Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 17

“ހައި….” ނޭނގިހުއްޓާ ނައިނާގެ ލޮލަށް ކަރުނަތައް ގިނަވީއިރު ހައިޒަލްގެ މޫނަށް ބަލާލެވުނީ ވޭނުން ފުރިގެންވީ ނަޒަރަކުންނެވެ. ހައިޒަލް އެވަގުތު ނައިނާއަށް ފަސްދިންއިރު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލީއެވެ. ހައިޒަލްގެ ދަތްތަކަށް ބާރުކޮށްލަމުން ލޯމަރާލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭން ވަގުތުކޮޅަށްފަހު ހައިޒަލް ނައިނާއާއި ދިމާލަށް އެނބުރިލިވަގުތު އެތައްކަމެއް ހިނގައިދިޔައެވެ. ހައިޒަލްގެ ތުންފަތުގެ ބީހިލުން ނައިނާއަށް އިހުސާސްކުރެވިގެންދިޔައިރު އެ ފަން އިސްތަށިގަނޑަށް އަތްމަހާލަމުން ހައިޒަލްއާއި އިތުރަށް ގާތްވެވުނީ އެކަމަށް އެދެވުނުވަރުންނެވެ. އޭރު ނައިނާގެ ލޮލަށް ގިނަވި ކަރުނަތަށް ސައިލެއްފަދައިން ކޯތާފަތްމައްޗަށް ދެމިގަތްގޮތަށް ހައިޒަލްގެ ކޯތާފަތްވެސް ތެއްމާލިއެވެ. އެފޮނިކަން ހައިޒަލް އެހެން ދުނިޔެއަކަށް ގެންދިޔުމުގެ ކުރިން ހައިޒަލް ހަމަހޭވެރިކަަމަށް އައިފަދައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްގެ ދަށަށް ގެންނަމުން ހައިޒަލް ވަގުތުން ނައިނާއަށް ފަސްދިންއިރު ލޯމަރާލަމުން ދެއަތް މުއްކަވާލިއެވެ. ލޯކުރިމަތީ އެމަންޒަރު ކުލަޖެހިގެން އައިރު އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ ނައިނާއާއި ދުރަށްދާން މަސައްކަތްކުރާއިރު ނައިނާއަށް ކުލަޖެހުމެއްނެތް ހުވަފެނެއް ދެއްކުނީތީއެވެ. ނައިނާގެ ލޯތްބަށް ފިލަން މަސައްކަތްކުރާއިރު އޭނަ އެދެމެދުގައިވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟

“ނައިނާ… ލީވް…” ހައިޒަލް މަޑުމައިތިރިކަމާއިއެކު ބުނެލިއިރު އެއަޑުގައިވީ އާދޭހެވެ. ދެންމެވެދިޔަ ކަންތަކަށްފަހު ނައިނާގެ ކުރިމައްޗަށް އަލުން އައުމަށް ޖެހިލުންވެފައިވީވަރު އެ އަޑުންވެސްވީ ހާމައަށެވެ. ނައިނާއާއި ހަތަރުކަޅި ހަމަވާގޮތަކުންވެސް އޭނަގެ ހިތް މިސްރާބުން ދީލާލަފާނެެއެވެ. އެހެންވާކަށް އޭނާއަށް ދުލެއްނުކުރެވޭނެއެވެ.

އޭރު ނައިނާ ހުއްޓުންއަރާފައިހުރިއިރު ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ހައިޒަލްގެ ދުލުން އެންމެ ބަހެއް ނަމަވެސް އިވިލާތޯ އުއްމީދުކުރެވުނުވަރުންނެވެ. ސިކުންތުކޮޅަކަށް އެވަގުތުކޮޅު ދެމިގެންދިޔައީ ނައިނާ މާޔޫސްކުރުވަމުންނެވެ. މަޑުމަޑުން ނައިނާގެ ނަގަންފެށި ފިޔަވަޅުތައް ދުރުވަމުންގޮސް އަޑު ކެނޑުމާއިއެކު ހަށިގަނޑުން ވަރުދޫވެގެން ކަހަލަ ގޮތަކަށް ހައިޒަލްއަށް ފާރަށް ލެގިލެވުނެވެ. އެއާއިއެކު ލޮލު ތެރޭ ހަނގުރާމަ ކުރަމުންދިޔަ ކަރުނަތަކަށް ލިބުނު ކާމިޔާބާއިއެކު ކޯތާފަތްމައްޗަށް ފައިބައިގަތީ ހައިޒަލް އިތުރަށް ބަލިކަށިކޮށްލަމުންނެވެ.

