މާޒީ (ހަވަނަބައި)
ނަމަވެސް ތަގުދީރު ނިޔާކޮށްފައި ވާގޮތެއް ނައިލްއަށް އިނގޭނީ ފަހެ ކިހިނެއް ހެއްޔެވެ؟….ނައިލްގެ ހިތް ހީވީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ. ނައިލް ރިޔާޒްއަށް ބަލަމުންގެންދިޔަ އިރުގައި އެއީ ސަމާސާއަކަށް ވޭތޯ ދުއާކުރެވުނު އަދަދެއްވެސް ނޭންގެއެވެ. ނައިލް އެހެން ހުއްޓާ ރިޔާޒުގެ ފަހަތުން ވަދެގެން އައި ރަޝާ ޝާޔަންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ޝާޔަން އިނީ އިސްޖަހާލައިގެންނެވެ. ނައިލްއެކޭ އެއްފަދައިން ނާއިރާވެސް އިނީ ރިޔާޒު ބުނަންއުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ. އެތަނުގައި އެވަގުތުގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ސީރިއަސްކަމެވެ.
” ދަރިފުޅާ ރިޔާ އެބުނީ ތެދެއް….”
އަނިލްއަށް ކެއްނުވެގެން އެންމެ ފަހުން ބުންޔެވެ.
”އެތެދެއް ނައިލް ޝާޔަން އަކީ ލޯ އަދިރިކުއްޖެއް…..ޝާޔަންއަށް ލޮލަށް ނުފެންނަތާ މިހާރު ކިތެއްމެ ދުވަހެއް…..މީގެ ދެއަހަރެއްހާ ކުރިން ހިނގި ހާދިސާއެއްގައި ޝާޔަންގެ ލޮލުގެ ފެނުންވަނީ ގޮއްސަ…..”
ރިޔާޒުއާއި އަނިލް ހީވީ އެތަނުގައި ކުޑަބޮމެއް ގޮއްވައިލިހެންނެވެ. ނައިލްއަށް ހުރެވުނީ ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން ބޭނުންނުވެފައެވެ. ނަމަވެސް ތަގުދީރު ނިޔާ ކުރީ މުޅިން އެހެން ގޮތަކަށެވެ. އެންމެންގެ މޫނުމަތިން ވެސް ހިތާމައިގެ އަސަރުފެންނަން ހުއްޓެވެ. ރިޔާޒު ޝާޔަންއަށް ވީ ގޮތް އެންމެނަށް ކިޔާދިންއިރުގައި ދެލޯ ވަނީ ފެންކަޅިވެފައެވެ. ރިޔާޒުއަށް ކޮއްފައިވާ އަސަރުފެނި އަނިލް ވަރަށް ދެރަވިއެވެ. އެހެންކަމުން އަނިލްގޮސް ރިޔާޒުގައި ބައްދާލަމުން ހިތްވަރު ލައިދިނެވެ. އެއްވެސް މީހަކު އިތުރު އެއްޗެކޭ ނުބުނެ ވަގުތުކޮޅެއް ހޭދަވެގެން ދިޔައީ ހިމޭންކަމާއި އެކުގައެވެ.
”ދެން ކީއްވެ އެހާކުރިން ހިނގި ހާދިސާއަކަށް ފަރުވާ ނުހޯދާ ތި ތިބެނީ؟….ކުރެވޭނެ ފަރުވާއެއް ނެތީ ތަ؟….”
މިފަހަރު ސުވާލުކުރީ ނާއިރާއެވެ.
