދުނު ސުވާލު ނާއިލްގެ ދުލާއި ހަމައަށް އައެވެ. ” ކަ… ކަމެއް ނުވޭ… ” އަޝްރާ އަނބުރާ އޭނަގެ މަސައްކަތައް ސަމާލުކަން ދެމުން ބުނެލިއެވެ. ދެވަނަ ފަހަރަށް ސުވާލުކުރުމުންވެސް އަޝްރާގެ ފަރާތުން ލިބުނީ އެއްޖަވާބެކެވެ. އެންމެ ފަހުން އިއާން ގޮވާލި އަޑު އިވުމުން ނާއިލްވެސް ދިޔައީއެވެ.
އެންމެންވެގެން ދަތުރު ދާން ގެންދާ އެއްޗެހިތައް މިންހާމެންގެ ގެއަށް ގެންނަމުން ދިޔައެވެ. ހުރިހާ އެއްޗެއް އެެއްތަނަކަށް ގެނައުމުން ފަސޭހަވާނެ ނޫން ހެެއްޔެވެ. އިިއާން އާއި ނާއިލްވެސް ފެން ހަމެއް ހިފައިގެން އައިސް މިންހާމެންގެ ގެއަށް ވަނެވެ. ފެން ހަން އަނބު ގަހުގެ ހިޔަލުގައި ބެހެއްޓުމަށްފަހު ގެއަށް ގޮސް އެބައަންނަން ކަމުގައި ބުނެ ނާއިލް ދިޔުމުން އިއާން މިންހާގެ ސޫރަ ދެކެލުމަށް އެތެރެއަށް ވަނެވެ. ސަލާމް ގޮވާލުމުންވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެންމެ ފަހުން އިއާން އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ ތަންކޮޅަކަށް ދެވުނު ތަނާ ފެން އިސްކުރަކުން ފެން އޮހޭ އަޑު އިވެމުން ދިޔައެވެ. އެއާއެކު ތަށިތަކެއްގެ އަޑުވެސް އިވުނެވެ. އިއާން ވަގުތުން ބަދިގެއަށް މިސްރާބުޖެހިއެވެ. މަޑުމަޑުން ގޮސް ބަދިގެ ކުރިމަތީގައި މަޑުކޮށްލިއިރު ސިންކު ކައިރީގައި ތަށިތަކެއް ދޮންނަން މިންހާ ހުއްޓެވެ. ފަހަތުން ފެނުނު ނަމަވެސް އެއީ މިންހާކަން އިއާންއަށް އެނގުނެވެ. ވަގުތުން އިއާންގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. އެއާއެކު އޭނަގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
އިއާން މަޑުމަޑުން ގޮސް މިންހާގެ ފަހަތުގައި ހުއްޓި އޭނަގެ ހުދު ކުލައިގެ ސޯޓު ޖީބުގައި އޮތް ޕްލާސްޓިކް ފާޑުގެ ކުރަފި ނަގާ މިންހާއަށް އޭގެ ހިލަމެއްވެސް ނުވާނޭހެން މިންހާގެ ބޮލުގައި މަޑުމަޑުން ބޭންދިއެވެ. އަދި އަނބުރާ މަޑު ފިޔަވަޅުތަކެއްގައި އައިސް ދޮރު ކައިރީގައި ހުއްޓުނެވެ. ” ހާއި މިންނު… ޕިކްނިކް ދާން ރެޑީތަ… ” ކުރިއަށް ހިނގައިގަންނަމުން މިންހާއަށް އަޑު އިވޭނޭހެން އިއާން ވާހަކަ ދެއްކިއެވެ. ” ހާއި އާން… ރެޑީ ވަމުން މި ދަނީ… ކޮބާ އަޝޫ… ” ފަސްއެނބުރުމެއްނެތި އޭނަ ކުރަން ހުރި ތަށިތައް ދޮވުމައިގެން ކުރިއަށް ދަމުން މިންހާ ބުނެލިއެވެ. ” އަޝޫ އުޅޭ ކޭކެއް އަޅަންވެގެން… ” މިންހާ އާއި ކައިރީގައި ހުއްޓެމުން އިއާން ބުނެލިއެވެ. ” އޯހް ނޯ މިންނު… މިންނު ބޮލުގަ އެބައިން އެއްޗެއް… ” ހަމަޖެހިލައިގެން ހުރި އިއާން ކުއްލިއަކަށް ދެލޯ ބޮޑުކޮށް މިންހާ އާ ދުރައްޖެހިލަމުން ބުނެލިއެވެ. ”އަ… އާން… ކޯން… ކޯންޗެއް… ” ބިރުގަނެފައި ހުރެ މަޑުމަޑުން އިއާންއާ ވީ ފަރާތަށް އެނބުރެމުން މިންހާ ބުނެލިއެވެ. އޭނަގެ އަޑުންވެސް ބިރުގަނެފައި ހުރިކަން ހާމަވެއެވެ. ”އިޓްސް އަ ކޯކްރޮޗް… ” އިއާން ދެލޯ ބޮޑުކޮށްލައިގެން ހުރެ އެހެން ބުނުމާއެކު ތޫލި ހަޅޭކަކާއެކު އަވަސް ހަރަކާތަކުން ބޯ މަތި އަތުން ފޮޅާލުމަށްފަހު އިއާންގެ ފަހަތަށް ގޮސް ވަނެވެ. އިއާންގެ ފަހަތުގައި އޭނަގެ އަތުގައި ބާރަށް ހިފަހައްޓާއިގެން ހުރިއިރު މިންހާގެ މޫނު މަތިންވެސް ފެންނަމުން ދަނީ ބިރުވެރިކަމެވެ. އިއާންއަށް އޭނަގެ ހިނިގަނޑު ހިފަހައްޓާއިގެން ހުރެވެނީ ހަމަ ކިރިޔާއެވެ. ” އާން… އޭތި މޫވް ނުކުރަނީ ކީއްވެތަ… ” މުށިގަނޑު މަތީގައި އޮތް ކުރައްޕަށް އަތުގެ ޝަހާދަތް އިނގިލިން އިޝާރާތްކުރަމުން މިންހާ ކޮށްލި ސުވާލުން އިއާންގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. އެއާއެކު މިންހާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” އާން… އާން ވައި އާރް ޔޫ ލާފިން… ” އިއާންގެ އަތުގައި ހިފާ ތަޅުވައިގަންނަމުން މިންހާ ބުނެލިއެވެ. ”ހެހެހެ… އޭތި މޫވްއެއް ނުކުރާނެއެއްނު ޕްލާސްޓިކް އެެއްޗެއްވީމަ… ހެހެހެ… އެއީ އަސްލު އެއްޗެއްނޫނޭ… މިންނު ބިރުގަންނުވާލަން އަހަރެން ހިތަށް އެރީ މިންނު ބޮލުގަ ބައިންދާނީ އޭ… ހެހެހެހެ… ” ހެމުން ހެމުން އިއާން އެހެން ބުނެލުމާއެކު މިންހާ އާން އޭ ކިޔާ ބާރަށް ހަޅޭއްލަވައިގަންނަމުން އިއާންގެ ގައިގައި ޖަހަން އަތުން ހަރަކާތްކޮށްލިއެވެ. އެހެނަސް އިއާން ހުޝިޔާރުކަމާއެކު މިންހާގެ އަތުގެ ހަމަލާއިން ރެކިގަތެވެ. އަދި ބާރަށް ދުވެފައި ބަދިގެއިން ނިކުތެވެ. މިންހާވެސް ބަލާކަށް ނުހުރެ އިއާންގެ ފަހަތުން ދުއްވައިގަތެވެ. މިންހާ އިއާން އަތުލުމަށް ސިޓިން ރޫމު ސޯފާ ވަށާއިގެން ދުވަމުން ދިޔައެވެ. ދުވަމުން ދިޔަ މިންހާ މެރޫން ކުލައިގެ ސޯފާ މަތީގައި އޮތް އެކުލައިގެ ކުޝަންއެއް ނަގާ އިއާން އާއި ދިމާލަށް އެއްލިއެވެ. މިފަހަރުވެސް ހުޝިޔާރުކަމާއެކު އިއާން އެ ކުޝަން ހިފާ މިންހާ އާއި ދިމާލަށް އެއްލިއެވެ. ކުޝަން ގޮސް ޖެހުނީ މިންހާގެ މޫނު މަތީގައެވެ. ” އާރްރްގްގްގް… އާން… ހުރެބަލަ އަހަރެންވެސް އަދި ލަނޑެއް ދޭނަން… ” މިންހާ އިއާންއަށް ބަލަހައްޓާއިގެން ހުރެ އެހެން ބުނެލިއެވެ. ސިޓިން ރޫމުގައި މާ އަޑު ގަދަވުމުން މާހިލް އާއި މައިޝާވެސް ކޮޓަރިން ނިކުމެ ތިރިއަށް ފޭބިއެވެ. އެއާއެކު އިއާން އަވަސް އަވަހަށް ދުވެފައި ގެއިން ނިކުތެވެ.
