Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…18

Jinni Level 410 Stories100 Login100 Comments500 Login
March 6, 2019 6 Mins Read
8 Comments

“މަ ހެޔޮތަ؟” ރާާއިން އަދިވެސް އަލީޝާއާއި ދިމާާއަށް ބަލަހައްޓައިގެން އޮވެ ބުންޏެވެ. ބަަލައިލާ ކޮންމެ މީހަކަށް އެ ލޮލުން އަލީޝާއަކަށްޓަކައި އުތުރެމުންދިޔަ ލޯބިި ނޫން އެއްޗެއް ނުފެންނާނެކަން ޔަގީނެވެ.

“ޔަގީނެންނު.” މިފަހަރުވެސް ރާއިން ހައްދަން ސަމާސާއަށް އެހެން ބުނެލި އަލީޝާ ރާއިންއަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވީހިނދު އަލީޝާއަށް ރާއިން އޭނާއަށް ބަލަން އޮތް ގޮތް ފާހަގަވެ މަޑުޖެހުނެވެ. އިންޒާރަަކާއި ނުލައި ރާއިން ކުރިއަަށް ޖެހިލާފައި އަލީޝާގެ ތުންފަތުގައި ބޮސްދިނުމުން އަލީޝާއަކަށް ހަަރަކާތެއް ނުކުރެވުނެވެ.

“އޭތް އެއޮތް ލޯންޗު… އައީ….” ޖޯލި ފަހަތުން އައި އީތަންއަށް އެ މަންޒަރު ފެނި ހުއްޓެވުނެވެ.

*****************************

އީތަންގެ އަޑު އިވުމާއިއެކު ރާއިންއަށާއި އަލީޝާއަށް އެއްފަހަރައި ދުރަށް ޖެހިލެވުނެވެ. އީތަން ފެނުމާއިއެކު ރާއިންއަށް ހަމަހޭވެރިކަމެއްވީ ކަހަލައެވެ. އަލީޝާ އަވަސްއަވަހަށް ޖޯލިން ތެދުވެ، ހޮޓަލް ތެރެއަށް ވަނެވެ.

“ލޯންޗު އައީތަ؟” އެހެން ބުނެލާފައި ރާއިންވެސް ތެދުވިއެވެ. އަދި އީތަން ހޮޓަލްތެރެއަށް ވަނުމުން އޭނާ ފަހަތުން ދަބަސްތައް ބަލައި ދިޔައެވެ. ފެނުނު މަންޒަރާއި ބެހޭގޮތުން އީތަން އެއްޗެކޭ ނުބުނެއެވެ. އެކަމާ ރާއިން ހިތްހަމަޖެހުނީ އެ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. ނަމަވެސް އެ ދެމެދުގައިވީ ހަމަހިމޭންކަން އޭނާއަށް އުނދަނގޫކުރުވިއެވެ. ހިތަށްއެރި އެއްޗެއް އީތަން ބުނެލިިނަމަ މާ ރަނގަޅޭ ހިތަށްއެރީ އެހެންވެއެވެ.

ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިން އީތަންއަށް ވިސްނެމުންދިޔައީ ހިތުގައި ބިންވަޅުނެގިފައިވީ އެ މަންޒަރާއި ބެހޭގޮތުންނެވެ. އެ ހަރަކާތުގެ މާނަ އެނގުމަށް އޭނާ ބޭނުންވެފައިވިއެވެ. ނަމަވެސް އެކަމާއި ރާއިންމެންކުރެ އެކަކާއިވެސް ސުވާލުކުރާކަށް އޭނާއަކަށް ނުކެރުނެވެ.

“މަށާ ކޮން ބެހޭކަމެއް ދޯ އެ ދެ މީހުން ކޮންމެ ކުޅިއެއް ކުޅުނަސް… ރައްޓެހިވިޔަސް…” އީތަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހެނަސް އޭނާގެ ހިތަށް އާދަޔާއި ހިލާފަށް އުނދަގޫވަމުންދިޔައެވެ. އެ ވަގުތުކޮޅު ސިފަވާ ކޮންމެ ފަހަރަކު އަންނަނީ ރުޅިއެވެ. ރާއިންދެކެ އެހާ ރުޅި އާދެވުނުއިރެެއް އޭނާގެ ހަނދާނަކަށް ނައެވެ. އެ ރުޅިއާއިއެކީ މާޔޫސްކަމެއްވެސް ވަނީ ވެރިވެފައެވެ. ދުވަހަކުވެސް އިހުސާސްކޮށްފައި ނުވާ ޒާތަކަށެވެ. އެކަމާއި މާ ބޮޑަށް ވިސްނޭތީ އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވެން ފެށުނެވެ. ބޭނުންވެފައި އިނީ އެންމެ ފުރަތަމަ އަތުޖެހޭ އެއްޗެއް ތަޅާ ފުނޑުކޮށްލަންށެވެ.

