Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭ ނަމަ 19

Aami Level 210 Stories100 Comments
March 6, 2019 10 Mins Read
18 Comments

“ގަބޫލުކުރޭ ޒިން. އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ. އެހެން ނޫން ނަމަ ދުވަހަކުވެސް ހުވަފެނެއްގަ ނަމަވެސް ލީން އަށް ދެރައެއްދޭން އަހަރެން ހިތަށްވެސް ނާރުވާނަން. އެކަމް އަހަރެންނަށް އެދުވަހު އެހެން ކަންތައްކުރަން މަޖުބޫރުވީ ލީންގެ ފުރާނަ ސަލާމަތްކުރަން.” ރާދިން މާޒިންއަށް ކަންތައް ހިނގާދިޔަގޮތް އަކުރުން އަކުރަށް ކިޔާދިނެވެ. އަންޖަލްގެ ކަންތަކާއި އަންޖަލް އޭނައަށް މަޖުބޫރުކުރިގޮތާއި ހުރިހާ ވާހަކެއް ކިޔާދިނުމުން މާޒިން ރާދިންގެ ވާހަކަ ގަބޫލުކުރިއެވެ.

“އަހަރެން ތިވާހަކަ ގަބޫލުކޮށްފިން. އެކަމް ހިޔެއްނުވޭ ތީގެން އެއްވެސް ވާހަކައެއް ބައްޕަ ގަބޫލުކުރާނެހެނެއް. ރާދް ގެ ނަން ވެސް އަޑުއަހާކަށް ބައްޕަ ބޭނުމެއްނުވޭ. ދޮންތަ ވެސް އެކަންތަކަށްފަހު ރާދްގެ ވާހަކަވެސް ދޮންތައަށް އަޑުއިވޭ ހިސާބު ދައްކާކަށް ބޭނުމެއްނުވޭ. ބައްޕަ އާއި ދޮންތަގެ އިތުބާރު ހޯދުމަކީ ރާދްގެ ކަމެއްދެން. އަހަރެމެންނަށް އެހީތެރިވެވިދާނެ. އެކަމް ކަންކުރަންވާނީ ރާދް އަށް.” ރާދިންގެ ކޮނޑަށް އަތް ވައްޓާލަމުން މާޒިން އޭނާއަށް ކިޔާދިނީ ހަގީގަތެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް މިއަދު އަވްލީން އާއި މިރުހާންގެ ރުހުމާއި އިތުބާރު އަލުން ހޯދުމަކީ ރާދިން އަށް ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެ ހާލެއްގައި  ނަމަވެސް އަވްލީންގެ އިތުބާރު އަލުން ހޯދުމަށް ރާދިން ހުރީ އަޒުމު ކަނޑައަޅާގެންނެވެ. ހަަމައެކަނި އަވްލީންގެ އިތުބާރެއްނޫނެވެ. އަވްލީންގެ ބައްޕަގެ ރުހުންވެސް އަލުން ހޯދުމަށް ރާދިން މަސައްކަތްކުރާނެއެވެ.

ރާދިންމެންނަށް އޮޕްރޭޝަން ތިއޭޓަރ ކައިރިއަށްދެވުނީ ޑޮކްޓަރުވެސް ނުކުތް ވަގުތުއެވެ. އެހެންކަމުން އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.

“ޑޮކްޓަރ އަހަރެންގެ ދަރިފުޅު ކިހިނެތް މިހާރު؟” މިރުހާން ހުރީ އަވްލީންގެ ހާލު އެނގެން ބޭނުންެވެފައެވެ. އަވްލީންގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތްކަން އެނގުމުން ނޫނީ އޭނާއަކަށް ހިތްހަމަޖެހުމެއްނުލިބޭނެއެވެ.

“ހިތްވަރުކުރޭ. އޮޕްރޭޝަން ކާމިޔާބުކަމާއެކު ކުރެވިއްޖެ. އެކަމް އަދިވެސް ހެޔެއްނާރާ. އެންޑް……” އެހިސާބަށް ބުނުމަށްފަހު ޑޮކްޓަރ ޝަޔާން ހުއްޓުންއެރިއެވެ.

“އެންޑް ވަޓް ޝަޔާން؟” މިރުހާންގެ ކުޔިއަށް ސުވާލުކޮށްލީ ރާދިންއެވެ. ޝަޔާންގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ކޮންމެސް ކަމެއް ގޯސްވެއްޖެކަން ރާދިންއަށް ވިސްނުނެވެ. އެހެންކަމުން އޭނާގެ ހިތުގެ ހިނގުންވެސް އަވަސްވެ ނޭވާވެސް ތާށިވިހެންހީވިއެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ޑޮކްޓަރ ބުނާ އެއްޗެއް އަޑުއެހުމަށެވެ.

“އެކްސިޓެންގެ ސަބަބުން އަވްލީންގެ ބޮލަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފަވަނީ. އެންޑް ގަޑީއިރެއްގެ ތެރޭ ހޭނާރާފިއްޔާ ކޯމާއަކަށްވެސް ދިޔުމުގެ ފުރުޞަތު އެބައޮތް.” ޑޮކްޓަރގެ ވާހަކަތައް އަޑުއިވުމުން އެންމެގެ މޫނު މަތިން މާޔޫސްކަން ފާޅުވިއެވެ.

“މައިރާގެ ފުރާނައަށް އެއްވެސް ނުރައްކަލެއްނެތް މިހާރަކު. އެކަމް އަތަށް ލިބުނު ގެއްލުމެއްގެ ސަބަބުން ވާއަތް ބިނދިފައޮތީ. ބަޓް ވިޓް ޓައިމް އެކަންވެސް ރަނގަޅުވާނެ.” އަވްލީންގެ ހާލު ސީރިއަސް ނަމަވެސް މައިރާއަށް އެއްވެސް ނުރައްކަލެއްނެތްކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަަމަޖެހުމެއް އެންމެންނަށްލިބުނެވެ. ދެކުދިންނަށް އެހާލުނުޖެހުނުކަން ނަސީބެކޭ އެމީހުންގެ ހިތަށްއެރިއެވެ.

“ކަލޭ ކައިރީ މިތަނަށް ނާއްނާށޭ ބުނީމަވެސް އަނެއްކާ ކީއްކުރަން މިތަނަށް ތިއައީ. ފެނޭތަ މިހާރު އަހަރެންގެ ދަރިފުޅު އުޅޭ ހާލު. މަރާ ހަނގުރާމަކުރަމުން އެދަނީ. އަދިވެސް ކުރެވުނުވަރު ކުޑަވެގެންތަތިއައީ މިތަނަށް.” ވެދިޔަ ހުރިހާ ކަމަކަށް މިރުހާންއަށް ކުށްވެރިކުރެވުނީ ރާދިން އެވެ. ރުޅި އާއި ހިތާމަ ވަށާލުމުން އެފަދަ ގޮތަށް ކަންތައްވެގެން ދިޔުމަކީ އެކަށީގެންވާކަމެކެވެ.

