Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 31

Ushaali Level 810 Stories100 Comments100 Stories500 Comments
March 6, 2019 9 Mins Read
21 Comments

ފައިޒަންއާއި އެކުގައި ކާރުގައި އިން ޔަނާލްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ފަހަތުގައި ކުލްޝޫމްވެސް އިނެވެ. ދާ ވަކިތަނެއް ނުބުނެ ފައިޒަންއާއި ކުލްޝޫމް އޭނާ ގޮވައިގެން ކާރުގައި ހެންވޭރާއި ދިމާލަށް ދަތުރުކުރާތާ ފަސްވަރަކަށް މިނިޓް ވެދާނެއެވެ.

“ކޮންތާކަށްތަ މިދަނީ…” އެންމެފަހުން ނީނދެވިގެން ޔަނާލް އަހާލިއެވެ.

“ވެއިޓް…. ދެން ނުވާނެ ގިނައިރެއް…” ފައިޒަން ޖަވާބުދިނެވެ.

“އަޅެ މަންމައަށްވެސް ނޭނގޭތަ މިދާ ތަނެއް…” ޔަނާލަށް ނީނދެވުނެވެ.

“ނަނާ……!!! ހާދަ ކެތްތެރިކަން ކުޑައޭދޯ…” ފައިޒަން ބުނެލިއެވެ. ޔަނާލް ހިމޭނުން އިނެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ކާރު މަޑުކޮށްލީ ހެންވޭރުކޮޅުގައި ހަދަން ފަށާފައި ހުރި މިސްކިތެއް ކައިރީގައެވެ. ފައިޒަން ފައިބައިގެން ގޮސް ކުލްޝޫމް އިން ދިމާ ދޮރު ހުޅުވާދިނެވެ. ކުލްޝޫމް ނިކުތްއިރު ޔަނާލް ހުރީ ޔާޒް އަތުގައި ހިފައިގެން ނިކުމެއެވެ. ފައިޒަން ހީލާފައި ގޮސް ޔަނާލް ކައިރީގައި ހުރި ޔާޒް ނަގާ އުރާލިއެވެ.

“މަންމަ ނަނާ ގޮވައިގެން އެތެރެއަށްދޭ.. އަޅުގަނޑު ވަންނާނަން ކުޑައިރުކޮޅަކުން..” ފައިޒަން ކުލްޝޫމަށް ބުނެލިއެވެ. ޔަނާލް ހުރީ ވާނުވާ ނޭނގިފައެވެ. ޔަނާލް އަތުގައި ހިފައިގެން ކުލްޝޫމް މަގު ހުރަސްކޮށް ކުރިއަށް ދިޔައެވެ. ދެމައިން އެކުގައި ހިނގާފައި ދާއިރު ހީވަނީ އެއް އުމުރެއްގެ ދެ އެކުވެރިން ހެންނެވެ. ‘އޯޝަންވޭ’ ނަމުން ނަންދީފައިވާ ގަދަ ފެހިކުލައިގެ ދަގަނޑު ގޭޓެއް ކައިރީގައި ކުލްޝޫމް މަޑުކޮށްލިއެވެ. ގޭޓުގެ މައްޗަށް ބޯގަންވިލާ ވެލެއް އަރުވާފައިވާއިރު މުޅި ސަރަހައްދުގައި ވަނީ ފިޔާތޮށި ކުލައިގެ މާތަކުން ފުރިފައެވެ. ލުއިލުއި މީރުވަހެއް ސަރަހައްދުގައި ވަނީ ހިފާފައެވެ.

“މިއީ ކޮންގެއެއް މަންމާ!” ޔަނާލް އަހާލިއެވެ.

“މީގެފަހުން ނާލް އުޅޭނީ މިގޭގަ. މިއީ ދަރިފުޅުގެ އާގެ.. ހިނގާ އެތެރެއަށް…” ކުލްޝޫމް ބުނެލީ އެވަރަށެވެ. ޔަނާލް ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ގޭޓު ކައިރީގައި އިން ސެކިޔުރިޓީ ގާރޑް ގޭޓް ހުޅުވާލަ ދިނުމާއެކު ޔަނާލްގެ އަތުގައި ހިފައިގެން ކުލްޝޫމް އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑު ގޯއްޗެކެވެ. މައިދޮރާއި ހަމައަށް ދާން ބޮޑު ބައެއް އޮތެވެ. ދެފަރާތުން ތަފާތު ވައްތަރުގެ މާގަސްތައް އިންދާފައި ވާއިރު އެއްފަރާތުގައި ހަދާފައިވާ ގަރާޖެއްގައި ދެތިން ކާރު ޕާރކް ކޮށްފައި އޮތެވެ. ގޭޓުން ފެށިގެން މައިދޮރާއި ހަމައަށް ދާން ހިމަ މަގެއް ފާހަގަވާގޮތަށް ވަނީ ހުދު އަކިރި ތަރުތީބު ކޮށްފައެވެ. އަނެއްފަރާތުގައި ކުޑަވަރެއްގެ ހިޔާކޮށްފައިވާ އުދޯލިގެއެއް ހުއްޓެވެ. އެތަނުގައި ވަނީ ބިއްލޫރި މޭޒެއް ބަހައްޓާ އިށީނދެވޭގޮތަށް ގޮނޑި ޖަހާލާފައެވެ. ކުރިމަތިން ފެންނަން އޮތީ ހަތަރު ބުރީގެ އިމާރާތެކެވެ. މުޅި ގޭގައި ލާފައިވަނީ މަޑު ނޫކުލައާއި ފިޔާތޮށި ކުލައެވެ. ޔަނާލް ދިޔައީ ހައިރާންކަމާއެކު އެގޭ ހުރިހާ ދިމާލަކަށް ބަލަމުންނެވެ.

މައިދޮރާއި ހަމަވެފައި ކުލްޝޫމް މަޑުޖެހުނެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން ޔަނާލްގެ މޫނަށް ބަލާލިއެވެ.

“މަންމައަށް ކަމެއް ކޮށްދީފާނަންތަ؟” ކުލްޝޫމް އަހާލިއެވެ. ޔަނާލް ބުމަ އަރުވާލަމުން ކޮންކަމެއްތޯ އަހާލިއެވެ.

“މަންމަ ބޭނުމީ މިގޭ އެތެރެއަށް ދަރިފުޅު ތިކަޅު ހެދުމާއި މޫނު ފޮތިކޮޅު ނަގައިގެން ވަންނަން…” ކުލްޝޫމް ބުނެލިއެވެ.

“އެއީ…؟” ޔަނާލަށް ކޮށްލެވުނީ ސުވާލެކެވެ. ކުލްޝޫމް ހީލިއެވެ.

