“ބައްޕާ، ބައްޕާ” ނަބާ ހާސްވެ ހުރެ ޒާހިދުގެ މޫނުގައި ޖަހާލަމުން ގޮވާލިއެވެ. ނަސީބު ރަނގަޅުކަމުން ތިންވަނަ ފަހަރު ގޮވާލުމާ އެކީ ޒާހިދު ލޯހުޅުވާލިއެވެ. ޒާހިދު ކުޑަކޮށް ތެދުވެލިއެވެ. ހަމައެވަގުތު ޒާހިދުގެ ބަނޑުގައި އޮތް އެތި ފެނި ޒާހިދު އަދި ނަބާއަށް އެކަކު އަނެއްކަކަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.
*******
“މި ކޯއްޗެއް؟” ބަނޑުގައި އޮތް ސީޑީ ނަގަމުން ޒާހިދު ބުނެލިއެެވެ. “ތިއެއް ނޫން. ބައްޕަ މިތާ ކިހިނެއް. ކިހިނެއްވީ” ހާސްކަމާއެކީ ނަބާ އަހާލިއެވެ. މިހެން ބުނުމާއެކީ ޒާހިދު އަމިއްލަ ބޮލުގައި ހިފަހައްޓާލިއެވެ. ހަނދާން ކުރަން އުޅުނަސް އެއްވެސް ކަމެއް ހަނދާނެއް ނުވިއެވެ. “ނޭނގެ” އެންމެފަހުން ޒާހިދު އަށް ބުނެލެވުނެވެ. ނަބާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ދާދި ފަހުން ހަދަން ފަށާފައިވާ އިމާރަތެކެވެ. ކުރިން ދެބުރީގެ ހޮޓެލެއް ނަމަވެސް އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ހޮޓަލް އަނދައި ހުލިވިއްޔެވެ.
“ހިނގާ” ނަބާ ޒާހިދު ތެދުވުމަށް އެހީތެރި ވެދެމުން ބުނެލިއެވެ. އެއަށްފަހު ދެމީހުން މިސްރާބު ޖެހީ ގެއާ ދިމާލަށް ދިޔުމަށެވެ.
*****
ޑިއުޓީ ނިންމާފައި ގެއަށް ވަދެގެން އައި އަކްމަލްގެ މޫނުމަތި ވަނީ މިލާފައެވެ. “އަކްމަލް. މިއަދު ފުރަން އުޅޭތީ ހިތަށްއެރީ ޖައްސާލާނަމޭ ވާހަކަ ދައްކާލަން. ދެން ނޭނގެ ފެންނާނެ ދުވަހެއް ވެސް” ސިޓިންގްރޫމް ސޯފާގައި އަކްމަލްގެ އިންތިޒާރުގައި އިން ޔުނާލް ބުނެލިއެވެ. “ޔާ. ވެއިޓް އަންނާނަން ޗޭންޖް ކޮށްލައިގެން” އަކްމަލް މިހެން ބުނެ ކޮޓަރިއަށް ދިޔައެވެ. އަކްމަލް އެނބުރި އާއިރު ޔުނާލް ހުރީ ދެކޮފީ ތަށި ގިރާފައެވެ. އަކްމަލް އައުމުން ޔުނާލް ކޮފީ ތަށި ދިއްކޮށްލިއެވެ. އަކްމަލް ހިނިތުންވެލަމުން އެ ހިފައިގެން ސޯފާގައި އިށީއިނދެލިއެވެ.