ނައިނާގެ ލޯބި އޭނަގެ އަމިއްލަ ނަފްސަށް އަނިޔާދޭންޖެހޭފަދަ ތޫނު ހަތިޔާރަކަށްވެގެން ދިޔަކަން ނައިނާއަށް އިނގޭނެނަމައެވެ. ނައިނާގެ ހިޔާލުތައް ސިކުނޑި ވަށާލުމާއިއެކު އަމިއްލަ ނަފްސު އޭނަގެ ބާރުގެ ދަށުން ދޫވާއިރު ރުޅިންގޮސް ހަށިގަނޑަށް އަނިޔާދޭން ޖެހޭފަދަ މަރުހަލާއަކަށް އެ ލޯބި އޭނާ ގެންގޮސްފިކަން ނައިނާއަށް އިނގޭނެނަމައެވެ.

“އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވަނީކަންނޭނގެ…. ދުރަށްދާން އުޅޭވަރަކަށް ނުކިޔަމަންތެރި ހިތް ނައިނާގެ މައްޗަށް ލެބެނީ ކީއްވެގެންތަ؟ ނައިނާ… އަހަރެންގެ އަތުން އަތުލި ހިތް އަނބުރާ އަހަންނަށް ދީ… އެހެންނޫނީ ދެމީހުންގެ ހިތަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ… އަހަރެންނަށް މައާފުކުރޭ… ނައިނާ އެދޭފަދަ ލޯތްބެއް އަހަންނަށް ދުވަހަކު ނުދެވޭނެ… މީހެއްދެކެ ލޯބިވުމަކީ އަހަރެން ދުވަހަކު ހިޔާލުކުރަންވެސް ބޭނުންވާކަމެއްނޫން…” ހައިޒަލްގެ ލޯމެރިގެންދިޔައިރު ވޭނީ ކަރުނަތައް ކޯތާފަތްމަތީ ދެމެންފެށިއެވެ. ނޭނގިހުއްޓާ ނައިނާ އޭނާގެ ހިތް މިލްކުކުރިއިރު ނައިނާއާއި ދުރަށްދިޔުމަކީ އޭނަ ހީކުރިވަރަށްވުރެ އުނދަގޫކަމަކަށްވެގެން ހިނގައްޖެއެވެ. ރުޅިވެރިކަމާއި އަރާރުންވުންތަކުން ބިންގާއެޅިގެން ދިޔަ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައިރު މުޅި އުމުރަށް ހައިޒަލް އެ ލޯބީގައި ތެޅިފޮޅެން ޖައްސައިފިއެވެ.

މާޒީގެ ގިލަންވެރިކަމާއިއެކުވެސް އޭނާގެ ހިތް ދެވަނަ ފަހަރަށް ލޯތްބަށް އެދެންފެށީ ކީއްވެހެއްޔެވެ؟ ނައިނާގެ ގޮތްދޫނުކުރުމުގެ މިޒާޖާއިއެކުވެސް އޭނާގެ ފިނި ހިތުން މަގާމެއް ހޯދުމުގައި ކާމިޔާބުކުރީ ކީއްވެގެން ހެއްޔެވެ

**************************

މަޔާން ޑައިނިންރޫމްއަށް ވަތްއިރު ޝަލީން ހުރީ ޑައިނިންރޫމްގެ ބިއްލޫރި ބިތުގައި މޫނު ޖައްސާލައިގެން  ބޭރުން ފެންނަ ރީތި މަންޒަރުތަކަށް ގެއްލިފައެވެ. ޑައިނިން ރޫމްގައި ދިއްލާލެވިފައިވާ އުއްބައްތިތަކުގެ ރަންއަލީގައި ޝަލީން ފެންނަނީ ބިމަށް ތިރިކޮށްލައިފައިވާ ފަރީއެއްހާ ނަލަކޮށެވެ. ޓީޝާޓަކާއި ސޯޓެއްގައި ސާދާކޮށް ހުރިއިރުވެސް އެރީތިކަން ވިދަމުންދިޔައެވެ. އުއްބައްތީގެ ރަންއަލިން ފެންވަރުވާލެވިފައިވާ ރީތި މޫނާއި ދެލޯ ފެނި މޮޔަނުވާނޭ ހިތެއްނުވާނެއެވެ.

