“ހަލޯ މައި…… ކިހިނެތްވީ އެއްޗެކޭ ނުބުނެ ތިއިންނަނީ؟ އަނެއްކާ ގޯސް އެއްޗެއްތަ އަހަރެންނަށް މިބުނެވުނީ؟ އެހެން ނޫނީ އެކްސައިޓްމަންޓްގަ ޝޮކެއްޖެހުނީތަ؟” މައިރާގެ ހަބަރެއް ނުވުމުން އަވްލީން އަނެއްކާވެސް ވާހަކަދެއްކިއެވެ. “ލީން ޔަގީންތަ ހަމަ ލީން އޭނަ ދެކެކަން ލައިކް ވަނީ؟ މިބުނީ ވިސްނާފަތަ ތިގޮތަށް ނިންމީ؟” މައިރީ އިނީ އަދިވެސް ޝޮކެއްގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަވްލީން ރާހިލް ދެކެ ލޯބި ވެދާނެކަމަށް މައިރާ މެންގެ ތެރެއިން އެކަކުވެސް ހިޔެއްނުކުރެއެވެ. އިތުރަށް އެތާ އިނދެގެން އަވްލީންގެ […]
“ހައި….” ނޭނގިހުއްޓާ ނައިނާގެ ލޮލަށް ކަރުނަތައް ގިނަވީއިރު ހައިޒަލްގެ މޫނަށް ބަލާލެވުނީ ވޭނުން ފުރިގެންވީ ނަޒަރަކުންނެވެ. ހައިޒަލް އެވަގުތު ނައިނާއަށް ފަސްދިންއިރު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލީއެވެ. ހައިޒަލްގެ ދަތްތަކަށް ބާރުކޮށްލަމުން ލޯމަރާލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭން ވަގުތުކޮޅަށްފަހު ހައިޒަލް ނައިނާއާއި ދިމާލަށް އެނބުރިލިވަގުތު އެތައްކަމެއް ހިނގައިދިޔައެވެ. ހައިޒަލްގެ ތުންފަތުގެ ބީހިލުން ނައިނާއަށް އިހުސާސްކުރެވިގެންދިޔައިރު އެ ފަން އިސްތަށިގަނޑަށް އަތްމަހާލަމުން ހައިޒަލްއާއި އިތުރަށް ގާތްވެވުނީ އެކަމަށް އެދެވުނުވަރުންނެވެ. އޭރު ނައިނާގެ ލޮލަށް ގިނަވި ކަރުނަތަށް ސައިލެއްފަދައިން ކޯތާފަތްމައްޗަށް […]
އޭރޭގެ ވަގުތެވެ.ބޭރަށް ނުކުތް އަލޫކްގެ ފިޔަވަޅުތަށް ގަނޑުވީ އެގޭ ކުރިމައްޗަށް މަޑުކުރި ޓެކްސީއިން ފޭބި ސަނާ ފެނިފައެވެ.ކަކުލާ ހަމައަށް ހުރި ވައިލެޓް ކުލައިގެ ޓޮޕްގެ ތިރިން ކަޅު ޓައިޓްއެއްގައި ހުރިއިރު ސަނާ ރީތިކަން އަލޫކްގެ ހިތް އަވަސްކުރިކަން ހުދު އަލޫކްއަށް ވެސް ފާހަގަވިއެވެ. “އާންއެއް ނެތްގެއަކު”ސަނާ ވަންނަން އައުމުން އަލޫކް ބުންޏެވެ.”އެގޭ އެކަން އެގާރަ ގަހާއިރު އާދެއެއްނު”އެހއން ބުނެ ސަނާ އެތެރެއަށް ވަނުމުން އަލޫކް އެތެރެއަށް ވަނީ ސަނާ އެކަނި ބައިންދަން ބޭނުންނުވާތީއެވެ. ސިޓިންރޫމް ސޯފާގައި ތިބި […]
ކޮންމެ މީހަކަށް ވެސް އުފާވެރި ކަމާއި ހިތާމަ ވެރިކަން އާދެއެވެ . އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތް ވެސް ނޭންގެއެވެ . ނަމަވެސް ހިތާމަ ވެރި ކަމެއް ދިމާ ވެއްޖެ ނަމަ އެ މީހަކީ ދުނިޔެ މަތީގައި ވަރަށް ވެސް އެކަނި ވެރިއެކެވެ . އެއްވެސް މީހެއްގެ އަޅާލުމެއް ނެއް މީހެއް ކަހަލަ އެވެ . އަދި ދުނިޔެ މަތިން ފޫހި ކުރުވައެވެ . މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކޮށްފައިވާ […]
ސިއްރުތަކަކީ ދެމި އޮންނނެ އެއްޗެއް ނޫނެވެ.ސިިއްރު ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެވެ. މިޒަމާނުގެ ނަމުން ނަމަ “ބަސްޓު” ވާނެވެ. ޒުބާގެ ހިތް ނުތަނަވަސްވަނީ އީމާއަށް 15 އަހަރު ވާތީއެވެ. ކޮންމެ ގޮތެއްވިޔަސް އީމާއަށް ފަނަރަ އަހަރު ވުމުން ސިއްރުތައް ފަޅާއަރާނެވެ. އީމާއަކީ އިންސިއެށް ނޫންކަމާއި އަދި ބައްޕަ އަކީ އިންސިއެއް ކަމެވެ.އެކަމް މިހާރު ކތައްމެ ވަރަށް ބައްޕަ ހޯދަން އުޅުނަސް ނުފެއްނާނެވެ. އީމާގެ ބައްޕަ ވަނީ ނިޔާވެފައެވެ.ކޮންމެ ރެއަކު ޒުބާ ދަނީ އީމާގެ ބައްޕަ މަހަނަ ކާރިއަށްކަން […]
