Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާޒީގެ ޞަފްޙާތައް (2 ވަނަ ބައި)

Rifu Level 1
December 20, 2018 4 Mins Read
0 Comments

ހެނދުނު ހޭލެވުނީ ހަނާ އަށް މަންމަ ގޮވާލި އަޑަށެވެ. އަދި ހަނާ އެންމެ ފުރަތަމަ ލޯ ހިންގާލީ ގަޑިއަށެވެ. ސިހިފައި ބުންޏެވެ. “މަންމާ އަޅެ އެ އޮތް ގަޑި ޖެހުނީ އެއްނު. މަންމަ އަށް ވެސް މިއަދު ނުހޭލެވުނީތަ؟” މަންމަ ލޯތްބާއެކު ހަނާ މޫނަށް ބަލާލުމަށްފަހު ބުންޏެވެ. “ދަރިފުޅަށް ރޭގަ އަނެއްކާ ވެސް އެއްކަލަ ކަންތައް ދިމާވީ، އެހެންވެ މަންމަ ނިދަން ބޭއްވީ އޭ ދަރިފުޅު” މަންމަ އެ ކިޔާ އެއްޗެއް ވަރަށް ރަނގަޅަށް ހަނާ އަށް ވިސްނުނެވެ. އެހެނަސް ހަނާ އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަނާ އަށް ކުރިމަތިވި ހިތާމަ ތަކުން އަރައިގަތުމަށް ހަނާ ވަރަށް މަސައްކަތް ކުރިއެވެ. ލޯ މަތީ އަދިވެސް އެދުވަސްތައް އެނބުރެނީއެވެ.

ހަނާ އޮފީހަށް ދިޔައީ ނޫ ކުލައިގެ ވަރަށް ރީތި ހެދުމެއް ލައިގެންނެވެ. ހަނާ އަކީ ރީތިވުަމަށް ވަރަށް ލޯބިކުރާ ކުއްޖެކެެވެ. ހަނާ އަކީ ރީތި ނުވިޔަސް އެހާ ރީތި،ސާދާ ކުއްޖެކެވެ. ހަނާ އޮފީހަށް ވަދެގެން ދިޔައިރު ވަރަށް ގިނަ މީހުންގެ ނަޒަރުތައް ހަނާ އަށް ހުއްޓުނެވެ. ހީވާނީ ކޮންމެ ފިރިހެން ކުއްޖެއްގެ ހިތް ކަތި ލެވޭ ހެންނެވެ. އެހެން ނަމަވެސް ހަނާގެ މޫނަށާއި ހެދުމަށާއި އަދި ހަނާގެ އުޅުމަށް ކޮންމެ ދުވަހަކު ހެން ތަޢުރީފުކޮށް ހަދާ އެކަކީ ހަމޫދް އެވެ. ހަނާ ފެންނަ ކޮންމެ ފަހަރަކު ހަމޫދްގެ ހިތް ހަނާ އަށްޓަކައި ލެނބެއެވެ. ހަމޫދް ކިތަންމެ ދުވަހަކު ހަނާ އަށް ލޯބި ހުށަހަޅަން މަސައްކަތް ވެސް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ހަނާ އަށް އެކަން އިނގެއެވެ. އަދި ހަނާ އެހެންވެ ކޮންމެ ފަހަރަކު އެކަހަލަ ވާހަކަ އެއް ދައްކަން އުޅޭ ހެން ހީވަންޏާ އެތަނަކުން ދުރައްދާން މަސައްކަތް ކޮށް ވާހަކަ އޮޅުވާލައެވެ.

