Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުކުރާނަން މާފެއް (2)

Nashy Level 110 Stories
December 22, 2018 4 Mins Read
2 Comments

ހަވީރުގެ ހިތްގައިމުވަގުތެވެ. ދުވަހުގެ ބުރަމަސައްކަތްތައް ނިންމާލުމަށް ފަހު ގިނަ ބަޔަކު ހިތް އުފާ ކޮށްލުމަށްޓަކައި އަންނަނީ ރަށުގެ އަތިރިމައްޗަށެވެ. ކުދިވެރިން ތިބީ ދޮންވެލިގަނޑުގައި ކުޅޭށެވެ. އެކުދީންގެ ސަކަރާތް ޖެހުމާއި ހުނުމުގެ އަޑު މާދުރަށްވެސް އިވެއެވެ. ދުވަސްވީ ބައެއްމީހުން އޮށޯވެލައިގެން، އަނެއްބަޔަކު އިށީދެލައިގެން ތިބީ ހޮޅުއަށީގައެވެ. އެމީހުންތިބީ އެމީހުންގެ ވާހަކަތަކުގައެވެ. ނިޝްޔާއާއި އޭނާގެ އެކުވެރިން ތިބީ އެހެން އެންމެނާއި ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުގައި އިށީދެލައިގެންނެވެ.

” ކިޔަވާވެސް ނިމުނީދޯ. ރަށުންވެސް އިތުރަށް ކިޔެވޭނެ ނަމަ. ދެން ދާން ޖެހޭނީ މާލެ. ބައްޕަ ކައިރީ ބުނަންވީ ކަންނޭގެ ގެންދާށޭ މާލެ” ވާހަކަ ދައްކަމުން ދިޔައީ ރީޝާއެވެ.

” އަހަރެން ނުވޭ މި ހިތްފަސޭހަ ރަށް ދޫކޮށްފަ ދާހިތެއް. މަންމަ ތިހުރީ މީހަކާ އިންނަވަރުވެފަޔޭ ބުނީމަ މީހަކާ އިނީމަ ވީނުން” އައިޝާ، ރީޝާ ދެއްކިވާހަކަޔާ ދެކޮޅުހެދިއެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރަކު މާލެ ގޮސްފައެވެ. އެއިން ކޮންމެ ފަހަރަކުވެސް މާލެވަނީ އައިޝާއަށް ފޫހިތަނަކަށް ވެފައެވެ.
ރަށްފުށުގެ ދިރިއުޅުމުގެ ފަސޭހަކަން އެގެނީ މާލެދެވުނީމައެވެ. މާލޭގެ ކާރޫ ބާރޫ ބޮޑުމަގުތަކުގައި ހިނގަންޖެހުމުންނެވެ. ހިރަފުހާއި ދުއްވާއެއްޗެހީން އަރާދުންތަކުގެތެރެއަށްނޭވާލާންޖެހުމުންނެވެ. ރަށްފުށުގައި އަގަކާއި ނުލައި ލިބެމުންދިޔަ ހިދުމަތްތަކަށް އަގު ދައްކަން ޖެހުނީމައެވެ. ނަމަވެސް އެތަނަށް ނުގޮސްވެސް ވާކަށް ނެތެވެ. ފުރިހަމަ ތައުލީމެއް ބޭސްފަރުވާއެއް ލިބެން އޮތީ އެތަނުގައެެވެ. މާލެ ހިޖުރަކުރަމުންދާ މީހުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދަނީއެހެންވެއެވެ. ރަށުގެ ހިތްފަސޭހަ މާހައަލު ދޫކޮށްލަން މަޖުބޫރުކުރަނީ ރަށްރަށުގައި ލިބެން ނެތް އަސާސީ ހިދުމަތްތަކެވެ.

” މަށަކަށް ނޭގެ ތި މާލެއެއް އޮންނަނީ ކިހިނެތް ކަމެއްވެސް. ތިނޫން ކޮންމެވެސް އެހެން ވާހަކަ އެއް ދައްކަން ވެއްޖެއެއްނުން” ނިޝްޔާ އިނީ ކޮންމެ ދުވަހަކު އެ ދައްކަން ފަށާ ވާހަކައަކުން ފޫހިވެފައެވެ.

” ހިނގާބަލަ މާދަމާ މޫދަށް އެރިލަން” ނިޝްޔާ ވާހަކަ ބަދަލުކޮށްލިއެވެ.

” އަނބު މަޖާ ހަދައިގެން ދޯ އަންނާނީ. އަހަރެމެންގޭ ގަހުގަ އެބަހުރި ވަރަށް އަނބު އަޅާފަ.” ރީޝާ ކުރިން ދައްކަމުން ދިޔަ ވާހަކަ ވެސް ހަދާން ނެތުނު ކަހަލައެވެ.