”އޭރުގަ އަތުގަ އެވަރަށް ފައިސާ ނެތީމަ ފަރުވާ ނުކުރެވުނީ…..އިންޑިއާ ލަންކާއަށް ވެސް ދިޔައިން އެކަމް އެތަނުން ވެސް އެދެވޭ ފަރުވާއެއް ނުކުރެވުނު……ދެން ފަހުން އަތުގަ ހުރި ފައިސާ ކޮޅު ހުސްވީމަ އެހެން ރަނގަޅު ގައުމަކަށް ނުދެވުނު….ވަރަށް ބޮޑު އޮޕަރޭޝަންއެއް ކުރަން ޖެހޭ އިރުގައި އެއަށް ވެސް ވަރަށް ބައިވަރު ފައިސާ ހަރަދު ވޭ…..ދެން އަނެއްކާ ދިއުމުގެ ހަރަދު ވެސް ވަރަށް ބޮޑު ވާނެ އެހެންވެ އޭރުގަ ނުދެވުނީ…. އެކަމް މިހާރު އިރާދުކުރެއްވީތީ ފަރުވާ ކުރަން ދެވޭހާ ވަރަށް އަތުގަ ފައިސާ އެބަހުރި…ދެން އިންޝާ ﷲ ވީހާވެސް އަވަހަށް ޝާޔަން ގޮވައިގެން ދާން މިއުޅެނީ…”
ރިޔާޒުގެ ވާހަކަ އަޑުއަހަން އެންމެން ތިބި އިރުގައި ޝާޒިޔާގެ މަޑު ގިސްލުމުގެ އަޑު ދޭތެރެދޭތެރެ އިން އިވި އިވި ހުއްޓެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ހަމަހިމެންކަމެވެ.
މަގްރިބް ނަމާދަށް ގޮވުމުން ރިޔާޒުމެން ދިޔައީއެވެ. ނައިލް އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތް އިރުގައި ވިސްނެމުން ދިޔައީ ޝާޔަންއާއި ދޭތެރޭގައެވެ. ނައިލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ނައިލް އެއަށް ބަލާލީ ހައިރާންވެފަ އޮވެއެވެ. ނައިލްއަށް ޝާޔަންދެކެ ލޯބިވެވުނީ ކަން ނައިލްއަށް އެގެއެވެ. ނަމަވެސް މިހާކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނައިލްއަށް ލޯބިވެވިދާނެ ކަމަކަށް ނައިލް ހީއެއް ނުކުރެއެވެ. ނަމަވެސް ލޯތްބަކީ އަމިއްލަ އިހްތިޔާރަކައި ނުލައި ވެވޭ އެއްޗެއް ކަމުން ނައިލްއަށް ވެސް ލޯބި މިވަނީ ވެވިފައެވެ. ނައިލް ބޭނުންނުވި ނަމަވެސް ނައިލް ހަދާންވީ ތާރާ މަތިންނެވެ. މީގެ އަހަރެއްކުރިން ހިނގި އެހާދިސާ އަދިވެސް އީއްޔަ ވީ ކަމެއްހެން ނައިލް ހަދާން އެބަހުއްޓެވެ. ނަމަވެސް ނައިލްބޭނުންވަނީ މާޒީވެ ގޮސްފައިވާ އެހާދިސާ މަތިން އެއްކޮން ހަދާން ނައްތާލާށެވެ. ނައިލްއެތަށް އިރެއް ވަންދެން ވިސްނަން އޮތުމަށްފަހު ނިދުނީ ވަރަށް ލަސްވީ ފަހުންނެވެ. ނައިލް ފަތިހު ނަމާދު ކޮއްގެން އަތިރިމަށްޗަށް ނިކުމެލީ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. އަލިވިއިރުގައިވެސް ނައިލްއެހުރި ގޮތަށް މޫދާދިމާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
”ހޭ ނައިލް މިހާ ހެދުނުގަ މިތާގަ ކީއްކޮއްލަނީ……”
ނައިލްފަހަތް ބަލައިލި އިރުގައި ޝާއިން އައިސް ނައިލްއާއި އަރާ ހަމަވަނީއެވެ.
”ހަމަ ހުރީ…..މިތަން ވަރަށް ހިތްގައިމު އެހެންވެ……ޝާއިން ކީއްކުރަނީ މިތާގަ…”’
ނައިލް ޝާޔަންގެ ވާހަކަ އަހާލަން ބޭނުންވިއަސް ވެސް ޝާއިން ކައިރީގައި އަހާލާކަށް ނުކެރުނެވެ.