” މިންނު… ކޮން ސަކަރާތެއް… ” ކުޝަން ހިފައިގެން ދޮރާއި ހަމައަށް ގޮސް ހުރި މިންހާ ފަހަތަށް ބަލައިލީ މާހިލްގެ އަޑު އިވުމުންނެވެ. ”އާންގެ ކަންތަކެއްނު… ޕްލާސްޓިކް ކުރައްޕެއް މިންނު ބޮލަށް ލީ… އައި ތޯޓް އިޓް ވޯޒް ރިއަލް… އަޅުގަނޑު ބިރުގަންނަވަންވެގެން އާން އެހެން ހެދީމަ އާން ފަހަތުން މި ދުވަނީ… އެކަމަކު ދޮންބެމެން ތިިރިއަށް ފޭބިކަން އިނގުނީމަ އަވަހަށް އެދިޔައީ… މިއަދު ދަތުރު ގޮއްސަ އާންއަށް ގޮތެއް ހަދާާނަން އަދި… ” މިންހާ އެހެން ބުނުމުން މާހިލްއަށާއި މައިޝާއަށްވެސް ހެވުނެވެ. ” އާން ތީވެސް ލާނެއް ކުއްޖެކޭ ބައެއް ފަހަރު… ” ދެފަރާތަށް ބޯ ހޫރުވާލަމުން ހެވިފައި ހުރެ މާހިލް ބުނެލިއެވެ. އެވަގުތު ނާހިދާ އާއި އަޝްރަފު އައިސް ގެއަށް ވަނެވެ. އެއާއެކު އެންމެންވެސް ދަތުރު ދާންވާއިރަށް ނާސްތާ ކުރުމަށް ކާކޮޓަރިއަށް ހިނގައިގަތެވެ. ނުވައެއް ޖެހިއިރު އެންމެންވެސް ތިބީ މިންހާމެންގެ ގޭ ކައިރިއަށް ޖަމާވެފައެވެ. އެއްޗެހި އަރުވާ މީހުން ގޮވައިގެން ދަތުުރު ދިއުމަށް ހަމަޖެހިފައިވި މަންޒިލަށް ދަތުރު ފެށިއެވެ. މީހުން ގިނަކަމުން އެންމެނަށް އެއްފަހަރާ ދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޖެހުނީ ދެބުރަށް ހަދާށެވެ.