“ކޮންއިރަކުން ފުރަނީ؟” އަކްމަލް އަހާލިއެވެ. “މިރޭ” ޔުނާލް ޖަވާބު ދިނުމުން ދެން ދިޔައީ ހިމޭންވަގުތު ކޮޅެކެވެ. “ޔުނާލް. ސޮރީ ބަޓް ވާހަކަ އެއް އަހާލަންތަ؟” ޔުނާލް ޖަވާބުގައި ބޯޖަހާލިއެވެ. “ޒޭބާ ފިލައިގެން ދަމުން ޔުނާލް ކައިރި ހަމަ އެއްވެސް އެއްޗެއް ނުބުނޭތަ” ޔުނާލް އިސްދަށަށް ޖަހާލިއެވެ. “ޔެސް އަކްމަލް. ޝީ ނެވާ ސެއިޑް އެނީތިންގެ. އައި ޖަސްޓް މިސް ހާ.” ޔުނާލް އަސަރާއެކީ ބުނެލިއެވެ. އަކްމަލް ޔުނާލްގެ ކޮނޑުގައި ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެހެނީ ޔުނާލް އަދި ޒޭބާ އެކަކު އަނެއްކަކު ދެކެ ލޯބިވާވަރު އެންމެ ކައިރިން ދުށި އެކަކަކީ އަކްމަލް އެވެ. އެދެމީހުން ކައިވެނި ހަމަޖެހުމުން ޒޭބާ އުފާވެފައި ހުރި ވަރު އަދި ވެސް އަކްމަލް ހަނދާން އެބަހުއްޓެވެ.
*****
(ޒޭބާގެ މާޒީ)
ދިހަ މިނެޓް ފަހުން އަކްމަލްގެ ނަމުން މީހަކު ގޮވާލުމުން އަކްމަލްގެ އިތުރުން ޒޭބާވެސް އެދިމާލަށް ބަލާލިއެވެ. އެވަގުތު އަކްމަލް ކުރިއަށް ހިނގައިގަތް އިރު ޒޭބާއަށް ބަލަހައްޓައިގެން ހަރަކާތެއް ނުކޮށް ހުރެވުނީއެވެ.
“ހޭ ބްރޯސް. ކޮންއިރަކު އިންޑިއާއަށް އައީ” އަކްމަލް ޖޯޝާއެކީ ގޮސް ޔުނާލްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އޭރު ޔުނާލްގެ ކައިރީގައި އަރްޔަން، ފައިރޫގް އަދި ޔާމިން ، އީތަންވެސް ހުއްޓެވެ. “އަހަރެމެން ހަތަރު މީހުން މާދެން މާލެ ދާން ފުރަން މިއުޅެނީ ޗުއްޓީއަށް. އެހެންވެ ހިތަށް އެރީ އަކްމަލް އާއެކީ މިރޭ އެއްމެން މަޖާކޮށްލާފައޭ ދާނީ” ޔުނާލް ނޫން އެއްމެނަށް އިޝާރަތް ކުރަމުން އަރްޔަން ބުނެލިއެވެ. “ސަޅި. ޔުނާލް ނުދަންތަ؟” އަކްމަލް އަހަލިއެވެ. “އާން. އަހަރެން ޗުއްޓީ ހެދަކުރާނީ އަކްމަލް އާއެކީ. މާލެ ކަޑަ” ހިނިގަނޑަކާ އެކީ ޔުނާލް ބުނެލިއެވެ. އަކްމަލްވެސް ވަރަށް ބަރާބަރޭ ބުނެލިއެވެ. މި ފަސް މީހުންނާ އަކްމަލް ބައްދަލު ވީ އޮސްޓްރޭލިއާއަށް ޗުއްޓީއަކަށް ދިޔަފަހަރަކުއެވެ. އޭގެ ފަހުން އެމީހުން ބެސްޓްބަޑީސް އަށް ވިއްޔެވެ. އެފަހަރަށް ފަހު ކޮންމެ އަހަރީ ޗުއްޓީއަކަށް އަކްމަލް އޮސްޓްރޭލިއާއަށް ގޮސް އެމީހުނާ އެކީ ވަގުތު ހޭދަކުރެއެވެ.
“ބުނީމެއްނު އަަހަރެންގެ ބެސްޓީއަށް މީޓް ކޮށްދޭނަމޭ؟ ހިއާ އިޒް ޝީ. ޒޭބާ” މަޑުމަޑުން ހިނގަމުން އައިސް ޒޭބަ ކައިރި ހުއްޓެމުން އަކްމަލް ބުނެލިއެވެ. ޔުނާލްއަށް ބަލަން ގެއްލިހުސްވެފައި ހުރި ޒޭބާއަށް ހަމަހޭވެރިކަންވެ އަވަސް އަވަހަށް ހާއި އޭ ބުނެލިއެވެ.