ރަށަށް ލެފުމާއިއެކު އެންމެ ފުރަތަމަ ފޭބި އަލީޝާ ލޮލުކޮޅަށް ގެއްލުމުން، އީތަން ރާއިންއަށް ބަލައިލިއެވެ. އޭރު އައިސްފައި ހުރި ރުޅިގަނޑު ބާލަން ބޭނުންވި ނަމަވެސް އެކަމަށް ލުއެއް ގެނެވޭތޯ، ކޮންޓްރޯލްކޮށްފައި އީތަން ވާހަކަދެއްކިއެވެ.

“ކަލޭމެން ރައްޓެހިވެގެންތަ އުޅެނީ؟” އީތަން މަސައްކަތްކުރީ ވީހާވެސް ކޫލްކޮށް އެހޭތޯއެވެ.

“ނޫން. މަ އަލީޝާދެކެ އަދިވެސް ލައިކުވަނީ.” ރާއިން ބުންޏެވެ. އެ ޖަވާބު ނެރެލުމަށް ތައްޔާރުވެގެން ހުރި ކަހަލައެވެ.

“ސޮރީ އިނގޭ އެކަން ނޭންގި މަށަށް މި ދަތުރުގަ ދެމެދަށް ވަދެގަނެވުނީމަ.” އީތަން އަމިއްލަ ނަފްސު ދަށްކޮށްލާ ކަހަލަ އެއްޗެއް ބުނުމުން ރާއިން ހައިރާންވިއެވެ. މީ ހަމަ ހަގީގަތުގައިވެސް އޭނާ ދަންނަ އީތަން ބާއޭ ހިތަށްއެރިއެވެ.

“ކަލެއޯ؟ އަސްލު ތެދަށް ބުނެބަލަ. އަލީޝާއާ ދޭތެރޭ ކިހިނެތް ކަލޭ ދެކެނީ؟” ގެއާއި ދިމާއަށް މިސްރާބުޖަހަމުން، އެއްވަރަށް ހިނގާފައި އައި އީތަންއަށް ބަލައިލާފައި ރާއިން އެއްސެވެ.

“މަ؟ މަ ކިހިނެތްތަ ދެކެނީ؟… މުނިފޫހިފިލުވުން؟” އީތަން ދުރަށް ބަލައިލާފައި ވިސްނައިލަމުން ބުންޏެވެ.

“ކުރިން ބުނީ ނަފްރަތުކުރާ މީހެކޭ. މިހާރު ބަދަލުވީ؟” ރާއިން އިތުރަށް މައުލޫއަށް ވަންނަން މަސައްކަތް ކުރިއެވެ.

“ދެން މަ ދެކޭގޮތް މުހިއްމެއް ނޫނެއްނު… އަނެއްކާ މަ އޭނަޔާ ހެދި އުޅޭތޯ ތަ ތި ބަލަނީ؟ ހައްހައްހާ…” އީތަން ހިނިގަނޑެއް ޖަހައިލިއެވެ. ނަމަވެސް ރާއިން ބަލައިލީ ސީރިއަސް ލޮލަކުންނެވެ. އެކަން ފާާހަގަވެ އީތަންގެ ހުނުން ހުއްޓުނެވެ.

“ކަމް އޯން ބުރޯ. ތިކަހަލަ ރިޓާޑު ކަންކަމާ ނުވިސްނާ. މަށެއް ދެން ކަލޭ ބިޓު އަތުލާާކަށް ނުހިފާނެދޯ. އަނެއްކާ އެވެސް ކާކު؟ އަލީޝާ؟ ހައްހައްހައްހާ.” އެ ހިޔާލުންވެސް އީތަންއަށް ހެވުނެވެ.