“މަންމައަށް އިތުބާރު ކޮށްބަލަ. ދަރިފުޅަށް ފާރަލާނެ އެއްވެސް މީހަކު މިގޭގައި ނޫޅޭނެ. މިގޭ އެހެރަ ދޮރުން އެތެރެވުމަށްފަހު ދަރިފުޅު ތިއީ މިނިވަން ކޮކާލެއް ފަދަ ކުއްޖެއް…” ޔަނާލްގެ ދަތްދޮޅީގައި ހިފާ ތަޅުވާލަމުން ލޯތްބާއެކު ކުލްޝޫމް ބުނެލިއެވެ. އެގޮތާއި ޔަނާލް ރުހުނެވެ. އަދި ކުލްޝޫމް ކުރިމަތީގައި ހުރެ ފުރަގަސްދިނެވެ. އެއާއެކު އޭނާގެ ކަޅު ހެދުމުގެ ފަހަތުގައިވާ ޒިޕް ކުލްޝޫމް ތިރިއަށް ދަމާލިއެވެ. ހަށިގަނޑުން ހެދުމާއި މޫނުފޮތިކޮޅު ވަކިކޮށް ކުލްޝޫމް އަތުގައި އޮތް ކަރުދާސް ކޮތަޅުގެ ތެރެއަށް ލިއެވެ. ރަތްކުލައިގެ އަތްކުރު ޓޮޕްކޮޅުގައި ޔަނާލް ވަރަށް ފުރިހަމައެވެ. އެފުރިހަމަ ކަމަށް އިތުރު ރީތިކަމެއް ގެނުވީ އެކޮތަޅު ތެރެއިން ކުލްޝޫމް ނަގާފައި ދިއްކޮށްލި މަޑު ޖީންސް ފޮތީގެ އަތްދިގު ޖެކެޓެވެ. ތިރިން ލާފައި ހުރި ހަމަ އެކުލައިގެ ސްކިނީއާއި ވަރަށް ގުޅެއެވެ. އަރިއަކަށް މަގުފަޅާފައި ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު ހުރުމުން ތަފާތުގޮތެއް ހުއްޓެވެ.

“ވަރަށް ލޯބި” ޔަނާލަށް ބަލާލަމުން ހިތާހިތުން ކުލްޝޫމް ބުނެލިއެވެ. އެއްފަރާތު ފާރުގައި ހަރުކޮށްފައި ހުރި ބެލްއަށް ދެފަހަރަކު ފިތާލުމާއެކު އެތެރެއިން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ މެދުއުމުރުގެ އަންހެނެކެވެ. ދޮން ރީތި އަންހެނެކެވެ. ހަށިގަނޑު ފަލައެވެ. ނަމަވެސް ޒަމާނީ ފެޝަނަށް ލޯބިކުރާ މީހެއްކަން ބަލާބެލުމަށް ފާހަގަވެއެވެ. ކޮށްފައިވާ މޭކަޕާއި ބޭނުންކޮށްފައިވާ ގަހަނާތަކަށް އެކަނި ބަލާލިޔަސް އެމީހާގެ ފެންވަރު އެނގެއެވެ. އެއީ ޔަނާލް ނުދަންނަ މީހަކަށް ވާތީ ފަހަތަށް އެނބުރި ކުލްޝޫމްގެ މޫނަށް ބަލާލިއެވެ. ކުލްޝޫމްގެ ހިނިތުންވެފައިވާ މޫނު ފެނުމުން މިފަހަރު ޔަނާލަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.

“މިއީތަ އަހަރެންގެ ޔަނާލް އަކީ…” އެމީހާ އަހާލިއެވެ. ޔަނާލް ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނުވިސްނާ ހުއްޓާ އެމީހާ ޔަނާލްގެ ހަށިގަނޑުގައި ބައްދާލިއެވެ.

“މިއީ ޝަބާދޮންތަ އިނގޭ…. ކީއްވެތަ މާބީރައްޓެހިކޮށް ތިބަލަނީ. ހިނގާ އެތެރެއަށް…” ޔަނާލްގެ އަތުގައި ހިފާލަމުން ޝަބާ ބުނެލިއެވެ. ޔަނާލް އެއްފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު އަނެއްކާވެސް ބަލާލީ ފަހަތުގައި ހުރި ކުލްޝޫމްގެ މޫނަށެވެ. ކުލްޝޫމް ބޮލުގެ އިޝާރާތުން ކުރިއަށް ދިޔުމަށް ބުނެ ހީލިއެވެ. ޔަނާލް ކުރިއަށް ހިނގައިގަތެވެ. ކުރިމަތިން ހާމައަށް ފެންނަން އޮތް ތަނަވަސް ސިޓިންގްރޫމަށް ބަލާލިއިރު މެދުގައި ބަހައްޓާފައިވާ ވަރުގަދަ ސޯފާ ކައިރީގައި އެމީހުންނަށް ފުރަގަސްދީގެން ކޮޅަށް ފިރިހެނަކު ހުއްޓެވެ. އެމީހާ ފެނުމުން ޔަނާލްގެ ފިޔަވަލުތައް ލަސްވިއެވެ. ލަސްލަހުން އެމީހާ އެނބުރުމާއެކު ޔަނާލްގެ ދެލޯ ވިދައިގަތެވެ. ވަގުތުން އެދެލޯ ފުރިގެން އައެވެ.

“ބައްޕާ……!!!!” ޔަނާލަށް ގޮވާލެވުނެވެ. ރޮވިފައި ހުރި ހާރޫން ދެފަރާތަށް ދެއަތް ފުޅާކޮށްލުމާއެކު ޔަނާލް ދުއްވައިގަތެވެ. ހާރޫންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޔަނާލްގެ އިސްތަށިގަނޑުގައި ބޮސްދެމުން ދިޔަ ހާރޫނަށް ވެސް ވަނީ ރޮވިފައެވެ.

“ބައްޕާ… ބައްޕަ އައީތަ؟؟ ބައްޕަ ރަނގަޅުވީތަ… ވާހަކަދެއްކޭތަ؟ ހިނގޭތަ…؟…” ޔަނާލަށް އެތައް ސުވާލެއް ކުރެވެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މީގެ އަހަރެއް ކުރިން އޭނާއަށް ފެނުނު ހާރޫނާއި މިހާރުން ފެންނަން ހުރި ހާރޫނު ހާސްބައި ތަފާތެވެ. ފުރޮޅުލީ ގޮނޑިއެއްގެ އެހީގައި އެއްތަނުން އަނެއްތަނަށް ނުދެވޭ މީހާ އެހުރީ ދެފައި މައްޗަށް ކޮޅަށެވެ. އެންމެ ކުރީގެ އެ ސްމާރޓްކަމާއި ހިތްވަރުގަދަކަން މޫނުމަތިން ހާމަވާން ހުއްޓެވެ.

“ދަރިފުޅާ…!” ހާރޫންގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ޔަނާލަށް ދެލޯ މަރާލެވުނެވެ. އެ އަޑު އަހަން އޭނާ ކިހާ ދުވަހަކު އިންތިޒާރު ކޮށްފިހެއްޔެވެ؟ އޭނާ ހިތާހިތުން ހެއްދެވިފަރާތަށް އެތައް ފަހަރަކު ޝުކުރުކުރިއެވެ.