“ބައްޕާ މީގެން އެއްވެސް ކަމެއްގަ ރާދްގެ އެއްވެސް ކުށެއްނެތް. ރާދް އަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީމަ އޭރު އެގޮތަށް ކަންތައްކުރީ…” މާޒިން މިރުހާންއަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ.

“މާޒިންވެސް މީނަގެ މޮޅު ވާހަކައިގައި ޖެހުނީދޯ އެންމެ ފަހުން. ފެނޭތަ ދޮންތަ މިއަދު އެއޮތް ހާލު. އަދިވެސް އެ ރާދިންގެ ބަހަށްތަ ހެއްލެންވީ؟” ރާދިންގެ ދިފާއުގައި މާޒިން ވާހަކަދައްކަން ފެށުމުން މިރުހާން މާޒިން ދެކެވެސް ރުޅިއައެވެ.

“އަހަރެންނަށް ފެނޭ ދޮންތަ އޮތް ހާލު. އެކަމް އޭގަ ރާދްގެ އެއްވެސް ކުށެއްނެތް. ރާދް އެދުވަހު އެގޮތަށް ކަންތައްކުރީ ދޮންތަގެ ފުރާނަ ސަލާމަތްކުރަން. ރާދް ދޮންތަ ދެކެ ލޯބިވާ ވަރަށް ދޮންތަ ދެކެ ލޯބިވާނެ އެހެން މީހެއް ދޮންތައަކަށް ނުލިބޭނެ.” މާޒިން އަދިވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ޒިން ސްޓޮޕް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ޒިން އާއި ޒިންގެ ބައްޕަގެ މެދު އެއްވެސް މައްސަލައެއްޖެހޭކަށް. ހުރިހާ ކަމެއްވެސް ގޯސްވީ އަހަރެންގެ ސަބަބުން. އެހެންވީމާ ހުރިހާ ކަމެއް ރަނގަޅު ކުރާނީވެސް އަހަރެން.” މާޒިންގެ ވާހަކަ ހުއްޓުވަމުން ރާދިން ބުނެލިއެވެ.

“މިރުހާން އަންކަލް. ލީން އާއި ދޭތެރޭގައި ކުރިން ކަންތައްކުރެވުނު ގޮތާއި މެދު އަހަރެން މާފަށް އެދެން. އެނގޭ މާފަށް އެދުނަސް މާފުކުރާކަށް ފަސޭހައެއްނުވާނެކަން އަދި އަހަރެންނަށް އަލުން އިތުބާރުކުރާކަށްވެސް ފަސޭހައެއްނުވާނެކަން. އެކަމްވެސް އަހަރެން މިދައްކާ ވާހަަކަ އެންމެ ފަހަރަކު އަޑުއަހާ. އޭގެ ފަހުން އަންކަލް ބޭނުން ގޮތަކަށް އަހަރެން ކަންތައްކުރާނަން.” ރާދިން މަޑުމައިތިރިކަމާއިއެކު މިރުހާންއަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ.

ރާދިން ކަންތައް ހިނގާދިޔަގޮތް ފެށިގެން މިރުހާންއަށް ކިޔާދިނެވެ. އަވްލީން އާއި ދިމާވިގޮތެވެ. އެންމެ ފުރުތަމަ ނަޒަރުންވެސް އަވްލީން ދެކެ ލޯބިވެވުނުގޮތާއި އަވްލީން އަށް ލޯބި ހުށައަޅަން ނިންމާގެން ހުއްޓާ މަންމަ މެންގެ އެދުމަށް ކައިވެނިކުރަން ކުއްްޖެއް ބަލަން ދިޔުމަށް އެއްބަސްވިގޮތެވެ. އަދި އެކުއްޖަކީ އަވްލީން ކަން އެނގުމުން އެ ކައިވެންޏަށް އެއްބަސްވިގޮތެވެ. އޭގެ ފަހުން އަވްލީންގެ އިތުބާރާއި ލޯބި ހޯދައިގެން އުފާވެރި މުސްތަޤުބަލަކަށް ކުރެވުނު ފޮނި އުއްމީދުތަކާއި ދެކުނު ހުވަފެންތަކެވެ. އަދި ދެމީހުންގެ އުފާވެރި ދިރުއުޅުމަށް އަންޖަލްގެ ހިޔަނި އެގިޅެން ދިޔަގޮތްވެސް މިރުހާންއަށް ކިޔާދިނެވެ. އަވްލީން އަށް ގެއްލުންދޭން އަންޖަލް ކުރި މަސައްކަތާއި ކޮންމެ ފަހަރަކުވެސް އޭނާގެ ހުރިހާ ޕްލޭންތަކެއް ކާމިޔާބުނުވެ އަވްލީން ސަލާމަތްވިގޮތެވެ. އޭގެ ފަހުން އަންޖަލްގެ ބޭބެ މެންގެ ގޭންގް މީހުން ބޭނުންކޮށްގެން ރާދިންއަށް ބިރު ދައްކާ އަވްލީން މާރާލާނެކަމަށް އިންޒާރުދީގެން ހުރިހާ ކަމެއްކުރުވިގޮތެވެ. އަދި މިއަދުގެ ހާދިސާ ހިނގާދިޔަގޮތްވެސް މިރުހާންއަށް ރާދިން ކިޔާދިނެވެ. ހުރިހާ ވާހަކައެއް ކިޔާދީ ނިމުނުއިރު މިރުހާންގެ މޫނުމަތިންވެސް ރުޅިވެރިކަން ފިލާފިއެވެ.

“އަންޖަލް އަދިވެސް އަވްލީން އަށް ގެއްލުންދޭން މަސައްކަތް ނުކުރާނެ ކަމެއް ކިހިނެތް އެނގެނީ. އެކަހަލަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައަސް ވަރަށް ފަސޭހައިން ސަލާމަތްވާނެ. ސަލާމަތް ނުވެވުނަސް އެމީހުންގެ ކަނެކްޝަން އޮންނަ މީހުންނަށް ގުޅައިގެންވެސް އަވްލީން އަށް ގެއްލުންދޭން ހަމަ މަސައްކަތްކޮށްފާނެ. އޭނަ ޖަލުން ބޭރަށް އާދެވޭ ދުވަހަކުން މިހުރިހާ ކަމަކަށް އަވްލީންގެ ފަރާތުން ބަދަލު ހިފާނެ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބޭކަށް. އޭނާގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ރާދިން އާއި ދުރު ހުރެގެން. އެހެންވީމަ އާދޭސްކޮށްފަ މިބުނަނީ ރާދިން އަވްލީން ދެކެ ލޯބި ވަންޏާ އޭނައާއި ދުރުގަ ހުރެދީ.” ރާދިންގެ ދެއަތުގައި ހިފައިލަމުން މިރުހާން ބުނެލި އެއްޗަކުން ރާދިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވްލީން އާއި ދުރުގައި ހުންނަން ބުނާއިރު އަވްލީން އާއި ނުލަ ރާދިން އަށް ނޫޅެވޭކަން މިރުހާން އަށް ހަމަ ނޭނގެނީ ހެއްޔެވެ.