ނަހޫ ހަނާގެ ކެބިނަށް އައިސް ބުނެލިއެެވެ. ” ގައިމު ދެން ކީއްތަވާނީ ހަމޫދް ދައްކާ ވާހަކަ އަޑުއެހީއްޔާ؟ އޭނައަށް ހަނާ ކިހާ ކަމުދޭތަ؟ އޭނަ ވަރަށް ލޯބި ވޭ އަސްލު ހަނާ ދެކެ.” ހަނާ އެއަށް ޖަވާބު ދިނެވެ. “ކޮންމެ މީހަކު ވެސް އުޅެނީ އަހަރެން ރީތިވީމަ. ޙަޤީޤީ އަސަރު ފެންނާނީ އިނީމަ. އަހަރެން ބޭނުމެއް ނޫން މީހަކު ހޯދާކަށް. އެމީހަކު ފަހުން ހަމަ ދެރަވާން ވެސް ޖެހިދާނެ ނު؟” ނަހޫ ސަކަ ހިންޏަކުން ހިނ އައިސްފައި ބުންޏެވެ. “ދެން ހަނާ ދައްކާ ވާހަކަ ދޯ؟ އެންމެންނަށް ވެސް އިނގެޔޭ ހަނާ މީހަކަށް ގޮތެއް ނަހަދާނެކަން، އެއަށްވުރެ މީހުންނަށް ރަނގަޅު މީހެއް ތީ!” ދެމީހުންގެ ވާހަކަ ތަކަށްފަހު ނަހޫ ހަނާ ކެބިނުން ދިއުމުން ވާތު އަތުގެ ދެ އިނގިލި ދޭތެރެއަށް ގަލަމެއް ލައިގެން ކޮފީ ތަށި ތުނބުގަ ޖަހަމުން ބޭރަށް ބަލާލިއެވެ. އަދި ކުއްލިއަކަށް ކޮފީ ތަށި ބެހެއްޓުމަށްފަހު މޭޒުމަތީ އޮތް މުށި ކުލައިގެ ނޯޓް ފޮތް ނަގާ އެއްޗެއް ލިޔަން ފެށިއެވެ. ލިޔަން ފެށިތަނުން ހެން ފޯނު އެލާމްވިއެވެ. މީޓިން ގަޑި ޖެހުނީއެވެ. އަވަހަށް ފޮތް ބޭއްވުމަށްފަހު ފައިލް ހިފައިގެން މީޓިން ރޫމަށް ދިޔައެވެ.

އެވަގުތު ހަމޫދް ހަނާ ހޯދަން ކެބިނަށް ވަން އިރު ހަނާ ފެންނާކަށް ނެތެވެ. އަދި މޭޒުމަތީގައި އޮތް ފޮތެއްގެ ގަނޑުތައް ވިހުރެމުން ދާތީވެ އެ ފޮތް ލެއްޕުމަށްޓަކައި އެތެރެއަށް ވަނެވެ. ނަމަވެސް ހަމޫދްގެ ލޮލުގައި އަޅައިގަތީ އެފޮތުން ލިޔެފައިވާ އެކްސިޑެންޓް މި ބަސް ފެނުނެވެ. ހަމޫދް އެ ޞަފްޙާ ކިޔަން ފެށިއެވެ. އޭގައި ލިޔެފައި ވަނީ “އެދުވަހު (8 މެއި 2015)ގައި އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. މިއަދު މީގައި މިލިޔެވެނީ އެތަށް ދުވަހެއް ފަހުންނެވެ. އަދިވެސް އަހަރެންގެ ގައިގައި ރަނގަޅަކަށް ވަރެއް ނުޖެހެއެވެ. އެހެން ނަމަވެސް 1 އަހަރު ފަހުން މިއަދު އަހަރެން މި މަސައްކަތް ކުރަނީ ޖޯޝާ އެކީ އައިސް ރަނގަޅު މީހަކަށްވެ މީހުންގެ ލޯބި ހޯދުމަށެވެ. އެ ދުވަސް އަހަރެން ހަނދާނެއް ނުނެތެއެވެ. އެހެން ނަމަވެސް ވޭނަކާ އެކީ ވެސް އުޅެވޭތޯ މަސައްކަތް ކުރާނަމެވެ. ލޯ މަަތިން ފެންނަނީ ސައިކަލެވެ. އެ އެކްސިޑެންޓަކީ އަހަރެން ހަނދާން ނެތޭނެ އެއްޗެއް ނޫނެވެ. އަހަންނަށް ވިސްނުނީ އެންމެ އެއްޗެކެވެ. ލޯތްބަކީ ވަރށް ބާރުގަދަ އެއްޗެކެވެ. އަހަންނަށް ލޯބިވެވުނުއިރު ވަގުތު ފާއިތު ވެއްޖެއެވެ. މީހަކަށް ދެރައެއް ލިބިއްޖެއެވެ.. ހަމޫދް ކިޔަމުން ދަނިކޮށް މީހަކު އަންނަ އަޑު އިވުނު ހެން ހީވިއެވެ. އެ ޞަފްޙާގެ ކުރީ ތާރީޚަށް ހަމޫދް ބަލާލިއެވެ. އެ ޞަފްޙާގައި ޖަހާފައިވާ ތާރީޚަކީ 5 މެއި 2015 އެވެ. އަދި ހަމޫދް ކިޔަމުން ދިޔަ ޞަފްޙާގައި އޮތީ 2 ޖޫން 2016 ޖަހާފައެވެ. އަވަހަށް ފޮތް ބޭއްވުމަށް ފަހު ހަނާގެ ކެބިން އިން ހަމޫދް ނިކުތެވެ.