****

ނިޝްޔާއަކީ ރަށުގައިވެސް ރީތިކަމަށް މަޝްހޫރު ކުއްޖެކެވެ. ދޮންމޫނަކާއި ކަޅުފަން އިސްތަށިގަނޑުގެ ޖާދޫގައި އެތައް ޒުވާނުންނެއް ވަނީ ޖެހިފައެވެ. އެތަކެއް ހުށަހެޅުމެއް މިހާތަނަށް ވަނީ ލިބިފައެވެ. ނަމަވެސް އޭނާގެ ހިތާއި ހަމައަކަށް އެއްވެސް މީހަކަށް ވާސިލްވެވިފައެއް ނެތެވެ.

ނިޝްޔާއަކީ އެންމެ ފަގީރު މީހުންގެ ލިސްޓުގައި ނުހިމެނުނު ކަމުގައިވިޔަސް އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިއަދާއި ހަމައަށްވެސް ދިރިއުޅުނީ މަންމަ ނައީމާގެ ހިތްމަތާއި މިންނަތުންނެވެ. މަންމަ ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިންނެވެ. ބައްޕަ އާތިފް ނިޝްޔާމެން ދޫކޮށްފައި ދިޔަފަހުން މަންމަ އެހެން ކައިވެންޏެއް ކުރާކަށް ހިޔާލެއް ނުކުރެއެވެ. ދިރިއުޅުމުގައި ކުރެވުނު ހިތި ތަޖުރިބާ އަލުން ކުރަންޖެހިދާނެކަމަށް ހީކުރެވެނީއެވެ.

ނައީމާއާއި އާތިފް ކައިވެނިކުރީ މީގެ 18 ވަރަކަށް އަހަރު ކުރިންނެވެ. އާތިފަކީ ރ.އަލިފުށީ މީހެކެވެ. ނައީމާގެ ރަށް ހއ.ބާރަށަށް އާތިފް އައީ ދިވެހިބޭހެއް ކުރުމަށެވެ. އާތިފް އައިސް ހުރީ ނައީމާމެންގޭގައެވެ. މާގިނަދުވަހެއް ނުވެ ދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދިއްޖެވެ. ރަހްމަތްތެރިކަމުގެ ގުޅުން ދުވަހަކަށްވުރެން ދުވަހެއް ބަދަހިވަމުންދިޔައެވެ. އާތިފް އައިސް 3 މަސްވީ އިރު ތިބީ އެކަކު އަނެކަކަށް ވަކިން ނޫޅެވޭ ވަރަށް ލޯބިވެވިފައެވެ.
އާތިފް ބޭސްކޮށް ނިންމުމަށްފަހު ރަށަށްދާން ނިންމީ ނައީމާ އާއި ކައިވެނި ކޮށްގެން ނައީމާ ގޮވައިގެންނެވެ. ނައީމާގެ މައިންބަފައިން ނައީމާ އެހެންރަށަކަށް ފޮނުވާލަން ބޭނުން ނުވިނަމަވެސް ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅާކަށް ބޭނުމެއް ނުވިއެވެ. އަންހެން ދަރިންނަކީ މީހުންނާއި އިނުމަށްފަހު ކައިރީގައި ތިބޭނެ ބައެއް ނޫނެވެ.

އާތިފްގެ ރަށަށް ނައީމާގެ ދިރިއުޅުން ބަދަލުކޮށް އަހަރެއް ނުވެއެވެ. ނައީމާ އިނީ ބަލިވެއެވެ. ދަރިފުޅު ނިޝްޔާއަށް އަހަރު ނުވަނީސް އާތިފް އެހެން އަންހެނެއްގެ އަވައިގައި ޖެހިއްޖެއެވެ. ނައީމާއަށް އޭނާ ހަދަމުން ދިޔައީ ބޭނުން ގޮތެކެވެ. ނައީމާއަށް ކެތްކޮށްގެން އިނުން ނޫން އެހެން ގޮތެއް ނެތެވެ. އޭނާ އެއިނީ ބީރައްޓެހިރަށެއްގައެވެ. އާއިލާ މީހެއް ގާތްތިމާގެ މީހެއްވެސް ނެތެވެ.
އެންމެފަހުން އާތިފް އެމީހާއާއި އިންނަންވެގެން ނައީމާ ވަރިކޮށްލީއެވެ. ދަރިފުޅު ގޮވައިގެން ނައީމާ އައީ ރަށަށެވެ. މިއަދާއި ހަމައަށްވެސް ނިޝްޔާގެ އެއްވެސް ހަބަރެއް އާތިފް ނުބަލައެވެ.

