Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….9ވަނަބައި

rishu Level 110 Stories
December 19, 2018 One Min Read
6 Comments

***އެއްހަފްތާފަސް***

ފޯނު ރިންގުން އަރިޔާގެ ނިދި ހަލާކުވިއެވެ. ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ފޯނަށް ނަޒަރު ހިންގާލިއެވެ. ނުދަންނަ ނަމްބަރަކުން ގުޅާތީ އަރިޔާ އަޅާނުލާ ނިދަން އޮށޯތިއެވެ. ފަސްވަރަކަށް ސިކުންތަށް ދިގުދެމިގެން ދިޔަ ފޯނު ރިންގް ހަމަހިމޭންވިއެވެ. ދެން އައީ މެސެޖްއެކެވެ. އަރިޔާ ފަރުވާ ކުޑަގޮތަކަށް މެސެޖްކިޔަމުން އޭނާ ހުއްޓުން އެރީ އޭނާގެ އުފަންބައްޕަގެ ނަން ލިޔެފައި އޮތުމުންނެވެ. އަރިޔާ ވަގުތުބޭކާރުކުރުމެއްނެތި އެނަމްބަރަށް ގުޅާލިއެވެ. އެކޮޅުން ފޯނުނެގުމާއެކު އަރިޔާ އެއީ ކާކުތޯ އެހިއެވެ.ޖަވާބުދިނުމުގެ ބަދަލުގައި ކުރި ސުވާލެކެވެ.” ތީ އާހިލް އާއި ރައިހާނާގެ ދަރިފުޅުތަ؟” އަރިޔާއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. “ބިރު ނުގަނޭ…މި އައިންތުދައްތައޭ.. އަރިޔާކައިރީ މަސައްކަތްކުރަން އުޅުނީމެއްނު ދައްތައެއް” އައިންތު އަރިޔާ ބިރުގަނެފައި ހުރިކަން އެނގުނެވެ. “އައިންތަ؟؟؟؟….ދައްތައަށް ކިހިނެއް އަޅުގަނޑުގެ ނަމްބަރު ލިބުނީ؟؟… މަން…”އަރިޔާ ލޮލުން ރޮވުނެވެ.” ޝްޝް…. ދައްތައަށް އެނގޭ ވީ ގޮތް…ދައްތަމިއުޅެނީ ފިލައިގެން… ދައްތައަށް އެނގޭ އެރޭ ވީގޮތް… އެކަމް ދައްތަބޭނުންވޭ ކޮއްކޮ މާލެއަށް އަންނަން…އޭރުން ކިޔާދެވޭނެ ވީގޮތް” އަރިޔާއަށް ވިސްނުނެވެ.” ލައްބަ…އަޅުގަނޑު ބަލާނަން ވީހާވެސް އަވަހަކަށް މާލެދެވޭތޯ” އަރިޔާ އެހެންބުނުމަށްފަހު ފޯނުބޭއްވިއެވެ.  ބާލީހުގައި ލެގިލަމުން އަރިޔާ ފުންނޭވާއެއް ދޫކޮއްލިއެވެ. ނިދިވަނީ އޭނަގެ ލޮލުކުރިމަތިން ގެއްލިފައެވެ. އޭނާގެ ސިކުނޑި ފުރިފައިވަނީ މާޒީންއެވެ. އެއި މީގެ ބާރައަހަރު ކުރިންނެވެ.

***********

“ދޮންތީ…ކީއްވެ ރޭގަނޑުގަޑީގައި ޕާކަށްދާން؟” މައުސޫމް ގޮތަކަށް އުމުރުން 8އަހަރުގެ އަރިޔާ އޭނާގެ ދޮންދައްތަ އަލްވާގާތު އަހާލިއެވެ. “ދޫނީ…. ދުނިއެއްނޫންތަ ދޮންތިގާތު ބުނީ ޕާކަށް ދާންހިނގާށޭ މިއަދު ހަވީރު….” ކޮލުގައި ހިފާލަމުން އަލްވާ ލޯބިން ބުނެލިއެވެ.”އެކަމަކު…ދޮންތީ..ކޮއްކޮއަކަށް ނުކެރޭނެ ބައްޕިއާއި ނުލާދާކަށް… ބައްޕީ”އަރިޔާ އަލްވާ ގާތުނުހުރެ ދުއްވާގަތުނީ އާހިލްގެ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ކޮޓަރިއާ ހަމައަށް ދިޔުމުގެ ކުރިން މިހާކު އޭނާގެ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އަރިޔާ ގަދަ ދައްކަމުން ދިޔައެވެ. “އަރިޔާ…. ދޮންތިއާއި އެކު ދާން ބޭނުންތަ ޕާކަށް؟؟” ނުލަފާގޮތަކަށް ހިނިތުންވެލަމުން އަލްވާ އަރިޔާއަށް ބަލާލިއެވެ. “މިއަދު ދޮންތި ޕާކަށްވުރެ ރީތި ތަނަކަށް ގެންދާނަން” “ކާރާއި ދިމާލަށް” އަލްވާގެ އަޑަށް އެމީހަ އަރިޔާގޮވައިގެން ކާރަށް އެރިއެވެ.