“ނޭންގެއެންނު.” ރާއިން އަދިވެސް އީތަން ހޭތަން ފެނިފައި ހޭކަށް ނޫޅެއެވެ. “އަޅާނުލާ. މަ އަހާނަން އަލުން އަލީޝާ ކައިރީ ރައްޓެހިވާން… ފަހުން…” އީތަންއަށް އިސްޖަހައިލެވުނެވެ. ރާއިންދެކެ އައިސްފައި ހުރި ރުޅި ފިލިނަމަވެސް ހިތަށް އުނދަގޫވަމުންދިޔައެވެ. ބޭރުފުށުން ހަމަޖެހިފައި ހުއްޓަސް އެތެރެއަށްވަނީ ބޮޑު ތޫފާނެއް އައިސްފައެވެ. އެއާއި ދޭތެރޭ ހައްލެއް ނުވިސްނުނު ތޫފާނެކެވެ.

ގެއަށް ވަދެގެން ދިޔައިރު ރާއިދާ ގޮވައިލިކަން އަލީޝާއަކަށް ނޭންގެއެވެ. އިސްޖަހައިގެން ހުރިގޮތަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ކޮނޑުގައި އޮތް ބެގްޕެކް  އެނދު މައްޗަށް ވައްޓައިލުމަށްފަހު އެނދުގެ އަރިމައްޗެއްގައި ލެނގެވޭގޮތަށް ތަަޅުންގަނޑު މަތީ އިށީނެވެ. ރާއިންއާއި އެއްކޮށް ހޭދަވި އެ ސިކުންތުކޮޅު ހިތަށް ސިފަވުމާއިއެކު އަލީޝާއަށް ބޮލުގައި ދެ އަތް އަޅައިލެވުނެވެ. އެ މަންޒަރު ދުއް އީތަންގެ މޫނުމަތިން ފެނުނު ހައިރާންކަން އޭނާގެ ހިޔާލަކުން ނުނިކުތެވެ.

“އޭނަ ހިތަށްއަރާނީ ކީކޭބާ؟ ޔަގީން ނުބައި މާނައެއް ނެގިކަން. ޔަގީން އަހަރުން އުޅެނީ ރައްޓެހިވެގެންނޭ ހިތަށްއެރިކަން.” އަލީޝާގެ ސިކުނޑި ތަކުރާރުކުރަމުންދިޔައެވެ. “އަޅެ މަ ކީއްވެ އޭނަ ހިތަށްއަރާނެ ކަމަކާ ދޭތެރޭ މި ވިސްނަނީ؟ އޭނަ ކޮންމެ އެއްޗެކޭ ހިތަށްއެރިއަސް މަށަށް ކީއް؟ މުހިއްމީ ރާއިންއެއްނު. ރާއިން އަދިވެސް މަ ދެކެ ލޯބިވަނީ ދޯ. ދެން މަ ކިހިނެތް ހަދާނީ؟…” އީތަންގެ ހިޔާލާއި ދުރުވުމާއިއެކު ރާއިންއާއި ދޭތެރޭގައި އަލީޝާއަށް ވިސްނައިލެވުނެވެ. ނަމަވެސް މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ވަގުތުކޮޅު އީތަންގެ މޫނުމަތިން ފެނުނު ކުލަވަރު ހިތަށް ސިފާވާން ފެށިއެވެ. އަމިއްލަ އިހުތިޔާރަކާއި ނުލައި އަލީޝާއަށް މާދަމައަށް އިންތިޒާރުކުރެވެން ފެށިއެވެ. ސްކޫލުން އީތަންއާއި ބައްދަލުވާނެ އިރަށް އިންތިޒާރު ކުރެވެން ފެށުނެވެ.