އީލާފް ސައިބޯން ނައިސް ލަސްވުމުން އާޒިމާ އީލާފްގެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. ”އީލާފް… ” ކޮޓަރީގެ ދޮރު މަތީގައި ހުއްޓި ހުރެ އާޒިމާ އީލާފަށް ގޮވާލިއެވެ. އެއާއެކު ޑްރެސިން ޓޭބަލް ކުރިމަތީގައި އޭނަގެ ކަނދުރާ އާ ހިސާބަށް އަރާ ފަން އިސްތަށިކޮޅުގައި ފުނާ އަޅަން ހުރެފައި އީލާފް ގޮސް ދޮރު ހުޅުވާާލިއެވެ. ” އަދިވެސް ނުނިމޭ… އަވަސްކުރޭ ސައިބޯން ދާން… ” އާޒިމާ އީލާފް ފެނުމާއެކު ބުނެލިއެވެ، އެވަގުތު އާޒިމާއަށް އެކޮޓަރި ތެރެ ފެނުނެވެ. ކޮޓަރިތެރެ އޮތް ހާލު ފެނި އާޒިމާއަށް ދެފަރާތަށް ބޯ ހޫރުވާލެވެނެވެ. ޑްރެސިން ޓޭބަލާއި ސްޓަޑީ ޓޭބަލް މަތީގައި އެއްވެސް ތަރުތީބުކަމެއް ނުވާއިރު އެނދުމަތިވެސް އޮތީ އީލާފް ނިދާ ހޭލިގޮތަށް ރީތި ނުކޮށެވެ. ސްޓަޑީ ޓޭބަލް ކައިރީ ހުރި ޑަސްބިން ކައިރިވެސް ފުރިފައިވަނީ އެކިއެކި ކަރުދާސް ބޯޅަތަކުންނެވެ. ސޯފާގެ އެއްފަރާތުގައި އިއްޔެ ދޮވެ ހިއްކާފައި ހުރި އީލާފްގެ އަންނައުނުތައް އޮތްއިރު ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީ ލެޕްޓޮޕާއި ޕޮޕްކޯން އަޅާފައިހުރި ބޮޑު ބިއްލޫރި ވަށް ބޯ ތައްޓެއް ހުއްޓެވެ. ” އީލާފް… އަދިވެސް މިހުރީ އެއްޗިހިތައް ފަށް ނުޖަހާ އަލަމާރިއަށް ނުލައި ދޯ… އެނދުވެސް ރީތި ނުކޮށެއްނު މިއޮތީ… ފޮތްތައްވެސް މަންމަ ބުނަމެއްނު ތަރުތީބުކޮށް ބަހައްޓާށޭ… ޑަސްބިން ހުންނައިރުވެސް އީލާފް ކުނި އަޅަނީކީ ޑަސްބިނަކަށް ނޫން… ތިހެން ނުވާނެއެއްނު ދަރިފުޅާ އުޅޭކަށް… މަންމައަށް ކަމެއް ނުކޮށްދޭއިރު އީލާފްގެ މިކަހަލަ އަމިއްލަ ކަންކަން ކުރަންވާނެއެއްނު މިހާރު… އަބަދުވެސް ބުނަން އީލާފް ގާތު މަންމަ ރޭގަނޑު އެހާ ދަންވަންދެން ފިލްމް ބަލަންވެސް ނީންނާށޭ… އެހާ ލަހުން ނިދާތިއްޔޭ އަވަހަށް ނުހޭލެވެނީ… މިހާތު އެހެރަ ދިހައެއް ޖަހަނީ… އަދި ސައިނުބޮވޭ… އީލާފް މިކަންކަން ރަނގަޅު ނުކުރަންޏާ މަންމަ ދެން ބައްޕަ ގާތު މިވާހަކަ ދައްކާނީ… ” ސްޓަޑީ ޓޭބަލް މަތި ތަރުތީބުކޮށް ޑަސްބިނަށް ކަރުދާސް ބޯޅަތައް އަޅަމުން ދިޔަ އާޒިމާ ވާހަކަ ދައްކަމުން ދިޔައެވެ. ” އޯ ގޯޑް… ސްޓޮޕް އިޓް މޯމް… ހަމަ ހޭލުމާއެކު މަންމަގެ ބޮޑު ލެކްޗަރެއް އަޑު އަހަން ނުޖައްސަބަލަ… ” ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓި ހުރެ މޭކަޕް ކުރަމުން ދިޔަ އީލާފް ނުރުހުންވެފައި ބުނެލިއެވެ. ” އީލާފްގެ އުޅުން ހުންނަ ގޮތުންނޭ މަންމައަށް މިހެން ވާހަކަ ދައްކަން މިޖެހެނީ… ތަކުރާރުކޮށް އެވަރަށް ބުނާއިރުވެސް އީލާފްގެ އުޅުން ރަނގަޅު ނުކުރަންޏާ މަންމަ ޖެހޭނީ ލެކްޗަރުވެސް ދޭކަށްނު… ” އެނދު މަތި ތަރުތީބުކޮށްލުމަށްފަހު ހެދުންތައް އަލަމާރިއަށް ލައި އެހެން އަންނައުނުތައް ފަށްޖަހަމުން އާޒިމާ ބުންޏެވެ. ތައްޔާރުވެ ނިމުމުން އީލާފް އިތުުރު އެއްޗެކޭ ނުބުނެ ސައިބޯން ކާކޮޓަރިއަށް ދިޔައެވެ. ފަހަތުން އާޒިމާވެސް ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.








