Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (26

hattey Level 410 Stories100 Login100 Comments500 Login
March 6, 2019 9 Mins Read
8 Comments

“އަހަރެން ޤަބޫކުރަން އަހަރެންމީ ދޮގުވެރިއެއްކަން…ޝިފްނާ ތީ އަހަރެންގެެ އެންމެ ފުރަތަމަ ލޯބިވެރިޔާ ކަމަށް ބުނެ ދޮގުތަކެއް ހެދިން…ޝިފްނާ ނޫން އެހެން އަންހެން ކުއްޖަކު އަހަރެންގެ ޙަޔާތައް ނާންނަކަމަށް ބުނެެ އަހަރެންގެެ ލޯބީގެ ފަލްސަފާ ޝިފްނާއަށް ސިއްރުކުރިން…” މަޑުމަޑުން އައިސް ޝިފްނާ އާއި ދާދި ކައިރީގައި އިށީންނަމުން, މަޑުމައިތިރި ކަމާއިއެކުު ޝިފްނާގެ އަތުގައި ހިފާލުުމަށްފަހު އަޒީލް ވާހަކަ ދައްކަންފެށިއެވެ. އަޒީލްގެ ފުރަތަމަ ޖުމްލަވެސް ނިންމާލީ ކުށްޤަބޫލުކޮށް އެކަމަށް އިޢުތިރާފް ވާހާލުގައެވެ. އަޒީލްއާއި ޝިފްނާ ވާހަކަ ދައްކާލަން ފުރުސަތުު ދިނުމުގެ ގޮތުން ރީޝާ ކޮޓަރިން ބޭރަށް ޖެހިލިއެވެ. މޫނު އެއްފަރާތް ކޮށްލައިގެން ހުރުމުގެ ސަބަބުން ޝިފްނާއަށް އަޒީލްގެ ފެންކަޅިވެފައިވާ ލޯ ނުފެނުނު ކަމުގައި ވިޔަސް ގަސްތަކާއި ނުލައި އޮހިގަންނަން ތައްޔާރު ވަމުންއައި ކަރުނަތައް އަޒީލް އޭނާގެ ކުށް ޤަބޫލްކޮށްފައި ވާކަމަށް ހެކިވަމުންދިއެވެ. “އެކަމަކު…އޭރު އަހަރެން ފަހަރެއްގައިވެސް ހިއެއްނުކުރަން އަހަންނަށް ޝިފްނާދެކެ މިވަރަށް ލޯބިވެވިދާނެ ކަމަކަށް…ތެދެއް…އަހަރެންގެެ ހަޔާތަށް ކިތަންމެ އަންހެން ކުއްޖަކު އައި…އެކަމަކު އެއިން އެއްވެސް އަންހެން ކުއްޖަކުދެކެ އަހަރެންް ލޯތްބެއް ނުވަން…އަހަންނަށް ހަމަ އެކަނި ލޯބިވެވުނީ ޝިފްނާދެކެ…ކޮންމެެވެސް ދުވަހަކުން ހުރިހާ ވާހަކައެއް ޝިފްނާއަށް ބުނެދޭން އަހަރެން ވިސްނިން…އެކަމަކު…ޝިފްނާ ރުޅިވެދާނެތީ ބުނަން ޖެހިލުންވީ…” ފުރަތަމަ ފަހަރަށް ނަމަވެސް އަޒީލް އޭނާގެ ލޯބީގެ ދާސްތާ ކުރިއަށްދިއަގޮތްް ކޮންމެެސް މިންވަރަކަށް ޝިފްނާއަށް ބުނެދިނެވެ. ސިއްރުކުރި ހުރިހާ ކަމެއް ހާމަކޮށް އޭގެ ސަބަބުވެސް ބުނެދިނެވެ. ނުރުހިފައި ވާހާލުގައި ނަމަވެސް އަަޒީލްގެ ވާހަކަތަައް ޝިފްނާ އަޑުއަހަމުން ގެންދިއެވެ. “ޝިފްނާއަށް އޮޅުވާލާ ދޮގުތަކެއް ހެދުނީތީ މަޢާފަށް އެދެން…ދެން ދުވަހަކުވެސް ޝިފްނާއަކަށް އޮޅުވައެއް ނުލާނަން…ޕްލީޒް.! އަހަންނަށް މަޢާފުކުރޭ…! ޝިފްނާއާއި ވަކިން އަހަންނަކަށް ނޫޅެވޭނެ…” އަޒީލްގެ ރިހުން އެކުލެވިފައިވާ ފަހު ޖުމްލައާއިއެކު ބޭއިޚުތިޔާރުގައި ޝިފްނާއަށް އަޒީލްގެ މޫނަށް ބަލާލެވުނެވެ. އަޒީލްގެ އެ ބަސްތަކުގަައި އެއްވެސް އޮޅުވާލުމެއް, މަކަރެއް ނުވާކަން ތެމިފައިވާ އަޒީލްގެ ލޮލުން ޝިފްނާއަށް ހާމަވާން ހުއްޓެވެ. އަޒީލްގެ ބަސްތައް ޤަބޫކުރަން ޝިފްނާ ބޭނުންވި ކަހަލައެވެ. އަޒީލްއަށް މަޢާފުކުރަން ހިތް ބުނަމުން ދާހެން, އަޒީލްއަށް ޝިފްނާ ބަލަހައްޓައިގެން ހުރިގޮތުުން ހާމަވާން ހުއްޓެވެ. ނަމަވެސް ޝިފްނާގެ ދުލުގައި ވަނީ ތަޅުލެވިފަައެެވެ. ހިތަށް އަރާފައިބަަމުން ދިއަ ޖަޒުބާތުތަކުގެ ކުޑަމިންްވަރެއް ވެސް އެދުލުން ބޭރުވިޔަ ނުދީ ކެތްކޮށްލައިގެން ޝިފްނާ ހުއްޓެވެ.