“މިއޮއް އައީ އެއްމެން. ޔުނާލް ބުނަން ހަމަ ކިރިޔާ އަކްމަލް ކައިރި ތިމީހުން އަންނަ ވާހަކަ ނުބުނެވުނީ.” އެމީހުންނާ ދިމާލަށް ހިނގަމުން އައި އާސިމާ ޔުނާލް އާ ދިމާލަށް ބުނެލިއެވެ. “ނަސީބެއްނު. ނޫނީ މުޅި ސަޕްރައިޒް ފަނިވީހޭ” ހިނިގަނޑަކާއެކީ ފައިރޫގް ބުނެލިއެވެ. އެއްމެންވެސް ތެދެކޭ ކިޔާ ހީގަތެވެ. “އާދޭ އެތެރެއަށް ހުރިހާ ކުދިން” އާސިމާ އެތެރެއަށް ވަންނަން ދަމުން ބުނެލިއެވެ.
އެރޭ އެއްގޮތަކަށްވެސް ޒޭބާއަކަށް ނިދޭގޮތެއް ނުވިއެވެ. ވިސްނެނީ ޔުނާލްއާ މެދުއެވެ. އެ ސޫރަ ޒޭބާގެ މައުސޫމު ހިތުގައި ބިންވަޅުނެގިގެން އެދިޔައީ މަދު ހިނދުކޮޅެއްގެ ތެރޭގައެވެ. “ޒޭބާ. ޔޫ ސްލީޕިންގް؟ އާދެބަލަ އަހަރެމެންނާ އެކީ ފިލްމް ބަލާލާ މަޖާކޮށްލަން.” ޒޭބާގެ ކޮޓަރިއަށް ބޯދިއްކޮށްލި އަކްމަލް ބުނެލިއެވެ. ޒޭބާ ވަގުތުން ބޯހޫރާލިއެވެ. ނަމްވެސް އަކްމަލް ހުރީ ދޫދޭގޮތަކަށް ނޫނެވެ. “ތި ހުރިގޮތަށް ނެރޭނީތަ ނޫނީ އަމިއްލޭން އަންނާނީތަ؟” އަކްމަލް ހަތިޔާރު ދިއްކޮށްލިއެވެ. ޒޭބާ ކަޅިއަޅާލާފައި ގޮސް ފާހާނައަށް ވަނީ ނިދާހެދުން ބަދަލުކުރާށެވެ.
ޒޭބާ އަކްމަލް އާ އެކީ ހިނގާލާފައި ގޮސް ސިޓިންގްރޫމްއަށް ނިކުތެވެ. އޭރު ބާކީ ތިބި އެއްމެން ފޯރީގައި ޓީވީ ބަލަންހުއްޓެވެ. ޔާމީން އަށް ޒޭބާފެނުމުން އަވަސް އަވަހަށް ސޯފާއިން ތަންދެއްކިއެވެ. އަކްމަލް ގޮސް ބިންމަތީ އިށީއިނުމުން ޒޭބާގޮސް ޔާމީންއާ ޖެހިގެން އިށީއިނދެލިއެވެ. އެރޭވީ ޒޭބާ އަށް ހާއްސަ ރެއަކަށެވެ. އެ އެންމެންނަށް ގުޅުން ބަދަހިވި ރެއަކަށެވެ. ޔުނާލް އަށް ވާހަކަ ދައްކަންފެށުނު ރެއަކަށެވެ.
