އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ފައުޒިއްޔާއަކީ ހިތްހެޔޮ މީހެއްކަން އެނގުނެވެ. އަހަރެމެންގެ ގުޅުން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ. މިކަން ވެގެން ދިޔައީ ބޭކާރު ޚިޔާލުތަކާއި އަހަރެން ދުރުކޮށްދިން ކަމަކަށެވެ. ފުރަތަމަ ފަހަރަށް ސައީދުއާއި ކައިވެނި ކުރުމަކީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެއްކަމަށް އިހުސާސްވީ އެވަގުތުއެވެ. ދެމައިންގެ މަސައްކަތުން ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުނުތަނުން އެގޭ އެހެން މީހުން ކާންއައެވެ. އެއީ އެއާއިލާ އެއްކޮށް އަހަރެން ދެކުނު ފުރަތަމަ ފަހަރެވެ. އެމީހުން ކަންތައް ކުރާގޮތުން އަހަރެން ހުރީ […]
ރަޝާ ޒީނާއަށް ކަޅި އަޅައިލައިގެން ހުރި އިރުގައި ލޮލުން ނުރުހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ރަޝާ ބޭނުންވީ ޒީނާ ޝާޔަންގެ ކުރިމަތީގައި ބޭޒާރު ކޮށްލާށެވެ. ނަމަވެސް މިވަގުތު ހިމޭންކަން ހިޔާރުކުރީ ފަހުން ރަގަނޅު ދަޑިވަޅެއްބަލައިފައި ޒީނާ ބޭޒާރު ކުރުމުގެ ބޭނުމުގައެވެ. ޒީނާ އެއީ ކިހާވަރެއްގެ މީހެއްކަން ޝާޔަންއަށް އަންގަން ރަޝާ ކިތަންމެހާވެސް ބޭނުމެވެ. ރަޝާ މަޑުހިނގުމެއްގައި އައިސް ޒީނާ ގާތުގައި މަޑުކޮއްލި އިރުގައިވެސް ޒީނާ އަނގަހުއްޓާނުލާ އަނގަ ތަޅަމުން ގެންދިޔައެވެ. ރަޝާއައި ކަމެއްވެސް ޒީނާއަށް ރޭކައެއްނުލިއެވެ. ”ހޭ […]
“ހަލޯ ލުޔޫން ..އަހަންނަކީ ލުޔޫން މެން ކިލާހު ގެ ކުއްޖަކީމެއެވެ . އަދި ލުޔޫން އަށް ހިތް ކީ ކުއްޖަކީމެއެވެ . ލުޔޫން ގެ ނަމްބަރ ދިނީ ވެސް ލުޔޫން އަމިއްލަ އަށެއެވެ . ގުޅާށޭ ކިޔާފައެވެ . ވަރަށް ވެސް ހަދާން ވެއެވެ . ކޮބާ ލަރާ އޭނަ އަށް ސަލާމް ބުނެލާތި ،… އަހަންނަކީ ކައިލް އެވެ . މިހެން ބުނުމުން ހަދާން ހުންނާނެ ކަން ނޭންގެއެވެ . ހަދާން ވެސް ނެތިދާނެއެވެ . […]
އިރުއޮއްސިވަގުތުކޮޅެއް ފާއިތުވެގެންދިޔައިރު މަޔާން ހުރީ ފެންޑާގެ ތަނބަކަށް ލެގިލައިގެންނެވެ. އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެމަތިން ފުހެވިގެންދިޔައިރު ވިލާތަކުގައި ރަންކުލަޖައްސާލެވުނުހެން ހީވިއެވެ. ގިނިކުލައިގެ ވިލާތަކުން އުޑުމަތި ފުރާލިގޮތަށް އުޑުމަތި އެހެންކުލައަކުން ފަވާލެވުނުފަދައެވެ. ރޭގަނޑަށް މަރުހަބާކިޔަމުންދިޔަ ވައިރޯޅިތައް މަޔާންގެ ހަށިގަނޑާއި ސަމާސާކުރަމުންދިޔައިރު މަޔާންގެ ނަޒަރުހުއްޓިފައިވީ ބަގީޗާގެ ގަސްތަކުގެ ފަރިބަލަމުންދިޔަ ޝަލީންއަށެވެ. ރަތްކުލައިގެ ފިނިފެންމާ ގަސްބޮޑިކައިރީ ރަތްހެދުމެއްގައި ހުރިއިރު ޝަލީން ބަގީޗާގައި ފޮޅުވިފައިވާ މަލެއްފަދައެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ ކުލަ އެ ރީތިމޫނާއި ކުޅެމުންދިޔަގޮތުން ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ. ރަތް […]