“ބަލާބަލަ ދަރިފުޅާ! އެހެރީ ކާކު…؟” ހާރޫން އިނގިލިން އިޝާރާތްކޮށްފައި ބަދިގެއިން ފެންތައްޓެއް ހިފައިގެން އައިސް ހުއްޓުނު އަންހެނަކު ދައްކާލަމުން ބުނެލިއެވެ. ޔަނާލް ބަލާލިއެވެ. މެރޫން ކުލައިގެ ކުރުތާއެއްގައި ހުރި ހިކި ދޮން އަންހެނެކެވެ. އެގެއަށް ވަތްތަނުން އޭނާއާއި ބައްދަލުވި ޝަބާއާއި އެއްގޮތްކަމެއް ހުއްޓެވެ. އިސްތަށިގަނޑު ފަނެވެ.

“އެއީ ދަރިފުޅުގެ މަންމަ ޝާއިރާ…” ހާރޫން ބުނެލިއެވެ. ޔަނާލްގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. އޭނާ ޝާއިރާއާއި ދިމާލަށް ބަލާލިއެވެ. އިސްޖަހާލައިގެން ޝާއިރާ ހުރީ ރޮވިފައެވެ.

“އަޅުގަނޑުގެ މަންމައޭ…..” ކަރުނަވީ ދެލޮލުން ހާރޫނަށް ބަލާލަމުން ޔަނާލް އަހާލިއެވެ. ހާރޫން ބޯޖަހާލިއެވެ. ޝާއިރާއާއި ގާތަށް ޔަނާލް ފިޔަވަޅެއް އަޅާލިއެވެ. ކުރިމަތީގައި ހުއްޓުމުން އިސްއުފުލާ އެއްފަހަރު ޝާއިރާ ޔަނާލްގެ މޫނަށް ބަލާލިއެވެ. އެދެލޮލުން ޔަނާލަށް ފެނުނީ މައިވަންތަ ކުލުނާއި ލޯތްބެވެ.

“މަންމާ….!” ޔަނާލް ގޮވާލިއެވެ. ޝާއިރާގެ ރުއިމުގެ އަޑު ބާރުވިއެވެ. ދެވަނަ ސިކުންތުގައި ޔަނާލްގެ ހަށިގަނޑުގައި ޝާއިރާ ބައްދައިގަތެވެ. ޔަނާލަށް ނޭވާލާންވެސް ދަތިވާ ވަރަށެވެ. ޔަނާލަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ދެމައިން އެކަކު އަނެކަކު ގައިގާ ބައްދައިގެން ތިބެ ރޮމުންގޮސް ތިރީގައި އިށީނދެވުނު އިރުވެސް ނޭނގުނެވެ. މުޅި ގޭތެރޭގައި ހަރުލާފައިވަނީ ރުއިމުގެ އަޑެވެ. ކުލްޝޫމް ކައިރީގައި އައިސް ހުއްޓުނު ފައިޒަންއަށް އެމަންޒަރު ބަލަން އުނދަގުވިއެވެ. ޔަނާލް ރޯ މަންޒަރު ބެލުމަކީ އޭނާއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ހާރޫން ޔާޒް އުރާލުމާއެކު ފައިޒަން ދުރަށް ޖެހުނެވެ. އިށީނދެގެން ތިބި ދެމައިންގެ ދެމެދުގައި ޔާޒް ބޭންދީ ހާރޫނެވެ. ޔަނާލް ރޯ މަންޒަރު ފެނުމުން އިސާހިތަކު ޔާޒްވެސް ރޯން ފެށިއެވެ.

ކުޑައިރުކޮޅަކަށް ދެމިގެން ދިޔަ ހިތާމައިގެ ވަގުތުކޮޅު ނިމި ތަން ހަމަހިމޭންވުމާއެކު ކުލްޝޫމް ކުރިއަށްޖެހިލާ އެދެމައިން ނެގިއެވެ. އަދި ސޯފާގައި ބޭންދިއެވެ.

“ދޮންތާ…!!! މިއީ މަގޭ މާމަ ދަރިފުޅު…” ކަރުނައިގެ ތެރެއިން ހިނިތުންވަމުން ޝައިރާ ޝަބާއަށް ބުނެލިއެވެ. އޭރު ޔާޒް އިނީ ޝާއިރާގެ އަތު ތެރޭގައެވެ. އަނެއް ފަރާތުގައި ޔަނާލެވެ. ރުއިމުގެ ސަބަބުން ޔަނާލްގެ ދެލޯ ވަނީ ދުޅަވެފައެވެ. ޝަބާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.

“ދަރިފުޅާ…..!!! ތިދެމައިން ދޫކޮށްލާފައި ދުވަހަކުވެސް މަންމަ ނުދާނަން. މަންމައާއި ދެން ވަކިނުވައްޗެ…” ޔާޒް މޫނުގައި ބޮސްދެމުން ޝާއިރާ ބުނެލިއެވެ. ކުލްޝޫމް ޔާޒް އުރާލުމާއެކު ޝާއިރާ އެނބުރުނީ ޔަނާލާއި ދިމާލަށެވެ. އޭނާ ޔަނާލްގެ މޫނަށް ބަލާލިއެވެ. އެއީ އެންމެ ހަތަރު އަހަރުގައި އޭނާގެ އަތުން ބީވެގެން ދިޔަ ކުޑަކުޑަ ދަރިފުޅެވެ. ހަމަ އެމައުސޫމް މޫނެވެ. އޭރުގައި އޭނާ އެންމެ ލޯބިވި ބޮޑު ކަޅުތިލަ އަދިވެސް ޔަނާލްގެ އަތުގައި އެބައިނެވެ. އޭނާ ޔަނާލްގެ މޫނުގައާއި ދެއަތުގައި އަދި ހެދުމަށް ދަންދެން ބޮސްދެމުން ދިޔައެވެ. އިސާހިތަކު އަނެއްކާވެސް ޝާއިރާއަށް ރޮވިއްޖެއެވެ. އެމަންޒަރު ބަލަން ތިބި ހުރިހާ މީހުންނަށް ރޮވިއްޖެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމަށް ވުރެ ބާރުގަދަ އެހެން އެއްވެސް ބާރެއް ނުވެއެވެ. މަޔަކާއި ދަރިއެއްގެ ގުޅުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ވަކިކޮށްލެވޭނެ ގުޅުމެއް ނޫނެވެ.

**********************************

ހޭވެރިކަމެއް ވީއިރު މާއިރާ އޮތީ ކޮޓަރީގައެވެ. އޭނާއާއި ދާދި ގާތުގައި ހުރީ ދެ ފިރިހެން ދަރިންނެވެ. މާއިރާ ލަސްލަހުން ވެދިޔަ ކަންތައް ހަނދާންކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ އޮވެވުނު ތަން ޔަޤީންކޮށްލިއެވެ. އެއީ އޭނާގެ ކޮޓަރިއެވެ. އޭނާ އޮތީ އަރާމު ގޮދަޑީގައެވެ. އޭސީ ވެސް ހުރީ އޮންކޮށްފައެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. އޭނާ ހީކުރީ އޭނާއަށް އޮވެވުނީ ޖަލުގެ ތޭރިތަކުގެ ބިތްދަށުގައި ކަމަށެވެ.