”އަހަރެން ޖޮގް ކޮންލަން އުޅެލާފަ ޝާޔަން މިތަނަށް އަންނަން އުޅޭތީވެ މިތަނަށް މި އައީ…”
ޝާއިން ޝާޔަންގެ ނަން ކިޔާލުމާއެކީގައި ނައިލް ޝާޔަން ކޮބާތޯ ބަލައިލިއިރުގައި އެހެންނާ ވެސް ޝާޔަން އިންނަ ޖޯލިފަތީގައި އިށީންދެލައިގެން ޝާޔަންއިނެވެ. މިމަންޒަރު ފެނި ނައިލްގެ މޫނުމަށްޗަށް ފަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
”ދެން ޝާއިން ޖޮގް އަށްދާއިރުގަ އަހަރެން ވެސް ގެންދަށްޗޭ….މިހެން އެކްސަރސައިޒެއް ނުކޮއް ހުއްޓާ މާ ބޮޑަށް މަސްޖަހާ ފަލަ ވެދާނެ…….އެހެންވެ ބަލާލައިގެނެއްނު އުޅެންވާނީ…..ހެހެހެ……”
ނައިލްކުޑަ ހުނުމަކާއެކުގައި އެހެން ބުނުމުން ޝާއިން ގާތަށްވެސް ހިނިއައެވެ. ޝާއިންއާއި ވާހަކަ ދައްކަމުން ނައިލްއާއި ޝާއިން އައިސް އިށީނީ ޝާޔަން އިން ޖޯލިފަތީގައެވެ.
”ހޭ ޝާޔަން…”
ނައިލް ޝާޔަންއަށް ހައި ޖަހައިލިއެވެ. ޝާޔަންވެސް ނައިލްއަށް ހައި ޖަހާލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ.
”ޝާޔަން ދޮންބެ އޮފީހަށް ދާ ގަޑި ޖެހެނީ ހިނގާދެން ގެއަށް ދާން….”
”ދެން ދޮންބޭ އަދި މިތަނަށް އައިސް އިށީންތާ ފައިވް މިނިޓްސް ކަންނޭންގެ ވީ ވެސް…..އަދި މިތާގަ އިނދެލާފަ ދާނީ……ދޮންބެ ގޮސް ރަޝާ ފޮނުވާ އިނގޭ…..އެހެން ނޫނަސް ގެ އިންނަނީ މިތާ ކާރީގަ އެއްނު…”
ޝާޔަން އެއްނޭވާ އިންކަހަލަގެ ގޮތަކަށް ބުނެނިންމާލިއެވެ.
”ހެހެ…..އޯކޭ ޑުރާމާ ކުއީން…..ނައިލް އިފް ޔޫރ ނޮޓް ބިޒީ ޝާޔަންއަށް ބަލާލަށްޗޭ އިނގޭ ރަޝާ އަންނަންދެން….އަހަރެން އޮފީހަށް ދާން މިދަނީ…”
ޝާއިން ނައިލްއަށް ބަލާލަމުން ބުނެލީ ނައިލް ބުނާނެ އެއްޗެއް ނޭންގޭތީއެވެ. ނައިލް އާ އޯކް އޭ ބުނެލީ ހިނިތުންވެލަމުންނެވެ. ޝާއިން ޝާޔަން އެކަނި ނައިލްގާތުގައި ބައިންދާފައި ދިޔައީ ނައިލްއަށް އިތުބާރުކުރެވޭތީއެވެ. މިކަން ވެގެން ދިޔައީ ނައިލްއަަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
”ހެހެހެ…އެދޮގު ނައިލްދާން ވީމަ ދޭ އިނގޭ….ދޮންބެ އުޅޭނެ އެހެން…..”
ޝާޔަން އެހެން ބުނެލީ ޝާއިން ދިޔާކަން ޔަގީން ކޮއްފައެވެ.