******

ހުކުރުދުވަހެވެ. ފުދޭވަރަކަށް ވައިޖެހޭ ހިތްގައިމު ދުވަހެކެވެ. އެއީ މޫދުގެ ދިޔަވަރުވެސް ބޮޑުވާން ފަށައިފައިވާ ވަގުތެވެ. ނިޝްޔާމެން ތިބީ މޫދަށް އެރެން އައިހެވެ. މޫދަށް އެރުނީ ގެއިން މޮޑެގެން ގެނައި މަޖާތަށިން އެއްބައި ކައިގެންނެވެ. މިއީ ރަށްފުށުގައި ދިރިއުޅުމުގައި އެންމެ ހާއްސަ އެއްކަންތަކެވެ. އާއިލާ އެކީގައި އާއި އެކުވެރިންނާއެކު މޫދަށް އެރުމުން ގުޅުންބަދަހިވެއެވެ. މި ގޮތައް މޫދަށް އަންނައިރު އަންނާނީ މަސްބަތް ނޫނީ މަޖާކަހަލަ ކޮންމެވެސް އެއްޗެއް ހިފައިގެންނެވެ. ދުވަސްވީ މި އާދަ މިހާރުވެސް ބައެއް ރަށްރަށުންފެންނަމުންދެއެވެ.

” ނިޝްޔާ ތިހާ ބޭރަށް ނުދޭބަލަ. ” އައިޝާ މިހެން ބުނިނަމަވެސް ނިޝްޔާ ފަސްއެބުރި ބަލާވެސް ނުލާ ކުރިއަށް ފަތައިގަތެވެ. އޮޔާ އަންނަމުންދާ އެއްޗަކާއި ދިމާއަށެވެ. އެއީ ފުޅިއެކެވެ. ނިޝްޔާ އަށް ފުޅިއާއި ހިސާބަށް އާދެވުނު އިރު ހުރީ ވަރަށް ދުރަށް އާދެވިފައެވެ. އައިޝާއާއި ރީޝާ އަންނާށޭ ކިޔައި ހަނާއަޅަމުން ދަނީއެެވެ. ނިޝްޔާ ފުޅި ނަގާ ދައްކާލިއެވެ.

ނިޝްޔާއަށް އެއްގަމަށް އާދެވުނުއިރު ހުރީ ވަރުބަލިވެފައެވެ.

” ތީތި ބަލާތަ ތި ދިޔައީ.. އަހަރެމެން މިތިބީ ބިރުން ހަލާކުވާވަރުވެފަ” ރީޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

” މީ އާދައިގެ ފުޅިއެއް ނޫނޭ.. ހިނގާބަލަ މީގަ އޮތް ކަރުދާސްކޮޅު ނެގޭތޯ އުޅެން” ނިޝްޔާ ފުޅީގެ މަތި ނެގޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.

” ޕިސް.. ތީގަ އޮތީ ކަރުދާސް ކޮޅެއް ނުން.. ރުފިޔާ ގަނޑެއް އޮތްމަވެސް މަ އުޅުނީމުސް ތި ނަގަން ” ނިޝްޔާއަށް މަތި ނުނިގެން އުޅޭތަން ބަލަން ހުރެފައި ރީޝާ ބުންޏެވެ.

“ހެހެހެ. ދީބަލަ މަ އަތަށް.. ތި ފުޅި ތަޅާލާަފަވެސް ނަގާ ދީފާނަމޭ.” އައިޝާހެމުން ބުންޏެވެ.

” މަ ނޫޅެން ތީގެން އެކަކު އަތަށްވެސް ދޭކަށް.. ގެއަށް ގެންގޮސްފަ ނަގާނީ ދެން. ހިނގާ ގެޔަށް ދާން” ނިޝްޔާ ފުޅި ރީތިކޮށް ފޮހެލަމުން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ.

********

ނިޝްޔާ ގެއަށް ވެދެފައި ފުރަތަމަވެސް ބެލީ ފުޅި މަތި ނެގޭތޯއެވެ.

” ދަރިފުޅާ ދޭބަލަ ފެންވަރަން ހުކުރު ވަގުތު ނުވަނީސް” މަންމަ އަށް ބަދިގޭގެ ހެދިފައި ބާގަޑަކުން ނިޝްޔާ އައިތަން ފެނިގެން ނިޝްޔާއަށް އިވޭ ވަރަށް ބާރަށް ބުންޏެވެ.

” މިދަނީ ފެންވަރަން” ނިޝްޔާ ގިފިއްޔަށް ވަނީ ފުޅި ހިފައިގެންނެވެ. ފެން ދާންޏެއް ނެގުމަށް ފަހު ރީތިކޮށް ފުޅިން ލޮނު ފިލުވާލިއެވެ. ރޯނުގައި ހިއްކަން އަޅާފައި އިން މަންމަގެ ލިބާހުން ފުޅީގެ މަތިގަނޑުގައި ހިފާ ދެތިން ފަހަރަކު އަބުރާލުމާއެކު މަތި ނެގިއްޖެއެވެ.