“މަންމައަށް ކިހިނެއްވީ؟ އަޅުގަނޑު ކޮޓަރިން ނިކުތްއިރު މަންމަ އޮތީ އަނބުރައިގަނެފަ. ހިނގާ ހޮސްޕިޓަލަށްދާން” އާކިން އަހާލިއެވެ.

“ނަސީބެއްނު އެކަންތައްތައް އަސްލަކަށް ނުވިކަން. އަހަރެން ހީކުރީ އަހަރެން އޮންނާނީ ޖަލުގަކަމަށް. ކޮބާ ހާރޫނު މިހާރު؟؟؟ އެއްވެސް ކަމެއް އޭނަ ނުކުރޭ ދޯ އަހަރެމެންނަށް” މާއިރާ އަހާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ހާރޫނޭ…!!! އޭނަ އައީ ކޮންއިރަކު؟؟؟” އާކިންއާއި ޒާކިން ހައިރާންކަމާއެކު އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ.

“އަހަރެން ސިޓިންގްރޫމުގައި އިންދާ ހާރޫން އައިސް ހުއްޓުނީ އަހަރެން ކުރިމަތީގަ. އޭނަ ހުރީ ކޮޅަށް” މާއިރާ ހަނދާންކޮށްފައި ކިޔާދިނެވެ.

“މަންމާ… ހާރޫނެއް ނާދޭ… އެނޫންކަމަކާ މިހާރު މަންމަ ނުވިސްނާ. ދުވަސްކޮޅަކުން އަހަރެމެން ދެމީހުންވެސް މަންމައަށް ފެންނާނީ ހާރޫނު ސިފައިގަ ތިހާވަރު ވަންޏާ… ކުލްޝޫމް ބުންޏެއްނު ތިންމަސްވަރު އޭނަ އެކޮޅުގަ މަޑުކުރަން ޑޮކްޓަރުން އެދިލެއްވިއޭ” އާކިން އޮޅުންފިލުވައިދިނެވެ. މާއިރާ ބޯހިއްލާލާ ބުރަކަށި ދަށަށް ބާލީސް ލައްވާލުމަށްފަހު ލެގިލިއެވެ. އޭނާ ވިސްނާލިއެވެ. އެއީ އޭނާއަށް ހީވިގޮތް ހެއްޔެވެ؟ އަސްލަށްވެސް ހާރޫން ނާދޭ ހެއްޔެވެ؟ އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ކޮޓަރި ތެރޭގައި ހުރި ބޮޑު އެނދުމަތީގައި ހެޑްބޯޑުގައި ލެގިލައިގެން އިން ޝާއިރާގެ އުނގުގައި ބޯއަޅާލައިގެން ޔަނާލް އޮތެވެ. އޭނާގެ އިސްތަށިގަނޑުގައި ޝާއިރާ ފިރުމަމުން ދިޔައެވެ. ޔަނާލްގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ތިރީގައި ކުޅޭން އިން ޔާޒް ކައިރީގައި ހާރޫނު އިނެވެ. އޭނާ އިރުކޮޅަކާއި އެނދުގައި ތިބި ދެމައިންނަށް ނަޒަރެއްދެއެވެ. ބަލާލަން ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ އޭނާގެ އާއިލާ ފުރިހަމަވެއްޖެއެވެ.

“އަލްހަމްދުލިއްލާހް….” މޫނުގައި ޙަމްދު އަޅަލަމުން ހާރޫނަށް ބުނެވުނެވެ.

“މަންމާ…!!! މިހުރިހާ ދުވަހު މަންމަ ކޮންތާކު އުޅުނީ…” ތަނަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ޔަނާލް އަހާލިއެވެ.

“ބައްޕަ ކިޔާދީފާނަން…” ތެދުވެގެން އައި ހާރޫން އިށީނީ ޔަނާލްގެ މަގަތުންނެވެ. ޔަނާލް ބޯޖަހާލިއެވެ. އަދި ހާރޫންގެ ވާހަތައް އަޑުއަހަން އޭނާ ތައްޔާރުވެލިއެވެ.

