ޔުއާން ކިއާރާ އަޅައިގެން ހުރި ޝޯލްގައި ނެއްޓެން ކައިރިވެފަ ހުރި ޕިން ރަގަޅަށް ޖަހާލުމަށްފަހު ދުރުވެލިއެވެ.ކިއާރާއަށް ޔުއާން އޭނައާ ދުރުވިކަމުގެ އިހްސާސްވުމާއެކު ލޯ ހުޅުވާލިއެވެ.
“ކިހިނެތްވީ”ޔުއާން ބަލަން ހުރިގޮތާ އޭނައަށް ޖަންތަށް ކުރެވުނުގޮތުން ލަދުގަތް ނަމަވެސް ކިއާރާ ބުނެލީ އެއްވެސް ކަމެއްނުވާ ކަމަށް ހަދާއެވެ.
“ކިހިނެތްވީ”ޔުއާން ބުމަ ހިއްލާލަމުން ބުނެލީ ކަމެއްނޭނގޭ ކަމަށް ހަދާއެވެ ްނަމަވެސް އެވަގުތު ކިއާރާއަށް ވެފަހުރި ގޮތްފެނި ޔުއާން ހުރީ އެތެރެއިން ހީލަހީލައެވެ.
“އާން”އެވަގުތު އެތަނަށް އައި ސަނާ ޔުއާންއަށް ގޮވާލިއަޑަށް ދެމީހުންނަށް ވެސް އެއްފަހަރާ އެދުމާއަށް ބަލާލެވުނެވެ.”ނުފިލިތަ؟”ސަނާ އައިސް ޔުއާންގެ ގަމީހަށް ކޮކްވެރުން ހިސާބުގައި އަތް ހިންގާލިއެވެ.ސަނާގެ މިއަމަލުން އެންމެ އުނދަގޫވީ ކިއާރާއަށެވެ.އެވަގުތު ކިއާރާގެ ހިތަށް އެ ކޯކް ްތަށި ޔުއާންގެ ގަމީހަށް ބަންދުންނުވިނަމަ ރަނގަޅޭ އެރިއެވެ.އެނަ ޔުއާންއާ ގާތްވާން ކުރިކަމަކުން ޔުއާންއާ ގާތްމިވެވެނީ ސަނާއަށެވެ.
“ހިނގާ ސަނާ އިސްތިރިކޮށްދޭނަން ގަމީހެއް”ސަނާ އެހެން ބުނެ ދިޔުމުން ޔުއާން ވެސް ސަނާގެ ފަހަތުން ނުކުތެވެ.ކިއާރާ ރުޅިއައިސްފައި ބިންމަތީ ފައިން ގެހިގޮތުން ފަޔަށް ވެސް ތަދުވިއެވެ.
ސަނާއާ ޔުއާން އައުމުން ކިއާރާ ކޭކް ފަޅާލުނަށްފަހު ކޭކްކޮޅު އަލޫކްގެ އަގަޔަށްލަވާދިނެވެ.
ކިއާރާ ޔުއާން އަގަޔަށް ކޭކްކޮޅު ލަވަން އުޅުމުން ޔުއާން އަމިއްލައަށް އުކަމަށް ހުރަސްއެޅިއެވެ.ނަމަވެސް ސަނާ ލަވައިދިނުމުން ޔުއާން އެކަމަށް އެއްވެސް ހުރައެއްނޭޅިއެވެ.އެ މަންޒަރުފެނި ކިއާރާގެ ހަނދާން ދަތުރުކުރީ މީގެ ހަތަރު އަހަރުކުރިއަށެވެ.
*******
“އާން…..އާން”ކިއާރާ އަދިރީގެތެރޭގަ ހުރެގެން ޔުއާންއަށް ގޮވަމުން ދިޔައެވެ.
އޭގެ އިރުކޮޅެއް ފަހުން މުޅިތަން ދިއްލިގެން ދިޔައެވެ.
ނޫކުލަ އާއި ހުދުކުލައިން މުޅިތަން ޒީނަތްކޮށްފައިވިއިރު ނޫކުލައިގެ ފޮތިގަނޑެއްގައި ހުދުކުލައިން ‘ހެޕީ ބާއްޑޭ އާރާ’ޖަހާފަ އޮތެވެ.
“ހެޕީ ޓުވެންޓީތް ބާއްޑޭ މައި ލަވް”ކިއާރާގެ ހަށިގަނޑުގައި ފުރަގަހުން ބައްދާލަމުން ޔުއާން އެހެން ބުނެލީ ކިއާރާގެ ކޮލުގައި ބޮސްދެމުންނެވެ.
“އާން….އައި ލަވް ޔޫ”ކިއާރާ ޔުއާންގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ.
ކިއާރާއަށް ޔުއާންގެނައި ޗޮކްލެޓް ކޭކްފެނި ހުރިހާ ދަތެއް ފެންނަވަރަށް ހީލެވުނެވެ.ކޭކްފަޅާލަމުން ކިއާރާ ކޭކްކޮޅު ޔުއާންގެ އަނގައާދިމާއަށް ގެންގޮސްފަ އަމިއްލައަށް އެކޭކްކޮޅު ކެއީއެވެ.
ތިންވަނަ ފަހަރަށް ކިއާރާ ކޭކްކޮޅު ޔުއާންއާ ދިމާއަށް ގެންދިޔުމުން ޔުއާން ކިއާރާގެ އަތުގަހިފާ ކޭކްކޮޅު ކާލިއެވެ.
******
ހިޔާލީ ދުނިޔެއިން ކިއާރާއަށް ނިކުމެވުނީ އަލޫކް ކިއާރާގެ އަތުގަހިފާ ތަޅުވާލުމުންނެވެ.”ކިހިނެތަވީ”ކިއާރާ އަވަސް އަވަހަށް އަހާލިއެވެ.”ހިނގާ ދާން މާދަން ހެނދުނު އޮފީހަށް ވެސް ދާން ޖޭހޭ”އަލޫކް އެހެން ބުނެ ނިކުންނަން ދިޔުމުން ކިއާރާ އަލޫކްގެ ފަހަތުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Ma first dhw ❤❤kiyaaha comment eh kohlaanan ingey
Swry repeat vefa inyma ??
Ma first dhw ❤❤kiyaaha comment eh kohlaanan ingey
Salhi ingey mi part vec..bt dhigukoh lahchey dear?
V reethi mi vhk bt thankolheh kuri….