އޭގެ ދިހަވަރަކަށް މިނެޓްފަަހެވެ. އިސްދަށަށް ޖަހައިލައިގެން ހުރެ ލަސް ފިޔަވަޅު ތަކެއްގައި ސިޑިބަރި ގިރާކޮށް ރީޝާމެންގެ ގެއިން ނިކުތުމަށްފަހު, އަޒީލް އޭނާގެ ސައިކަލަަށް އަރަައި ހަމަޖެހިލިއެވެ. ކުޑަވަގުތު ކޮޅަކަށް ހިމޭނުން ހުރުމަށްފަހު މަޑުމަޑުން ސައިކަލްގެ މުށްގަނޑަަށް ބާރުލާފައި ސައިކަލް ކުރިއަށް ދުއްވަން ފެށިއެވެ. އެހިނދު, ދާދި ކުޑައިރުކޮޅެެއް ކުރިން ޝިފްނާގެ ދުލުން ބޭރުކުރި ބަސްތައް އަޒީލްގެ ސިކުނޑީީގައި އެނބުރެންފެށިއެވެ. ޝިފްނާގެ ޝަކުވާތައް ކަންފަތް ދޮށުގައި ގުގުމާން ފެށިއެވެެ. “އަހަރެން އަޒީލްއަށް ވަރަށް އިތުބާރުކުރިން…އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރިން…ދުވަހަކުވެސް އަޒީލް އަހަރެންގާތު ދޮގުހަދާ, އޮޅުވާލާާނެ ކަމަކަށް ހިއެއްނުކުރަން…އެކަމަކު…ކަންތައް ވެގެންދިއައީ އަހަރެންް ހީކުރި ގޮތާ މުޅިން ޚިލާފަށް…އަހަންނަކަށް ނޭނގެ ދެން ހަދާނެގޮތެެއް…މިވަގުތު އަޒީލްއަށް މަޢާފުކޮށް އެހުރިހާ ކަމެއް ހަނދާންނައްތާލާކަށް އަހަންނަކަށް ފަސޭހައެއް ނޫން…އަހަންނަށް ވަގުތު ބޭނުން…” ޝިފްނާގެ ދުލުން ބޭރުކުރި ޖުމްލަތައް ވަކިވަކީން އަޒީލްގެ ސިކުނޑީީގައި އެނބުރެމުންދިއެވެ. މަޖުބޫރު ހާލަތެއްގައި ނަމަވެސް ޝިފްނާގެ އެ ނިންމުން ޤަބޫލްކުރުން ނޫންގޮތެއް އަޒީލްއަކަށް ނުވިސްނުނެވެ. ލޮލުގައި ކަރުނަވެ ހިތުގައި ރިހުން ހުއްޓަސް ޝިފްނާގެ އެ ނިންމުމަށް އަޒީލް އިޙްތިރާމް ކުރިއެވެ.

“ކީކޭ ޝިފްނާ ބުނީ…؟ އަޒީލްއަށް ޝިފްނާ މަޢާފުކުރިތަ…؟” އަޒީލްްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ދާނިޝް އަވަސްއަވަހަށް ސުވާލުކޮށްލިއެވެ. އިރުއޮއްސިިގެން ދިޔައިރުވެސް އަޒީލްގެ ޚަބަރެއް ނުވުމުން, ލިބުނު ހުސްވަގުތުކޮޅެއްގެ ބޭނުން ހިފާލަމުން, އޮފީހުގައި ހުރެ ދާނިޝް އަޒީލްއަށް ގުޅުުމަށްފަހު ޝިފްނާގެެ ވާހަކަ އަހާލިއެވެ. ދާނިޝްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ކަންވީގޮތް ދާނިޝްއަށް އަޒީލް ކިޔައިދިނެވެ. “ނުކުރޭ…އެކަމަކު…އަހަރެންް އަދި އުއްމީދު ކަނޑައެއްނުލަން…ޝިފްނާ ބޭނުންވާާގޮތަށް އަހަރެންް ކަންތައް ކުރާނަން…ޝިފްނާ ބޭނުމީ ވިސްނާލަން ވަގުތުކޮޅެެއް…އެވަގުތުކޮޅު ތެރޭގަ ޝިފްނާ އެދުނުގޮތަށް ޝިފްނާއަށް އެއްވެސް އުނދަގުލެއް ނުކުރުމަށް އަހަރެން އެއްބަސްވިން…ޝިފްނާާ ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެ…އެކަމަކު…އަހަންނަށް އެނގޭހާވެސް އެއްޗަކީ, ޝިފްނާއާއި ވަކިން އަހަނަކަށް ނޫޅެވޭނެ…” ކޮޓަރިއަށްވަދެ އެނދުގައި އިށީންނަމުން އަޒީލް އޭނާގެ ކޫރުން އެޅިފައިވާ ހިތުގެ އުދާސްތައް ހާމަކޮށްލިއެވެ. ޝިފްނާ ދޭނެ ޖަވާބެއް ނޭނގޭތީ އަޒީލްގެ ހިތް ނުތަނަވަސްވެފައި ވާއިރު ޝިފްނާގެެ މަޢާފު ލިބޭނެބާއޭ ކިތަންމެ ފަހަރަކު އެނާގެ ހިތަށް އަރައެވެެ. “ތިހާއަވަހަށް މާޔޫސް ނުވެބަލަ..! ހުރިހާކަމެއްވެސް އަދި ރަނގަޅުވާނެ…އަހަރެންގެ ހިތްބުނަނީ ޝިފްނާ އަޒީލްއަށް މަޢާފު ކުރާނެެއޭ…ޝިފްނާ އަޒީލްއަށް ދެރަގޮތެއް ހަދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ…ދެން އެކަމާ އެހާ ވަރަށް ނުވިސްނާ މަށާއެކު ކޮފީއަކަށް ދާން ރެޑީވޭ…މަ މިދަނީ ތިގޭދޮށަށް…” ދާނިޝް މިހެން ބުނެ ފޯނު ކަނޑާލައިފައި މޭޒުމަތީގައި އޮތް އޭނާގެ ސައިކަލުގެ ތަޅުދަނޑި ނެެގުމަށްފަހު އޮފީހުން ބޭރަށް ނިކުމެ ސައިކަލަށް އަރައި ދުއްވާލިއެވެ.