“ޝައިރާއާއި ބައްޕަ ކައިވެނިކުރީ އެތައް ދުވަހަކު ރައްޓެހިވެގެން އުޅެފަ. ރިޔާޒް، ކުލްޝޫމް، ލިލިޔަން، މާއިރާ އަދި ޝާއިރާއަކީ އޭރުގައި ބައްޕަގެ އެންމެ ގާތް އެކުވެރިން. ޝާއިރާއަކީ ބައްޕަ އެންމެ ފުރަތަމަ ލޯބިވި އަންހެންކުއްޖާ. ކައިވެންޏާ ޝާއިރާގެ މައިންބަފައިން ނުރުހުން ފާޅުކުރީ. އޭރުގަ ބައްޕަގެ ފަރާތުން ނުރުހުން ފާޅުކުރާނެ އެއްވެސް މީހަކު ދުނިޔޭގައި ނެތް. ބައްޕަ ޝާއިރާއާއި ކައިވެނިކުރީ އެ އާއިލާއާއި ދެކޮޅަށް. އޭރުގަ ބައްޕައަކީ ކުޑަކުޑަ ވިޔަފާރިވެރިއެއް. މާލޭގައި ކިޔެވުމުގެ އިތުރުން ބައްޕަ ހިންގަނީ އާދައިގެ ކުޑަކުޑަ ފިހަރާއެއް. ބައްޕަމެންގެ ކައިވެނި ކުރެވުނީމަ އެކަމާއި ހިތްހަމަނުޖެހިގެން ޝާއިރާގެ މަންމައާއި އެއްބަނޑު އެއްބަފާ ދައްތަ ޝަބާ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރީ… ކައިވެނި ކުރިތާ އަހަރެއް ވާންއުޅެނިކޮށް ދަރިފުޅު ލިބިއްޖެ. ވަރަށް ލޯބިން އުޅުނީ. އެއްވެސް މީހެއް އެހީތެރިކަމެއް ނުލިބުނަސް މާތްﷲ ގެ ހެޔޮރަޙްމަތާއި މިންވަރުފުޅުން ބައްޕައަށް އައީ ދުވަހަކަށް ފަހު ދުވަހެއް ތަނަވަސްވަމުން. އޭރުގަ ބައްޕަގެ ވިޔަފާރިއާއި ރިޔާޒް ގުޅުނީ. އޭރު ރިޔާޒްވެސް ކުލްޝޫމާއި ކައިވެނިކޮށްގެން ފައިޒަން ލިބިފައި ހުރީ. އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް މާއިރާއައީ ބައްޕައަށް ލޯބީގެ އެތައް މެސެޖްތަކާއި އެތައް އުނދަގުލެއް ކުރަމުން. މާއިރާގެ ބައްޕަ ފިރުދައުސްއަކީ ބައްޕައަށް އެކި ކަންކަމުގައި ވަރަށް އެހީވަމުން އައި މީހެއް. ރާއްޖެއިން ބޭރުގައި މީހަކާއި އިނދެގެން މާއިރާއަށްވެސް ކައިރި ކައިރީގައި ތިން ފިރިހެންދަރިން ލިބުނީ. ދަރިފުޅު އުމުރުން ހަތަރު އަހަރު ވީތަނާ މާލޭގައި ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި ޝާއިރާގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އަވަސް ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދެވުނީ. އެދަތުރު ދަރިފުޅުވެސް ގޮވައިގެން ދިޔައީ. އެހީތެރިއަކަށް މާއިރާއާއި މާއިރާގެ ބައްޕަވެސް ދިޔަ. ބޭރުން ކުރި ސިކުނޑީގެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު ވިޔަސް ޝާއިރާގެ ހަނދާންތައް ވަނީ ފިލާފައި. ބައްޕަ ވަރަށް ދެރަވި. އެތަނުގައި އެތައް ބޭހެއް ކޮށްގެން ރާއްޖެ އެނބުރި އައިރު މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ޝާއިރާއަށް ހިނގެނީ ވަރަށް މަސައްކަތުން. އެހެން އުޅެނިކޮށް ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައީ. އޭގެފަހުން ނުއެއް ހިނގޭ ވާހަކައެއް ނުދެއްކޭ. އަބަދު އޮންނަނީ އެޑްމިޓްކޮށްފައި. އެދުވަސްކޮޅު ވަރަށް ބޮޑަށް ދަރިފުޅު ނިކަމެތިވެގެން ދިޔައީ. ބައްޕައަށް މަޖުބޫރުވީ މާއިރާއާއި ކައިވެނިކުރަން. ދަރިފުޅަށް ލިބިދާނެ ނިކަމެތިކަމަށްޓަކައި. ފިރުދައުސްގެވެސް އެދުމާއެކު. އޭގެފަހުން ދަރިފުޅު ބޮޑުވަމުން އައިރު އަސްލު މަންމައަކީ ޝާއިރާކަމާއި ދަރިފުޅުގެ މަންމަ އޭރުގައިވެސް ހޮސްޕިޓަލުގައި އޮތްކަން ސިއްރުކުރުމަށް މާއިރާ ބައްޕަ ކައިރީގައި ކިޔަމުން އައީ. މާއިރާ އެދުނުގޮތަށް ބައްޕަ ކަންތައް ކޮށްދިނިން. އަދި އޭނާގެ ދަރިންނަށްވެސް ބައްޕައެއްގެ ލޯބި ދިނިން. އެންމެފަހުން ދަރިފުޅު ވަރަށް ބޮޑުވިފަހުން އިތުރު ފަރުވާއަށް ޝާއިރާ ރާއްޖެއިން ބޭރަށް ފޮނުވާލީ. އެދަތުރުގައި ބޭރުން ޝާއިރާއާއި ހަވާލުވީ ޝަބާ. ދަރިފުޅުގެ މާމަވެސް ހިތާމަކޮށްކޮށް މިދުނިޔެ ދޫކޮށް ދިޔައީ… އިންޑިޔާގައި ހުއްޓާވެސް ޝާއިރާ އެކްސިޑެންޓެއްވި.  ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި. ދޭތެރެ ދޭތެރެއިން ބައްޕަ ބޭރަށް ގޮސް ޝާއިރާގެ ހާލު ބަލަމުން އައީ. ޝާއިރާއަށް ނޭނގޭ ބައްޕަ އަކީ ކާކުކަންވެސް….. ބައްޕަ ބޭހަށް ފުރައިގެން ދިޔަފަހުން ޝާއިރާއާއި ބައްދަލުކޮށްދިނީ އައްޔުމަން. އޭރު ޝާއިރާ ހުރީ މުޅިން ރަނގަޅުވެފައި. މަންމައާއި ބައްޕަ ބައްދަލުވެ ދެން ބައްޕަގެ ހުރިހާކަމެއް ކޮށްދިނީ ޝާއިރާ. ފައިޒަންއަށް ހުރިހާ އެއްޗެއް އިނގޭނެ… ޝާއިރާއައީ ފައިޒަންއާއި ހުރިހާ އެއްޗެއް ޙިއްސާކުރަމުން. ފަހުން ޝާއިރާ ކިޔާދިނީ އޭނާ އެކްސިޑެންޓްކޮށްލީ މާއިރާކަމަށް. މާއިރާ އެކަން ކުރީ ބައްޕަދެކެ ލޯބިންނެއްނޫންކަމާއި ފައިސާގެ ދަހިވެރިކަމުގައި ކަމަށް. ޝާއިރާ ހޮސްޕިޓަލުގައި އޮތްއިރު މާއިރާ ބައްދަލުކުރަން އައި ކަމަށް ބުނި. ހަނދާން އައުމާއެކު ޝާއިރާ އެދުނީ ދަރިފުޅާއި ބައްދަލުކޮށްދިނުމަށް. ބައްޕަ އުޅުނީ ދަރިފުޅުގެ ފޮޓޯ މަންމައަށް ދައްކައިގެން ހިތްހަމަޖައްސައިދީގެން. މާލެ އާދެވުމާއެކު މަންމަ ބޭނުންވީ ދަރިފުޅާއި ބައްދަލުކުރަން” ހާރޫންގެ ވާހަކަ ނިންމާލިއިރު ޝާއިރާއަށް އިނީ ރޮވިފައެވެ. ޔަނާލް ޝާއިރާގެ ދެލޯ ފޮހެދިނެވެ.

“ﷲ އިރާދަކުރެއްވިއްޔާ މިދަރިފުޅު ދުވަހަކުވެސް މަންމަ ދޫކޮށްފައެއް ނުދާނަން. އަބަދުވެސް ހުންނާނީ މަންމަ ފެންނަ ހިސާބުގައި” ޝާއިރާގެ ހަށިގަނޑުގައި ލޯބިން ބައްދާލަމުން ޔަނާލް ބުނެލިއެވެ.

“ދަރިފުޅު އެގެއަށް ދާކަށް ދެން މަންމަވެސް ބައްޕަވެސް ބޭނުމެއްނޫން. މިއީ ދަރިފުޅަށްޓަކައި ބައްޕަ ވަރަށް އަގުބޮޑުކޮށް ގަތް ގެއެއް. މިގޭ ޙައްޤުވެރިންނަކީ ތިދެމައިން. މިރޭ ފައިޒަން ކައިރީގައި ބުނެގެން ތިދެމައިންގެ ހުރިހާ އެއްޗެއް މިގެއަށް ގެންނާނަން…” ހާރޫން ބުނެލިއެވެ.

