މިވާވަރު އަންގާހިތްވޭ 10
އޭރޭގެ ވަގުތެވެ.ބޭރަށް ނުކުތް އަލޫކްގެ ފިޔަވަޅުތަށް ގަނޑުވީ އެގޭ ކުރިމައްޗަށް މަޑުކުރި ޓެކްސީއިން ފޭބި ސަނާ ފެނިފައެވެ.ކަކުލާ ހަމައަށް ހުރި ވައިލެޓް ކުލައިގެ ޓޮޕްގެ ތިރިން ކަޅު ޓައިޓްއެއްގައި ހުރިއިރު ސަނާ ރީތިކަން އަލޫކްގެ ހިތް އަވަސްކުރިކަން ހުދު އަލޫކްއަށް ވެސް ފާހަގަވިއެވެ.
“އާންއެއް ނެތްގެއަކު”ސަނާ ވަންނަން އައުމުން އަލޫކް ބުންޏެވެ.”އެގޭ އެކަން އެގާރަ ގަހާއިރު އާދެއެއްނު”އެހއން ބުނެ ސަނާ އެތެރެއަށް ވަނުމުން އަލޫކް އެތެރެއަށް ވަނީ ސަނާ އެކަނި ބައިންދަން ބޭނުންނުވާތީއެވެ.
ސިޓިންރޫމް ސޯފާގައި ތިބި އަލޫކްއާއި ސަނާގެމެދު ވަނީ މަރުފަދަ ހިމޭން ކަމެކެވެ.އެހިމޭން ކަމުން ދެހިތަށް ބުނެދޭންނޭނގޭ އުފަލެއްލިބެމުންދިޔައެވެ.
އެހިމޭންކަން ސަނާގެ ފޯނު ރިންގުވާންފެށި އަޑަށެވެ.ޔުއާންގެ ފޯނެއް ކަމުން ސަނާ އަވަހަށް ފޯނު ނެގިއެވެ.ޔުއާން ބުނީ އޭނަގެ ޑިއުޓީ ނިމޭނީ އެކެއްޖަހާއިރުކަމަށެވެ.ސަނާ ދައްކަން އުޅޭ ވާހަކަ މާދަން ދައްކާނީކަމަށެވެ.
ޔުއާން އެހެން ބުނުމުން ސަނާ ގެއަށް ދާން ތެދުވިއެވެ.”ދަނީތަ؟”ސަނާ ތެދުވުމުން އލޫކް އަހާލީކޮޅަށް ތެދުވަމުންނެވެ.”އާ އާން ބުނީ އާދެވޭނީ އެކެއް ޖަހާއިރުގައޭ”ސަނާ އެހެން ބުނެ ދާން ހިނގައިގަތުމުން އަލޫކް ސަނާގެ އަތުގަ ހިފާ އޭނައާ ދިމާއަށް ގެނައެވެ.
އެކަހަލަ ކަމަކަށް ނުވިސްނާ ހުރި ސަނާ އައިސް ޖެހުނީ އަލޫކްގެ މޭގައެވެ. އަލޫކް ސަނާގެ ހަށިގަނޑުގައި އިތުރަށް ހިފީ ސަނާ ދުރަށް ދާން އުޅުމުންނެވެ.
ދެމިނެޓްހާއިރު ފަހުން އަލޫކް ސަނާއާ ދުރުވެލިއެވެ.”ކީއްވެ ސަނާ ކީއްވެ؟” އަލޫކް ސަނާގެ ލޮލަށް ބަލަހަށްޓައިގެން ހުރެ އެހިއެވެ.”ކޯއަޗެއް ކީއްވެ؟” ސަނާއަށް އަލޫކް ބުނި ބަސްތަކުގެ މާނަ ނުވިސްނުމުން އެހިއެވެ.”އެއްވެއްނޫން”އެހެން ބުނެ އަލޫކް އޭނަގެ ކޮޓަރިއަށް ވަނެވެ.