ރަޙްމަތްތެރިންނާއި އެކީ ކޮފީއަށް ގޮސް ވެސް ހަމޫދް އަށް ވިސްނެނީ އެ ފޮތުގައި ލިޔެފައިވާ އެއްޗަކަށެވެ. ހިތަށް އަރަމުން ދިޔައީ އެއީ ހަނާގެ ޑައިރީ އެވެ. އެކަމަކު އޭގައި ލިޔެފައި އެ އޮތީ ކާކުގެ ވާހަކަ އެއް ކަމެއް ނޭނގުމުން އެކަމާ ވަރަށް ވިސްނެއެވެ. އަދި ހިތުގައި އޮތީ ހަނާ ވެސް މީހެއް ދެކެ ލޯބިވަނީތާއެވެ. އެމީހާ މަރުވީބާއެވެ؟ މިކަހަލަ ކިތަންމެ ސުވާލެއް ހިތަށް އެރިއެވެ. އަދި ހަނާ އަށް ކީއްކުރެވުނީބާ އޭ ވެސް ހިތަށް އެރިއެވެ. ތިން ހަތަރު ދުވަސް ވީ އިރު ވެސް މަޖާ ކޮށް ސަކަރާތް ޖަހާ ހަމޫދް އިންނަނީ މަޑުންނެވެ. ޚިޔާލު ތަކަކަށް ގެއްލިފައެވެ. އެއްވެސް މީހަކާ އެހާ ވަރަކަށް ވާހަކަ އެއް ނުދައްކައެވެ. އޮފީސް މީހުން މިކަމާ އޭނަ އާ ދިމާ ކޮށް ވެސް ހަދައެވެ. ހަމޫދް ހަނާގެ ކެބިަނަށް ފައިލް އެއް ދިނުމަށް ވަނެވެ. އަދި ފައިލް ދީފައި އެއްވެސް އެއްޗެކޭ ނުބުނެ ދިޔައެވެ. ހަނާ އެކަމާ ކުޑަކޮށް ދެރަވިއެވެ. އެހެން ނަމަވެސް ހަނާ އެދުވަހު އަޅައެއް ނުލައެވެ. ކޮންމެ ދުވަހަކު ވެސް އަބަދުވެސް ހަނާ އަށް ތަޢުރީފުކޮށް ފްލަރޓް ކޮށް ހަދާނެއެވެ. މިގޮތަށް ކިތަންމެ ދުވަހެއް ހިނގައްޖެއެވެ. ހަނާ ހަމޫދް އާއި ވާހަކަ ދައްކަން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު ހަމޫދް އެހާ ގަަޔާ އެއް ނުވިއެވެ. އެކަމަކު ހަނާ އަށް މިހާރު ހަމޫދް އާއި ދޭތެރޭ ވަރަށް ވިސްނެއެވެ. ހަނާގެ ހިތް ހަމޫދް އަށް އެބަ ލެނބެއެވެ. ހަނާ، ހަމޫދް ގާތަށް ގޮސް ވަރަށް ސަކަރާތް ޖަހަން އުޅެއެވެ. އޮފީސް މީހުންނަށް ވެސް މި މަންޒަރު ފެނެއެވެ. އަދި ހަނާ ހަމޫދް ގޮވައިގެން އެއްދުވަހު ބްރޭކް އަށް ކާން ވެސް ދިޔައެވެ. ހަނާގެ އެދުމަކަށް ހަމޫދް ދިޔައީއެވެ. ހަމޫދް މިހެން ކޮންމެ ދުވަަހަކު ކާން ގޮސް، ހަނާ ގެއަށް ލާދީ ވެސް ހަދައެވެ.