“ބައްޕާ…! ފައި ވަރަށް ރަނގަޅު. ފައި އެބައެދޭ ކައިވެންޏަށް. އަޅުގަނޑު ބުނިން އަޅުގަނޑުގެ ޔަޒްދާނުގެ މަރަށް އިންސާފު ލިބިގެންނޫނީ ކައިވެންޏަކާއި މެދު ނުވިސްނާނަމޭ. މީހަކާއި ކައިވެނި ކުރަންޏާ ކުރަން ބޭނުމީ ފައި އާ” ޝާއިރާގެ އުނގުގައި އޮތް ޔަނާލް ބުނެލިއެވެ.

“ބައްޕައަށް ހުރިހާ އެއްޗެއް އިނގޭ. ފައިޒަންއަށް ވުރެ ވަކި ރަނގަޅު ކުއްޖެއް ދެން ދަރިފުޅަށް ލިބިދާނޭ ބައްޕަގެ ހިތެއް ނުބުނޭ. ތިކައިވެންޏާއި ބައްޕަވެސް މަންމަވެސް ވަރަށް ޤަބޫލު” ހާރޫން ލޯތްބާއެކު ބުނެލިއެވެ.

“އަދި މިއަދު ވަރަށް މަޖާކޮށޭ ދިމާވީ. މާލެ އައިގޮތަށް ޝައިރާއާއި ޝަބާ މިގެއަށް ފައިޒަންއާއެކު މިގެއަށް ފޮނުވާލާފައި ބައްޕަ ދިޔައީ އެގެއަށް. ސިޓިންގްރޫމުން ބައްޕައަށް މަރުޙަބާ ކިއީ މާއިރާ… ބައްޕަ ފެނުމާއެކު އޭނަ ތިރިއަށް ދެމިއްޖެ…. ހެހެހެ އެފަކީރު ބިރުން އަވަދިނުވީ ކިރިޔާ….” ހިނިގަނޑަކާއެކު ހާރޫން ކިޔާދިނެވެ. ޔަނާލާއި ޝާއިރާއަށް ވެސް ހެވުނެވެ.

**********************************

މުޅިން އާދުވަހެކެވެ. ހެނދުނުގެ ސަޔަށްފަހު ކޮޓަރިއަށް ވަދެ ޝާއިރާ އުޅުނީ ހާރޫންގެ ގަމީހެއް އިސްތިރި ކުރުމަށެވެ. ހާރޫން އެނދުގައި އިނީ ޝާއިރާގެ ހަރަކާތްތަކަށް ބަލާށެވެ.

“މިއަދު އޮފީހަށް ވަދެ ހުރިހާ ކަމަކާއި ޖެހޭނެ ހަވާލުވާން. ވަރަށް ބުރަވާނެ. އެކަމަކު ބަލާނަން އިނގޭ މެންދުރު ކާން ގެއަށް އާދެވޭތޯ” ހާރޫން ބުނެލިއެވެ. ޝާއިރާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ޝާއިރާ އެހާ ބުރަކޮށް އުޅުނީމަ ވަރަށް ދެރަވޭ… ޝަބާދޮންތަވެސް އެފުރީ. މަސައްކަތްކުރާނެ ކުދިންކޮޅެއް ހޯދާނަން ވަރަށް އަވަހަށް” ހާރޫން ބުނެލިއެވެ.

“ނޫން. އަހަރެން ބޭނުމެއްނޫން. ބޮލުގައި ހުރި ކޮންމެ އިސްތައްޓަކަށް ނޯކަރަކު ގެންގުޅެން އަހަރެން ބޭނުމެއްނުވޭ ކިތަންމެ ތަނަވަސްކޮށް އުޅުނަސް” ޝާއިރާ ވާހަކަދެއްކިއެވެ.

“އެކަމަކު ޝާއިރާ އަދި އެއްކޮށް ރަނގަޅެއް ނުވެއެއްނު. ދެރަވޭ ތިހެން އުޅޭތަން ފެނުނީމަ” ހާރޫން ބުނެލިއެވެ.

“ހެއްދެވި ފަރާތަށް ޙަމްދުކުރަން ތިކަހަލަ ކެއަރިންގް ފިރިއެއް ދެއްވިކަމަށްޓަކައި. އެކަލާނގެ އަހަރެން ފިރިމީހާގެ ހަޔާތަށް ދެވަނަ ފަހަރަށް އަހަރެން ފޮނުވާފައި މިހިރީ ފުރިހަމަ ޞިއްޙަތެއްގައި. އެންމެފަހު ނޭވައަށް ދަންދެންވެސް އަހަރެންގެ ފިރިމީހާއަށް ޙިދުމަތްކޮށްން މިގޮތަށް ކޮޅަށް ހުންނާނަން” ހާރޫންގެ ފުރަގަހުން ހުއްޓި އެއް އަތުން ގަމީހުގެ އަތްކުރި ލައްވާލަމުން ޝާއިރާ ބުނެލިއެވެ.

“އަލްޙަމްދުލިއްލާހް. އަހަރެން އަބަދުވެސް ބުނަމެއްނު މާއިރާއަށް ވުރެ ޝާއިރާ ތަފާތޭ…” ޝާއިރާގެ ގެނެސް އަތުތެރެއަށް ލަމުން ހާރޫން ބުނެލިއެވެ.

“ބަލައިގެން އުޅެއްޗެ. އަހަރެން ފަދައިން ހާރޫނަކީވެސް އަދި ކިރިޔާ ބަލިން ސަލާމަތްވެފައި ހުރި މީހެއް. އަދި ކާންޖެހޭ ބޭސްތައްވެސް އެބަހުރި… އެހާ ބުރަކޮށް މަސައްކަތްނުކުރާތި” ޝާއިރާ ބުނެލިއެވެ.

“ޝާއި ވެސް….” ހާރޫން ބުނެލިއެވެ.

“އަހަރެންނާއި ދޭތެރެ ނުވިސްނަބަލަ. އަހަރެންނަށް އެހީވާން މިގޭ ތެރޭގައި އަހަރެންނާއި އެއްވަރުގެ ބޮޑު އަންހެން ދަރިއެއްވެސް އެބަހުރި ދޯ. ޔޫ ޑޯންޓް ވޮރީ ލަވް….” ލޯތްބާއެކު ޝާއިރާ ބުނެލިއެވެ. ހާރޫން ހިނިތުންވެލަމުން ޝާއިރާގެ ނިތްކުރީގައި ބޮސްދިނެވެ.

