ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވެއެވެ. “ނެވަރ މައިންޑް…” ހައިޒަލް އެއްޗެކޭ ބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ބުނެލި ބަހުން ނައިނާގެ ފަރިވެފައިވާ މޫނު މަލެއްފަދައިން މިލައިގެންދިޔައެވެ. މަޑުމަޑުން އިސްއޮބައިލައިގެން ހުރެ ކެބިންއިން ނިކުންނަން ދިޔައިރު ހައިޒަލްއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ. […]
ސިއްރަކީ ކޮބާ…؟ އެއީ މީހަކަށް އެނގި ދާނެތީ ސިއްރު ކުރެވިފައި ވާ ވާހަކައެއް ނުވަތަ ކަމެއް…….. ********** އީމާ އަކީ ޒުބާގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ.އެހެން ކަމުން އޭނާ ބަލާ ބޮޑުކުރީ ވަރަށް ފުރިހަމަ ކޮށެވެ.މީގަ ތެރޭގައި ސިއްރެއް ވޭހެއްޔެވެ؟ ނޭނގެއެވެ. އީމާގެ އެންމެ ގާތް އެކުވެރިޔަކީ އިނާއެވެ.ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވާ ރައްޓެއްސެކެވެ. ހިތްހެޔޮ ،މަޖާ، ތެދުވެރި، އޯގާތެރި.، އެހީތެރިކަން، ލޯބި މިހެން ގޮސް ކިޔާނެ ކަމެއް ނެތް ރަނގަޅު ކުއްޖެއް […]
ސަލާމް.އަޅުގަނޑު ވަރަށް ހިތާމަ އާއެކު ދަންނަވާލަމެވެ. މި ދުވަސްކޮޅުގެ ގޮތުން އުޅެން ޖެހުނުލެއް ބިޒީ ކަމުން ޕާސްވޯރޑް ވަނީ ހަނދާން ނެތިފައެވެ.ނަމަވެސް މި ނަމުގައި އަޅުގަނޑުގެ ވާހަކަ ތިކުބޭފުޅުނަށް ވާހަކަ ގެނެސްދޭނަމެވެ. މި ސިޓުއޭޝަން ގާބޫލް ކުރާނެ ކަމައް އުއްމީދު ކުރަމެވެ. ************** ކުއްލި ގޮތަކަށް މުޅި ހަޔާތުގެ ކުލަ ބަދަލުވެ ހިނގަޖެޔޭ… ޔާ އިލާހީ އަޅުގެ މިހިތައް ކެތްނުވާވަރު ވެއްޖެޔޭ.. އެ ވަގުތު ޓީވީ އިން އިވެމުން ދިޔައީ ޝާމިންގެ އިހްސާސްތައް ކަހަލައެވެ.ސިކުނޑީގައި މިހާރު ހަމަ […]
ޝާޔަންގެ ލޮލުން ކަރުނަ އަންނަންފެށީ އެއްވެސް އިހްތިޔާރަކާނުލައެވެ. ދާދި ދެންމެ ޝާޔަންގެ މަންމަ އާއި ބައްޕަ ދެއްކި ހުރިހާ ވާހަކަ އެއްވެސް ޝާޔަންއަށް އަޑުއިވުނެވެ. ޝާޔަން އެންމެބޮޑަށް ދެރަވަނީ މަންމަ އާއި ބައްޕަ ޝާޔަން އާއިމެދު ވިސްނާ ހާސްވާވަރު އިނގޭތީއެވެ. ޝާޔަން ކިތައްމެދެރަވިއަސް ވެސް މަންމަމެން ކުރިމަތީގައި ބޭރުފުށުން އެކަން ނުދައްކާވޭތޯ ބަލަނީ އިތުރަށް މަންމަމެން ދެރަކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ޝާޔަންއެކަނި ވާގަޑިތަކުގައި އަމިއްލަ ހާލަތާއި މަންމަމެންނާއި ދޭތެރޭގައި ވިސްނާލާ ކޮންމެފަހަރަކު ލޮލުންކަރުނަ ހިލެއެވެ. ޝާޔަންއަށް ނިދުނީ […]
އަލޫކް ގެ އަތުގައި ހިފައިގެން ހުރި ކިއާރާ ފެނި ސަނާ ގެ ހިތުގައި ރިއްސާލިއެވެ.ކިއާރާ އެހުރި މަގާމުގައި އޭނަ އަށް ހުރެވޭނެނަމައޭ ހިތަށް އެރިއެވެ. “ހާއި މީޓް މައި ގާލް ކިއާރާ”އަލޫކް އެހެން ބުނެލީ ޔުއާން މެން ގާތު މަޑުކުރަމުންނެވެ.އެވަގުތު ސަނާއަށް އަލޫކްއަށް ބަލާލެވުނުއިރު ޔުއާންއަށް ބަލާލެވުނީ ކިއާރާއަށެވެ.ކިއާރާ އޭނައަށް ބަލަހަށްޓައިގެން ހުރުމުން ޔުއާން އަވަސް އަވަހަށް ދުރަށް ބެލިއެވެ. އެވަގުތު އަލޫކް އެބައަންނަށް ކަމަށް ބުނެ އެތެރެއަށް ދިއުމުން ސަނާ ވެސް އަލޫކްގެ ފަހަތުން އެތެރެއަށް […]