މަޔާން އިރުކޮޅެއްވަންދެން ދޮރަށް ލެގިލައިގެން ޝަލީންގެ ފަރިކަން ދެކެން ހުރެފައި ފަހަތުން އައިސް ޝަލީންގެ އުނަގަނޑުގައި އަތްވަށާލިއިރު ޝަލީން ސިހިފައިކަހަލަގޮތަކަށް އެނބުރި ބަލާލިއެވެ. އެއާއިއެކު ދާދި ކައިރިން މަޔާންގެ މޫނު ފެނިލުމާއިއެކު އެ މޫނުމައްޗަށް ވެރިވެގެން އައީ އެންމެ ނަލަ ހިނިތުންވުމެވެ.

މަޔާންގެ މޫނާއި އިސްތަށިގަނޑުގައި ފެންތިކިތައް ވިދަމުންދިޔަގޮތުން ދެންމެ ފެންވަރާލައިގެން އައިހެން ހީވެއެވެ. އެ މޫނުގެ ތާޒާކަމާއިއެކު ދުވަންފެށި ލުއިލުއިވަހުން ޝަލީންގެ ހިއްސުތައް ވިހުރިގެންދިޔަހެން އެވެ. މަޑުމަޑުން ލޯމަރާލަމުން ނޭވާ އެތެރެއަށް ދަމާލެވުނުއިރު މަޔާން މޫނު ޝަލީންގެ ކަނދުރާގައި ޖައްސާލިގޮތުން ޝަލީން ހީލިކަރުވާގޮތްވިއެވެ. އެ ތުންފަތް ފޫދުއްވާލައިފައި ނިކުތް ލުއި ލުއި ހުނުމުން މަޔާންގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ޝަލީގެ އެއްކަލަ ލޯބި ލޯބި ހުނުންދޯ… ޔޫއަރ ޑްރައިވިން މީ ކްރޭޒީ ބޭބީ…” މަޔާންގެ އަޑުގައިވީ އަސަރަކުން ޝަލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެންދިޔައެވެ. އެ ތުންފަތްމަތީ ކުޅެލި ލަދުރަކި ހިނިތުންވުމާއިއެކު ކޮފީގެ އާވިން ފުސްވެފައިވާ ބިއްލޫރިގަނޑުގައި ޝަލީން އިނގިލިތައް ހަރަކާތްކޮށްލިއެވެ. އިނގިރޭސި އަކުރުތަކުން ޔާން އެންޑް ޝަލީ ލިޔެލިއިރު މަޔާން ޝަލީންގެ ނަން ކައިރީގައި ހިތެއް ކުރުހާލިއެވެ. އެވަގުތު މަޔާންގެ ޝަލީންގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއިރު ޝަލީން ވަގުތުން ފިނިވާގޮތްވިއެވެ. މަޔާންއާއި ދިމާލަށް އެނބުރިލަމުން އެ ތަނަވަސް މޭގައި ޝަލީން ބޯއަޅާލިއެވެ . އޭރު ބާރުވަމުންދިޔަ ހިތުގެ ތެޅުމާއިއެކު ދެލޯބިވެރިންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ދެހިތް ލާމެހިގެންދިޔުމަށް ބޭނުންވެފައި ތިބެއެވެ.