*********************************

އެދުވަހުގެ ހަވީރު އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އޯޝަންވޭއަށް ފައިޒަން ކާރު މަޑުކޮށްލިއެވެ. ކޮނޑުގައި ލެޕްބޭގް އަޅުވާލާފައި ހުރިއިރު އޭނާ ހުރީ ރަސްމީކޮށެވެ. އެތެރޭގައި ކާރު ޕާކްކޮށްފައި އޭނާ މައިދޮރުން އެތެރަށް ވަދެގެން ދިޔައީ އަތުގައި އޮތް ކާޑް ބޭނުންކޮށްގެންނެވެ. ސިޓިންގރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ބަދިގެއާއި ބަދިގެއިން ނިކުމެވެން ހުންނަ ހުސްބަޔަށްވެސް ނިކުމެ ބެލިއެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ސިޑިން އަރައިގެން ގޮސް ފުރަތަމަ ފަންގިފިލާގެ ބެލްކަނި ބަލާލިއެވެ. ޕޮޓްތަކެއްގައި އިންދާފައި ހުރި ހުދާއި ފިޔާތޮށި ފިނިފެންމާ ގަސްތަކަށް ފެންދިނުމަށް އަވަދިނެތި ޝާއިރާ އުޅުނެވެ.

“ސަލާމް ޝާއްތާ….!” ފައިޒަން ޝާއިރާއަށް ސަލާމް ގޮވާލިއެވެ.

“ވަޢަލައިކުމް ސަލާމް….އަނހަ ފައިތަ…؟ ކޮންއިރަކު އައީ…؟” ފަހަތަށް އެނބުރިލަމުން ޝާއިރާ ޖަވާބުދިނެވެ.

“ދެންމެ މިއައީ… މިއަދު ހާދަ ތަފާތޭ… އޯހް… ބުރުގާ އެޅީ ދޯ…. ރީތި އިނގޭ… ކޮބާ ހާރޫންބެ…” ފައިޒަން އަހާލިއެވެ.

“އާނ… މިއަދު ނާލްއާއި ދެމައިން ބުރުގާ އެޅީ. ނާލް ދެކެފިންތަ؟ ބުނި ފައިއަށް ފޮޓޯއެއް ފޮނުވާނަމޭ…” ފެންހޮޅިން އަތް ދޮވެލަމުން ޝާއިރާ ވާހަކަދެއްކިއެވެ.

“އަދި ނުލިބޭ. ކޮބާތަ މިހާރު؟” ފައިޒަން އަހާލިއެވެ.

“ކޮޓަރީގަ” ޝާއިރާ ޖަވާބުދިނެވެ. ފައިޒަން މިސްރާބު ޖެހީ ޔަނާލްގެ ކޮޓަރިއާއި ދިމާލަށެވެ.

******************************

އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ފައިޒަންއަށް ފެނުނީ ކުޅޭ އެއްޗެހިތައް ހިފައިގެން ތިރީގައި ކުޅެން އިން ޔާޒްއެވެ. ޔާޒް ފެނުމުން އޭނާއަށް ކެތެއްނުވިއެވެ. އޭނާއަށް ވުރެ ކުރިން ޔާޒް އައިސް އޭނާގެ ފައިގާ ހިފައިގަތެވެ.

“ބައްޕިގެ ދަރިފުޅާ…. ވަރަށް މިސްވި ބޭބީ….” ޔާޒްގެ ކޮލުގެ ދެފާރުން ބޮސްދެމުން ފައިޒަން ބުނެލިއެވެ.

“ކޮބާތަ މަންމި…” ޔާޒް ކުރެން ފައިޒަން އަހާލިއެވެ. ތުއްތު ބަހުރުވައިން ޔާޒް ދެއްކި ވާހަކަތައް ފައިޒަންއަށް އޮޅުމެއް ނުފިލިއެވެ. އޭނާ ފާހާނާއާއި ދިމާލަށް ބަލާލީ ޔަނާލް ނިކުތްކަން އެނގުމުންނެވެ. ހުދުކުލައިގެ އަތްދިގު ޓޮޕްކޮޅުގެ ދަށުން ވިލު ނޫކުލައިގެ ސްކާރޓުގައި ބެގީކޮށްލައިގެން ހަމަ އެކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްގެން ހުރި ޔަނާލް ފެނުމުން ފައިޒަންއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އޭނާ ޔަނާލާއި ދިމާލަށް ހިނގަންފެށީ އަމިއްލަ ބާރުގައެއް ނޫނެވެ. ޔަނާލް ހުރީ ފައިޒަންގެ އެ ތަފާތު ބެލުން ފެނި ލަދުގަނެފައެވެ.

“ވާއު…. ބިޔުޓިފުލް…. ތީ ހަމަ އަހަރެންގެ ނަނާތަ…” ޔަނާލް ކައިރިގައި ހުއްޓުމަށްފަހު ފައިޒަން އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ.

“ވަރަށް ވަރަށް ލޯބި…. މާޝާﷲ… ކިސީކީ ނަޒަރްނާލަގޭ…..” ފައިޒަން ބުނެލިއެވެ. ޔަނާލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔަނާލް އެގޮތަށް ހޭމަންޒަރު ފެނި ފައިޒަންއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން އުނދަގުވިއެވެ.

“އަދި މިހާރު ވަކިން ރީތި…” ފައިޒަން ބުނެލިއެވެ.

“ދެން ހެޔޮ… ހާދަ ހިންދީއޭ ދޯ…” ފައިޒަންގެ ބަނޑުގައި ވިކާލަމުން ޔަނާލް ބުނެލިއެވެ. ޔަނާލް ކުރި ކަމަކަށް ނުބަލާ ފައިޒަން މަޑުމަޑުން ޔަނާލާއި ގާތަށް ޖެހެން ފެށިއެވެ. ޔަނާލް ފަހަތަށް ޖެހެމުން ގޮސް ޑްރެސިންގްޓޭބަލްގައި ލައްވެލިއެވެ. ޔަނާލަށް ސަލާމަތް ނުވެވޭނެހެން އޭނާގެ ދެއަތް ޑްރެސިންގްޓޭބަލްގައި ވިއްދާލިއެވެ.

“ފައި! ކީއްތިކުރަނީ. ބިރުގަނޭ….” ޔަނާލް ބުނެލިއެވެ. އޭނާގެ މޫނުމަތީގައިވަނީ ހާސްކަމެވެ.

“ކީއްވެ ބިރުގަންނަނީ. މަށަކީ ހަންޑިއެއްތަ؟” ފައިޒަން އަހާލިއެވެ.

“ނޫން….” ޔަނާލް ބުނެލިއެވެ.

“ދެން….؟” ފައިޒަން އަހާލިއެވެ.

ޔަނާލް އިސްޖަހާލިގޮތުން ފައިޒަންއަށް ހެވުނެވެ. އޭނާއަށް އިރުކޮޅަކު ޔަނާލްގެ މޫނަށް ބަލަން ހުރެވުނެވެ. އޭނާގެ ނަޒަރު މަޑުމަޑުން ދަތުރުކުރީ ޔަނާލްގެ ތުންފަތާއި ހަމައަށެވެ. މަޑު ފިޔާތޮށި ކުލައެއްގެ ލިޕް ގްލޮސްއަކުން އޭނާގެ ތުންފަތުގެ ފަޅު ފިލުވާފައިވާއިރު ފައިޒަން ދިޔައީ އިހުސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ. ޔަނާލް އިސްއުފުލާ ބަލާލިއިރު ފައިޒަންގެ މޫނުވީ ނުރައްކާތެރި ދަރަޖައަކަށް އޭނާގެ މޫނާއި ގާތުގައެވެ. އޭނާއަށް ދެލޯ މަރާލެވުނެވެ. މިދަނޑިވަޅުގައި ފައިޒަން ހިފަހައްޓަން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ސަބަބަކީ ހިތުގެ ކޮންމެސް ކަނަކުން ފައިޒަންގެ ލޯތްބަށް އޭނާއަށް އެދެވޭތީއެވެ. ޔަނާލަށް ދެލޯ ހުޅުވާލެވުނީ ފައިޒަންގެ ތުންފަތް އޭނާގެ ނިތްކުރިމަތިން ބީހިލުމުންނެވެ.