“އަދިވެސް ތި ވިސްނަނީ އަޒީލްއާއި ދޭތެރޭގަތަ…؟ ދެން ތިވަރަށް އޭނަޔާ ދޭތެރޭ ނުވިސްނަބަލަ…އެއީ ޝިފްނާއާއި އެކަށީގެންވާ މީހެއް ނޫނެއްނު…އެއީީ ޝިފްނާ ހީކުރި ކަހަލަ ރަނގަޅު މީހެެއް ނޫނެއްނު…ދެން ކީއްކުރަން އޭނަޔާ ދޭތެރޭ އެވަރަށް ތި ވިސްނަނީ…؟” ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ޝިފްނާގެ އެންމެގާތް އެކުވެރިއާ މާޝާ އަނގަތަޅުވާލިއެވެ. އެނދުމަތީގަައި ހުރަހަށް އޮތްއިރު ޝިފްނާ އޮތީ ފިކުރުތަކެެއްގައިކަން މާޝާއަށް ރަނގަޅަށް ދޭހަަވިއެވެ. އެ ފިކުރުތަކުގައި ވަނީ އަޒީލްކަން ދެނެގަންނާކަށް މާޝާއަށް އުނދަގޫކަމަކަށް ނުވިއެވެ. “ނުވިސްނަން…ތީ މާޝާއަށް ހީވި ގޮތެއް…” ބާލިސް މަތިން ބޯ ހިއްލާލަމުން ޝިފްނާ ބުނެލިއެވެ. “ހޫނ…ދެން މަށަށް އޮޅުވާލަން އުޅޭނެކަމެއްނެތް…މަށަށް ހަމަ ޔަޤީން ޝިފްނާ އޮތީ އަޒީލްއާއި ދޭތެރޭ ވިސްނަަން…ކީއްކުރަންތަ އެވަރަށް ތި ވިސްނަނީ…؟ ވިސްނާނެ ކަމެއްނެތް…އަޒީލްގެ ހަނދާންތައް ފޮހެލާފަ ކޮންމެެސް އެހެންމީހަކާ ދޭތެރޭ ވިސްނަންފަށާ…އޭރުން މާރަނގަޅުވާނެ…” ނުރުހިފައިވާާގޮތް ދައްކާލަމުން ޝިފްނާއަށް މާޝާ ރައްދުދިނެވެ. އަޒީލްގެ ދޮގުވެރިކަން އެނގުމުން މާޝާވެސް އަޒީލްދެކެ ފޫހިވެ ނުރުހުންވުން ފާޅުކުރަން ފެށިއެވެ. އަޒީލްއާއި ޝިފްނާގެ ގުޅުމަށް މާޝާ ފާޅުގައި ނުރުހުންވުން ހާމަކުރިއެވެ. ވާނީވެސް އެހެންތާާއެވެ. އެންމެގާތް އެކުވެރިޔާ މާޔޫސްކަމެއްގެ ތެރެއަށް ވައްޓާލިި އިންސާނަކަށް ނުރުހުންފާޅު ނުކުރާނީ ވަކި ކާކުހެއްޔެވެ. “އަހަރެން ކިހިނެއްތަ ދެން ހަދާނީ…؟ އަޒީލްއާއި ވަކިން އުޅޭކަށް އަހަންނަކަށް ވެސް ފަސޭހައެއް ނޫން…އަބަދުވެސް ހަނދާންވަނީ އަޒީލްމަތިން…ބައެއްފަހަރު ހިތަށްއަރާ އަޒީލްގެ މާޒީ އެއްފަރާތްކޮށްފަ އަލުން އަޒީލްއާއި ގުޅެންވީއޭ…މައްސަލައަކީ އަހަރެންގެެގާތު ދޮގުތަކެއް ހެދީމަ…އެހެންނޫންނަމަ…”  މޮޅިވެތި ގޮތަކަށް ނަމަވެސް ހިތުގައިއޮތްގޮތް ޝިފްނާ ހާމަކޮށްލިއެވެ. އަޒީލްގެ ހަނދާންތަކާއި ދުރު ނުވެވޭނެކަން އޭނާާގެ ޒަމީރު ބުނަމުންދާ ކަހަލައެވެ. އަޒީލްއާއިއެކު ހޭދަކުރެވުނު ލޯބިިވެތި ދުވަސްްތައް ހަނދާނުގައި ނުފިލައި ހުރުމުގެ ސަބަބުންް, އަޒީލްއާއި ވަކިވުމަށް ޝިފްނާ ނިންމި ނިންމުން ބަދަލުކުރަން ޝިފްނާގެ ހިތް ގޮވަމުންދާކަހަލައެވެ.

“ތީގެ މާނައަކީ އަޒީލްނޫން މީހަކަށް ތިހިތެއް ނުދެވޭނެއޭ ދޯ…މައްސަލައެއް ނެތް…ޝިފްނާ ބޭނުން ގޮތެެއް ހަދާ…އަހަރެން ނެތިން އެއްޗެއް ބުނާކަށް…” އެނދުންް ތެދުވެ މާދުރުނޫން ހިސާބެއްގައި ހުރި ގޮނޑީގައި އިށީންނަމުން ނުސީދާ ގޮތަކަށް މާޝާ ބުނެލިއެވެ. ކޮންމެއަކަސް, މާޝާ ހުރީ ހިތްހަމަ ނުޖެހިފައިކަން ޝިފްނާ ރަނގަޅަށް ދެނެގަތެވެ. “އެންމެރަނގަޅު…މާޝާ ބޭނުން ނުވާނަމަ އަހަރެން ނެތިން އަޒީލްއަށް މަޢާފު ކުރާކަށް…އޯކޭތަ…؟” ފުސްމޫނު ހަދައިލައިގެން އިންް އެކުވެރިއާގެ މޫނަށް ބަލަންހުރެ ޝިފްނާ ބުނެލިއެވެ. “އާނ…ދެެން ތިހާ ލޯބިވަންޏާ މަޢާފު ކޮށްބަލަ…މަށެއް ނޫޅެން ދެކޮޅު ހަދާކަށް…” ޝިފްނާގެ މާޔޫސްވެފައިވާ މޫނުމަތިން އިތުރަށް ނުތަނަވަސްކަން ފެންނަން ފެށުމުން މާޝާ ގޮތްދޫކުުރިއެވެ. ނުރުހުމުގެ ބަދަލުގައި ޝިފްނާގެ ނިންމުމަށް ތާއީދު ކުރާކަމަށް ބުނެލިއެވެ. އެއާއިއެކު ޝިފްނާގެ މޫނުގެ ކުލަވަރު ބަދަލުވެ ހިތަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެންދިއެވެ.

އާދައިގެމަތިން އާދައިގެ ވަރަކަށް ވައިޖެހެމުންދިއަ ހިތްގައިމު ރޭތަކުގެ ތެރެއިން ރެއެކެވެ. ޖެހެމުންދިއަ ވައިގެ ތެތްފިނިކަން ފަޒާތެރޭގައި ފެތުރިފައިވިއެވެ. އޭގެ އަސަރު އިހްސާސް ކުރެވޭ ކޮންމެ އިންސާނެއްގެ ހިތަށް ފިނިކަން ލިބިގެންދާނެކަން ގައިމެވެ. އެފަދަ ފިނިކަމެއް ލިބެމުންދިއަ ހާލުގައި، މަގުގެ އެއްފަރާތުގައިވާ ދުވާރުމަތިން ހިނގަމުން އައިސް އެންމެ ފުރަތަމަ ޖެހުނު ފިހާރައަށްވަދެ، ގަންނަން ބޭނުންވި ސާމާނުތައް ފެނޭތޯ ފިހާރައިގެ އެކިއެކި ހަރުތައް ވަކިވަކީން ބަލަމުން ގެންދިއެވެ. ރީޝާއަށް އެހީވުމުގެ ގޮތުން އިނާޔާވެސް ރީޝާއާއި އެއްބައިވެލިއެވެ. “އިނާ ބުނެފިންތަ މިހާރު ވިއާޒް ގާތު އިނާ ވިއާޒްދެކެ ލޯބިވާ ވާހަކަ…؟” މަޑުމަޑުން ހިނގަމުން ހަރުތަކުން އެއްޗިސް ނެެގުމަށްފަހު, އަތުގައި އޮތް ވަށިގަނޑަަށް އަޅަމުން ރީޝާ ސުވާލުކޮށްލިއެވެ. ކުއްލިއަކަށް ވިއާޒްގެ ވާހަކަ ފެށުމުން އިނާޔާ ސިހުނެވެ. “ހުމް…” މާގަޔާނުވާ ކަހަލަ ގޮތަަކަށް އިނާޔާ ރީޝާއަށް ޖަވާބު ދިނެވެ. “ދެން ކީކޭ ވިއާޒް ބުނީ…؟” އެތައް ދުވަހެއް ވަންދެން އިނާޔާ ސިއްރު ކުރި ލޯބި ހާމަކުރި ކަމަށް އިނާޔާ ބުނުމުން ވިއާޒްދިން ޖަވާބަކީ ކޮބައިތޯ ރީޝާ އަހާލިއެވެ. “ވަކި ޖަވާބެއް ނުދޭ…އެވަގުތު ވިއާޒްއަށް ފޯނެއް އައީމަ އެއްވެސް އެއްޗެކޭ ނުބުނެ ދިޔައީ…ފަސްއެނބުރި ބަލާވެސްނުލާ…މަށަށް ހީވަނީ ވިއާޒް ހުރީ ރުޅިއައިސްފަހެން….އެހެންވެ އޮފީހުން ޗުއްޓީވެސް ނެގީ…މަށަކަށް ނުކެރޭނެ ވިއާޒްއާއި ކުރިމަތިލާކަށް…” ރީޝާގެ ސުވާލަށް ޖަވާބުދެމުން, އެދުވަހު ކަންތައް ވެގެންދިޔަގޮތް އިނާޔާ ތަފްޞީލްކޮށް ރީޝާއަށް ކިޔައިދިނެވެ. ވިއާޒް އެކަހަލަ ގޮތަކަށް ކަންތައް ކުރުމުން ރީޝާވެސް ހައިރާންވިއެވެ.