Salaam dear readers ❤️❤️❤️???… Here is the 10th part ???… Hope all will like this part too n feel free to comment your views about the story ???… Typing mistakes might be there cause ifoo proof read nukoh mi up kury avas kuran… Next part In Sha Allah Tuesday ga ???… Hope all will wait ???… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????… Love you all ❤️❤️❤️…
Am i 1….vvvvvvv reethi ingey stry….??????????????????…. Whn nxt part ifoooo…. Cnt wait????????
Cute Lips ❤️❤️❤️… Yesss dear ur first ???… Congratulations on being first ??????❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Tuesday ga ???… Hope u will wait ???… Much loves from me dear ❤️❤️❤️?????????…
Ishu ah vvv reethi mi story?????????i love this storyyy???????❤wennn next♥️????
Hama heevany kuriimathin sifa vaahen story reaad kurra time?????????❤❤???????thank u for this story??????❤asluves ishu a h vvvvvv reethi hama habeyss??????❤❤?❤?❤???????????????????❤?❤????????trying your best will come good reportttt??????❤your are my best
Ishu ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much dear for the colourful, supportive comment ❤️❤️❤️?????????… Comment kiyaalaafa ifoo v v v ufaavehje ???… Much loves from me dear ❤️❤️❤️?????????…
Yeesssss….finallyyy its here..???. Kon ireh mihaar story ah inthizaar kuraathaa.???. Miadhuves 10 varakah faharu esfiya ah vadhevjhjje story up v thw balaalan..?. Anehkkaaves bune veyny story hama best ey..???❣??. U are hama best writer i have ever seen..???. ❤❤❤?❤????????????❣?.. obiness to the max ??
Naum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… V v v ufaavey regular koh Naum story kiyaafa comment kohlaathy ???… Thankyou so much for the support ❤️❤️❤️?????????… Much loves from me ❤️❤️❤️?????????…
Am I third? Varah reethi.. Hama awsome.. Luv the story..
Rifoo ❤️❤️❤️… Dear ur fourth this time ???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much loves from me dear ❤️❤️❤️?????????…
Wonderful ?????????… Ifoo mi partvx v v v nice n intresting ingey ?????????… I love it ?????????… Ifoo ur a great ingey hama ?????????… Story kiyamun dhaairu hyvany hama kurimathin manzaruthah fennahen ehaavx furihama ???⭐⭐⭐???… Naju ah hyvany shaaif shakukuraathyve dhn ashra foohivaany hen n naail dheke like vaany hen ??????❤❤❤… Keep up the good work dear ?????????… I really appreciate your hard work ?????????… Curiously waiting for the next ?????????… Much loves ??????❤❤❤??????????????????
Naju ❤️❤️❤️… Thankyou soooooo much for the colourful, supportive comment ❤️❤️❤️?????????… I’m soooooo happy to see ur comment in every part ???… Thanks a lot ???… It means a lot for me ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????… Ur comment is soooooo nice ❤️❤️❤️…
Yesss….❤❤❤??????…Finally its here again… ❤❤❤??????…Ifoo alhe this part also awesome …❤❤❤??????….Basthah athuraalaafa huri goiy vrh furihama…Ekam ifoo buni hen eba huri baeh imlaa kuh,Ekam story ga vaa nuvaa neygi olhey gotheh nuvey….!!!❤❤❤?????….Naail and ashraa ulhey goiy v majaa …❤❤❤??????…Ekam aan ah haadha hithaama veri goiy thakekey dhw dhimaa mi vany….???…Hope he will get his love soon ❤❤❤????…Overall koh bunaanama story hama vrh vrh vrh vrh habeys❤❤❤??????…You are very telented❤❤?????….Go forward with ur fantastic work❤❤???????…THE BEST STORY…Thank you for the fantastic story…I ALWAYS SUPPORT YOU…❤❤❤??????…When next episode dear ifoo…????Waiting for next episode????????….Miss you and much loves from me❤❤❤??????…
Don’t mind please. @lkleel thee boy ehtha?