އޭގެ އަނެއް ދުވަހެވެ. ފުރަތަމަ ގަޑީގެ ރަނގަބީލު ޖެހުމާއިއެކު ޓީޗަރު އައިސް ވަނުމުން އަލީޝާ ޖެހިގެން ހުރި ހުސް ގޮނޑިއަށް ބަލައިލިއެވެ. އެއީ އީތަންގެ ގޮނޑިއެވެ. އީތަންއެއް ނާދެއެވެ. ދެ ތުންފަތް ފިއްތައިލައިފައި ނޭފަތުން ފުން ނޭވާއެއް ދޫކޮށްލި އަލީޝާގެ ހިޔާލަށް އެތަކެއް ވިސްނުންތަކެއް އަރައި ފައިބަމުންދިޔައެވެ. އީތަން ނައި ސަބަބާއި ގުޅޭގޮތުންނެވެ. އޭނާއާއި ދޭތެރޭ ރާއިން ދެކޭ ގޮތާއިމެދު ވިސްނަން މަޖުބޫރުވެފައިވީ ނަމަވެސް، އަލީޝާއަށް ވިސްނެމުންދިޔައީ އީތަންއާއި ދޭތެރޭގައެވެ. އެކަމާއި ޚުދު އޭނާވެސް ކަންބޮޑުވިއެވެ. އީތަންއާއި ދޭތެރޭ ވިސްނޭ އަމިއްލަ ނަފްސާއިމެދު ސުވާލު އުފެދުނެވެ.

“މަށަށް ކޮންކަމެއް؟ އެ އަލީޝާއާއި ދެން ވާހަކަވެސް ނުދައްކާނަން. މަ އޭނައާއި ދުރުން އުޅުނީމަ ރާއިންއަށް ވިސްނޭނެއެންނު މަ އޭނަޔާ ހެދި ނޫޅޭކަން.” އެނދުމަތީ ދެފައި ވަށްކޮށްގެން އިން އީތަން ކިޔައިލިއެވެ. ކޮޓަރީގައި އޭނާ ފިޔަވައި އަޑުއަހާނެ މީހަކު ނެތްކަން އިނގެއެވެ. ރާއިންއަށް ސާބިތުކޮށްދިނުމަށް އަލީޝާއާއި ދުރުން އުޅެން ނިންމި ނަމަވެސް، ސިކުނޑިން އޭނާއަށް ނުފޯރާ ހިސާބެއްގައި މަސައްކަތްް ކުރަމުންދިޔައީ އެ ކަންތައް އަމިއްލަ ނަފްސަށް ސާބިތުކޮށްދޭންށެވެ. ރާއިން އެއީ ބަހަނާއެކެވެ.

“އީތަން އާދޭތޯތަ ތި ބަލަނީ؟” ކެންޓީނަށް ދިޔަ މަގުމަތީގައިއާއި އަނބުރައި ދިޔަ މަގުމަތީގައިވެސް އަލީޝާ ގޭޓާއި ދިމާއަށް ބަލާކަން ފާހަގަވި ހުދާއަކަށް މަޑަކުން ނުހުރެވުނެވެ. އަލީޝާ ވަކި ޖަވާބެއް ނުދެއެވެ. ގޭޓާއި ދިމާއިން ނަޒަރު ކައްސައިލާފައި ގޮސް ޕްލޭ ގްރައުންޑްގައި އިށީންދެ ކާންފެށިއެވެ.

އެ ވަރަށް އަޒުމު ވަރުގަދަަކޮށްގެން އައި އީތަންއަށް ގޭޓުން ވަަނުމާއިއެކު ފުރަތަމައިނުންވެސް ފެނުނީ ޕްލޭ ގްރައުންޑާއި ދިމާއަށް ދިޔަ އަލީޝާއެވެ. އަލީޝާ ފެނުމާއިއެކު ހަނދާންކުރަން ބޭނުންނުވާ އެ މަންޒަރު ހިތަށް ސިފަވެއްޖެއެވެ. އީތަަން ވަގުތުން ދެ ފަޅިއަށް ބޯ ހޫރަައިގަތެވެ. އަދި އެހެން ކަމަކާއި ވިސްނަން މަަސައްކަތް ކުރަމުން، އަލީޝާ ދިޔަކޮޅު ނޫން އަނެއްކޮޅަށް ދިޔައެވެ.