”ނޫނޭ….ދެން ދޮންބެ އެހެން ބުނެފަ ދިޔާމަ ނުވާނެ ދޯ ޝާޔަން އެކަނި ބައިންދާފަ ދާކަށް…..އެހެން ނޫނަސް ތިހާރީތި ކުއްޖެއް އެކަނި ބައިންދާފަ ދާކަށް ނުވެސްވާނެއެއްނު……”
ނައިލްގެ އަނގައިން އެވަގުތުގައި ހިތުގައި ވީ ބަސްތަށް ނިކުތީ ބޭއިހްތިޔާރުގައެވެ. އެވަގުތު ނައިލްގެ ބަސްތައް އަޑުއިވި ޝާޔަންގެ މޫނަށް ކުޑަރަތް ކަމެއް ވެރިވެގެން ދިޔައެވެ. ނައިލްއިނީ ޝާޔަންގެ މޫނުން ނަޒަރު ވަކި ކޮއްލަންވެސް ނޭންގިފައެވެ. ނައިލް ލޯބިން ފުރިގެންވާ ނަޒަރަކުން ޝާޔަންއަށް ބަލަހައްޓައިގެން އިންކަމެއް ޝާޔަންއަށް ނޭންގެއެވެ. ޝާޔަން ހީކުރީ އެއީ ނައިލް މަޖަލަކަށް ބުނިއެއްޗެއްކަމަށެވެ. ޝާޔަން ހީކުރީ ޝާޔަންއަކީ ލޯލަށް ނުފެންނަ ކުއްޖެއްކަން އިނގުމުން ނައިލް އެހާ ރީއްޗަށް ވާހަކަ ދައްކާ ނުހަދާނެ ކަމަށެވެ. ނަމަވެސް ނައިލްގެ ހިތްހެޔޮ ކަންފެނި ޝާޔަން އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނައިލްއާއި ޝާޔަންއެކި ވާހަކަތައް ދައްކަމުން ދިޔައީ ދުވަސްވީ ދެއެކުވެރިން ފަދައިންނެވެ. ހަމައެވަގުތުގައި ނައިލްއާއި ޝާޔަންއަށް ނަޒަރު ހުއްޓައިލައިގެން މީހަކު ހުރިކަމެއް ނައިލްއަދި ޝާޔަންއަށް ވެސް ނޭންގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



I am so sorry for uploading it late… here is the next part…?
Hey…me first dhw…varah salhi mi bsi vs
Hehe hmm first…
Jazakillah khairan ?
Next part wez awahah up kohladhehchey … mi part wes hama v reethi ?
Jazakillah khairan… balaalan vee haa wes awahah up kohleweytho.. ?
?? Nice
?? Naill
Jazakillah khairan oppa ?
Mi part wes v rythi… waiting for next part.. ?
Jazakillah khairan… insha allah i will upload next part soon ?
Shaayan and niall ❤
Waiting for next part…
This part was also very nice ?
Jazakillah khairan ?
Alheyy maashaa lahun dhw jiji ah mi comment kurevuny..swry nge..assu balailyma mi handhaan v story ah comment nukurevey kan..??Anyways mi
part vec v v v habbu…V interesting??????❤❤❤????????????..Luv ya Inuu sis..ok dhw Inuu sis kiyas
Alheyy maashaa lahun dhw jiji ah mi comment kurevuny..swry nge..assu balailyma mi handhaan v story ah comment nukurevey kan..??Anyways mi
part vec v v v habbu…V interesting??????❤❤❤????????????..Luv ya Inuu sis
Heii swry nge..assu comment. Anehkaa kuriii??
Saabas comment kurewifa hury… jazakillah khairan for the lovely comments… ??
Comment nufenunyma*
Heheh jazakillah khairan jiji… ❤thihen dhamun goss real name in gowa nulahchey anehkaa… ??
Yageenehnu!!!????
Aneh part avahah nellun edhen varah reethi mi Vaahaka adhi mihaa thanah kiyunu emme reethi eh Vaahaka aharun ge Vaahaka thakuge top list ga mivaahaka ulhenee hope to see the next part soon???
Jazakillah khairan mia… ? i am so happy that you like my story ☺
Aneh part avahah nellun edhen varah reethi mi Vaahaka
Heheh jazakillah khairan ?
Wow nice
Jazakillah khairan ibsha ?