އޭގެ އަނެއްދުވަހު ޔުނާލް ނޫން އެއްމެން ފުރައިގެން ދިޔައިރު ޔުނާލް އަކްމަލް އާއެކީ އެގޭގައި އުޅެމުން ދިޔައެވެ. އެކަންވީ ޔުނާލް އާއި ޒޭބާގެ ގުޅުން ބަދަހިވަން ދިމާވި އެއްމެބޮޑު އެއް ކަމަށެވެ. ދެމީހުން އެކަކުއަނެއްކަކަށް ވާހަކަ ދައްކާ ލޯބީގެ ގޮތުން ގުޅުނީއެވެ. އަކްމަލް ކައިރި ޒޭބާ އެވާހަކަ ބުނުމުން އަކްމަލް ވަރަށް އުފާވިއެވެ. އޭގެ ފަހުން އަކްމަލްގެ ދިމާކުރުންތައް ފެށިގެން ދިޔައެވެ. ހަމަ އެދުވަސް ވަރު ޒޭބާއަށް ނަބާގެ މެއިލްތައްވެސް ލިބެންފެށިއެވެ. އަކްމަލް ކައިރި އެވާހަކަ ނުބުނި ކަމުގައި ވިޔަސް ޒޭބާގެ ދައްތައެއް ހުންނަކަން އިނގުން ވާހަަކަ ޒޭބާ އަކްމަލް ކައިރި ބުންޏެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައިރު އާސިމާ އަދި ޒީނަތުގެ އިތުރުން ހުސެންއަށްވެސް ޒޭބާ އަދި ޔުނާލްގެ ގުޅުން އިނގުނެވެ. ޒީނަތު ވަގުތުން ޔުނާލްއާ ބެހޭގޮތުން މައުލޫމާތު ހޯދިއެވެ. އާސިމާގެ ފަރާތުން އިނގުނީ ޔުނާލްއަކީ އާސިމާގެ އެކުވެރިއެއްގެ ދަރިއެއްކަމެވެ. އެގޭމީހުން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އާސިމާ ދިނުމުން ޒީނަތު އެގުޅުމާ އެއްބަސް ވިއެވެ. ނަމަވެސް ޒީނަތު އެދުނި ކައިވެނި ކުރުމަށެވެ. އެގޮތް ޔުނާލްގެ އިތުރުން ޒޭބާ އަށް ވެސް ރަނގަޅުވުމުން ވީ އެއްމެ އަވަހަށް ކައިވެނި ކުރުމަށް ދެ އާއިލާއިން ހަމަ ޖެއްސިއެވެ. އެދުވަހު ޒޭބާ އަކްމަލްގެ ކައިރި ހުރެގެން އުފަލުން ރުޔެވެ.
*****
(މިހާރު)
“އަކްމަލް” އަކްމަލްއަށް ހަމަހޭވެރިކަން ވެވުނީ ޔުނާލް އަކްމަލްގެ ގައިގައި ކޮއްޓާލުމުންނެވެ. “އަހަރެން ދަނީ. އެޔޮށް ދިހައެއް ޖަހަނީ. ދިހަގަޑި ތިރީހަށް އެއާޕޯޓަށް ދާންޖެހޭ” ޔުނާލް ތެދުވަމުން ބުނެލިއެވެ. “އަހަރެންވެސް ދާނަން ފުރުވަން” އަކްމަލް މިހެން ބުނުމުން ދެމީހުން އެކީ ނިކުމެގެން ދިޔައެވެ.
*****
ނަބާ އަދި ޒިޔާދު ސިޓިންގް ރޫމްގައި ހުރެ އެސީޑީ އަޅުވާލިއެވެ. ރިކޯޑިންގެ އެކެވެ. ޒީނަތު އަދި ފައިސަލްގެ އަޑެވެ. ހުރިހާ ހަގީގަތެއް ފަޅާއެރީއެވެ. ޒިޔާދު އަށް އަމިއްލަ ބޮލުގައި ހިފަހައްޓާލެވުނެވެ. “ދަރިފުޅާ. ބައްޕަ ދެން ކިހިނެއް ހަދާނީ. ޒީނަތު ނޭނގެ ބައްޕައަށް މާފު ކުރާނެ ކަމެއްވެސް” ޒިޔާދު މިހެން ބުނިއިރު ނަބާ ވިސްނުމެއްގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. މި ސީޑީ ވަނީ ހަމައެކަނި ޒޭބާ އަތުގައެވެ. މި ބައްޕައަށް ލިބުނީ ކިހިނެއްބާވައެވެ. ނަބާ އުފާވެސް ވިއެވެ. އޭނާ އަދި ޒޭބާގެ މަގުސަދު ކާމިޔާބުވީ އެވެ. ނަމަވެސް..