@lkleel ❤️❤️❤️… One of my favourite reader ❤️❤️❤️??????… Again @lkeel ge colourful, v v reethi, n ehaame supportive comment eh ❤️❤️❤️?????????… Thankyou soooooo much ❤️❤️❤️?????????… I love it ❤️❤️❤️??????… Sorry dear next time balaanan mistakes aa nulaa liyeveythr… Ashraa n naail dhw… Yahh… Those two are so funny… Aan… I too feel sad for aan… So let’s hope for the best n let’s see what happens… Thanks a lot for the support ❤️❤️❤️??????… V v v v ufaavehje ehaa supportive reader eh libunyma ???… Next part In Sha Allah Tuesday ga… Hope u will wait ???… Miss you too n much more loves from me ❤️❤️❤️?????????…
Habeys… V salhi ?
Fasa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Someone..
Yes…!!! I am a boy….
What happened…???
Nothing. Heeveema I just asked. Age kihaa vareh If you don’t mind please. Are you ifoo ge friendeh?
No…Are u girl or boy…???
Tell me ur name too…
@lkeel ge comment thakun heevany ifoo akee @lkeelge friend eh hen. Ehenve hama ahaaly. I’m a girl.
Ifoo dear ❤❤❤??? Story varah loabi ?? And haadha reethi koshey huriha ehcheh sifa kohdhyfa hunnany ?? Minnu mee haadha purple kujjekey dho ?????? hehe.. And aan kiyaa hurihaa lava eh ves haadha reechey.. Hama livy ge favourite songs.. Kury faharaku kee hindi song banjaara ❤❤???? Hama varah loabi ❣❣?? And eelaaf mee kon kahala kujjehtha.. Pis pis amilla akah evves masakkatheh nukurey ?? Dhen minnu ge vaahaka dhekkyma vejje rulhi annan ??? Ifoo dear you’re so talented ❤❤???? Masha Allah ???? And dear Livy ah varah kamudhaa thankolheh ebain mi storyga kurin ves faahaga nukurevifa in.. Mi story ga varah ginain ifoo eba huri dheenee kanthakah baaru alhaafa.. Minnu ge parts thakuga ???? Komme dhuvahaku hendhunu fathis namaadhah thedhuvumaa quran kiyevumaa mamma menah help vumaa.. ???? Plus hendhunu thedhuve kuni kahaa saiboan ready koh.. Mee mihaaru ge girls ah varah bodah dhaskohdheyn jehifa oi kameh.. ??❤❤?? And ifoo dear story through koh mi msg pass kurun aee hama eh vanaige idea eh ngey.. ??❤❤???? Waiting for next part.. Love you ❤❤????????❣❣??????????????
Awwwwnn❤️❤️❤️???… Livy ❤️❤️❤️… I was waiting for your comment ???… Thankyou soooooo much dear for the colourful, supportive comment ❤️❤️❤️?????????… V v v ufaavehje story ehaa reethi vefaa plus ifoo dhemun dhaa messages thah Livy ah faahaga veema ???… It really means a lot for me dear ???❤️❤️❤️… Mihaaru ge gina kudhin ge ulhun egothah hunnaathy aslu ifoo story ga ehen himanan visnee… Story kiyaaleema e kudhinnah e messages thah faahaga vyma they might change their behaviour ???… Yahh… Minnu ge favourite colour akee purple ???… So her room n most of the things she uses is in purple colour ???… Dhn songs dhw… Aee hama ifooge vx favourite list ga include vaa lava thah ???… V v v ufaavehje Livy ah kamudhiyaima n sifakurunthah reethikan faahaga kohleema v v v ufaavehje ??????❤️❤️❤️… Dhn eelaaf v lazy dhw… Hehhe… Once again thankyou soooooo much my favourite livy ❤️❤️❤️?????????… Livy akee ifoo ge one of the best reader n supportive reader ???❤️❤️❤️??????… Much more loves from me dear Livy ❤️❤️❤️?????????…
Ehentha…Story reethi kamun aee…Nd i want support her…This is one of my favourite story…Ehenve aee…Nudheken aee massala eh kamakah.Can i be ur friend some one…???