******************

އިރުއޮއްސި ވަގުތުކޮޅެއް ފާއިތުވެގެން ދިޔަފަހުން ހައިޒަލް ބްލޫސްގެ އެޗް.އޯ.ޑީސްއާއިއެކު ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު ހޯލްއިން ނިކުމެގެންއައިރު އިރުގެ އެންމެ ފަހު ދޯދިތައް އޮއްސި ދުނިޔެ އަނދިރި ސާލެއްގެ ތެރެއަށް ގެނބިގެން ގޮސްފިއެވެ. ދިގު ކޯރިޑޯގައި މިކްޔާލްއާއިއާއި އެއްހަމައެއްގައި ހުރެގެން ހިނގާފައި އައިރު ހައިޒަލްގެ ހުރިހާ ސަމާލުކަމެއްދެވިފައިވީ އަތުގައި އޮތް ފައިލްއަށެވެ. ފައިލްއަށް ނަޒަރު ހުއްޓާލައިގެން ހުރެ މިކްޔާލްއާއި ވާހަކަދައްކަމުން އައީ މިމަހު ބާއްވަން ހަމަޖެހިފައިވާ ބްލޫސްއާއި ސިލްކްއާއި ދެމެދު ކުރެވޭ އެއްބަސްވުމުގައި ސޮއިކުރެމުގެ ހަފްލާއާއި ބެހޭގޮތުންނެވެ. މިހާރުއްސުރެ އަލްހާން އެ ހަފްލާ ވީ އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދަން ނިންމައިގެން ހުރިއިރު ހައިޒަލްގެ ފުރިހަމަ ސަމާލުކަން އެކަމަށް ދޭންޖެހިފައިވެއެވެ.

މިކްޔާލްއާއި ވާހަކައެއްގައި ހުރެފައި ދާދި ކައިރިން ފިޔަވަޅުތަކެއްގެ އަޑުއިވުމުން ހައިޒަލް އިސްއުފުލާބަލާލިއިރު ސެކިއުރިޓީ ޑިފާރޓްމެންޓްގެ އެހެން މުވައްޒަފެއްކަމަށްވާ ކިޔާންއާއި އެކު ނައިނާ އައިސް ހައިޒަލްއާއި އަރާހަމަވީއެވެ. ނައިނާގެ ތުންފަތްމަތީވީ ހިނިތުންވުމާއިއެކު ކިޔާންއާއި ވާހަކަދައްކަމުން ދިޔަ ގާތްގޮތް ފެނި ހައިޒަލްގެ ހިތުގައި ހިނގާލި ހަސަދަވެރިކަމުގެ އޮއެވަރާއިއެކު ހައިޒަލް ނައިނާއާއި ދިމާލަށް ބަލާލީ ހިތްހަމަނުޖެހިފައިހުރެއެވެ. އެ ނުތަނަވަސް ނަޒަރު ސީދާވީގޮތުން ނައިނާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިރު އެލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އެމޫނުމަތީވީ ހިނިތުންވުން މަޑުމަޑުން ފަނޑުވެގެންދިޔައިރު އެ ލޮލުން ފެނިލީ އިންތިހާ ދަރަޖައިގެ ރިހުމެވެ. ހައިޒަލްގެ މޫނަށް ބަލާލިއިރު އެ ލޮލުން ޝަކުވާ ނޫން އެއްޗެއް ނުފެނުނެވެ. އޭނާގެ ފަރާތުން އުފާތައް ހޯދައިފައި ހައިޒަލް އޭނަ ދުރުކޮށްލިގޮތަށް އެ ރީތި މޫނު ދައްކާލީވެސް ހާދަ ދުވަހެއްފަހުންނެވެ. އޭނަގެ ހިތް ނާއުއްމީދުކޮށް ލައިފައި ދުރުގައި އުޅުން އަނިޔާވެރިޔާއަށް ވޭންދެނިވިކަމަކަށް ނުވިއެވެ.

އެތަށް ހާސް ޝަކުވާތަކުން ނައިނާގެ ހިތްފުރި ބަންޑުންވީއިރު އެ ޝަކުވާތަށް ހައިޒަލްގެ ކުރިމަތީ އޮއްސާލުމަށް ހިތް އެދުނެވެ. ހައިޒަލް އޭނައާއި ދުރުވީ ހިތުގެ ހިތްހަމަޖެހުން ހިފައިގެންކަން ހައިޒަލްއަށް އިނގޭނެނަމައެެވެ.