މިއުފާވެރިކަން ފާހަގަކުރަން ޒޭބާ ކޮބާ ހެއްޔެވެ. ޒޭބާ ދުވަހަކުވެސް ހަމަ ލޮލަށް ފެނިފައި ނުވާއިރު ޒޭބާ ދެކިލުމަށް އެހިތް އެދި ގޮވަމުން ދިޔައެވެ. ނަބާގެ ދެލޯ ފެންކަޅިވިއެވެ. ” ބައްޕަ ވީ އެންމެ އަވަހަކަށް އިންޑިއާއަށް ފުރާނަން ޒީނަތު ގެ މާފު ހޯދަން. މާފު ލިބިއްޖިއްޔާ ދަރިފުޅުގެ މަންމަ ގޮވައިގެން އަންނާނީ” ނަބާ އަށް ހަމަ ހޭވެރިކަން ވި ޒާހިދު މިހެން ބުނެލުމުންނެވެ. “އަހަރެންވެސް ދާނަން.” ނަބާ އަވަސް އަވަހަށް ބުނެލިއެވެ. “ނޫން ދަރިފުޅުގެ ވަޒީފާގެ ކަންތަކުގައި ދަރިފުޅު އުޅޭ. އިން ޝާ ﷲ ބައްޕަ އަންނާނީ މަންމަ ގޮވައިގެން” ނަބާގެ ބޮލުގައި ފިރުމާލަމުން ޒާހިދު ބުނެލިއެެވެ. ނަބާ ހިނިތުންވެ ހުރެ ބޯ ޖަހާލިއެެވެ.
*****
އަރްޔަން ހިނގަމުން ދިޔައީ ގަޑި ޖެހުމުގެ ކުރިން ޓާމިނަލް އަށް ދިޔުމަށެވެ. މިހާރު އެހެން އެއްމެން ގޮސްދާނެކަން ޔަގީނެވެ. އޭނާއަށް މިރޭ ނިދާލެވުނީއެވެ. ހޭލެވުން އިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އަވަހަށް ދެވޭތޯ އަރްޔަން ގޯޅިއެއް އަޅާލިއެވެ. އެއާއެކު ފުރަތަމަވެސް އަރްޔަން އަށް ފެނުނީ އަންހެން ކުއްޖެއް މަގުގެ އެއްފަރާތުގައި ބަލަހައްޓައިގެން ހުއްޓައެވެ. އެކުއްޖާގެ އިސްތަށި މޫނަށް އެޅިފައި ހުރުމުން އެހާ ރަނގަޅަކަށް މޫނެއް ނުފެނުނެވެ. އަރްޔަން ހުއްޓުން އެރި ނަމަވެސް ދެފަރާތަށް ބޯހޫރާލާފައި އަނެއްކާ ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުން ތަނާ އަނެއްކާ އެކުއްޖާ ކުރިމަތިން މަގުގެ އެއްފަރާތުން ފެނިއްޖެއެވެ. މިފަހަރުވެސް އަރްޔަން ހިނގައިތެވެ. ތިންވަނަ ފަހަރު މަގުގެ އެއްފަރާތުން އެއަންހެންކުއްޖާ ފެނުމުން އަރްޔަންގެ ނިއްކުރި ދާހިއްލަން ފެށިއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. ހިނގުން ބާރުކޮށްލެވުނީވެސް އެހެންވެއެވެ. ވަކި ހިސާބަކަށް ގޮސް ތުރުތުުރު އަޅާހާލު އަރްޔަން ފަހަތް ބަލާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން އަރްޔަން ކުރިއަށް ބަލާލިއެވެ. ގަންބިރުން ހަޅޭލަވައިގަނެވުނެވެ. ކުރިމަތީ ހުރީ އެއަންހެންކުއްޖައެވެ. ކުއްލިއަކަށް ޖެހުނު ވައިރޯޅިން އެކުއްޖާގެ މޫނު ފާޅުވިއެވެ. އަރްޔަން އަށް ދެލޯބޮޑުކޮށްލެވުނެވެ. ބިރުގަންވަރުން ދުއްވާގަންނަން އުޅެވުނެވެ. ނަމަވެސް އޭގެ ކުރިން އެ އަންހެން ކުއްޖާ އަރްޔަންގެ ކަރުގައި ހިފާލިއެވެ.