މޭޒުމަަތީ ބޯ އަޅައިގެން އޮތް އީތަންއަަށް ބޯ ހިއްލަައިލެވުނީ ބޮލުގައި އެއްޗެއް ޖެހުމުންނެވެ. އެއީ ގަަނޑުކޮޅެކެވެ. އެއީ ކޮން ދިމާާލަކުން އައި އެއްޗެއްކަން ވަގުތުން ދެނެގަނެވުނެވެ. ފަތްޖެހިފަައިވީ ގަނޑުކޮޅަށް ބަލަހައްޓަައިގެން އިނދެެއިނދެފަައި ހުޅުވަައިލިއެވެ. އޭގަައި ލިޔެފަައި އޮތީ ‘ހައި’ އެވެ. އަލީޝާގެ ލިޔުމެވެ. އެ ލިޔުންކޮޅަަށްވެސް އިރުކޮޅަކު ބަލަހަައްޓައިގެން އިނުމަށްފަހު އީތަަން ބޮނޑިކޮށްލާފަައި ލީ ޑްރޯވަރއަށެވެ. އަލީޝާއާއި ދިމާއަށް ބަލައިވެސް ނުލައެވެ. އަނެއްކާވެސް މާ ގިނައިރެއް ނުވެ ގަނޑުކޮޅެއް ލިބިއްޖެއެވެ. އޭގައި އޮތީ ރުޅިއައިސްފަހޭ އަހާފައެވެ. އީތަަން އަަނެއްކާވެސް ގަނޑުކޮޅު ބޮނޑިކޮށްލާފައި ޑްރޯވަރއަށް ލިއެވެ. ތިންވަނަ ގަނޑުކޮޅެއް ނައެވެ.

ފިލާވަޅު ހަދާހިތެއް ނުވިއެވެ. ކާހިތެއް ނުވިއެވެ. ވެރިވެފައިވީ ދުވަހަކުވެސް ތަަހައްމަލު ނުކުރާ ޒާތެއްގެ ފޫހިކަމެކެވެ. އަލީޝާގެ ސިކުނޑިއާއިއެކީ މުޅި ހަށިގަނޑުވެސް ވީ ވަރުބަލިވެފައެވެ. އޭނާއާއި ނުލައި ފޫހިވާ ވާހަކަ އީތަން ބުނި ހަނދާނެއް އަލީޝާ ވިއެވެ. އީތަން އަޅައިނުލުމުން އޭނާވެސް އެފަދައިން ފޫހިވާން ފެށީބާއޭ އަލީޝާގެ ހިތަށްއެރިއެވެ. އެހެން ވާކަށް އަލީޝާ ބޭނުމެއްނުވިއެވެ. އީތަންއަކީ އެއްވެސް މާނައެއްގައި އޭނާއަށް ބޭނުންތެރި ފަރާތަކަށް ވާކަށް އަލީޝާ ބޭނުމެއްނުވިއެވެ. އެހެންކަމުން އަލީޝާވެސް އަޒުމެއް ކަނޑައެޅިއެވެ. އީތަން އޭނާއާއި ވާހަކަދެއްކުން ހުއްޓައިލި ދަނޑިވަޅުގެ ބޭނުންހިފައި އޭނާވެސް އީތަންއާއި ހުރިހާ ގުޅުމެއް ކަނޑައިލުމަށެވެ. ‘މިހާރު ކިތައް ފަހަރު ގުޅުން ކެނޑިއްޖެ؟’ ހުދާ ނަމަ ބުނެލާނެ އެއްޗެއް އަލީޝާގެ ހިތަށްއެރިއެވެ. ނަމަވެސް ދެ ލޯ މަރައިލާފައި އެ ހިޔާލު އެއް ފަރާތްކޮށްލިއެވެ. އަދި މިފަހަރު ކާމިޔާބު ކުރާނަން ކަމަށް އަޒުމު ކަނޑައެޅިއެވެ.

“އީތަން އަލުން އަޔަސް ދެން ބަލައިވެސް ނުލާނަން.” ލޯ ހުޅުވައިފައި އަލީޝާ ހިތާއިހިތުން ކިޔައިލިއެވެ.

“ދަރިފުޅާ! ބައްޕަ… ބައްޕަ…” ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާފައި ރޮއެގަތް ރާއިދާގެ އަޑުން އަލީޝާ ސިހުނެވެ. ރާއިދާގެ ކަރުނުން ފޯވެފައިވީ މޫނު ފެނިފައި އަލީޝާއަށް ކޮޅަށް ތެދުވެވުނެވެ.

ކައިރީގައި ހުސްކޮށް ހުރި ގޮނޑިއަށް އީތަން ބަލައިލިއެވެ.