“ބޭބޭ އަހަރެން ލީން ދެކެ ވަރަށް ލޯބިވޭ. ލީންއަށް ޓަކައި ކޮންމެ ކަމެއް ކުރަންޖެހުނަސް އަހަރެން ކުރީމުސް. އެކަމް ލީން އާއި ދުރުގައި ހުންނަން ނުބުނޭ. ވަރަށް ދުވަހު ލީން އާއި ދުރު ހުރެގެން އަހަރެން ކެތްކޮށްފިން. އެކަމް ދެން ނުވާނެ އަހަރެންނަކަށް. އަހަރެން ބޭބެ އަށް  ވައުދުވަން ލީން އަހަރެންނާއި އެކު ހުރިހާ ހިނދަކު ހުރިހާ ނުރައްކަލަކާއި ގެއްލުމަކުން ލީން ސަލާމަތްކުރާނަން. އަންޖަލް ޖަލުން ސަލާމަތްވިޔަސް އަންޖަލްގެ ވަސްވެސް ނުޖެހޭ ހިސާބަށް އަހަރެން ލީން ގެންދާނަން. އެއްވެސް ކަހަލަ ގެއްލުމެއްނުދީ ގެންގުޅޭނަން.” ފިރިހެނަކަށް ވިޔަސް ރާދިންގެ ލޮލުން ކަރުނައައެވެ. މިރުހާންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަމުންދިޔައީ އަވްލީން އާއި އޭނަ އާއި ދުރުނުކުރުމަށެވެ. އަވްލީން އާއި ނުލައި ދިރިއުޅުމެއް އުޅުމަކީ ރާދިން އަށް ވާނެކަމެއް ނޫނެވެ. އަވްލީން އަކީ އެހިތުގެ ވިންދެވެ.

“ރާދިން ބޭބެ ބުނާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ. ބޭބެއަށް އެނގޭ ރާދިން އަވްލީން ދެކެ ވަރަށް ލޯބިވާކަމަށް. އެކަމް ކަމެއްވާނީ ބުނެފައެއްނޫނެއްނު. ރާދިން ނެތް ވަގުތެއްގަވެސް އަވްލީން އަށް ގެއްލުމެއްދީފާނެ. މިއަދުގެ މިހާދިސާއަށް ބަލާލިއަސް ރަނގަޅެއްނު. ރާދިންގެ ލޯކުރިމަތީގައި އަވްލީން ގައިގަ ކާރަކުން ޖައްސާ އެކްސިޑެންޓްކޮށްލީއެ. އެހެންވީމަ ކަންވާނެގޮތެއް އެކަކަށްވެސް ނޭނގޭނެ.” މިރުހާން ރާދިންއަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ. އަވްލީންގެ ސަލާމަތާއި ރައްކާތެރިކަން މިރުހާންއަށް ވަރަށް މުހިންމެވެ. އެހެންކަމުން އެއްވެސްގޮތަކަށް އަވްލީންގެ ފުރާނައަށް ގެއްލުމެއްވާނެފަދަ ކަމެއް ވާކަށް މިރުހާން ބޭނުމެއްނޫނެވެ.

“އަހަރެން ލީން ގޮވާގެން މިތަނުން ވަރަށް ދުރު ތާކަށްދާނަން. އަންޖަލް މެންގެ މީހުންނަކަށް އަހަރެމެންނެއް ނުހޯދޭނެ. އަހަރެން ލީން ކައިރީގަ އަބަދުނެތަސް ލީންގެ ރައްކާތެރިކަމަށް އަހަރެން ހުރިހާ ސަމާލުކަމެއްދޭނަން. ޕްލީޒް ބޭބެ އަހަރެންނަށް އެންމެ ފުރުސަތެއްދީ. އަހަރެންނަކަށް ލީން އާއި ދުރަކު ނޫޅެވޭނެ.” ރާދިން މިރުހާންގެ ކައިރިން އާދެސްކުރަމުންދިޔައެވެ.

ރާދިން ރޯ މަންޒަރު ފެނިފައި އެތާ ދެންތިބި މީހުންގެ ހިތަށްވެސް އަސަރުކުރިއެވެ. ހޮސްޕިޓަލްގެ ރިސެޕްޝަންގައި ތިބި ކުދިންވެސް ތިބީ އެދިމާއަށް ބަލާށެވެ. ރާދިން ކަހަލަ މީހެއް ރޮމުން އާދޭސް ކުރަމުންދާތަން ފެނިފައި އެކުދިންވެސް ތިބީ ދެރަވެފައެވެ.

ރާދިންގެ އާދޭސްތަކަށް މިރުހާން އަށް ވެސް ފުރަގަސްދޭކަށްނުކެރުނެވެ. އެންމެފަހުން މިރުހާން އެއްބަސްވީ ޝަރުތެއްކަނޑައެޅުމަށް ފަހުއެވެ. އެއީ އަވްލީން ހޭއެރުމުން އޭނާ ރާދިން ދެކެން ބޭނުން ނުވާކަމަށް ބުނެއްޖެނަމަ ރާދިން އަވްލީން ކައިރިއަށް ނުދިއުމަށެވެ. އަދި ހަގީގަތް އެނގުމަށްފަހުވެސް އަވްލީން ރާދިން އާއި އެކު އުޅެން ބޭނުން ނުވާ ކަމުގައި ވެއްޖެނަމަ އަވްލީން އާއި ދުރުގައި ހުރުމަށެވެ. ރާދިން މިރުހާންގެ ޝަރަތުތަކަށް އެއްބަސްވީ ހޭއެރުމުން ރާދިން ދެކެން ބޭނުންނުވި ނަމަވެސް ހިގީގަތް އެނގުމުން އަވްލީން ރާދިންއަށް މާފުކޮށް އަލުން އެހަޔާތަށް އަންނާނެކަމަށް އުއްމީދުކޮށްފައެވެ. ނަމަވެސް ހަގީގަތް އެނގުމަށް ފަހުވެސް އަވްލީން ރާދިން އަށް މާފުނުކޮށްފިނަމަ އަވްލީންގެ އިތުބާރު އަލުން ހޯދާ އަވްލީން ރުއްސަން 02 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރާދިން އެދުނެވެ. ވަރަށް ވިސްނުމަށް ފަހު އެކަމަށްވެސް މިރުހާން އެއްބަސްވީ ރާދިން އަވްލީންދެކެ އެވާ ލޯބީގެ ހައްޤުގައެވެ.