ހަމޫދް އަށް މިހާރު ހީވަނީ ހަނާ ހަމޫދް އަާއި ކަިއރި ވާހެންނެވެ. ހަމޫދް މިކަން ހިތަށް އަރާފައި ލަދު ރަކި ހިންޏެއް އައެވެ. ހަނާގެ ފޯނަށް މެސެޖެއް އައެވެ. ހަނާ މެސެޖު ހުޅުވާލި އިރު މެސެޖު ގައި އޮތީ “ވަރަށް ރީތިވެގެން މިރޭ 20.00 ޖަހާއިރަށް ބޭރު ދޮރުމައްޗަށް ނިކުންނަޗޭ.” ހަނާ މެސެޖުގެ ކޮންޓެކްޓްއަށް ބަލައިލި އިރު މީ ހަމޫދް ފޮނުވާފައި އޮތް މެސެޖެކެވެ. ހަނާ ވަރށް އުފާވިއެވެ. އަދި ލަދުން އޮޅުނެވެ. ހަނާ ހަމޫދް ދެކެ މިހާރު ވަރަށް ލޯބިއެވެ. ޚިޔާލުތަކުގައި ހުރެގެން ހަނާ ހެދުން އިސްތިރިކޮށް ރީތިވާން ފެށިއެވެ. އަދި ހަނާގެ މަންމައަށް ވެސް ހަނާގެ ހިނިތުންވުން ފެނުނެވެ. ވަރަށް ޒަމާނަށްފަހު އެވެ. ހަނާ މޭކްއަޕް ކުރަން ހުރެފައި ޚިޔާލު ތަކަކަށް ގެއްލުނެވެ. ހަމޫދް ހަނާ ބަލާ 20.00 ޖެހިއިރު އައިސް ހަނާގެ ފޯނަށް ވަރަށް ގުޅިއެވެ. ފޯނު ނުނެގުމުން ނަހޫ ގާތު ވީގޮތެއް އޮޅުން ފިލުވުމަށް އެންގިއެވެ. ނަހޫ ހަމޫދް ގާތު ބުނީ ރެޑީ ވާން އިނދެފައި އާދައިގެ ހެދުމެއް ލައިގެން ހަނާ 19.30ހާއިރު ބޭރަށް ނިކުތް ކަމަށެވެ. ހަމޫދް ހަނާގެ އިންތިޒާރުގައި ވަރަށް ގިނަ އިރު ހުރެ، ފޯނަށް ގުޅާ ފޯނު ނުނެގުމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

Share Article

Follow Me Written By

Rifu

Level 1

Fan of Dhivehi stories

Other Articles

Previous

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….9ވަނަބައި

Next

ހަދިޔާ (ސޯޅަވަނަ ބައި)

Next
December 21, 2018

ހަދިޔާ (ސޯޅަވަނަ ބައި)

Previews
December 19, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….9ވަނަބައި


All Right Reserved!