****
“މިއޮއްއައީ” ފައިރޫގް ބުނެލީ ކާރުންފޭބި ޔާމީން ފެނުމުންނެވެ. “ކޮބާ އަރްޔަން؟” ޔުނާލް ކައިރި ހުރި އަކްމަލް ބުނެލިއެވެ. “މިދަނީ އޭ ބުނި” ރިންގް ވަމުންދިޔަ ފޯނު ނަގަމުން ފައިރޫގް ބުނެލިއެވެ. އެއްމެނަށް ފައިރޫގް އޭނާގެ ފޯނު ދައްކާލީ ގުޅަނީ އަރްޔަންކަން އެންގުމަށެވެ. “ހަލޯ. ކޮބާ ކަލޭ. ދެން ނޭނގެ ފްލައިޓްވެސް ލައްވާލާނެ ކަމެއް” ފައިރޫގް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “މި ޕޮލިސް އޮފިސާ އާދިލް އިނގޭތޯ. މިތާ މަގުމަތީ މީހެއް ވެއްޓިފައި އޮތުމުން އެމީހާގެ ޖީބުގައި އޮތް ފޯނުން މިގުޅާލީ. އެއްމެ ފަހުން ގުޅާފަ އިނީ މި ނަންބަރަށް ކަމަށް ވާތީ. އައިޑީ ކާޑުގައި އިނީ އަރްޔަން ޒާހިރު. މިހާރު އައިޖީއެމްއެޗް އަށް އެމްބިއުލާންސް އިން ގެންގޮއްސި.” އެކޮޅުން ބުނިއެތިން ފައިރޫގް އަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި އެއްމެނަށް އެވާހަކަ ކިޔާދިނެވެ. އެއްމެންވެސް މިސްރާބު އައިޖީއެމްއެޗް އާ ދިމާލަށް ބަދަލުކޮށްލިއެވެ.
****
އަރްޔަން އޮތް ކޮޓަރިއަށް އެއްމެން ވަދެގެން ދިޔައިރު އެއްމެ ފުރަަތަމަވެސް އެއްމެންގެ ލޮލުގައި އަޅައިގަތީ އަރްޔަންގެ ރަތްވެފައިވާ ކަރެވެ. “އަނެއްކާ މީނައަށް ކާކުބާ މިވަރުކޮށްފަ މިއޮތީ” ހޭނެތިފައި އޮތް އަރްޔަންއަށް ބަލާލަމުން ޔުނާލް ބުނެލިއެވެ. “އަހަރެން މާދަމާ ޑިއުޓީއަށް ގޮސް ބަލާނަން. ތިމީހުން ދޭ ދެން. ފްލައިޓް މިސްވެދާނެ. އަހަރެން ހުންނާނަން އަރްޔަން ކައިރި” އަކްމަލް ބުނެލިއެވެ. “ނޫން. މިހާރު ފްލައިޓްވެސް ނައްޓާލާފި. ދެން އިން ފްލައިޓް އިން ޓިކެޓް ހޯދަން ދެން ޖެހޭނީ.” ޔާމިން ބުނެލިއެވެ. ދެންދިޔައީ ހިމޭންވަގުތު ކޮޅެކެވެ. އޭގެ އެއްގަޑި އިރު ފަހުން އަރްޔަން ކުއްލިއަކަށް ހޭލާފަ ކިޔަންފެށި އެއްޗެހިން އެއްމެންގެ ނިތަށް ރޫ ގިނަވިއެވެ.