”ތީ ހަމަ އެހާ ފިނޑި މީހެއްތަ…؟ ކުރިއަކުން ތިކަމެއް ނުދަންނަން…އެކަމަކު މިހާރު އެނގިއްޖެ…” ސިހިފައި ކަހަލަ ގޮތަކަށް އެއަޑާއި ދިމާއަށް ރީޝާއާއި އިނާޔާއަށް އެއްފަހަރާއި ބަލާލެވުނެވެ. ކުރިމަތީގައި ހުރި ވިއާޒް ފެނުމުން އިނާޔާއަށް އިސްްދަށަށް ޖަހާލެވުނެވެ. ވިއާޒްއަށް އެމަންޒަރު ސިއްރު ނުވިއިރު, އެމަންޒަރު ރީޝާގެ ލޮލުގައިވެސް އަޅައިގަތެވެ. ”ވިއާޒުވެސް މިތާނގަތަ…؟ މިހާރު ހާދަ ނުފެނެއޭ…އަހަރެމެންނަށް ފިލައިގެންތަ ތިއުޅެނީ؟” ވިއާޒްގެ ވާހަކަ ދެކެވުނު އެވަގުތު ކުއްލިއަކަށް ވިއާޒް ފެނުމުން ވާހަކަ ދައްކާލަަންް ރީޝާ އަވަސްވެގަތެވެ. ”އަހަރެންތަ ފިލައިގެން މިއުޅެނީ؟ ފިލައިގެން އުޅޭމީހުން ގާތު އަހާބަލަ ކީއްވެހޭ ފިލައިގެން ތިއުޅެނީ…” އިސްދަށަށް ޖަހައިގެން ހުރި އިނާޔާއަށް ނަޒަރު ހިންގާލަމުން ވިއާޒު އަވަސް އަވަހާާއި ބުނެލިއެވެ. ”ތިވާހަކަ އެދައްކަނީ…އިނާ ހަމަ އެއުޅެނީ ވިއާޒްއާއި ކުރިމަތިލަން ނުކެރިގެން…ޖެހިލުންވަނީއޭ…ވިއާޒްް ރުޅިއައިސްފަ ހުރެދާނެތީ…” ފަސްޖެހުމަކާއި ނުލައި އިނާޔާގެ ބަސް ވިއާޒްއަށް ރީޝާ އިއްވާލިއެވެ. ”މަށަށް ރުޅިއަންނަންވެސް އެނގޭތަަ…؟ ނުދެނަހުރިން…” ޒާތަކަށްް ހެވިލައިފައި ވިއާޒް ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. ރުޅިއައުމަކީ ވިއާޒްގެ ޠަބީއަތުގައި ލައްވާފައިނުވާ އެއްޗެއްފަދައެވެ. މީގެ ހަފްތާއެއް ކުރިން އިނާޔާ އޭނާާގެ ހިތުގެ ހާލު ބަޔާންކުރި ދުވަހު ވިއާޒްގެ ފަރާތުން ވަކި ޖަަވާބެއް ނުލިބުމުން ވިއާޒްއާއި ކުރިމަތިލާން އިނާޔާ ޖެހިލުންވެ ލަދުވެތިކަން އިސްކުރިއެވެ. ނަމަވެސް އިނާޔާގެ އެޢަމަލު ކުށްވެރިކޮށް، ނުރުހުމާއިއެކު އެކަމުުގެ ޝަކުވާ ވިއާޒް އުފުލިއެވެ. ”އެދުވަހު އަހަރެން ޖަވާބެއް ނުދީ ދިޔައީ ވިސްނާލަންް ވަގުތުކޮޅެއް ބޭނުންވެގެން…މިހާރު އަހަރެން މިހުރީ އެދުވަހު ކުރި ސުވާލުގެ ޖަވާބުދޭން ތައްޔާރަށް…އެ ސުވާލުގެެ ޖަވާބުގަ އަހަރެން ބުނާނީ އެ އަންހެން ކުއްޖާާއަށް އަހަރެންގެެ ދިރިއުުމަށް މަރުޙަބާ އޭ…” އިނާޔާގެ ކުރިމަތީގައި ހުއްޓިލުމަށްފަހު, އިނާޔާގެ އަތުގައި ހިފާލަމުން ވިއާޒް ވާހަކަ ދައްކަންފެށިއެވެ. ”އަހަރެންދެކެ ލޯބިވާ އަންހެން ކުއްޖާއަށް އަަހަރެންގެ ހިތުން ޖާގަދޭން އަހަރެން ބޭނުން…މުޅިއުމުރަށްް ވެސް އެ އަންހެން ކުއްޖާއާއި އެކީގަ އުޅެން ބޭނުން…” މަޑުމަޑުން އިނާޔާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަމުން ވިއާޒް ބުނެލިއެވެ.