Actually I’m ifoo ge friend eh. Not so close. Ifoo ge faraathun ingunu @lkeel ge faraathun v supportive comments thakeh libey kan. Dhn I thought you might be a friend of her. Ifoo is a good friend of mine.
Ehentha ..Want become a friend of you and her….Can i …???
You can request for my number admin ah message kohlaafa…
someone please tell me your island
Ifoo dear you are so talented ??Mi eelaaf mee kihineh ulhey kuhhjeh .?minnu hn ulhen dhaskohba eelaaf ves?minnu mee best?????when next???
Queen ❤❤❤… Thankyou soooo much dear ❤❤❤?????????… v v v ufaavehje ???… Eelaaf dhw… yahh minnu gothashey dhw ulhenvee eelaafvx… hehehe… next part In Sha Allah maadhama ???… much loves from me ❤❤❤?????????…
Tell me yours someone…??? ,I will tell you
I’m from male… Please tell me someone ur island…
@lkeel n someone… mithanuga story aa behey gothun comment kurun ingey ragalhee… personal conversations nukurun ragalhee… hope you will understand…
Ifoo dear rory v reethi ingey..???? Bxy kamun comment nukureveny.. but gavaaaidhun story kiyan..?❤?? Keep up the good work.. ???? All the best and Lotxx of lurrv frm me…❤❤????
Maayu ❤❤❤… I m soooo happy to see ur comment after so many days ???… v v v ufaavehje ???… Thankyou soooo much ❤❤❤?????????… Ehaa busy koh ulhemunvx story regularkoh kiyaalaathy v v v bodah thanks dear ❤❤❤?????????… much more loves from me ❤❤❤?????????
Ifoo dear.. Mayyu beynun vejje dearge varah bodu helpeh.. Hw can I contact you dear???
Maayu ❤❤❤… Admin gaathu ifooge number ah request kohlaa… dear ge number libunuhaa avahakah ifoo message eh kohlaanan
Some one ge real name aky kobaa tha…??
Someone aa friend vaan beynun…???
varah varah varah loabi vaahaka hama as usual it was the best
grt work ifoo waiting for next part
was bxy these days ehenvegen vaahaka kiyaalanvx milibuny
i was too late dhw sry
but mi partvx just fab 🙂
Unique ❤️❤️❤️… Finally I got your comment ???… V v v ufaavehje ???… Thankyou soooooo much dear for the support ❤️❤️❤️?????????… Ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma v v v bodah thanks n v v v ufaavehje ifoo ❤️❤️❤️?????????… It’s ok lahun viyas story kiyaalaafa comment eh kohlyma ???… I can understand ???… Ifoo vx hama v bxy midhuvaskolhu ???… Much loves from me dear ❤️❤️❤️?????????…
Ya your great????????❤writer trying your best will hep bieng 1?????????????❤ishu a h varah kamudheyyy mistory???????❤❤❤ekamu vrh foohi ashra and saaif ulhey gothun ?????❤❤?????dhen eelaaf ge lazy moood ssss?????❤❤minnu and aloof nice akamu aan ah ehaalu jahsaakah nuvaanen??????❤?????azeema haadha bura vaane dhoa eelaaf work kuramun eben work kuran?????❤❤????????ashooo ah ehen nabadhaaaaa pls pls pls i am waiting for next part ????❤????????when next???????❤❤❤your best writer and vvvvvvvvv molhu writer thanks lots ifooo thikuraa work ah saaaabahey ????????❤❤❤????????????dhen kihineh baa vaany ????????????????❤waiting for 11 part???????❤minnuge faviroute kulaky purple dhw ??i also like purple???????????????❤and blak????????????much love from meee
Us your write I also want tells thsease word☺????????❤????
Wow Ishu your comment is soooooo colourful ❤️❤️❤️???… I loved it ❤️❤️❤️?????????… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Thidhey support ah v v v bodah thanks ❤️❤️❤️?????????… Now next part kiyaaleveyne ???… Much more loves from me dear ❤️❤️❤️?????????…
ifa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Much more loves from me dear ❤️❤️❤️?????????…
You are my favirout
Awwwwnn ❤️❤️❤️???… Thankyou soooooo much manhaaaa ❤️❤️❤️?????????… Ifoo v v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…