ނަމަވެސް ތަގުދީރު ނިޔާކޮށްފައި ވާގޮތެއް ނައިލްއަށް އިނގޭނީ ފަހެ ކިހިނެއް ހެއްޔެވެ؟….ނައިލްގެ ހިތް ހީވީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ. ނައިލް ރިޔާޒްއަށް ބަލަމުންގެންދިޔަ އިރުގައި އެއީ ސަމާސާއަކަށް ވޭތޯ ދުއާކުރެވުނު އަދަދެއްވެސް ނޭންގެއެވެ. ނައިލް އެހެން ހުއްޓާ ރިޔާޒުގެ ފަހަތުން ވަދެގެން އައި ރަޝާ ޝާޔަންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ޝާޔަން އިނީ އިސްޖަހާލައިގެންނެވެ. ނައިލްއެކޭ އެއްފަދައިން ނާއިރާވެސް އިނީ ރިޔާޒު ބުނަންއުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ. އެތަނުގައި އެވަގުތުގައި ތިބި އެންމެންގެ މޫނުމަތިން ވެސް […]
“އައި އެމް ޝުއާ މިހާރު ކިއާއަށް ކިއާގެ ޕާސްޓް ބޯއީ ފްރެންޑް މަތިން ހަނދާންނެއްތޭނެކަން…..ޔާ އަހަރެން ކިއާގެ ފޭކް ބާއްޑޭވެސް ފާހަގަކުރަންވިއްޔާ”ކިއާރާ އުޅޭ އެޕާޓްމެންޓްގެ ކުރިމައްޗަށް ކާރު މަޑުކުރަމުން އަލޫކް ބުނެލިއެވެ. “ބައި ދަ ވޭ އެލަކީ ބޯއީއަކީ ކާކްތަ؟މިހާ ރީތި ގާލްއެއްގެ ހާޓް ބުރޭކްކުރި”ކިއާރާ ހީލުމުން އަލޫކް މަޖަލަކަށް ހަދާފަ ބުނެލިއެވެ. “ޔޫނޯ ހިމް”ކިއާރާ އެހެން ބުނެ ކާރުން ފައިބައިގެން ދިޔުމުން އަލޫކް ދިޔައީގެއަށެވެ. އޭގެ އަނެއް ދުވަހެވެ.އަލޫކް އޮފީހަށް ގޮސް އޭނަގެ ކެބިންއަށް ވަންއިރު […]
ޔުއާން ކިއާރާ އަޅައިގެން ހުރި ޝޯލްގައި ނެއްޓެން ކައިރިވެފަ ހުރި ޕިން ރަގަޅަށް ޖަހާލުމަށްފަހު ދުރުވެލިއެވެ.ކިއާރާއަށް ޔުއާން އޭނައާ ދުރުވިކަމުގެ އިހްސާސްވުމާއެކު ލޯ ހުޅުވާލިއެވެ. “ކިހިނެތްވީ”ޔުއާން ބަލަން ހުރިގޮތާ އޭނައަށް ޖަންތަށް ކުރެވުނުގޮތުން ލަދުގަތް ނަމަވެސް ކިއާރާ ބުނެލީ އެއްވެސް ކަމެއްނުވާ ކަމަށް ހަދާއެވެ. “ކިހިނެތްވީ”ޔުއާން ބުމަ ހިއްލާލަމުން ބުނެލީ ކަމެއްނޭނގޭ ކަމަށް ހަދާއެވެ ްނަމަވެސް އެވަގުތު ކިއާރާއަށް ވެފަހުރި ގޮތްފެނި ޔުއާން ހުރީ އެތެރެއިން ހީލަހީލައެވެ. “އާން”އެވަގުތު އެތަނަށް އައި ސަނާ ޔުއާންއަށް ގޮވާލިއަޑަށް ދެމީހުންނަށް […]
ޑިއުޓީ ނިންމާލުމަށްފަހު އިއާންގެ ކެބިންއަށް ރިޕޯޓްތައް ހިފައިގެން އަވަސް ހިނގުމެއްގައި ހިނގާފައިދިޔަ މިންހާ މީހެއްގެ ގައިގައި ޖެހި އަތުގައި ހުރި ރިޕޯޓްތައް ވެރުނެވެ. ސިހިފައި މިންހާއަށް ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ކުރިމަތިން ފެނުނު ސޫރައަކުން ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީހެންނެވެ. އަލޫފްއަށްވެސް ވީއެވަރެވެ. ބުނަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އެހާ ގާތުން އެހިތްގައިމު މޫނު ފެނުމުން އަލޫފްގެ ދުލުގައިވީ ތަޅެެއް އެޅުވިފައެވެ. މިންހާ އަވަސް އަވަހަށް އިސްދަށަށްޖަހާލާ ތިރިވެ […]