ހައިޒަލްގެ ލޮލުން ފެނިލި ތަރުޖަމާކުރަންދަތި ކުލަވަރާއިއެކު ހިތްހަމަނުޖެހިފައިހުރެ ނައިނާގެ މޫނަށް ބަލާލަމުން ބާރު ފިޔަވަޅުތަކެއްގައި ދުރަށް ހިނގައިގަތީއެވެ. ހައިޒަލްގެ އެ ދުރުކަމާއި އަޅާލުން ކުޑަކަން ނައިނާގެ ހިތަށް ތަދުކުރުވިއިރު ފަސްއެނބުރި ބަލާލެވުނީ ހައިޒަލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލާލާނޭކަމަށް އުއްމީދުކުރެވުނުވަރުންނެވެ.

“ހައި… މަޑުކޮށްބަލަ…” ހައިޒަލް ހިނގާލާފައި ދިޔަލެއް ބާރުކަމުން ފަހަތުން އައި މިކްޔާލްއަށް ޖެހުނީ ފަހަތުން ދުވާށެވެ.

ހައިޒަލް ހުއްޓުމެއްނެތި ބާރުބާރަށް ހިނގާލާފައި ދިޔަގޮތަށް ނިކުމެލީ ކޯރިޑޯއިން ނިކުމެވެން އިން ބެލްކަނިކޮޅަށެވެ. އެއާއިއެކު ރެއިލިންގައި އަތްއަޅުވާލަމުން ފުންކޮށް ނޭވާލާންފެށީ ރުޅިމަޑުކުރަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ. އެ ލޮލުން ފެނިލި ރުޅިވެރިކަމާއިއެކު އަތްމުށްކަވާލެވިފައިވާ އަތަށް ބާރުކޮށްލައިގެން ހުރީ ތަދުވާހާ ބާރަށެވެ.

ރުޅި ކޮންޓްރޯލްކުރަން ހައިޒަލް ކުރަމުންދިޔަ މަސައްކަތް ފެނި އެވަގުތު ބެލްކަންޏަށް ނިކުތް މިކްޔާލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ.

“ވޯވް… ރައިޓް ނައު އާރޔޫ ޖެލަސް…” މިކްޔާލް އަނގަޔަށް ގޮތެއް ހަދާލަމުން ކިޔާލުމާއިއެކު ހައިޒަލް މިކްޔާލްއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.

“ބޭކާރު ވާހަކަ ނުދައްކާ ދެވޭތޯ ބަލާ…” ހައިޒަލް ބުމަގޮށްޖަހާލަމުން ރެއިލިންއަށް ބޭލި އެތިފަހަރާއިއެކު ރުޅި ގަދަވެފައިވީވަރު އަންދާޒާކުރެވިފައި މިކްޔާލް އިތުރު އެއްޗެކޭ ބުނުމެއްނެތި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ނިވާވިއެވެ.

ހައިޒަލް ރެއިލިންގައި ހިފަހައްޓައިގެންހުރި އަތަށް ބާރުކުރަމުންދިޔައިރު މޫނުމައްޗަށް ގެންނަ ހަރަކާތުންވެސް ރުޅިންގޮސް މޮޔަވެފައި ހުރިހެން ހީވެއެވެ. އޭނަގެ ލޯމައްޗަށް ސިފަވީ ކިޔާންއާއިއެކު ސަމާސާކުރަމުން ނައިނާ އައި މަންޒަރެވެ. އެއާއިއެކު މުށްކެވިފައިވާ އަތަށް އިތުރަށް ބާރުވެގެންދިޔައިރު އެ ލޮލުން ރުޅިވެރިކަމާއި އެއްވަރަށް ވޭނެއް ފެނިލިއެވެ.