ހޮސްޕިޓަލްގައި އިރުކޮލަކު މަޑުކޮށްލުމަށްފަހު މިރުހާންގެ އެދުމުގެ މަތިން ރާދިން ގެއަށް ދިޔައީ ފެންވަރާ ތާޒާވެލައިގެން އަންނާށެވެ. އަވްލީން އަށް އަދިވެސް ހޭނާރާތީ މިރުހާން ކައިރީގައި އަވްލީން ހޭއެރުމުން ގުޅާން ބުނެފައި ރާދިން ގެއަށް ދާން ނިކުތީ ރާހިލް އާއިއެކު އެވެ. އޭރު މާހިލް ވަނީ މައިރާއަށް ހޭއެރުމުން މައިރާ ކައިރީގައެވެ.

ރާދިން ގެއަށް ވަނުމާއިއެކު ސޯފާގައިތިބި ރިޔާދު އާއި ރައުދާ ފެނުނެވެ. ކައިވެނިކުރަން އުޅުނު ދުވަހުގެ އެހާދިސާއަށް ފަހު މަންމަ މެންނާ ކުރިމަތިލާން ރާދިން އަދިވެސް ފަސްޖެހެއެވެ. އޭނާ ފެނުނަސް ރިޔާދުގެ މޫނުމަތިން ފެންނަ ރުޅިވެރިކަން ފެނިފައި ރާދިންގެ ހިތް ރޮއެވެ.

އެތެރެއަށް ނުވަދެ ސޯފާގައިތިބި ރިޔާދު މެންނަށް ބަލަން ރާދިން ހުރުމުން ރާހިލް ރާދިންގެ ކޮނޑުގައި ކުޑަކޮށް ކޮއްޓާލިއެވެ.

“ރިޔާދުބެ މެންނަށް އަހަރެމެން ހުރިހާ ވާހަކައެއް ކިޔާދީފިން. ރާދް އަށް އެހެންކަންތައް ކުރަންޖެހުނީ ކީއްވެކަމާއި އެހެން ހުރިހާ އެއްޗެއްވެސް. މިހާރު އެމީހުން ރާދް ދެކެ ރުޅިއެއް ނާންނާނެ. އިންފެކްޓް ރާދް އަންނާނެ އިރެއްގެ އިންތިޒާރުގަ އެތިބީވެސް ދެމީހުން. ދެންވެސް ބަލަން ނުހުރެ އެތެރެއަށްވަދެބަލަ.” ރާދިން ގޮވާގެން އެތެރެއަށް ވަންނަމުން ރާހިލް ބުނެލިއެވެ.

ރާދިން އެތެރެއަށް ވަދެގެން އައިތަން ފެނުމުން ރިޔާދުގެ ދެމަފިރިން ރާދިން ކައިރިއަށް ގޮސް ރާދިންއާއި ދޭތެރޭގައި ކަންތައްކުރެވުނު ގޮތާއި މެދު މާފަށް އެދުނެވެ. މައިންބަފައިން ކަމުގައި ވިޔަސް ކުށެއް ކުރެވުނު ކަމުގެ އިހުސާސްވުމުން މާފަށް އެދުމަކީ މައްސަލައެއްކަމަކަށް ރިޔާދު ނުދެކެއެވެ. އަމިއްލަ ދަރިފުޅަށް އިތުބާރުނުކޮށް ޝައްކުކުރެވުމަކީ އެމީހުންގެ ވެސް މައްސަލައެކެވެ. މަންމަ އާއި ބައްޕަގެ މައާފު ލިބުމުން ރާދިން ވަރަށް ހިތްހަމަޖެހުނެވެ.

ރައުދާގެ އެދުމުގެ މަތިން ރާދިން މައްޗަށް ދިޔައީ ފެންވަރާ ތާޒާވެލުމަށެވެ. ރާހިލްވެސް ގެޔަށް ދިޔައީ ފެންވަރާގެން ކުޑަކޮށް އަރާމުކޮށްލަން ބޭނުންވެފައި ހުރުމުންނެވެ. ދަމުން އެއްވެސް ކަމަކު ބޭނުންވެއްޖެނަމަ ގުޅާލަން ރާދިން ކައިރީގައި ބުނެލިއެވެ. އަދި ގެއަށްގޮސް އަރާމުކޮށްލުމަށް ފަހު ހޮސްޕިޓަލަށް ދާނެކަމަށް ބުނުމަށްފަހު ރާހިލް ގެޔަށް ދިޔައެވެ.

ފެންވަރާ ތާޒާވެލުމަށްފަހު ރާދިން ގޭަގައި ހުރެ ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމުމަށް އަވްލީން އަށް އަވަސް ޝިފާއަކަށް އެދި އެކަލާންގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. އަދި އަބަދުވެސް އެދެމީހުން އަބަދުވެސް އެކުގައިވުމަށް އެދިވެސް ދުޢާ ކުރިއެވެ. ނަމާދުކޮށް ނިމުމަށް ފަހު ރާދިން ބޭރަށް ނިކުތީ ހޮސްޕިޓަލަށް އަވްލީން ކައިރިއަށް ދިއުމަށެވެ.

“ދަރިފުޅާ ރާދިން ކޮންމެސް އެއްޗެއް ކައިލާގެން އެކޮޅަށްދާނީ. ބައްޕަވެސް ވަނީ ހޮސްޕިޓަލްގަ މަންމަ ކައިރީގަ ބުނެފަ ދިޔައީ ދަރިފުޅު ނިކުތީމަ ދަރިފުޅަށް ކާންދީފަ ދަރިފުޅާއެއްކޮށް ހޮސްޕިޓަލަށް އަންނާށޭ.” ސިޑިން ފައިބަމުން އައި ރާދިން ފެނިފައި އޭނާ ކައިރީ ކާން އަންނަން އެދުނީ ރާދިން ހުންނާނީ ނުކައިކަން އެނގޭތީއެވެ. ކާހިތް ނެތް ނަމަވެސް މަންމަ ހިތްހަމަޖެއްސުމަށްޓަކައި ރާދިން ކުޑަގޮތެއް ހަދާލިއެވެ.

ރާދިން އާއި ރައުދާ ހޮސްޕިޓަލަށް ދިއުމަށް ކާރަށް އަރަންއުޅެނިކޮށް ރާދިން އަށް ފޯނެއް އައިސްގެން ބަލާލިއިރު ގުޅަނީ ރިޔާދުއެވެ. ޔަގީނުންވެސް ހޮސްޕިޓަލްގައި ކަމެއް ވީކަން އެނގުމުން ރާދިން އަވަހަށް ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ދަރިފުޅާ ލީން ހޭއަރާފި. އަވަހަށް މަންމަ އާއި ދެމީހުން މިކޮޅަށް އާދޭ. ޑޮކްޓަރުން މިހާރު ލީން ޗެކުކުރަމުންދަނީ އަވަސްކޮށްއާދޭ.” ރާދިން ފޯނު ކަންފަތުގައި ޖައްސާލުމުން އަވްލީން ހޭއަރައިގެން އުޅޭ ވާހަކަ ރިޔާދު ބުންޏެވެ. އެހެންކަމުން ރައުދާ އަށް ވެސް އެ ހަބަރު ދިނުމަށްފަހު ދެމައިން އަވްސްވެގަތީ ހޮސްޕިޓަލާއ ހަމައަށް ދިއުމަށެވެ.