“މަރުޙަބާ…ދެކުދިންނަށްވެސް ވަރަށް އުފާވެރި ލޯބީގެ ދުވަސްތަކަކަށް އެދެން…” ރީޝާގެ ފަހަތުގައި ހުރެ އިޒްހާރު މިހެން ބުނެލިއަަޑަށް އެންމެންނަށް ވެސް އިޒްހާރުއާއި ދިމާއަށް ބަލާލެވުނެވެ. ފަސްއެނބުރި އިޒްހާރުއަށް ބަލާލުމަށްފަހުު ލުއި ހިނިތުންވުމެއް ރީޝާގެ މޫނުމައްޗަށް ވެރިކޮށްލިިއެވެ. “ޝުކުރިއްޔާ…” ހެވިދިލިފައި ހުރެ, އިޒްހާރުއަށް ބަލާލަމުން ވިއާޒް ބުނެލިއެވެ. ދެންއިވުނީ ހަަތަރު މީހުންގެ ހުނުމުގެ އަޑެވެ. “ރީޝާ…! ކިހިނެއްތަ…؟” ހިނިގަަަަަނޑު މައިތިރި ކޮށްލާފައި ފުންނަޒަރަކުން ރީޝާއަށް ބަލާލަމުން އިޒްހާރު ސުވާލުކޮށްލިއެވެ. “ރަނގަޅު…އިޒްހާރު ކިހިނެއް…؟” ރީޝާވެސް ހުނުން މައިތިރި ކޮށްލުމަށްފަހު އިޒްހާރުގެ ސުވާލަށް ޖަވާބުދިނެވެ. ހަމައެހެންމެ, ލަސްނުކޮށް އިޒްހާރުގެ ހާލުއަހުވާލުވެސް އަހާލިއެވެ. “މިހާރު ރަނގަޅު…އެކަމަކު…ފާއިތުވި ދެތިންދުވަހުގެ ތެރޭ ބަލިކޮށް އުޅުނީ…އެހެންވެ ބޭރަށްވެސް ނުނިކުމެ ގޭގައޮތީ…” ޖަވާބުގައި އިޒްހާރު ބުނެލިއެވެ. “ނުވެސްބުނަމެއްނު ބަލި ވާހަކައެއް…ކީއްވެ ނުބުނީ…؟” އިޒްހާރުގެ ބަލި ހާލަތު އަޑުއިވިފައި ރީޝާގެ ހިތަށް އަސަރުކުރުވި ކަހަލައެވެ. “ރީޝާ ދެރަވެދާނެތީ…އަޑުންއަޑުނަގާ ރޮއެފާނެތީ…ބަލާބަލަ…މިހާރުވެސް ތިލޮލުން ކަރުނަ އެބައާދޭ…؟” ރީޝާގެ ލޮލަށް އިޝާރާތް ކޮށްލަމުން, ސަމާސާ ރާގަކަށް އިޒްހާރު ބުނެލިއެވެ. “ހެޔޮނުވާނެ…ދެން ތިވަރަށް ނުރޮއެ…ތިލޮލުން ކަރުނަ ހުސްވެދާނެ…” ވިއާޒްވެސް އިޒްހާރުު އާއި އެއްބައިވެލަމުން ރީޝާއަށް ބަލާލާފައިި ރަކިކޮށްލާކަހަލަ ގޮތަކަށް ބުނެލިއެވެ. އެހެނަސް އެކަމާއި މާބޮޑުު އަޅާލުމެއް ބެހެއްޓުުމެއްނެތި ރީޝާވެސް ހިނިތުންވެލިއެވެެ.

އޭގެ ވިއްސަކަށް މިނެޓް ފަހެވެ. ގަންނަން ބޭނުންވި ހުރިހާ ސާމާނެއް ގަނެނިންމާލެވުމުން ލަސްތަކެއްނުކޮށް ގެއަށް އައުމުގެ މަޤްޞަދުގައި ހިތްހަމަޖެހިިލައިގެންހުރެ, ފިހާރައިން ނިކުތްވަގުތު ރީޝާގެ އަތް ބަރާބެފައިވާ މަންޒަރު ފެނުމުން, އެކަމަށް ޙައްލެެއް ގެނައުމުގެ ނިޔަތުގައި, ރީޝާގެ އަތުގައި ހުރި ކޮތަޅުތަކުގައި އިޒްހާރު ހިފާލިއެވެ. އެކަމަށް ފުރަތަމަ ރީޝާ ދެކޮޅުހެދިކަމުގައި ވިޔަސް އިޒްހާރު އާދޭސް ކުރުމުން އެފުރުސަތު އިޒްހާރުއަށް ރީޝާ ދިނެވެ. އާދައިގެ ހިނގުމެއްގައި ރީޝާމެން ގެއާއި ދިމާއަށް މިސްރާބު ޖެހިއިރު, ވިއާޒްއާއި އިނާޔާ ވެސް ވިއާޒްގެ ސައިކަލުގައި ކޮންމެވެސް ދިމާއަކަށް މިސްރާބު ޖަހާލިއެވެ. އިނާޔާއާއި ވާހަކަ ދައްކާާލަން ބޭނުންވާކަމަށް ވިއާޒް ބުނުމުން, ހިނިތުންވުމާއިއެކުު އެކަމަށް އިނާޔާ މަރުޙަަބާ ކިޔާލީ ރީޝާގެވެސް ރުހުމާއި އެކުގައެވެ. ޝައްކެއްނެތި ވިއާޒްއަށް ފުރިހަމައަށް އިތުބާރު ކުރާކަން އެވަގުތު ރީޝާވެސް ހާމަކޮށްލުުމުން, ޖެހިލުމެއްނެތި ވިއާޒްއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިނާޔާގެ ހިިތްކިޔާލިއެވެ.

“ގޭތެރެއަށް ވަންނާކަށް ނުބުނާނަންތަ…؟” އާދައިގެ ހިނގުމެއްގައި އައިސް ގެއާއި ހަމައަށް އާދެވުމާއިއެކު އިޒްހާރުގެ އަތުގައި ހުރި ކޮތަޅުތަކުގައި ހިފާލަން ރީޝާ މަަސައްކަތްކޮށްލި ވަގުތު އިޒްހާރު ސުވާލުކޮށްލިއެވެ. އެވަގުތު, ލުއި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްގެންހުރި އިޒްހާރުއަށް ފުންނަޒަރަކުން ރީޝާ ބަލާލިިއެވެ. މަޑުމަޑުން ނަމަވެސް ރީޝާގެ ހިތުުގެ ތެޅުން އަވަސްވާން ފެށިއެވެ. “ވަރަށް ކަރުހިއްކަައިގަނެފި…ފެންފޮދެއް ނުލިބޭނެތަ…؟” އިޒްހާރު ކުރި ސުވާލަށް ޖަވާބެއް ދޭން ފަސްޖެހިފައި ރީޝާ ހުރުމުން, ރީޝާއަށް ދެކޮޅު ނުހެދޭނެ ކަހަލަ ބަހަނާއެއް އިޒްހާރު ހޯދާލިއެވެ. އިޒްހާރުގެ މަޤްޞަދު މޭރުންވެފައި ވާހާލުގައި ނަމަވެސް ނުރުހުމެއްނެތި, އެތެރެއަށް ވަނުމުުގެ ހުއްދަ ރީޝާގެ ފަރާތުން އިޒްހާރުއަށް ލިބިގެން ދިއެވެ. އެ ފުރުސަތު ދިނީތީ ރީޝާއަށް ޝުކުރު އަދާކުރުމަށްފަހު ރީޝާގެ ފަހަތުން އިޒްހާރު ހިނގައިގަތެވެ.