**********************

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއިއެކު ހައިޒަލްއާއި ނައިނާ ދެމެދު ލެވިފައިވީ ފާރު ބޯވަމުންދިޔައެވެ. އެދެމެދުގައި ހިނގާދިޔަ ގާތް ކަމަކަށްފަހު ހައިޒަލް މުޅިން ބަދަލުވިގެންދިޔައިރު ނައިނާއާއިމެދު ބެހެއްޓި ގާތްކަން މަޑުމަޑުން ދުރުކަމަކަށް ބަދަލުވެގެންދިޔައިރު ނައިނާއަށް ފެންނަމުންދިޔައީ ހައިޒަލްގެ ހަރުކަށިމެވެ. އެދެމުގައިވީ ހިމޭންކަމާއި ދުރުކަން ނައިނާގެ ހިތަށް ތަދުކުރުވީ އިންތިހާއަށެވެ. ހައިޒަލްގެ ގާތްކަމަށްފަހު އެ ގޮތަށް ދުރުކޮށްލުމުން ވެރިވި ފަޅުކަން ބަރުދާސްތުކުރަން ނައިނާއަށް ދަތިވިއެވެ. ހައިޒަލްގެ ބަހައްޓަން ފެށި ދުރުކަން އޭނާ މުޅިން މާޔޫސްކުރުވިއެވެ. ހައިޒަލް ގޯނާތަކުން ނައިނާ ރުޅިގަދަކުރުވި ދުވަހެއް އައިނަމަވެސް އެހިތުގައި ހައިޒަލްއާއި މެދު އިހުސާސްތަކެއް އުފެދެންފެށިއިރު އެ ގާތްކަމަށް އެދެވުނީ އިންތިހާއަށެވެ.

ބޭރުފުށުން ހަރުކަށިކަން ދައްކައިގެން ހުއްޓަސް ހައިޒަލްއަށް ނައިނާއާއި ދުރުން އުޅެން ކެތްވަނީކީނޫނެވެ. އޭނާގެ ނުކިޔަމަންތެރި ހިތް ނައިނާގެ މައްޗަށް ލެބިގެންދިޔައިރު އަމިއްލަ ނަފްސު އޭނާގެ ބާރުގެ ދަށުން ދޫވެގެން ހިނގައްޖެއެވެ. ނައިނާ މަޑުމަޑުން ހިތަށް ވެރިވަމުން އައިސް މުޅި ހިތް މިލްކުކުރީ އޭނައަށްވެސް ނޭނގިއެވެ. އެ މައުސޫމް ދެލޯ ފެންނަކޮންމެ ފަހަރަކު އޭނާގެ ހިތް ނައިނާގެ ލޯތްބަށް އެދި ތެޅިގަންނަގޮތުން ހިތްވަރުދޫވާވަރުވެއެވެ. އެ އޯގާތެރިކަން ހޯދަން ހިތްއެދޭއިރު ނައިނާއާއި ގާތުގައިވުމަށް ބޭގަރުވެފައިވާ ހިތް ރޮނީއެވެ. އެ ހިތުގެ ޝިފާއާއި ހިތްހަމަޖެހުމަށް ނައިނާ ވެ ނިމިއްޖެއެވެ. ކުރީދުވަހުގެ ހާދިސާއަށްފަހު ނައިނާ ބީވެދާނެކަމުގެ ބިރުވެރިކަން ހިތުގައި ވަކިހިއްޕާލައިފައިވަނީ ވަކިވަރަކަށްނޫނެވެ. އެ ބިރުވެރިކަން ހިތް ނުތަނަވަސްކުރުވަނީއެވެ.

ނަމަވެސް އޭނާގެ ސިކުނޑި ހަނދާންކޮށްދޭ ބިރުވެރި ހަގީގަތާއިއެކު ހިތް ހަލާކުކޮށްލައިފައިވެސް ނައިނާއާއި ދުރުގައި އުޅެން ފާޑަކަށް މަޖުބޫރުވެފައިވަނީއެވެ. ނައިނާދެކެ މިވާ ލޯބި ޒަހަރަށްވުރެ ހިތި އެއްޗަކަށްވެދާނެކަމުގެ ހިތި އިންޒާރު އޭނާގެ ސިކުނޑިއާއި އެންމެ ހިނދުކޮޅަކުވެސް ވަކިވެގެން ނުދެއެވެ. އުފަން މަންމަގެ ފަރާތުން ލޯބީގެ ޒަައްރެއް ނުލިބުނުއިރު އޭނައަށް އެހެން މީހެއްގެ ފަރާތުން ލޯތްބަށް ދުވަހަކު އުއްމީދުކުރެވިދާނެހެެއްޔެވެ؟

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. Xxxxx

    ??????????