“އަލީޝާ އެބްޒެންޓީތަ؟” ހުދާ ގޮވައިލި އަޑަށް އީތަން އެ ދިމާއަށް ބަލައިލިއެވެ.

“އާނ. އަލީޝާގެ ބައްޕަ ވަރަށް ބޮޑަށް ބަލިިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިޔައީ.” ޔާނާ ބުންޏެވެ. ވަގުތުން ކުލާސްތެރޭގައި އެ މައުލޫއަށް ވާހަކަދެކެވެން ފެށިއެވެ.

“މަ އަޑުއެހިން މުދިންބެ ވަރަށް ހާލު ދެރަޔޯ.”

“އަލީޝާ ދެން ކޮން ދުވަހަކު އަންނަނީ؟ މިހާ ޓެސްޓު ގާތް ވީމަ ފިލާވަޅުތައް ނުލިބި ކިހާ އުދަގުލެއްވާނެ.”

“އަލީޝާ ބުންޏޯ ބައްޕަޔާ އެއްކޮށް ނޫނީ ދެން ނާންނަމޭ.”

ކުލާސް ކުދިންގެ އަޑުތައް އިވުނު އީތަން ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. ދެން ދުވަހަކުވެސް އަލީޝާ ނުފެންނާނެކަމަށް އޭނާގެ ހިތް ބުނީ ކީއްވެ ކަމެއް ނޭންގެއެވެ.

“ދަރިފުޅާ! އީތަން! ދެން ތެދުވެބަލަ! ތިހެން އުޅޭކަށް ނުވާާނެއޭ. މިއަދު ޓެސްޓެއް ނޫންތަ؟ ތެދުވެގެން ސްކޫލަށް ދޭބަލަ!” ރަޖާ ދަށުގައި އޮތް އީތަންއަށް އަމީނާ އާދޭސްކުރަމުންދިޔައެވެ.

“ދެންމެ އޭ މި ނިދީ. ދެން އުނދަގޫ ނުކޮށްބަލަ. މާދަން ދާނަމޭ.” ކުރަކި އަޑަކުން ދެބަނިދީގައި ގޮވައިލުމަށްފަހު އީތަން އިތުރަށް ރަޖާގަނޑު ތެރެއަށް ވަނެވެ. ފަނަރަ މިނެޓުގެ މަސައްކަތަށްފަހު އިސްޖަހާލައިފައި އަމީނާ ކޮޓަރިން ނުކުމެ ދޮރު ލެއްޕީ، ދެން އީތަން ގުޑާވެސް ނުލާނެކަން އިނގޭތީއެވެ. ނަސޭހަތްވެސް ދެވޭނީ ވަކި ވަރަކަށްތާއެެވެ.

އީތަންއަށް އެނދުން ތެދުވެ ހަށި ދަމައިލެވުނުއިރު ރޭގަނޑު ހަތެއް ޖަހައިފިއެވެ. ފާހަނައަށް ވަދެ ފެން ވަރައިގެން ބޯ ހިއްކަމުން ހިއްކަމުން ނުކުމެ އައިސް އަލަމާރި ހުޅުވައިލިއިރު ކަމުދާ އެއްޗެއް ނެތުމުން ރުޅިމޫނު ހަދައިލިއެވެ. އަލުން ކޮޓަރިއަށް ވަދެފައި ނުކުތީ ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. ދިގުވެފައި ހުރި އިސްތަށިގަނޑުގައި ހަމައެއް ލަަމައެއް ނެތެވެ. ގެއިން ނުކުމެގެން ދިޔައިރު ކޮޓަރިން ބޯދިއްކޮށްލި އަމީނާއަށް ބަލައިވެސްނުލައެވެ.

“ކޮބާ ކާއްޓޭ؟” މެދަށް ސަތޭކަ ރުފިޔާ ލާފައި އަތްބައި ނަގަމުން އީތަން އެއްސެވެ.