އެމީހާއެކު އަލްވާވެސް ކާރަށް އެރިއެވެ. އަލްވާ ފޯނުނަގައި ގުޅާލީ އޭނާގެ މަންމަ އަމީރާއަށެވެ..”މަންމާ… މަންމަ ބުނިގޮތަށް މިކަންކުރަނީ…..ލައްބަ” ޝައުޤުވެރިކަމެއްނެތި އަރިޔާއަށް ބަލާލިއެވެ. “ދޭ….” ކާރު ދުއްވަން އިންމީހާއަށް އަމުރުވެރި ރާގަކަށް ބުނެލިއެވެ. އޭރުވެސް އަރިޔާ ގަދަ ދައްކަމުން ދިޔައެވެ. ނާކަމިޔާބުވުމުން އަރިޔާއަށް ރޮވެން ފެށުނެވެ. ކުއްލިއަކަށް ކާރު ބްރެކިޖެއްސުމާއެކު އަރިޔާ ހިފަހައްޓާގެން ހުރި މީހާގެއަތުން އަރިޔާ ދޫވިއެވެ. ފުރުސަތުގެ ބޭނުންހިފާ އަރިޔާ ކާރުން ފޭބިއެވެ. “ކޮއްކޮ…” އަންހެނެއްގެ އަޑަށް އަރިޔާ ބަލާލިއެވެ. އަރިޔާއަށް އެކާކުކަން ނޭނގުނަސް މިއަދު އޭނާސަލާމަތްވީ އެމީހާގެ ސަބަބުންކަން އެ ޅަސިކުނޑިއަށް ނަގާގަނެވުނެވެ. “ދައްތާ… ” އެ އަންހެނާގެ އަތުގައި ހިފާލުމަށްފަހު އަރިޔާ ދުއްވާގަތުނެވެ.

އަރިޔާމެން ފަޅުގެއަކަށް ފިލަން ވަދުނެވެ.”ދައްތާ…ޝުކުރިއްޔާ” “ކަމަނާ…ކީއްވެތިހެން ތިބުނީ؟” އެމީހާ އޯގާތެރިކަމާއެކު އަރިޔާ ބޮލުގައި ފިރުމާލިއެވެ.” އެމިީހުން އުޅުނީ އަޅުގަނޑު މަރާލަން… ދައްތަ ކާރު ކުރިމައްޗަށް ނޭރިނަމަ….” އަރިޔާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން  އަރިޔާ އަޒުރާ ގައިގައި ބައްދާލިއެވެ.”ދެން ކޮބާ ކަމަނަ މަންމަ؟” އަޒުރާ އަރިޔާ ގާތު ސުވާލުކުރިއެވެ.” އަޅުގަނޑުގެ މަންމަވީ ނިޔާވެފައި އަޅުގަނޑު ވިހެއުމުގެ ތެރޭ” އަރިޔާ ނޭފަތް ދަމާލަމުން ބުނެލިއެވެ.’ ދައްތައަށް ކިޔަނީ އަޒުރާ..ކަމަނައަށް ކިޔަނީ ކޮންނަމެއް؟” އަރިޔާ ބޮލުގައި ފިރުމާލިއެވެ. “އަޅުގަނޑަށް ކިޔަނީ މަރިޔަމް އަރިޔާ އާހިލް” އަރިޔާބުންޏެވެ.