ހޮސްޕިޓަލަށް ވަދެގެން އައިސް އަވްލީން ބާއްވާފައި އޮތް ކޮޓަރި އާއި ހަމައަށް ރާދިން އަށް އާދެވުނުއިރު އޭނާގެ ހިތް އަވަސްވިއެވެ. ހިތުގެ ތެޅުންވެސް އަވަސްވިހެން ރާދިން އަށް ހީވިއެވެ. އަވްލީން ދެކެލުމަށް ރާދިން ހުރީ ކެތްމަދުވެފައެވެ.

“ރާދް…..” އަވްލީން ބާއްވާފައި އޮތް ކޮޓަރީގެ ދޮރާއި އަރައި ހަމަވުމުން މާހިލް އައިސް ރާދިން އަށް ގޮވާލިއެވެ. އަދި އޭނާ އާއިއެކު އައުމަށް އެދުނެވެ. ރާދިން ކިތެއްމެ އަވްލީން ދެކިލަން ބޭނުންވެފައި ހުރި ނަމަވެސް މާހިލް އާއި އކު ދިޔައީ ކޮންމެސް މުހިންމު ވާހަކައެއް ދައްކަން ނޫނީ މާހިލް އެނާ ކައިރީގައި މިގަޑީ އަންނަން ނުބުނާނެކަން އެނގޭތީއެވެ.

“ކިހިނެތްވީ މާހް؟ މައި އަށް ކަމެއްވީތަ ފަހުން އަނެއްކާ؟” ރާދިން ކުޑަކޮށް ހިތްނުތަނަވަސްވާގޮތްވިއެވެ.

“މައި މިހާރު އޯކޭ. ނިދިފަ އޮތީ.” މާހިލް ރާދިންގެ ސުވާލަށް ޖަވާބު ދިނެވެ.

“ދެން ކިހިނެތްވީ ކޮން ވާހަކައެއް ދައްކަން ތިގެނައީ. އަނެއްކާ ލީން އަށް……؟” ރާދިން އަށް ބުނެވުނީ އެހިސާބަށެވެ. މާހިލްގެ މޫނު މައްޗަށް އެރި ކުލަވަރުން އަވްލީން އަށް ކޮންމެސް ކަމެއްވެއްޖެކަން ރާދިން އަށް ވިސްނުނެވެ.

“ލީން އަށް ކިހިނެތްވީ މާހް؟ ބުނެބަލަ ތިހެން ނީނދެ.” މާހިލް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ރާދިން ކައިރިއަށް ރުޅި އަންނަގޮތްވިއެވެ.

“ރާދް ކާމް ޑައުން. އަހަރެމެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. ލީން ހޭއަރާގެން ޑޮކްޓަރުން ލީން ބަލަންވެގެން ރޫމް އަށް ވަދެފަ ބުނީ އަނެއްހެން ކަމެއް ގޯސް ކަމަކަށް ފާހަގައެއްނުކުރެވެއޭ. ދެން ޓާއިމް އާއިއެކު ކަމެއް ގޯސްވަންޏާވެސް އެނގޭނެއޭ. އެހެން ބުނެފަ ލީން އާއި މީޓް ކުރަން އެންމެންނަށް ހުއްދަދިނީ.” ރާދިންގެ ސުވާލަށް ޖަވާބު ދިނީ ފަހަތުން އައިސް ރާދިންގެ ކޮނޑުމަތީގައި އަތް ބާއްވާލި ރާހިލް އެވެ.

“ދެން ކިހިނެތްވީ؟” ރާދިން އަށް އަދިވެސް ވެގެން އުޅޭގޮތެއް ނޭނގުނެވެ.

“ދެން އަހަރެެމެން އެންމެން އެތެރެއަށް ވަނީ. ޒިޔާދުބެ ވެސް އެގަޑީ މިތާ ހުރީމަ ޒިޔާދުބެވެސް ވަން. އެކަމްް ލީން އަކަށް ލީންގެ ފެމެލީ މީހުން ނޫން އެހެން މީހުންނެއް ނޭނގުނު. އެންޑް ޑޮކްޓަރުން ފަހުން އައިސް ޗެކްކޮށްފަ ބުނީ ސިކުނޑިއަށް ގެއްލުންވެފަ ހުރީމަ އެކަހަލަ ކަމެއް ދިމާވެދާނެކަމަށް….” ރާހިލް އަށް ބުނެވުނީ އެހާ ހިސާބަށެވެ.

“ކޮން ކަމެއްތަ؟” ރާދިން އަށް ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް އެނގުނު ނަމަވެސް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

“ރާދް ހިތްވަރުކުރޭ. ލީންގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން މީގެ އަހަރެއްހާ ދުވަހުގެ ހަނދާންތައް ލީންގެ ސިކުނޑިން ފޮހެވިފަ ވަނީ. ޑޮކްޓަރުން ބުނަނީ ފަހަރެއްގަ ޓައިމް އާއިއެކު ހުރިހާ ކަމެއް އަވަހަށް ހަނދާނަށް އައިސްދާނެކަމަށް. ނޫނީ މޭބީ ދުވަހަކުވެސް ހަނދާންނަށް ނައިސްވެސް ހިނގާދާނެކަމަށް.” ރާހިލް ރާދިން އަށް ހުރިހާ ވާހަކައެއް ކިޔާދިނީ އެއީ ރާދިން އަށް ކޮންމެ ހެންވެސް އެނގެންޖެހޭނެ ވާހަކަތަކެއްކަމަށް ވާތީއެވެ. މިގަޑީ ނުބުން ނަމަވެސް ފަހުން ރާދިން އަށް މި ހަގީގަތް އެނގޭނެތީއެވެ. އެހެންކަމުން ފޮރުވުމުގެ އެއްވެސް ބޭނުމެއްނެތެވެ. އަދި ކިތެއްމެ ވަރަކަށް ފޮރުވަން އުޅުނު ނަމަވެސް އެއީ ފޮރުވޭނެވަރުގެ އެއްޗެއް ނޫނެވެ.

“ހިތްވަރުކުރަން ވާނެ ރާދް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލީން ރަނގަޅުވާނެ.” ރާދިން އަށް ވިސްނާދެވޭތޯ ރާހިލް އާއި މާހިލް މަސައްކަތްކުރަމުން ދިޔައެވެ.