“އޭނަ ގޮއްސި ސަޅި އެއްޗެއް ބަލައި.” މޫނަށް އެޅިފައިވީ އިސްތަށިގަނޑު އެއްފަރާތްކުރަމުން ޒުވާނަކު ބުންޏެވެ. “އާނ މިއޮއްއައީނު. ކޮބާ ލިބިއްޖެ؟”

“އާނ މާ ގިނައިންވެސް.” ވަދެގެން އައި ޒުވާނާ މޭޒުމަތީ ބެހެއްޓީ ބޮޑު ދެ ކަޅު ކޮތަޅެކެވެ. ބޭންދިއިރު ގޮވިއަޑުން އެއީ ދަޅުތަކެއްކަން އީތަންއަށް އިނގުނެވެ. ކުރިން ވާހަކަދެއްކި ޒުވާނާ ކޮތަޅު ހުޅުވާފައި ދަޅެއް ނެގިތަން ބަލަން އީތަން އިނެވެ. އަލަށް ހަމަލޮލަށް ފެނުނު އެއްޗެހި އީތަންއަށް ގަބޫލުވެސް ނުކުރެވުނެވެ. ނަމަވެސް އޭގެ ރަހަ ބަލައިލާހިތްވީ މާބުރަކަށް ތާޒާ މަލެއް ފެނުނުފަދައަކުންނެވެ. ދެން ތިބި ޒުވާނުންތައް ކޮތަޅުތަކަށް އަރައިގަތެވެ. އެކަކަށްވުރެ ކުރިން އަނެކަކަށް ރަހަ ބަލައިލެވޭތޯއެވެ. ބުއިމުގެ ކުރިން މަސްތުވިކަހަލައެވެ. ދަޅު ކަނޑައިލައިފައި ޒުވާނާ ކޯވަރެއް ދަމައިލިއެވެ.

“ކުޑޭވެސް ޓްރައިކޮށްލަންވާނެ.” ޒުވާނާ އީތަންއަށް ދަޅު ދިއްކޮށްލިއެވެ.

އަނދިރި މަގަކުން ހިނގައިފައިދިޔަ އީތަން ހުރީ ފިކުރެއްގައެވެ. އޭނާއަށް އެ ދަޅު ހުށައެޅުނު ވަގުތު ހިތަށް ސިފަވީ އެކަން ހުއްޓުވި އަލީޝާއެވެ. އަލީޝާާމަތިން ހަނދާންވުމުން ވަގުތުން ހިތްކެނޑިގެން އެތަނުން ނުކުތީ، ފަހަތުން އެކުވެރިންގެ ނަމުގައި ތިބި ހަތުރުން މަލާމާތަށް ގޮވި ނަންނަމަށް ސަމާލުކަމެއް ދިނުމަކާއި ނުލައެވެ.

“އަލީޝާ ކީއްކުރަނީބާ؟ އޭނަ ކިހިނެތްބާ؟” އީތަންގެ ހިތަށް މިފަދަ ސުވާލުތަކެއްވެސް އެރިއެވެ. އަލީޝާ މާލެ ދިޔަތާ އެއް މަސް ވެއްޖެއެވެ. ރަށަށް އެނބުރި އަންނަ ހަބަަރެއްވެސް ނުލިބެއެވެ. ބަސްއަހާ ކުއްޖެއްގެ ގޮތް ދައްކައިގެން އުޅުނު ދުވަސްތައް އެއީ އީތަންއަށް ނާންނަ ދުވަސްތަކެއްކަހަލައެވެ. އަލީޝާއާއި ދުރުވާ ކޮންމެ ފަހަރަކު އެނބުރި ދާން ހިތް އެދުނު ހަޔާތަށް އަނބުރައި ދެވިއްޖެއެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދިޔުމުގެ މަގުސަދަކަށް ވެފައިވީ އަލީޝާ ނެތުމުން ސްކޫލަކަށްވެސް ބަރާބަރަކަށް ނުދެއެވެ. ނަމަވެސް އަލީޝާ ދެކުމަށް ހިތް ނޭދޭއިރެއް ނާދެއެވެ. އަލީޝާއާއިއެކީ ހޭދަކުރި ވަގުތުތައް ހަނދާނަކުން ނުފިލައެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ޖައްސައިލިއެވެ. ޖައްވުގައި ހިފައިފައިވީ ރޭގަނޑުގެ ފިނިކަން އަރާމެވެ.

