“އަހަރެން ޤަބޫކުރަން އަހަރެންމީ ދޮގުވެރިއެއްކަން…ޝިފްނާ ތީ އަހަރެންގެެ އެންމެ ފުރަތަމަ ލޯބިވެރިޔާ ކަމަށް ބުނެ ދޮގުތަކެއް ހެދިން…ޝިފްނާ ނޫން އެހެން އަންހެން ކުއްޖަކު އަހަރެންގެ ޙަޔާތައް ނާންނަކަމަށް ބުނެެ އަހަރެންގެެ ލޯބީގެ ފަލްސަފާ ޝިފްނާއަށް ސިއްރުކުރިން…” މަޑުމަޑުން އައިސް ޝިފްނާ އާއި ދާދި ކައިރީގައި އިށީންނަމުން, މަޑުމައިތިރި ކަމާއިއެކުު ޝިފްނާގެ އަތުގައި ހިފާލުުމަށްފަހު އަޒީލް ވާހަކަ ދައްކަންފެށިއެވެ. އަޒީލްގެ ފުރަތަމަ ޖުމްލަވެސް ނިންމާލީ ކުށްޤަބޫލުކޮށް އެކަމަށް އިޢުތިރާފް ވާހާލުގައެވެ. އަޒީލްއާއި ޝިފްނާ ވާހަކަ ދައްކާލަން ފުރުސަތުު ދިނުމުގެ […]
ފައިޒަންއާއި އެކުގައި ކާރުގައި އިން ޔަނާލްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ފަހަތުގައި ކުލްޝޫމްވެސް އިނެވެ. ދާ ވަކިތަނެއް ނުބުނެ ފައިޒަންއާއި ކުލްޝޫމް އޭނާ ގޮވައިގެން ކާރުގައި ހެންވޭރާއި ދިމާލަށް ދަތުރުކުރާތާ ފަސްވަރަކަށް މިނިޓް ވެދާނެއެވެ. “ކޮންތާކަށްތަ މިދަނީ…” އެންމެފަހުން ނީނދެވިގެން ޔަނާލް އަހާލިއެވެ. “ވެއިޓް…. ދެން ނުވާނެ ގިނައިރެއް…” ފައިޒަން ޖަވާބުދިނެވެ. “އަޅެ މަންމައަށްވެސް ނޭނގޭތަ މިދާ ތަނެއް…” ޔަނާލަށް ނީނދެވުނެވެ. “ނަނާ……!!! ހާދަ ކެތްތެރިކަން ކުޑައޭދޯ…” ފައިޒަން ބުނެލިއެވެ. ޔަނާލް ހިމޭނުން އިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި […]
“ބައްޕާ، ބައްޕާ” ނަބާ ހާސްވެ ހުރެ ޒާހިދުގެ މޫނުގައި ޖަހާލަމުން ގޮވާލިއެވެ. ނަސީބު ރަނގަޅުކަމުން ތިންވަނަ ފަހަރު ގޮވާލުމާ އެކީ ޒާހިދު ލޯހުޅުވާލިއެވެ. ޒާހިދު ކުޑަކޮށް ތެދުވެލިއެވެ. ހަމައެވަގުތު ޒާހިދުގެ ބަނޑުގައި އޮތް އެތި ފެނި ޒާހިދު އަދި ނަބާއަށް އެކަކު އަނެއްކަކަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ******* “މި ކޯއްޗެއް؟” ބަނޑުގައި އޮތް ސީޑީ ނަގަމުން ޒާހިދު ބުނެލިއެެވެ. “ތިއެއް ނޫން. ބައްޕަ މިތާ ކިހިނެއް. ކިހިނެއްވީ” ހާސްކަމާއެކީ ނަބާ އަހާލިއެވެ. މިހެން ބުނުމާއެކީ ޒާހިދު އަމިއްލަ […]
+++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން! … (2 ވަނަ ބައިގެ ތެރެއިން) ” ކަލޭމެން މިތަނަށް އަންނަނީ މިތާ ތިބޭ މުވައްޒަފުންނާ ފޮށެންތަ؟ ކަލެއަކާ ބެހޭ ކަމެއްނޫނޭ އެއީކީ އޭނައާމަށާ ކޮންމެ ކަމެއް ކުރިއަސް! ދެން ނިކަން ކަލޭމެން އޭނައާއި ބެހިބަލަ! ވާގޮތެއް ބަލާލަން!” މިހެން ބުނުމަށްފަހު އެޒުވާނާ ކައުންޓަރަށް ފައިސާދެއްކުމަށްފަހު ކެފޭއިން ނިމުމެގެން ވަރަށް ބާރަށް ހިނގައްޖެއެވެ. އަންމަޑޭމެންވެސް އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ތިއްބެވެ. އަހަރެން އެޒުވާނާ އިން މޭޒު ސާފުކުރަން ދިޔައިރު އޭނާ […]