“އަހަރެން ބޭނުން ލީން އާއި މީޓް ކުރަން. އެއްފަހަރު ނަމަވެސް ލީން ދެކެލަން.” ރާދިން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

“ރާދިން ދަރިފުޅާ! ދަރިފުޅު އަވްލީންގެ ކުރިމައްޗަށް އެރިޔަސް ދަރިފުޅަކީ ކާކު ކަން އޭނައަކަށް ނޭނގޭނެ. އެހެންވީމަ ބޭބެއަށް ފެންނަނީ ދަރިފުޅު އަވްލީންގެ ކުރިމައްޗަށް ޑޮކްޓަރެއްގެ ހައިސިއްޔަތުން ދިޔުމަށް. އޭރުން އޭނަގެ ހިތުގައި އުފެދޭ ސުވާލުތައް މަދުވާނެ. އެހެން ނޫނީ ދަރިފުޅަކީ ކާކުތޯ އެހީމަ އަހަރެމެންނަށް ދެވޭނީ ވަކި ކޮން ޖަވާބެއް.” ރާދިން މެން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ހުރި މިރުހާން އައިސް ރާދިންގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.

“އެންމެ ރަނގަޅު ބޭބޭ އަހަރެން ލީންގެ ކުރިމައްޗަށް ދާނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން. އަހަރެން ބޭނުންވަނީ ލީން ދެކެލަން ހަމައެކަނި. ލީން އަށް މިވަގުތު އަހަރެންމީ ކާކު ކަން ނޭނގުނަސް އަހަރެން ލީން އަށް ހުރިހާ ކަމެއް ހަނދާންއާކޮށްދޭނަން.” ރާދިން މިރުހާންގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ.

މަޑުމަޑުން އަވްލީން އޮތް ކޮޓަރިއާއި ދިމާއަށް ދިޔަ ރާދިންގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ދޮރު ކައިރިއަށް ގޮސް އެތެރެއަށް ވުނުމުގެ ކުރިން ފުން ނޭވައެއް ފަޒާތެރެއަށް ދޫކޮށް މީހާ ހަމައަކަށް އެޅިލުމަށް ފަހު އެތެރެއަށް ވެނެއެވެ. އެނދުމަތީގައި އޮތް އަވްލީންގެ ހާލު ފެނިފައި ރާދިންގެ ހިތަށް ތޫނު ތީރުތަކެއް ހެރިނުކަހަލަ އިހުސާސެއްވިއެވެ. ބޮލުގައި ބެންޑޭޖް ކުރެވިފައި ހުރި އިރު ވާއަތާއި އެއް ފައިވެސް އޮތީ ބެންޑޭޖްކޮށްފައެވެ. ރާދިން އެތެރެއަށް ވަނުމުން އަވްލީންގެ ނަޒަރު ރާދިން އާއި ދިމާއަށް ސީދާވިއެވެ. ބީއްރައްޓަހިގޮތަކަށް ރާދިން އާއި ދިމާއަށް އަވްލީން ބަލަން އޮތުމުން ރާދިންގެ ހިތުގައި ރިއްސާލިއެވެ.

“ހެލޯ އަވްލީން. އައި އޭމް ޔުއަ ޑޮކްޓަރ. މިހާރު ހާލު ކިހިނެތް؟” މީހާ ހަމައަކަށް އަޅުވައިލަމުން ރާދިން އަވްލީން އާއި ވާހަކަ ދައްކަންފެށިއެވެ.

“ރަނގަޅު މިހާރު.” އަވްލީންގެ ޖަވާބު ކުރެވެ. ރާދިންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ކުޑައިރުކޮޅެއް ވަންދެން އަވްލީން އަށް އޮވެވުނެވެ.

އަވްލީންގެ ހާލު ބަލާލުމަށް ފަހު ރާދިން އެތަނުން ނިކުމެގެން ދިޔައީ އަވްލީންގެ އޮޕްރޭޝަން ކުރި ޑޮކްޓަރުންގެ ފަރާތުން އަވްލީންގެ ކޭސް އާއި ގުޅޭ މައުލޫމާތުތައް ސާފުކުރާށެވެ.

****************************

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަވްލީންގެ ހާލު ރަނގަޅުވުމުން ގެއަށް ބަދަލުކުރެވުނެވެ. އެހިސާބުން ރާދިން އަށް އަވްލީން އާއި ދިމާވުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ.

ނަމަވެސް ރާދިން އަށް ނޭނގުން ނަމަވެސް އަވްލީންގެ ހިތުގައި ރާދިން އަށް ހާއްސަ މަޤާމެއް ދެވިގެން ދިޔައެވެ. ހޮސްޕިޓަލުގައި އޮތް ދުވަސްވަރު ރާދިންގެ ފަރާތުން ލިބުނު އަޅާލުމުގެ ސަބަބުން އަވްލީން އަށް ރާދިން ހާއްސަވިއެވެ. މީހެއްކައިރީ ނުބުން ނަމަވެސް އަވްލީންގެ ލޯ އަބަދުވެސް ހޯދަނީ ރާދިންގެ ސޫރައަށެވެ. އަބަދުވެސް ރާދިން އެނާ ކައިރީގައި ވުމަށް އަވްލީންގެ ހިތްއެދެއެވެ. ނަމަވެސް މިހުރީ ކަމެއް ހިތުގައި ފޮރުވާލައިގެން ހުރީއެވެ. މައިރާ ވެސް އަދި އެއްކޮށް ރަނގަޅު ނުވާތީ ގެއިން ބޭރަށް ގޮސް އުޅުމަށް މައިރާގެ މައިންބަފައިން އެއްްބަސްނުވާތީ މައިރާ އާއި ވެސް ބައްދަލެއްނުވެއެވެ. އަވްލީން ވިސްނާގެން ހުރީ މައިރާ އާއި އެންމެ އަވަހަށް ދިމާވާ ފަހަރަކުން ރާދިންގެ ވާހަކަ ކިޔާދޭށެވެ.

************

ހޮސްޕިޓަލުން ޑިއުޓީ ނިންމާލުމަށް ފަހު މާހިލް ބޭނުންވީ މައިރާ ކައިރިއަށް ގޮސްލާށެވެ. މާހިލް އޭނާގެ ކާރު ކައިރިއަށް ދިޔައިރު ރާދިން އާއި ރާހިލް އޭނާގެ އިންތިޒާރުގައި ތިއްބެވެ.

“އަހަރެން މިދަނީ މައި ކައިރިއަށް ގޮސްލާފަދާން. ސޯ ތިމީހުންގެ ދޭ އަހަރެން ފަހުން ޖޮއިން ކުރާނަން.”

“އަހަރެމެންވެސް ދާނަން މައިގެ ހާލު ބަލާލަން. ގެއަށް ދޫކޮށްލިފަހުން މައި ކައިރިއަށް ނުވެސް ދެވޭ. މެސެޖުކޮށްފަ ކިޔަންވެސް ކިޔާ ނާން ވާހަކަ.” ރާހިލް އާއި ރާދިންވެސް މާހިލް އާއި އެެއްކޮށް މައިރާ ކައިރިއަށް ދާން ނައްޓާލިއެވެ.