“ގޯޑް ބްލެސް ޔޫ…” ޔަނާލް ބަލާލުމާއެކު ފައިޒަން ބުނެލިއެވެ. ޔަނާލް ހީލިއެވެ. އޭނާގެ ހިތުން ފައިޒަންއަށް ދެވިފައިވާ ޤަދަރަށް ބޮޅެއް އިތުރުވެގެން ދިޔައެވެ.

“އެބަބަލާ….” ޔަނާލް ބުނެލިއެވެ.

“ކާކު….؟؟” ފައިޒަން އަހާލިއެވެ.

“އަހަރެމެން މިތަނުގައި ކުރި ހުރިހާ ކަމެއް ބަލައިފި” ޔަނާލް ބުނެލިއެވެ.

“ކާކުތަ….؟” ދެފަރާތް ހޯދާލަމުން ފައިޒަން ބުނެލިއެވެ.

“ޔާޒް….” ޔަނާލް ބުނެލިއެވެ. ފައިޒަން ފަހަތަށް އެނބުރި ބަލާލިއެވެ. ތެދެކެވެ. އެނދުގައި ދެއަތް އަޅުވާލައިގެން އެއް އިނގިލި އަނގައަށް ލައިގެން ނުލަފާ ވައްތަރަކަށް ހިނިތުންވެލައިގެން ޔާޒް ހުރީ އެދެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ފައިޒަން އަލުން ޔަނާލްގެ މޫނަށް ބަލާލިއިރު ހުރީ ހިނިއައިއްސައެވެ. އިރުކޮޅަކުން ދެމީހުންނަށް އެއްކޮށް ހެވުނެވެ. އެހުނުމުގައި ޔާޒްވެސް ބައިވެރިވިއެވެ.

“ތިއެއްނޫނޭ. އާދެބަލަ އެއްޗެއް ދައްކާލަން މިއައީ…” ޔަނާލް އަތުގައި ހިފައިގެން ހުރެ ފައިޒަން ހިނގައިގަތެވެ

“ވަޓްސް ރޯންގް؟” ފައިޒަން ލެޕް ހުޅުވާލުމުން ޔަނާލް އަހާލިއެވެ.

“ބަލާބަލަ” އަޅުވާފައި އިން ވީޑިއޯ ކްލިޕެއް ޕްލޭކޮށްލުމަށްފަހު ޔަނާލާއި ދިމާލަށް ލެޕް އަނބުރާލިއެވެ. ފެންނަމުން ދިޔަ މަންޒަރެއްގެ ސަބަބުން ޔަނާލަށް އަނގަމަތީގައި އަތް އެޅުނެވެ. އޭނާގެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު ވަށާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރީތި ސޫރައެކޭ 7

Next

ލޯބި ވީމޭ ސިއްރު ސިއްރުން (26

Next
March 6, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (26

Previews
March 6, 2019

ރީތި ސޫރައެކޭ 7

21 Comments!

  1. Ushaali says:
    March 6, 2019 at 8:34 pm

    salaam all
    mi bai genesdhinun lasvi kamahttakai kiyuntheringe arihuhn nihaayathah ma’afah edhen.
    mi bai ves huriha kudhinnah kamudhaane kamah heekuran.

  2. sai says:
    March 6, 2019 at 8:35 pm

    Finally up vejje..

    1. Ushaali says:
      March 6, 2019 at 10:11 pm

      dhw.. finaly… and sorry ingey ehaa imthizaaru kurevuneethi

  3. sai says:
    March 6, 2019 at 8:49 pm

    Maashaa Allah vvvv.reethi

    1. Ushaali says:
      March 6, 2019 at 10:12 pm

      🙂 thankyu so much sai

  4. yaaanaa says:
    March 6, 2019 at 8:57 pm

    woww??? varah furihama.. masha allah..❤❤❤

    1. Ushaali says:
      March 6, 2019 at 10:12 pm

      🙂 thankyu so much yaaanaa

  5. Saal says:
    March 6, 2019 at 9:04 pm

    Thank you usaali ❤️

  6. Sal says:
    March 6, 2019 at 9:06 pm

    Now story thiothee v bodah hamayakah elhi kankan hama jehifaa. Dhen kunnu genes nimmaleema reerhivaane. Aanmukoh mi site ga hunna vaahaka thakaa balaairu mivaahaka v salhi. 😀

  7. AMAAN says:
    March 6, 2019 at 9:07 pm

    finally mi part ves varah rythi waiting for the next part

    1. Ushaali says:
      March 6, 2019 at 10:13 pm

      🙂 thankyu so much AMAAN

  8. Naju says:
    March 6, 2019 at 9:17 pm

    Please mi story ge 1St part thah kiyeynee kihinehtha 1St part thah fennaanegotheh bunedheebala ushaali

  9. Ainth says:
    March 6, 2019 at 9:45 pm

    v v v salhi ? next part maadhan genesh dhyyba plxx ???❤

    1. Ushaali says:
      March 6, 2019 at 10:13 pm

      🙂 thankyu so much Ainth

  10. Shiim says:
    March 6, 2019 at 10:17 pm

    First part kihineh kiyaaleveynee..?

    1. Ushaali says:
      March 6, 2019 at 10:34 pm

      fenvaru online in kiaaleveyne. + face book page eh innaane ‘ushaaly ge vahaka’ mi page in ves kiyaaleveyne

  11. Aish says:
    March 6, 2019 at 10:49 pm

    Dhen kon irakun aneh part ????

  12. Sid says:
    March 6, 2019 at 10:56 pm

    Mashaa Allah. Mibaives varah furihama. Maadhamaa dhen in bai genesdhehchey. I love this story very much ❤️

    1. Ushaali says:
      March 6, 2019 at 11:01 pm

      🙂 thankyou so much Sid
      will try my best ingey mmadhama geneveytho

  13. Scarlet says:
    March 7, 2019 at 12:01 am

    Masha allah Varah reethi Part vx. Kmme part eh vx kiyan regular koh but comment eh nukurevey. Story is hama v v v wowww ❤️??? next part up kohdhechey avahah

  14. Sinon says:
    March 7, 2019 at 8:35 am

    Varah reethi.Maashaa Allah. Keep it up.

Comments are closed.

Next Episodeދިނީ ޒަހަރު…32←


All Right Reserved!