އަތުގައިހުރި ކޮތަޅުތައް ސިޓިންރޫމްގެެ މޭޒުމަތީގައި ބަހައްޓާލުމަށްފަހު ކާގެއާއި ދިމާއަށް ރީޝާ ހިނގައިގަތެވެ. ރީޝާގެ ފަހަތުން އިޒްހާރު ވެސް ހިނގައިގަތެވެ. އިޒްހާރު އެދުނު ފަދައިން ފެންފޮދެއް ދިނުމުގެ މަޤްޞަދުގައި އައިސްއަލަމާރިިން ފެންފުޅިިއެއް ނެގުމަށްފަހު އެނބުރިލި ވަގުތު ދާދި ކައިރީގައި ހުރި އިޒްހާރު ފެނުމުން, ސިއްސައިގެންގޮސް ރީޝާގެ އަތުން ފެންފުޅި ނުވެއްޓުނީ ހަމަކިރިޔާއެވެ. ވެއްޓެންދިއަ ފެންފުޅީީގައި, ހުށިޔާރު ކަމާއިއެކު އިޒްހާރު ހިފާލިކަން ނަސީބެކެވެ. ކުޑައިރުކޮޅަކަށް ނަމަވެސް އެކަކު އަނެކަކުުގެ ނަޒަރު ބައްދަލު ވެގެންދިއެވެ. ގަސްތަކާއިނުލައިި އިޒްހާރުގެ ހިތް ކަސިޔާރުވާން ފެށިއެވެ. ރީޝާއާއި އިތުރަށް ކައިރި ވެލުމަށް އޭނާގެ ހިތް ކިޔާލިއެވެ. ނަމަވެސް, ރީޝާއާއި ގާތްވެލަން މަސައްކަތްކޮށްލި ވަގުތު އިޒްހާރުގެ ފޯނުގެ ރިންގްޓޯން އެކަމަށް ހުރަސް އެޅިއެވެ. ފޫހިގޮތަކަށް މޫނު ހަދާލުމަށްފަހު ޖީބުގަައި އޮތް ފޯނު ނަގައި, ގުޅަމުން އެ ދަނީ ކާކުތޯ ބަލާލިއެވެ. “މިހާ އަވަހަށް ތި ދެމީހުންގެ ބައްދަލުވުން ނިމުނީތަ…؟” ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ނުރުހިފައިވާ ރާގަކަށް އިޒްހާރު ބުނެލިއެވެ. ލިބުނު އެ ކުޑަކުޑަ ފުރުސަތު ވިއާޒްގެ ސަބަބުން ބޭކާރު ވެގެން ދިމުން އިޒްހާރު ހުރީ ހިތްހަމަަ ނުޖެހިފައެވެ. “އާާނ…ކިހިނެއްވީ…؟ މީ އަދި ފުރަތަމަ ރޭ…އެހެންވެ މާގިނައިރު ވާހަކަ ދައްކަން ނުތިބެ އައީ…އިޒްހާރު ކޮންކަމަކާތަ ތިހާއަވަހަށް ރުޅި ތިއައީ…؟މަށަށް މާ ނުބައި ގަޑިއެއްގަތަ މި ގުޅުނީ…؟” އިޒްހާރުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު, ސަމާސާ ރާގަކަށް ވިއާޒް އަހާލިއެވެ. “ދެެން ހެވޭ…އިރުކޮޅަކުން މިިދަނީ..” އިޒްހާރު މިހެން ބުނެ ފޯނު ޖީބަށް ޖަހާލުމަށްފަހު އަނެއްކާވެސް ރީޝާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު އެތަނުން ދާން އިޒްހާރުގެ ހިތް ނޭދޭކަން ރީޝާއަށް ވެސް އިހްސާސް ކުރެވުނެވެ. އެހެނަސް ވިއާޒްގެ އެދުމުގެ މަތިން, ކަތިވެފައިވާ ހިތް މައިތިރިކޮށްލަމުން އިޒްހާރު އެގެއިން ނިކުތެވެ. އިޒްހާރު ދިއުމުން ކޮޓަރިއާއި ދިމާއަށް ރީޝާ ހިނގައިގަތެވެ.

ދުވަސްތައް ހަލުއިކަމާއިއެކުު ފާއިތުވަމުންދިއެވެ. ބައެއް މީހުންގެ އުއްމީދުތައް ފުރިހަމަ ވެގެންދިއައިރު އަނެއްބައި މީހުންްގެ އުއްމީދުތައްް ފުނޑުފުނޑުވަމުން ދިއެވެ. ބައެއް ހިތްތަކަށް ހަމަޖެހުން ލިބިގެން ދިޔައިރު އަނެއްބައި ހިތްތައް ނުތަނަވަސްކަން މަތީގައި ވިއެވެ. އެއްބަޔަކުު ލޯބި މިލްކު ކުރިއިރު އަނެއްބަޔަކު ލޯބިން މަޙްރޫމުވެެގެން ދިއައެވެ. އަޒީލް ވެސް ހުރީ އެފަދަ ފައްތަރެެއްގައެވެ. ޝިފްނާގެ ފަރާތުން ޖަވާބެއް ނުލިބި ފާއިތުވި ހަފްތާއެއްހާ ދުވަސް އަޒީލްއަށް އަހަރުދުވަސް ފާއިތުވެގެން ދިއަފަދައެވެ. ކެތްކުރަން ދަތި ވިޔަސް ކެތްތެރިކަމާއިއެކު ޝިފްނާގެ ޖަވާބުގެ އިންތިޒާރުގައި މިއަދުވެސް އަޒީލް ހުއްޓެވެ.

ރޭގަނޑުގެ ވަގުތުކޮޅެކެވެ. ފާޚާނާއަށް ވަދެ ފެންވަރާލަައިގެން ނިކުމެ ރީތިވެލުމަށްފަހު މޭޒުމަތީގައި ހުރި ޕާރުސަލް ނަގައި ކުޑައިރުކޮޅަކު އެއަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އަޒީލް ގެއިން ނިކުތީ ޝިފްނާއާއި ބައްދަލުކޮށްލަަން ދިއުމުގެ ނިޔަތުގައެވެ. ދުވަހަކީ ޝިފްނާގެ އުފަންދުވަސް ކަމަށްވީތީ ރީޝާއާއި އިނާޔާގެ އެހީގައި އެދުވަސް ފާހަގަކޮށްލުމުގެ ގޮތުންް ކުޑަވަރެއްގެ ޚަފްލާއެއް ބޭއްވުމަށް އަޒީލްދިން ޚިޔާލަށް ތާއީދުކޮށް އެކަން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދިއައެވެ. ސައިކަލްގެ ވަށިގަނޑުތެރޭގައި ޕާރުސަލް ބާއްވާލުމަށްފަހު ސައިކަލަަށް އަރައި މަގުގެ ދެކޮޅު ބަލާލުމަށްފަހު އާދައިގެ ބާރުމިނެއްގައި އަޒީލް އޭނާގެ ސައިކަލް ދުއްވާލީީ ޝިފްނާއާއި ބައްދަލުކުރަަން ކެތްމަދުވެފައި ވާހާލުގައެވެ.