    1. dhiraa wish
      Xxxxx

      ???

  2. shara

    Dhn ehen nahadhaa nainaa ahh,, haizal vx dhww,???? v v reethi mi prt vx,, up vey thoa v balan,, kiyaa hithun nuhurevi gen,, komme faharaku ??? sad face eh libeny

    1. dhiraa wish
      shara

      thnks.. sry for it

  3. dhiraa wish

    here is the 17th part… hope everyone will like this part too….. this part will be a bit short. i am sry for tht.. insha allah will upload next part as soon as possible. feel free to comment… readers opinion is my biggest motivation… swry for taking long time…. gd nyyt

  4. Next part please

    Story vvv nice masha Allah..????????????????️????..kn dhuvaheh ga baa next part??

    1. dhiraa wish
      Next part please

      thnks. insha allah v avahah

  5. ??Anonymous??

    Storyy hama vrh nice maa shaa allah

    1. dhiraa wish
      ??Anonymous??

      thnks

  6. Sau

    Konme dhuvahaku up kolla bala. V kiyaaa hith vey mi story

    1. dhiraa wish
      Sau

      swry dear… readers beynunvaagothah hadaidein beynun bt higher studies n course hadaathee ehaa time eh nulibeyne knme duvahaku up kuraaarah type kuraakah…

  7. Koo

    Alhe Dhiraaa mi part vx v riithi Masha Allah ❤️❤️❤️dhnn haizal lahvaa lwbi kuruvabala naina dheke

    1. dhiraa wish
      Koo

      heheheh thnks

  8. Laalu

    V V V nice min prt dayroom my angle….. It’s OK love we can understand…. Bst wishes from me…… ??????❤️❤️❤️???❣️❣️
    Hey koo eba ulhentha… Long time habareh nuvaathaa… ????

    1. Koo
      Laalu

      Hehe bxy kamun kihineh habareh vaanii

    2. dhiraa wish
      Laalu

      heheh thnks… i got the msg which u sent. can u send ur num through him

    3. Laalu
      Laalu

      Ehn tha dhari…. Its k

  9. Laalu

    Dhariyaa athah vecine jahaigen ulheythiy ragalhah type vx nukurevey… Any way.. V nice mi prt dhirooo love… Kuriy comment ga typing error eh… ?

    1. jiji
      Laalu

      Dhw laalu..bodukamekey aee..adhi jiji mennah jahaakah nufashaa..bt heevany v avahah fashaane hn??

    2. dhiraa wish
      Laalu

      GWS laalu

  10. In@

    Oh man when next part dhiraa….. ? ? I’m soooooo excited to read the next part can’t wait….. Bt Still waiting….. ???

    1. dhiraa wish
      In@

      heheh insha allah v avahah

  11. Anonymous

    Nice story…..i can uderstand how busy you will be.. so lahun upkurevenas mi story nimendhen genesdheyne kamah heekuran

    1. dhiraa wish
      Anonymous

      thnks.insha allah i will upload the stry till the end…

  12. Rukaa

    Maashaa Allah ??….this part is Amazing ? ? …..when next part???

    1. dhiraa wish
      Rukaa

      thnks. insha allah avahah

  13. jiji

    It’s sooooooo nice buddy??????❤❤????…nw kithah parts remaining…free v ma up kohdhehchey ingey???..luv yaaa????????☁?..

    1. dhiraa wish
      jiji

      thnks…….

  14. Laura

    Varah kiyaa hivvey mivaahaka aneh part upload veytho varah balan adhi neiy mihaa reethi vaahaka eh kiyaafa eh mi vaahaka varah reethi maasha Allah ???

    1. dhiraa wish
      Laura

      thnks

  15. Laura

    Varah reethi vaahaka eh

    1. dhiraa wish
      Laura

      thnks

  16. numaai

    varah reethi vahakaeh. adhi mikiyan feshuny hahha

Comments are closed.