***********

ދެފަރާތަށް ބޯހޫރާލުމަށްފަހު އަރިޔާ ނިދަންއުޅުނެވެ. ނަމަވެސް ނިދިވަނީ ގެއްލިފައެވެ. އަރިޔާ ތެދުވެ ބަދިގެއަށް ދިޔައީ ކުރާނެކަމެއްނެތިއެވެ. ކޮފީތަށްޓެއްހެދުމަށްފަހު ކޮފީތަށި ހިފައިގެން ސިޓިންރޫމްއަށް ނުކުތެވެ. އޭނާ ހުއްޓުނީ ލެޕްހިފައިގެން ސޯފާގައި އިން އީތާން ފެނިފައެވެ. “ކީއްތިކުރަނީ؟” އަރިޔާ އީތާންގެ ކުރިމައްޗަށްވާގޮތަށް ހުރި ސޯފާގައި އިށީނދިއެވެ. “ވޯކް…” އިތާން އަރިޔާ އަށް ބަލާލުމަށްފަހު އޭނާގެ ނަޒަރު ލެޕަށް ހިންގަާލިއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހުލެޕް ބޭއްވިއެވެ.” އަރިޔާ ޖޮބެއްގަ އުޅެންތަ؟” އީތާން އަރިޔާގާތު އަހާލިއެވެ. އީތާން ކުރި ސުވާލުން އަރިޔާއަށް ތުންފަތުގައި ދަތްއެޅުނެވެ.”ނޯޕް” އަރިޔާ އިނގިލިތަކާއި ކުޅެލަމުން ޖަވާބުދިނެވެ. “ފްރޮމް ޓޮޑޭ އޮންވާޑްސް ޔޫ އާރ މައި ޕާރސަނަލް އެސިސްޓެންޓް” އީތާން ހީލަމުން ކުރިމަތީގައި ހުރި އަރިޔާއަށް ބަލާލިއެވެ.”ވަޓް؟” އަރިޔާއަށް ފުންމައިގެން ތެދުވިއެވެ.”އެކަމަކު…. އެކަމަކު…” އަރިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މާދަން ނޫން އަނެއްދުވަހު މާލެ ފުރަން މިއުޅެނީ…ބީ ރެޓީ” އީތާން އަރިޔާ އަތުން ކޮފީތަށި އަތުލުމަށްފަހު ތަށި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގާގަތުނެވެ.”މާދަން ޖޮބް އަށް ނުކުންނާތި… ހެނދުނު ސާރވް މީ ކޮފީ” އީތާން ކޮޓަރިން ބޯ ދިއްކޮށްލުމަށްފަހު ބުނެލިއެވެ. “ދެޓް އިޑިއޮޓް…އާހް” އަރިޔާ ގާތަށް ރުޅިއައެވެ.” އޭތް ކޮބާ މަގޭ ކޮފީތަށި؟” އަތުގައި އޮތް ކޮފީތަށި ވީނުވިއެއްނޭނގި ގެއްލުމުން އަރިޔާ ކޮފީތަށި ހޯދަން އުޅުނެވެ. “އޭނާ…” އަރިޔާގެ ކޮފީތަށި ގެންދިޔަކަން އެނގުމުން ދެއަތުން ބޮލުގައި ހިފަހާއްޓާލެވުނެވެ. އިތުރަށް އެއްވެސް ސިކުންތެއް ބޭކާރުކުރުމެއްނެތި އަރިޔާކޮޓަރިއަށް ވަދުނެވެ

********

ފޯނު ރިންގުވާތީ އަރިޔާ ކަންނެތްގޮތަކަށް ފޯނުނަގާ ހަލޯއޭބުނެލިއެވެ.”އަރިޔާ އިޒް ދިސް ވަޓްޔޫ ޑޫ އޮން ޔުއާރ ފަސްޓް ޑޭ އޮފް ޔުއާރ ވޯކް؟” އީތާންގެ އަޑުން އަރިޔާގެ ކަންނެތްކަން އެކީ އެއްފަހަރާ ފިލައިގެންދިޔައެވެ.”ކޮފީ މިހާރު” އަރިޔާއަށް ވާހަކަދައްކަން ފުރުސަތުނުދީ އީތާން ފޯނު ބޭއްވިއެވެ. އަރިޔާއަށް ހުރެވުނީ އަނގަ ހުޅުވާގެން އަނގަލައްޕަން ނޭނގިފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 9

Next

މާޒީގެ ޞަފްޙާތައް (2 ވަނަ ބައި)

Next
December 20, 2018

މާޒީގެ ޞަފްޙާތައް (2 ވަނަ ބައި)

Previews
December 19, 2018

ވިންދޭ ލޯބި ތީ އެދޭ 9

6 Comments!

  1. Cute Lips says:
    December 20, 2018 at 7:12 pm

    Thankolheh dhigu koh dheebaa.. V reethi.. Ekm kuru v ma …. V avs nimun leh…

  2. yaa says:
    December 20, 2018 at 7:40 pm

    wow. nice. ekm thankolheh dhigukoh avahaa next part up kohla dheeba

    1. rishu says:
      December 20, 2018 at 8:11 pm

      next part sundayga dhiguloh genesdheynan insha allah

  3. Xuam says:
    December 20, 2018 at 8:34 pm

    Wow.. reethi … Waiting

  4. Blue rose says:
    December 24, 2018 at 12:49 am

    Do u like korean stuff

    1. rishu says:
      December 24, 2018 at 7:23 am

      nope friend eh fonu vi pic eh eii

Comments are closed.

Next Episodeކުރުހާލެވުނޭ ތިސޫރަ މިހިތުގައި….10ވަނަބައި←


All Right Reserved!