“އޭނާ އަހަރެން މަރާލާނެ. ޔާމީނޫ. އޭނާ އަހަރެމެން މަރާލާނެ. އަހަރެމެން ފުރިޔަކަވެސް ނުދޭނެ. ފައިރޫގް އަަހަރެމެންނަކަށް ސަލާމަތެއް ނުވެވޭނެ. މާލެ އެރުނީ އަަހަރެމެންނަށް އޮޅުމަކުން. ހާ” ކުއްލިއަަކަށް ހީވީ އެހެން ބާރެއް އަރްޔަންގެ ގަޔަށް ވަންހެންނެވެ.
އަރްޔަން ބާރަކަށް ހަޅޭލަވައި ގަންފައި އެތާ މޭޒުމަތީ އާފަލު ކޮށަން ބާއްވަފައި އޮތް ވަޅި ނަގައި އަމިއްލަ ބަނޑާ ދިމާލަށް ހަރާލަން އަތް ގެންދިޔައެވެ. އެތާ ހުރި އެއްމެން އަރްޔަން އާ ދިމާލަށް ދުއްވާގަތީ ހަޅޭލަވައިގަންފައެވެ. އެއްމެކުރީގައި ހުރި އަކްމަލް ގޮސް އަރްޔަންގެ އަތުގައި ހިފާލިއެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. އަރްޔަން އެތޫނު ވަޅި އޭނާގެ ބަނޑަށް ހަރާލާފިއެވެ. ފައިބަމުން ދިޔަ ލޭތައްފެނި އަކްމަލްގެ ހެޔަށްވެސް ގޮތެއް ވެގެން ދިޔައެވެ. ޔުނާލް، ފައިރޫގް އަދި ޔާމީން އަވަސް އަވަހަށް ޑޮކްޓަރަށް ގޮވަން ފެށީ ލޮލުގައި ކަރުނަ ހުރި ހާލުއެވެ.
ނުނިމޭ
20 Comments!
Comments are closed.





Heyy guyyxxx.. las vehje dww… do comment below igey views thah.. question eh othas.. next part next Wednesday ga.. cox i’m bxy tuesday thakuga and mi friday vx v bxy.. thankyouuu.. ?
Ehnve ram ge story up vaany konme friday and Wednesday ga..
nice
Thankyouu juma ?
me first dhow
Yesss ??
Thank you for the update. Its amazing as usual. Also, its ‘TV balan thihbeve.” not “TV balan huhteve.”
Okayy laaav.. dhn faharakun ragalhu kohlaanan.. thaaankyouuu ?
Masha allah..ramm its really nyc..??❤??bt adhivx miah vure bodah Nxt prt dhigukohdhehche.??????????..ly ramm sis kolhuu..waiting for nxt wednesday..??????
Thankyouu lavv ?
I meant friday ingey sis??
so mysterious…..can’t wait to see what happens next..
Aww thankyou so much laav.. keep waiting ?
The story is really interesting waiting 4 the next part keep it up RAMM LUV U???
Thankyouuu laaav.. love yuu moree ??
Ramm kon irakun next part.mihaaru mi april eh mas dhiyee konme mahaku emme part eh tha genedeny.hama mihen vany esfiya ga vaahaka liyaa gina kudhinah mi vaahakaves mi huttune miyah vureh rangalhuvaane vaahaka nuliyunas adhi vaahaka nugenesdevi gina duvas vanyaa mi kudhi jassaany varah fake stant thah buxy,exam,bali any eays ekm mi vaahaka vvv salhi ekm konme meehakuves hard vaane vaahaka up vaaleh las vanyaa dhw
ram vv reethi.kon irakun next part
Kon irakun 8th part nereny
Vrh nice story
alhe dhen mi story hama ninmaalytha thi