“ހުޒާމް އަށް ޖަޒްވާ ކަމުދޭތަ؟” މާޒިން އަހަންނާ ކޮއްލި ސުވާލުން އަހަރެން ކޮންމެސް ވަރަކަށް ސިހުނެވެ. “އާނ.. އަހަންނަށް ޖަޒްވާ ވަރަށް ކަމުގޮސްސި. މާޒިން އަހަންނަށް ޖަޒްވާ ކިޔާދީބަލަ” އަހަރެން ޖަޒްވާޔާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވިއެވެ. “ޖަޒްވާ އަކީ ވަރަށް މަޑުމައިތިރި ކުއްޖެއް. ރަނގަޅު އަޙްލާޤެއްގެ ކުއްޖެއް. މިރަށު މަރިޔަމް އަބޫބަކުރު އާއި ހަސަނުބެގެ ދެވަނަ ދޮށީ ދަރިފުޅު. އަހަރުމެންގޭ ހަސްނާ ވަރަށް ގާތްވާނެ. ސެޓް ކޮއްދޭންވީތަ؟” މާޒިން ޖަޒްވާ އަކީ ކާކު ކަން ކިޔާދިނީ ކުރުގޮތަކަށެވެ. އަދި އަހަންނާ ދިމާވެސް ކޮއްލީއެވެ. “ހެހެހެ އަހަރެން އެކަނ ކުރާނީ. އިރާދަކުރެއްވިއްޔާ […]
****** “ޑޮކްޓަރ މަލާކް. ނިއު ޕޭޝެންޓްއެއް. ވަރަށް އެހެންކަހަލަ ކޭސްއެއް. ބޯތް ޑްރަގްސް އެންޑް ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. ޕޭޝެންޓްގެ ބެލެނިވެރިޔާ ބޭނުންވޭ މަލާކްއާ ބައްދަލުކުރަން މިރޭގެ ވަގުތެއްގައި. އަދި އޭނަ ބުނުއްވީ މަލާކްއާ އެކަންޔޯ ޕޭޝެންޓްގެ ފަރުވާކުރުން ހަވާލް ކުރަންވާނީ.” އެސިސްޓެންޓް ލުބާ އައިސް މަލާކްގެ ކެބިންއަށް ވަނުމަށްފަހު ތަފްސީލުތަކެއް ދިނެވެ. “އެމީހާގެ ނޭމް އިނގޭތަ؟” “ވިލާދާ.” މަލާކަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. “ޕޭޝެންޓް އޯ؟ އޭނަ ކޮބާ؟” “ވަކިން […]
އަނޫޝީ – އައްޒަ ވިކާލް – ޖުމައްޔިލް މީރާ – ނުޒުހަތު ޝަަމަން – ދޮންއައްޔަ ޝާފިޔާ – ޝަކީލާ ނާފިޒާ – އައިންތު އާސިފް – ރޯނު ހަސަން އަސްމާ – އާރިފާ ޝާމާ – ރިޝްމީ ” އަނޫ! އަވަސްކުރޭ… ޗެކިން ނިމެން ބައިގަޑިއިރަށްވީ… ” ފޮށިތައް ކޮޓަރިން ބޭރަށް ނެރެމުން ޝަމަން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ލޯގަނޑުކައިރީގައި ތައްޔާރުވާން ހުރި އަނޫޝީ ވަކި ޖަވާބެއް ނުދެއެވެ. ފޮށިތައް ކާރަށް އަރުވާފައި އައިއިރުވެސް އަނޫޝީ ލޯގަނޑު ކައިރިން ދުރަށް ނުދެއެވެ. ޝަމަންގެ ނިތަށް ރޫއަރައިގެން ދިޔަވަގުތު ދެފަރާތަކަށް ބޯހޫރުވާލިއެވެ. […]
ކަކުލާ ހަމަޔަށް އަރާ މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ސްކްނީއެއްގައި ހުރިއިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލެވިފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނާވެސް ހުރީ ތެމިފޯވެފައެވެ.އެމޫނުގައި ބީހިލާ ފެންތިކި ވެސް ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔައެވެ. ޝާމިހުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މި ނުދަންނަ އަންހެންކުއްޖާ ފުރަތަމަ ނަޒަރުން އޭނާގެ ސަމާލުކަން ހޯދި ގޮތާމެދު ޚުދު އޭނާ ވެސް އަންތަރީސް ވެއްޖެއެވެ. އިރުއިރު ކޮޅަކާ އޭނާގެ މޫނުމައްޗަށް އެ […]