15 ވަރަކަށް މިނެޓަށް ފަހު މާހިލް މެން ތިބިީ މައިރާ އުޅޭ ގޭގެ ކުރިމަތިގައެވެ. 3 މީހުން އެތެރެއަށް ވަދެގެންދިޔައިރު ސިޓިންރޫމްގައި މައިރާގެ މަންމަ ރާފިޔާ އިނެވެ. މާހިލް މެން ފެނުމުން އެމީހުންނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށް ފަހު ސޯފާގައި އިށީނުމަށް އެދުނެވެ. ތިންމީހުން ސޯފާގައި އިށީނުމުން ރާފިޔާ ބަދިގެ ފަރާތަށް ގޮސް 3 ޖޫސްތަށި ތަބަކަކަށް ލައިގެން ހިފައިގެން އައެވެ.

“ދަރިފުޅުމެން ތިއައީ މައިރާއަށް ގޮވާލަން ދޯ. އޭނަ ކިޔައޭ ވަރަށް ތިކުދިން ނާންނަ ވާހަކަ. މާހިލް އެކަންޏޯ އަންނަނީ.” ރާފިޔާ ހިތްހެޔޮކަމާއެކު އެމީހުންނާ ވާހަކަދެއްކިއެވެ.

އިރުކޮޅެއްވަންދެން ރާފިޔާ އާއި ވާހަކަ ދައްކަން ތިބުމަށް ފަހު މާހިލް މެން މައިރާގެ ކޮޓަރިއާއި ދިމާއަށް ދިޔައީ ރާފިޔާ ކައިރިން ހުއްދަ ނަގައިގެންނެވެ.

“ކޮބާ މިއޮތީ އާދެވިފަ އެންމެ ފަހުން މައި އަށް ގޮވާލަން.” ރާހިލްގެ އަޑަށް ކޮޓަރީގައި އިން ސޯފާއެއްގައި ފޮތެއް ހިފައިގެން ކިޔަން އިން މައިރާ ދިޔައީ ސިއްސާގެންނެވެ.

“ސާބަސް ސިއްސާގެންނޭ އެދިޔައީ.” މައިރާ މޭމަތީގައި އަތް އަޅާލަމުން ބުނެލި ގޮތުން 3 މީހުން ކައިރިއަށް ހިނިއައެވެ.

“އިށީންދޭ އިށީންދޭ.” މައިރާ ސޯފާއިން ތެދުވަމުން ރާހިލް މެންނަށް އިށީންނަން ތަން ދެއްކިއެވެ.

“ކޮބާ ހާލު ކިހިނެތް މިހާރު؟ ސޮރީ އިނގީ ހަމަ ބިޒީކަމުން ނާދެވުނީ.” ރާދިން މައިރާގެ ހާލު އޮޅުން ފިލުވާލިއެވެ.

“ރަނގަޅު މިހާރު އެކަމް މަންމަ މެން އަދިވެސް އެއްބަހެއް ނުވޭ ބޭރަށް ދާކަށް އެހެންވެ އަދިވެސް ގޭ ބަންދުގަ މި އިންނަނީ. ލީން ކައިރިއަށް ވެސް ނުދެވޭތީ ވަރަށް ދެރަވޭ.” ރާދިންގެ ސުވާލަށް ޖަވާބުދެމުން މައިރާގެ ދުލުން އަވްލީންގެ ނަން އިވުމުން ރާދިން ހުއްޓުން އެރިއެވެ. އޭނާ އަށް ވެސް އަވްލީން ނުފެންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވާނެއެވެ.

“ރާދް އަހަރެންނަށް އިނގޭ ރާދް އަށް ވެސް މިހާރު ލީން އާއި މީޓް ނުކުރެވޭނެކަން. ބަޓް ހިތްވަރުކުރަން ވާނެ އަދި ފަހުން ހުރިހާ ކަމެއް ރަނގަޅުވާނެ.” ރާދިންގެ މޫނު މައްޗަށް ވެރިވި ކުލަވަރު ފެނިފައި މައިރާ ރާދިން އަށް ހިތްވަރުދިނެވެ.

މައިރާ މެން ވާހަކައިގައި ތިއްބާ އަވްލީންގެ ފޯނެއް އަންނަން ފެށުމުން ރާދިން އެދުނީ ފޯނު ނެގުމަށްފަހު ލައުޑް ސްޕީކަރަށް ލުމަށެވެ. އަވްލީންގެ ސޫރަ ނުފެނުނު ނަމަވެސް އެއަޑު އަހާލެވުނަސް އެހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެއެވެ.

“ހަލޯ ލީން ކިހިނެއްވީ؟”

“ކަމެއްވިއްޔާ ނޫނީ ގުޅާގެން ނުވަނީތަ. ގޭގަ އޮންނަން ޖެހުނީމަ ވަރަށް ފޫހި އަސްލު. އެހެންވެ މިގުޅާލީވެސް.” އަވްލީން ވާހަކަދައްކަމުން ހީިލި އަޑުއިވުމުން ރާދިންގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއްވެރިވިއެވެ.

“އަހަރެންވެސް ގޭގަ އޮންނަން ވީމަ ވަރަށް ފޫހިވޭ. ލީން ކައިރިއަށްވެސް ދެވެނީއެއް ނޫން.” މައިރާ ވެސް އަވްލީންގެ ބަހަށް ތާއީދުކުރިއެވެ. ކަމެއްނެތިފައި އަބަދު ގޭ ބަންދުވެގެން އިނުމަކީ މިހާރުގެ ކުދިން ފޫހިވާކަމެކެވެ.

“މައި އެއް ނުވާނެ އެއްނު ފޫއްސެއް. މައިގެ ލަވަރ ބޯއީ ކޮންމެ ދުވަހަކުވެސް އާދެއެއްނު މައި ކައިރިއަށް.” އަވްލީން މައިރާ އާއި ދިމާކޮށްލުމަށް ބުނެލި އެއްޗަކުން މައިރާގެ މޫނު މައްޗަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ފޯން ލައުޑް ސްޕީކަރަށް ލައިފައި އޮތުމުން އަވްލީން ދެއްކި ހުރިހާ ވާހަކައެއް މާހިލް އާއި ރާދިން މެންނަށް ސާފުކޮށް އަޑުއިވޭނެއެވެ.

“ދެން ލީންވެސް އޭރުން އެކަހަލަ ކުއްޖެއް ހޯދަން ވިއްޔެއްނު. އަހަރެން ދައްކަދީފާނަން ސަޅި ކުއްޖެއްވެސް.” ރާދިން އާއި ދިމާއަށް ބަލައިލަމުން އެއްލޯމަރައިލަމުން ބުނެލީ އަވްލީން އާއި ދިމާކޮށްލުމަށެވެ.