ކުއްލިއަކަށް އީތަން ސިހުނީ ގަސްތައް ހެލިގަތް އަޑުއިވުމުންނެވެ. އެއާއިއެކު ފިރިހެނަކު އައި ލަވް ޔޫ އޭ ބުނެލި އަޑުއިވުނެވެ. އަންހެނަކު ރަކި ހިނިގަނޑެއްޖަހައިލިއެވެ. ގަސްތަކު ތެރެއިން އެ ދެ މީހުން ނުކުތީ އަތު ގުޅުވައިގެންނެވެ. އީތަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެކީގައި ގޮސް ލޮލުކޮޅަށް ގެއްލުނެވެ. އަލީޝާއާއިއެކީ އެ ގޮތަށް އަތުގައި ހިފައިގެން އީތަން ދާ ތަން ސިފަކުރެވިފައި އީތަންއަށް ހޮޑުލެވެން އުޅުނުހެން ހީވިއެވެ.

“އައްޗީޑި. މަ ދުވަހަކުވެސް އެހާ ފަކުރު އެއްޗެއް ނުބުނާނަން.” އަނެއްކާވެސް އީތަން ހޮޑުލާކަހަލަ އަޑެއް ލައްވައިލިއެވެ. ފެންނަ މީހަކަށް ހީވާނީ އަމިއްލައަށް އިނދެ މޮޔަވަނީ ހެންނެވެ. ޖީބުން ނެގި ސިނގެރޭޓު އަނގަޔަށް ޖަހާލައިފައި ލައިޓަރު ޖައްސައިލިއެވެ. ނަމަވެސް ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު ލައިޓަރު ނިވައިލިއެވެ. ސިނގެރޭޓު ރޮލެއް ނުކުރެއެވެ. ލައިޓަރާއި އެކީ އަނބުރައި ޖީބަށްލީއެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގަައި އީތަންއަށް ސިކުނޑި ގޭނިއްޖެއެވެ. ލިބުނީ ހަމަ އެންމެ ޖަަވާބެކެވެ. އަލީޝާއަށްޓަކައި ހުޅުހިފައިވީ އިހުސާސަށް އާ ނަމެއްދޭން އޭނާއަށް މަޖުބޫރުވިއެވެ.

“ސޮރީ ރާއިން.” އީތަން ކިޔައިލިއެވެ. ތުންފަތުގައިވީ ހިނިތުންވުމެކެވެ. އީތަންގެ ހާއްސަ ނުލަފާ ހިނިތުންވުމެއް ނޫނެވެ. އެ މޫނުގައިވީ އެހެން ޖަޒުބާތެކެވެ.

އިރުކޮޅަކު ޖޯލީގައި އޮތުމަށްފަހު އީތަން ތެދުވިއެވެ. މޫދުގެ އައްސޭރިފަޅިން ހުރި ސީދަލަށް ދިޔަ އީތަންއަށް، އޭނާގެ ފަހަތުން ގަސްތަކު ތެރެއިން ނުކުތް އަލީޝާ ނުފެނެއެވެ. އެ ޖޯލީގައި އިށީން އަލީޝާއަށް، މާ ދުރުން އޮބައިލި އީތަން ނުފެނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ލީޝް…4

Next

ބުނެދޭށޭ ރުހެމޭ 1

Next
March 6, 2019

ބުނެދޭށޭ ރުހެމޭ 1

Previews
March 6, 2019

ލީޝް…4

8 Comments!

  1. jiji says:
    March 6, 2019 at 1:20 pm

    Kiyaalaafa comment eh kohlaanan n kury prt thakuge comment ah reply kohlahchey ingey??????..BTW ME first dhw

  2. G says:
    March 6, 2019 at 4:37 pm

    Haadha kurey. Vvvv reethi

  3. Sharu says:
    March 6, 2019 at 4:39 pm

    When is next part

  4. jiji says:
    March 6, 2019 at 4:48 pm

    Wow vrh salhi mi prt vx..kyp it up jinni..despirately waiting for the next part..ly ??❤??

  5. Ibsha says:
    March 7, 2019 at 1:28 am

    Varah reethi

  6. hamtii says:
    March 8, 2019 at 10:00 am

    V nicee.. wen next up kuranee??? Waiting

  7. Nattu says:
    March 8, 2019 at 11:11 am

    haadha salhi eyyyt wa wa

  8. IsHa IsHa says:
    August 30, 2019 at 11:12 am

    reecgeyreechry waa inthizaaru kureveyhaa reechey reechey va

Comments are closed.

Next Episodeއެނގުމެއްނެތި…19←


All Right Reserved!