އޭގެ އަނެއް ދުވަހެވެ.ޔުއާންގެ އިންތިޒާރުގައި ހުރި ސަނާގެ އިންތިޒާރު ނިމުމަކަށް އައީ ޔުއާންގެ ކާރު އޭނަގެ ކުރިމައްޗަށް މަޑުކުރުމުންނެވެ.ސަނާ ކާރަށް އެރި އިރު ޔުއާން އިނީ ފޯނެއްގައިއެވެ.
“ސޯ ބުނެބަލަ ސަނާ ބުނަށް ތިއުޅޭ ބޮޑު ވާހަކަ ފޯނުން ވެސް ނުބުނެވޭ” ޔުއާން ފޯންކޯލް ނިންމާލަމުން އެހިއެވެ.”އަދިވެސް ނުދެމެއްނު އަހަންނަށް އާންސާއެއް”ސަނާ ބުނެލީ ޔުއާންއަށް ބަލާލަމުންނެވެ.
ސަނާ އެހެން ބުނުމުން ޔުއާންއަށް ހީލެވުނެވެ.”އާން އަދިވެސް ދެކެނީ އަހަރެން އާންގެ ފުރެންޑެއް ގޮތަށް މީ ދޮގެއްތަ؟”ސަނާ އެހެން ބުނެލި ވަގުތަކީ ޔުއާން އޮފީސް ކުރިމައްޗަށް ކާރު މަޑުކުރިވަގުތެވެ.
“މިއަދު ހަވީރު އަންނާނަން ސަނާ ބަލާ ގަޑިޖެހޭނެ އަވަހަށްދޭ”ސަނާ ނުފައިބާ އިންނަން ފެށުމުން ޔުއާން ބުންޏެވެ.”އެހެން އެއްޗެކޭ ނުބުނާނަންތަ އަހަރެންމީ އާންގެ ގާލްފުރެންޑްއޭ”ސަނާ އެހެން ބުނުމުން ޔުއާން ސަނާއަށް ބަލާލީ ގަބޫލުނުކުރެވޭ ހާލުގައެވެ.”ޓޭކް ކެއާރ”ފުން ނޭވާއެއް ދޫކުރަމުން ޔުއާން ބުންޏެވެ.”ނިމުނީ”ސަނާ އަހާލުމުން ޔުއާން ބޯޖަހާލިއެވެ.ސަނާ ބާރު ބާރަށް ގޮސް އޮފީހަށް ވަނެވެ.
ޔުއާންއަށް ދެފަރާތަށް ބޯހަރަކާތް ކޮށްލެވުނެވެ.ސަނާއަށް މިއައީ ކޮންކަހަލަ ބޮޑު ބަދަލެއްބާއެވެ.
އަލޫކްއަށް ވެސް ބަދަލު ވެފައިވާ ސަނާގެ މިޒާޖު ފާހަގަވިއެވެ.ކަންކަން އަވަހަށް ކުރާއިރު އެންމެފަހަރަކުވެސް ހީނުލައެވެ.
ސަނާ ހުރީ އޮފީސް ނުނިމިގެންނެވެ.ތިނެއް ޖެހުމާއެކު ސަނާ އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Me first dhw??❤❤??..kiyaafa comment eh kohlaanan
Garage Reethi storey ekm maa kuraa dhenfaharaku drive kohlahcheyy… ❤️❤️??
V salhi mi part vxx….. ????
Thanks juna
Salhi mi part vec..waitingssss❤❤❤????
Thanx jiji
By the way congrats
Hey.. you army eh tha?? I mean bts fan ehtha??
Cover pic tho????
Ofcourse I am a fan of bts
R u a fan of bts??or kpop stars??anyway loved the story…curiously waiting
I am a fan of bts it doesn’t mean I can’t like other kpop groups.
Besides blackpink is my favourite girl group.
Thanks next part will upload soon.
If I was a little bit rude then sorry about it.
I been studying so hard these days so I weren’t in a good mood so sorry.
Everyone I am so sorry I took so many days.
Next episode will upload soon.
Once again sorry
is this bts related..varah reethi ingey