ފާއިތުވެގެންދިއައީ ދިހަވަރަކަށް މިނެޓްއެވެ. އަޒީލްއަށް އޭނާގެ މަންޒިލަށް ވާސިލް ވެވުނެވެ. ތެޅިފޮޅެެމުންދިއަ ހިތަކާއިއެކު ގޭތެރޭއަަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ޝިފްނާގެ ހުނުމުގެ އަޑު އަޒީލްގެ ކަންފަތުގައި ޖެހުނެވެ. އޮބިނޯންނަ ވަރަށް ތެޅެމުންއައި އަޒީލްގެ ހިތް އެވަގުތު މައިތިރިވާާންފެށިިއެވެ. ޝިފްނާ އުފަލުގައި ހުރިތަން ފެނުމުން އަޒީގެ ހިތަށް ފިނިކަން ލިބި މޫނުމަތިން އުފާވެރިކަމުގެ މަންޒަރު ފެންނަންފެށިއެވެ. “ހެޕީ ބާރތް ޑޭ…ޝިފްނާ…” އަޒީލްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޝިފްނާއަށް ސިހުމެއް ލިބިގެންދިއެވެ. ކުއްލިއަކަށް ހުނުމުގެ އަޑު ކެނޑިގެން ދިއަ އެވަގުތު އަޒީލް ފެނުމުން ޝިފްނާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ. “މިއޮތް އައީނު އަޒީލް ވެސް…ދެންވީ އަވަހަށް ކޭކު ފަޅަން…މިކޭކުގެ ރަހަބަލާލާާހިތުން މިހާރު ހުރެވޭވަރެއް ނޫން…” އަޒީލް ފެނުމާއިއެކު މޭޒުމަތީގައި ހުރި ކޭކަށް އިޝާރާތް ކޮށްލަމުން އިނާޔާ ބުނެލިއެވެ. “މީ އަހަރެން ޝިފްނާއަށް ގެނައި ކުޑަކުޑަ ހަދިޔާއެއް…ހީކުރަން ކަމުދާނެކަމަށް…” އަތުގައި އޮތް ޕާރުސަލް ދިއްކޮށްލަމުން އަޒީލް ބުނެލިއެވެ. އަޒީލްގެ އެ ހަދިޔާ ބަލައިގަންނަަން ނުުކެރިފައި ހުރިހެން ހީވުމުން އެެ ހަދިޔާ ބަލައިގަތުމަށް ޝިފްނާ ގާތުގައި ރީޝާ އެދުނެވެ. ރީޝާ އެދުނުގޮތަށް އަޒީލް ދިއްކޮށްލި ޕާރުސަލްގައި ހިފާލުމަށްފަހު ހަމަ އެ ސިކުންތު ތެރޭގައި މޭޒުމަތީގައި ބާއްވާލިއެވެ. މާބޮޑުު އަހަމިއްޔަތުކަމެއް އޭގަށް ދިނުމެއްނެތި ރީޝާގެ ކޮޓަރިއާއި ދިމާއަށް ޝިފްނާ ހިނގައިގަތެވެ.