“ގަބޫލުކުރޭ ޒިން. އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ. އެހެން ނޫން ނަމަ ދުވަހަކުވެސް ހުވަފެނެއްގަ ނަމަވެސް ލީން އަށް ދެރައެއްދޭން އަހަރެން ހިތަށްވެސް ނާރުވާނަން. އެކަމް އަހަރެންނަށް އެދުވަހު އެހެން ކަންތައްކުރަން މަޖުބޫރުވީ ލީންގެ ފުރާނަ ސަލާމަތްކުރަން.” ރާދިން މާޒިންއަށް ކަންތައް ހިނގާދިޔަގޮތް އަކުރުން އަކުރަށް ކިޔާދިނެވެ. އަންޖަލްގެ ކަންތަކާއި އަންޖަލް އޭނައަށް މަޖުބޫރުކުރިގޮތާއި ހުރިހާ ވާހަކެއް ކިޔާދިނުމުން މާޒިން ރާދިންގެ ވާހަކަ ގަބޫލުކުރިއެވެ. “އަހަރެން ތިވާހަކަ ގަބޫލުކޮށްފިން. އެކަމް ހިޔެއްނުވޭ ތީގެން އެއްވެސް ވާހަކައެއް ބައްޕަ […]
އިރުއޮއްސެމުން އައިރު އަނދުންކުލައިގެ ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކައިލައިފިއެވެ. އިރުގެ ގަދައަލިން ދުނިޔެ މަހުރޫމްވެ އަނދިރިކަމުގެ ސާލެއް އޮޅާލިއިރު އަނދިރިކަމުން ރޭގަނޑެކޭ އެއްފަދަަވިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުންދިޔައިރު ގަސްތަށް ވަޔާ ހޫރެމުންދިޔައީ މާހައުލު ހަލަބޮލިކުރުވަމުންނެވެ. މިޔުޒިކެއްފަދައިން އެރާގު މާހައުލުގައި ގުގުމާލައިފައިވާއިރު ކުރިއަށްވުރެ މަގުތަށްމަތި ހަލަބޮލިވެއްޖެއެވެ. ފިހާރައިގެ އަސްކަނި ދޮށުގައި ނައިނާ ހުރިއިރު އިރުއިރުކޮޅާއި އުޑުމައްޗަށް ނަޒަރު ހުއްޓާލައެވެ. ކަޅު ސާލެއްްފަދައިންވާ އުޑުމަތި ފެނިފައި ވާރޭގައި ނުޖެހި ދާން އުޅޭ މަންޒިލަށް ދެވޭނެކަމުގެ ޔަގީންކަން ކުޑަވާގޮތްވިއެވެ. […]
“މަ ހެޔޮތަ؟” ރާާއިން އަދިވެސް އަލީޝާއާއި ދިމާާއަށް ބަލަހައްޓައިގެން އޮވެ ބުންޏެވެ. ބަަލައިލާ ކޮންމެ މީހަކަށް އެ ލޮލުން އަލީޝާއަކަށްޓަކައި އުތުރެމުންދިޔަ ލޯބިި ނޫން އެއްޗެއް ނުފެންނާނެކަން ޔަގީނެވެ. “ޔަގީނެންނު.” މިފަހަރުވެސް ރާއިން ހައްދަން ސަމާސާއަށް އެހެން ބުނެލި އަލީޝާ ރާއިންއަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވީހިނދު އަލީޝާއަށް ރާއިން އޭނާއަށް ބަލަން އޮތް ގޮތް ފާހަގަވެ މަޑުޖެހުނެވެ. އިންޒާރަަކާއި ނުލައި ރާއިން ކުރިއަަށް ޖެހިލާފައި އަލީޝާގެ ތުންފަތުގައި ބޮސްދިނުމުން އަލީޝާއަކަށް ހަަރަކާތެއް ނުކުރެވުނެވެ. “އޭތް އެއޮތް […]
” މި ޖަނާ ލީޝް އޭ ކިޔާފަ ބެހެނީީ” ލީވާން ބުނެލިއެވެ. ”ތި ބުނީ ހަމަަ ރަނގަޅައް މި ރެއަކީ ވަރަށް ހާއްސަ ރެއެއް ދެން ލީވާން އަކައް ނުެދެވޭނެ…”ލީމާ ބުނެލިއެވ. ލީމާ އަކީ ލީވާންގެ މަންމަ އެވެ.”ހުރިހާ ކުދިންގެ ސަމާލުކްމައް މިރެއަކީ ވަރަށް ހާއްސަ ރެއެއް މިރޭ… ދެން އޮތް ކަމައް ލީވާން އާއި ލީޝް ޖެހޭ މިކޮޅައް އަންނަން” ލީމާ އެހެން ބުނުމާއެކު ދެމީހުން އައެވެ. ”ދެކުދިންގެ ކައިވެނީގެ ވާހަކަ އެއީ ލީޝް ގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަކީ ދަރިން ލިބުމުން މަޙްރޫމް ވެފައިވާ މީހަކީމެވެ. އިންސާނަކަށް ލިބޭނެ އެންމެބޮޑެ އެއްނިޢުމަތުން މަޙްރޫމް ވުމުގައއި އަހަރެންގެ ވަރަށް ބޮޑު ކުށެއްވާ ކަމުގައި އަހަރެންނަސް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެއީ ދާއިމީގޮތެއގައި ކުދިން ލިބުމުން މަޙްރޫމް ވުމަށް އެޅި ފިޔަވަޅެއްނޫނެވެ. ފުއްގަނޑު ދޫނިތަކެއްފަދަ ލޯބިލޯބި،ކުދިން ތަންތަނުން ފެނުމުން އަހަރެންގެ މައިވަންތަކަމުގެ ލޯބި އުތުރި އަރައެވެ. އެފަދަ ލޯބިލޯބި ކުދިންކޮޅަކުން އަހަރެންގެ އުގު ފަޅުފިލާނެ ނަމައޭ ހިތަށް އަރައެވެ. އެފަދަ ކުދިންގެ […]