“އަސްލު މައި ދުވަސްކޮޅެއްވެއްޖެ ވާހަކައެއް ބުނަން އުޅޭތާ އެކަމް މައި އާއި ދިމާނުވާތީ ނުބުނެވިގެން މިއުޅެނީ.” އަވްލީންގެ އަދުގައި ސީރިއަސްކަމެއް ހުރިއެވެ.

“ކޮން ވާހަކައެއްތަ ބުނެބަލަ މިހާރުވެސް ބުނެވޭނެއެއްނު.” އަވްލިން ދައްކާ ވާހަކައަށް މައިރާގެ ސަމާލުކަން ދިނެވެ.

“އަސްލު ބުނަން ބޭނުންވީ ދެމީހުން ދިމާވެގެން އެކަމް ދެން މިހެން ބުނާނީ. މައި އައި ތިންކް….. އުނހު ތިންކެއް ނޫން އައި އޭމް ޝުއަރ އައި ލައިކް ސަމްވަން…..” އަވްލީން ވަރަށް ފޯރީގައި އޭނާ ބުނަން ބޭނުން ވާހަކަ ބުނެލިއިރު މައިރާ އަށާއި ރާދިން އަދި މާހިލް އާއި ރާހިލް އަށް ލިބުނީ ޝޮކެކެވެ.

“ވަޓް؟ ކާކު އެއީ” މައިރާ އަށް އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ.

“މައި އަށް އެނގޭނެ އޭނަ. މާހިލްގެ ބޭބެއެއް އޭނައަކީ.” އަވްލީން ބުނެލި އެއްޗަކުން މައިރާ މެންނަށް ނެގުނީ މުޅިން އެހެން މާނައެކެވެ. އެ ހަތަރު މީހުން ހީކުރީ އަވްލީން އަށް ލޯބިވެވިގެން އުޅެނީ ރާހިލް ދެކެކަމަށެވެ. މާހިލްގެ ބޭބެ އޭ ބުނުމުން އެހެން ހިތަށް އެރުމަކީ އެކަށިގެންވާކަމެއް ނޫން ހެއްޔެވެ؟ ރާދިން އާއި މައިރާ އާއި މާހިލްގެ ނަޒަރު ރާހިލް އަށް ހުއްޓިފައި ހުރިއިރު ރާހިލް އިނީ އަދިވެސް އިވު އަޑާއިމެދު ސުވާލު އުފެދިފައެވެ. އަވްލީން އަށް އޭނަދެކެ ލޯބިވެވެންވީ ކިހިނެއް ހެއްޔެވެ. އަވްލީންގެ އެކްސިޑެންޓަށް ފަހު އެމީހުން އެހާ ގިނައިން ދިމާވެފައެއްނުވެއެވެ. ހޮސްޕިޓަލުގައި އޮތް އިރު ދެތިން ފަހަރަކު މާހިލް މެންނާއި އެއްކޮށް އަވްލީން އަށް ގޮވާލަން ދިޔަ ނަމަވެސް އަވްލީން އަށް ކުރީގެ ކަންތައް ހަނދާން ނުހުންނާތީ އެހާ ގިނަ ވާހަކަތަކެއްވެސް ދެކެވިފައެއްނުވެއެވެ.

“ހަލޯ މައި…… ކިހިނެތްވީ އެއްޗެކޭ ނުބުނެ ތިއިންނަނީ؟ އަނެއްކާ ގޯސް އެއްޗެއްތަ އަހަރެންނަށް މިބުނެވުނީ؟ އެހެން ނޫނީ އެކްސައިޓްމަންޓްގަ ޝޮކެއްޖެހުނީތަ؟” މައިރާގެ ހަބަރެއް ނުވުމުން އަވްލީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 1

Next

ވަދާޢުގެ އާމީން

Next
March 6, 2019

ވަދާޢުގެ އާމީން

Previews
March 6, 2019

ބުނެދޭށޭ ރުހެމޭ 1

18 Comments!

  1. jiji says:
    March 6, 2019 at 1:16 pm

    Me first dhw??❤❤?????..thanks mihaa gina dhuvas kohfa vx stry upkohla dhinyma..

    1. jiji says:
      March 6, 2019 at 1:18 pm

      Vvv rythi mi prt vx aami✊????????

  2. Aisha says:
    March 6, 2019 at 4:09 pm

    Woww……when is next part….i m despirately waiting…..? ?????

  3. Xuam says:
    March 6, 2019 at 4:44 pm

    Wow…. Next part Kon irakun….

  4. Aami says:
    March 6, 2019 at 6:48 pm

    Wow next part kon irakun

  5. Saajy says:
    March 6, 2019 at 6:55 pm

    V dbuvas kohfa mi lartves mi aee… Reethi vahaaka varah.. But ehaa dhuvas kohfa up kuraathy massalaky.. Thankolheh avahah up kohladhehchey…

  6. Uha says:
    March 7, 2019 at 11:34 am

    Wow.. story is awesome? keep it up☺
    Btw when next part.

  7. Zuhainaa says:
    March 7, 2019 at 2:35 pm

    Wow awesome

  8. Samm says:
    March 8, 2019 at 1:25 pm

    When next???

  9. zaara says:
    March 8, 2019 at 1:41 pm

    V majaa mi meehunnah avleen buni ethics get nuvyma

  10. Lam says:
    March 12, 2019 at 12:17 pm

    Waiting for the next ep curiously ?

  11. Hinko says:
    March 13, 2019 at 12:45 pm

    hey! I came back to esfiya after years and this is my first story since. I love love this story. Cant wait for the next part. Totally understand how hard it can be cause I used to write back then too. Anyhow, Good job girl <3

  12. zoo says:
    March 17, 2019 at 10:12 pm

    koirakui next part pls pls avahai upp koidyba

  13. .. says:
    March 23, 2019 at 12:21 am

    Haadha lahunney dho up wany mihaar haadha dhuaheh wehjje
    I be waiting to read so egarly yet ehaa las
    this is not done

  14. sama says:
    April 9, 2019 at 11:06 am

    koba 20 episode, hadha lass wany nw, kihaa hithuh keh madhu ve, please awahah update khba, please…. waiting ga hunnathaaa hadha dhuwahekey

  15. Supari says:
    April 12, 2019 at 1:23 am

    hey vransalhi igy kobaa 20 vana bai …..mivaahaka kiyaahithun nuves nidhy………….

  16. Liyan v says:
    April 12, 2019 at 1:09 pm

    Meege 20 vana bai kobaathe
    Nuliyevenyaa kéehkuraan feshyy eh

  17. Shai?? says:
    April 14, 2019 at 5:47 pm

    Haadha lahey up kuraaleh…. Mihaaru ki 1 month v.. Alhe plx avahah up kohdhy ba plx plx???? v interesting vhk miiii….

Comments are closed.

Next Episodeވާ ލޯބި އެނގޭ ނަމަ 20←


All Right Reserved!