ނިޝްޔާ ފުޅީގައި އޮޅާލާފައި އޮތް ކަރުދާސް ކޮޅު ނަގާ ނިޔުޅާލިއެވެ.
ކަރުދާސް ކޮޅުގައި ވަނީ މިހެންނެވެ. ” އަހަރެންގެ އެކުވެރިޔަކަށް ވެދޭށެވެ. ގުޅާނެ އިރެއްގެ އިންތިޒާރުގައި ހުރީމެވެ”. ކަރުދާސްކޮޅުގެ އެންމެ ތިރީގައި އިނީ ފޯނު ނަންބަރެކެވެ. އެއްވެސް ނަމެއް އިންތޯ ނިޝްޔާ ކަރުދާސްކޮޅުގެ ދެފުށް ބަލައިފިއެވެ. ނިޝްޔާ އަވަސް އަވަހަށް ފެންވަރާލައިގެން ނުކުމެއްޖެއެވެ. ރީޝާމެންނަށް ފުޅީގައި އޮތް ކަރުދާސްކޮޅު ދައްކާހިތުން ހުރީ ކެތްމަދުވެފައެވެ. ނޫނެކެވެ. އެމީހުންނަށް މި ދައްކައިފިއްޔާ މަލާމަތް ކުރާނެއެވެ. މީގެ ވާހަކަ އެމީހުން އަމިއްލައަށް ދައްކަންދެން މަޑުކުރާނީއެވެ.ނިޝްޔާގެ ހިޔާލު ބަދަލުވެއްޖެއެވެ. ކޮޓަރިއަށް ވަނުމަށްފަހު ފުޅި މޭޒުމަތީގައި ބައިންދާލިއެވެ.

********

” އެއްކަލަ ފުޅިދޯ މި އިނީ” ނިޝްޔާގެ ކޮޓަރިއަށް ވަދެވުމާއެކު ރީޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ފުޅީގައެވެ.

“ކޯއްޗެއްތަ އޭގަ އޮތީ. އަދިވެސް މަތި ނުނެގޭތަ؟ ” ރީޝާވެސް ހުރީ ފުޅީގައި އޮތް އެއްޗެއް ބަލާހިތުންނެވެ.

“ނޫނޭ މަތި ނަގައިފިން.. އޭގަ އޮތީ މެސެޖެއް.” ނިޝްޔާ ފުޅީގައި އޮތް ކަރުދާސްކޮޅު ނަގަމުން ބުންޏެވެ.

“އަސްލުވެސްތަ.. ދައްކަބަލަ ” ރީޝާ ނިޝްޔާގެ އަތުން ކަރުދާސް ކޮޅު އަތުލިއެވެ.

” މީގަ ނެތޭ ދޯ ނަމެެއްވެސް.. އެކަމަކު ހިނގާބަލަ މި ނަންމަބަރަށް ގުޅާލަން..” ރީޝާ ހުރީ ވަރަށް ފޯރީގައެވެ.

” ކީއްކުރަން.. ނޭގެ ކޮންކަހަލަ މީހެއް ކަމެއްވެސް.. އެހެން ނޫނަސް ފޯނު ބޫތައް ގޮސް ފޯނުކުރަން ހުރުމަކީވެސް ވަރަށް ފޫހިކަމެއް. މީހުންވެސް ބުނާނީ ކީކޭ” ނުދަންނަ މީހުންނާއި ވާހަކަދައްކާ ހެދުމަކީ ނިޝްޔާ އެއް އިރެއްގަވެސް ކުރާ ކަމެއް ނޫނެވެ.

” އެކަމަކުވެސް ހެވޭ.. މި މެސެޖު ލިބުނުކަން ވާނެ އެެއްނުން އަންގާލަން.. ހިގާބަލަ ދެން އެންމެ ފަހަރަކު ނަމަވެސް ގުޅާލަން.. މަ ެއަތުގަ އެބަ އޮތޭ ފޯނު ކާޑެއްވެސް. ” ރީޝާ ބޭނުންވަނީ ކާކުތޯ ބަލާލާށެވެ.

ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 10

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 41

Next
December 22, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 41

Previews
December 22, 2018

ވިންދޭ ލޯބި ތީ އެދޭ 10

2 Comments!

  1. zaara says:
    December 22, 2018 at 6:43 pm

    Haadha slw ey mi vaahaka, still v rythi

  2. Ibsha says:
    December 30, 2018 at 10:27 am

    Reethi

Comments are closed.

Next Episodeނުކުރާނަން މާފެއް (3)←


All Right Reserved!