“ކީއްވެތިއައީ…އަހަރެން އައިމަ ހިތްހަމަ ނުޖެހުނީތަ…؟” ޝިފްނާގެ ފަހަތުން އައިސް ކޮޓަރިއަށް ވަންނަމުން އަޒީލް ސުވާލުކޮށްލިއެވެ. އަޒީލްއަށް ފުރަގަސްދީގެން ހުރިއިރު ދޭނެ ވަކި ޖަވާބެއް ޝިފްނާއަކަށް ނުވިސްނުުނެވެ. “ރީޝާ ބުނީމަ މިއައީ…އެކަމަކު…ޝިފްނާ ބުނެފިއްޔާ އަހަރެން ހިނގައިދާނަން…” ޝިފްނާގެ އެ ޢަމަލު އަޒީލްގެ ހިތުގައި ޖައްސާލިއެވެ. ޝިފްނާގެ ނުރުހުމާއި ކުރިމަތިލާނެ ހިތްވަރެއްނެއް ކަހަލަގޮތެެއް އަޒީލްގެ މޫނުމަތިން ސިފަވާން ހުއްޓެވެ. “އަހަރެން ދާންވީތަ…؟” ވަކި ޖަވާބެއް ޝިފްނާގެ ފަރާތުން ނުލިބުމުން އަޒީލް އަހާލިއެވެ. “އެެންމެ ރަނގަޅު…ޝިފްނާ ހިތްހަމަ ނުޖެހޭކަމަށްވާނަމަ އަހަރެން މިދަނީ…” އަސަރާއިއެކު މިހެން ބުނެ އިސްދަށަށް ޖަހާލުމަށްފަހު ކޮޓަރިން ނިކުތުމަށް އަޒީލް ހިނގައިގަތެވެ. “އަހަރެން ނުބުނަމެއްނު ދާށެކޭ…” ޝިފްނާގެ އެ ޖުމްލައާއިއެކު އަޒީލްގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. “ނުދާށޭ ބުނެފިންތަ…؟ ނުބުނަމެއްނު…” ޝިފްނާއާއި ހަތަރުކަޅި ހަމަކޮށްލަމުން އަޒީލް ބުނެލިއެވެ. “މި ބުނީނު…” ކުރު ގޮތަކަށް ޝިފްނާ ބުނެލިއެވެ. “އަހަންނަކަށް ނީވޭޭ ނުދާށޭ ބުނި އަޑެއް…ފަހަރެއްގަ ވެދާނެ އަހަރެންގެެ ކަންފަތުގަ މައްސަލައެއް އުޅެނީކަމަށްވެސް…” ޒާތަކަށް ހިނިތުން ވެލަމުން އަޒީލް ބުނެލިއެވެ. “ތީގެ މާނައަކީ އަހަރެންގެެ ހިތުގަވާ އެއްޗެއް އަޒީލްއަކަށްް އިޙްސާސެެއް ނުކުރެވެޔޭ ދޯ…ރަނގަޅު…ތިއަށްވެސް ކިޔާނެ ލޯބިވުން…އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަންނަށް ނޭނގޭނަމަ ކީއްކުރާ ލޯތްްބެއް..ތީކީ ޙަޤީޤީީ ލޯތްބެއް ނޫން…” އަޒީލްއަށް ބަލަހައްޓައިގެން ހުރެ ޝިފްނާ ކުދިކިޔާލިއެވެ. “ތިހެން ނުބުނޭ ޝިފްނާ…އަހަރެން ޝިފްނާދެކެ ވަނީ ތެދުވެރި ލޯބި…ސާފުސީދާ ތެދުވެރި ލޯބި…” ޝިފްނާއާއި ކައިރިވެލަމުން އަޒީލް ބުނެލިއެވެ. “އަބަދުވެސް އަހަރެން ޝިފްނާދެކެ ލޯބި ވާނަން…އުމުރަށް ވެސް ލޯބިވާނަން…” ޝިފްނާގެ މޫނުގައި މަޑުމަޑުން ހިފާލަމުން އަޒީލް އިތުރަށް ބުނެލިއެވެ. ޝިފްނާގެ ފުން ދެލޮލަށް ބަލަން ހުރުމަށްފަހު, ބޭއިޚުތިޔާރުގައި އަޒީލްް އޭނާގެ މޫނު ޝިފްނާގެ މޫނާއި ގާތްކޮށްލިއެވެެ. ނަމަވެސް ހަމަ އެ ދަނޑިވަޅުގައި އަޒީލްގެ މޭގައި އަތް ޖައްސާލަމުން އަޒީލްގެ އެ ހަރަކާތަށް ޝިފްނާ ހުރަސްއެޅިއެވެ. “ސޮރީ…ދެން ދުވަހަކުވެސް އަހަރެން ޝިފްނާގާތު ދޮގެއް ނުހަދާނަން…ޕްރޮމިސް…” ޝިފްނާގެ އަތުގައި ހިފާލުުމަށްފަހު މޭގައި ލައްކޮށްލަމުން އަސަރާއިއެކު އަޒީލް ބުނެލިއެވެ. ފަރުދާއެއްނެތި ދެމީހުންގެ ނަޒަރުގައި އެކަކު އަނެކަކު ވެގެންދިއެެވެ. އެ ހިމޭންް ވަގުތުކޮޅު ރީޝާގެ ކަރުކެހިލުމުން ހަލަބޮލި ވާން ނެނގީ މަދި ސިކުންތުކޮޅެެކެވެ. “އަދިވެސް ރުޅިމޫނު ހަދައިގެންތަ ތިތިބެނީ…؟ދެން ތިހެން ނުތިބެ ތިރިއަށް ހިނގާބަލަ…އާދިލް އަތުވެއްޖެ އޯޑަރުކުރި ޕިއްޒާތައް ހިފައިގެން…ކާހިތުން މިހާރު އިނާޔާއަށް ހުރެވެނީކީ ނޫން…ތި ދެމީހުން ތިރިއަށް ނައިސްގެން ކުދި އެބަ ކިޔާ…ދެންވެސް ތިހެން ނުތިބެ އާދެބަލަ ތިރިއަށް…” ރީޝާ މިހެން ބުނެ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ރީޝާގެ ފަހަތުން ޝިފްނާ ވެސް ހިނގައިގަތެވެ. ނަމަވެސް ކޮޓަރީގެ ދޮރުމަތީީގައި ޝިފްނާ މަޑުކޮށްލިިއެވެ. އެއަށްފަހު ފަސްއެނބުރި އަޒީލްއަށް ބަލާލިއެވެ. “ނުދާނަންތަ…؟” މަޑުމަޑުން ޝިފްނާ ސުވާލުކޮށްލިއެެވެ. ނަމަވެސް އޭގެ ޖަވާބެއް އަޒީލްގެ ފަރާތުން ޝިފްނާއަކަށް ނުލިބުނެެވެ. އެއްފަރާތަކަށް މޫނު އަނބުރައިލަައިގެން އަޒީލް ހުރީ އަދިވެސް ޝިފްނާގެ ފަރާތުން މަޢާފު ކަށަވަރު ނުވާތީއެވެ. އެކަން ޝިފްނާއަށް އިޙްސާސް ކުރެވުނު ކަހަލައެވެެ. އެހެންކަމުން ލުއި ލުއި ހިނގުމެއްގައި ގޮސް އަޒީލްގެ އަތާއިއަތް ޖޯޑުކޮށްލިއެވެ. “ހިނގާދާން…” ހިނިތުންވެެލާފައި އަޒީލްގެ މޫނަށް ބަލާލަމުން ޝިފްނާ ބުނެލިއެވެ. އެއާއިއެކު މާޔޫސް ކަމުގެ އަސަރުކެނޑި އަޒީލްގެ މޫނުމަތި އުޖާލާވެގެން ދިއައެެވެ. ޝިފްނާގެ ލޮލަށް ކަޝްފު ނުވާނޭހެން އަޒީލް ހިނިތުންވެލިއެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހު އަޒީލްގެ ހިތުގައި އުފެދުނު ރިހުމާއި ވޭން ފަޅި ސިކުންތެއްގެ ތެރޭގައި ނެތިގެންދިއެވެ. “ތީގެ މާނައަކީ ޝިފްނާ އަހަންނަށް މަޢާފުު ކުރީއޭތަ…؟” އަޒީލްއާއިއެކު ކުރިއަށް ހިނގައިގަންނަން ވިސްނާލި ވަގުތު އަޒީލްގެ އެ ސުވާލު ޝިފްނާގެ ފިޔަވަޅު މަޑުޖައްސާލިިއެވެ. “ހުމް…” އަޒީލްއާާއި ހަތަރުކަޅި ހަމަކޮށްލާާފައި, ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ޝިފްނާ ބުނެލިއެވެ. “އެކަމަކު…ތިވަރަކުން ނުފުދޭ…އަހަރެންް ބޭނުމީ އަހަންނަށް މަޢާފުކޮށްފީމޭ ޝިފްނާގެ ދުލުން ބުނާއަޑު އަހަން…އަަހަރެންގެ ހިތަށް ފުރިހަމައަށް ހިތްހަމަޖެހުން ލިބޭނީ އޭރުން…” އަޒީލް އޭނާގެ ހިތުގައި އޮތްގޮތް ހާމަކޮށްލިިއެވެ. “އެންމެރަނގަޅު…އަހަރެންް އަޒީލްއަށް މަޢާާފުކޮށްފިން…” އަޒީލްއަށް ފުރިހަމައަށް މަޢާފު ކުރިކަމަށް ޝިފްނާ އިޢުލާން ކޮށްލިއެވެ. ހިނިތުން ވެލައިގެންހުރެ ޝިފްނާ އެހެން ބުނެލުުމާއިއެކު އަޒީލްގެ މޫނުމަތިވެސް އުޖާލާވެގެންދިއެވެ. މާޔޫސްކަމުގެ އެއްވެސް ނިޝާނެއް މިހާރު އަޒީލްގެ މޫނުމަތިން ފެންނާކަށްނެތެވެ. “އާނ…މިހާރު ހަމަ ހުރިހާ ރިހުމެއް ކެނޑިގެން ހިގައްޖެ…މިހިތަށް ވަރަށް ހިތްހަމަ ޖެހުންލިބިއްޖެ…ދެން އެންމެ އިރުކޮޅަކަަށް ވެސް މަޑުކުރާކަށް ނެތިން…އަވަހަށް ހިނގާދާން…” ހެވިލައިފައި އަޒީލް މިހެން ބުނުމުން އަޒީލްއާއިއެކު ކޮޓަރިން ބޭރަށް ނިކުތުމަށް ޝިފްނާވެސް ހިނގައިގަތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ދިނީ ޒަހަރު… 31

Next

ދިނީ ޒަހަރު…32

Next
March 7, 2019

ދިނީ ޒަހަރު…32

Previews
March 6, 2019

ދިނީ ޒަހަރު… 31

8 Comments!

  1. A says:
    March 7, 2019 at 7:47 am

    V.furihama.. up kuraaleh maa lahy…

  2. hajja says:
    March 7, 2019 at 10:51 am

    He He up vy dwo v rythi miparth ves den kon irakun aneh part up kuraany

  3. Reen says:
    March 7, 2019 at 10:54 am

    1 aharu fas

  4. Swety says:
    March 7, 2019 at 12:05 pm

    Ahey varah balaalan beynun emme fahun part up kuri duvaheh. ..hattey

  5. juma says:
    March 7, 2019 at 2:23 pm

    varah furihama

  6. Mau says:
    March 9, 2019 at 3:28 pm

    Mivaahaka emme fahun vx up koffa inee 17 November 2018 ga mivarun kihineh mi kiyaany … Maalasvany dhw 1 week vx ok but 4 month v mihaaru dhn mivarun vaahaka nuliyuneema v ennu … V fav story eh mee.. but vvvv foohi mihaaru kiyan vx

  7. Aami says:
    March 10, 2019 at 11:57 am

    When is next part

  8. inaa says:
    March 13, 2019 at 4:28 pm

    Vr reethi.. ekam thankolheh avas avahah up kohdhee.. plus “meege therey liyefa hunna ehchehi” alun repeat koh nuliyey.. heevany hama e baii alun kiyey henn.. plxxxxx avahah next part thah vxx up koh dheh cheyy

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (27)←


All Right Reserved!