އަހަރެން އެނބުރި އަންނާނަން (7 ވަނަ ބައިގެ ތެރެއިން) އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއައިސްފައި ހުރުމުންނެވެ. މިހާރު އެ ރުޅިގަނޑަށް ވީ ކީއްހެއްޔެވެ. އަފްސަލް ކޮބާބާވައެވެ؟ ރާކިން އަކީ ތުއްތަގެ ކާކު ބާއެވެ؟ މިކަހަކަ ޚިޔާލުތަކެއް އަހަރެންގެ ބޮލުގައި އެނބުރެން ފެށިއެވެ. +++++++++++++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައި) ހަމައެރޭ ތުއްތަ އަހަރެންނާއި […]
ޝަމްހާ އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓާއިގެން ހުރެ އަލޫފް ދެއްކި ވާހަކަތަކުން ޝަމްހާގެ ދެލޯ ބޮޑުވިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެދެލޮލަށް ކަރުނަތައް ޖަމާވީ ދެން އަލޫފް ކަންތައްކުރާނެ ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދިފައިވި ހާލުއެވެ. ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔައިރު ޝަމްހާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަލޫފްގެ ރުޅިވެރިކަމުން ފުރިގެންވީ ދެލޮލަށް ބަލަން ނުކުޅަދާނަވުމުން ޝަމްހާއަށް އިސްޖަހާލެވުނެވެ. ހިންދިރުވާލަމުން ފުން ނޭވައެއް ދޫކޮށްލާ ހަމަޖެހުމަށް ޝަމްހާ މަސައްކަތް ކުރިއެވެ. ”އަލޫފް…” ޝަމްހާގެ […]
ފުރަތަމަ ބަޔާ ގުޅޭ ކޮޓަރި ހުޅުވާފިއެވެ . ލަރާ އާއި ލުޔޫން އަކީ ސްކޫލް ދުވަސް ވަރު އެއް ކިލާހެއްގައި އުޅުނު 2 އެކުވެރިންނެވެ . ސްކޫލް ވެސް ނިމިގެން ދިޔައީ އެއްކޮށެއެވެ . ލުޔޫން ގެ ހުރިހާ ވާހަކަ އެއް ކަހަލަ ގޮތަކަށް ލަރާ އަށް އިގެއެވެ އަދި މޫނަށް އަންނަ ކުލަ ވަރު ލަރާ ވަނީ ދަސް ކޮށްފައެވެ . ކޮޓަރި އަށް ވަދެ ކޮޓަރި ތަޅުލުމަށް ފަހު ލަރާ ވާހަކަ ދައްކަން ފެށިއެވެ […]
ހަމަ އެވަގުތު ޝާޔަން އަދި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން މީހަކު ހުރިކަމެއް ޝާޔަން އަދި ނައިލްއަށް ވެސް ނޭންގެއެވެ. ޒީނާ ޝާޔަންއާއި ނައިލްއަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރުގައި މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ ކުލަވަރެވެ. ޒީނާގެ އަތްމުށް ކެވިފައި ވީ އިރުގައި ހިތާހިތުން ޝާޔަންއަށް އެއްޗެހި ކިޔާލެވުނު އަދަދެއްވެސް ނޭންގުނެވެ. ”އަދި ދެލޯ އަދިރި އިރުގަ ވެސް ތިމާ ވަރެއް ނެތިފަ އެބަ އިނެއްނު…..ހާދަ ފޫއްސެއް ވެޔޭ…” ޒީނާ ޝާޔަންއަށް ހިތްފުރޭ ވަރަށް އެއްޗެހި ކިޔައިލަމުން […]
“އަޒާންއަށް ކަމެއްވީތަ؟” ލަސްލަހުން އަހަރެން އެހެން ބުނިއިރަށް މަންމަގެ މޫނަށް ވީގޮތް ފެނި އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. ********************** މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭދުވަހެވެ. ބައްޕަގެ އެންމެ ހަގު ކޮއްކޮއަކީ މޭކަޕް ކޮށްދޭ މީހެއްކަމުން އަހަރެން ތައްޔާރުކުރުމާއި ހަވާލުވެގެން ހުރީ އޭނާއެވެ. ތައްޔާރުކޮށް ނިމެންދެންވެސް އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. ނީޝާގެ މަސައްކަތް ނިމުމުން ދުރަށް ޖެހިލާ އަހަރެންނަށް ބަލާލުމަށްފަހު ލޯގަނޑުން ބަލާލަން އަހަރެން ކައިރީގައި ބުންޏެވެ. އަހަރެން ލައިގެން ހުރި ހެދުމަކީ މަންމަގެ ހޮވުމެކެވެ. ހުދުކުލައިގެ […]